Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 24

Baby Devil Level 610 Stories100 Stories
October 17, 2021 7 Mins Read
2 Comments

އިރުއޮއްސި އަނދިރި ވުމުން ނުކްޝާން ގެއަށް ދާން ނިކުތެވެ.”ހަމް؟؟ކޮންތާކަށް؟؟” ހަމްނާ ފެނުމުން ނުކްޝާން އެހިއެވެ.”މިހިރި ފިހާރައަށް..” ކުރިމަތީގައި ހުރި ފިހާރަ ދައްކާލަމުން ހަމްނާ ބުންޏެވެ.”އެހެންތަ.. ހެހެ އެމީހުންގެ މައްސަލަ ނިންމަން މިގަޑީގަ މި އައީ.. އަދި އެބަ ޖެހޭ އެމީހުންނާ ދިމާއަށް ދާން..” ގަޑި ބަލާލަމުން ނުކްޝާން ހީލިއެވެ. ހަމްނާ ވެސް ހީލާފައި ފިހާރައަށް ވަނެވެ. ނުކްޝާން ގެއަށް ދާން ހިނގައިގަތެވެ.”އަދި ނުވޭ އަންނާކަށް..” ނުކްޝާން ގެއަށް ވަދުމާއެކީ ނަވްޔާ ބުންޏެވެ.”ދާންވީތަ އަލުން..” ކޮޓަރިއަށް ވަންނަމުން ނުކްޝާން ހީލިއެވެ. އޭރު ޔަމްހާ އިނީ ނީޝާ އާއި ވާހަކަ ދައްކަންށެވެ. ފަހަކަށް އައިސް ނީޝާ މާ ގާތްކޮށް އުޅޭތީ ޔަމްހާ ޝައްކު ކުރުން ހުއްޓާލީއެވެ. ނީޝާ ބަދަލުވީ ކަމަށް ނިންމައިގެންނެވެ.

 

**24 ވަނަ ޕާޓު**

 

ނީކިޔާ ލަމާންގެ ޚިޔާލަކަށް ގެއްލިފައި އިންދާ ފޯނު ރިންގް ވާންފެށިއެވެ.”ހެއި ލޯބި..މަގޭ ހާލު ބަލާ ވެސް ނުލާ..” ލަމާން ޝަކުވާ ކޮށްލިއެވެ. އެ އަޑުގައި ސަމާސާ ގޮތެއް ހުއްޓެވެ.”މަންމަގެ ހާލު ކިހިނެއްތަ.. ތީ އެއް ނޫނޭ ބަލިމީހަކީ..” ނީކިޔާ ބުންޏެވެ.”މަންމަ މިހާރު ކުރިއާ ބަލާފަ މާ ބޮޑަށް ވެސް ރަނގަޅު.. ބަލި މީހެއް ނޫނަސް ބެލިދާނެ ދޯ.. މިހާ ދުރުގަ ހުންނައިރު ވެސް މިސް އެއް ނުވޭތަ؟؟” ލަމާން އަހާލިއެވެ.”ނޫނޭ އައި މިސް ޔޫ..” ލަމާން ކޮށްލި ސަމާސާއަށް ތެދުޖަވާބު ދޭން ނީކިޔާ ބޭނުންވީ ކީއްވެ ކަމެއް ނޭނގެއެވެ. އަނެއްކާ މިހެން ތެދު ބުނެގެން އޭނާގެ އިހުސާސްތައް ބަންޑުން ނުވިއްޔާ ރަނގަޅެވެ.”އެހެންތަ.. މިސް ޔޫ މޯރ..ހަގް އެއް ވެސް ނުދެވޭނެ ދޯ.. ކީއް ކޮށްލަނީތަ..” އެދެމީހުން ވާހަކަ ދެއްކި ގޮތުން ހީވަނީ ލޯބިވެރިންހެންނެވެ.”ފޫހިވާތީ އުޅެނިކޮށް ތި ގުޅީ.. ކޮން އިރަކުން އަންނަނީ..” ނީކިޔާއަށް އެ ސުވާލު ކޮށްލެވުނީ ހިތް އެދުނު ވަރުންނެވެ.”އައި ޑޯންޓް ނޯ.. ފަހަރެއްގާ ނެކްސްޓް ވީކް ނިމޭ އިރަށް ދެވިދާނެ.. މިހާރު މަންމަ ރަނގަޅަށް އޮވެފައި ވެސް ހަމަ ކުއްލިއަކަށް ހާލު ބޮޑު ވެދާނެތީ ޔަގީނެއް ނޫން..” ލަމާން ޖަވާބު ދިނެވެ.”އޯހ..” ނީކިޔާ މާޔޫސް ވިއެވެ.”ކިހިނެއްވީ.. ދެކިލާ ހިތުން ކެތްމަދު ވީ؟؟..” ލަމާން ހިނިގަނޑެއް ޖަހާލިއެވެ.”ޔަގީން..” ނީކިޔާ ލަދުން ދުރު ބަލާލިއެވެ.

 

ލަމާން ހިތް ބުނަނީ އެއީ ސަމާސާއަކަށް ނުވުމަށެވެ. ލަމާންއަށް އަދިވެސް ހީވެފައި އޮތީ ނީކިޔާ ލޯބިވަނީ އޭނަ ދެކެކަމަށެވެ. ނަމަވެސް ހީ ޔަޤީނަށް ބަދަލު ނުވާ ފަހަރު ވެސް ދާނެކަން އިނގުމުން އަނެއްކާ ވެސް އުންމީދުގެ ހުޅުކޮޅު ކުޑަވިއެވެ. ނީކިޔާ ހިތަށް ވެސް އަރަމުން ދިޔައީ ހަމަ އެކަހަލަ އެއްޗެހި ތަކެކެވެ.”ވީޑިއޯ ކޯލް ކުރަންވީނުން ތިހާ ކެތް ނުކުރެވެންޏާ..” ލަމާން އެހެން ބުނީ ލަމާން ވެސް ނީކިޔާ ދެކިލަން ކެތްމަދު ވެފައި ހުރެއެވެ. “ހޫމް މި ކޯލް ކުރަނީ..” ނީކިޔާ އެހެން ބުނެ ފޯނު ކަނޑާލަމުން ވީޑިއޯ ކޯލް ކޮށްލިއެވެ.”މިހާރު ފެނޭތަ؟؟..” އެ ހިނިތުންވުން ފެނުމުން ނީކިޔާއަށް ހީވީ އެތަށް ދުވަހެއް ވަންދެން ނުފެނި ހުރެފައި ފެނުން މީހެއް ހެންނެވެ.”ހޫމް..” ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ގަޑީގައި ނީކިޔާ ލޮލުގައި އަޅައިގަތީ ބޭރު އަންހެން ކުއްޖެކެވެ. އެވަގުތު އަމިއްލައަށް ވެސް އެ ހިނިތުންވުން ގެއްލުނެވެ.”ތީނީ އަމިއްލަ ކޮޓަރީގައިތަ؟؟..” ނީކިޔާ އެހިއެވެ.”އާނ ކިހިނެއްވީ.. މަށާ ހުޝާން އާ އެކަންޏޭ އައީ..” ލަމާން ދިން ޖަވާބުން ނީކިޔާ އަށް ޝައްކު ކުރެވެން ފެށިއެވެ. ހުޝާންގެ އަންހެނުން ނުލައި އައީ ކީއްވެ ބާއެވެ؟

 

“އޯކޭ.. ކޮން އިރަކުން ލައްމު ދަނީ ހޮސްޕިޓަލަށް..” ނީކިޔާ އެހިއެވެ.”ދަންވަރުން ދާނީ.. ނީކް ކިހިނެއްވީ؟؟..” ލަމާންއަށް ނީކީޔާގެ އަޑުގައި ވި މާޔޫސްކަން ފާހަގަވިއެވެ.”ކަމެއް ނުވޭ.. ފޫހިވާތީ އޭ ބުނީމެއްނު މިއުޅެނީ..” ނީކިޔާ ހީލިއެވެ.”ލައްމު ކޮފީ..” އެވަގުތު އެއްކަލަ އަންހެން ކުއްޖާ އައިސް ލަމާންއަށް ކޮފީތަށި ދިއްކޮށްލިއެވެ.”އޭއި ދާން ވެއްޖެ..” ކުއްލިއަކަށް ހުރެފައި ލަމާން އެހެން ބުނުމުން ނީކިޔާ ހިތް ދެރަވިއެވެ. ނީކިޔާއަށް ނޭނގުނު ކަމަކީ އެގަޑީގައި ހުޝާން ގުޅަން ފެށުމުން ލަމާން ފޯނު ކަނޑާލީ ކަމެވެ. އެ ކަމުގެ މާނަ ވެސް ނީކިޔާއަށް ނެގުނީ ނުބައިކޮށްނެވެ. ފޯނު ޗާޖަށް ޖަހާފައި ނީކިޔާ ބޭރަށް ނިކުތެވެ. އޭރު ސުދާ އެމަގަށް އަޅަނީއެވެ.”އައްދެ.. ލަމާން ޗީޓް ކުރާތީ މަންޖެ ދެރަވީތަ؟؟..” ސުދާ ހޭންފެށިއެވެ.”މީނަ ކޮން މޮޔައެއް ވެގެން މިއުޅެނީ.. ލަމާން އެއީ މަގޭ ބޯއިފްރެންޑް އެއް ނޫނޭ ޗީޓް ކުރާކަށް..” ނީކިޔާ ދެބުމަ ގޮށްޖަހާލިއެވެ.”އައި ނޯ ޔޫ ލައިކް ހިމް..” ސުދާ އެއްލޯ މަރާލިއެވެ.”ދޮގު ނުހަދާ ދޭ.. ކީއްކުރަން ތި އައީ މިތަނަށް..” ނީކިޔާ ސުދާ އާއި ދިމާއަށް ކަޅި އަޅާލިއެވެ.”އެންމެ ރަނގަޅު.. މަ ގޮސްދާނަން..” އަނގައަށް ވައްތަރެއް ޖައްސާލަމުން ސުދާ ދިޔައެވެ.

 

އެރޭ ލަމާން ދެވަނަ ފަހަރަށް ވީޑިއޯ ކޯލް ކުރީ ނީކިޔާ ނިދަން އުޅެނިކޮށްނެވެ.”ހައި ލޯބި..”އާދައިގެ މަތިން ލަމާން ގޮވާލިއެވެ.”ހެއި..” ނީކިޔާ ލަމާން އާއި ދިމަ ބަލާލިއެވެ.”މިއުޅެނީ ހޮސްޕިޓަލަށް ދާން.. ދިއުމުގެ ކުރިން މި ކޯލް ކޮށްލީ.. ދެން މާދަމާ އިނގޭ ޓޯކް ކުރެވޭނީ..” ލަމާން ހީލިއެވެ. އެވަގުތު އެއްކަލަ އަންހެން ކުއްޖާ އައިސް ލަމާން ކޮނޑުގައި އަތް އަޅާލިއެވެ. ތެޅިގަނެފައި ލަމާން ކެމެރާ އާއި މައިކް އޮފްކޮށްލި ގޮތުން ނީކިޔާ އަށް ސުދާ ދެއްކި ވާހަކަތައް ޤަބޫލު ކުރެވެން ފެށިއެވެ.”މަގޭ ގައިގަ އަތް ނުލާށޭ ބުނެފީމެއްނު.. އަޑެއް ނީވެނީތަ..” ލަމާން ހަރުކަށިކަމާ އެކީ ބުންޏެވެ.”ސޮރީ..” އެކުއްޖާ މަޢާފަށް އެދުނެވެ.”ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ނުކުރާތި..” ލަމާން ދެލޯ އަޅާލާފައި އެކުއްޖާ ފޮނުވާލިއެވެ. އަދި ކެމެރާ އާއި މައިކް ޖައްސާލިއެވެ.”ހޫ އިޒް ހާރ..” ސުދާ ދެއްކި ވާހަކަތައް ޤަބޫލު ނުކުރަން ވެގެން ނީކިޔާ އެހިއެވެ.”އެއީ މިގޭގަ އުޅޭ ކުއްޖެއް..” ލަމާން ތެދު ބުނުމުން ވެސް ނީކިޔާއަށް ޤަބޫލު ނުކުރެވުނެވެ.”އޭ ދަނީއޭ..ލަވް ޔޫ ލޯބި..” ލަމާން ފްލައިންގް ކިސް އެއް ފޮނުވާލިއެވެ.”ލަވް ޔޫ މޯރ..” ނީކިޔާ ވެސް ނުތަނަވަސް ކަން މަތީ ހުރެ ފްލައިންގް ކިސް އެއް ފޮނުވާލިއެވެ. ފޯނު ކަނޑާލި އިރު ވެސް ނީކިޔާ ބޮލު ތެރޭގައި އެނބުރެމުން ދިޔައީ ލަމާން އާއި އެ އަންހެން ކުއްޖާގެ ޚިޔާލު ތަކެވެ. އެހެން އޮށްވައި ނިދުނު އިރެއް ވެސް ނީކިޔާ އަކަށް ނޭނގެއެވެ.

 

އަނެއް ދުވަހު ޔަމްހާ ސައި ހަދަން ހުއްޓައި ޔޫޝައު އައިސް ޔަމްހާގެ ގައިގައި ބައްދާލިއެވެ. ހިތްހަމަ ނުޖެހިފައި ޔަމްހާ ދުރަށް ޖެހުނު ގަޑީގައި ނަވްޔާ ބަދިގެއަށް ވަނެވެ.”ޔަމް ނަސީބެއް ދޯ ޔޫޝައު ހުރިކަން.. މަ މިއުޅެނީ ނެކްސްޓް ވީކް ގަ ޖޮބަށް ނިކުންނަން.. ޔޫޝައު ނެތިއްޔާ ޔަމް ކިހާ ފޫހިވާނެ..” ނަވްޔާ ހީލަމުން ބުނި ވާހަކައިން ޔަމްހާގެ ހިތް ގުޑުނެވެ. އެވަގުތު ޔޫޝައު މޫނުމަތިން ފެނުނީ ކާމިޔާބީގެ ކުލަވަރެވެ. ޔަމްހާ ވާހަކަ ނުދައްކާ ސައި ހަދާ ނިންމާލާފައި ސޯފާގައި އިށީނެވެ. ޒާއިފް ވެސް ދާނީ ހޮސްޕިޓަލަށެވެ. ގޭގައި ހަމަ އެކަކު އުޅޭނީއެއް ނޫނެވެ. ޔޫޝައު އައިސް ޔަމްހާ ކައިރީގައި އިށީނދެ ކޮނޑުގައި ޖެހިލިއެވެ. އެވަގުތު ކޮޓަރިން ނިކުތް ނުކްޝާންއަށް އެ މަންޒަރު ރަނގަޅަށް ފެނުނެވެ. އަޅާނުލާ ދާން އުޅުނެއް ކަމަކު ޔަމްހާ އާއި ދިމަ ބަލާލެވުނެވެ. ނުކްޝާން އަށް މިވީ ގޮތުން މޭނުބައި ކޮށްފައި ހުރެ ގެއިން ނިކުތީ ސައި ނުބޮއެވެ. އޭނައަށް މިވީ އާދަޔާ ޚިލާފް އިހުސާސް އަދި ދުވަހަކު ވެސް ނުކުރެވެއެވެ. އެ ޚިޔާލެއްގައި އިންދައި ނީކިޔާ ނިކުތެވެ.”ސައި ނުބޯނަންތަ؟؟..” ނީކިޔާ އެއްބުމަ އަރުވާލިއެވެ.”ހޫމް..” ނުކްޝާން ޖަވާބު ދިނުމުން ނީކިޔާ ސައިކަލް ފަހަތަށް އެރިއެވެ.

 

“ޔަމް.. އެއްކަލަ ވާހަކަ ފޮތް ފެނުންތަ..” ނަވްޔާ ކަބަޑު ހާވާލަމުން އެހިއެވެ.”ޔާހ އިއްޔަ ފޫހިވެގެން ކިޔަން ނެގީން.. ކޮޓަރީގަ ވާނީ..” ޔަމްހާ ތެދުވެގެން ގޮސް އެ ފޮތް ނަވްޔާ އަތަށް ދިނެވެ. ޔޫޝައު ފޫހި ފާޑަކަށް ބަލަން އިން ގޮތުން ޔަމްހާ އަށް ފުން ނޭވާއެއް ލެވުނެވެ. މިއީ އަވަހަށް ނިމޭނެ ކުޅިވަރެއް ނޫންކަށް އިނގުމުންނެވެ. ނަވްޔާ ކޮޓަރިއަށް ވަތް ކަމެއް ނޭނގި ޔޫޝައު ޔަމްހާ ކައިރިއަށް ދިޔައެވެ. އަދި ކުރިމަތީގައި ހުރި ޔޫޝައު ނިދާ ކޮޓަރިއަށް ވެއްދިއެވެ.”ޔޫޝައު ދެން މާ މައްޗަށް ތި ދަނީ..” ޔަމްހާ ޔޫޝައުގެ މޭގައި އަޅާ ކޮށްޕަން މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް އެކަމަށް އަޅާ ނުލައި ފާރާއި އޭނައާއި ދެމެދު ޔަމްހާ ފިއްތާލަމުން ޔޫޝައު ހީލިއެވެ. އިރުކޮޅެއް ނުވެ ޔަމްހާގެ ކޮނޑުގައި ހިފާފައި އަނެއްކާ ވެސް އެނބުރިލިއެވެ. މިފަހަރު ފާރުގައި ޖެހިފައި ހުރީ ހުރީ ޔޫޝައުއެވެ.”އޭ ޔޫޝައު މި ޕެންޑްރަ…” އެވަގުތު ކޮޓަރިއަށް ވަތް ޒާއިފްގެ ލޮލުގައި އަޅައިގަތީ ޔޫޝައު އާއި ޔަމްހާއެވެ.”ތީ ކޮންކަމެއް..” ހައިރާންވެ ނުރުހިފައި ޒާއިފް އެހިއެވެ. ޔަމްހާ އަނގަމަތީގައި އަތް އަޅާލަމުން ކޮޓަރިން ނިކުތީ ކަމެއް ހަނދާންވެގެންނެވެ.

 

“މަށެއް ނޫން.. އޭނަ މަގޭ ކޮޓަރިއަށް އައިސް އެހެން ހެދީ..” މަޑުމައިތިރި އަޑަކުން ޔޫޝައު ދިން ޖަވާބުން ޔަމްހާ ހިތާއި ދިމާގައި އަތް އަޅާލިއެވެ. އޭރު ޔަމްހާ ހުރީ ފެންކަޅިވެފައެވެ. ޔޫޝައު ހެދި ގޮތަކުން މީގެ އަހަރުތަކެއްކުރި ޔަމްހާ ހަނދާންވިއެވެ. އިތުރަށް އެތާ މަޑު ނުކޮށް ޔަމްހާ ވަނީ ކޮޓަރިއަށެވެ. ޒާއިފްއަށް ޔޫޝައު ދެއްކި ވާހަކަތައް ޤަބޫލު ކުރެވުނީ އިތުބާރު ކުރާވަރުންނެވެ. ޒާއިފް އެ ވާހަކަ ޤަބޫލު ކުރުމުން ޔޫޝައު ފާޑަކަށް ހީލާފައި ޒާއިފް އަތުގައި އޮތް ޕެންޑްރައިވް ހޯދަމުން ދަބަހެއް ކައިރިއަށް ދިޔައެވެ. ޒާއިފް އެތާ މަޑުނުކޮށް ކޮޓަރިއަށް ވަނެވެ. ޔަމްހާ އަކީ އެކަހަލަ ކުއްޖެއް ކަމަށް ކުޑަކޮށް ވެސް ޒާއިފް ހިއެއް ނުކުރެއެވެ. ޔަމްހާ އާއި މެދު ހިތްހަމަ ނުޖެހިފައި ޒާއިފް ލެޕްޓޮޕް ނަގައިގެން އެނދުގައި އިށީނެވެ.

 

އެދުވަހު ނުކްޝާން މެންނަށް ހުސް ވަގުތެއް ކަމުން ތިބީ ފޫހި ވެފައެވެ.”އެބަ އަންނަން..” ނީކިޔާ އަށް ބަލާލާފައި ނުކްޝާން ގޮނޑިން ތެދުވެ ހިނގައިގަތެވެ. ނުކްޝާންގެ މިސްރާބު ހުރީ ހަމްނާ މެންގެއާ ދިމާއަށެވެ.”އައްސަލާމް ޢަލައިކުމް..” ނުކްޝާން ސަލާމް ގޮވާލިއެވެ. އިރުކޮޅެއް ނުވެ ގޭގެ ވެރިމީހާ ނިކުތެވެ. ފުލުހުންގެ ޔުނީފޯމުގައި ހުރި މީހަކު އައުމުން އެމީހާ ހައިރާންވިއެވެ.”މިގޭގަ ކުއްޔަށް އުޅުން މީހުން ކޮބާތޯ؟..” ނުކްޝާން ސުވާލު ކޮށްލިއެވެ.”އެމީހުން ހަމަ ރޭގަ ރާއްޖެއިން ފުރައިފި..” އެ މީހާ ޖަވާބު ދިނެވެ. “އޯހ.. އޯކޭ ޝުކުރިއްޔާ..” ނުކްޝާން ބޮލުގައި ޖަހާލަމުން އެގެއިން ނިކުމެ އަލުން އަނބުރާ ޕޮލިސް ސްޓޭޝަނަށް ދާން ހިނގައިގަތެވެ.

 

“ހަމް.. ދެން އޯކޭ ވާނެ އިނގޭ ގެއަށް ޗޭންޖް ވިޔަސް.. އެމީހުން ނެތް ރާއްޖެ އަކު..” ހަމްނާ ކައިރިއަށް ހުއްޓިލަމުން ނުކްޝާން ބުންޏެވެ.”ނަސީބެއް.. ތެންކްސް” ހަމްނާ އުފާވެފައި ނުކްޝާން އާއި ދިމަ ބަލާލިއެވެ.”އެއީ މަ ކުރި ކަމެއް ނޫނޭ.. ބަޓް އައިލް ޓޭކް ދި ކްރެޑިޓް..” ލާނެއް ކަމާ އެކު ނުކްޝާން އެއްލޯ މަރާލިއެވެ.”އޯކޭ އޯކޭ..” ހަމްނާ ވެސް ހިނިގަނޑެއް ޖަހާލިއެވެ. ނީކިޔާ ފޯނަށް ބަލަން އިން އިރު މޫނުމަތިން ވަރުބަލިކަން ދައްކައެވެ.”ކަމެއް ގޯސްވީތަ ނީކް..” ނުކްޝާން އެހިއެވެ.”ބޮލުގަ ރިއްސާތީ މިއުޅެނީ..ރޭގަ ރަނގަޅަކަށް ނުވެސް ނިދޭ..” ބޮލުގައި އަތް އަޅާލަމުން ނީކިޔާ ދެލޯ މަރާލިއެވެ.”އެބަ އަންނަން ބޭސް ހިފައިގެން.. ނޫނީ ގެއަށް ހިނގާ..” ސައިކަލް ތަޅުދަނޑި ނަގަމުން ނުކްޝާން އެދުނެވެ. ނިދަން ބޭނުންވެފައި ހުރުމުން ނީކިޔާ ބޯ ޖަހާލާފައި ނުކްޝާން ފަހަތުން ނިކުތެވެ.

 

ގެއަށް ދެވުނު އިރު ކުރިއެކޭ އެއްގޮތަށް ހަމަ އެކަކު ފެންނާކަށް ނެތެވެ.”ނުކް ދެން އޯކޭ ދިޔަޔަސް..” ނީކިޔާ ކޮޓަރިއަށް ވަނެވެ. ފާޚާނާއަށް ދާން ވެގެން ނުކްޝާން ކޮޓަރިއަށް ވަތް ވަގުތު ލޮލުގައި އަޅައިގަތީ އެނދުމަތީގައި ނިދިފައި އޮތް ޔަމްހާއެވެ. ލޯ ކައިރީގައި ކަރުނަތައް ހިކިފައި ހުރުމުން ކޮންމެވެސް ކަމަކާ ރޮއިފައިކަން އިނގުނެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ނުކްޝާން ޔަމްހާ އާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ފާޚަނާ އާއި ދިމާއަށް ފިޔަވަޅުތައް ބަދަލު ކޮށްލިއެވެ. ޔަމްހާ އަކީ އޭނައަށް ކާކު ހެއްޔެވެ؟ ޔަމްހާ ކޮންމެ ވައްތަރަކަށް އުޅުނަސް ކޮންމެ ކަމެއް ކުރިޔަސް ކިތަންމެ ވަރަކަށް ރުޔަސް އޭނަ އަޅާލަން ޖެހޭ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަށް ހިތުގެ ކަނަކުން އާނއެކޭ ބުނި ނަމަވެސް ނުކްޝާން އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އެ އިހުސާސް އާއި މެދު ވިސްނަމުން ފާޚާނާއިން ނިކުމެ ނުކްޝާން އަތުގައި އޮތް ޓިޝޫ ޑަސްބިނަށް ލިއެވެ. ދެން ޕޮލިސް ސްޓޭޝަނަށް ނުދާންވެގެން ޔުނިފޯމް ބަދަލު ކޮށްގެން ނުކްޝާން ކޮޓަރިން ނިކުތެވެ.

 

“ނުކް ވަރަށް ބޮޑު ވާހަކަ އެއް ބުނަން އެބަ އޮތް..” ނުކްޝާން އައިކަން އިނގިގެން ޒާއިފް ނިކުތެވެ.”ހްމް ބުނެބަލަ.” ސޯފާގައި ނުކްޝާން އިށީނެވެ.”މިއަދު މަ ޔޫޝައު ކޮޓަރިއަށް ވަތް އިރު ޔަމްހާ ހުރީ އޭނަ އާ ވަރަށް ގާތުގަ.. ޔޫޝައު ފާރާއި ފިއްތާލައިގެން ޔަމްހާ ހުއްޓާ މަށަށް ވަދެވުނީ.. އޭނަ މަ ފެނުން ހާއިރުން ދުރުވެފަ ކޮޓަރިން ނިކުތް.. އަސްލުވެސް ނުކް.. އެއީ އޭނަ އުޅޭ ގޮތްތަ؟؟” ޒާއިފް ފާޑަކަށް އަހާލިއެވެ. ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވިއެވެ.”މަށަކަށް ނޭނގެ.. އޭނަ އުޅޭ ގޮތަކަށް އުޅެދާނެނުން..” ފަރުވާ ކުޑަ ކުރާކަމަށް ހެދެމުން ނުކްޝާން ޗޮކެއް ކަނޑާލިއެވެ.”ނޯ ސީރިއަސްލީ.. ނުކް ތިހާ ފަރުވާ ކުޑަ ނުކޮށްބަލަ.. މީ މަޖާ ކަމެއް ނޫނޭ..” ޒާއިފް ކުރިން ނުވާ ވަރަށް ސީރިއަސް ވިއެވެ.”ޒާއިފް ތިހާ ބޭނުމިއްޔާ އޭނަ މިގެއިން ނެރެލަފާނަން.” ނުކްޝާން ހަމަޖެހިފައި އިނދެ ބުންޏެވެ.”ނޯ.. އޭނަ ކައިރީ ބުނޭ ދެން އެހެން ނަހަދާށޭ..” ޒާއިފް އެދުނެވެ.”ހޫމް..” ފޫހި ރާގަކަށް ޖަވާބު ދީފައި ނުކްޝާން ޓީވީ ހުޅުވާލިއެވެ. ޒާއިފް ދެއްކި ވާހަކަތައް ނުކްޝާން ޤަބޫލު ނުކުރީ މިއަދު ޔަމްހާ ރޮއިފައި އޮތްކަން އިނގުމުންނެވެ. އިތުރަށް ސުވާލު ކުރަން ވެސް ބޭނުންވިއެވެ. އޭރުން ޒާއިފް ހިތުގައި ސުވާލު އުފެދޭނެކަން އިނގުމުން ނުކްޝާން މަޑުކުރީއެވެ.

 

ޔޫޝައު ފޯނު ނަގާފައި ވައިބަރ ހުޅުވާލިތަނުން ފެނުނީ ސުދާގެ ނަމްބަރ އެވެ. ދެބުމަ އަރުވާލަމުން ޔޫޝައު ސުދާއަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގް ވުމަށްފަހު ސުދާ ފޯނު ނެގިއެވެ.”ހެލޯ..” ސުދާގެ އަޑު ކަންފަތުގައި ޖެހުމުން ޔޫޝައު ހީލިއެވެ.”އަޑުން ވެސް ހީވޭ ރީތި ކުއްޖެއްހެން..” ފުރަތަަމަ ވެސް ޔޫޝައު ކޮށްލީ ތަޢުރީފެވެ. ފިރިހެން ކުއްޖެއްކަން އިނގުމުން ސުދާ ތުއިވެލާފައި އެއަށް ވުރެ ވެސް ރީތި އަޑަކުން ވާހަކަ ދެއްކޭތޯ ބެލިއެވެ.”ތޭންކްސް.. ނަން ބުނެވިދާނެތަ.” ސުދާ އެހިއެވެ.”ހޫމް.. ސުދާ ދޯ.. މީ ޔޫޝައު..” ޔޫޝައު ގޮނޑިއަށް ލެނގިލިއެވެ.”ކިހިނެއް މަގޭ ނަން އިނގުނީ..” އިނގިލި ކޮޅުގައި ދަތް އަޅާލަމުން ސުދާ ވިސްނާލިއެވެ.”ނީޝާ ނުބުނޭތަ..” ހައިރާންވެފައި ޔޫޝައު ދުރު ބަލާލިއެވެ. އާނއެކޭ ބުނެފައި ސުދާ އެދުނީ ބައްދަލު ކޮށްލުމަށެވެ. ޔޫޝައު ގަޑި އާއި ތަން ބުނެފައި ފޯނު ކަނޑާލިއެވެ.”އޯހ ޔަމްހާ.. ޑޯންޓް ވޮރީ.. އައިލް ޓޭކް ދި ރިވޭންޖް ސޫން އޭޒް އައި ކޭން.. ޔޫ ޖަސްޓް ހޭވް ޓު ގެޓް ރެޑީ. ދިސް ޓައިމް ވިކްޓަރީ އިޒް މައިން..” ހެވިފައި އިނދެ ޔޫޝައު އެކަނި ވާހަކަ ދެއްކިއެވެ.

 

ނީކިޔާ ހޭލެވުނީ ހޫނު ވެގެންނެވެ. ބޮލަށް ތަދުވާ ވަރުން ނިދުނީ އޭސީ ވެސް ނުޖައްސައެވެ. ތެދުވެ އޭސީ ޖައްސާލަމުން ނީކިޔާ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އައިސް ނުކްޝާން ގެނެސްދިން ބޭސް ކައިލިއެވެ. ނިދުމުގެ ސަބަބުން ބޮލަށް ވަނި ކުޑަކޮށް ލުއިވެފައެވެ. ބޭސް ކައިގެން ފޯނު ހުޅުވާފައި ފުރަތަަމަ ވެސް ނީކިޔާ ބަލާލީ ލަމާން އޮންލައިންގަ އިންތޯ އެވެ. އެންމެ ފަހުން އޮންވެފައި އިނީ މިއަދު ހެނދުނެވެ. ނީކިޔާ ހައި ޖަހާލާފައި ރިޕްލައި ކުރަންދެން އިނެވެ. އިރުކޮޅެއް ވީ އިރު ވެސް ރިޕްލައި ނައުމުން ނީކިޔާ ފޯނު ބާއްވާފައި ކޮޓަރިން ނިކުތެވެ. ނުކްޝާން ޓީވީ ބަލަން އިންތަން ފެނިފައި ނީކިޔާ ނުކްޝާން ކައިރީގައި އިށީނެވެ.”ދެން އެއްވެސް ކަމެއް ނެތް؟؟ ކޮބާ ޔަމް؟؟..” ނީކިޔާ އެހިއެވެ.”ކޮޓަރީގަ ނުން ވާނީ..” ނުކްޝާން ޗެނަލް ތައް ބަދަލު ކުރަން ފެށިއެވެ. އެހެންހޭ އަހާލަމުން ނީކިޔާ ޔަމްހާއަށް ގޮވަން ވެގެން ދިޔައެވެ. އޭރު ނަވްޔާ ބަދިގޭގައި އުޅެއެވެ.”ޔަމް..” ނީކިޔާ ކޮޓަރި ދޮރު ހުޅުވާލި ވަގުތު ޔަމްހާ ފާޚާނާއިން ނިކުންނަނީއެވެ.”އާދެބަލަ ބޭރަށް.. ހާދަ ފޫއްސޭ ޔަމް ނެތީމަ..” ނީކިޔާ ތުން ދަމާލިއެވެ. ހެމުން ޔަމްހާ ވެސް ނީކިޔާ ފަހަތުން ނިކުތެވެ. ނުކްޝާން ލޮލުގައި އަޅައިގަތީ ޔަމްހާއެވެ. ހީލައިގެން ހުރި ކަމަކު މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ނުކްޝާން މާ ވަރަކަށް ބަލާހެން ހީވެގެން ޔަމްހާ އެދިމަ ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ވަފާތެރިވުމުން ބޭވަފާތެރިވަނީހޭ (ޕާރޓް 4)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްދޮޅަސް އަށްވަނަ ބައި)

Next
October 17, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްދޮޅަސް އަށްވަނަ ބައި)

Previews
October 17, 2021

ވަފާތެރިވުމުން ބޭވަފާތެރިވަނީހޭ (ޕާރޓް 4)

2 Comments!

  1. Shaima Moosa says:
    October 17, 2021 at 4:52 pm

    vvvvv reethi❤️❤️ . And meekee furathama faharu vaahaka eh dheke ehaa loabi vevunu faharuvesme. So I will say it was the BEST STORY I HAVE EVER READ ON TIS SITE.
    hope u upload the next part soon. ☺️☺️??. And I can’t even take my mind off from nukshaan. Idk why???

  2. Aminath Mai zer says:
    October 17, 2021 at 10:33 pm

    Wooow
    Just like other parts this part is sooo beautiful
    ????❤️??????????????

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 25←


All Right Reserved!