އަހަރެން ޝާއީ ގާތުގައި ތައްޔާރުވާން ބުނީ އެރޭގެ ނުވައެއް ޖަހާކަށްހާ އިރަށެވެ.ދެ ނަމާދު ދޭތެރޭ އަހަރެން ޖޯލިފައްޗަށް ނުކުތް އިރު ޝާއީ ބަދިގެ ފަރާތުގައި ހަރަކާތްތެރި ވާތީ ފެނެއެވެ. އަހަރެން ޝާއީއޭ ކިޔައި ދެފަހަރަކު ގޮވައިލުމުން އޭނާ އައީ ކޮފީ ތަށްޓެއް ތައްޔާރުކޮށްގެން އެ ހިފައިގެންނެވެ. އަހަރެން ޝާއީއާއި ދިމާލަށް ނިތް އަރުވައިލުމުން އޭނާ ހިނިތުންވެލިއެވެ. **** ’ކިހިނެއްވީތަ؟ ދެން މިހާ ދުވަސްވީއިރު އަހަންނަށްވެސް އެނގޭނެއެއްނު މިގަޑީ ޒައިފް ކޮފީއެއް ބޭނުންވާނެކަން… ނޫންތަ؟‘ ޝާއީ ހީލާފައި ބުނެލިއެވެ. […]
ލަޔަކް އެއްޗެކޭ ނުބުނެ ލިލިއަންގެ އަތުގައި ހިފައިގެން އެތެރެއަށް ދެމިގަތެވެ.އެ މަންޒަރު ފެނިފައި ވަރަށް ހިތްވަރު ކޮށްގެން އިން ޝާއީއަށް އަނެއްކާވެސް އިތުރަށް ރޮވުނީއެވެ.ޝާއީއަށް ރޮވޭވަރުން ލަޔާލީ ހިތްދަތިވެގެން އައި ގޮތަށް އައިސް ޝާއީގެ ގައިގައި ބައްދައިލިއެވެ.ޝާއީވެސް ލަޔާލީގެ ގައިގައި ހިފައިގެން ފައި އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ހިތް ފުރެންދެން ރޯލިއެވެ.އެމަންޒަރު ބަލަން ކިތަންމެ އުނދަގޫވި ނަމަވެސް އަހަންނަށް ހުންނަން ޖެހުނީ ހަމަ ދުރުގައި ބަލާށެވެ. **** ޝާއީ ހަމައަކަށް އެޅުމުން އަހަރެމެނަށް ގެއާއި […]
އަނހާ އެކޮއޭ…‘ އަދާރާ ފެނުނުހާއިރަކަށް ރާމިޒާ ގޮވައިލައިފިއެވެ. ’ރާމިޒައްތާ… ކިފްލުމެން ދިޔައީތަ؟‘އެނގި ހުރެވެސް އަދާރާ އަހައިލިއެވެ. ’ނޫނޭ… ކިފްލު ވަރަށް ބޮޑަށް ހުން އައިސްގެން ޑޮކްޓަރަށް ދައްކަންވެގެން ސިއްހީ މަރުކަޒަށް އެ ދިޔައީ…‘ ރާމިޒާ ބުނެލިއެވެެ. ’އެހެންތަ؟…‘ އަދާރާގެ ނިތަށް ރޫ ގިނަވެލިއެވެ. **** ކިފްލުގެ ގައިގައި ހުރި ލައްތައް ޑޮކްޓަރަށް ދައްކާކަށް އޭނާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ޙުއްބާ އެކަމާ ވަރަށް ހިތްހަމަ ނުޖެހިގެން އުޅުނެވެ.އެހެނަސް ކިފްލު އެއްގޮތަކަށް ގޮތް ދޫނުކުރުމުން ސިއްހީ މަރުކަޒުތެރޭ ދެބަސް […]
އަހަރެން މަގުމަތީގައި ދެކޮޅަށް ހިނގާ ހިނގާ ހުއްޓާ ގިނަ އިރުތަކެއް ނުވެ ބާރު ސްޕީޑްގައި ލަޔާލީ އަންނާތީ ފެނިއްޖެއެވެެ.އޭނާ އައިސް އަހަންނާއި ގާތަށް ސައިކަލު މަޑުކޮށްލިއިރު އެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުރުމުން، ޝާއީ މިހާރު ލަޔާލީ އަށް ހުރިހާ ވާހަކައެއްވެސް ކިޔައިދީފިކަން އަހަންނަށް އެނގުނެވެ.އަހަރެން ފަހަތު ސީޓަށް އެރުމުން ލަޔާލީ އެންމެ ސިކުންތެއްވެސް މަޑު ނުކޮށް ސައިކަލު ދުއްވާލިއެވެ. **** ގެސްޓުހައުސްއާއި އަރާ ހަމަވަންދެންވެސް ލަޔާލީ އެއްވެސް ވާހަކައެއް ނުދައްކައެވެ.އޭނާ ވާހަކަ ނުދައްކާތީ […]
ކިފްލު ތަންކޮޅެއް އަޑު ހަރުކޮށް އަދާރާގެ ނަމުން ގޮވައިލުމުން އަދާރާ ނިކަން ފަސޭހައިން އޭނާއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.ކިފްލު ކުރިއަށް ޖެހިލައި، މަޑު މަޑުން އަދާރާގެ ނިތުގައި ޝަހާދަތް އިނގިލި ކުރި ޖައްސައިލިއެވެ.ކަނޑައިލި ރުކެއްހެން ވަގުތުން އަދާރާ އޭނާގެ އަތްދަނޑިމައްޗަށް ދެމިއްޖެއެވެ. **** އަދާރާއަށް ހޭވެރިކަމެއްވީ އިރު އޭނާއަށް ހުރެވުނީ ގޭ ދޮރުއަށި ކައިރީގައެވެ.ހަމަ ކުރިން ހެން އޭނާގެ ހަނދާނުގައި ހުރީ ކިފްލު އޭނާއަށް ދެއްކި މަންޒަރުތައް އެކަންޏެވެ. **** ’އަދާރާ އަވަހަށް އެތެރެއަށް ވަދޭ ދެން.އަހަރެން ވެސް […]
ބާބު 1 : އާދަޔާ ހިލާފު ބެރެބެދި ގަސް (1 ވަނަ ބައި) އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތު އަތިރިމަތީގައި ކުދިބަޔަކު ވައި މަޑި އަރުވަމުން ދިޔައެވެ. ހަމަ އެއާއި އިން ވެގެން އޮތް ގޮނޑުދޮށުގައި ހަރުފުރާގެ ކުދިންތަކެއް ކޮރަކަލި ބާނަމުން ދިޔައެވެ. އިރުގެ އަލިން މުޅި އުދަރެހަށް ވަނީ މަޑު އޮރެންޖު ކުލައެއް ގެނުވާފައެވެ. ހުދު ކުލައިގެ ކިރު ދޫނިތައް ހިނދުކޮޅަކަށް މިވަނީ މަޑު އޮރެންޖު ކުލައަށް ބަދަލު ވެފައެވެ. ވިއްސަކަށް ކިރު ދޫނި […]
ސުކޫލު ނިމުމާއެކު ރަނގަބީލުގެ އަނޑު މުޅި ޖަމާލުއްދީނުގެ ތެރެއަށް އިވިގެން ދިޔައެވެ. ހުރިހާ ކުދިން އަވަސް ވެގަތީ ސުކޫލުން ނިކުމެ ދިރިއުޅުމުގެ އެހެނިހެން ކަންތައްތަ އަަވަހަށް ފައްޓާށެވެ. ނަމަވެސް ރޮޒޭ ސުކޫލު ނިމުމުން އެންމެ އުފާވީ އޭނަގެ ބެސްޓީ ޖަންކޫކް އާއެކު ހިނގާފަ ގެއަށް ދެވޭތީއެވެ. ރޮޒޭ ޖަންކޫކް އަންނަން ދެން މަޑުކޮށްލައިގެން ހުރީ އެތާކައިރީ ހުރި ނިކަ ގަހެއްގެ ދަށުގައެވެ. ރޮޒޭ އެތާ ހުރިތާ 15 ވަރަކަށް މިނިޓު ފަހުން ޖަންކޫކް އެތަނަށް އައެވެ. “ގަޑި […]
ތިމާވެށި ހިމާޔަތްކުރުމަކީ މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެވެސް އެންމެ ބޮޑު އެއް އިސްކަމެވެ. ތިމާވެށި ހިމާޔަތް ނުކުރެވިއްޖެނަމަ، އިންސާނުންނަށް ދިރިއުޅެން ދަތިވެ، ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް: މިހާރު ދުނިޔޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކެވެ. މީގެ ސަބަބުން މޫދުގެ ލޮނުގަނޑު އުފުލި، ގިރުމުގެ މައްސަލަ އިތުރުވެ، ފެންބޮޑުވުމާއި ވިއްސާރައިގެ […]
ޝާއީ ބުނެލި ޖުމްލައިން އަހަންނަށް ޝޮކެއް ލިބުނު ނަމަވެސް، އޭނާ ރޯ ވަރުން އަހަންނަށް އެ ވަގުތު މާގިނައިން ސުވާލު ކުރާކަށްވެސް ނުކެރުނެވެ. **** ’ޝާއީ ހިނގާބަލަ އަހަންނާ އެކީ ޖޯލި ފައްޗަށް ޕްލީޒް‘ ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން އެންމެ ފަހުން ބުނެލީމެވެ. **** އަހަރެން އޭނާއާއި ތަންކޮޅެއް ގާތަށް ޖެހިލީ އެ ދެލޯ ފުހެދީ، ގެނެސް މޭގައި ފޮރުވާލަން އަހަރެންގެ ހިތް އެދުނު ވަރުންނެވެ.އެހެނަސް އެފަދަ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. **** ޝާއީ އަހަރެންގެ […]