Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 33

Baby Devil Level 610 Stories100 Stories
November 8, 2021 6 Mins Read
0 Comments

ކޮންތާކަށް މާ އަވަސް އަރުވާލައިގެން؟؟..” ނުކްޝާން އެހިއެވެ.”ބައްޕަގެ ރިޒޯޓެއްގަ ރޯވެގެން މި ދަނީ.. ވަރަށް މަދު ތަނެކޯ ހުރީ ސަލާމަތުން.. ވަރަށް އަވަހަށް ދާން ޖެހޭ އެބަ.. ޒާއިފް ކައިރީ ބުނެލާ އިނގޭ ގޮސްފިއޭ..” ފޮށި ހިފައިގެން ޔޫޝައު ކޮޓަރިން ނިކުތީ ފަޔަށް ހިނި އަރައިގެން އުޅޭ ފަދައަކުންނެވެ. ނުކްޝާން މެންނަށް އެއްޗެއް ނުބުނެވެނީސް ޔޫޝައު ނުކުމެގެން ގޮސްފިއެވެ.”ދެރަ ދޯ.. ޔޫޝައުގެ އާއިލާ އެންމެން ކިހާ ދެރަ ވާނެ..” ނީކިޔާ ދެރަވިއެވެ. އެވާހަކަ އަޑުއަހަން ދޮރުކައިރީގައި ހުރީ ޔަމްހާ ފެންކަޅިވާން ފެށިއެވެ. ޔޫޝައު ދާތީ އެހާމެ އުފާ ވެސް ވިއެވެ. ނަމަވެސް ޔޫޝައު އަށާއި އޭނާގެ ބައްޕައަށް ބަރުދާސްތު ނުކުރެވޭނެ ފަދަ ހިތާމައެއް ލިބުމުން ޔަމްހާ ދެލޯ މަރާލިއެވެ. ނުކްޝާން ކޮޓަރިއަށް އަންނަ އަޑު އިވުމުން މޫނު ފުހެލާފައި ޔަމްހާ އެނދުގައި އިށީނެވެ. ކޮޓަރިއަށް ވަދެފައި ނުކްޝާން ޔަމްހާ ކައިރީގައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޔަމްހާ ފެންކަޅިވުމުން ނުކްޝާން ހީކުރީ ޔޫޝައުއަށް ދެރަގޮތެއް ދިމާ ވުމުން ދެރަވީ ކަމަށެވެ.”ޔަމް ނުރޮއްޗޭ އިނގޭ.. އިރާދަކުރެއްވިޔާ ޔޫޝައުމެންގެ ހާލު ރަނގަޅު ވާނެ..” ނުކްޝާން އެހެން ބުނުމުން ޔަމްހާ ތުން ފިއްތާލާފައި ބޯ ޖަހާލިއެވެ.

 

**33 ވަނަ ޕާޓު**

 

– 3 އަހަރު ފަސް –

 

“ނިޝް އާދޭ ޑެޑީ ކައިރިއަށް. އެހާ ދުރަށް ނުދައްޗޭ އިނގޭ ދޫނީ..” ތިން އަހަރުގެ ނިޝްކާ ދުވަމުން މާ ދުރަށް ދާންފެށުމުން ނުކްޝާން ގޮވާލިއެވެ. އެއާއި އެކު ނިޝްކާ އިންތަނުގައި އިށީނެވެ. ނިޝްކާ އެހެން ހެދުމުން ކުޑަ ހުނުމަކާ އެކީ ނުކްޝާން އައިސް އެކުއްޖާ ކައިރީގައި ހުއްޓުނެވެ. ތުން ދަމާލައިގެން އިންތަން ފެނުނީ ކައިރިއަށް އައުމުންނެވެ.”ބޮޑާ ނުހާކާނެ ބަސްއަހާ ކުދިން. ސްމައިލް!..” ނުކްޝާން ނިޝްކާ ނަގާ އުރާލިއެވެ. ބަސްއަހާ ކުއްޖަކަށް ވާންވެގެން ނިޝްކާ ހީލިއެވެ.”ގުޑް ގާރލް.. ހިނގާ ގެއަށް ދޯ މިހާރު އިރު އިއްސެނީ..” ނުކްޝާން ގެއަށް ދާން ހިނގައިގަތެވެ.”ނިޝް ދާނި ހިނގާފަ.” ނިޝްކާ ބޭނުންވީ ހިނގަންށެވެ.”ކީއްވެ ދޫނީ؟؟” ނުކްޝާން ނިޝްކާ ބޭނުންވާ ގޮތަށް ބިންމަތީގައި ބެހެއްޓިއެވެ.”ނިޝް ބޭނުން ހިނގަން..” އުފާވެފައި ނިޝްކާ ބުންޏެވެ. ގެއަށް ދިޔަ އިރު ޔަމްހާ އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.

 

“ހާދަ ލަހަކުން ތި އައީ.. ހީކުރީ ކަމެއް ވީ ކަމަށް..” ޔަމްހާ ކަންބޮޑުވެފައި ނުކްޝާން ކައިރިއަށް އައެވެ.”އެހާ ހާސް ނުވެބަލަ.. އަހަރެން ހުއްޓަ އިރާދަކުރެއްވިޔާ ނިޝްއަށް ކަމެއް ނުވާނެއޭ..” ނުކްޝާން ޔަމްހާގެ ކޮލުގައި ހިފާލިއެވެ. ހިނިތުންވަމުން ނިޝްކާ އުރާލައިގެން ޔަމްހާ އެތެރެއަށް ވަނެވެ. އޭރު ނީކިޔާ ނަވްޔާ އާއި އެކީ އަންނަނީއެވެ.”ޒިއާ ކޮބާ؟؟ ނިޝް މިއަދު ބޭރަށް ނިކުތް އިރު ވަރަށް ހޯދިއޭ..” ނުކްޝާން ނަވްޔާ ކައިރީގައި އެހިއެވެ.”ޒާއިފް ގެންދިޔައީ ދުއްވާލަންށޭ ކިޔާ.. ޑިއުޓީ އިންނަގޮތުން ވަރަށް މަދުން މިހާރު ޒިއާ އަށް ޓައިމް ދެވެނީ އެހެންވެ ފްރީ ދުވަހެއް ލިބުނީމަ ދުއްވާލަން ދިޔައީ..” ނަވްޔާ ޖަވާބު ދިނެވެ.”ދަނީ އިނގޭ ގެއަށް.. ޒިއަން މެން އަންނާނެ މިހާރު..” ގަޑިއަށް ބަލާލަމުން ނަވްޔާ ޒާއިފްގެ އެއަށް ދާން ހިނގައިގަތެވެ. ނުކްޝާން އާއި ނީކިޔާ ގެއަށް ވަނެވެ.

 

“ޔޫޝައު އެބަ ކިޔާ އަލުން މިކޮޅަށް އަންނަ ވާހަކަ..” ކޮޓަރިއަށް ވަދެފައި ނުކްޝާން ބުންޏެވެ. ޔަމްހާ ސިހުނެވެ.”ކޮން އިރަކުން؟؟..” ޔަމްހާ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. މި ތިން އަހަރު ތެރޭގައި ޔޫޝައު ނުފެނި އުޅެން ޖެހުމުން ޔަމްހާ ހީކުރީ ދެން އިތުރަށް ނުފެންނާނެ ކަމަށެވެ. ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމަށެވެ.”ނޭނގެ އަދި.. އޭނަ ރާއްޖެ އަކު ނެތޯ މިހާރު.. ކުއްޖަކާ ރައްޓެހިވެގެން އެކުއްޖާ ހުރި ތަނުގަ މިހާރު ހުއްޓޭ ޔޫޝައު ބުނީ..” ނުކްޝާން ޓީޝާޓު ބޭލިއެވެ.”އޯހ.. އަންނަ އިރެއް ބުނީމަތާ ދޯ ކޮޓަރި ސާފު ކޮށްލަން އިނގޭނީ..” ޖެހިލުންވެފައި ޔަމްހާ ބުންޏެވެ.”އަންނަން ވީމަ ބުނާނެހެން ހީވަނީ..” ނުކްޝާން އަށް ޔަމްހާގެ ނުތަނަވަސްކަމާއި ޖެހިލުންވުން ފާހަގަ އެއް ނުވިއެވެ. އެވަގުތު ނިޝްކާ ދުވަމުން ދުވަމުން އައިސް ކޮޓަރިއަށް ވަނެވެ. އަތުގައި ކުޅޭ ކުޅޭ ބަޑިއެއް އޮތެވެ. ނުކްޝާން އާއި ދިމާއަށް އެ ބަޑި ދިއްކުރުމާއެކު ދެ އަތް މައްޗަށް ނަގާފައި ނުކްޝާން ދޫ ނެރެލިއެވެ. އެމީހުން ސަކަރާތް ޖަހަން ފެށި އިރު ޔަމްހާ ވަނީ ހާސް ކަމެއްގެ ތެރޭގައެވެ. އެރޭ ނިދުނީވެސް ހާސްވެގެން ހުރެއެވެ.

 

“މަންމީ މަންމީ.. ޑެޑީ..” ނުކްޝާން އަށް ދެލޯ ހުޅުވާލެވުނީ ނިޝްކާ ނުކްޝާންގެ ގައިމައްޗަށް އެރުމުންނެވެ. ކައިރީގައި އޮތް ޔަމްހާ އަށް ވެސް ނިޝްކާ އުނދަގޫ ކުރަން ފެށިއެވެ. ނިދި އައިސްފައި ވުމާ އެކު ނުކްޝާން އަނެއްކާ ވެސް ލޯ މަރާލިއެވެ.”މަންމީ ބަލާބަ ޑެޑީ ނީދަނީ..” ނިޝްކާ ޝަކުވާ ކުރިއެވެ.”މަންމިއަށް އުނދަގޫ ނުކުރޭ ޑެޑީ މި ތެދުވީއޭ..” އާ ފުރެމުން ނުކްޝާން ތެދުވެ ފާޚާނާއަށް ވަނެވެ. ނުކްޝާން ބުނި ބަސް އަހައިގެން ނިޝްކާ މަޑު މަޑުން ހިނގާލާފައި ގޮސް ސޯފާގައި އިށީނެވެ.”ޑެޑީ ޝައުދޮންބެ އަންނަނީ ދޯ..” ނުކްޝާން ފާޚާނާއިން ނިކުތުމުން ނިޝްކާ ފޯރިއާއިއެކު އެހިއެވެ.”ލައްބަ ކާކު ދޫނި ކައިރި ބުނީ؟؟..” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ. ޔޫޝައު ދުވަހަކު ވެސް ނިޝްކާއަށް ފެނިފައި ނުވި ނަމަވެސް ކޯލް ތަކުން ޔޫޝައު އާއި ނިޝްކާ ވަނީ އެކުވެރިވެފައެވެ.”ކުޑާ ބުނީ..” ސޯފާއިން ދެފައި ބާލަމުން ނިޝްކާ ދެފައި ހަލުވަން ފެށިއެވެ. ނިޝްކާ ނީކިޔާއަށް ކިޔަނީ ކުޑާއެވެ.” ހެހެ ނިޝް ވަރަށް ހެޕީ ދޯ ޝައުދޮންބެ އަންނާތީ؟..” ނުކްޝާން އެހިއެވެ. ނިޝްކާ ވަގުތުން ބޯ ޖަހާލިއެވެ. ޔަމްހާއަށް ހޭލެވުނީ އެގަޑީގައެވެ. ތިން މީހުން ވާހަކަ ދައްކަމުން ކޮޓަރިން ނިކުތެވެ. ސައި ބޮއިގެން ނުކްޝާން އާއި ނީކިޔާ ދިއުމުން ނިޝްކާ އާދައިގެމަތިން ކުޅޭ އެއްޗެހިތައް ނަގައިގެން އިށީނެވެ.

 

އިރުކޮޅެއް ނުވެ ނަވްޔާ އެގެއަށް ވަނެވެ. ދެ އަހަރުވާން ކައިރިވެފައި ހުރި ދަރިފުޅު، ޒިއަން އުރައިގެން އައިސް ނިޝްކާ ކައިރީގައި ބޭންދުމަށް ފަހު ނަވްޔާ އަލުން ގެއިން ނިކުންނަން ދިޔައެވެ.”މިއަދު ގަޑިޖެހުން ދުވަހެއްތަ؟؟..” ހިނިތުންވަމުން ޔަމްހާ އެހިއެވެ.”އާނ.. ބޮލުގަ ރިއްސާތީ އަލުން ނިދުނީ.. ނުކްމެން ދިޔައީ ދޯ..” ނަވްޔާ އެހިއެވެ.”ހެހެ ދެންމެ އެ ދިޔައީ.. ” ޔަމްހާ އެހެން ބުނުމުން ނަވްޔާ ނުކުމެގެން ދިޔައެވެ.”ޒިއަން ކައިގެންތަ ތި އައީ؟؟..” ނިޝްކާ ކައިރީގައި އިން އިން ފިރިހެން ކުއްޖާ އާ ޔަމްހާ ވާހަކަ ދެއްކިއެވެ.”ޔެސް..” ޒިއަން ޖަވާބު ދިނުމުން ޔަމްހާ ޒިއަންގެ ކޮލުގައި ހިފާލިއެވެ. އެދެކުދިން ކުޅެން ބައިންދާފައި ޔަމްހާ ދާން އުޅެނިކޮށް ޔަމްހާގެ ފޯނު ރިންގްވާންފެށި އެވެ.”ހެއި ޔަމްހާ ކިހިނެއްތަ..” ކާކުކަން ނުބަލާ ޔަމްހާ ފޯނު ނެގުމުން ކަންފަތުގައި ޖެހުނީ ޔޫޝައުގެ އަޑެވެ.”ޔޫޝައު؟؟..” ޔަމްހާގެ ނޭވާ ހުއްޓުނެވެ.”ކީއްކުރަން ތި ގުޅީ..” ހަމަޖެހިލަމުން ޔަމްހާ އެހިއެވެ.”ހާލު ބަލާލާކަށްނު.. ޒާއިފް ކައިރީ ބުނީމޭ ރަށަށް ދާނަމޭ.. އިންތިޒާރު ކުރައްޗޭ އިނގޭ ލޯބީ.. ކޮބާތަ ނިޝްކާ..” ޔޫޝައު ބުންޏެވެ.”ތިހެން ކިޔުން ހުއްޓާލަން ވެއްޖެ ނޫންތަ.. އެހެން ނޫނަސް ނިޝްކާ އާ ވާހަކަ ދައްކަން ތިއުޅެނީ ކީއްވެ؟؟..” ޔަމްހާ މަޑުމަޑުން އެހިއެވެ.”އަޅޭ ނޭނގޭތަ؟؟ އެއީ ވެސް މަގޭ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ.. ދެން ދީބަލަ އޭނާ އަތަށް ފޯނު..” ހިނިގަނޑެއް ޖަހާލަމުން ޔޫޝައު އެދުނެވެ.”ނުލިބޭނެ..” ޔަމްހާ ޖަވާބު ދީފައި ލަސްނުކޮށް ފޯނު ކަނޑާލިއެވެ. އަދި ކުޅެން ތިބި ނިޝްކާ އަށާއި ޒިއަންއަށް ބަލާލިއެވެ.

 

“ސާރ..” ސްކޫލުން ނުކުމެގެން އައި ލަމާން ސިހުނީ ފަހަތުން ކުއްޖަކު ގޮވާލުމުންނެވެ.”ސާރ ހޯދަން..” އެ ކުއްޖާ އިނގިލި ދިއްކޮށްލިއެވެ. ލަމާން އަކީ ސްކޫލުގެ ޓީޗަރެކެވެ. އެކުއްޖާ ދައްކާލި ދިމަ ބަލާލުމުން ނުކްޝާން ހިތްހަމަ ނުޖެހިފައި ހުރިތަން ލަމާންގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާ އަށް ހިނިތުންވުމެއް ދީފައި ލަމާން ނުކްޝާން އާއި ދިމާއަށް ހިނގައިގަތެވެ.”ކިހިނެއް ވެފަ ތިހުރީ؟؟..” ލަމާން ދެބުމަ ކައިރިކޮށްލިއެވެ.”ލައްމު މިކަންތައް މާ މައްޗަށް ކަންނޭނގެ މިދަނީ.. ހަމްނާ މިއަދު އަހަރެންގެ އުނގުގަ އިށީން.. ޔަމްހާއަށް ފެނިއްޖެޔާ ކިހިނެއް ހަދާނީ.. ހާދަ ފޫއްސޭ އޭނާއާ އެކީ މަސައްކަތް ކުރަން ވެސް..” ނުކްޝާން ރުޅިވޭކަމާއި އެކީ ދުރު ބަލާލިއެވެ.”ޔަމް ކައިރީ ބުނެބަލަ ހަމްނާ އެހެން އެބަ އުޅެއޭ..” ވިސްނާލަމުން ލަމާން ބުންޏެވެ.”ބުނެފީމޭ.. މި ތިން އަހަރު ތެރޭ އޭނާ އެގޮތަށް ކައިރިވާ ކޮންމެ ފަހަރަކު ބުނަން.. ކުރިން ހަމްނާ އެގޮތަށް ކައިރި ވިޔަސް އެއްޗެކޭ ނުބުނަން އެކަމް މިއަދު އެތާ މީހުން ވެސް ތިއްބަ އެހެން ހެދީ.. ލަދުން ބިން ފަޅާ އަޑިއަށް ދާން ވެސް ހިތަށް އެރި..” ނުކްޝާން ދަތްތައް ބިންދައިގެންދާ ވަރަށް ދަތްކުނޑި ވިކާލިއެވެ.”އޭނަ ހާދަ ތަފާތޭ ދޯ.. ކުރިން އެއޮށް މަޑުން ހުންނަ ކުއްޖާ މިހާރު ނޭނގެ ވާއެއް ނުވާއެއް..” ލަމާން ދެލޯ ހަނިކޮށްލިއެވެ.

 

“ހްމްމް.. ނީކް ވެސް ހުރި ފާޑަކަށް ބަލަހައްޓައިގެން.. ކީކޭ ބުނާނީ ވެސް..” ނުކްޝާން ފުން ނޭވާއެއް ދޫކޮށްލިއެވެ.”ހަމަޖެހިބަލަ.. އޭނަ ކުރާ ކަންތަކަށް އަޅާ ނުލައި ހުރެބަލަ ނުކް.. އެ ހަމްނާ އުޅޭ ގޮތަކަށް އުޅެދާނެ ނުކް އަށް ކީއްތަ..” ލަމާން އަނގަ ހަދާލިއެވެ.”އާނ ހެހެ.. އިނގޭ ދޯ ޔޫޝައު އަންނަން އުޅޭކަން.. އަނެއްކާ ވެސް މިގޭގަ އޯ ހުންނަނީ..” ނުކްޝާން ބުންޏެވެ.”އެހެން ދޯ.. ނަސީބެއްނު ތިވެސް..” ލަމާން މޫނަށް މޮޅިވެރިކަން ވެރިވިއެވެ. ލަމާން ހީކުރަނީ ނީކިޔާ އާއި ޔޫޝައު އާއި މެދު ޚާއްސަ ގުޅުމެއް އޮންނަ ކަމަށެވެ.”އާނ ހެހެ.. ނިޝް އާ ޒިއާ ވަރަށް އުފާވާނެ ޔޫޝައު ފެނުނީމަ..” ނުކްޝާން ހިތަށް ވެސް ވަނީ ކުޑަ ނުތަނަވަސްކަމެއް ވެރިވެފައެވެ. ޔަމްހާ އާއި ޔޫޝައު އެކީގައި އަނެއްކާ ވެސް ފެނިދާނެ ކަމުގެ ބިރު ހިތުގައި ބޮޑުވަމުން ދާތީއެވެ. ދެމީހުން އެކީގައި ގެއަށް ދާން ސައިކަލަށް އެރިއެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް ޒިއަންގެ ދެ އަހަރުވާ އުފަންދުވަސް އަންނަން އެއް ދުވަހަށް ވިއެވެ. ޔޫޝައު ރަށަށް އައީ ހަމަ އެ ދުވަހުއެވެ.”ޝައުދޮންބޭ..” ޔޫޝައު ގެއަށް ވަދުމާ އެކު ނިޝްކާ ދުއްވައިގަނެގެން ގޮސް ޔޫޝައުގެ ފައިގައި އޮޅުލައިގަތެވެ. އެތަން ބަލަން ޔަމްހާ ހުރީ ހިތާއި ދިމާގައި އަތް އަޅާލައިގެންނެވެ. ނުކްޝާން ވެސް ހިނިތުންވެގެން ހުރިނަމަވެސް ހިތުގެ އަޑީގައި ކުޑަ ބިރުވެރިކަމެއް ވިއެވެ.”ނިޝް ކިހިނެއްތަ؟؟.. ކޮބާ ޒިއާ..” ޔޫޝައު ނިޝްކާ އުރާލިއެވެ.”ނިޝް ރަގަޅު. ޒިއާ ގޭގަ.” ޔޫޝައުގެ ކަރުގައި އަތް އަޅުވާލަމުން ނިޝްކާ ޖަވާބު ދިނެވެ. ޔޫޝައު އަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. ކުރިއަށްވުރެ ހަމުގެ ކުލަ އަލި ވެފައި ވާކަން އެކަންޏެވެ. ސައި ބޮއިގެން ޔޫޝައު ވަރުބަލިވެފައި ވުމުން ނިދާލަން ކޮޓަރިއަށް ވަނެވެ. ޔޫޝައު އައުމުގެ އުފަލުގައި ނިޝްކާ މުޅި ގޭތެރޭގައި ދުވަމުން ދިޔައެވެ.

 

އެދުވަހު ހަވީރު ރީތިވެގެން ނިޝްކާ ބޭރަށް ނިކުތީ ޒިއަންމެންގެއަށް ދިއުމަށެވެ. ޒިއަންގެ ކޭކު ތައްޔާރު ކުރަން ވެގެން ޔަމްހާ ގޭގައި މަޑުކުރީއެވެ. ޔަމްހާ އެކި ކޭކުއަޅާ ކޯސްތައް ހަދާފައި ވެއެވެ. ނުކްޝާން އާއި ނިޝްކާ އަދި ޔޫޝައު ޒާއިފް މެންގެއަށް ދިޔައިރު ޒިއަން ބޭރުގައި ހުއްޓެވެ.”ޒިއާ..” ޔޫޝައު ހިނިތުންވިއެވެ. ޒިއަން އުފަލުން ޔޫޝައުގެ ޝަހާދަތް އިނގިލީގައި ހިފިއެވެ.”ޒިއާގެ ކޭކު ނިމުނީތަ؟؟..” ނަވްޔާ ޔޫޝައު އާއި ސަލާމް ކޮށްލަމުން ނުކްޝާން ކަރިއީގައި އެހިއެވެ.”ނިމެން ކައިރިވެފަހެން ހީވަނީ..” ނުކްޝާން ޖީބަށް އަތް ޖަހާލިއެވެ.

 

ޔަމްހާ ބަދިގެއަށް ވަންނަން އުޅެނިކޮށް ވެއްޓިފައި އިން ގަނޑުކޮޅެއް ލޮލުގައި އަޅައިގަތެވެ.”އޯހ.. ހިއެއް ވެސް ނުކުރަން ނިޝްކާ މަށާ އެކީ ފޯނުވާނެ ކަމަކަށް.. ހެހެ އެކުއްޖާ ދެކެ ލޯބިވާނަމަ ކިހާ ނުލަފާ މީހެއްކަން އެނގިހުރެ އަމިއްލަ ދަރިފުޅު އެމީހެއްގެ އަތަށް ދޭނީ ހާދަ ބޯ ސަކަރާތް މީހުންނޭ..” ޔޫޝައު ލިޔެފައި އިން ނޯޓް ކޮޅު ޔަމްހާ ކިޔާލިއެވެ. އެވަގުތު ބޮލުގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. އަވަސް އަވަހަށް ނުކްޝާން އަށް ގުޅާލީ ނުކްޝާން ވެސް ޔޫޝައު އާއި އެކީ ދިއުމުންނެވެ.”ނުކް.. ނުކް ނިޝް ކޮބާ؟؟.. ނިޝް އެބަ ހުރިތަ؟؟ ކޮބާ ޔޫޝައު އާ ނިޝްއާ؟؟.. ނުކް ތިހުރީ ކޮންތާކު؟؟..” ރޮވިފައި ޔަމްހާ ސުވާލުތައް އޮއްސާލިއެވެ.”ޔަމް ހަމަޖެހިބަލަ.. ނިޝް މީނީ މަގޭ ކައިރީގައޭ.. ޔޫޝައު ވެސް އެބައިނޭ.. ކިހިނެއްތަ ވީ؟؟.. ޔަމް” ނުކްޝާން ކަންބޮޑުވިއެވެ. ނުކްޝާންގެ ޖަވާބުން ޔަމްހާއަށް ފުން ނޭވާއެއް ލެވުނެވެ.”ކަމެއް ނުވެ.. އަވަހަށް ގެއަށް އަންނައްޗޭ އިނގޭ..” ހާސްވެފައި ޔަމްހާ އެދުނެވެ.”އާނ ދާނަމޭ.. އެހާ ހާސް ނުވެބަލަ..” ނުކްޝާން ހިނިތުންވިއެވެ. ޔަމްހާ ނިޝްކާ އާއި އޭނަދެކެ ވާ ލޯބި ފެނިފައި ނުކްޝާން ހިތަށް ހަމަޖެހުން ލިބުނެވެ. ދުރުގައި އިން ޔޫޝައު ބޮޑުވާ އިނގިލީގައި ދަތް އަޅާލީ ހެވެން އުޅުމުންނެވެ. ޔަމްހާއަށް އެގަނޑުކޮޅު ފެނުނީތާއޭ ޔޫޝައު ހިތަށް އެރިއެވެ.

 

އެރޭ ޔޫޝައު ހަމްނާމެންގެއަށް ދިޔައިރު ނީޝާ ވެސް އެގޭގައި އިނެވެ. ޔޫޝައު އާއި އެކީ ނީޝާ ވެސް އައީއެވެ.”ކޮބާ ކިހިނެއް ކަންތައްތައް؟؟..” ނީޝާ ބޯން އިން ކޮފީތަށި މޭޒު މަތީގައި ބެހެއްޓިއެވެ.”ބަރާބަރު.. މާދަމާ ވާނެ ކުރަން އުޅޭ ކަންތައް ވާނެކަމަށް މި އުންމީދު ކުރަނީ.. ނުކްޝާން ޔަމްހާ ދޫކޮށްލީމަ ނިމުނީ.. ނަސީބެއް ކަންނޭނގެ އެއަހަރު ދާން ޖެހުންކަން.. މިހާރު ދަރިއެއް ވެސް އެބަ ހުރި ނޫންތަ؟؟.. ދަރީގެ ބޭނުން ހިފަން ވާނެ ދޯ..” ޔޫޝައު ނީޝާ އާއި ޖެހިގެން އިށީނެވެ. ސުދާ އާއި ހަމްނާ ހެވިފައި ތިއްބެވެ.”ހާދަ ރަނގަޅޭ ކަލޭގެ ވިސްނުން.. އަސްލު ހަމްނާ ކުރާ ކަންތައް ފަނި ވާތީ މި ޔޫޝައު ގެނައީ.. އޭނަ ޔަމްހާއަށް ކިޔާދޭ ހަމްނާ އެވެނި ކަމެއް ކުރެއޭ މިވެނި ކަމެއް ކުރެއޭ ކިޔައިގެން، ސޯ އެދެމީހުންގެ މެދުގަ ޝައްކެއް ނުއުފެއްދުން .. އެހެންވެ ޔޫޝައު އަށް އެކަނި މިކަން ވާން އޮތީ..ޔޫ ކޭން ޑޫ އިޓް..” ނީޝާ ވިހަ ގޮތަކަށް ހީލިއެވެ.”ޔެޕް..” ޔޫޝައު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

 

“ޔަމްހާ!!!! ޔަމްހާ… ޔަމްމް..” ޔަމްހާއަށް ހޭލެވުނީ ނުކްޝާން ހާސްވެފައި ގޮވާ އަޑަށެވެ. އޭރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.”ކިހިނެއްވީ؟؟..” ޔަމްހާ ވެސް ހައިރާންވިއެވެ. އެހެން ނޫނީ ޔަމްހާ ދެލޯ ހުޅުވާ ތަނުން ނުކްޝާން ކިޔާނީ ‘ ގުޑް މޯނިންގް ‘ އެވެ.”ނިޝް ކޮބާތަ؟؟.. އަހަރެން ހޯދާ ހޯދާ ނުފެނުން.. މުޅި ގެ އެއްކޮށް ބަލައިފިން.. ޔަމް.. އޭނާ ކޮބާ..” ނުކްޝާން އަޑު ބެދުނެވެ. ޔަމްހާ އަށް ހީވީ އޭނާގެ ހިތް ފިތާލިހެންނެވެ. ރޭގައި ޔަމްހާއަށް ނިދުނީ ނިޝްކާގެ ބޮލުގައި ފިރުމަން އޮށްވައެވެ. ދަންވަރު މީހަކު އޭނާގެ އަތުގައި ކޮށްޓާލި ހެން ހީވިއެވެ. ނަމަވެސް ހުވަފެނެއް ކަމަށް ހީކޮށް ޔަމްހާ އަޅާ ނުލައި ނިދާލީއެވެ.”ނިޝްއޭ؟؟.. ނީކް އަތަކު ނެތްތަ؟؟..” ޔަމްހާ ފުންމައިގެން ތެދުވެ ކޮޓަރިން ނިކުތެވެ. އޭރު ނީކިޔާ ވެސް ބޮލުގައި އަތް އަޅައިގެން އިނެވެ. ޔަމްހާ ދެލޯ ތެމުނެވެ.”ނަވްއަށް ގުޅާބަލަ..” ޔަމްހާ އެދުނެވެ. ނުކްޝާން ފޯނު ނަގައި ވަގުތުން ނަވްޔާއަށް ގުޅިއެވެ.

 

“ހާދަ ހެނދުނާ.. ނިޝް ރޮނީތަ ޒިއާ ގެންދަން..” ނަވްޔާ ހެމުން އެހިއެވެ.”ނޯ.. ނަވް.. ނިޝް.. ނިޝް ދެކުނިންތަ މަގުމަތިން..” ނުކްޝާން ކުރެހިފައިވާ އަޑަކުން އެހިއެވެ.”އަހަރެމެން ނުނިކުންނަން ގެއަކުން އިއްޔަ ހަވީރަށް ފަހަކު.. ނުކް؟؟..” ނަވްޔާ ދެލޯ ކައިރި ކޮށްލިއެވެ.”ނިޝް ގެއްލިގެންނޭ މިއުޅެނީ.. އެހާ ޖެއްސުން ކުރިޔަސް ދުވަހަކު ވެސް އޭނަ ނުފިލާނެ.. އޭނަ..” އަޑު ތުރުތުރު އަޅަން ފެށުމުން ނުކްޝާން ވާހަކަ މެދު ކަނޑާލިއެވެ. ނަވްޔާ އަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ނުކްޝާން ޔަމްހާއަށް ފޯނު ދީފައި ދެވަނަ ފަހަރަށް ގެއިން ނިކުތީ ނިޝްކާ ފެންނާނެ ކަމުގެ އުންމީދުގައެވެ.”އެ ތެދެއްތަ؟؟..” ޔަމްހާ ކަން އިނގުމުން ނަވްޔާ އެހިއެވެ.”ހްހްމްމް..” ޔަމްހާ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ޔޫޝައު ގެއަށް ވަނީ އެވަގުތެވެ.”ޔޫޝައު.. ނިޝް ފެނުންތަ..” ޔޫޝައު ގެއަށް ވަދުމުން ނީކިޔާ ތެދުވިއެވެ. ވަގުތު ޔޫޝައު ދެ ފަރާތަށް ބޯ ހޫރާލިއެވެ.”ޔަމް.. މި ދަނީ..” ނަވްޔާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ޔަމްހާއަށް ސޯފާގައި އިށީނދެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ތިންވަނަ ބައި)

Next

ބަދަލް 10

Next
November 8, 2021

ބަދަލް 10

Previews
November 8, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ތިންވަނަ ބައި)



All Right Reserved!