އަދާރާ‘ ކިފްލުގެ މަސްތީ އަޑު އަދާރާގެ ކަންފަތުގައި ޖެހިލުމުން ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކިފްލުގެ ހޫނު ނޭވާތައް އޭނާގެ މޫނުގައި ބީހޭހާ ކިފްލުގެ މޫނު ކައިރިކޮށްލުމުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތާއިއެކު އަދާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. **** ’އަދާރާއަށް އެނގޭތަ އަދާރާ ތިހެން އަހަރެންގެ ހިތް އަތުލައިގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަން؟‘ ކިފްލު ވަރަށް ސީރިއަސް ރާގެއްގައި އަހައިލިއެވެ. **** ކިފްލުގެ އެ ޖުމްލައާއިއެކު އަދާރާއަށް މަޑު މަޑުން […]
’ޝާއީ އާރ ޔޫ ޝުއަރ؟ އާރ ޔޫ ރިއަލީ އޯކޭ؟‘ އަހަންނަށް ފެނުނު އެއްޗެއްގެ ސަބަބުން އަހަރެން ދެވަނަ ފަހަރަކަށްވެސްް އަހައިލީމެވެ. ޝާއީ ނޭފަތް ދަމަމުން ބޯ ޖަހައިލިއެވެ. ޝާއީ ތެދަށް ނުބުނާނެކަން އެނގުމުން އަހަންނަށް ފާޑަކަށް ރުޅި އާދެވުނެވެ. **** ’އެހެންވިއްޔާ ހައު އާރ ޔޫ ގޮނަ އެކްސްޕްލެއިން ދޯޒް ބްރޫޒަސް އޮން ޔޯރ ރިސްޓްސް؟ ހާނ؟!‘ ދެ ދަތްޕިލަ ޖައްސައިގެން ހުރެ އަހަރެން ބުނެލީމެވެ. **** ބިރެއް ފެނިގެން ބަލައިލިހެން ޝާއީ އެއް ފަހަރު […]
އަހަރެމެން ދެމީހުން އައުން ލަސްވެގެން ނަޔާން ނުކުތުމުން ދެން އިތުރަށް އެ މައުޟޫއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. އޭރު އޭނާ ހުރީ މަސްދަތުރު މަޝްވަރާގެ ފޯރިގަނޑު އަރައިފައެވެ. **** މަސް ދަތުރު ހަމަ ޖެހުނީ ޖެހިގެން އައި ދުވަހުގެ ހަވީރު ފުރައި، ރޭގަނޑު އަށެއް ޖަހާކަށްހާއިރު އެނބުރި ރަށަށް ލަފާ ގޮތަށެވެ. ގިނަ ވޯޓު ލިބުނީ އެނބުރި އައިސް ބާބެކިއު ވެސް ޖައްސާ ގޮތަށެވެ. **** ބައްދަލުވުން ނިމުނުއިރު ބާރަ ޖަހާކަށް މާގިނަ އިރެއް ނެތެވެ. […]
ކިފްލުގެ މެސެޖު ކިޔާފައި އަދާރާގެ އަނގަ ހުޅުވުނެވެ. ކިފްލު ހާދަ ކެރިގެން ބުނަން ބޭނުން އެއެއްޗެއް ބުނެލައޭ އަދާރާގެ ހިތަށް އެރިއެވެ. މިހާ އަވަހަށް ކިފްލު ފާޅުގައި، އޭނާއާއި ’ފްލާޓް‘ ކުރަންވެސް ފެށީ ހެއްޔެވެ؟ އަދާރާއަށް ވީ ގޮތް ފެނި ކިފްލު ގާތަށް އައީ ލާނެތް ހިންޏެކެވެ. **** އަދާރާ ބުނާނެ އެއްޗެއް ނޭނގިފައި އިންނަން ފެށުމުން ކިފްލު އަނެއްކާވެސް މެސެޖެއް ލިޔަން ފެށިއެވެ. ’ދެން ހަމަ ނުދޭނަންތަ؟‘ ފަހަތަށް ’ޕަޕީ ފޭސް އިމޯޖީއެއް‘ ލަފާއި ކިފްލު […]
ލަޔާލީ އެނބުރި އައިސް އިށީނީ އަހަރެމެން އެންމެންގެ މޫނުތައް ސުވާލު މާކު ތަކުން ފުރައިފައެވެ. އެންމެންވެސް ހީކުރީ ލަޔާލީ އުޅުނީ އެ ޒުވާނާ އަހަރެމެންނަށް ތައާރަފު ކޮށްދޭން ކަމަށެވެ.އެކަމަކު އޭނާ ހަމަ ގަސްދުގައި އަހަރެމެން އެންމެންގެ ހިތް ތަޅުވައިލީއެވެ.އެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ލާނެތް ހިނިތުންވުން އެކަމަށް ހެކި ދިނެވެ. **** އެ ޒުވާނާ ހެލޯއޭ ބުނެލާފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ހުސް މޭޒެއްގެ ކައިރީ ހުރި ގޮނޑިއެއް ހިފައިގެން އައިސް ޝާއީއާއި ޖެހި […]
މައިންބަފައިން މި ދުވަސް ދެކެން ތިބިނަމަ ހާދަ އުފާވާނޭ ހިތަށް އެރިޔަސް މިހިތް ހާސް މަރުން މަރުވެއެވެ. އެހެން ކުދިންގެ މަންމަ އާއި ބައްޕަ ހަފްލާގައި އުފަލުގައި ބައިވެރިވަމުން ދިޔައެވެ. އެމަންޒަރުން މި ދެލޯ ތެއްމަމުން ދިޔައެވެ. ނުރޯން ވަރަށް ހިތްވަރުކުރީމެވެ. އެހެނަސް ސަބުނަމުގެ ތިކިތަށް އޮއްސާލައިފި އެވެ. “މޭކަޕް” ހަޑި ވެއްޖެއެވެ. ލޯ ރަތްވެއްޖެއެވެ. އަދި ހަނދާނީ ފިލާއާއި ހަވާލުވާން ޖެހެއެވެ. ޖަލްސާ ކުރިއަށް އޮތީ އެވެ. އަޝްބާއަށް ހަނދާނެ ގޮތް ހުސްވެއްޖެ އެވެ. ހަމަ […]
ފިނި ކޮޓަރީގައި، ޑުވޭ ދަށުގައި ނިދާ ހަރުދަނާވެފައި އެ އޮތީވެސް ހަމަ ކިފްލުއެވެ.އެނދުގެ ތިރީގައި ކާޕެޓް މަތީ ބަނޑު ޖަހާލައިގެން ޗަންކީވެސް އޮތެވެ.އެކަމަކު ކޮޓަރި ދޮރުމަތީގައިވެސް ހުއްޓި އެހުރީ ހަމަ ކިފްލުއެވެ.އެނދުމަތީގައި އެ އޮތީ ކިފްލު ވިއްޔާ ކޮޓަރި ދޮރުމަތީގައި އެ ހުރީ ދެން ފަހެ ކާކު ހެއްޔެވެ؟ ހަމަ ކިފްލުގެ ސޫރައެވެ. ތަފާތެއް ނެތެވެ. ސުވާލަކީ އެތަނުން ހަގީގަތުގައި ކިފްލުއަކީ ކޮބައި ހެއްޔެވެ؟ **** ކިފްލުމެންނަށް ސައި ތައްޔާރުކުރުމުގައި އަދާރާއާއި ސިޔާމާ އަވަދިނެތި އުޅުނެވެ.ޙުއްބާއަށް އެންމެ […]
އަޅުގަނޑުގެ ވާހަކަ “ކީމޭ އަލްވަދާޢު” އިހަކަށް މެދުކަނޑާލަން ނިންމައިފީމެވެ. ދެން ވާހަކަ ގެނެސްދެވޭނެ ދުވަހެއް ވަކި އަނެއްހެން ބުނެދެވެން ނެތީތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. އިން ޝާ ﷲ، ދެން ވާހަކަ ގެނެސްދެވޭނީ، ވާހަކަ އެއްކޮށް ލިޔެ ނިމުމުންނެވެ. އަދި މުޅިން އެހެން ނަމެއްގައެވެ. ކިޔުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ސަޕޯޓާއި ހިތްވަރަށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.
މަންމައަކީ ދުނިޔޭގައި އަޅުގަނޑުމެންނަށް އެންމެ ލޯބިވާ އެއް ފަރާތެވެ. މަންމަގެ ހަނދާންތަކަކީ އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ރީތިކޮށް ފެހިވެފައިވާ ހަނދާންތަކެކެވެ. މަންމަގެ އޯގާތެރިކަމާއި، ލޯބީގެ ހަނދާންތަކަކީ އަޅުގަނޑުމެންގެ ހިތުގައި ދުވަހަކުވެސް ފިލައިގެން ނުދާނެ ހަނދާންތަކެކެވެ. މަންމަގެ ލޯބި: މަންމަގެ ލޯބި ވަޒަންކުރަން ނޭނގޭހާ ބޮޑެވެ. އަޅުގަނޑުމެން ކުޑައިރުއްސުރެ މަންމަ ދެއްވި އަޅާލުމާއި، ލޯބި އަދި އޯގާތެރިކަމަކީ ދުނިޔޭގެ އެއްވެސް އަގަކުން ގަނެވޭނެ އެއްޗެއް ނޫނެވެ. ބަލިވެއިންތާ ފެށިގެން، އަޅުގަނޑުމެން ވިހެއުމާ ހަމައަށް، އަދި އޭގެ ފަހުންވެސް މަންމަ […]