ސުކޫލުތައް ބަންދުވެ ލިބޭ އަހަރީ ޗުއްޓީއަކީ ދަރިވަރުން އެންމެ ބައްދަލުކުރަން ބޭނުންވާ ދުވަސްތަކެވެ. އެހެނީ އެއީ ކިޔެވުމާއި ފިލާވަޅުތައް ހެދުމުން އެއްކިބާވެ ބޯހަމަޖައްސާލަން ލިބޭ މަދު ދުވަސްތަކުން ދުވަސްތަށް ކަމަށްވާތީއެވެ. ނަމަވެސް އެ ލިބޭ އަހަރީ ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެހެންކަމުން، ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފާނެގޮތުގެ އިރުޝާދު މި ލިޔުމުގައި ހިއްސާކޮށްލަމެވެ. ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެންމެ ފުރަތަމަ ދީނީ ވާޖިބުތައް އަދާކުރާށެވެ. އެގޮތުން […]
“ނައި ކިޔަނީ… ނައިރާ ބިންތި ޔާސިން…” ޔާސިން އޭ ބުނުމުން ނޫރާ ހަދާނަށް އައި އޭނާގެ ލޯބިވާ ޔާސިން އެވެ. ނަމަވެސް ޔާސިންގެ ދަރިއަކު ހުރެފާނެއެކޭ ނޫރާގެ ހިތެއް ނުބުނެއެވެ. ކުއްލިއަކަށް ނޫރާ ސިއްސައިގެން ދިޔައީ އޭނާ އަތުން ނައިރާ އައިސް ޖަހައިގަތުމުންނެވެ. ނޫރާ އެބުރި ބަލާލި އިރު ފަހަތުގައި ހުރީ މިންހާއެވެ. މިންހާއަށް ނޫރާ އޭނާގެ ދަރިފުޅު އުރައިން ހުރިތަން ފެނުމުން ތެޅިގަނެވުނީއެވެ. މިންހާ އެއްގޮތަކަށްވެސް ޔާސިންއާ ނޫރާ ދިމާވާކަށް ބޭނުމެއް ނުވެއެވެ. އޭރު ނޫރާގެ […]
އަހަރެން ގިސްލާ ކުރުނަ އޮއްސަމުން ދިޔައިރު ކަންފަތުގައި ގުގުމާލެވިފައިވަނީ އޭނާގެ އެ ބަސްތަކެވެ. “އަހަރެންނަށް މާފުކުރޭ މަރީ.. އަހަންނަށް އެހެން އަންހެނެއް ދެކެ ލޯބިވެވިއްޖެވިއްޖެ.. ކުރި ހުރިހާ ކަމެއް މަރީއަށް ސިއްރު ކުރެވުނީތީ އަހަރެން މަޢާފަށް އެދެން”.. އެއީ ނިހާދު އަހަރެން ފައިބުޑަށް ވެއްޓިގަނެ އޮވެގެން ބުނަމުން ދިޔަ ބަސްތަކެވެ. ދެން އަހަރުން ހިޔާލު ދަތުރު ކޮށްގެން ދިޔައީ މާޒީއަށެވެ. އެއީ މީގެ 8 އަހަރު ކުރިއެވެ. އަހަރުން ސްކޫލަށް ގޮސް ގޮނޑީގައި އިށީނުމާއެކު […]
ކޮންމެ އަހަރެއްގެ ޖޫން 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހެވެ. މި ދުވަހަކީ އިންސާނިއްޔަތުކަމުގެ ރޫހު އާލާކޮށް، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި މަސައްކަތް ފާހަގަކުރާ ދުވަހެކެވެ. ލޭ ހަދިޔާކުރުމަކީ އެއްވެސް އަގަކާ ނުލައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ އެންމެ މަތިވެރި ޢަމަލެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވެނީ ހިތްވަރުގަދަ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުންނެވެ. އެކްސިޑެންޓްތަކާއި، ބޮޑެތި އޮޕަރޭޝަންތަކާއި، ވިހޭ މައިންނަށް […]
ޖިންނިއަކަސް އަހަރެންވެސް ހިތް އެދޭ ލޯތްބަކީ އަދާރާއެވެ. ލޯބީގައި އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ބުނެވިދާނެއެވެ.އަހަންނަށް ނުލިބުނު ލޯތްބެއް އެހެން މީހަކަށް ހާސިލުވުމަކަށް އަހަރެންގެ ހިތެއް ނޭދެއެވެ.އެއީ އަހަރެންގެ އެންމެ ބޮޑު އުނި ސިފަ ކަންނޭނގެއެވެ.އެހެނަސް ހަތިޔާރު ބަހައްޓަން އަހަންނަށް މިއަދު މަޖުބޫރުވެއްޖެއެވެ.އަހަންނަށް ފާރަވެރިވެގެން އުޅުނު އިފުރީތަކަށް މިކަން އެނގިގެން އެތައް ގޮތަކުން އަހަންނަށް އިންޒާރުތަކެއް ދޭން ފަށައިފިއެވެ.އަދި އާއިލާއަށްވެސް މިހާރު މިކަން ފަޅާ އަރައިފިއެވެ.އަހަރެންގެ ޝާހީ ހައިބަތު ގެއްލިދާނެތީ އަހަރެން ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ.އެހެނަސް […]
ދުނިޔޭގެ ތެލެސީމިއާ ދުވަހަކީ މުޅި ދުނިޔެއަށް ވަރަށް މުހިންމު ދުވަހެކެވެ. މި ދުވަހަކީ ތެލެސީމިއާގެ ބަލީގައި ޖެހިފައިވާ މީހުންނަށް އަޅާލުމާއި، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ. މި ބަލީގައި ޖެހޭ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެމީހުން ތަހައްމަލުކުރަންޖެހޭ ވޭނާއި ތަކުލީފުތައް ވަރަށް ބޮޑެވެ. ތެލެސީމިއާއަކީ ލޭގެ ބައްޔެކެވެ. މި ބައްޔަކީ ވާރުތަވެގެން އަންނަ ބައްޔެކެވެ. މި ބަލީގައި ޖެހޭ މީހުންނަށް އާންމު ދިރިއުޅުމެއް އުޅުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، […]
’އޯކޭ… ވެއިޓިން…‘ޝާއީ ހީލަމުން ބުނެލިއެވެ.އިތުރު ވާހަކައެއް ނުދައްކާ އަހަރެމެން ކެއުމައިގެން ކުރިއަށް ދާން ފެށި ވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ.ލަޔާލީގެ މެސެޖެކެވެ.ޝާއީގެ ޖަވާބަކަށް އޭނާވެސް ކެތްމަދުވެފައި ހުރި ވާހަކައާއި ސެޓަޕާއި މެދު ހިތްހަމަ ޖެހޭނެކަމަށް އުންމީދު ކުރާ ވާހަކަ ބުނެފައެވެ.އަހަރެން ރިޕްލައި ދޭން ނުހަދައި އަހަރެންގެ ހުރިހާ ސަމާލުކަމެއް ޝާއީއަށް ހުސްކޮށް ލީމެވެ. އޭރު އޭނާ ދައްކަނީ ކާ އެއްޗެހި މީރު ވާހަކައެވެ. **** ކައި ނިމުމުން ތަށިތައް ނަގައި މޭޒުމަތި ހުސްވުމުން ދެން ބުނެބަލާށޭ […]
އިންސާނާގެ ދިރިއުޅުމުގައި އެންމެ މުހިންމު ދެ ފަރާތަކީ މައިންބަފައިންނެވެ. އަޅުގަނޑުމެން ކުޑައިރު އެ ދެ ފަރާތުން ކޮށްދެއްވި ހުރިހާ ކަމެއް ހަނދާން ނުވިޔަސް، އެ ދެ ފަރާތުގެ ލޯތްބާއި އޯގާތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވާކަން ޔަޤީނެވެ. ކުޑައިރުގެ ހަނދާންތައް: އަޅުގަނޑުމެން ކުޑައިރު، މައިންބަފައިން އަޅުގަނޑުމެން ބަލައި ބޮޑުކުރެއްވުމުގައި ކުރެއްވި މަސައްކަތަކީ އަގު ނުކުރެވޭވަރުގެ ކަމެކެވެ. ރޭގަނޑު ނިދި ނުލިބުނަސް، ބަލިވެ ވަރުބަލިވިޔަސް، އަޅުގަނޑުމެންނަށްޓަކައި އެ ދެ ފަރާތުން ހޭދަކުރެއްވި ވަގުތަކީ އަގު ނުކުރެވޭނެ އަގުހުރި އެއްޗެކެވެ. މައިންބަފައިންގެ ޤުރުބާނީ: […]
އަހަރެންގެ ނަމަކީ މުލްކު…‘ މިފަހަރު އޭނާ ބުނެލީ ކިފްލުގެ އަޑަކުންވެސް ނޫނެވެ. އަދާރާއަށް ކުއްލިއަކަށް އޭނާއާއި ދިމާލަށް ބަލައިލެވުނެވެ. **** މިހާރު އަދާރާގެ ކުރިމަތީގައި ފެންނަން އެ ހުރީ ކިފްލުއެއްވެސް ނޫނެވެ.އެހެނަސް އެއީ ރީތިކަމުގައި ކިފްލުއަށްވެސް ގޮން ޖަހާލެވިދާނެފަދަ ރީތިކަމެއް ލިބިފައިވާ ޒުވާނެކެވެ.އޭނާގެ ކަޅު އަނދިރި ރޭގަނޑެއް ފަދަ ދެލޮލުގައި ފާޅުވޭވޭ ހުރީ ބޭގަރާރުކަމެވެ.ރުއްކުރި ކޮޅެއްހައި އަލި މޫނާއި ކަޅުކަން ގަދަ ތުނބުޅިއާއި އިސްތަށިގަނޑުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކޮށް ދީފައިވެއެވެ.އަދާރާއަށް ހިންދިރުވައިލެވުނީ އެ ރީތި […]