Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 15

almaa2004 Level 210 Stories100 Login
September 13, 2018 7 Mins Read
9 Comments

ކުރިމަތީގައި ހުރީ ވިޝާލް ނޫން ދެވަނަ މީހެއް ނޫނެވެ. އާލާއަށް ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. އަނެއްކާ އޭނައަށް މި ފެންނަނީ ހުވަފެނެއް ބާވައެވެ. އާލާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ވިޝާލް ގައިގައި ބައްދާލަންވެސް އޭނާގެ ހިތައް އަރަމުން ދިޔައެވެ. ފެންކަޅިވެފައިވާ ވިޝާލްގެ ދެލޮލުން ދިޔައީ އެތައް ވާހަކައެއް ބުނެދެމުންނެވެ. ވިޝާލް ހުރީ މާފަށް އެދެންވީ ގޮތެއް ނޭނގިފައެވެ. އާލާއާއި ދިމާއަށް ކިޔުނު އެއްޗިހިން ވިޝާލް ހުރީ ވަރަށް ލަދުގަނެފައެވެ. އާލާގެ މޫނުމައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވެފައެވެ. އިސާހިތަކު އާލާގެ މޫނުމަތީގައިވި ކުލަތައް އޮއްސުނީ މީގެ ދުވަސްކޮޅެއް ކުރިން ވިޝާލް އޭނައަށް އަމާޒުކުރި ވިހަގަދަ ބަސްތައް ހަނދާންވުމުންނެވެ. މޫނުމައްޗަށް ފޫހިކަން ވެރިކުރުވަމުން އާލާ ވިޝާލްއާއި ދުރަށް ޖެހިލިއެވެ. “ކީއްކުރަން މި ތަނަށް ތި އައީ…؟” އާލާ އެހެންބުނެލި ރާގުން ވިޝާލްގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އެކަމަކަށް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާ ދެކެ ރުޅި އައުމުގެ ފުރިހަމަ ހައްޤު އާލާއަށް އޮތްކަން ވިޝާލް ގަބޫލު ކުރެއެވެ. ނަމަވެސް އޭނާގެ އަތުން އާލާ ބީވެގެން ދިޔުމަކީ ވިޝާލް ދުވަހަކުވެސް ބޭނުން ވާނެ ގޮތެއް ނޫނެވެ. “އާލާ…. އަސްލު އަހަރެން މި ރަށަށް އައީ އޮފީސް ކަމެއްގަ…. ފަހަރެއްގަވެސް ހިޔެއް ނުކުރަން އާލާއާއި ދިމާވެދާނެ ކަމަކަށް….. އާލާއަށް އިނގޭތަ އާލާ ހޯދަން އަހަރެން ކުރި މަސައްކަތް….؟ އާލާ ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ..؟ މެސެޖް ކުރީމަ ރިޕްލައި ނުކުރަނީ…؟ އަދި އެ ވަރުން ނުވެގެން އަހަރެން ހުރިހާ އެއްޗަކުން ބްލޮކް ކޮށްލާ…… އާލާ ހަމަ އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވަނީތަ…؟” ވޭނުން ފުރިގެންވި ވިޝާލްގެ އަޑު އާލާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. ނަމަވެސް ދެން އޭނަ ވިޝާލްއަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ؟ އެދުވަހު ވިޝާލް ހިތުހުރި އެއްޗެއް އާލާއާއި ދިމާލަށްކީ އާލާގެ އެއްވެސް ވާހަކަ ގަބޫލު ކުރުމެއް ނެތިއެވެ. މިއަދު ވިޝާލްގެ ވާހަކަތައް އޭނަ ގަބޫލު ކުރާނީ ކިހިނެތް ހެއްޔެވެ؟ވިޝާލް އޭނަ ދޫކޮށްލާފައި ޒާރާއާއިއެކު ދިޔައީ އޭނައަށް ވާނެ ގޮތެއް ވާން ދޫކޮށްލާފައެވެ. “ވިޝާލް ކީއްވެއޯ އަހަރެން މަތިން ހަނދާންވީ…؟ ޒާރާ އެހެން މީހަކާ އެއްކޮށް ދިޔައިމަތަ އަހަރެން މި އުޅޭ މީހެއްކަންވެސް ހަނދާން ވީ..؟ އަހަރެން މިއަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނޭ… ބޭނުންވީމަ އައިސް ، ބޭނުން ނުވީމަ އެއްލާލާކަށް….. ތި ދައްކާ ވާހަކަ އަހަރެން ގަބޫލުކުރާނެ ގޮތެއް ވިޝާލް ބުނެބަލަ….” އާލާގެ ކޮންމެ ބަހެއްވެސް ދިޔައީ ވިޝާލްގެ ހިތް ތޮރުފަމުންނެވެ. ވިޝާލްއަށް ދެލޯ މަރައިލެވުނީ އާލާއަށް ވިސްނައިދޭނެ ގޮތެއް އޭނަގެ ސިކުނޑިއަށް ނުވިސްނުމުންނެވެ. “އާލާ…… އައި ވޯޒް……. އައިމް ސޯ ސޮރީ…. އެންމެ ފުރަތަމަ އަހަންނަށް އިތުބާރު ކޮށްފަ މި ދައްކާ ވާހަކަ އަޑުއަހާބަ…. އިޓް ވޯޒް އަ މިސްއަންޑަސްޓޭންޑިން …….. ލެޓް މީ އެކްސްޕްލެއިން….” އާލާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ވިޝާލް ބުންޏެވެ. “އިތުބާރޭ..؟ ޔޫ އެކްސްޕެެކްޓް މީ ޓު ޓްރަސްޓް ޔޫ..؟ އަހަންނަށް އިތުބާރު ނުކުރި މިހަކަށް އަހަރެން ކިހިނެތް އިތުބާރު ކުރާނީ….. އަހަރެން އެ ދުވަހު ވިޝާލްގެ ފައި ބުޑަށް ވެއްޓި ކުރި އާދޭސް ހަނދާން އެބަހުރިތަ…؟ ތި ހިތަށް އެއްވެސް އަސަރެއް ކުރިތަ…؟ އެއްޗެއް ބުަނަން އަހަންނަށް ފުރުސަތު ދިނިންތަ..؟ މިއަދު ދެން ކީކޭ ތި ކިޔަނީ..؟ އަސްލު މިތަނަށްވެސް ވިޝާލް ނައިނަމަ ރަނގަޅުވާނީ…” ވިޝާލްގެ އަތް ފޮޅުވާލަމުން އާލާ އެހެންބުނިއިރު އޭނާގެ ލޮލަށްވެސް ހުރީ ކަރުނަ ޖަމާވެފައެވެ. “ދޭ ވާ ޓްރައިން ޓު ޓަޗް ޔޫ….. ޔޫ ވޯންޓް މީ ޓު ދުރުގަ ބަލަން ހުންނަން…” ވިޝާލްއަށް އެހެން ބުނެވުނުލެއް ބާރުކަމުން އާލާ ސިހުނެވެ. ނަމަވެސް އާލާ އޭނާގެ އަޒުމުގައި ދެމި ހުއްޓެވެ. “އެމީހުން އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އެއަކީ ވިޝާލްއާ ބެހޭ ކަމެއް ނޫން…… އެމީހުން އަހަރެން މަރާލިޔަސް ވިޝާލްއަކަށް ނުޖެހޭނެ އައިސް މި ދޭތެރެއަށް ވަންނާކަށް….. އަހަންނާ ވިޝާލްއާ ދެމެދު އެއްވެސް ގުޅުމެއް ނެތެއްނު…. ސޯ ސްޓޮޕް އެކްޓިން ލައިކް ޔޫ ކެއާ….. އަހަރެން ބޭނުމެއް ނޫން މިހާރު ވިޝާލްއާ އެއްވެސް ގުޅުމެއް ބާއްވާކަށް…. އައި ހޭޓް ޔޫ…. އަޑު އިވިއްޖެތަ..؟ އައި ހޭޓް ޔޫ..” އެހެން ބުނުމަށްފަހު އާލާ ދުއްވައިގަތެެވެ. އޭރު އޭނާގެ ހިތް ދިޔައީ ވިޝާލްއަށް އެހެން ނުހެދުމަށް އެދި ރޮއެ އާދޭސް ކުރަމުންނެވެ. ނަމަވެސް އޭނާގެ ހިތައް ބީރު ކަންފަތެއް ދެމުން އައިސް ގެއަށް ވަނެވެ. ގޭތެރެއިން މީހަކު ފެންނަން ނެތުންވީ އޭނާގެ ނަސީބަށެވެ. ކޮޓަރިއަށްވަދެ ދޮރު ލެއްޕި އަޑުވެސް ދިޔައީ މުޅި ގޭގައި ގުގުމައިގެންނެވެ. އާލާއަށް ކެތްކުރެވުނީ އެހާ ހިސާބަށެވެ. ދޮރުކައިރީގައި އިށީންދެވުނީ ފައިން ވާގި ދޫވާހެން ހީވުމުންނެވެ. އެވަގުތު ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެސްފިޔަތައް ފޫ ދުއްވާލުމަށްފަހު ފައިބަންފެށީ އޭނާގެ އެއްވެސް އިހުތިޔާރެއް ނެތިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ވިޝާލްއަށް އިތުބާރު ކުރުންވީ އާލާއަށް ވަރަށް އުނދަގޫ ކަމަކަށެވެ. ވިޝާލް އަދިވެސް އޭނާ ދެކެ ލޯބިވަންޏާ ވިޝާލް ޖެހޭނީ އޭނާއަށް އެކަން ސާބިތު ކޮށްދޭށެވެ. ވިޝާލް އާލާ ދެކެ ހަޤީޤީ ލޯބި ވަންޏާ އޭނަ އާލާއަށް އިންތިޒާރު ކުރާނެއެވެ. އެތައް އިރަަކު ރުއިމަށްފަހު އާލާއަށް ނިދުނީ ދޮރު ބުޑުގައި އޮވެއެވެ. އޭރު ފަތިސް ނަމާދު ބަންގިގޮވާ އަޑު އިވެމުން ދިޔައެވެ.

ނިދިފައި އޮތް އާރާއަށް ހޭލެވުނީ ކެނޑިނޭޅި މީހަކު ދޮރުގައި ތަޅާއަޑަށެވެ. ކަންނެތް ކަމާއެކު ތެދުވެގެން ގޮސް ދޮރު ހުޅުވިއިރު ހުރީ އޭނާގެ މަންމައެވެ. “ޕިސް ޕިސް…. މަންމަވެސް ދޯ….. ނިދިގަނޑޭ ތި ހަރާބު ކޮށްލީ….. މަންމައަށްވެސް އިނގޭނުން އަހަރެން ރޭގަ ދަންވަރު ޑިއުޓީ ނިންމާފަކަން އައިސް ނިދާފަ މި އޮތީ….. މިގޭގަ ރޯވީތަ މާ ވަރަކަށް ތި ގޮވަނީ….” ބޮޑާ ހާކަމުން އާރާ އެހެން ބުނިއިރު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އަރާމު ނިންޖެއްގައި އޮއްވައި އެ ގޮތަށް ގޮވަންޏާ ކޮންމެ މީހަކުވެސް ހިތްހަމަނުޖެހޭނެތާއެވެ. “މަންމަ ބުނީ މިރޭ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް އެބަ އާދެއޭ މި ގެއަށް…. އެހެންވީމަ މިރޭ އެއްވެސް ތަނަކަށް ނުދައްޗޭ…… ބައްޕަ ބޭނުންވޭ ދަރިފުޅު އެ ގަޑީގަ ގޭގަ ހުންނަން…..” އާޝިޔާ އެހެން ބުނުމާއެކު ހޫން އަޅުވާލާފައި އާރާ ކަންފަތް ފަޅައިގެން ދާހާ ބާރަށް ދޮރު ލެއްޕިއެވެ. އަދި އެނދުމައްޗަށް ޖެހިގަނެ ، ބާލިސް މޫނުގައި އެޅުމަށްފަހު އަނެއްކާވެސް ނިދީގެ ތެރެއަށް ފީނައިގަތެވެ.

ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ފުރަތަމަ ފަހަރަށް ރާއްޖެ އައި ދުވަސް ކަމުން އައިފާ ދިޔައީ އޭނާގެ ބޭބެ އައިހަމްއާއި އެކު ބައެއް ސާމާނުތައް ގަަތުމަށް ތަންކޮޅެއް ދުރުގައި ހުރި ބޮޑު ފިހާރައަކަށެވެ. އައިފާއަށް ބަލާލި ކޮންމެ މީހަކަށް އެއީ ފެޝަނަށް ލޯބި ކުރާ މީހެއްކަން އިނގޭނެއެވެ. އޭނާގެ ފަން އިސްތަށިގަނޑު ދޫކޮށްލާފާވާއިރު އޭނާގެ ބޮޑު ލޯ ވަނީ ކަޅުކުލައިން ފަވާލެވިފައެވެ. ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތް ކުލައިގެ ލިޕްސްޓިކުން ހީވަނީ ތުންފަތުން ލޭ ފައިބާހެންނެވެ. ލައިގެން ހުރި ޖިންސް ފަޔަށް ބާރުކަމުން އިރައިގެން ގޮސްދާނެއޭ ހީވާ ފަހަރުވެސް އާދެއެވެ. ލައިގެން ހުރި ޓޮޕްކޮޅު ކުރުކަމުން އަތް ހިއްލާލާ ކޮންމެ ފަހަރަކު އޭނާގެ ބަނޑުން ބައެއް ހާމަ ވެގެންދެއެވެ. އެވަރުން ނުފުދިގެން އޭގެ ކޮނޑު ބާލާފައިވުމުން ކަނދުރާއާއި އަތުގެ ބޮޑުބައެއް އޮތީ ހާމައަށެވެ. “އައިފާ ކައިރި ދޮންބެ ބުނިން ދޯ ތި ކަހަލަ އެއްޗިހި ނުލާށޭ…. މީހުން ހީވަނީ އަލަށް އެއްޗެއް ފެނިގެން އުޅޭހެން….” ފިހާރަ ތެރޭގައިތިބި ގިނަ ބައެއްގެ ލޯތައް އައިފާއަށް އަމާޒުވެފައި ވުމުން އައިހަމްއަށް އުނދަގޫ ވާ ގޮތް ވިއެވެ. “އެއްކަލަ ދޮންބެ….. ބަލާނެ މީހަކު ބަލާފާނެއްނު….. ހޫ ގިވްސް އަ ޝިޓް…..” މޫނު މައްޗަށް ވައްތަރެއް ޖައްސަމުން އައިފާ ބުންޏެވެ. ގަންނަން އައި އެއްޗިހި ލިބުމުން ފިހާރައިން ނިކުމެ އެދެމީހުން އެތާގައި މަޑުކުރީ ކާރެއް ހުއްޓުވުމަށެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި އައިފާގެ ސަމާލުކަން އަތުލައިގަތީ އޭނަގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ޕާކު ކޮށްލި ޒުވާނާއެވެ. ކަޅި ޖަހާވެސް ނުލައި ބަލަން ހުރެވުނީ އެވަރުގެ ރީތި ފިރިހެނެއް އޭނާގެ ހަޔާތުގައިވެސް ދެކެފައި ނުވާތީއެވެ. އަނގަ ހުޅުވިފައިހުރި އައިފާއަށް ބަލާވެސް ނުލައި އެ ޒުވާނާ ޖެހިގެންހުރި ގޯޅިއަށް ވަނެވެ. އައިފާ ހައިރާންވީ ފިރިހެނަކު އޭނައަށް ބަލައިނުލި މީ ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ. ” އޭ އަވަހަށް އާދޭ….. ކާރެއް ލިބިއްޖެ….” އައިހަމް ގޮވާލުމާއެކު އައިފާ ގޮސް ކާރަށް އެރީ އޭނާގެ ހިތާއި ކުޅެލި އެ ގޮތް ނޭނގޭ ޒުވާނާއަކީ ކާކުތޯ ބެލުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ.

ޒާއިފްއާއިއެކު އައިސް ގެއަށް ވަތް ޒިވާ އަވަސްވެގަތީ ކޮޓަރިއަށް ދިޔުމަށެވެ. އެރޭގެ ހާދިސާއަށްފަހު ޒިވާ މިހާރު ދާން ޖެހޭ ހުރިހާ ތާކަށް ގެންގޮސް ގެނެސްދެނީ ޒާއިފްއެވެ. ކޮޓަރިއަށް ވަދެ ވަދެ ހުރި ޒިވާގެ އަތުގައި ހިފައި ޒާއިފް އެނާއާއި ދިމާއަށް ޒިވާ ދަމައިގަތީ މިއޮތް ހުރިހާ ދުވަހު ޒިވާއާއި ކުރަން ބޭނުންވި ސުވާލު ކުރުމަށެވެ. ޒިވާ އަމިއްލައަށް އެ ވާހަކަތައް ކިޔައިދޭތޯ ޒާއިފްއަށް ވަރަށް ކެތްކުރެވިއްޖެއެވެ. ނަމަވެސް ޒާއިފް ދެން ބޭނުންވީ ގަދަކަމުން ވިޔަސް ޒިވާގެ އަނގައިން އެ ވާހަކަތައް ހޯދާށެވެ. “ޒާއިފް ކިހިނެތް ވެގެންތަ ތި އުޅެނީ…؟” ޒިވާ އެހެން ބުނެލި ރާގުން ޒާއިފްވެސް ވަކު ދޫދޭކަށް ބޭނުމެއް ނުވިއެވެ. “އާން އަދިވެސް މަށަށް ދޯ ގޮތްތަކެއް ވެގެން މި އުޅެނީ…… އަހަރެން ލައްކަ ދުވަހު ކެތްކޮށްފިން ޒިވާ އެރޭ އަސްލު ވީގޮތް ކިޔައިދޭތޯ….. ޝާމް ޒިވާއަށް އެހެން ހަދަން ޖެހުނު ސަބަބެއް އޮންނަން ޖެހޭނެ ދޯ…… މިއަދު ހުރިހާ ވާހަކައެއް ކިޔައި ނުދެނީސް އަތަކުން ދުލެއް ނުކުރާނަން….” ޒާއިފް އެހެން ބުނެލިލެއް ހަރުކަށި ރާގުން ޒިވާ ހިސާބަކަށް ޖެހިލުން ވިއެވެ. ނަމަވެސް އޭނަގެ ހިތި މާޒީގެ ވާހަކަ ޒާއިފްއަށް ކިޔައިދޭނެހާ ހިތްވަރެއް އޭނަ ގަޔަކު ނެތެވެ. އެއީ ވޭނުން ފުރިގެންވި ދުވަސްތަކެކެވެ. ވަރަށް ހާލުން ޒިވާ ޒާއިފްގެ އަތް ފޮޅުވާލުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަތްއިރު އޭނައަށް ހުރީ ރޮވިފައެވެ. ހިތުގެ ކޮންމެވެސް އެއް ކަނަކުން ޒާއިފްއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެދި ގޮވަމުން ދިޔައެވެ.

ވާހަކަ ފޮތަކަށް ގެއްލިފައި އޮތް އާރާއަށް ފޮތް ލައްޕާލަން މަޖުބޫރުވީ އޭނާގެ މަންމަ އައިސް ކޮޓަރިއަށް ވަނުމުންނެވެ. “ޕިސް ޕިސް…. ވާހަކަ ފޮތެއް ކިޔަން އޮތިއްޔާ ނޭނގެ ގިޔާމަތްވިޔަސް….. އެމީހުން މިހާރު އަންނަން އުޅޭނެ…. ރީތިވެގެން އަވަހަށް އާދޭ….” އާޝިޔާ އެހެން ބުނުމާއެކު އާރާ ތެދުވެގެންގޮސް އަލަމާރި ކައިރީގައި ހުއްޓުނީ ލާނެ އެއްޗެއް ހޯދާށެވެ. ކަޅު ކުލައިގެ ޖިންސްއަކާއި މަޑު ފެހު ކުލައިގެ އަތް ދިގު ޓީޝާޓެއް ހިފައިގެން އާރާ ފާހަނައަށް ވަނުމުން އާޝިޔާވެސް ދޮރު ލައްޕާލުމަށްފަހު ހިނގައިގަތެވެ. ބަރާބަރު 8:30 ވީއިރަށް ގޭތެރެއަށް ވަދެގެން އައި ހާޝިމްގެ އާއިލާއަށް އާރާގެ މަންމަމެން ކީ ވަރަށް ހޫނު މަރުހަބާއެކެވެ. ހާލު އަހުވާލު އޮޅުން ފިލުވުމަށްފަހު އެކަކު އަނެއްކަށް ތައާރަފްވެ އެންމެވެސް ސޯފާގައި އިށީނެވެ. އެކި އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އައިހަމްގެ ނަޒަރު ހުއްޓިފައި ހުރީ ފޯނަށް ގެއްލިފައި އިން އާރާއަށެވެ. އެތަނުގައި ދެން އިތުރު ބަޔަކު ތިބިކަންވެސް އޭނަ ހަނދާން ނެތްފަދައެވެ. އެވަރުންވެސް އާރާގެ ފަރާތުން އެއްވެސް ޝައުޤުވެރިކަމެއް އައިހަމްއަކަށް ނުލިބުނެވެ.

ބަތް ސަމްސަލެއް އަނގަށް ލައިލައި އިން އާރާގެ ހަރަކާތްތައް ހުއްޓުމަކަށް އައީ މި ގޮތް ނޭނގޭ ޒުވާނާ އޭނައަށް އެހާ ވަރަށް ބަލާތީއެވެ. އާރާ ބަލައިލައި ކޮންމެ ފަހަރަކު އައިހަމް އެހެން ފަރާތަކަށް މޫނު އަނބުރާލައެވެ. އޭނަ އެހާ ވަރަށް ބަލާތީ އާރާ އިނީ ކޮންމެސް ވަރަކަށް އުނދަގޫވެފައެވެ. އެހެން ކަމުން ފަތިހު އޮތް ޑިއުޓީ ބަހަނާއަކަށް ހަދާފައި އޭނަ އެތަނުން ދިޔައީ އައިހަމް އެވަރަށް ބަލާތީ އުނދަގޫ ވާވަރުންނެވެ. ނިދަން ތައްޔާރުވަމުން ދިޔައިރު ކުރިއަށް އޮތް ތޫފާނުގެ ކުޑަ ހިލަމެއްވެސް އެ ފަކީރަށް ނުވާފަދައެވެ.

އަނެއް ދުވަހުގެ އިރު އެރީ އާލާ އަވަދިނެތި ބަދިގޭގައި އުޅެނިކޮށެވެ. ސައި ގިރަން ހުރި އާލާ ސިހުނީ މީހަކު އައިސް އޭނާގެ އުނަގަނޑުގައި އަތް ވަށާލުމުންނެެެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރުނު އިރު ފަހަތުގައި ހުރި މީހާ ފެނި އާލާގެ ނިތައް ރޫ ގިނަވެ ދެ ލޯ ބޮޑު ކޮށްލެވުނެވެ. އެއީ އެ މުސްކުޅި ނަސީރުއެވެ. “އަހަރެން ފެންނަނިކޮށް އެކޮއެ ކީއްވެތަ އެހާ ބިރުން ތި އުޅެނީ…؟” ނަސީރު އެހެން ބުނީ ވަރަށް ހެވިފައި ހުރެއެވެ. “އައްޗި….. މަ ބިރުން އުޅެން ތި ކާކު…… ކަލޭގެ ލަދު ކޮބާތަ އަހަރެން ގައިގަ އަތްލަން….. ހާދަ ގޮތެއް ފޮތެއް ނެތޭ ދޯ…… އިރު އެރި އިރަށް  އައިސް މި ގެއަށް  ތި ވަނީ ކޯއްޗެއް ހިތައް އަރައިގެން….؟” އާލާ ނަސީރުއާ ވާހަކަ ދެއްކީ ދުވަހަކު މީހަކާ ވާހަކަ ދައްކާފައި ނުވާ ގޮތަކަށެވެ. އޭނަ ނަސީރު ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. “އަހަންނާ އިނދެފަވެސް ތިހެންތަ އުޅެނީ…؟ އޭރުން މަ ބޭނުން އިރަކު ތި މަންޖެ ގައިގަ އަތްލެވޭނެ…. މި ގެއަށްވެސް އާދެވޭނެ….. ތިހާ ރުޅި ނާދެބަލަ….” ނަސީރުގެ ބަސްމަގު ހުރި ގޮތުން އާލާގެ ރުޅިގަނޑު ދިޔައީ ކޮނޓްރޯލުން ނައްޓައިގެންނެވެ. ނަސީރުއާއި ދިމާއަށް މަޅާލި އަތް ހުއްޓުނީ ސަމީރާގެ ޒީލަ ގަދަ އަޑު އިވުމުންނެވެ. “އާލާ ކަލެ ލަދެއް ނުގަނޭތަ ނަސީރުއާ ދިމާއަށް އަތް އިސްކުރާކަށް….. ބަލަ އެއަކީ ކަލޭގެ ވާން އުޅޭ ފިރިމީހާއޭ….. ކީއްވެގެންތަ މާ ގަދަ ވެގެން ތި އުޅެނީ….؟” ސަމީރާ އެންމެ ފަހުން ބުނި އެއްޗަކުން އާލާގެ ދުނިޔެ އެނބުރިގަތް ފަދައެވެ. މަންމަ ހަމަ އެހާ އަމިއްލަ އެދުން ބޮޑީބާއޭ އާލާގެ ހިތައް އެރިއެވެ. “ކި..ކީކޭ…؟ ފިރިމީހާއޭ..؟” ގަބޫލުކުރަން ދަތިވުމުން އާލާއަށް އަހާލެވުނެވެ. “އާން އަހަރެން މި އުޅެނީ ކަލެ ނަސީރުއާ ދެވަން ވެގެން… އެނގިއްޖެތަ..؟ ކަލެ ޖެހޭނީ ނަސީރުއާ އިންނަން….” ސަމީރާ ފަހު އިއްވުން އިއްވާލިއެވެ. އާލާއަށް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. މިއީ އޭނައަށް ފެންނަ ހުވަފެނަަކަށް ވުމަށް އެދި ދުޢާ ކުރެވުނު އަދަދުވެސް ނޭނގެއެވެ. އިސާހިތަކު ލޮލަަށް ކަރުނަ ޖަމާވާން ފެށީ އޭނާގެ ބަދު ނަސީބުކަން ހިތައް އެރުމުންނެވެ. އޭނައަށް މި ނޫން ދުވަހެއް ނެތީހެއްޔެވެ؟ އެއްކަމަކުން އަރައިނުގަނެވި އުޅެނިކޮށް އަނެއް ކަމެކެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު ނަސީރުވެސް އެތަނުން ދިޔައެވެ. އޭރު އޭނާގެ ތުންފަތުގައިވީ ވިހަގަދަ ހިނިތުންވުމެކެވެ. “މަންމާ އަޅެ ހެޔޮނުވާނެ އަހަންނަށް ތިހެން ނުހަދާ…… އަހަރެން ކިހިނެތް ބޮޑު މުސްކުޅިއަކާ އިނދެގެން އުޅޭނީ….. އާދެސްކޮށްފަ މި ބުނީ ތިހެން ނުހަދާ….. އަހަރެން މަންމަ ބުނި ކޮންމެ ކަމެއް ކުރަންވެސް މިހުރީ ތައްޔާރަށް….. އެކަމު ތި ގޮތަށް އަހަރެންގެ ދިރިއުޅުން ހަލާކުކޮށްނުލާ….. ލާރި ބޭނުންވިޔަސް ތިއަކީ ތަންކޮޅެއް ބޮޑުވަރެއްނު މަންމާ…” އެވަގުތު އާލާގެ މޫނުމައްޗަށް އެރީ ސަމީރާގެ އަތުގެ ހޫނު ހަމަލާއެކެވެ. ވީ ތަދުން އާލާއަށް ރޮއެ ގަނެވުނެވެ. ފަތިހު ފުޓުބޯޅަ ކުޅެންގޮސް ގެއަށް އައި އާހިލްއަށް އެ މަންޒަރު ފެނުނެެވެ. “މަންމާ!!!!” ބިންމަތީގައި އޮތް އާލާ ނަގަމުން އާހިލް ބުންޏެވެ. “ކިހިނެތް ވެގެންތަ މި އުޅެނީ….. މަންމަވެސް ބޮޑުވެފަ ހުރި އަންހެން ދަރިއަކަށް އަނިޔާ ކުރާކަށް ނުވާނެ އެއްނު..” އާހިލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ވާނުވާ އިނގުމުން އާހިލްއަށް އަނގަމަތީގައި އަތް އަޅައިލެވުނީ އޭނާގެ މަންމަގެ އެދުންވެރިކަން ހުރި ހިސާބު އިނގުމުންނެވެ. “ޕިސް ޕިސް……. އެކަމަކު މަންމަވެސް ދޯ…. ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްކޮށްބަލަ…. އެ ނަސީރު ކިތަންމެ މުއްސަނޖަކަސް އޭނާގެ ފެންވަރު މަންމައަށް އިނގޭތަ…؟ ދުވާލަކު އަންހެނެއް ކައިރިއަށް ވަންނަ މީހެއް އެ….. އެވަރުގެ މީހަކާ އާލާ ދެވަން ތި އުޅެނީ….؟ ކޮން ސިކުނޑިއަކުންތަ މަންމަ ތި ވިސްނަނީ….. އާލާގެ ދިރިއުޅުމުގައި ގޮތް ނިންމާކަށް މަންމައަކަށް ނުޖެހޭނެ އެއްނު…” އާލާގެ ގައިގައި ބައްދާލައިގެން ހުރެ އާހިލް ދެއްކި ވާހަކައިން ސަމީރާގެ ރުޅި އިތުރުވިއެވެ. “ކަލެ ތީ އާލާގެ ބޭބެއަށް ވިޔަސް މިއަކީ ކަލެއަކާ ބެހޭ ކަމެއް ނޫން….. އާހިލްވެސް ކޮންމެހެން އޭނައަށް ހިމާޔަތް ނުދީ މަ މިކަން ކުރިޔަ ދީ…. އަހަރެމެނަށް ތަންކޮޅެއް އަރާމުގަ އުޅެވޭނެ އެއްނު އާލާ މިކަން ކޮށްފިއްޔާ….. މިހާރުވެސް މި އުޅެނީ އަނގައާއި އަތާ ރަނގަޅަށް ދިމާ ނުވެގެން….. އާލާ އިންނާނީ ނަސީރުއާ….. އެނގިއްޖެ..؟ މިކަން ހުއްޓުވަން އުޅެފި މީހަކަށް ހަދާނެ ގޮތް ވަރަކަށް ރަނގަޅަށް މަށަށް އިނގޭ…. އެހެންވީމަ އާހިލްވެސް ރަނގަޅުވާނީ ތި އަނގަ މައިތިރި ކޮށްގެން ހުރިއްޔާ….” ސަމީރާ އެހެން ބުނުމަށްފަހު އެންމެ ފަހުގެ އިންޒާރު ދެމުން އެތަނުން ނިކުތެވެ. އެއަކީ މަންމަ ކިޔަން ހެޔޮ ވާވަރުގެ މީހެއް ހެއްޔެވެ؟ އޭނަގެ ދަރިން އެ ބޭނުންކުރަނީ އޭނާގެ ދަހިވެތި އެދުންތައް ފުއްދާށެވެ.

ކިއްލިއެއް ގަނެގެން ފިހާރައިން ނުކުތް ވިޝާލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އާލާގެ ނަން އަޑު އިވުމުންނެވެ. އެވަގުތު ފިހާރަ ކައިރި ތިބި ދެބައި އުމުރުގެ ދެ ފިރިހެނުން ދައްކަމުން ދިޔަ ވާހަކައަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 9

Next

ދުޢާ 12

Next
September 13, 2018

ދުޢާ 12

Previews
September 13, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 9

9 Comments!

  1. reader says:
    September 13, 2018 at 10:01 am

    Me first. Varah reethi

  2. Huvey says:
    September 13, 2018 at 10:49 am

    Wowowow
    Vrh reethi masha Allah.
    ?????

    1. Huvey says:
      September 13, 2018 at 11:52 am

      Me first?

  3. Maii? says:
    September 13, 2018 at 10:50 am

    Oo noo… alheyy vishaal e marriage huttuvah cheyy…. cant wait to read thr next part … luv this part

  4. Emanje says:
    September 13, 2018 at 11:07 am

    Vrh salhi?????keep it up?❤❤???❤?❤?❤❤?❤❤❤❤❤❤❤??❤

  5. almaa2004 says:
    September 13, 2018 at 12:46 pm

    Thanks all???
    Luv yuh too❤❤

  6. Hudher says:
    September 13, 2018 at 12:48 pm

    Nyc part dear….. maasha allah……luv this part

  7. almaa2004 says:
    September 13, 2018 at 1:20 pm

    Thankiu hudher❤

  8. Ige Ehnnu ? says:
    September 22, 2018 at 10:37 am

    A yellow heart deserved?

Comments are closed.

Next Episodeއިންތިޒާރު 16←


All Right Reserved!