އަބަދުވެސް 23
އީމާ އީތަން އާއި ވާހަކަ ދެއްކިއިރު މައިޝާ އަށް ހުރެވުނީ އީތަންގެ މޫނަށް ބަލާށެވެ. ހެނދުނު އޮފީއަށް ގޮއްސައި ހަވީރު ގެއަށް އާދެވުމުން އޭމޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. އެއާއި އެއްވަރަށް އިތަންގެ ފިރިހެން ވަނަތަކަން ވެފައިވީ އިތުރެވެ. ތުނިކޮށް ޓްރިމް ކުރެވިފައިވީ ތުނބުޅި މަތިމަހާއި އެ މޫނު ނުހަނު ގުޅެއެވެ. މައިޝައަށް އީތަންގެ ފުރިހަމަކަމަށް ތައުރީފްކުރެވުނެވެ. އެކަންވެގެން ދިޔައީ އޭނާއަށް މިހާރު އާންމު ކަމަކަށެވެ. އޭނާއަށް ނޭނގި ނަމަވެސް ވަނީ އީތަންދެކެ ލޯބި ވެވިފައެވެ.
އީތަން މައްޗަށް ދާން ހިނގައި ގަތުމުން އީމާއާއި ދެމީހުންވެސް އެދެމީހުންގެ މަންޒިލަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ރަސްފަންނުގެ ޖޯލިފައްޗެއްގައި އިށީންދެގެން ތިބި މައިޝާއާއި އީމާ ތިބީ އޮލަ ވާހަކައެއްގަ އެވެ. ވަށައިގެންވީ މާހައުލުގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އެދެމީހުންނަކަށް ރޭކާވެސް ނުލައެވެ. އެހާވެސްބޮޑަށް އެދެމީހުންތިބީ ވާހަކައިގެ ތެރޭގައެވެ.
“މައި ހިނގާބަ ފެންފުޅިއެއް ގަންނަން ވަރަށް ބޮޑަށް ފެންބޮވާއެބަ..” އީމާ އޭނާގެ އަތްދަބަސް ނަގާލަމުން ޖެހިގެން އިން މައިޝާ ކައިރީ ބުނެލިއެވެ. ދެމީހުންވެސް ތެދުވެގެން ހިގައިގަތީ އެތާނގައި ހުރި ‘ރަންފަންނު ކިއޮސްކް’ އަށް ދިޔުމަށެވެ. ފެނފުޅިއެއްގަނެލައިގެން ދެމީހުން ދެން މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. އޭރު މާލެއިން މަޣްރިބް ނަމާދަށް ބަންގި ގޮވާ އަޑު އިވެއެވެ.
އީމާ އާއި ދެމީހުން ވާހަކައިގައި ތިބެގެން ދިޔައީ މައިޝާމެންގެ ގެއަށެވެ. އެހެންނަމަވެސް ގެއަށް ވަދެވޭގޮތް ނުވީ ގެ ތަޅުލާފައި ހުރުމުންނެވެ. މައިޝާ ހަނދާން ނެތި ތަޅުދަނޑި ނުލާ ނުކުތުމުން އީތަންއަށް ގުޅާލިއެވެ. އީތަންއަށް ގުޅުމުން ފޯނެއްނުނަގައެވެ. މިސްކިތުގައޭ ހިތާ އީމާއާއި ދެމީހުންވެސް ނިންމީ އީމާގެ ގެއަށް ދާށެވެ. އެހެންކަމުން އެ ގެއަށް ދިޔުމަށް ދެމީހުންވެސް މިސްރާބު ޖެހިއެވެ.
އީމާއާއި މައިޝާ ތިބީ އީމާގެ ގޭގެ ބަދިގޭގައެވެ. ނަމާދުކޮށް ނިމިގެން ދެމީހުންވެސް ނުކުމެލީ ކޮފީއެއް ބޯލާށެވެ. މައިޝާ އާއި ދެމީހުންނަށް ކޮފީ ގިރައިގެން އީމާ ގޮސް ކާމޭޒު މަތީގައި ދެ އާވި އަރައަރާ ހުރި ކޮފީ ޖޯޑު ބެހެއްޓިއެވެ. މައިޝާ އަށް ކޮފީގެ ވަސް އެރުމުން ފާޑަކަށް މޭނުބައި ކުރަން ފެއްޓިއެވެ. އެހެންނޫނީ އެއީ އޭނާއަށް ވާކަމެއް ނޫނެވެ. އޭނާއަށް އެންމެ މީރު އެކައްޗަކީ ކޮފީ އެވެ.
އެހެންނަމަވެސް އޭނާއަށް އިތުރަށް ނުހުރެވުމުން ބަދިގެ ޒިންކާއި ދިމާލަށް ދުއްވައި ގަނެވުނެވެ. އީމާއަށް ހުރެވުނީ ހުއްޓުން އަރާފައި މައިޝާ އާއި ދިމާލަށް ބަލަހައްޓާއިގެންނެވެ. ވަރަށް ބައިވްރު ހޮޑު ލެވުމަށް ފަހު މައިޝާ ހަމަޖެހިލުމަށް ދެތިން ފަހަރު ފުންކޮށް ނޭވާ ލިއެވެ. އީމާ އައިސް މައިޝާ އަށް ފެންތައްޓެއް ދިއްކޮށްލުމުން އޭގެން ދެތިން ކޯވަރު ބޮއެލާ ކާމޭޒު ދޮށުގައި އިށީންދެލިއެވެ.
އީމާ އައިސް ކިހިނެއްވީ ތޯ އެހުމުން މައިޝާ އަށް ބުނެވުނުހާވެސް އެއްޗަކީ ކޮފީގެ ވަސް އެރުމުން މޭނުބައި ކުރީކަމަށެވެ. އަދި މިހާރަކަށް އައިސް އޭނާއަށް ވަމުން އަންނަ ގޮތްތަކުގެ ވާހަކަ އޭނާ އާއި އީމާ ހިއްސާ ކުރިއެވެ. އީމާއަށް އެކަމާ މެދު ޝައްކު ކުރެވުނެވެ. މައިޝާ ބަލިވެ އިނދެ ދާނެ ކަމަށެވެ. މައިޝާ ކައިރި އެވާހަކަ ބުނަން އޭނާއަށް ފަސްޖެހެވުނެވެ. އެހެން ނަމަވެސް އީމާ އެވާހަކަ މައިޝަ ކައިރި ބުނުމަށް ނިންމިއެވެ.
މައިޝާ ގޮވައިގެން އީމާ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ހަމަޖެހިލުމަށް ބުނެ އީމާ އޭނާއަށް ދެންމެ ހީވި ގޮތް ކިޔައިދޭނާ ތައްޔާރުވެލިއެވެ. ވާހަކަ ދެއްކުމަށް އަނގަ ހުޅުވާލި އީމާ އަށް އަނގަ ލައްޕާލެވުނީ ޗާޖަށް ޖަހާފައި އޮތް މައިޝާގެ ފޯނު ރިންގު ވުމުންނެވެ. އެބަ އަންނަން ކަމުގައި ބުނެ މައިޝާ ތެދުވަން އުޅުމުން އީމާ އޭނާ ބޭންދުމަށްފަހު ތެދުވެގެން ގޮސް ރިންގުވަމުން ދިޔަ ފޯނު ނަގާ މައިޝާ އަށް ދިއްކޮލަމުން އީތަން އޭ ބުނެލިއެވެ.
“ހަލޯ، ނޫން… މިތިބި ވިލިނގިލީގަ، އީ މެން ގޭގަ، ގެ ތަޅުލާފަ ހުރީ އައި ފޮގޮޓް ތަޅުދަނޑި ނަގަން، އޮހް އާނ އޯކެ ހްމްމްމްމް… ޔެ..” މައިޝާ އީތަން އާއި ވާހަކަ ދައްކަމުން ދިޔައެވެ. އީމާ ކެތްތެރިކަމާއި އެކު އިންތިޒާރު ކުރަމުން އެ ދަނީ މައިޝާ ކައިރީގައި އެވާހަކަ ބުނެވޭނޭ ވަގުތަކަށެވެ.
“އީ ދެންމެ ބުނަން އުޅުނިންދޯ އެއްޗެކޭ؟.. ބިފޯރ މައި ފޯން ރޭންގް؟” މައިޝާ ފޯނު ކަނޑާ ލުމަށް ފަހު އީމާ އާއި ދިމާލަށް އުންމީދީ ބަލާލުމަކުން ބަލާލަމުން ބުނެލިއެވެ.
“ޔަހ.. އެކްޝުލީ،.. މައި ޑޫ ޔޫ ތިންކް ދެޓް ސަމްތިން އިޒް އަޕް؟ ވަޓް އައި މީން އިޒް އަބައުޓް ވަޓް ޔޫ ސެއިޑް އާފްޓާރ ވޮމިޓިން…” އީމާ އިނގިރޭސިން އޭނާ ބުނަން ބޭޏުންވީ އެތި މައިޝަ އަށް ފަހުމު ވާނޭފަދައިން ސުވާލެއްގޮތަށް ބުނެލަދިނެވެ. އޭނާ އުންމީދު ކުރަމުން ދިޔައީ މައިޝާ އަށް އޭނާ އެބުނި އެތި ފަހުމުވޭތޯއެވެ.
“ވެއިޓް… ވެއިޓް.. އީ، އީ ، އީ!!!.. އަނެއްކާ ޑޫޔޫ ތިންކް އައިމް.. އައިމް،… ޕްރެގްނެންޓް…” އީމާ ބުނެލި އެއްޗާއި މެދު ވިސްނަން އިން މައިޝާ އަށް ކުއްލިއަކަށް ގޮވައި ގަނެވުނެވެ. އީމާ އަށްވެސް ސިހިފައި މައިޝާ އާއި ދިމާލަށް ބަލައިލެވުނީ ތިނަފަހަރުހެން މައިޝާ އޭނާއަށް ގޮވާލުމުންނެވެ. ދެން ބުނެލި އެތިން އޭނާއަށް އުންމީދުކުރެވެންފެށީ މައިޝާ އަށް ވިސްނުނީކަމަށެވެ. ވީވެސް އޭނާ ހީކުރި ފަދައިންނެވެ. މައިޝާ އީމާ ކުރެން އޭނާ ބަނޑުބޮޑު ވެދާނެތޯ ސުވާލުކުރިއެވެ.
“މައި ހިނގާބަ މާދަން ދަމާ ޑޮކް އަށް ދައްކާ ޓެސްޓު ހަދަން.. ޓެސްޓުހަދާފަ ދޯ އިނގޭނީ ވަކިއެއްޗެއްބުނަން؟.. ދެން އެކަމާ އެހާ ނުވިސްނާ އިނގޭ އެވްރީތިންގ އިޒް ގޮއިންގ ޓުބީ އޯކޭ އިނގޭ..؟” އީމާ މައިޝާގެ ކޮނޑުގައި އޭނާގެ އަތްބާއްވާލައިގެން ހުރެ މައިޝާއަށް ކަންކަމާއި ނުވިސްނުމަށް ބުނެލިއެވެ.
“ވަޓް އިފް އައިމް ޕްރެގްނެންޓް؟… ކިހިނެއް އީތަންކައިރި ބުނާނީ؟… އީ ކައިރިއަށް ބަދަލުވަންތަ؟…” މައިޝާ އޭނާގެ ކައިރި އިށީނދެގެން އިން އީމާ ކައިރި އެ ސުވާލުތަށް ކޮށްލިއެވެ. އޭނާ ހާސްވާންފެށީ އެވާހަކަ އީތަން އާއި ހަމައަށް ގެންދާނެ ގޮތަކާއި މެދުއެވެ.
“ލުކް މައި އަދި ނޭނގެ ދޯ މައި ޕްރެގް ކަމެއް ސޯ އަދި އެހަށް އެވާހަކަ ބާއްވާ ދޮނތަބެ ކައިރިވެސް އެވާހަކަ ބުނެވޭނޭ… އައިމް ހިޔާރ ފޯރ ޔޫ…” އީމާ މައިޝާ އާއި އެތަކެއްވާހަކަތަކެއް ދެއްކިއެވެ މައިޝާ މަސަލަސް ކުރުންވީ އޭނާ އަށް ހީކުރެވުނު ވަރަށް ވުރެންވެސް އުނދަގޫ ކަމަކަށެވެ. ކުޑަކުއްޖަކު މަސަލަސްކުރުންވެސް އެއަށްވުރެން ފަސޭހަވާނޭވެސް އޭނާގެ ހިތަށް އެރިއެވެ.
ރޭގަނޑު އަށެއްޖަހާދިޔުމުން އީތަން އަށް ގުޅާ މައިޝާ ބަލާ އައުމަށް އެދުމުން އީތަން އީމާގެ ގެއަށް ދިޔައީ މައިޝާ ބަލައެވެ. ސައިކަލު ޕާކް ކުރުމަށްފަހު އީތަން ފޯނުނަގައި މައިޝާ އަށް ގުޅާލިއެވެ. އެދެމެދުގައި ވީ ގުޅުން ވަނީ މިހާރު ވަރަށް ގާތް ވެފައެވެ. ފުރަތަމަ ދުވަސްކޮޅު ވާހަކަ ނުދެކެވި ދިޔުމުން އެކި ގޮންޖެހުންތަކާއި ކުރިމަތިވިޔަސް އީމާ ހުރުމުން އޭނާއަށް ފަސޭހަ ވަމުން ދިޔައެވެ. މިހާރު އެދެމެދުގައި އޮތް ގުޅުން ރަނގަޅުވަމުން އެދަނީވެސް އީމާ ހުންނާތީއެވެ. އަދިވެސް އޭހާ އެއް އެ ގުޅުމެއް ރަނގަޅެއް ނޫނެވެ.
މައިޝާ ގެއިން ނުކުތުމުން އީތަން ސައިކަލު ސްޓާރޓް ކޮށްލިއެވެ އަދި މައިޝާ އައިސް އޭނާއާއި އަރާ ހަމަވުމުން ފަހަތަށް އިޝާރާތް ކޮށް އަރަން ބުންޏެވެ. ސައިކަލު މަތީގައި އިން އިރުވެސް މައިޝާ އަށް ވިސްނެމުންދިޔައީ އީމާއާއި ދެމެދު ކުރެވިގެން ދިޔަ މަޝްވަރާ އާއި މެދުއެވެ.
ނުނިމޭ
ދެންއޮތް ބަޔަށް އިންތިޒާރުކޮއްލާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



IN REPLY FOR NAYOO IN THE PREVIOUSE PART….
thanks nayoo sis i really appresiate your support thank you for the feedback….
ye now I know how difficult this is… ohhh ok I started liyan when i was in 6… well six ge fahukolhu…. vaguthu vee varakun dhen liyamun gendhaanee…
thanks sissy to you AGAIN
❤tc and ss ingey loves bodukoh