ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 28
“މަ އިނީ ހަމަ ފަޅައިގެންދާ ވަރު ވެފައޭ ޔޫޝައު.. އޭނަ އެ ތަށި ނުބޮއި ބެހެއްޓީ.. ތަންކޮޅެއް ގިނައިން ބުއިނަމަ އަސަރު ވެސް ކުރާނީ.. އެންމެ ފަހަރަކު ބޮއިފަ ނުބައޭ ކިޔާ އޭތި ބެހެއްޓީ އޭނަ..” ސުދާ ޔޫޝައު ކައިރީގައި ކިޔެވެ.”އަދި ހަމަ ޖެހިބަލަ.. މަށަށް ކަންތައް ކުރެވޭނެއޭ.. ނަވްޔާ މެން ވެސް މާދަމާ ހެނދުނު އަނެއް ގެއަށް ބަދަލު ވާނެ.. ނީކިޔާ އާ ނުކްޝާން ދާނީ ޖޮބަށް.. ސޯ މަށަށް ޗާންސް އެބަ އޮތޭ.. އޭނަ މަ ބުނާ ކަމެއް ނުކޮށްފިއްޔާ އެއްކަލަ ފޮޓޯތައް ލީކް ކޮށްލާނަން.. މާ ފާޑު ފާޑެއް ނުދެއްކޭނެ މަ ކުރިމައްޗަކު.” ޔޫޝައު ބުންޏެވެ.”ނަސީބެއް ތި ވެސް.. މަ ނުކްޝާން ބޭނުންވޭ ސްކޫލުގަ އުޅުން އިރު ވެސް.. އަދި ކިރިޔާ ލިބެން ކައިރި ވަނީ..” ސުދާ އެހެން ބުނުމުން ޔޫޝައު އަށް ހެވެން އުޅުނެވެ. ނީޝާ ހަމަ ރަނގަޅަށް ވެސް ސުދާ ހައްލާލައިފިއެވެ.”ބަލަމާ ދޯ.. އޭނަ ބަލިކަށިވާނެ ނުކްޝާންއާ އޭނާގެ ދަރިއަށް ކަމެއް ވެއްޖެއްޔާ..” ތެދުވަމުން ޔޫޝައު ބުންޏެވެ.”ވީ އާރ ގޮނަ ނީޑް ހަމްނާ ފޯރ ދިސް.” ސުދާ ވިސްނާލަމުން ބުންޏެވެ.”ތި ނަގާނެ މީހަކު ނަގާ.. މަށަށް ހެޔޮ މަ ބޭނުން ކަންތައް ވަނިކޮށް..” ޔޫޝައު ދެކޮނޑު އަރުވާލިއެވެ.
**28 ވަނަ ޕާޓު**
“ނުކް ހޭލަބަލަ..” ނުކްޝާން ހޭލެވުނީ ޔަމްހާ ގޮވާއަޑަށެވެ.”ހްމްމް ކިހިނެއްވީ..” ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލަމުން ނުކްޝާން އެހިއެވެ.”ނަވް މެން ދަނީއޭ.. އެއޮށް ގަޑި ވެސް ޖެހެނީ..” ގަޑި ދައްކާލަމުން ޔަމްހާ ބުންޏެވެ.”ގުޑް މޯނިންގް..ހުން ކިހިނެއް..” އެނދުން ތެދުވެ ނުކްޝާން ޔަމްހާގެ ނިއްކުރީގައި އަތް ޖައްސާލިއެވެ.”ރެއަށްވުރެ ރަނގަޅު.. ދެންވެސް ދޭބަލަ ފެންވަރަން..” ޔަމްހާ ޖަވާބު ދީފައި އެނދުމަތި ރީތިކޮށްލިއެވެ. އޭރުވެސް ހިތުގައި ނުތަނަވަސްކަމެއް އުފެދެން ފަށައިފިއެވެ. ނަވްޔާމެން ގޮސްފިއްޔާ އަނެއްކާ ވެސް ޖެހޭނީ ޔޫޝައުއާ އެކީ ވަގުތު ހޭދަކުރަންށެވެ. ނަމަވެސް މިފަހަރު ނުކްޝާން ޔަމްހާ ރައްކާތެރިކުރާނެކަން އިނގުމުން ހިތުގެ އެއްބައި އުފާކުރާއިރު އަނެއްބައި ފުރިފައިވަނީ މާޔޫސް ކަމުންނެވެ. ކޮޓަރިތެރެ ކުޑަކޮށް ރީތި ކޮށްލުމަށްފަހު ނިކުންނަން އުޅެނިކޮށް ނުކްޝާން ފާޚާނާއިން ނިކުތެވެ.”ޔަމް..” ނުކްޝާން ގޮވާލިއެވެ. އޭރު އެ ނޫކުލައިގެ ލޯ އަމާޒު ވެފައި ވަނީ ޔަމްހާ އަށެވެ.”ނީޝާ ގުޅައިގެން ކޮން ވާހަކަ އެއް ދައްކަނީ؟؟..” ނުކްޝާން އެހިއެވެ.”އާދައިގެ ވާހަކަ ދައްކަނީ.. ލައިކް ކިހިނެއްތޯ އަހާ.. ނުކް އަށް އިނގޭތަ އޭނަ މިހާރު އަހަރެންނަށް ދޮންތަ އޭ ވެސް ކިޔާ.. ކުރިން އެކަހަލަ ބަދަލެއް ކުއްލިއަކަށް އައީމަ ޝައްކު ވެސް ވި.. ބަޓް ފަހުން ހިތަށް އެރީ ކޮންމެ މީހަކުވެސް ބަދަލު ވެދާނެއޭ.” ޔަމްހާ ވާހަކަ ދައްކަމުން އެނދުގައި އިށީނެވެ.
“އެހާ ވަރަށް މީހަކަށް އިތުބާރު ކުރާކަށް ނުވާނެ.. ނީޝާ އަކީ އެތަށް ބަޔަކަށް ގެއްލުންދޭ މީހެއް.. މިހެން ބުންޏަސް އައި ޓްރަސްޓް ޔޫ އަ ލޮޓް ޔަމް.. ތީ ނީޝާ ކަހަލަ ކުއްޖެއް ނޫންކަން އަހަރެންނަށް ވަރަށް ޔަޤީން.” ނުކްޝާން ހިނިތުންވަމުން ޖަވާބު ދިނެވެ. އެއާއި އެކީ ޔަމްހާގެ އަނގަ ބަންދުވިއެވެ. ނީޝާ އެ އުޅުން އުޅެން ޖެހުނީ ހަމަ ޔަމްހާގެ ސަބަބުންކަން ނުކްޝާން އަށް އިނގިއްޖެ ނަމަ ކަންތައް ވާނީ ކިހިނެއް ކަމެއް ޔަމްހާއަކަށް ނުވެސް އިނގެއެވެ. “ކިހިނެއްވީ.” ޔަމްހާ އެއްޗެކޭ ނުބުނުމުން ނުކްޝާން އެހިއެވެ. ކަމެއް ނުވެއޭ ބުނެ ޔަމްހާ ހީލިއެވެ. އޭނަ ކުރިހާ ކަންތައް ނުކްޝާން އަށް އިނގިއްޖެއްޔާ މިއަދު ކީއްކުރަން މިވަގުތު ވެސް މި ގުޅުން ނިމިގެން ގޮސްދާނެ އެވެ. އެކަމުގެ ބިރަށް ޔަމްހާ ދޮގެއް ހަދަން މަޖުބޫރު ވީއެވެ. ޔަމްހާ ޚިޔާލަކަށް ގެއްލިފައި އިންދައި ނުކްޝާން އައިސް ބައްދާލިއެވެ.”ކަމް އޯން.. ކޮންކަމަކާ ތި ވިސްނަނީ؟؟..” ނުކްޝާން ބައްދާލައިގެން ހުރެ އެހިއެވެ.”ނުވިސްނަމޭ.. ހުން އައިސް ހުރީމަ ވާ ގޮތެއް ކަމަށް ތި ވާނީ.” ޔަމްހާ ނުކްޝާންގެ މޭގައި ބޯ އަޅާލިއެވެ.”އޯކޭ. ބަލައިގެން އުޅޭތި.. މަ ދިޔަޔަސް ބޭސް ކާތި އިނގޭ.. އަނެއްކާ ތި ހުން ގަދަ ވެދާނެ..” ޔަމްހާ މޫނަށް ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތް ކައިރިއަށް ލައްވާލަމުން ނުކްޝާން ޔަމްހާގެ ނިއްކުރީގައި ބޮސް ދިނެވެ. އަދި ކޮޓަރިން ނިކުމެ ކާގެއަށް ވަނެވެ.
“މިއަދު ދެކުދިން އެއްކޮށް އަންނަ ދުވަހެއްތަ..” ނީކިޔާ ހޭންފެށިއެވެ.”ދެން ސާބަސް.. ކޮބާ ނަވް؟؟..” ނުކްޝާން ގޮނޑީގައި އިށީނެވެ.”އޭނަ ގޮއްސި ފަނަރަވަރަކަށް މިނެޓް ކުރިން.. ޕިކަޕް ވެސް އައިސް އޮތީމަ ނުކް ނިކުންނަންދެން މަޑު ނުކުރެވުނީ..” ޖަވާބު ދީފައި ނީކިޔާ ކާގެއިން ނިކުތެވެ.”ވެއިޓް..” ޔަމްހާ ކައިރީގައި އެހެން ބުނެފައި ނުކްޝާން ވެސް ނީކިޔާ އާ އެކީ ނިކުތެވެ.”ނީކް.. ކޮންކަމަކާ އަޕްސެޓް ވެފަ.. ބުނޭ.. ކޮންމެސް ކަމެއް ގޯސްވެއްޖެ..” ނުކްޝާން ނީކިޔާ ކުރިމައްޗަށް އެރިއެވެ.”އެއްކަލަ ފޮނި މީހާ ގަނޑު.. ކަމެއް ނުވެއޭ މޮޔަޔާ..” ނީކިޔާ ރާގު ބަދަލު ކޮށްލަން ވެސް މޮޅީއެވެ. އަދިވެސް ޤަބޫލު ނުކުރެވިފައި ނުކްޝާންއަށް ހުރެވުނެވެ.”މޮޔަ ވީތަ؟؟..” ނުކްޝާން އެހެން ހުންނަން ފެށުމުން ނީކިޔާ އެހިއެވެ.”ނޫނޭ މަށަށް ހީވަނީ ނީކް ކަންނޭނގެ މޮޔައީ.. ދެންމެ އަމިއްލަ އަށް މަ މޮޔައަކަށް ހަދާފަ ތި އެހީ މީ މޮޔަ އެއްހޭ..” ނުކްޝާން ބުމަ އަރުވާލާފައި ކާގެއަށް ވަނެވެ.”ދެން ސާބަސް.” ބުނާނެ އެއްޗެއް ނޭނގުމުން ނީކިޔާ ތުން ދަމާލިއެވެ. އޭރު ޔަމްހާ އާއި ޔޫޝައު ދެމީހުންނަށް ބަލަހައްޓައިގެން ތިއްބެވެ.
“ދެންވެސް އާދެބަލަ.. މީނަ ލަހުން ހޭލާތީ ސައި ބޯނެ ވަގުތެއް ވެސް ނުލިބޭ ދޯ ޔަމް.. ކުރިން ހޭލައްވާނަމަ.. އޯހ ހަނދާން ނެތުނީ.. ރޭގަނޑު ތަންތަނަށް ގޮސް އުޅެންޏާ ހޭލެވޭނީ ކިހިނެއް؟؟..” ނީކިޔާ އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކުމުން ނުކްޝާން އަށާއި ޔަމްހާއަށް އަދި ޔޫޝައު އަށް ވެސް ހެވުނެވެ.”ހިނގާ ތި އަނގަ ހުއްޓާލަފަ..” ނުކްޝާން ކާގެއިން ނިކުތެވެ.”ޔެސް.. ދެން އަނެއްކާ ވެސް ދެމީހުންގެ ވަގުތުކޮޅު..” ޔޫޝައު އަނގައިން އަޑެއް ލައްވާލިއެވެ.”ޔޫޝައު.. ކޮން ކަމެއްތަ ބޭނުން ވެގެން ތިއުޅެނީ..” ޔަމްހާއަށް ތަންކޮޅެއް ބާރަށް އެހުނެވެ.”ޔަމްހާ.. ޔަމްހާ ބޭނުންވެގެން މިއުޅެނީ.. ބަދަލުހިފަން..” ޔޫޝައު ޖަވާބު ދިނީ ޔަމްހާ އެ ސުވާލު ކުރި ރާގުގައެވެ.”ތި ނޫން ކަމެއް ބުނޭ އޭރުން އެކަން ކޮށްދޭނަން ކުރެވޭ ވަރު ކަމެއް ވިއްޔާ..” ޔަމްހާ ކާގޭގެ ދޮރުކައިރީގައި ހުއްޓުނެވެ.”ނެތް އަދި އެނޫން ކަހަލަ ޚިޔާލެއް..” ޔޫޝައު ދެކޮނޑު އަރުވާލިއެވެ. މިފަހަރު ކޮޓަރިއަށް ވަނަސް ނުކްޝާން ރުޅި ނާންނާނެކަން އިނގުމުން ޔަމްހާ ކޮޓަރިއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ. ޔޫޝައު ރުޅި އައިސްގެން ދޮރުގައި ބާރަކަށް ޖަހަން ވެސް ޖެހިއެވެ. ޔަމްހާ ކުއްލިއަކަށް ބޭސް މަތިން ހަނދާންވުމުން ބޭސްކޮތަޅު އިންތޯ ބަލާލިއެވެ. ނަސީބު ރަނގަޅު ކަމުން ފެނާއި ބޭސް ވެސް ސައިޑް ޓޭބަލް މަތީގައި ހުއްޓެވެ.
ހަމްނާ މަސައްކަތުގައި އިންދައި ނުދަންނަ ނަންބަރެއް ގުޅަން ފެށިއެވެ. ފޯނު ނުނަގައި ހަމްނާ އަޅާ ނުލައި މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް މާ ވަރަކަށް ގުޅަން ފެށުމުން ހަމްނާ ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.”ހެލޯ ކޮންބޭފުޅެއްތޯ؟..” ހަމްނާ އެހިއެވެ.”ބޭފުޅެއް ނޫނޭ.. މީ ސުދާ.. ހަމްނާ ނުކްޝާން ދެކެ ވަރަށް ލޯބިވޭ ދޯ..” އެކޮޅުން ސުދާ ދެއްކި ވާހަކަ އަކުން ހަމްނާ ހައިރާންވިއެވެ. އެކަން މި ނުދަންނަ މީހާއަށް އިނގުނީ ކިހިނެއް ބާއެވެ؟”ހާސް ނުވޭ.. ހަމްނާއަށް މީ ކާކުކަން ނޭނގުނަސް އަހަންނަށް އިނގޭ ހަމްނާ.. ހަމަ އެކަނި ކުޑަ ކުޑަ ކަމެއް ކޮށްލަން އަހަރެން ހަމްނާ އާއި ހަވާލު ކުރާނަން.. ކުރެވޭނެ؟؟..” ސުދާ ބުންޏެވެ.”ކޮން ކަމެއް؟؟.” ހަމްނާ ދެބުމަ ކައިރިވިއެވެ.”ފޯނަކުން ނުބުނެވޭނެ.. މިރޭ ހަތެއް ޖަހާއިރު ކާނިވާ ސަރަހައްދަށް އާދޭ..” އެހެން ބުނެފައި ސުދާ ފޯނު ކަނޑާލިއެވެ. ހަމްނާ ފާޑަކަށް ބިރުގަތެވެ. މި ސުދާ އަކު އަނެއްކާ އޭނަ ލައްވާ ކުރުވަން އުޅެނީ ރަނގަޅު ކަމެއް ނޫންބާއޭ ހަމްނާ ހިތަށް އަރަމުން ދިޔައެވެ.
“ނިޝާ ހަމަ ރަނގަޅަށް ވެސް ބުނިތަ ހަމްނާ ބައިވެރި ކުރިޔަސް އޯކޭއޭ؟؟..” ކޮންފަރެންސްގައި މިއުޓް ކޮށްގެން އިން ޔޫޝައު މައިކް އޮން ކޮށްލިއެވެ.” އާނއެކޭ.. ރޭގަ ގެއަށް ގޮސް މަ ބުނިން ޔޫޝައު އަށް އެކަނި ނުކުރެވޭނެއޭ.. ޔަމްހާގެ ހިތުގައި ވެސް ޝައްކު އުފައްދަން ޖެހޭނެއޭ އެކަމަކު އަހަރެން ދެކެ ނުކްޝާން އަންނަ ރުޅި ޔަމްހާއަށް ވެސް ގޭ އެންމެންނަށް ވެސް އިނގޭނެއޭ..ދެން އެހީ އެހެން ކުއްޖެއް ނެގިޔަސް އޯކޭހޭ.. ނިޝާ ބުނީ މައްސަލަ އެއް ނެތޭ..” ސުދާ ފޮނިވެފައި ބުންޏެވެ.”ގަދައޭ ތީނަ.. ކަޑައޭ އިނގޭތަ.. ނަވްޔާ އާއި ޒާއިފް ދިޔަ ގައީގަ ނީކިޔާ އާ ނުކްޝާން ވެސް ގޮއްސި.. މަށަށް ޔަމްހާ އަތުވާން އުޅުން ގަޑީގަ އޭނަ ކޮޓަރިއަށް ވަދެ ތަޅުލައިފި. މިއަދު މަ އުޅުނީ ބްލެކްމެއިލް ނުކޮށް ހަމަ ސީދާ ރޭޕް ކުރަން.. އެއަށްފަހު އެއްކަލަ އިންޖެކްޝަން ޖަހާ ހަމައިން ނެއްޓީމަ ނުކްޝާން އަށް އެއީ ޔަމްހާ ކުރި ކަމެއްކަން ޝައްކު ވާނެ ފަދަ ގޮތެއް ހަދަން.. އެކަމް އޭނައާ ހެދި އެކަމެއް ނުވިއޭ..” އިސްތަށިގަނޑު ރީތިކޮށްލަމުން ޔޫޝައު ޔަމްހާގެ ކޮޓަރި ދޮރާއި ދިމަ ބަލާލިއެވެ.”ބްރޯ އޭނަ ވެސް ސިކުނޑިއެއް އޮންނަނީތާ.. ރަނގަޅު ގޮތެއް ވިސްނާބަލަ..” ސުދާ ޗޮކެއް ކަނޑާލިއެވެ.
އެރޭ ހަތެއް ޖެހިއިރު ހަމްނާ ގެއިން ނިކުތީ ސުދާ އެބުނި ތާކަށް ދިއުމަށެވެ.”ހެލޯ ހަމްނާ..” އެދިމާއަށް ދިޔައިރު އެތާ ހުރި ގަހެއް ކައިރިން ސުދާގެ އަޑު ހަމްނާއަށް އިވުނެވެ.”އައިމް ސުދާ.. އެންޑް ދިސް އިޒް ޔޫޝައު..” ސުދާ ހީލިއެވެ.”ހަމްނާ ވަރަށް ބޭނުންދޯ ނުކްޝާން..؟” ސުދާ ހަމްނާ އާއި ދިމަ ބަލާލިއެވެ. މަޑުމަޑުން ހުރެފައި ހަމްނާ ބޯ ޖަހާލިއެވެ.”ޔަމްހާ އާ ނުކްޝާން އާ ދުރުކުރުން ބޭނުން ދޯ.. ރުފިޔާ ދީފާނަން އަހަރެމެން ބުނާ ކަމެއް ކުރަންޏާ…” ވިހަ ގޮތަކަށް ސުދާ އެދުނެވެ.”ނޫން.. އެދެމީހުން ދުރުކޮށްގެން ވާނެ ފައިދާ އަކީ ކޮބާ؟؟.. އިއްޔަ އެ ދެމީހުން ރަނގަޅަށް އުޅެން ފެށީ.. އޭގެ ކުރިން ދެމީހުންގެ ދެމެދުގައި އޮތީ ރުޅިވެރިކަން.. ސުދާ ތިހެން ބުންޏަސް ބައެއްގެ ދިރިއުޅުން ހަލާކު ކުރާކަށް ނުވާނެ..” ހަމްނާ ވަގުތުން އިންކާރު ކުރިއެވެ. ޔޫޝައު އާއި ސުދާގެ އަނގަ ހުޅުވުނެވެ.”އިއްޔައޭ؟؟..” ޔޫޝައު ދެލޯ ހަނިވިއެވެ.”ޔެސް.. އަހަރެންނަކީ ނުކްޝާންގެ ކްލޯޒް ފްރެންޑެއް ވީމަ ކިޔަދެނީ.. ނުކް މަންމަ ބުނެގެން މެރީ ކުރީ ޔަމްހާއާ.. އެދެމީހުން ހަމަޖެހިލައިގެން އުޅެން ދޫކޮށްލާބަލަ..” ހަމްނާ ސުދާއާ ޔޫޝައު އާއި ދިމަ ބަލާލިއެވެ.
“އަސްލުވެސް؟؟.. އޭރުން ހަމްނާއަށް ވާނީ ކިހިނެއް؟؟ ހަމްނާ މުޅި އުމުރަށް ހިތާމައިގަ ހުންނަން ބޭނުމީ؟؟ އޭރުން އެހެން މީހުންހެން ހަމްނާއަށް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ.. ނުކްޝާން ދެން ހިއެއް ނުވޭ ހަމްނާ އާއި އެހާ ގާތް ވާނެހެނެއް.. ލޯބި ހޯދަން މަސައްކަތް ކުރުމަކީ ވެސް އޮންނަ ކަމެކޭ ހަމްނާ..މިސާލަކަށް ހަމްނާ ހަމަ ހުރެފަ ފެން ބޭނުން ވެއްޖެއްޔާ ފެނެއް ނާދޭ ދޯ ހަމްނާ ފަހަތަކުން؟؟ ހަމްނާ ދާން ޖެހެނީ ފެން ބަލާ.. ހަމަ އެގޮތަށް ލޯބި ވެސް ކައިރިއަށް އަންނާނީ އެ ހޯދަން މަސައްކަތް ކޮށްގެން.. ތި ސިކުނޑިން ވިސްނާލަބަލަ ނިކަން..” ސުދާ ވަސްވާސްދޭން ފެށިއެވެ. ޔޫޝައު ހުރީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ސުދާ ވެސް ހަމްނާ އެ ބޭނުން ކޮށްލަނީ ނުކްޝާންގެ ބޭނުމުގައެވެ. ހަމަ އެގޮތަށް ނީޝާ ވެސް ސުދާ ބޭނުން ކުރަނީ ހަމަ އެ ބޭނުމުގައެވެ. ސުދާގެ ވާހަކަ ތަކުން ޝައިތާނާ ހަމްނާގެ ހިތަށް ވެރިވެގަންނެ ވަސްވާސް ދޭން ފެށިއެވެ. ސުދާ އެބުނީ ތެދެކެވެ. ޔަމްހާއަށް އެހާ އުފަލުގައި އުޅެވޭއިރު އޭނާއަށް ވަކި މިފަދަ ދިރިއުޅުމެއް އުޅެން ހައްޤެއް ނޫނެވެ. އޭނަ އެހެން ހުންނަންޏާ ސުދާ ބުނިހެން ދުވަހަކު ވެސް އުފަލެއް ނުލިބޭނެއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ނުކްޝާން ހާސިލް ކުރަން ޔަމްހާގެ ހިތް އެދެންފެށިއެވެ.”އެންމެ ރަނގަޅު.. ސުދާ ތިބުނީ ދޮގެއް ނޫން..” ހަމްނާ ބުންޏެވެ.”ގުޑް ގާރލް.. ހަދަންވީ ގޮތަކީ ޔަމްހާގެ ހިތުގައި ނުކްޝާން އާއި މެދު ޝައްކު އުފައްދަންވީ.. ބަޓް ނުކްޝާން އަށް ޝައްކު ވިޔަ ނުދޭތި ހަމްނާ ބޭނުންވަނީ ވަކި ކަމެކޭ.. ޔޫޝައު މިހާރު ޔަމްހާއަށް ގޮތެއް ހަދަން މަސައްކަތް ކުރޭ އެބަ..” ސުދާ ހީލިއެވެ. އެގަޑީގައި ސުދާ އާއި ޔޫޝައު ވެގެން ހަމްނާ ރަނގަޅަށް ހައްލާލިއެވެ. އެރޭ ގެއަށް ދިޔައިރު އެއީ ކުރީގެ ހަމްނާއެއް ނޫނެވެ. މުޅިން އާ ހަމްނާ އެކެވެ.
މިއަދު ހުން އައުމުގެ ސަބަބުން ޔަމްހާއަށް ހަވީރު ސައިކަލް ދުއްވާލާކަށް ނުދެވުނެވެ. ރޭގަނޑު ކެއުމަށްފަހު ބޭސް ކައިގެން ޔަމްހާ އެނދުގައި އޮށޯތެވެ. އޭސީ ނިވާލާފައި ފަންކާ ޖަހައިގެން ނުކްޝާން ޔަމްހާގެ މަގަތުގައި އިށީނދެ ނިއްކުރީގައި ފިރުމަން ފެށިއެވެ.”ނުކް އަހަރެން އެހާ ބައްޔެއް ނޫނޭ.. އޭސީ ޖައްސަބަލަ އެހެން ނޫނީ ނުކްއަށް ހޫނު ވެދާނެ.” ޔަމްހާ ދެލޯ ހުޅުވާލިއެވެ.”އޯކޭ ވާނެއޭ.. ދެން ނިދާލާ.. ކަމެއް ބޭނުން ވިއްޔާ ބުނައްޗޭ..” ނިއްކުރީގައި ފިރުމަމުން ނުކްޝާން ހިނިތުންވިއެވެ. އެ ލޮލުގައިވާ އޯގާތެރިކަމާއި އަޅާލުން ޔަމްހާއަށް އިހުސާސް ވިއެވެ. ނުކްޝާން ދެކެ އޭނަ ލޯބި ވާ ވަރަށް އޭނަ ދެކެ ވެސް ނުކްޝާން އެވަރަށް ލޯބިވޭ ހެއްޔެވެ؟ ނުކްޝާންގެ ޚިޔާލު ތަކުގައި އޮށްވާ ޔަމްހާއަށް ނިދުނެވެ. ޔަމްހާއަށް ނިދުމުން ނުކްޝާން ވެސް ޔަމްހާ ކައިރީގައި އޮށޯވެ ނިދިއެވެ.
ހެނދުނު ހޭލައިގެން ރެޑީ ވެގެން ނުކްޝާން ބޭރަށް ނިކުތް ވަގުތު ލަމާން ގުޅަން ފެށިއެވެ.”އޭ ބްރޯ. ހުސް ކޮޓަރިއެއް ލިބިއްޖެ..” ފޯނު ނެގުމުން ލަމާން ބުންޏެވެ.”ދެން ބޭނުމެއް ނޫނޭ.. ނަސީބެއް އެދުވަހު ނުހޯދުންކަން. އެހެން ނޫނީ އަބަދު އުޅެން ޖެހޭނީ ރުޅި ހަދައިގެން..” ނުކްޝާން ކާގެއަށް ވަތް އިރު ޔަމްހާ ކާން ހަދަނީއެވެ.”ޕިސް ޕިސް ޕިސް.. މަ އެހާ ވަރުން ހޯދީމަ ތިއީތަ ވާންވީ ގޮތަކީ.. ތިއެއް ނޫނޭ.. ވަރަށް އަވަހަށް ދާނަން ރަށަށް.. ބޮޑަށް ހީވަނީ މާދަމާ ނޫން އަނެއް ދުވަހުހެން.” ލަމާން ހީލަމުން ބުންޏެވެ. ނުކްޝާން ލަމާން އާއި ވާހަކަ ދައްކަމުން ކާމޭޒު ކައިރީގައި އިށީނެވެ. ކާން ހަދާފައި ޔަމްހާ ނުކްޝާން ކައިރީގައި އިށީނެވެ. އެވަގުތު ނީކިޔާ ވެސް އައެވެ.”ޔޫޝައު އަދި ނުހޭލާ ކަންނޭނގެ..” ގޮނޑި ދަމާލާފައި އިށީންނަމުން ނީކިޔާ ބުންޏެވެ.”ޔަމް ނިދަން ދާނީ ޔޫޝައު އަށް ކާން އަޅާފަ އިނގޭ.” ނުކްޝާން ޔަމްހާ އާއި ދިމަ ބަލާލިއެވެ. ބޯ ޖަހާލާފައި ޔަމްހާ ކާންފެށިއެވެ.
ނުކްޝާން މެން ދިއުމުން އަވަހަށް ސައި ހަދާފައި ކޮޓަރިއަށް ޔަމްހާ ވަނެވެ.”ކޮންމެ ދުވަހަކު ތިހެން ކޮޓަރިއަށް ވަދެ އޮންނަންތަ ތި އުޅެނީ.. ދޮރު ހުޅުވާ އެހެން ނޫނީ މި ދޮރު ހަލާކު ކޮށްލާނަން.” ޔޫޝައު ހުރީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. އިރުކޮޅަކު އެހެން ހަޅޭއްލަވާފައި ޔޫޝައު ދިޔައެވެ. ދެން ނާންނާނެ ކަމަށް ހީކޮށް ޔަމްހާ ފުން ނޭވާއެއް ލާފައި ބޭސް ކޮތަޅު އިންތޯ ބަލާލިއެވެ.”އަޅޭ..” ސައިޑް ޓޭބަލް މައްޗަކު ބޭސް ކޮތަޅެއް ނެތެވެ. ގޭތެރޭގައި ހިމޭންކަން އޮތުމުން ޔަމްހާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ބޭސް ކޮތަޅު އިނީ ސޯފާ މަތީގައެވެ. ހިތް އަވަސް ވެފައި އެ ކޮތަޅު ބަލައި ދާން ހިނގައިގަތް ވަގުތު ޔޫޝައު އައިސް ޔަމްހާ ހިފެހެއްޓިއެވެ.”ޔޫޝައު ނޫން.” ޔަމްހާ ދަމާފައި ގެންގޮސް ޔޫޝައުގެ ކޮޓަރިއަށް ވެއްދިއެވެ. ޔަމްހާ ގަދަހަދަން ފެށުމުން ޔޫޝައު ބޭނުންވާ ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ޔޫޝައު ފޯނު ރިންގްވާންފެށީ އެގަޑީގަ އެވެ. ފުރުސަތަކަށް ބަލަ ބަލާ ހުރި ޔަމްހާ އަވަސް އަވަހަށް ބޭސް ކޮތަޅު ނުލާ ކޮޓަރިއަށް ވަނެވެ.”މިގަޑީގަ ގުޅަން ޖެހޭތަ؟؟ ކާމިޔާބު ވާން އުޅެނިކޮށް ތި ފަނި ހެދީ..” ސުދާއަށް ހިތްހަމަ ނުޖެހިފައި ޔޫޝައު އެއްޗެހި ގޮވައިގަތެވެ.”ނޭނގޭނެނުން.. ޔޫޝައު މިއަދު ނުގުޅާތީ ކިހިނެއްތޯ ވީ ބަލާލަން މި ގުޅި..” ހިތްހަމަ ނުޖެހިފައި ސުދާ ބުންޏެވެ.
ސުދާ އާއި ވާހަކަ ދައްކާފައި ފޯނު ކަނޑާލުމުން ޔޫޝައު އަވަސް އަވަހަށް ގޮސް ޔަމްހާގެ ކޮޓަރީގައި ޖަހަން ފެށިއެވެ. ބޭސް ކޮތަޅު ނުލާ ވަދުމުން އަދި ނިކުންނާނެ ކަމަށް ހީކޮށްގެން ޔޫޝައު ސޯފާގައި އިށީނެވެ. ނަމަވެސް ނުކްޝާންމެން އަންނަ ގަޑި ޖެހުން އިރު ވެސް ޔަމްހާއެއް ނުނިކުތެވެ.”ޔޫޝައު ކިހިނެއްވީ؟؟.” އެއްވެސް ކަމެއް ނުކޮށް އިންތަން ފެނުމުން ނުކްޝާން އެހިއެވެ. ކަމެއް ނުވެއޭ ބުނެފައި ޔޫޝައު ޓީވީ ހުޅުވާލިއެވެ. ތަޅުލާފައި ހުރުމުން ޑަބަލް ކީ އިން ނުކްޝާން އެ ދޮރު ހުޅުވީ އިރު ޔަމްހާ އަށް އޮތީ ނިދިފައެވެ. ދޮރު ލައްޕާލަމުން ޔަމްހާ ކައިރިއަށް ގޮސް ހުން ހުރިތޯ ބަލާލި އިރު ވަރަށް މަޑެވެ. ފެންވަރައިގެން އައިސް ޔަމްހާއަށް ގޮވަން ހިތުލައިގެން ނުކްޝާން ފާޚާނާއަށް ވަނެވެ.”އޭ ޔަމް.. ހޭލަބަލަ ނުދާނަންތަ ސައިކަލް ދުއްވާލަން؟؟” ޓީޝާޓެއް ލަމުން ނުކްޝާން ޔަމްހާއަށް ގޮވާލިއެވެ. ދެފަހަރު ގޮވާލުމުން ޔަމްހާ ލޯ ހުޅުވާލާފައި ތެދުވިއެވެ.”އާދޭ ފެންވަރައިގެން. ނީކް މިހާރު ސައި ހަދާނެ.” ލޯބިން ބުނުމަށްފަހު ނުކްޝާން ކޮޓަރިން ނިކުތެވެ.
“ނީކް އިނގޭތަ ލައްމު އަންނާނެ އޯ މާދަން ނޫން އަނެއް ދުވަހުން.” ނީކިޔާއަށް ހީވީ ލަމާން ދެކެ އޭނާ ލޯބިވާކަން ނުކްޝާން އިނގުނު ހެންނެވެ.”އެހެން..” ހިތް އަވަސް ވެފައި ނީކިޔާ ބުންޏެވެ. ޔޫޝައު އާއި ޔަމްހާ ކާގެއަށް ވަނީ އެކުއެކީގައެވެ. ޔަމްހާ ގޮސް ނުކްޝާން ކައިރީގައި އިށީންއިރު ވެސް ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާ މިރަށަށް އައީ އެންމެ ދުވަހަކުން އެކަން ނިމޭނެ ކަމަށެވެ. ކުރިން ރީތިކޮށް ޔަމްހާ އޭނާއަށް ދިން ގެއްލުންތައް ކިޔާދިންނަމަ ވަކިވާނެ ކަން ޔޫޝައުގެ ހިތް ބުންޏެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. ޔަމްހާގެ ކިބައިން ބަދަލު ހިފުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޔޫޝައު ބޭނުން ވިއްޔާ އެ ފޮޓޯތައް ލީކް ކޮށްލެވިދާނެ އެވެ. ނަމަވެސް ޔަމްހާގެ ދިރިއުޅުން ހަލާކުކޮށް އެންމެން ކުރިމަތީގައި ބޭޒާރު ކުރުމުން ނޫނީ ޔޫޝައުގެ ހިތެއް ނުފުރޭނެއެވެ.”ނުކް ޔަމް އާ އެކީ މަޖާ ކުރަން ކުއްޖެއް ގެންނަން ހިނގާބަލަ.. ޔޫޝައު އަކީ ފިރިހެން ކުއްޖެއް ވީމަ ޔަމްހާއަށް ފަހަރެއްގާ އުނދަގޫ ވެދާނެ ދޯ..މިހާރު ވެސް ގިނައިން ޔަމް އޮންނަނީ ކޮޓަރީގަ.” ނީކިޔާ ބުނި ވާހަކައިން ޔޫޝައު ހީކުރީ އޭނަ ކުރަން އުޅޭ މަސައްކަތް ނީކިޔާއަށް އިނގި އެކަން ހުއްޓުވަން އުޅުނު ހެންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


