އަނޫކް ބުނި ރެސްޓޯރެންޓްއަށް ދިޔައިރު އެމީހުން ތިބީ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގައި މޭޒެއްގައި ޖައްސާލައިގެންނެވެ.ލަޔާލީ ފެނުމުން އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ.އޭނާއެކޭ ދިރުމެއް ނެތް މަސްގަނޑެކޭ އެއްވަރެވެ.ވަޅުވަދެފައިވާ ދެލޮލެވެ.ކުލަ އޮއްސިފައިވާ މޫނެކެވެ.ހުއްޓުން އަރާފައި އެއް ދިމާލަކަށް ބަލަހައްޓައިގެން އިން އިރު އެތަނުގައި އިތުރު ބަޔަކު ތިބިހެންވެސް އޭނާއަށް ހީނުވެއެވެ. **** ’ބޭބް….މިއޮއް އައީނުން ޒައިފްވެސް…ލެޓްސް އޯޑަރ ދޯ‘ އަނޫކް ލަޔާލީގެ ކޮނޑުގައި އަތް ވަށާލައި ކައިރިކޮށްލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި އޭނާ […]
ޒަޔާއާއިއެކު އަހަރެން ސިޓިންރޫމަށް ނުކުތްއިރު މަންމަ ވީ އުޒައިރުއަށް ގޮވަން ވަދެ އެކޮޓަރީގައެވެ.އިރުކޮޅަކުން މަންމަގެ ފަހަތުން ދެލޯ އުނގުޅަމުން ހުސްގަޔާ ހުރެ އުޒައިރު ނުކުންނާތީ ފެނުނެވެ.ޒަޔާ ގުޅި ފަހުން މާ ގިނައިރުތަކެއް ނުވެ ޒީވާ ވެސް އަތުވެެއްޖެއެވެ.އޭނާ ވިޔަފާރިކޮށްގެން ގެނައި ކޮތަޅުތައް ކޮޓަރިއަށް ލާފައި ނުކުމެ އަހަރެމެންނާއި ބައިވެރިވީ ވެގެން އުޅޭ އެއްވެސް ކަމެއްގެ ހިލަމެއްވެސް ނެތިއެވެ.އެކަން އޭނާ އެހާ ހަމަ ޖެހިލައިގެން އިން ގޮތުން އެނގެއެވެ. **** ’ހުރިހާ ކުދިން މިތާ އިށީނދެބަލަ…މަންމަ މި ދައްކާ […]
އުސައިދު…‘ މަންމަ އަހަންނާއި ދިމާލަށް ބަލައިލަމުން އެވާހަކަތައް ނުދައްކާށޭ ބުނާ ފަދައަކުން އުސައިދުއަށް ގޮވާލައިފައި ދެފަރާތަށް ބޯ ހޫރައިލިއެވެ. **** ’ވަރަށް ކެތްކޮށްފިން…ދެން ނުވާނެ… އަހަރެން މި މަޑުކުރީވެސް ޒައިފް މިކޮޅަށް އަންނަންދެން…ދެން އިތުރަކަށް އަހަރެމެންނަކަށް އޮޅުވައެއް ނުލެވޭނެ ޝާމާ.ހިތުން މަށަކަށް އެއްވެސް ކަމެއް ފަޅައެއް ނާރާނެވިއްޔާ ދޯ‘ އުސައިދުގެ އަޑުގައި މަޑުމައިތިރި ކަމެއް ނެތެވެ. **** ’އުސައިދު ކީކޭ ކިޔަންތަ ތިއުޅެނީ؟‘ މަންމަ ގާތަށްވެސް ރުޅި އައެވެ.ތިމާގެ ފަތިފުށް ހާމަވާން އުޅޭތީ ގޮތް ހުސްވެގެން […]
ޗުއްޓީއަށް ފަހު ޑިއުޓީއަށް ނުކުތްއިރު މަސައްކަތްތައް އޮތީ ފުނި ޖެހިފައެވެ.އަނެއްކޮޮޅުން ނިދި ހަމަ ނުވާތީ އަހަރެންގެ ބޮލުގައި ރިހެނީ އެހެން މިހެންނަކުން ނޫނެވެ.ކޮފީއެއް ބޯލާނަމޭ ހިތާ ތެދުވެފައި ފޯނު ޗެކު ކޮށްލި އިރު ޝާއީގެ އިތުރުން އުސައިދުގެ މެސެޖެއްވެސް ލިބިފައި އޮތެވެ.ޝާއީއަށް ޖަވާބު ދީފައި އަހަރެން އުސައިދުގެ މެސެޖު ބަލައިލީ ފޫހިކަމާއި އެކުގައެވެ.އެހެނަސް އެ މެސެޖު ކިޔާފައި އަހަރެން ދިޔައީ އެއްލިގެންނެވެ.ސުވާލުތަކުން ސިކުނޑި ފުނި ޖެހި ބޯ ހާސް ވިއެވެ.އަނެއްކާ އެއީ އުސައިދު އަހަންނާ ބައްދަލު ކުރަން […]
ކޮޓަރިއަށް ވަތް ގޮތަށް އަހަރެން ލައިގެން ހުރި އަންނައުނުތައް ގަޔާ ވަކިކޮށްލީމެވެ. އޭރު އެތައް ޚިޔާލުތަކަކުން އަހަރެންގެ ބޯ ވަނީ ހާސްވެފައެވެ. ސިކުނޑިއަށް ކުޑަވެސް ލުޔެއް ލިބޭތޯ އަހަރެން ބޭނުންވީ ފިނި ފެނުން ފެންވަރައިލާށެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ޝަވަރަ ދަށުގައި ހުއްޓި ފެން ދޫކޮށްލުމުން އޮހޮރިގެން އައި ފެންތައް އިސާހިތަކު އަހަރެން ތެންމައިލިއެވެ. **** އެގޮތުގައި ފަނަރަވަރަކަށް މިނިޓް ހޭދަވީ ފަހުން އަހަރެން ޝަވަރަ ބަންދުކޮށްލީ ފޯނު ރިންގުވެލި އަޑު އިވުނުހެން ހީވެގެންނެވެ.ޝާއީ އަށް […]
މާލެ އާދެވުމުން އައްޒާމް އާއި ނަޔާން އަހަރެމެންނާއި ވަކިވާން ޖެހުނެވެ. އައްޒާމު ބަލައި އައިސް އޭނާގެ އަންހެނުން ހުއްޓެވެ.އަހަރެމެން ވަކިވީ އެކަމާވެސް އައްޒާމުއާއި ވަރަށް ދިމާކޮށްލައިފައެވެ.ނަސީބަކުން އޭނާގެ އަންހެނުންނަކީވެސް ވަރަށް ކޫލް މީހެކެވެ. އަހަރެމެން ކީހާ އެއްޗަކަށް އޭނާވެސް ދޫނުކޮށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެމެންނާއި ވެސް ދިމާކުރިއެވެ. **** އަހަންނާއި އަނޫކް އެޕާޓްމަންޓްއަށް ދެވުމުން ފުރަތަމަވެސް ފެންވަރައި ތާޒާވެލައިގެން އަރާމުކޮށްލަން ޖައްސައިލީއެވެ.އެހެނަސް ޝާއީ ގާތުގައި އާދެވުނު ވާހަކަ ބުނެލަން އަހަރެން ބޭނުންވިއެވެ.ފޯނު ބަލައިލެވުނު އިރު ޝާއީގެ […]
(ގިނަ ދުވަސްތަކަކަށް ވާހަކަ މެދު ކެނޑުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.) ’ލަޔާ…ލަޔާ…‘ އަނޫކް ލަޔާލީގެ މޫނުގައި މަޑު މަޑުން ޖަހައިލިއެވެ.ޝާއީ ދުވެފައި ގޮސް ކާގެއިން ފިނި ފެން ފުޅިއެއް ހިފައިގެން އައިސް ލަޔާލީގެ މޫނުގައި ހާކަން ފެށިއެވެ.ލަޔާލީއަށް ހޭވެރިކަމެއްވާން އިރުކޮޅެއް ނެގިއެވެ.ހަމަ ހޭވެރިކަމެއްވީ އިރަށް ލަކީއޭ ކިޔައި އޭނާ ފެށީ ރޯށެވެ.އަހަންނަށް ބަލައިލެވުނީ ޝާއީގެ މޫނަށެވެ.އެ މޫނުމަތިންްވެސް ސިހުމުގެ އަސަރު ފެނުނެވެ.ވީ ގޮތެއް ސާފު ނުވިޔަސް ވީ ކަމެއް ވެގެން އެ […]
އާނ އެކެވެ. އެ ގުޅަނީ ޔާސިންއެވެ. ޖެހިލުންވެފައި ހުރެ ނޫރާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “އައްސަލާމް އަލައިކުމް.. އަޅުގަނޑަކީ ޔޫސުފް ޔާސިން.. މިންނު ހޮޓެލްސް ފަރާތުން.. ތިކޮޅާ ބައްދަލު ކުރެއްވުމަށް ވަޤުތުކޮޅެއް ހުސް ކުރެވޭނެތޯ؟” ނޫރާ ފޯން ނެގުމާއެކު ޔާސިން ވާހަކަ ދައްކަން ފެށިއެވެ. ޔާސިން އޭރުވެސް މަންސޫރު ދިން ސިޓީ އުރައިގެ އެތެރެއެއް ނުބަލައެވެ. ބޭރުގައި މާކެޓިން އެގްޒެކެޓިވް ނަންބާރ މިހެން ޖަހާފައި އިނުމުން އިތުރަށް ނުބަލާ ގުޅާލީއެވެ. ނޫރާ އަށް ޔާސިން އެގުޅީ […]
އަދުގެ ބަވަނަވެފައި މިވާ ދުނިޔޭގައި އޮންލައިންކޮށް ވިޔަފާރި ކުރުމާއި ފައިސާގެ އެހެނިހެން މުޢާމަލާތްތަކުގައި ޖާލު މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ކުރުމަކީ ނުހަނު ފަސޭހަ، އާދައިގެ ކަމެކެވެ. ނުހަނު ޢާންމުވެފައިވާ ކަމެއް ވެސް މެއެވެ. މިޒަމާނުގައި ފޯނާއި އެހެނިހެން ސުމޭކީ ވަސީލަތްތަކަށް ބަރޯސާވެގެން އަގުހުރި މުދަލާއި ދިރިއުޅުމަށް ބޭނުންވާ ޒަރޫރުތައް، އެވަސީލަތްތަކުގެ އަތްމައްޗަށް ދޫކޮށްލައިގެން ތިބެނީ ކިތައް މީހުން ހެއްޔެވެ؟ ލިބިދާނެ ފައިދާއަކާއި، ގެއްލުމަކާއި ވެއްޓިދާނެ އަނދަވަޅަކަށް މާބޮޑަށް ފިކުރު ހިންގައިލުމެއް ނެތިއެވެ. މިއީ އެކި މީހުންނަށް އެކި […]