“ތިދެން ނުހުރެ ކާން ފަށާބަލަ ދަރިފުޅާ! ކާފަގެ ނަވާ އާދޭ ކާފަ ކައިރި ގޮނޑިއަށް މާމަ މެދަށް ވާ ގޮތަށް އިންނަށް ދޫނީ!” ދުވެފައި ކަހަލަ ގޮތަކަށް ގޮސް ނަވާ އިށީނުމުން މާމަ ކާއެއްޗެހި އަޅައިދިނެވެ. މިއިން ދުވަހަކު ކާން ނުލިބޭހާ މީރުކޮން ކެވުމުން ރިޔާން އައި ރުޅިގަނޑުވެސް ވަޔަށް ބުރައިގެންދިޔައެވެ. ހަމަޖެހުމުގެ ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ދަތްޕިލާ ފެންނަވަރަށް ހިނިތުންވެލިއެވެ. ހަމަ އެނހިނދެވެ. މީހަކު ގޭގެ ބެލްޖަހާލިއެވެ. “ރިޔާން ދަރިފުޅު ދޭބަލަ […]
އަހަރެންގެ ހިތްވެސް އާ ފެށުމަކަށް އެދި ގޮވައެވެ.އަދި އެ ފެށުމަކީ ހައިދިން ކަމުގައި ވާން ވެސް އަހަރެންގެ ހިތް އެދެއެވެ.އެހެނަސް ކީރާ ހައިދިންދެކެ ލޯބިވާކަން އެނގިހުރެ ހައިދިންއަށް ފެހި ސިގްނަލެއް ދީ، ކީރާވެސް އާ ފެށުމަކަށް ކުރަމުން އައި އުންމީދުތައް އޭނާގެ އަތުން ނިގުޅައިގަންނާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.އެވަގުތު އަހަންނަށް ކުރެވުނީ ހަތަރުއަނގޮޅި ކަންމައްޗެއްގައި ހަތަރު ފަރާތުން ހައްޔަރުވެފައި ހުރި ކަހަލަ އުނދަގޫ އިހުސާސްތަކެކެވެ. **** ކީރާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.އަހަރެން މިއަދު […]
އާ ދުވަހެކެވެ. ލޯގަނޑު ކުރިމަތީ ބުރުގާ އަޅަން ހުރިއިރު އިރު ކޮޅު ކޮޅާ ގަޑިއަށް ބަލައިލައެވެ. ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ހެންނެވެ. މައިރީން އަކީ ވިސްނުން ތޫނު ކުއްޖެކެވެ. ގަދައަޅާ ކިޔެވުމަށް މަސައްކަތް ކުރާނަމަ މައިރީން ވެގެން ދާނީ ސުކޫލުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހޮވާލެވޭނެ ދަރިވަރަކަށެވެ. ” ރީން، އަވަސްކޮށްލައިގެން އާދޭ.” އެއިވުނީ ބޮޑުދައިތަގެ އަޑެވެ. މައިރީންގެ ހުރިހާ ވެސް މީހަކީ ބޮޑު ދައިތައެވެ. ބޮޑު ދައިތަގެ ވާހަކަތަކުން އިންގޭ ގޮތުގައި […]
ބާސިލަކީ ލީނިޔާގެ އަލަތު ލޯތްބެވެ. މިދުނިޔެއިން އެންމެ ލޯބިވި ފަރާތެވެ. އެކަމަކު އެގުޅުން ބޮޑުތަނުން މިވަނީ މިހާރު ހުއްޓިފައެވެ. އެއްވެސް ހާލެއްގައި މީ ލިނީ ވާން ބޭނުންވި ގޮތެއް ނޫނެވެ. ވާން އެދުނުގޮތެއްވެސް ނޫނެވެ. މީހެއްގެ އެހީއަށް އޯގާތެރި ބަސްތަކަށް ބޭނުންވި ދުވަހު އުޅުނީ ހަތަރުކަޅިވެސް ހަމަނުކުރާށެވެ. ބެލީ އަހަރެން ހުންނަށް ތާކުވެސް ނުހުރެވޭތޯއެވެ. އެހީވެދީ ހިތްވަރު ދިނީ މިލީހަމްއެވެ. ވަރަށް ބޮޑު ނިންމުމެއް ނިންމައިފީމެވެ. މިލީހަމްގެ އަމަލުތަކުން ބާސިލްދެކެ ލޯބިވާވަރު ހާމަވެއެވެ. މިވީހާ ދުވަހުވެސް މިއުޅެވުނީ […]
ގަނާގެ ޝިކާރައަކަށް ވުން އެއީ އަހަރެންގެ ކުށް ހެއްޔެވެ؟. ކުދިންގެ މަލާމާތުގެ އަމާޒު ފަތްގަނޑަކަށްވުން އެއީ އަހަރެންގެ ކުށް ހެއްޔެވެ؟. މައިންބަފައިން ދިރިހުރެ އެ މީހުންގެ އަޅާލުން ނުލިބުމަކީ އަހަރެންގެ މައްސަލަ ހެއްޔެވެ؟. ދިރިއުޅުމަކީ ކުޑައިރު ކުޅެން ގެންގުޅުނު ރާވާ ޕަޒްލް އެކޭ ވެސް ހިތަށް އަރައެވެ. ތަސްވިރު ފުރިހަމަ ކުރުމަށްޓަކައި އޭގެ އެކި ބައިބައިތައް ފުރިހަމަކޮށް ވަކި ތަރުތީބަކުން އަތުރަން ޖެހެއެވެ. ހަމަ މި ބީދާއިން ދިރިއުޅުމުގައި ވެސް އެކި މަރުޙަލާތައް ކަޑައްތުކޮށް ވަކި މިސްރާބަކަށް […]
މަޖަލާ ސަކަރާތުގައި ހަފްލާ ނިމިގެންދިޔަގޮތެއްވެސް ނޭނގެއެވެ. ކޮންމެ މީހެއްގެ މޫނުމަތީވެސް ވީ ނުފިލާކަހަލަ ހިނިތުންވުމެކެވެ. ކައިވެނީގެ ކޭކުފަޅައި އާއިލާއެކުގައި ފޮޓޯ ނެގިއެވެ. އޭގެ ކޮންމެ ފޮޓޯގަނޑަކީ ސާއިލްގެ ކައިވެނީގެ ރަމްޒީ ނިޝާނެއްކަހަލައެވެ. މިރޭގެ ހަނދާން އާކޮށްދޭނެ އަގުހުރި ހަދިޔާއެކެވެ. ދަތުރުގެ ކައިވެނީގެ ދުވަސް ދިޔައީ މިފަދަ ގޮތަކަށެވެ. ހަލަބޮލިކަމާއި ހާސްކަމާއި ހަމަނުޖެހުމާއެކުއެވެ. ވޭނާ ރިހުމާ ތަދު އިޚްސާޞްކޮށް ދެމުންނެވެ. ދެން ކުރިއަށް އޮތީ ދަތުރުގެ ފަހުދުވަސްތަކެވެ. އަންނަ އަންގާރަ ދުވަހު މާލެފުރަން ޖެހޭނެއެވެ. ހަފްތާއެއް ތެރޭ ކިޔެވުންވެސް […]
ޢީޝާލް މާލެއަށް އެނބުރި އައީ ވަރަށް ބޮޑު އުފަލަކާއެކުގައެވެ. އޭނާގެ ހިތް ފުރިފައިވަނީ ވިޝާން ދެކެވާ ލޯތްބާއި، އަންނަން އޮތް ދުވަސްތަކުގެ އުފާވެރި ހުވަފެންތަކުންނެވެ. އެހެންނަމަވެސް، މި ދުރު ދެމެދުގައި އޮތް ގުޅުމަށް ބޮޑު ގޮނޖެހުމެއް ކުރިމަތިލާނެކަމުގެ އިޙުސާސެއް އޭނާއަށް ކުރެވުނު ކަމަކަށް ނުވިއެވެ. ޢީޝާލް އާއި ވިޝާން، ކުރީގެ ފަދައިން ދުވާލަކު އެތައް ފަހަރަކު ވާހަކަ ދައްކައެވެ. އެކަމަކު ހަފުތާއެއް ފަހުން، ވިޝާންގެ އަޑުގައި ހާސްކަމެއް ހުއްޓެވެ. އޭނާ ދޭ ޖަވާބުތައް ކުރުވެ، ޢީޝާލްގެ މެސެޖުތަކަށް ޖަވާބު […]
ހަފްތާއެއް ވަންދެން ސުކޫލަށް ނުގެން ގޮސް ގޭގައި ނިވީ ގެންގުޅުނީމެވެ. އަހަރެންވެސް “ކުލިނިކު”ން މަސްދުވަހުގެ ޗުއްޓީއެއް ނެނގީމެވެ. ހާލަތު ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެދާނެއެވެ. މިއީ ޚަޔާތުގައި ލިބުނު އިބުރަތެކެވެ. މިދުވަހެއް ހިތަކުން ފިލައިގެން ނުމެދާނެއެވެ. މި ހަނދާނަކަށް އިރެއް ނޯއްސޭނެއެވެ. މި ގުޅުމަކަށް އަލްވަދާއެއް ނުކިޔޭނެއެވެ. މި މަންމައަށް ތި ދަރިފުޅު ނެތި ނޭވާއެއް ވެސް ނުލެވޭނެއެވެ. ތިއީ މި ހަޔާތަށް ރޯސަން ކަން ގެނެސްދޭ ފިނިފެންމަލެވެ. ދިރިހުރުމުގެ ރޫޚެވެ. އުންމީދެވެ. ތި ހަނދާނުގައި […]
ވިސްނަންވީ ކިހިނެއް ކަމެއް ޔަގީން ނުވެފައި،އަހަންނަށް އެއްފަހަރު ކީރާގެ މޫނަށް އަނެއްފަހަރު ހައިދިންގެ މޫނަށް ބަލައިލެވުނެވެ.އަހަރެންގެ ހިތް އިތުރަށް އަވަސްވެގެން ދިޔައީ ހައިދިން ނިތަށް ރޫ ގިނަކޮށްލައިގެން ހުރެ، ލޫކްގެ އަތުގައި ހިފާލައިގެން،ސީދާ އަހަރެމެންނައި ދިމާލަށް މިސްރާބު ޖެހިތަން ފެނިފައެވެ. **** ’އެހެހެ..ލޫކް ހާދަ ވަރެއް ހުރެއޭ ޑޭންއަށް…‘ އެމަންޒަރު ބަލަން ހެވި ދިލިފައި އިން ކީރާގެ ދުލުން ނުކުތް ބަސްތައް އިވިފައި އަހަންނަށް ކުއްލިއަކަށް ކީރާގެ މޫނަށް ބަލައިލެވުނެވެ.އޭނާ ހައިދިންއާ ދިމާލަށް ’ޑޭން‘ ގެ ނަމުން […]