Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް 22

luvza Level 310 Stories100 Login
October 14, 2021 5 Mins Read
1 Comment

މައިޝާ ހަމަޔަކަށް އެޅުނު ވަގުތު ވީ އީތަން ވެސް ބްރޭކަށާއި މައިޝާ ގޮވައިގެން ޑޮކްޓަރަށް ދައްކަން އައި ވަގުތަށެވެ. މައިޝާ އިން ހާލު ފެނުމުން އީމާ ކައިރި ސުވާލު ކޮށްލުމުން ކުރު ގޮތަކަށް އީމާ ކަން ހިގައި ދިޔަ ގޮތް ކިޔައި ދިނެވެ އެހެން ނަމަވެސް މައިޝާ އާއި ނިހާލް އާއި ދެމެދު ހިނގި އެއްވެސް ކަމެއް ނޭނގޭތީވެ އެވާހަކަ ނުދައްކާ ބޭއްވީ މައިޝާ އަމިއްލަ އަށް ކަން ހިގ ގޮތް ކިޔައިދޭން އެއްބަސް ވުމުންނެވެ.

 

ގިސްލަ ގިސްލާ ރޮވޭ ހާލު މައިޝަ ނިހާލް އާއި އޭނަ ދެމެދު ހިނގި ކަންތަކާއި ނިހާލް މާހިލް އަށް ކުރި އަނިޔާ ތަކުގެ ވާހަކަ އާއި މާހިލް މަރާލި ކަމަށް އެއްބަސް ވީ ވާހަކަ އާއި އެހެނިހެން ހުރިހާ އެއްޗެއްވެސް އެއްވެސް ސިއްރުކުރުމެއް ނެތި މައިޝާ އީތަން އާއި އީމާ އަށް ކިޔައިދިނެވެ.

ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ވިޔަސް އެކުވެރިޔާގެ ހާލު ބަދަލު ވެފައިވީލެއް ބޮޑުކަމުން އީމާ އަށް މައިޝާއާއި މެދު އެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޖަޒުބާތީގައި ޖެހި އީމާއަށް މައިޝާގެ ގައިގައި އޮޅުލައި ގަނެވުނެވެ. ބަދަލުގައި މައިޝާވެސް އީމާގެ ގައިގައި ބައްދާލިއެވެ.

އިވިދިޔަ ވާހަކަ ތަކާއި އެކު އީތަން އަށް ބަލައިލެވުނީ ގިސްލަ ގިސްލާ ރޮމުން އީމާގެ ގައިގައި ބައްދާލައިގެން ހުރި މައިޝާއަށެވެ. އޭނާ އެ އަންހެން ކުއްޖާއަށް އެހީއެއްގެ އަތެއް ފޯރުކޮށްދޭން ބޭނުމެވެ. އެ އަންހެން ކުއްޖާއަށް އިންސާފާއި ހައްގު އުފާ ކޮންމެހެން ހަދައިގެން ވިޔަސް ހޯދައިދޭން އޭނާ ބޭނުމެވެ. އެ އަންހެން ކުއްޖާ ފެނިލުމުންވެސް އެ ހިތުގައި ހާއްސަ ޖާގައެއް މައިޝާ އަށް ވަނީ ދެވިފައެވެ. ކީތްވެގެން ކަމެއް ޚުދު އޭނާ  އަކަށް ވެސް ނޭނގެ އެވެ.

“ދެން ތިކަންތަށް ފުލުހުންނަށް އަންގަން ވީނުން؟” “އައި ޑިޑް.. ބަޓް ނިހާލް އަށް އެކަން އެނގުނީ މަ އޭނަ ރުޅި އައީ… ދެޓް އިޒް ހައު ދިސް ސްޓާޓެޑް” މައިޝާ އީމާ ބުނި އެއްޗަށް ޖަވާބުދާރީ ވުމުގެ ގޮތުން ބުނެލި އެވެ.

“އެހެންވީމަ، މައިޝާ ތި ބުނަނީ ކުރިންވެސް ތި މައްސަލަ ފުލުހުންނަށް ހުށައެޅި ވާހަކަ، އެއްވެސް ހެއްކެއް ނެތި އަދި ތަހުގީގު ނުފެއްޓޭކަމަށް، އެކަމް މިހާރު އެބަ އޮތެންނުން..” “އެއީ ކޯއްޗެއް؟” މައިޝާ ނޭފަތް ދަމާލަމުން އީތަން ބުނި ބަހަށް ސުވާލެއް ކޮށްލިއެވެ.

“ތި ބުނީއެއްނުން ދެކުނީމޭ ޑިވޯރސް ޕޭޕަރެއް ދެން އަދި ތި އަނިޔާތަކާ، އަދި އެބައޮތެންނުން ބަހުން ދެއްކޭނެ ހެއްކާއި މާހިލް މަރާލުމުގެ ހެއްކަކަށް ޖެހޭނީ ދެން ބަލަން.” “އެކްމ އަދި އަހަންނަކަށް ޔަގީނެއް ނޫން މާހިލް މަރުވީ ކަމަކަށް ވެދާނެ ނިހާލް ދޮގު ހެދީ ކަމަށް ވެސް..” އީތަން އޭނާ އެބުނި ބަހަށް އިތުރު ތަފްސީލެއް ދިނެވެ. އެ ތިންމީހުންގެ ދެމެދުގައި ވަރަށް ގިން މަޝްވަރާތަކެއް ކުރެވިގެން ދިޔައެވެ.

 

 

ކަމެއް ހަނދާންވީ ފަދައިން އީތަން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަވަސް ހިގުމެއްގައި އޭނާގެ ކޮޓަރިއަށް ވަދެ ދެން ނުކުމެގެން އައި އިރު އޭނާގެ އަތުގައި ފައިލް އެއް އޮތެވެ. ގަންޑުތަކެއް އޭގެ އެތެރޭގައި ވާއިރު އެ ހިފައިގެން އައީ އޭގެން ކޮންމެވެސް އެއްޗެއް ހޯދަމުންނެވެ. އީމާމެންގެ ކައިރިއަށް އައިސް ހުއްޓިލަމުން އެ ފައިލް އޭނާ އީމާއަށް ގޮވާ ހަވާލު ކޮށްލިއެވެ. އޭގައި ހިފާލަމުން އީމާ އީތަން ކައިރީ އެއީ ކޯއްޗެއްތޯ ސުވާލު ކޮށްލިއެވެ.

“ހަނދާންނެތިފަ ހުރެވުނީ އަން އީމް..”

” ދޮންތަބޭ މީ… މީ ކޯއްޗެއް..” “ތީގަ ހުންނާނެ މައިޝާގެ މެމޯ އާއި ބޭސްސިޓީ އާއި ޓެސްޓު ތަކުގެ ރިޕޯޓުވެސް… ދެން އީމް ކުރަންވީ ކަމަކީ މައިޝާ ގޮވައިގެން ދާންވީ ޑޮކްޓަރަށް ދައްކަން.. ކޮޒް އައި ކާންޓް އެވާހަކަ ބުނަންށާއި އެއްކޮށް މި އައީ އެންޑް އީމް މައިޝާ ކައިރި މަޑުކޮށްލަންވީނުން މިއަދު ކުޑަކޮށް ލަސްވެދާނެ އެބައޮތް މީޓިންގ އެއް އޯލް އެމްޕްލޮއީސް ޖޮއިން ވާންޖެހޭ އެއްޗެއް ސޯ އަމް ގޮއިން ދެން އައިލް އީޓް އެކޮޅުން..” އީތަން ވާހަކަ ދައްކަމުން ފަސް އެނބުރި ގޮސް ބޫޓަށް އަރައިގެން ނުކުންނަމުން ފަހުން ކާނެކަމަށް ބުނެ އީމާމެންނަށް އެއްޗެއް ބުނެވުމުގެ ކުރިން ނުކުމެގެން ދިޔައެވެ. ދެކޮޅަށް ބޯހޫރުވާލާފައި އީމާ އައިސް މައިޝާ ކައިރީ އިށީންދެލާ އޭނައަށް ނަސޭހަތް ލައިދީފައި ކާން އައުމަށް ބުނެލިއެވެ. އެހެންނަމަވެސް މައިޝާ އެކަމށް އިންކާރު ކުރިއެވެ. އީމާ އެތަކެއް ފަހަރު ކިޔައިގެން ކުޑާ ގޮތަކަށް އޭނާ ކާލިއެވެ. އެވެސް ކިރިޔާ ގައިގައި ވަރުޖެހޭވަރަށެވެ.

 

 

އީމާ މައިޝާ ކައި ނިމުމުން އޭނާ ކައިރީ ތައްޔާރުވާން ދާން ބުނެ ތަށިތަށް ދޮންނަން ފެއްޓިއެވެ. އީމާ މައިޝާ ނިމެންދެން ސިޓިންރޫމުގައި މަޑުކޮށްގެން ހުއްޓެވެ. އެހެންނަމަވެސް މާގިނައިރެއްނުވެ މައިޝާ ނިކުތުމުން އީމާ އެދިމާލަށް ބަލައިލިއެވެ. އޭނާއަށް ފެނުނީ މައިޝާ އޭނާގެ ދޮންތަގެ ހެދުމެއްލައިގެން ހުރިތަނެވެ. ބޮލުގައި އަޅާފައި އޮތް ބެންޑޭޖު މިހާރު ނެތް އިރު އިސްތަށިގަނޑު ފަހަތަށް ޕޯނީ ޓެއިލް އަކަށް އައްސާފައި ހުރިއިރު އެ މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތެވެ. އެހެނެއްކަމަކު ތާޒާކަމާއި އެކުވެސް އެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ.

“ޔޫ ލުކް ބިއުޓިފުލް.. ލެޓްސް ގޯ ދެން އަދި އަހަރެން ރީތިވެގެން އަދި ދެވޭވަރު ވަރު ވާނީ ހެހެ.” އީމާ މައިޝާގެ އަތުގައި ހިފާލާފައި އޭނާއަށް ތައުރީފް ކޮށްލިއެވެ.

އީމާގެ ގެއަށް ގޮސް އޭނާ ތައްޔާރުވެގެން އީމާ މައިޝާ ގޮވްއިގެން ދިޔައީ މާލެއަށް ދާން ފެރީ ޓާރމިނަލް އަށެވެ. ވިލިނގިލި ހޮސްޕިޓަލުން ދެއްކެން އޮތް ނަމަވެސް އޭނާ ބޭނުންވީ މައިޝާ މާލޭގެ ހޮސްޕިޓަލަކުން ދައްކާށެވެ. އަދި އިތުރު ޗެކަޕެއް ހަދާށެވެ. އެހެނީ މިހާރު އޭނާ ބޭނުންވަނީ މައިޝާއަށް އޭނާގެ ފަރާތުން ދެވެން އޮތް ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭށެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުން ރިޕޯޓުތަށް ދައްކާ އަދި މައިޝާ ޑޮކްޓަރަށް ދައްކާ ނިމުން އިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ޓެކްސީ ޒޯން ކައިރިއަށް އީމާ ހިގައިގަތުމުން މައިޝާ އެކަމާ އޭނާއާއި ސުވާލު ކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ.އޭނާ ހީކުރީ ފެރީ ޓާމިންލަ އަށްވެސް އީމާ ދާނީ ޓެކްސީ އެއްގައި ކަމަށެވެ. ހޮސްޕިޓަލު ތެރޭގަވެސް އޭނާ އަށް އިހުސާސް ވަމުން ދިޔައީ އޭނާގެ ކައިރީގައި އެތަކެއް ބޮޑީގާޑުން އުޅޭހެންނެވެ. އީމާ އޭނާކައިރީ އުޅެމުން ދިޔައީ އެކަހަލަ ގޮތަކަށެވެ. މީހަކު އޭނާއަށް ޖަވާހިރެއް ހަވާލުކުރުމުންވެސް ނުގެންގުޅޭނެހާ އޯވާރޕްރޮޓެކްޓިވް ކޮށެވެ.

“އީ.. ފެރީ ޓާމިންލއަކަށް ނޫން ތަ މި ދަނީ؟ ދެން ކީތްވެގެންނޯ ޓެކްސީ ނަގަނީ ހިނގާފަވެސް ދެވިދާނެއެއްނުން؟ މާކަށްދުރެއްނޫނޭއެއީ..” “އެއީ ދޮންތަބެ ގުޅާފަ ބުނީ މައި ގޮވައިގެން އަންނާޝޯ ފުލުސް އޮފީހަށް… ދޮންތަބެ މިހިރީ އެތާނގަޔޯ އެންޑް މިހާރު އިންސްޕެކްޓަރަކާއި ވެސް ވާހަކަ ދައްކައިފީމޯ… މައި ދައްކާ ނިމުނުހާއަވަހަށް އެތަނަށް އަންނާށޯ…” ހިނިތުންވުމަކާއި އެކު އީމާ އަވަސް އަވަހަށް މައިޝާގެ ސުވާލަށް ޖަވާބު ދާރީ ވިއެވެ. ބުނެލި އެއްޗިސް އަވަސްކަމުން މައިޝާއަށް އެ ބުނި އެއްޗެއް ފަހުމު ވީ ކަމާއި މެދު ޝައްކެވެ.

 

މައިޝާއަށް ކުޑަ ހައިރާންކަމެއް ލިބުނީ އެހާއަވަހަށް އީތަން އެ ހުރިހާ ކަމެއް ހަމަޖެއްސުމުންނެވެ. ހިތަށް ކުޑަ ހަމަޖެހުމެއްވެސް ލިބުނެވެ. މައިޝާ ބެލީ ވީހާވެސް އަވަހަކަށް އެކަންތަށް ނިންމާލެވޭތޯއެވެ. ޓެކްސި އެއް ލިބުމުން މައިޝާ އަވަހަށް ކާރަށް އެރީ އީމާ އޭނާކައިރީ ފުރަތަމް އަރަން ބުނުމުންނެވެ. ކުޑަކޮށް ދެފަރާތަށް ބޯހޫރުވާލާފައި މައިޝާ ކާރަށް އެރިއެވެ. އީމާ އެރުމަށް ފަހު ދާންވީ ތަން ބުނުމުން ކާރު ޑްރައިވަރު އެ ދެމީހުން އެމީހުންގެ މަންޒިލަށް ގެންގޮސްދޭން ދަތުރު ފެއްޓިއެވެ.

ފުލުސްއޮފީސް ދޮރުމައްޗަށް ކާރު ހުއްޓުމާއި އެކު މައިޝާ އާއި އީމާ އޭގެން ފައިބާ އޭތާގެ އެތެރެއަށް ވަންނަމުން އީތަން އަށް ގުޅާލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭ އީތަން އައިސް އޭނާގެ ފަހަތުން އައުމަށް އެދިފައި ހިނގައިގަތެވެ. އީތަން ހިގަމުން ގޮސް ދޮރެއްގައި ޓަކި ޖެހުމަށް ފަހު އެތެރޭން ވަންނަން ހުއްދަ ދިނުމުން އެތެރެއަށް ވަނެވެ. ފަހަތުން އީމާ އާއި މައިޝާވެސް ވަނެވެ. މޭޒެއްގެ ކައިރީ ފުލުސް ޔުނީފޯމުގައި ހުރި މީހަކު އައިސް އެ ތިން މީހުންނަށް އިށީންނުމަށް އެނގިއެވެ. އަދި މައްސަލަ ހުށައެޅުމަށް ބުންޏެވެ.

މައިޝާ އޭނަގެ ވާހަކަ ކިޔައިދިނުމުން އޭގައި އީމާގެ ވެސް ވާހަކަ އައިސް ފައި އޮތުމުން އީމާ އާއި މައިޝާގެ ބަޔާން ނެގުނެވެ. އަދި މައިޝާ ކުރެން އެމީހުން ކުރިން އުޅުނު އެޑްރެސް ނަގާ ތަހުގީގު ފެށިގެން ދިޔައެވެ.

ދުވަސްތަށް ހަލުވި ކަމާއި އެކު ހިނގަމުން ގޮސް މަސްދުވަސް ހަމަވަނީއެވެ. ފުލުހުންނަށް ހުށައަޅާފައިވި މައްސަލައަށް ކުރިއެރުންތަކެއ ލިބިފައި ވީ އިރު އަދިވެސް ނޭގި އޮތް ކަމަކީ މާހިލް ވީ ކޮންތާކު ކަމާއި ނިހާލް ފިލައިގެން ގޮސް ވީ ކޮންތާކު ކަމެވެ. ފުލުހުންގެ ތަހުގީގަށް ރާއްޖޭގެ އެކި ހިސާބުތަކަށް ފުލުހުންގެ ޓީމުތަށް ވަނީ ގޮސްފައެވެ.

މައިޝާއަށް މިހާރު ދަނީ އެހެން އިހުސާސެއް ކުރެވެމުންނެވެ. އަބަދު ވަރުބަލި ވުމާއި ބޮލަށް އެނބުރުންއެރުން އޭނާއަށް ދަނީ ކުރިމަތިވަމުންނެވެ. އަބަދު ނިދިއައިސް ކާހިތް ކެނޑި އެހެނިހެން އުދަނގޫ ތަކެއްވެސް އޭނާއަށް ކުރިމަތިވަމުން ދިޔައެވެ.

“ވަދޭ” ދޮރުގައި ޓަކި ޖަހާލުމުން ފާހާނައިން މޫނުދޮވެގެން ނުކުތް މައިޝާއަށް ގޮވާލެވުނެވެ. ކޮޓަރި ދޮރު ހުޅުވާލަމުން ކޮޓަރި ތެރެއަށް ދެމިގަތީ އީމާއެވެ. ހަވީރު ބޭރަށް ދާން ތައްޔާރުވެގެން އޭނާ އެ އައީ މައިޝާ ބަލައެވެ. އެހެންނަމަވެސް މައިޝާ އަދި ތައްޔާރު ނުވެ ހުރުމުން އޭނާއަށް ކުދިކިޔާލެވުނެވެ. މެންދުރު ކާއެއްޗިސް ލާފައި ދަމުން އޭނާ ދިޔައީ އަންނަން ވާއިރަށް ރެޑީވެގެން ހުންނަން ބުނެފައެވެ.

 

 

މަޑުމަޑުން ހިނގާލާފައި އީމާ ގޮސް އެނދުގައި އިށިންދެލިއެވެ. ކޮނޑެއްގައި އަޅުވާފައި އިން ޝިފޯން އަޅި ޝޯލް ހިފައިގެން އައިސް މައިޝާ ޑްރެސިންގ ޓޭބަލް ކުރިމަތީ ހުރެ ކުޑަގޮތަކަށް ރީތިވެ ޝޯލް އަޅާލިއެވެ. އީމާގެ އެދުމުގެ މަތިންނާއި މައިޝާ އަމިއްލައަށްވެސް ބޭނުންވުމުން އޭނާ ބުރުގާ އެޅީއެވެ. ކުރީގެ މައިޝާއާއި މިހާރުގެ އެ މައިޝާ ވަރަށް ތަފާތެވެ. މިހާރު ބުރުގާ އެޅުމުން އެ މައުސޫމްކަން އިތުރުވެފައި ވެއެވެ. ފެންނަލެއް ލޯތްބެވެ. ސާދާއެވެ.

މައިޝާ ތައްޔާރުވެ ނިމުމުނެ އީމާ އާއި ދެމީހުން ކޮޓަރިން ނުކުތެވެ. އެޕާރޓްމެންޓުން ނުކުމެ ތިރިއަށް ދިޔުމަށް އީމާމެން ހިގައިގަތް ވަގުތަށް ވީ އޮފީސް ނިންމާލުމަށްފަހު އީތަން ވެސް ގެއަށް ވަތް ވަގުތަށެވެ. ދެ އަންހެންކުދިންވެސް އީތަން ފެނުމުން ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ކޮންތާކަށް ތި ދަނީ؟..” އީތަން އީމާއާއި މައިޝްކުރެން އަހާލިއެވެ.

“މައި ގޮވައިގެން ބޭރަށް ދާން ކަމަށް މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ވިއްޔަ ބޭރަށް ގޮސް ނުލާތާ އެހެނެވެގެން.. ބޭރަށް ދާން މި ދަނީ…” އީމާ އީތަން އާއި ވާހަކަ ދެއްކިއިރު މައިޝާ އަށް ހުރެވުނީ އީތަންގެ މޫނަށް ބަލާށެވެ. ހެނދުނު އޮފީއަށް ގޮއްސައި ހަވީރު ގެއަށް އާދެވުމުން އޭމޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. އެއާއި އެއްވަރަށް އިތަންގެ ފިރިހެން ވަނަތަކަން ވެފައިވީ އިތުރެވެ. ތުނިކޮށް ޓްރިމް ކުރެވިފައިވީ ތުނބުޅި މަތިމަހާއި އެ މޫނު ނުހަނު ގުޅެއެވެ. މައިޝައަށް އީތަންގެ ފުރިހަމަކަމަށް ތައުރީފްކުރެވުނެވެ. އެކަންވެގެން ދިޔައީ އޭނާއަށް މިހާރު އާންމު ކަމަކަށެވެ. އޭނާއަށް ނޭނގި ނަމަވެސް ވަނީ އީތަންދެކެ ލޯބި ވެވިފައެވެ.

 

-ނުނިމޭ-

Hi guys،

once again welcome I’m really sorry vaahaka up nukurevi varah ginadhuvas faaithuvejjekan and I do cmnt on other stories too but I really don’t get time it’s been really busy and since I started my 7th grade this year I had been under a lot of pressure… ekamaku I really do try vaguthu vee varakun vaahaka liyan I write my story on my pc word document and then upload on esfiya.com kudhi medukendun thakun I know kiyunterinq foohi vaanekan sooo ulhunin mi vaahaka huttalan ves but vaahaka nimendhen liyefa up kuran ninmifa othumun I wanted egothah kan kuran ehenveema mi ai study break therey insha allah I will try vaahaka veevarakun liye kiyuntherinnnai hama ah gensdheyn…. Vaahaka nimen maakah gina episodes eh ves neiyy insha allah kiyuntherinnah vaahaka

genesdheveytho balaanan

Take care my readers … ??

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްދޮޅަސް ހަވަނަ ބައި)

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 23

Next
October 14, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 23

Previews
October 14, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްދޮޅަސް ހަވަނަ ބައި)

One Comment

  1. Nayaa Nayaa says:
    October 15, 2021 at 9:46 am

    hello luvza dear.. masha allah vrh reethi stry eh..u r so talented ingey… its ok 7 veema undhagoo vaanekanvx ingey.. nayoo vx 7 ga feshee stry liyan.. now im in 8.. hehe… hama vaguthu vaa varakun liyeliyas ok vaane.. its not a prblm.. i know how difficult it is.. will always support u darl.. lyssssssssmm.. keep it up… ss & tc..

Comments are closed.

Next Episodeއަބަދުވެސް 23←


All Right Reserved!