Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 27

Baby Devil Level 610 Stories100 Stories
October 23, 2021 8 Mins Read
0 Comments

“މަގޭ އަނގަ މައިތިރި ކުރާނެ ކަމެއް ނެތް ނުކްޝާން.. އަހަރެން ކިޔަންވީ އެއްޗެއް ކިޔާނަން.. ތި އައީ އަހަރެން ނުކްޝާން ދައްކާހާ ދަޅައަކަށް ހެއްލި ނުކްޝާން ޖަހާހާ ބެރަކަށް ނަށާނެ ކަމަށް؟؟ އެހެން ހީކުރާނަމަ އެއީ ކުށްހީއެއް..ނު..” “ސްޓޮޕް ޔަމް..” ޔަމްހާ ވާހަކަ މެދުކަނޑުވާލަމުން ނުކްޝާން އާދޭހުގެ ރާގަކަށް އެދުނެވެ.”ނުހުއްޓާނަން.. ތި އެކްޓް ނުކުރިޔަސް ތީ ހަމަ ނުލަފާ މީހެއް.. އަހަރެންގެ ހިތަށް އެހުރިހާ އަނިޔާއެއް ދިން އިރު ހިތަކަށް އެއްވެސް އެއްޗެކޭ ނާރާތަ؟؟ ކާކު ކީކޭ ކިޔައިގެން މިއަދު އަހަރެން ހުއްޓުވަން ތި އައީ..” ޔަމްހާ ރޮމުން ވާހަކަ ދެއްކިއެވެ.”އައި ނޯ.. ޔަމް ބޭނުން އެއްޗެއް ކިޔާ.. އަހަރެންގެ ގައިގަ ތަޅާ އަނިޔާ ކުރޭ.. މަށަށް މައްސަލައެއް ނެތް. މަށަށް އިހްސާސް ވޭ ޔަމް ވާނެ ދެރަ.. ބަޓް ޕްލީޒް ނުދޭ.. އައިމް ސޯ ސޮރީ..” ނުކްޝާންގެ ލޮލުން ޔަމްހާއަށް އާދޭސް ފެނުނެވެ.”ނޫން.. ތިއަކަށް ނުހެއްލޭނަން.. އަހަރެންގެ ބޮލަށް ވަންނަންތަ ތި އުޅެނީ ނުކްޝާން؟؟..” ޔަމްހާ ހިތާމަ އާއި ރުޅިވެރިކަން އެކުލެވޭ އަޑަކުން ވާހަކަ ދެއްކިއެވެ.”ޕްލީޒް ލިސެން ޓު މީ.. އެންމެ ފަހަރަކު..” ނުކްޝާން ޔަމްހާގެ އަތަށް ބާރު ކޮށްލަމުން ބުންޏެވެ.”ނޫޅެން.. ދުވަހަކު ވެސް ނޫޅެން..އަނެއްކާ ވެސް ކޮން…” ޔަމްހާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މިފަހަރު ނުކްޝާން ޔަމްހާ އަތަށް ދަމާލަމުން ކައިރީގައި ހުރި ފާރާއި ދެމެދު ފިއްތާލައި ދެ އަތް ވިއްދާލިއެވެ.”ޔަމް.. އައި ލަވް ޔޫ..” ނުކްޝާން ސީދާ ޔަމްހާގެ ލޮލަށް ބަލަން ހުރެ ބުންޏެވެ.

 

**27 ވަނަ ޕާޓު**

 

ނުކްޝާން އެހެން ބުނުމުން ޔަމްހާގެ އަތްފައި ފިނިވިއެވެ. މިއޮށް ހުރިހާއިރު މޫނުމައްޗަށް ވެރި ކުރުވައިގެން ހުރި ރުޅިވެރިކަން ފިލައި ހައިރާންކަން ވެރިވިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ނުކްޝާން ކުޑަކޮށް ގުދުވެލަމުން ޔަމްހާގެ ތުންފަތަށް ބޮސް ދިނެވެ. ނުކްޝާން އެހެން ހެދުމުން ދެމީހުންނަށް އެއްފަހަރާ ކަހަލައިން ލޯ މަރާލެވުނެވެ. ފަނަރަވަރަކަށް ސިކުންތު ކޮށްފައި ނުކްޝާން ލޯ ހުޅުވާލަމުން ސީދާވިއެވެ. ކުރިމަތީގައި ހުރި ޔަމްހާ އަށް މިވީ ކީއްކަން ޤަބޫލު ކުރަން ދަތިވެފައި ހުރެވުނެވެ. ޔަމްހާ އެއްޗެކޭ ނުބުނުމުން ނުކްޝާން ތިރީ ތުންފަތުގައި ދަތް އަޅާފައި އިތުރަށް ކައިރިވިއެވެ.”ނުކްޝާން..” ހިންދިރުވާލަމުން ޔަމްހާ އިތުރަށް ބިތުގައި ތަތްވިއެވެ. އެދެމީހުންގެ ނަސީބު ކަންނޭނގެއެވެ. ހަމަ އެކަކު އެހިސާބަކު ފެންނާކަށް ނެތެވެ.”ޤަބޫލު ނުކުރާނަންތަ؟؟..” މޫނު ކައިރިއަށް ޖައްސަމުން ނުކްޝާން އެހިއެވެ. ޔަމްހާއަށް ލަދުން ހުރިވަރުން ބޯ ހޫރާލެވުނެވެ.”ހެހެ ދެން ވެސް ރުޅި ނާންނާތި އިނގޭ..” ނުކްޝާން ފާރުން ދެއަތް ނައްޓުވާލަމުން ޖީބަށް ޖަހާލިއެވެ.”ފްލައިޓް ވެސް ނައްޓާލައިފިއޭ ދޯ.. ހިނގާ ގެއަށް..” ނުކްޝާން ކަނާތް ޖީބުން ނަގަމުން ގަޔާއި ކުޑަކޮށް ދުރުކޮށްލާފައި ޔަމްހާއާއި ދިމަ ބަލާލީ ހިފާށޭ ބުނާފަދަ ގޮތަކަށެވެ. ނުހިފަން ހުރެފައި ވެސް ޔަމްހާ އެ އަތުގައި ހިފާލިއެވެ. ޔަމްހާގެ ފޮށި ހިފައިގެން ނުކްޝާން ސައިކަލާއި ދިމާއަށް ހިނގައިގަތެވެ. އެގެއަށް ބަދަލުވީ ފަހުން ޔަމްހާ ހިނިތުންވާ ހިތުން ހިނިތުންވީ އަދި ކިރިޔާއެވެ.

 

ގެއަށް އައި އިރު ނަވްޔާ އާއި ނީކިޔާ ނުކްޝާންގެ އިންތިޒާރުގައި ވަގުތު ހިނގާލެއް ލަސްވެގެން ތިއްބެވެ.”ނުކްކްކް!!!!..” ނަވްޔާ އާއި ނީކިޔާ އެއްފަހަރާ ކަހަލަގޮތަކަށް ގޮވާލެވުނެވެ.”އޫހ ހަނދާން ނެތުނީ އޭ ބުނަން.. ޔަމް ޔޫ އާރ ގޮއިންގ ޓު ބީ އަ މަދާރ..” ނުކްޝާން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އަނގަ ހުޅުވުނު ގޮތަށް ޔަމްހާއަށް ލައްޕަން ވެސް ހަނދާން ނެތުނެވެ.”ނުކް ހަމައިގަތަ ތިހިރީ؟؟..” ނަވްޔާ އަށާއި ނީކިޔާއަށް ނުކްޝާން އުޅެމުން ދިޔަ ގޮތުން ހައިރާންވިއެވެ.”ޔެސް.. ނީކް.. އަ.. އަހަރެން ލޯބިވި ކުއްޖަކީ ޔަމްހާ..” ނުކްޝާން އެހެން ބުނި ވަގުތު ކުޑަކޮށް ރަކިވިއެވެ. ނީކިޔާ ނަވްޔާއަށް ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް އެންމެ ފިއްޔެއް ވެސް ވައްޓާ ނުލައި ކިޔައިދިނެވެ. އެއާއި އެކީ ނަވްޔާ ވަގުތުން ދިމާ ކުރަން ފެށިއެވެ. ނީކިޔާ ވެސް ނަވްޔާ އާއި ބައިވިއެވެ.”ދެން ޑިއުޓީއަށް ނުދާންތަ ތި ހުންނަނީ އަލަށް ކުއްޖަކު ދެކެ ލޯބިވީމަ އެނ؟..” ނުކްޝާންއަށް އުފާވެރިކަމެއް ލިބުމުން ނީކިޔާ އެ ވަގުތުކޮޅަށް ލަމާން މަތިން ހަނދާން ނެތޭ ގޮތްވިއެވެ.”އޭ ތެދެކޭ.. ދަނީ އިނގޭ.. އަންނާނަން..” ގަޑި ބަލާލަމުން ނުކްޝާން ސައިކަލަށް އަރާފައި ޔަމްހާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނީކިޔާ ދިމާ ކުރަމުން ފަހަތަށް އެރިއެވެ. ނުކްޝާން މޫނު މަތީގައި ދުވެލާފައި ވަނީ ނުފިލާނެ ފަދަ ހިނިތުންވުމެކެވެ.

 

“ހޫމް ދެން ހުރޭ އަނގައިގަ ޒިޕް އަޅުވައިގެން..” ގޭތެރެއަށް ވަދެފައި ޔަމްހާ އާއި ދިމާއަށް އެއްލޯ މަރާލަމުން ނަވްޔާ ހޭންފެށި އެވެ.”ދެން ނަވް..” ނުކްޝާން އާއި އެކީ ހޭދަވީ ވަގުތުކޮޅު ހަނދާންވުމުން ޔަމްހާގެ މޫނު ލަދުން ރަތްވިއެވެ. ކޮޓަރިން ނިކުތް ޔޫޝައު އަށް ޔަމްހާ މާ ހެވިފައި ހުންނަތަން ފެނުމުން ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.”ހާދަ ހެވިފަ..” ވީ ކަމެއް އޮޅުން ފިލުވާ ހިތުން ޔޫޝައު ބުންޏެވެ.”ޔަމް އިޒް ޕްރެގް.. އެހެންވެ މާ ހެވިފަ މިތިބެނީ..” ނަވްޔާ ދަތްތައް ފެންނަ ވަރަށް ހެމުން ޔަމްހާ އާއި ދިމަ ބަލާލިއެވެ. ޔޫޝައު ފޫހި ފާޑަކަށް ޔަމްހާއަށް ބަލާލިއެވެ.”އެހެންތަ؟.” ޔޫޝައު އެހެން ބުނި ގޮތުން ޔަމްހާ އަށް ނުތަނަވަސްކަމެއް އިހުސާސްވިއެވެ.”ބްރޯ މަރުހަބާ ނުކިޔާނަންތަ؟..” ނަވްޔާ ދެލޯ ހަނިކޮށްލިއެވެ.”އަދި ނުކިއިފައެއް ނެތެއްނު..މަރުހަބާ..” ސަލާމް ކޮށްލަން ޔޫޝައު އަތް ދިއްކޮށްލިއެވެ. ތެންކްސް އޭ ބުނަމުން ޔަމްހާ އެ އަތުގައި ހިފިއެވެ. އެވަގުތު ޔޫޝައު އަތަށް ބާރު ކޮށްލާފައި ދޫކޮށްލީ އިންޒާރެއް ދޭންށެވެ. އެމީހުންނަށް އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ ޔޫޝައު ވަކި ދޫކުރާނެ ހެއްޔެވެ؟

 

ޑިއުޓީ ނިންމައިގެން ނުކްޝާން ގެއަށް އައި އިރު ވެސް މޫނު މަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ.”ދެން ދުވަހަކު ވެސް ރުޅި ނާންނާތި އިނގޭ.” ނީކިޔާއަށް ނުހުރެވިގެން ހެވުނެވެ.”ހްމްމް އޭރުއޭ ރުޅި އައީ.. މިހާރަކު ނޫނޭ..” ކޮޓަރިއަށް ވަންނަމުން ނުކްޝާން ހިނިގަނޑެއް ޖަހާލިއެވެ. އޭރު ޔަމްހާ ފާޚާނާއިން ނިކުންނަނީއެވެ.”ކަމެއް ވީތަ؟.” ޔަމްހާ މޫނުމަތިން ވަރުބަލިކަން ފެނުމުން ނުކްޝާން އެހިއެވެ. ދެފަރާތަށް ބޯ ހޫރާލަފައި ޔަމްހާ އެނދުގައި އިށީނެވެ.”ޔަމް ހީކުރަނީ އަދިވެސް އަހަރެން ރުޅި އައިސް ކަމަށްތަ؟..” ދޮރު ތަޅުލާފައި ނުކްޝާން ގޮސް ޔަމްހާ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ އުނގުމަތީގައި އޮތް ޔަމްހާގެ ދެ އަތުގައި ހިފާލިއެވެ. ދެންވެސް ޔަމްހާ ނޫނެކޭ ބުނީ ބޮލުންނެވެ.”އަދިވެސް އެއްފަހަރު އައިމް ސޮރީ.. މިހާރު ހިތަށް އަރާ ތިކަހަލަ ކުއްޖެއް ދެކެ ރުޅި އަންނަންވީ ސަބަބަކީ ކޮބައިބާއޭ. ދޮގު ހެދިޔަސް އެކަމަށް މަޢާފު ކުރުން އޮވޭ. ޔަމްހާ އަހަރެން ކުރި ހުރިހާ ކަމަކަށް ކެތް ކުރި. ހަމަ ގައިމުވެސް އެއީ އަހަރެންނަށް ވާނެ ކަމެއްނޫންހެން ހީވަނީ.. ދެން އިންޝާ ﷲ އެކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.” ނުކްޝާން ދެރަވެފައި ވާހަަކަ ދެއްކިއެވެ.”އިޓްސް އޯކޭ ނުކް. އަހަރެން ނުކްއަށް އަބަދުވެސް މަޢާފް ކުރާނަން. އެކަމް ކުއްލިއަކަށް މިހެން އުޅެފަ ނުކްޝާން އަހަރެން ދޫކޮށްލައިފިއްޔާ އަހަރެން ..” ނުކްޝާން ޔަމްހާގެ ވާހަކަ ހުއްޓުވާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.”އިރާދަކުރެއްވިޔާ އެކަހަލަ ދުވަހެއް ނާންނާނެ.” ނުކްޝާން އެހެން ބުނަމުން ހީލިއެވެ. އިށީނދެ އިން ޔަމްހާ ވެސް ހީލިއެވެ.”މިރޭ ބޭރަށް ހިނގާ ކާން..” ކޮޅަށް ތެދުވަމުން ނުކްޝާން ބުންޏެވެ.”އެކަމް..”

 

“ކޮން އެކަމެއް މިކަމެއް ކިޔާކަށް.. ލަދު ގަންނާނެ ކަމެއް ނެތޭ.” ޔުނިފޯމް ބައިލަމުން ނުކްޝާން އެއްލޯ މަރާލިއެވެ. ނުކްޝާން ފުރަތަމަ ފަހަރަށް ޔަމްހާ ކުރިމަތީގައި އެއްޗެހި ބާލަން ފެށުމުން ޔަމްހާގެ ހިތް އަވަސްވިއެވެ. ނުބަލަން މަސައްކަތް ކުރި ނަމަވެސް އެ ރީތި ހަށިގަނޑަށް ޔަމްހާއަށް ބަލާލެވުނެވެ. ސިކްސް ޕެކް އަރަން ފަށާފައި ވާއިރު އެ ދޮން ހަށިގަނޑުން ނުކްޝާންގެ ރީތިކަން އިތުރު ކޮށްދެއެވެ. ޔަމްހާ ލަދުން އިސްޖަހާލިއެވެ.”ލަދު ނުގަނެބަލަ ދޯ. ޔަމް އެއް ނޫނެއްނު މި އެއްޗިހި ބޭލީ.” ތުވާލި ނަގަމުން ނުކްޝާން ފާޚާނާއަށް ވަނީ ހެމުންނެވެ. އެހެން ދުވަސް ދުވަހު ނުކްޝާން އަމިއްލައަށް ލާނެ އެއްޗެއް ނެގި ނަމަވެސް މިފަހަރު ޔަމްހާ އަލަމާރި ކައިރިއަށް ދިޔައެވެ. ނަގާނެ އެއްޗެއް ނޭނގިގެން ހުއްޓައި ނުކްޝާން ފެންވަރައިގެން ނިކުތެވެ.”ކަޅުކުލައިގެ ގަމީހެއް އޯކޭ ވާނެ. ޔަމް ވެސް ކަޅުކުލައިގެ ހެދުމެއް ލައްޗޭ.” ލޯގަނޑު ކުރިމަތ ހުއްޓެމުން އަނެއް ފަރާތުގައި ހުރި ޔަމްހާގެ މޫނަށް ނުކްޝާން އިސްތަށިގަނޑުގެ ފެންތިކިތައް ފޮޅާލިއެވެ.”ދެން އޭއި ނުކް.” އެކަމަށް ނުވިސްނައި ހުރި ޔަމްހާ ދެބުމަ ކައިރިކޮށްލިއެވެ. ހެމުން ނުކްޝާން އިސްތަށިގަނޑު ހިއްކާލިއެވެ. މޫނު ހަދާލަމުން ގަމީސް ނުކްޝާން އަތަށް ދީފައި އޭނަ ލާނެ ހެދުމެއް ހޯދާލަންވެގެން ޔަމްހާ އަލުން އަލަމާރި ބަލާލިއެވެ. ކަޅުކުލައިގެ ކަކުލާ ހަމައަށް އަރާ އަތް ދިގު ހެދުމެއް ޔަމްހާ ލޮލުގައި އަޅައިގަތެވެ. އެ ހެދުމާއެކީ ލާން ކަޅުކުލައިގެ ޖީންސް އެއް ވެސް ޔަމްހާ ނެގިއެވެ.

 

އެރޭ އަށްގަޑި ބައިވީ އިރު ނުކްޝާން އާއި ޔަމްހާ ތިބީ ތައްޔާރު ވެގެންނެވެ.”ކަލޭމެން ކޮންތާކަށް ދާ ދުވަހެއް؟؟..” ޒާއިފް ހެވިފައި އެހިއެވެ. ޒާއިފްގެ ހިތުގައި ޔަމްހާ އާއި އެކު އުފެދުނު ޝައްކު ވެސް ނެތިދިޔައީ މިއަދު ނީކިޔާ ދެއްކި ވާހަކަ އަކުންނެވެ.”ކާން.” ނުކްޝާން ޖަވާބު ދިނެވެ. ކަނޑު ނޫކުލައިގެ ޖީންސްއަކާއި ކަޅުކުލައިގެ ގަމީހެއްގައި ނުކްޝާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ޔަމްހާ ވެސް އަތް ބޮޑުކޮށް އިން ކަޅުކުލައިގެ ހެދުމަކާ އެކީ ހަމަ އެ ކުލައިގެ ޖީންސްއެއް ލައިފައި ހުރިއެވެ.”ކުލަ ވެސް ކިޔައިގެންނޭ ހެދުން އަޅާފަ.. އަވަހަށް ދޭ ދެން..” ނީކިޔާ ގާތަށް ހިނިއައެވެ. ނުކްޝާންގެ ހިތުގައި ޔަމްހާއަށްޓަކާ ވީ ރުޅިވެރިކަން ފިނިވިއިރު ޔޫޝައުއަށް އެކަންވީ ބޮޑުވަމުން ދިޔަ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށެވެ. ޔޫޝައު ޤަބޫލު ކުރާގޮތުގައި އެ ހާލު ޖެއްސުމަށްފަހު ޔަމްހާ ރަނގަޅު ދިރިއުޅުމެއް އުޅުމަކީ ޔަމްހާއަށް ހައްޤު ކަމެއް ނޫނެވެ. ޔޫޝައުގެ ހިތަށް ހަމަޖެހުން ލިބޭނީ އެދެމީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައި ޔަމްހާ އޭނަ ހިތާމަ ކުރިހެން ހިތާމަ ކުރާތަން ބަލާލަމުންނެވެ.

 

“އޯކެއި ދަނީ..” ނުކްޝާން އަތް ދައްކާލުމުން ޔަމްހާ އެ އަތުގައި ހިފާފައި ހިނގައިގަތެވެ. ނަވްޔާ އާއި ޒާއިފް ކާގެއަށް ވަނުމުން ޔޫޝައު ވެސް ވަނެވެ. އެވަގުތު ނީކިޔާ ހަނދާންވީ ލަމާން މަތިންނެވެ. ލަމާން މިހާރު އޭނާއާއި ވާހަކަ ނުދައްކަނީ ކީއްވެބާއެވެ. އަނެއްކާ އޭނަ މަތިން ފޫހިވީ ކަންނޭނގެއެވެ. އަވަސް އަވަހަށް ކައިގެން ނީކިޔާ ކޮޓަރިއަށް ވަނީ ލަމާންއަށް ގުޅާލުމަށެވެ. ހިތް އަވަސް ވަމުން ދިޔަ ނަމަވެސް ނީކިޔާ ފޯނު ނަގައި ކޯލް އަށް ފިތާލަން އުޅުނެވެ. ނަމަވެސް ހަމަ އެ ސިކުންތު ތެރޭ ލަމާންގެ ވީޑިއޯ ކޯލެއް އަންނަން ފެށިއެވެ. އުފަލުން ފޮޅިފައި ނީކިޔާ ކޯލަށް ޖަވާބު ދިނެވެ.”ހެއި..” ލަމާން ސީދާ ނީކިޔާއަށް ބަލަން ހުރެ ބުންޏެވެ. އޭރު ހުޝާން އާއި އެއްކަލަ ބޭރު އަންހެން ކުއްޖާ ވެސް ތިއްބެވެ.”ހޫނ އެހެން އަންހެން ކުދިންނަށް ނުވާނެ ކޯލް ކުރާކަށް ބިޓުން ގެންގުޅޭއިރު.. މީނައަށް ހީވަނީ އަންހެން ކުދިން އުޑުން އޮހޭހެން ވިއްޔަ..” ޓެބްލެޓެއް ހިފައިގެން އިން ހުޝާން ހޭންފެށިއެވެ. ހުޝާން އެހެން ބުނި ވަގުތު ނީކީޔާގެ ހިތަށް ހީވީ ކައްޓެއް ހަރާލިހެންނެވެ.”އޭއި ކަލޭ އަނގަ މަޑުން ލާބަލަ..” ލަމާން ބޯ ކަހާލަމުން ހުޝާން ގައިގައި ބާރަކަށް ޖެހިއެވެ. ސުދާ އެބުނީ ތެދެއްތާއެވެ. ލަމާން އަކީ ފަހަރަކު އަންހެން ކުއްޖަކާ އަކީ އުޅޭ މީހެއް ހެއްޔެވެ؟ ހިތަށް ވެރިވި ނުބައި ވަސްވާސް ތަކާ އެކު ނީކިޔާ ނޭވައި އެތެރެއަށް ދަމާލެވުނެވެ.

 

“އޭއި އެހަށް ބާއްވަނީ އިނގޭ..” އިތުރަށް ލަމާން އާއި ވާހަކަ ދައްކާނެ ހިތްވަރެއް ނެތުމުން ނީކިޔާ ފޯނު ކަނޑާލިއެވެ. މޭގައި އަތް އަޅައިގެން ހުރެ ނީކިޔާ ރޮވުނެވެ. ދެތިން ދުވަސް ވަންދެން ޚަބަރެއް ނުވެ ހުރެފައި ގުޅި ފަހަރު ވެސް މިޖެހުނީ އެންމެ އަހަން ބޭނުން ނުވި ވާހަކަ އަޑު އަހަންށެވެ. އެތަށް އިރަކު ރުއިމަށްފަހު ނީކިޔާ ނިންމީ ލަމާންއާއި އޭނާގެ އެކުވެރިކަން ކަނޑާލުމަށެވެ. ލަމާންގެ މަޅީގައި ޖެހޭ އަންހެން ކުދިންގެ ތެރެއިން ކުއްޖަކަށް އޭނަ ވާން ބޭނުން ނުވާތީއެވެ. އެވަގުތު ހަނދާންވީ އެންމެ ފުރަތަމަ އެ އެކުވެރިކަން އުފާވެރި ގޮތަކަށް ކުރިއަށް ދިޔަ ގޮތެވެ. ދެން ވީނުވީއެއް ނޭނގި ކުއްލިއަކަށް ނީކިޔާގެ ހިތުގައި ނުފުހެވޭނެ ފަދަ ދެއްޔަކުން ލަމާންގެ ނަން ފެވުނު ގޮތެވެ. އެދުވަހު ނީކިޔާގެ ހިތަށް އެރީ ލަމާން އަށްވެސް އޭނާ އަށް ވާގޮތަށް އިޙުސާސް ވާނެ ހެއްޔޭއެވެ. އެސުވާލުގެ ޖަވާބު ލިބެން އުޅެފައި ވެސް އެދުވަހު ލަމާން ލޯބިވި ކުއްޖާގެ ނަން ނުބުނުމުން އަނެއްކާ ނީކިޔާގެ ހިތް މާޔޫސްވިއެވެ. ނަމަވެސް މިއަދު އެ ސުވާލުގެ ޖަވާބު ލިބިއްޖެ އެވެ. ލަމާން ބޭނުން ވަނީ އޭނަ ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގައި ހެއްޔެވެ؟ ކިތަންމެ ވަރަކަށް ލަމާން ދެކެ ލޯބިވީ ނަމަވެސް އެހެން ވިޔަކަ ނީކިޔާއެއް ނުދޭނެއެވެ. ކަނު ލޯބި ވާކަށް ނީކިޔާ އެއްގޮތަށް ވެސް ބޭނުމެއް ނޫނެވެ. ނީކިޔާއަށް ނޭނގުނީ ހުޝާން އެހެން ބުނީ ޖެއްސުމަށް ކަމަށެވެ.

 

ރީތި ރެސްޓޯރެންޓެއްގެ ތެރެއަށް ވަދެގެން ދިޔަ ޔަމްހާ އާއި ނުކްޝާން ގޮސް ހުސް މޭޒެއްގައި އިށީނެވެ. ޔަމްހާގެ ފިނިވެފައިވާ އަތްތިލައިގައި ހިފާލަމުން ނުކްޝާން އެ ދެލޮލަށް ބަލާލިއެވެ. އެމީހުންނަށް ނޭނގުނު ކަމަކީ ސުދާ ހަމަ އެ ރެސްޓޯރަންޓްގައި އެމީހުންނަށް ސަމާލުކަން ދީގެން އިންކަމެވެ. ޔަމްހާ އާއި ނުކްޝާން ވާހަކަ ދައްކަމުން ދިޔަ އިރު އެދެމީހުންގެ ދެމެދުގައިވާ ލޯބި ސުދާއަށް އިޙްސާސް ކުރެވުނު ހެން ހިތުގައިވާ ހަސަދައާއި ރުޅިވެރިކަން ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ. ވަގުތުން ގޮސް ޔަމްހާ ބިމަށް ތިރިކުރަން ސުދާ އެތަށް ފަހަރަކު ބޭނުންވިއެވެ.”ޔޫޝައު..ކުރާނެ ކަމެއް ބުނެބަލަ..” އެންމެ ފަހުން ކެތް ނުވެގެން ސުދާ ޔޫޝައު އަށް ގުޅާލިއެވެ.”ވެއިޓަރާ ވާހަކަ ދައްކައިގެން ކޮންމެވެސް އެއްޗެއް އަޅާ އެމީހުން އޯޑަރ ކުރާ އެއްޗެއްސަށް.. ނޫނީ އޭނަ ބަނޑުގަ އޮތް ދަރިފުޅު މަރާލާނެ ކަހަލަ އެއްޗަކަސް އޯކޭ..” ޔޫޝައު އެދުނެވެ. ސުދާ އެންމެ ރަނގަޅޭ ބުނެ ކާ އެއްޗެހި ތައްޔާރު ކުރާ ތަނަށް ދާން ހިނގައިގަތެވެ. އަދި ޔަމްހާ އޯޑަރ ކުރި ޗޮކްލެޓް މިލްކްޝޭކް އަށް ދަބަހުން ދެ ބޭސްގުޅަ ނަގާ ލިއެވެ. އޭރު ވެއިޓަރު ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ.”އަން ރުފިޔާ.. މީހެއް ކައިރީ ނުބުނާތި..” ސުދާ ވޮލެޓުން ދެހާސް ނަގާ އެމީހާ އަތަށް ދިނެވެ. ރުފިޔާ ލިބުމުން ބޯ ޖަހާލާފައި ތަށިތައް ހިފައިގެން އެ ވެއިޓަރު ނުކްޝާންމެން ތިބި މޭޒާއި ދިމާއަށް ހިނގައިގަތެވެ. ހެވިފައި ސުދާ ވެސް ގޮސް އޭނަ އިން ތަނުގައި އިށީނދެ އިސްތަށިގަނޑުން މޫނު ފޮރުވާލިއެވެ.

 

“ޔަމް މާދަމާ ހަވީރު ބިޒީ ވާނެތަ؟؟..” ވެއިޓަރު އައިސް ނުކްޝާން ކަރިއީގައި ކޮފީ ޖޯޑު ބަހައްޓާފައި ޔަމްހާ އާއި ދިމާގައި މިލްކްޝޭކް ބެހެއްޓިއެވެ. އަދި ކާން އޯޑަރ ކުރި ޗިކެން ސަބްމެރީން ވެސް ދެމީހުން ކައިރީގައި ބެހެއްޓިއެވެ.”ނޯ ކިހިނެއް ވީ.” ޔަމްހާ ފެންފޮދެއް ބޯލިއެވެ.”ދުއްވާލަން ދާންކަމަށް.. ރެޑީވެގެން ހުންނާތި އިނގޭ.. ޗުއްޓީއެއް ނަގާފަ ރަށަކަށް ވެސް ދާން ކަމަށް މި ވިސްނަނީ..” ނުކްޝާން ހީލިއެވެ.”އޯހ.” ޔަމްހާ ހީލާފައި މިލްކްޝޭކް އިން އެތިފޮދެއް ބޯލިއެވެ. ސުދާ ނޭނގޭ ކަމަށް ހަދައިގެން އެތަން ބަލަން އިނެވެ.”ވަރަށް އެހެން ކަހަލަ ރަހަ އެއް އެބަލާ.. ވެދާނެ ރެސިޕީ ތަފާތު ވީކަމަށް. އެކަމް ހިތި ރަހައެއް ލަނީ.” ޔަމްހާ ތުންފަތުގައި ދޫ ހާކާލަމުން ވިސްނާލިއެވެ.”ތިހެންވީ އިރު ބަހައްޓާ.. މި ކޮފީ ޔަމް އަށް..” މިލްކްޝޭކް ދުރުކޮށްލަމުން ކޮފީތަށި ނުކްޝާން ޔަމްހާ އާއި ކައިރިކޮށްލިއެވެ.”ދެން ނުކް ކޮންޗެއް ބޯނީ؟؟..” ޔަމްހާ ބުމަ އަރުވާލިއެވެ.”އެއްޗެއް ނުބޯނަން.. މި ސަބްމެރީން އިން ބަނޑު ފުރޭނެ..” ނުކްޝާން ޖަވާބު ދިނެވެ.”ޝިޓް..” ސުދާ ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ. އަދި ޔޫޝައު އަށް މެސެޖެއް ކޮށްލިއެވެ.”މިދަނީ.” ޔޫޝައު ކުރު ޖަވާބެއް ދިނުމުން ސުދާ ހިތްހަމަ ނުޖެހިފައި ގޮނޑީގައި ލެނގިލިއެވެ. އެވަގުތު ވާރޭ ވެހެން ފެށިއެވެ.”ތިއޮތީ ރަނގަޅަށް އާދެވިފަ.” ޕިސް ޕިސް ކިޔާލަމުން ސުދާ ކަޅި މައްޗަށް ހިންގާލިއެވެ.

 

ކައި ނިމިގެން ވާރޭ ނުކްޝާން އާއި ޔަމްހާ ބޭރަށް ނިކުތް އިރު ވެސް ވާރޭ ވެހެމުން ދިޔައެވެ.”އަޅޭ.. ކުޑަ އެއް ވެސް ނުލާ މި އާދެވުނީ.. ޔަމް ތިހުރީ ކުޑަކޮށް ހުން ވެސް އައިސް.. ނުކެރޭނެ ވާރޭ ތެމިގެން ދާކަށް ވެސް.” ނުކްޝާން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.”އޯކޭ ވާނެ.. ބޭސް ކެއީމަ ރަނގަޅު ވެދާނެ ނުން..” ޔަމްހާ ނުކްޝާންގެ މުލައްދަނޑީގައި ހިފާލިއެވެ.”ޔަމްއަށް އޯކޭ ވިޔަސް މަށަށް އޯކޭ އެއް ނޫނޭ. ޔަމް ބަލިވީމަ މަ ކިހާ ދެރަ ވާނެ ލޯބީ.” ޔަމްހާގެ ކޮލުގައި ހިފާލަމުން ނުކްޝާން ހީލިއެވެ.”އޭ ޔޫޝައު ކީއްކުރަންބާ މިތަނަށް މި އަންނަނީ..” އެވަގުތު ކުޑައެއް ހިފައިގެން އައި ޔޫޝައު ފެނިފައި ނުކްޝާން ހިތުގައި ސުވާލު އުފެދުނެވެ.”އޭ ކޮން ކަމެއް..” ޔޫޝައު އަށް އަޑު އިވޭވަރަށް ގޮވާލަމުން ނުކްޝާން އެހިއެވެ. ޔަމްހާ ޔޫޝައު އާއި އެކީ ހުރިތަން ފެނުނު ނަމަވެސް އެކަން ހަނދާން ނައްތާލީ ޔަމްހާ ލޯބިވަނީ އޭނަ ދެކެކަން އިނގޭތީއެވެ.”މި ޖައްސާލީ ހަމަ.. ނޭނގޭނެނުން މިތަނަށް ކަމެއް އަންނާނީކީ.. ކުޑަ ބޭނުން؟؟..” ޔޫޝައު ހީލިއެވެ. ޔަމްހާއަށް ކޮންމެވެސް ނުބައެއް އުޅޭކަން ފާހަގަވިއެވެ.”އޭރުން ޔޫޝައު ގެއަށް ދާނީ ކިހިނެއް..” ޔަމްހާ ހަށިގަނޑުގެ ހޫނުމިން މައްޗަށް ދާހެން ހީވުމުން ނުކްޝާން ގަޔާއި ޔަމްހާ ކައިރިކޮށްލިއެވެ.”މަ ދާނަން ވާރޭ ހުއްޓާލީމަ.. ފްރެންޑް އެއް ބުނެގެން މި އައީ.. އަން..” ޔޫޝައު ކުޑަ ނުކްޝާން އަތަށް ދީފައި އެތެރެއަށް ވަނެވެ. އޭރު ޔަމްހާގެ ދަތްދޮޅި ތުރުތުރު އަޅަން ފަށައިފިއެވެ.

 

“ސައިކަލު ވެސް ނުލައޭ އާދެވުނީ ޕިސް.. ހިއެއް ނުކުރަން ވާރޭ ވެހޭނެ ކަމަކަށް.. އާދޭ އަވަހަށް ދާން.” ނުކްޝާން ކުޑަ ނަގަމުން ޔަމްހާއާ އެކީ ހިނގައިގަތެވެ. އޭރު ދޮރު ކައިރީގައި ސުދާ އާއި ޔޫޝައު ފާޑަކަށް ބަލަން ތިއްބެވެ. ގެއަށް އާދެވުމާ އެކީ ޔަމްހާ އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޔަމްހާއަށް ކުޑަ ނަގައިދޭން އުޅުމުން ނުކްޝާންގެ ކޮނޑާއި ދިމަ ވަނީ ތެމިފައެވެ.”ޔަމް ދޭ ޗޭންޖް ކޮށްގެން އަންނަން..” ކޮޓަރިއަށް ވަދެފައި ނުކްޝާން އެދުނެވެ. ޔަމްހާ ބޯ ޖަހާލާފައި ނިދާހެދުން ހިފައިގެން ފާޚާނާއަށް ވަނެވެ. ދެތިން މިނެޓް ތެރޭގައި ހެދުން ބަދަލު ކޮށްގެން ޔަމްހާ ނިކުތް އިރު ނުކްޝާން އިނީ ނިދަންލާ ސޯޓެއް ލައިގެންނެވެ. ނުކްޝާން ނިންމީ މިރޭ ކުރީގައި ވެސް ނިދާގޮތަށް ހަމައެކަނި ސޯޓެއްގައި ނިދުމަށެވެ. ނޫކުލައިގެ ނިދާ ބޮކި ދިއްލަމުން ނުކްޝާން އެނދުގައި އިށީނެވެ. ނުކްޝާން ރުހިގެން ފުރަތަަމަ ފަހަރަށް އެނދުގައި ނިދަންވުމުން ޔަމްހާ އަތްފައި ފިނިވެ ހިތް އަވަސްވިއެވެ. ނަމަވެސް ނުކްޝާން ކައިރީގައި އޮށޯންނަމުން ޔަމްހާ ލޯ މަރާލިއެވެ. ޔަމްހާގެ ނިއްކުރިއަށް ބޮސްދީފައި ނުކްޝާން ވެސް އޮށޯތެވެ.

 

“މަ އިނީ ހަމަ ފަޅައިގެންދާ ވަރު ވެފައޭ ޔޫޝައު.. އޭނަ އެ ތަށި ނުބޮއި ބެހެއްޓީ.. ތަންކޮޅެއް ގިނައިން ބުއިނަމަ އަސަރު ވެސް ކުރާނީ.. އެންމެ ފަހަރަކު ބޮއިފަ ނުބައޭ ކިޔާ އޭތި ބެހެއްޓީ އޭނަ..” ސުދާ ޔޫޝައު ކައިރީގައި ކިޔެވެ.”އަދި ހަމަ ޖެހިބަލަ.. މަށަށް ކަންތައް ކުރެވޭނެއޭ.. ނަވްޔާ މެން ވެސް މާދަމާ ހެނދުނު އަނެއް ގެއަށް ބަދަލު ވާނެ.. ނީކިޔާ އާ ނުކްޝާން ދާނީ ޖޮބަށް.. ސޯ މަށަށް ޗާންސް އެބަ އޮތޭ.. އޭނަ މަ ބުނާ ކަމެއް ނުކޮށްފިއްޔާ އެއްކަލަ ފޮޓޯތައް ލީކް ކޮށްލާނަން.. މާ ފާޑު ފާޑެއް ނުދެއްކޭނެ މަ ކުރިމައްޗަކު.” ޔޫޝައު ބުންޏެވެ.”ނަސީބެއް ތި ވެސް.. މަ ނުކްޝާން ބޭނުންވޭ ސްކޫލުގަ އުޅުން އިރު ވެސް.. އަދި ކިރިޔާ ލިބެން ކައިރި ވަނީ..” ސުދާ އެހެން ބުނުމުން ޔޫޝައު އަށް ހެވެން އުޅުނެވެ. ނީޝާ ހަމަ ރަނގަޅަށް ވެސް ސުދާ ހައްލާލައިފިއެވެ.”ބަލަމާ ދޯ.. އޭނަ ބަލިކަށިވާނެ ނުކްޝާންއާ އޭނާގެ ދަރިއަށް ކަމެއް ވެއްޖެއްޔާ..” ތެދުވަމުން ޔޫޝައު ބުންޏެވެ.”ވީ އާރ ގޮނަ ނީޑް ހަމްނާ ފޯރ ދިސް.” ސުދާ ވިސްނާލަމުން ބުންޏެވެ.”ތި ނަގާނެ މީހަކު ނަގާ.. މަށަށް ހެޔޮ މަ ބޭނުން ކަންތައް ވަނިކޮށް..” ޔޫޝައު ދެކޮނޑު އަރުވާލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ދެވަނަ ބައި)

Raigerifulhu-cover
Next

ރަތްގެރިފުޅު ބޯނަސް – 2

Next
Raigerifulhu-cover
October 23, 2021

ރަތްގެރިފުޅު ބޯނަސް – 2

Previews
October 23, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ދެވަނަ ބައި)



All Right Reserved!