“ޔަމް މޮޔަވީތަ.. ކީއްވެގެން އެހެން ހެދީ.. ކާކު ބުނީ.. ނުކްޝާންތަ.. އެހެން ހަދާކަށް ނުވާނެއްނު..” ހޮސްޕިޓަލުން ގެއަށް އައި މަގުމަތީގައި ނީކިޔާގެ ސުވާލުތަކާ ޔަމްހާއަށް ކުރިމަތިލާން ޖެހުނެވެ.”ކަމެއް ނުވޭ..” ޔަމްހާ ހިނިތުންވެލިއެވެ.”ބަޓް.. ދެން އެކަހަލަ ކަމެއް ނުކުރާތި ޕްލީޒް..” ނީކިޔާ ތުން ފިއްތާލިއެވެ.”ހޫމް.” ހިނިތުންވުމުގައި ހުރެ ޔަމްހާ ޖަވާބު ދިނެވެ.”އެނީވޭސް އިނގޭތަ.. ނަވް މެން އަންނަން އެބަ އުޅޭ..” ނީކިޔާ އުފަލުން ބުންޏެވެ.”އަސްލު؟؟އަޅޭ ކޮން އިރަކުން؟؟” ޔަމްހާ ހިތް އުފަލުން ނަށާލިއެވެ. ދެން ޔޫޝައު އާ އެކީ އެކަނި އުޅޭކަށް ނުޖެހޭނެތާއެވެ.”ނޭނގެ.. އައި ތިންކް ނެކްސްޓް ވީކް ހޯމަ ހާއިރު.. މިއަދު މީ ހޮނިހިރެއްނު.. އަދި ދެ ދުވަހެއް އެބަ އޮތް..” ވިސްނާލަމުން ނީކިޔާ ޖަވާބުދިނެވެ.”ހެއި ނީކް.. މީޓް މީ އެޓް ކިޑްސް ޕާރކް.” ގެއަށް ވަދެވަދެ ހުއްޓައި ލަމާން މެސެޖް ކޮށްލިއެވެ. ހިތް އަވަސް ވެފައި ހުރެ ނީކިޔާ ހިނގައިގަތީ ލަމާން އެބުނާ ތަނަކަށް ދިއުމަށެވެ.

 

**23 ވަނަ ޕާޓު**

 

ގެއަށް ވައްދާފައި ނީކިޔާ ދިއުމުން ޔަމްހާ ވާނުވާގައި ހުރެ ގޮސް ސޯފާގައި އިށީނެވެ. އެގަޑީގައި ޔޫޝައު އާއި ނުކްޝާން ލެޕްޓޮޕް ނަގައިގެން ކޮންމެވެސް މަސައްކަތެއްގައި ތިއްބެވެ. ޔަމްހާ އައިކަން އެމީހުންނަށް ނުވެސް އިނގޭ ފަދައެވެ. ބޮލުގަ ރިއްސުން ފަށާފައިވާތީ އެމީހުންނަށް ސަލާމުކަން ނުދީ ޔަމްހާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ހެޑްސެޓް އާއި ފޯނު ހިފައިގެން ގޮސް އެނދުގައި އިށީނެވެ. އަތުގައި ބެންޑޭޖް އަޅާފައިވާތީ ހެޑްސެޓް ޖެހުނީ އުނދަގުލާ އެކީއެވެ. ޔަމްހާއަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބެނީ ލަވަ އަޑުއަހައިގެންނެވެ. ލަވައަކީ ޔަމްހާގެ އެންމެ ގާތް އެކުވެރިޔާ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެލޯ މަރާލައިގެން އެނދުގައި އޮށޯވެ ލަވަ އަޑުއަހަމުން ދިޔައިރު ލޮލަށް ސިފަވަމުން ދިޔައީ އޭނަ ކުރީގައި އުޅެވުން ގޮތެވެ. އެ ލަވަ އަކީ ވެސް އެ މާޒީއާ ގުޅޭ ކަހަލަ ލަވައެކެވެ. ފުން ނޭވާއެއް ލަމުން ޔަމްހާ ނުރޯން ހިތްވަރު ކުރިއެވެ.

 

ނީކިޔާ ޕާކަށް ދިޔައިރު ލަމާން ދެއަތް ޖީބަށް ޖަހާލައިގެން އިންތިޒާރުގައި ހުއްޓެވެ.”ކިހިނެއްވީ..” ހިނިތުންވަމުން ނީކިޔާ ލަމާން ކައިރީގައި ހުއްޓުނެވެ.”އަހަރެންގެ މަންމަ ބަލިވެގެން މިރޭ މިއުޅެނީ ބޭރަށް ފުރަން.. މިކޮޅުން ބުނީ ސީރިއަސް މައްސަލަ އެކޭ.. ނީކް.. އެއްވެސް ކަމެއް ދިމާ ވެއްޖެއްޔާ ނުބުނެ ނުހުންނާތި.. ޓޭކް ކެއަރ.. މިރޭ އަށެއްގެ ފްލައިޓުން ދާނަން..” ކުރެހިފައިވާ އަޑަކުން ލަމާން ބުންޏެވެ.”ލަމާން..” ނީކިޔާއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ޖެހި ހެންނެވެ.”އަންނާނަން މަންމަ ރަނގަޅު ވާހާ އަވަހަކަށް.. އަދި.. އަދި ވަރަށް ބޮޑު ވާހަކަ އެއް ވެސް އައިސް ބުނާނަން.. އުންމީދު ކުރަން އެ ވާހަކައަށް އިންތިޒާރު ކުރާނެ ކަމަށް..” ނީކިޔާ އާއި ލަމާން ހަތަރުކަޅި ހަމަވިއެވެ. އޭރު ނީކިޔާގެ ދެލޯ ވަނީ ތެމިފައެވެ.”ލޯބީ ކަމް އޯން.. މުޅި އުމުރަކަށް ނޫނެއްނު މިދަނީ.. ދެން ނުރޯތި.. އައިމް ގޮނަ މިސް ޔޫ.. ލަވް ޔޫ ސޯ މަޗް..” ސަމާސާއަކަށް ހަދާފައި ލަމާން ގަދަކަމުން ހީލަމުން ބުނީ ތެދެވެ. ދެއަތް ދެފަރާތަށް ދަމާލަމުން ލަމާން އަންނާށޭ ބުނާފަދަ ގޮތަކަށް ހުއްޓުނެވެ.”ޑާލިންގ ހަގް ވެސް ނުކުރާނަންތަ..” ލަމާން މިގަޑީގައި ވެސް އޭނަ އުފާކުރަން ކުރާ މަސައްކަތް ފެނުމުން ކަރުނައިގެ ތެރެއިން ނީކިޔާ ހީލިއެވެ. އަދި ލަމާންގެ ގައިގައި ބާރަށް ބައްދާލިއެވެ.

 

“ދަނީ އިނގޭ.. ނުކް ކައިރީ ބުނާނީ ފްލައިޓަށް އަރާފަ.. އޭރުން ރަތަށް އަރާނެ އޭނަ..” ނީކިޔާ ގެއިން ދޫކޮށްލަމުން ލަމާން ބުންޏެވެ. ލަމާން ގެއަށް ދާން ފެށުމުން ނީކިޔާ ވެސް ހިނގައިގަތެއެވެ. ކުއްލިގޮތަކަށް ލަމާން ދުރަށް ދާން ޖެހުމުން ނީކިޔާ ހަޤީގަތުގައި ވެސް ދެރަވިއެވެ. ގެއަށް އައި އިރު ޔޫޝައު ފެންނާކަށް ނެތެވެ.”ކޮންތާކުން ތި އައީ.” ނުކްޝާން ލެޕްޓޮޕުން ނަޒަރު ވަކިކޮށްލިއެވެ.”ބޭރުންނުން.. ނުފެނޭތަ.” ކޮޓަރިއަށް ވަންނަމުން ނީކިޔާ ޖަވާބު ދިނެވެ.”ކާކާ އެއްކޮށް؟” ނުކްޝާން ކޮޅަށް ތެދުވެ ނީކިޔާ ފަހަތުން ކޮޓަރިއަށް ވަންނަން އުޅުނެވެ. ނީކިޔާ އުޅުނީ ދޮރު ލައްޕަންށެވެ.”ބުނެބަލަ ކީއްވެފަ ތިހިރީ.” ތަޅުގައި ހިފާ އެތެރެއަށް ކޮށްޕަމުން ނުކްޝާން އެހިއެވެ. އެހާ ދެރަވާނެ ކަމެއް އަދި ނުވެއޭ އަމިއްލަ ނަފްސު ކައިރީ ބުނަމުން ނީކިޔާ ހިނިގަނޑެއް ޖަހާލިއެވެ.”މީހަކު ޕްރޭންކެއް ހެދިޔަސް މީނަ ހެއްލޭނެ.” ލާނެއް ވައްތަރެއް ޖައްސާލަމުން ނީކިޔާ ބުންޏެވެ.”ސާބަސް.” ހީވި ގޮތެއް ކަމަށް ނިންމަމުން ނުކްޝާން އަލުން ލެޕްޓޮޕް ހިފައިގެން ކޮޓަރިއަށް ވަނެވެ.

 

“އޭސީ ރިމޯޓް އިންތަނަށް ލާން ނޭނގެނީތަ.. މީ ޔަމްހާގެ ގެއެއް ނޫނޭ ބޭނުން ގޮތަކަށް އުޅޭކަށް..” ލެޕްޓޮޕް މޭޒު މަތީގައި ބަހެއްޓި ގަޑީގައި ނުކްޝާން އަށް އޭސީ ރިމޯޓް ފެނުނެވެ.”އަހަރެން..އަތަށް ތަދުވާތީ..” ޔަމްހާ އިސްޖަހާލިއެެވެ.”އަތަށް ތަދުވާނީ ވެސް އަމިއްލައަށް ކުރި ކަމަކުން ދޯ.. ކަލޭ ޖެހޭތަ މޮޔަ ވެގެން އަތަށް ކަތުރު ހަރަން އެނ؟؟” ނުކްޝާން ދެބުމަ ގޮށްޖަހާލިއެވެ. ޔަމްހާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ނުކްޝާން އެ ބުނީ ތެދެއްކަން އިނގޭތީއެވެ.”ދެން އެހެނެއް ނަހަދާނަން.. ސޮރީ” ކުޑަކުއްޖެއްހެން ޔަމްހާ މަޢާފަށް އެދުނެވެ. އޭނައަށް ރަނގަޅަށް ހަމަ އެއް ކަމެއް ވެސް ނުކުރެވެނީ ހެއްޔެވެ؟ ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ކަމެއް ކުރަން އުންމީދު ކުރި ނަމަވެސް ނުކްޝާން އަށް ކަމުދާ ހަމަ އެއްގޮތެއް ނޯވެއެވެ. އެންމެ ރަނގަޅު ވާނީ މިގެއިން ދިއުމެވެ. އޭރުން ނުކްޝާން އަށް ކޮންމެދުވަހަކު އޭނައާއި ދިމާއަށް ހަޅޭއްލަވާކަށް ނުޖެހޭނެއެވެ. ޔަމްހާ އެހެން ވިސްނާލިއިރު ހިތުގައި ރިހުމެއް އުފެދިއްޖެއެވެ.

 

ނީކިޔާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އިރު ފެންކަޅި ވެއްޖެއެވެ. އޭނާއަށް ލަމާން ދެކެ ލޯބި ވެވުނުކަން އިނގެއެވެ. ނަމަވެސް މިހާ ވަރު ވާނެ ކަމަކަށް އުންމީދެއްވެސް ނުކުރެއެވެ. ލަމާން ބޭރަށް ގޮސް ރީތި އަންހެން ކުއްޖެއް ފެނިގެން އޭނައާއި ރައްޓެހިވެއްޖެއްޔާ ނީކިޔާއަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. ލަމާންއަށް ލިބޭ ކޮންމެ ހިތާމައަކީ އޭނަގެ ވެސް ހިތާމައެއް ފަދައެވެ. މިއަދު އެ ރީތި މޫނުމަތިން ފެނުނު މާޔޫސްކަން ނީކިޔާގެ ހިތް ތޮރުފާލިހެން ސިކުންތަކަށް ހީވިއެވެ. އެހާ ވެސް ބޮޑަށް ނީކިޔާއަށް ލަމާން ދެކެ ލޯބި ވެވިއްޖެއެވެ. ލަމާން ލޯބިވާ އަންހެން ކުއްޖެއް ހުންނަކަން އިނގުނު ދުވަހު ނީކިޔާ ބޭނުންވީ ހިތް ފުރޭ ވަރަށް ލަމާން ކުރިމަތީ ރޯންށެވެ. ލަމާންއަށްޓަކާ ހިތުގައި އުފެދިފައިވާ ހުރިހާ އިހުސާސެއް ބަންޑުން ކޮށްލަންށެވެ. އަނެއްކާ ލަމާން ބުނަން އުޅުނީ ކޮން ވާހަކައެއް ބާއެވެ؟ ނީކިޔާ ކަރުނަތައް ހިންދާލާފައި ތެދުވެ އެނދުގައި އިށީނެވެ.

 

“ޒާއި ހިނގާބަލަ މާދަމާ ފުރަން.. އޭރުން ސަޕްރައިޒް ވާނެ އެމީހުން ވެސް..” ހެދުންތައް ފޮށްޓަށް އަޅަމުން ނަވްޔާ ވާހަކަ ދެއްކިއެވެ.”ހޫމް.. ހާދަ އަވަހަކަށް ދާން ތި އުޅެނީ.. ކޮން ކަމެއް ލައިގަތީ އަނެއްކާ..” އެއް މިޔަކުނުން ހީލަމުން ޒާއިފް އެހިއެވެ.”ކަމެއް ނުވެއޭ..” ނަވްޔާ ތުން އޫކޮށްލިއެވެ. ދެފަރާތަށް ބޯ ހޫރާލަފައި ހެމުން ޒާއިފް ގަޔަށް ސްޕްރޭ ޖަހާލިއެވެ.”ދެން ތި ބަހައްޓާފަ އާދެބަލަ ބޭރަށް..” ފޯނު ޖީބަށް ލަމުން ޒާއިފް ދޮރު ހުޅުވާލިއެވެ. އޭރު ވައި ގަދަ ވާން ފަށައިފިއެވެ.”ވާރޭ ވެހެން އެއުޅެނީ..” އަތްދަބަސް އަޅުވާލަމުން ނަވްޔާ ޒާއިފް އަތުގައި ބައްދާލިއެވެ.”އެ މައްސަލަ އެއްތަ.. ވާރޭ ވެހުނެކޭ ކިޔާ އަހަރެމެން ގޭގަ ހުންނާކަށް ނުޖެހޭ ދޯ.” އެއްލޯ މަރާލަމުން ޒާއިފް ދޮރު ތަޅުލާފައި ސައިކަލަށް އަރިއެވެ. ނަވްޔާ ވެސް ޒާއިފްގެ ފަހަތަށް އެރިއެވެ.”އައިމް ސޮރީ ނަވް.” ސައިކަލަށް އަރާފައި ޒާއިފް މަޢާފަށް އެދުނެވެ.”ކޮން ކަމެއް.. އޯހ.. މިއަދު މަގޭ ގަޔަށް ފުށް އެތި އަޅާލީމަ؟ނޫނީ މަގޭ ހެދުމަށް ފެން އެޅީމަ؟؟..” ނަވްޔާ ހެމުން އެހިއެވެ.”އެއީ ލޯބިން ކޮށްލާ ސަމާސާތަކޭ ނަވް.” ޒާއިފް ހިނިގަނޑެއް ޖަހާލިއެވެ. ނަވްޔާ ދެލޯ އަޅާލާފައި މޫނު އަނބުރާލިއެވެ.

 

އަނެއް ދުވަހު ޔަމްހާގެ އަތް ހަލާކު ވަފެއި ވުމުން ސައި ހެދީ ނީކިޔާއެވެ. އާދައެއް ފަދައިން ޔޫޝައު މިއަދު ވެސް އިންތިޒާރު ކުރަމުން ދިޔައީ ނުކްޝާން މެން ދާނެ އިރަކަށެވެ. ޔަމްހާއަށް މިއަދު ވެސް ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ.”ހައި ބޭބީ..” ނުކްޝާން މެން ދިއުމުން ގެ ތަޅުލާފައި ޔޫޝައު އައިސް ޔަމްހާ އާއި ޖެހިގެން އިށީނެވެ.”ޕްލީޒް.. ކޮންމެ ދުވަހަކު ތިގޮތަށް އުޅެންތަ ތި ވިސްނަނީ ޔޫޝައު..” މަޑުމައިތިރި އަޑަކުން ޔަމްހާ އެހިއެވެ.”ހޫމް.. މަގޭ ބޭނުން ފުރިހަމަ ވަންދެން މަ އުޅޭނަން މިހެން..” ހީލަމުން ޔޫޝައު ބުންޏެވެ. ޔަމްހާ ކޮޓަރިއަށް ވަންނަން އުޅުނެވެ.”ދޭ.. އަވަހަށް ދޭ.. މަގޭ އަތުގަ ފޮޓޯތަށް އެބަ ހުރި..” ނުލަފާ ގޮތަކަށް ހެމުން ޔޫޝައު ސޯފާއިން ތެދުވިއެވެ. ޔަމްހާ ދެލޯ ބޮޑުވިއެވެ.”ޔޫޝައު ނޫން ޕްލީޒް ޕްލީޒް..” ޔަމްހާ އާދޭސް ކުރަމުން ޔޫޝައުގެ ކުރިމައްޗަށް އެރިއެވެ.”ކޮން އާދޭހެއް ކުރާކަށް؟ އެހުރިހާ ފޮޓޯތަކެއް ލީކް ކޮށްލާނަން!” ޔޫޝައު ސޯފާގައި އިށީނދެ ފޯނު ހާވާލަމުން ފޮޓޯއެއް ދައްކާލިއެވެ. ބަނޑާ ހިސާބަށް އަރާ ކުރު ކުރު ތުނި ޓީޝާޓަކާއި ކުރުކޮށް ބާރުކޮށް ހުރި ތުނި ސޯޓުގައި އެ އިނީ ޔަމްހާ ނޫން ދެވަނަ މީހެއް ނޫނެވެ. އެތުގައި ސިގިރެޓެއް ވެސް އޮތެވެ. ދެން ވެސް ޔޫޝައު ދެއްކީ އެކަހަލަ ފޮޓޯތަކެވެ. އެއިން ކޮންމެ ފޮޓޮއެއްގައި ވެސް ފެންނަން ހުންނަނީ ޔަމްހާއެވެ. އެންމެ ފަހު ފޮޓޯގައި ޔަމްހާގެ ގައިގައި އެއްވެސް އަންނައުނެއް ނެތެވެ.

 

“ހެޔޮނުވާނެ.. ފޯރ ގޮޑްސް ސޭކް ތި ލީކް ނުކޮށްލާ ޑިލީޓް ކުރޭ ޕްލީޒް!!..” ޔަމްހާ ހިންދިރުވާލާފައި އެދުނެވެ.”އޯހ ޕްލީޒް.. މަ ވެސް ބުނީމޭ ފޯރ ގޮޑްސް ސޭކް ، ތިހެން ނުހަދާށޭ.. އެދުވަހު މި ކަންފަތަށް އަޑު އިވުންތަ..؟؟ ނީވޭ! ދެން މަ ކީއްކުރަން ކަލޭ ދައްކާ ވާހަކަ އަޑުއަހަންވީކީ..” ޔޫޝައު ޔަމްހާގެ ކަންފަތުގައި ހިފާ ބާރުކޮށްލިއެވެ.”ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެ.” ޔަމްހާ ދެލޯ ފެންކަޅިވިއެވެ.”އިނގޭ.. ޔަމްހާއަށް ދެ ގޮތް އޮތް..މަ އެހެން ނަހަދާށޭ ކިޔާ އާދޭސް ކުރީމަ ހުއްޓާލިނަމަ މިހެނެއް ނުވީސް.އެކަމް އަމިއްލައަށް ކުރި ކަމަކުން ތިއޮތީ ބެދިފަ.. ކޮންމެ ގޮތެއް ހަދާފައި ވެސް މަށަށް ހަމަ ޖެހުމެއް ނުލިބޭނެ ކަލެއަށް ކަމެއް ނުކޮށްލެވޭ ހިނދަކު..” ރަތްވަމުން ދިޔަ ދެލޮލުން ޔޫޝައު ޔަމްހާއަށް ނަޒަރެއް ދިނެވެ. ޔަމްހާ ފުން ނޭވާއެއް ލަމުން ދެލޯ މަރާލީ އެއީ ތެދެއްކަން އިނގުމުންނެވެ.”އެންމެ ރަނގަޅު.. ޔޫޝައު މަ މަރާލާ..” ޔަމްހާ ޔޫޝައު އާއި ދިމަ ބަލާލިއެވެ.”އުހުނ.. މަރާލީމަ މަށޭ ދާނީ މުޅި އުމުރަށް ޖަލަށް.. މި ލީކް ކޮށްލިޔަސް ހާދަ ބޮޑު ވަރެކޭ އެ ކޮށްލެވުނީ..” ޔޫޝައު ފޯނުން އަތުގައި ދެތިން ފަހަރު ޖަހާލިއެވެ.

 

“ސަޕްރާއިޒް!!” އެހެން އެތައް އިރަކު ތިއްބައި ޔޫޝައު އާއި ޔަމްހާ ސިހުނީ ނަވްޔާގެ އަޑަށެވެ.”އޭ ބްރޯ ހާދަ ކުރިންނޭ..” ޔޫޝައު ނޫންކަމަށް ހަދާލާފައި އައިސް ޒާއިފް އާއި ސަލާމް ކޮށްލިއެވެ.”ސަޕްރައިޒް ކޮށްލާ ހިތްވީއޭ.. ނީކްމެން ނެތް ދޯ.. ހީކުރީ މިހާރު ގޭގަ ހުންނާނެ ކަމަށް.. އެހެރަ ތިނެއް ޖަހަނީ ވިއްޔަ..” ނަވްޔާ އަތްދަބަސް ދޫކޮށްލަމުން ސޯފާއަށް ވެއްޓިގަތެވެ.”އަންނަވާހަކަ ބުނިނަމަ ކާއެއްޗެއް ހަދަން އިނގޭނީ ވެސް.. މިހާރު ހެނދުނު ސައި ހަދާފަ ދެން ހަވީރު ސަޔާ ރޭނގަޑު ކެއުން އެކަނި ހަދަނީ ނަވް މެން ނޫޅޭތީ..” ޔަމްހާ ހިނިތުންވެލިއެވެ. އެމީހުން ވާހަކަ ދެއްކި ގޮތުން ދެންމެ މިތާ ކަމެއް ހިނގި ހެނެއް ހިޔެއް ވެސް ނުވެއެވެ.”އޯކޭ ވާނެއޭ.. އެހަށް ދަނީ ނިދާލަން.. ވަރަށް ވަރުބަލި..” ޒާއިފް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.”މީނަ ކަންނެތް ކަމުން ވެސް މީހަކު ބޯގޮވާނެ..” ނަވްޔާ ދެލޯ އަޅާލާފައި ބަދިގެއަށް ވަނެވެ.”ދެން އެއީ މައްސަލަ އެއްތަ؟” ޒާއިފް ބަދަލުގައި ބުންޏެވެ.”އެންމެ ރަނގަޅޭ ދެން ހުއްޓާ! މިކަން ކުރިއަށް ގޮސްފިއްޔާ ނުނިމޭނެ ކަންނޭނގެ..” ޔޫޝައު ހެމުން ކޮޓަރިއަށް ވަނެވެ. ނަވްޔާ ވެސް ފެންބޮއިގެން ޒާއިފްއަށް ކުދިކިޔަމުން ކޮޓަރިއަށް ވަދެގެން ދިޔައެވެ. ޔަމްހާ އަށް ހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ. ދެން ޔޫޝައުއަށް ކޮންމެ ދުވަހަކު ބްލެކްމެއިލެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ފޮޓޯތައް ލީކް ކޮށްލާނެ ކަމުގެ ބިރު ޔަމްހާގެ ހިތުގައި އުފެދުނެވެ.

 

“އެ ލައްމު ވެސް ހާދަ ކުއްލިއަކަށޭ އެ ދިޔައީ.. އަނެއްކޮޅުން އޭނަ މަންމަ އަކީ އެހާ ބަލި މީހެއް ވެސް ނޫން.. ކުއްލިއަކަށް ހުރެފަ އެހެން ދިމާވީމަ މަ ވެސް ހައިރާންވެއްޖެ..” ގޭތެރެއަށް ވަންނަމުން ނުކްޝާން ނީކިޔާ އާއި ވާހަކަ ދެއްކިއެވެ. ލަމާން ވާހަކަ ފެށުމުން ނީކިޔާ ހިމޭންވިއެވެ.”ކޮން އިރަކުންބާ އޭނާ އަންނާނީ..” ގޭގެ ދޮރު ހުޅުވާލަމުން ނުކްޝާން އެތެރެއަށް ވަނެވެ. އެ ގޭތެރޭގައި އާދަޔާ ހިލާފަށް އަޑުމަޑެވެ. ބަދިގޭގައި މީހަކު އުޅޭ އަޑު ފިޔަވައި އިތުރު އަޑެއް ނުވެސް އިވެއެވެ. މިގަޑީގައި އުޅޭނީ ޔަމްހާކަން ނުކްޝާން އަށާއި ނީކިޔާއަށް އިނގެއެވެ.”ޔޫޝައު ކޮބައިބާ..” ނީކިޔާ ދެބުމަ ކައިރިކޮށްލައިގެން ހުރެ އެހިއެވެ.”ނޭނގެ..އެ ވާނީ ކޮޓަރީގަ ކަމަށް..” ނުކްޝާން އެހެން ބުނި ވަގުތު ނަވްޔާއާއި ޒާއިފްގެ ކޮޓަރި ދިއްލާފައި ހުރިތަން ފެނުނެވެ. އެއީ ޔޫޝައު ކަމަށް ހީކޮށް ނުކްޝާން ބަލާލީ އެ ކޮޓަރިއާއި ދިމާއަށެވެ. އެވަގުތު ޔޫޝައު ދޮރު ހުޅުވާލާފައި ނިކުތެވެ.”ނަވްމެން އައީތަ؟؟” ވާނުވާގައި ހުރެފައި ނުކްޝާން އެހިއެވެ. ޔޫޝައު އާނއެކޭ ބުނުމުން ނީކިޔާ ގޮސް ދޮރުގައި ތަޅަން ފެށިއެވެ.

 

“އޯއިކޭ .. ކިހިނެއް ވީ؟؟” ދޮރު ހުޅުވާލަމުން ނަވްޔާ އަހާލިއެވެ.”ނުވެސް ބުނެ އައީމަ..” ނީކިޔާ ތުން ދަމާލަމުން ފަހަތަށް އެނބުރުނެވެ.”އެއަށް ކިޔަނީ ސަޕްރައިޒް އޭ މޮޔަޔާ.. ކޮބާތަ މާނު..އޭނާގެ އަސްލު ނަން ބުނެބަލަ..” ދޮރު ލައްޕާލަމުން ނަވްޔާ ކޮޓަރިން ނިކުތެވެ.”އެއީ ސިއްރެއް..” ޝަހާދަތް އިނގިލީގައި ދަތް އަޅާލަމުން ނީކިޔާ އިސްޖަހާލިއެވެ.”އުނހު ބުނޭ!” ނުކްޝާން އަނގަ ހަދާލިއެވެ.”ނުޖެހޭ ބުނާކަށް.. ދެން ދަނީއޭ ފެންވަރަން މިހާރު ސައި ހަދާ ނިމޭނެ..” ނީކިޔާ ހެވިފައި އޭނާގެ ކޮޓަރިއަށް ވަނެވެ. ނީކިޔާ ފެންވަރާލައިގެން އައިސް ކާގެއަށް ވަނެވެ. އޭރު އެންމެން ހަމައަށް ތިއްބެވެ. އެކި ވާހަކައިގައި ކައި ނިންމާލައިގެން ބޭރަށް ނިކުތީ ފިނިކޮށްލަންށެވެ. ނަމަވެސް ނުކްޝާން ޕޮލިސް ސްޓޭޝަނަށް ދާން ހިނގައިގަތެވެ.”އޭއި ކަލޭ ކޮންތާކަށް؟؟” ނަވްޔާ އެހިއެވެ.”ޕޮލިސް ސްޓޭޝަނަށް..މަ އަދި އެބައޮތޭ ކުޑަ ކަމެއް ނިންމަން..” ހީލަމުން ނުކްޝާން ހިނގައިގަތެވެ.”އެ ތެދެއް.. އައިސްކޯން ބޯން ހިނގާބަލަ..” ފޯނުން ގަޑި ބަލާލަމުން ނީކިޔާ އެދުނެވެ.

 

އައިސްކޯން ހިފައިގެން ޔޫޝައު ދުރަށް ޖެހުނީ ކޯލެއް އަންނަން ފެށުމުންނެވެ.”ނީޝީ ކިހިނެއް ހަދައިދޭންވީ..” ޔޫޝައު ދެފަރާތް ބަލާލަމުން އެހިއެވެ.”ސުދާ ލައްވައިފިން.. އޭނާއަށް އިނގޭނެ ކަންނޭނގެ ދޭތެރެ ޖައްސަން.. ޔޫޝައު އެކަންޏެއް ނުވާނެ އިނގޭ މިހާރަކު..ސުދާ އަށް ގުޅާލައިގެން ރަނގަޅަށް މަޝްވަރާ ކޮށްފަ މަށަށް އަންގާލާ..” އެކޮޅުން ވާހަކަ ދެއްކި ނީޝާ ބުންޏެވެ.”ހްމްމް.. ޕްލޭން ކާމިޔާބު ވާ ގޮތެއް ނުވޭ.. މިއަދު އެ ނަވްޔާ މެން ވެސް އައީ.. އެކަމް އެމީހުން އައުމުގެ ކުރިން ބްލެކްމެއިލް ކުރިން..” ޔޫޝައު އައިސްކޯންކޮޅެއް ބޯލިއެވެ.”ޔަމްހާއަށް ލަނޑެއް ދީފަ ނުކްޝާން އަށް އަންގާ އޭނަ ކުރި ހުރިހާ ކަމެއް.. އޭރުން ނުކްޝާން ޔަމްހާ ދޫކޮށްލާފަ އަންނާނެ މަގޭ ކައިރިއަށް.. އެ ސުދާ އަކު ވެސް ބޭނުން ވަނީއޯ ނުކްޝާން އެކަމް މަށެއް ހަމަހޭގައި ހުރެގެން އޭނާއަށް ލިބުނަކަ ނުދޭނަން..” ނީޝާ ރުޅިއައިސްފައި ބުންޏެވެ.”ހޫމް ދެން ރުޅި މަޑު ކުރޭ.. ތި ކިޔާ ސުދާއެއްގެ ނަމްބަރ ދީބަލަ..” ޔޫޝައު އެދުނެވެ. ވައިބަރ އިން މި ފޮނުވަނީ ކަމަށް ބުނެ ނިޝާ ފޯނު ކަނޑާލިއެވެ. ނީޝާ ހީކޮށްގެން ހުރީ ޔަމްހާ އައި ނުކްޝާން އުޅެނީ ވަރަށް އުފަލުގައި ކަމަށެވެ. ކިރިޔާ ޔަމްހާ އޭ ކިޔައިގެން ނޭދޭވޭ ވާހަކައެއް އިވުނަސް ނުކްޝާން ޔަމްހާ އާއި ވަކިވާނެކަން އެމީހުންނަކަށް ނޭނގެއެވެ. ޚުދު ޔޫޝައު އަށް އެއް ގެއެއްގައި އުޅޭއިރު ވެސް އެކަން ނޭނގެއެވެ. އިނގޭނަމަ ހުރިހާ ރޭވުމެއް ނުރާވާ ޔަމްހާގެ މާޒީ ކިޔާދިނުމުން ނީޝާ އާއި ސުދާ އަދި ޔޫޝައު ބޭނުންވާ ކަންތައް ވީއެވެ.

 

އިރުއޮއްސި އަނދިރި ވުމުން ނުކްޝާން ގެއަށް ދާން ނިކުތެވެ.”ހަމް؟؟ކޮންތާކަށް؟؟” ހަމްނާ ފެނުމުން ނުކްޝާން އެހިއެވެ.”މިހިރި ފިހާރައަށް..” ކުރިމަތީގައި ހުރި ފިހާރަ ދައްކާލަމުން ހަމްނާ ބުންޏެވެ.”އެހެންތަ.. ހެހެ އެމީހުންގެ މައްސަލަ ނިންމަން މިގަޑީގަ މި އައީ.. އަދި އެބަ ޖެހޭ އެމީހުންނާ ދިމާއަށް ދާން..” ގަޑި ބަލާލަމުން ނުކްޝާން ހީލިއެވެ. ހަމްނާ ވެސް ހީލާފައި ފިހާރައަށް ވަނެވެ. ނުކްޝާން ގެއަށް ދާން ހިނގައިގަތެވެ.”އަދި ނުވޭ އަންނާކަށް..” ނުކްޝާން ގެއަށް ވަދުމާއެކީ ނަވްޔާ ބުންޏެވެ.”ދާންވީތަ އަލުން..” ކޮޓަރިއަށް ވަންނަމުން ނުކްޝާން ހީލިއެވެ. އޭރު ޔަމްހާ އިނީ ނީޝާ އާއި ވާހަކަ ދައްކަންށެވެ. ފަހަކަށް އައިސް ނީޝާ މާ ގާތްކޮށް އުޅޭތީ ޔަމްހާ ޝައްކު ކުރުން ހުއްޓާލީއެވެ. ނީޝާ ބަދަލުވީ ކަމަށް ނިންމައިގެންނެވެ.

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!