Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (14)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 18, 2024 3 Mins Read
5 Comments

“ރުވާން މަރެއްނުވޭ. އޭނާ އަދިވެސް ދުނިޔޭގަ އެބަހުރި. އަޅުގަނޑުމެން އެ ސީންއަށް ދިޔަވަތުގު ރުވާންގެ ހޭ ހުރި. އެވަގުތު ރުވާން އަހަރުމެންނަށް ދިނީ ނޮކިޔާފޯނެއް. އޭގައި މަންމަގެ ނަމުން ޖަހާފައި ސޭވްކޮއްފައި އިންނަންބަރ މިއީ. އަވަހަށް ދުރުވޭ އިނގޭތޯ” އެހެން ބުނެ އެކޮޅުންފޯނު  ކަނޑާލިއެވެ. ދެމަފިރިންވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެވަގުތު ނޯޔާގެ ކޮއްކޮ ނީރާދުވެފައި އެގެއަށް ވަނެވެ.

“ދޮންތާ.. ދޮންތަބޭ.. މަގޭ.. މަގޭ ނަބީލް. ދޮންތާ މަގޭ ނަބީލް މަރައިފިއޭ” ރޮމުން ރޮމުން ނީރާ ބުނެލިއެވެ.

“އައްސަލާމު އަލައިކުމް. ތިއީ ރިޝްވާންގެ މަންމަތޯ؟” ފުލުހަކު ރިޝްވާންގެ މަންމަ، ރިޝްޔާއަށް ގުޅައިލިއެވެ.

“ލައްބަ. ވާލައިކުމް ސަލާމް” ރިޝްޔާ ސަލާމް ބަލައިގަނެފައި ބުނެލިއެވެ.

“ރިޝްވާން މިވަގުތުވީ ހޮސްޕިޓަލުގަ. ސީންއިން އަޅުގަނޑުމެންނަށް ރިޝްވާންގެ ހަށިގަނޑު ފެނުނު އިރުވެސް ރިޝްވާންގެ ފުރާނައެއްނެތް” އެކޮޅުން ބުނެލިއެވެ. ރިޝްޔާއަށް ހީވީ ދުނިޔެވެސް އެނބުރުން ހުއްޓުނު ހެންނެވެ.

“ކި…ކީކޭ؟” ރިޝްޔާއަށް އަހައިލެވުނެވެ.

“ލައްބަ. އަވަހަށް ހޮސްޕިޓަލަށް ދުރުވޭ އިނގޭތޯ” ރިޝްޔާ ލައްބައޭ ބުނުމުން އެކޮޅުން ފޯނު ކަނޑާލިއެވެ. ރިޝްޔާ އަވަސްވެގަތީ އަވަހަށް ހޮސްޕިޓަލަށް ދިޔުމަށެވެ.

ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރިޝްޔާއަށް ދިޔައީ ތަފާތު އިހުސާސްތަކެއް ކުރެވެމުންންނެވެ. ރިޝްޔާއަށް ރިޝްވާން ލިބުނީ ރިޝްޔާގެ އުމުރުން 20 އަހަރުގައެވެ. ރިޝްޔާއަކީ ދުވަހަކުވެސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނު ކުއްޖެއްނޫނެވެ. ނަމަވެސް ފުރާއުމުރަށް އެޅީން ސުރެ އެކި އުމުރުފުރައިގެ ފިރިހެން ކުދިންގެ ލޯތަށް ދިޔައީ ރިޝްޔާއަށްހުއްޓެމުންނެވެ. އެހެން އުޅުމުގެ ތެރޭގައި ރިޝްޔާގެ އުމުރުން 19 އަހަރުގައި ރިޝްޔާ ރޭޕްގެ ޝިކާރައަކަށްވެ ނަހަލާލަށް ބަލިވެއިނެވެ. ރިޝްޔާ ރޭޕްކުރި އިޒްޔާންއަށްވަނީ އޭނާއަށް ހައްގު އަދަބު ލިބިފައެވެ. ރިޝްވާން ދުނިޔޭގައިވީ ދުވަސްކޮޅުގައިވެސް އެންމެ ފަހަރަކުވެސް ރިޝްވާންއަކަށް އިޒްޔާން ފެނިފައެއް ނޯންނާނެއެވެ. ރިޝްޔާ ނޫނަސް ކިތަންމެ އަންހެން ކުއްޖަކުވަނީ އިޒްޔާންގެ ޝިކާރައަކަށް ވެފައެވެ. އެކަހަލަ ފިރިހެނަކާއި ރިޝްވާން ބައްޕަކިޔުއްވަން ބޭނުންނޫކަމުން ރިޝްޔާގެ އުފަން ރަށް ށ ފޯކައިދޫ ދޫކޮއް ފޮނަދޫއަށް ބަދަލުވީވެސް އެހެންވެގެންނެވެ. ނަމަވެސް މިއަދު ރިޝްޔާއަށް މިލިބުނީ ކޮންފަދަ ހިތްދަތި ޙަބަރެއްހެއްޔެވެ؟

“ޑަކްޓަރ.. ހައު އިސްހީ؟” ހޮސްޕިޓަލަށް ވަދެގެންއައި ނޯޔާއާއި ރަވާންއަށް ޑަކްޓަރު އެލެކްސް ފެނުމުން އެއްސެވެ.

“މިސްޓަރ ރުވާންވޯސް ސްޓަބްޑް އިން ހިސް ރައިޓްލެގް. ސަމް އޮފް ހިސް ނާރވްސްވާރ ސެވިއާރލީ ޑޭމޭޖްޑް. ވީ އާރ ގޮއިންގ ޓު ޕާރފޯމްއ ނިއުރޯފީ އޮން ހިމް. ބަޓް ސްޓިލް ދެއާރ އިސް އަ ޗޭންސް ފޯހިމް ޓުބީ ޑިސްއޭބަލްޑް. އޯލް ވީ ކޭން ޑޫ ނައު އިސް ޕްރޭ ފޯރ ދި ބެސްޓް” ޑަކްޓަރ އެލެކްސް ރުވާން ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު ރުވާންގެ ހަށިގަނޑުގައި ހުރި މެޝިނުތަކުގެ އަޑުގަދަވާންފެށިއެވެ.

“ޑަކްޓަރ. އެރެސްޓް!” ނަރުސްކުއްޖަކު ދުވެލާފައި ނިކުމެ އެލެކްސްއަށް އެޙަބަރު ދިނެވެ.

“ނޫން ނޫން ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު ސަލާމަތް ކޮއްދީ..” ގަބުކައިފައި ހުރި ނޯޔާ ކުއްލިއަކަށް ރޮއެގައިންފައި ކުރިއަށް ޖެހިލިއެވެ. ނަމަވެސް ނަރުސް ކުއްޖަކު އަހިސް ނޯޔާ ހުއްޓުވުމުން ނޯޔާއަށް މަޖުބޫރުވީ ހުއްޓިހުންނާށެވެ. ފަހަތުގައި ރުވާންހުރީ ކުރަންވީ ނުކުރަންވީ ކަމެއްނެތިފައެވެ.

“ނާރސް ޗެކް ހިސް ސައުންޑް” ކައިރީގައި ހުރި ނަރުސްކުއްޖާ ގާތުގައި އެލެކްސް ބުނެލިއެވެ.

“ނަތިންގ ޑަކްޓަރ..” ކަރުއެލުވާލާފައި އެކުއްޖާ ބުނެލިއެވެ.

“ގެޓް ދި ޑިފައިބްލެރޭޓާރ ރެޑީ އެންޑް ޗާރޖް ޓު 120 ޓު 200 ޖޫލްސް” އެލެކްސް އަނެއްކާވެސް ސީޕީއާރ ދިނުމައިގެން ކުރިއަށް ދިޔައެވެ.

“ރެޑީ ޑަކްޓަރ” ނަރުސް ކުއްޖާ ބުނެލިއެވެ.

“1،2،3 ޝޮކް! ޗެކް ހިސް ރިދެމްސް” ޑަކްޓަރު ބުނެލިއެވެ.

“އާރ.އޯ.އެސް.ސީ.. ހީއިސް ބެކް.. ހިސް ޕޯލްސްއާރ ނޯރމަލް ޓޫ” ނަރުސް ކުއްޖާ ބުނެލިއެވެ.

ބޭރުގައި ހުރި ނޯޔާއަށާއި ރަވާންއަށްވެސް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

ހަމައެވަގުތެވެ. ނިދިފައި އޮތް މިލްޔާއަށް ހޭލެވުނީ ޒީވާއަހިސް އޭނާއަށް ގޮވަން ފެށުމުންނެވެ.

“ހޫމް ކިހިނެއްތަވީ؟” އާފުރިލަމުން މިލްޔާއެއްސެވެ.

“މަންޖެދެންވެސް ނިދަންވީތަ؟؟ ކައިޝަން ވޯސް ސްޓަބްޑް ރޭގަ” ޒީވާ ބުނެލިއެވެ.

“ވަޓް؟ ކީކޭ؟” މިލްޔާ ކުއްލިއަކަށް ކޮޅައްޖެހުނެވެ.

“ޔެސް. ރޭގަ 3 ޕީޕަލް ވޯސް ސްޓަބްޑް. 2 މީހުން މަރު. އަދި މަރުވީކީ ކޮންބައެއްކަމެއް ނޭނގެ. ގައިމުވެސް ކައިޝަން މަރެއްނުވޭ. އަދިގައިމުވެސް. އެކަމަކު ކައިޝަންވެސް އޮތީ ވަރަށް ކްރިޓިކަލް ކަންޑިޝަންއެއްގަ. ހީ ވޯސް ސްޓަބްޑް ވާތުފައި ފަލަމަސްގަނޑުގަ. ﷲ އިރާދަ ކުރެއިވީތީވެ އެއްވިސް ނާރަކަށް ގެއްލުމެއްނުލިބޭ. ނަމަވެސް ލޭބޭރުވިލެއްގިނަ ކަމުން. މިހާރު ކައިޝަންއަށް ލޭ ހޯދާއެބަ…” ޒިވާ އޭނާއަށް އެނގިފައިވީ މިންވަރަށް ކިޔައިދިނެވެ.

“ޕްލީޒް ހިނގާބަ އަހަރެން ގޮވައިގެން” ކައިރީގައި އިން ފުރޮޅުލީގޮނޑި ދައްކާލަމުން މިލްޔާ ބުނެލިއެވެ.

މެރިފައި އޮތް ޔޫރާގެ ދެލޯ މަޑުމަޑުން ހުޅުވާލެވުނެވެ. ނަމަވެސް ހިނދުކޮޅެއްވަންދެން ޔޫރާގެ ފެނުންހުރީ ފުސްވެފައެވެ. ނަމަވެސް ގާތުގައި ހުރި އެލީންއާއި އިލްޔާގެ ގިސްލުމުގެ އަޑާއި އެކު ޔޫރާގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިނުތަކުން “ބީޕް” ގޮވާއަޑު ޔޫރާއަށް ދިޔައީ އެކޯވަމުންކަހަލަ ގޮތަކަށް އިވެމުންނެވެ.

“ޔޫރީ؟ ޔޫ އޯކޭ؟” އެލީންއަށް ޔޫރާގެ ހުޅުވިފައިއޮތް ދެލޯ ފެނުމުން އަވަސް އަވަހަށް އަހައިލެވުނެވެ.

“ކޮ..ބާ.. ކޮ..ބާ..ކޮބާ ރު..ރުވާ..ން؟” ޔޫރާ އަށް ފުރަތަމަވެސް އަހާލެވުނީއެހެންވެ.

“ރުވާންގެ ހާލުވަރަށް ދެރަ.. 2 ފަހަރު އެރެސްޓްއަކަށްވެސް ގޮއްސި.. މިހާރު ސާރޖަރީ ހަދަން އެތައްޔާރުވަނީ…” އެލީން ނުކެރިފައި ހުރެ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ކީކޭ؟؟ ކޮބާ… ކޮބާ.. ކޮބާ މަގޭ ރުވާން؟ ހެޔޮނުވާނެ އޭނަ ސަލާމަތް ކުރޭ. އެލީ.. ރުވާން މަރެއްނުވޭ. އޭނަދުނިޔޭގަ އެބަހުރި.. އެލީ” އެވަގުތު ޔޫރާގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިނުތަކުގެ އަޑުގަދަވާންފެށިއެވެ. ނޭވާ ކުރުވެ ހާސްވާން ފެށިއެވެ.

“ޑަކްޓާރ!!” އެލީންއާއި އެކު އިލްޔާވެސް އެއްއަޑެއްގައި ހެން ގޮވާލެވުނެވެ.

“ކޮބާތަ މަގޭ ދަރިފުޅު؟” ރިޝްޔާ ހޮސްޕިޓަލަށް ވަދެ ފުރަތަމަ ފެނުނު ފުލުސް އޮފިސަރު ކައިރީއެއްސެވެ. ކައިރީގައި ހުރި އަންހެން ފުލުހެއް ކައިރީގައި ރިޝްޔާ ގޮވައިގެން ދިޔުމައް އެ އޮފިސަރު އިޝާރާތްކޮއްލުމުން އެކުއްޖާ އިޝްޔާ ގޮވައިގެން ހިނގައިގަތެވެ.

“އަޅުގަނޑުމެންނަށް ޙަބަރު ލިބުނު ގޮތުގައި ރިޝްވާން އުޅުނީ އެއުރުގެ އަންހެން ކުއްޖަކު ރޭޕް ކުރަންވެގެން. އެކަން ކުރަން އުޅުމުގެ ތެރޭގައި އެހެން 3 ފިރިހެން ކުދިން އަހިސް އެކުއްޖާ ސަލާމަތް ކުރީ. އެ 3 ކުދިން ތެރެއިންވެސް އެކަކު ވަނީ ރިޝްވާންގެ އަތުން ނިޔާވެފަ. އަނެއް ދެކުދިން ފުރާނަ ހުރިނަމަވެސް ހާލު ވަރަށް ސީރިޔަސް” ރިޝްޔާއާއި އެކު ދިޔަ އޮފިސަރު ޝާރާ ކިޔައިދިނެވެ. ރިޝްޔާގެ ދެލޯބޮޑުވިއެވެ. ހިތަށް ތަދުވީ އޭގެ އިންތިހާއަށެވެ. ފުރަތަމަ ފަހަރަށް ރިޝްޔާއަށް ލިބުނީ “ރޭޕިސްޓް” އެއްގެ ދަރިއެކޭ ރިޝްޔާ ހިތައް އެރިއެވެ. ރިޝްޔާ ރޮމުން ދިޔަގޮތުން ޝާރާގެ ދެލޮލަށްވެސް ކަރުނަ ޖަމާވާންފެށިއެވެ.

“މިހާރު.. މިހާރު އެ އަންހެން ކުއްޖާ ކޮބާ؟” ހިނދުކޮޅެއްފަހުން ރިޝްޔާ އެއްސެވެ.

“ދުރުވޭ އަޅުގަނޑާއިއެކު” ޝާރާ ބުނެލިއެވެ. ޝާރާގޮސް ރިޝްޔާއަށް ޔޫރާއޮތް ކޮޓަރިދައްކާލިއެވެ.

“އެކޮއެ.. ކޮން ނަމެއް ކިޔަނީ؟” އެނދުމަތީގައި އޮތް ޔޫރާގެ އަތުގައި ހިފާލަމުން ރިޝްޔާ އެއްސެވެ.

“ޔޫރާ…. ތިއީ..؟” ޔޫރާ ސުވާލުގެ ނަޒަރަކުން އެއަންހެންމީހާއާއި ދިމާލަމުން އެއްސެވެ.

“މީ… މިއީ.. މިއީ ރިޝްވާންގެ މަންމަ.. އެކޮއެ.. ﷲ އަށްޓަކާ.. މަގޭ ރިޝްވާންއަށް ހެޔޮހިތުން މަޢާފްކޮއްދީ. ދައްތަ ރިޝްވާންގެ ފަރާތުން އެކޮއެ ކުރެން މާފަށް އެދެން. ދައްތަ ނެތިން ރިޝްވާން ދިފާއު ކުރާކަށްވެސް. ދައްތައަށްވެސް ރިޝްވާން ކަންކުރިގޮތެއް ކަމަކުނުދޭ. އެކަމަކުވެސް ހެޔޮނުވާނެ..” ރިޝްޔާ ރޮމުން ރޮމުން އާދޭސް ކުރަމުން ދިޔަގޮތުން ޔޫރާގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ.

“ދައްތާ.. އަހަރެން ރިޝްވާންއަށް މަޢާފް ކޮއްދޭނަން…” ޔޫރާ ބުނެލިއެވެ.

“ކަރެންޓް ޓައިމް، 6 އޭމް. ޕޭޝަންޓްސް ނޭމް ރުވާން އަހްމަދު ރަވާން. ވީއާރ ޕާރފޯމިންގ އަ ނިއުރޯފީ އޮން ހިސް ރައިޓް ލެގް. ހީ ވޯސް ސްޓަބްޑް އެއް ސަމްއޮފް އިސް ވެއިންސްއާރ ސެވިއާރލީ ޑެމޭޖްޑް. ސްކޭޕަލް..” ޑަކްޓަރ އެލެކްސް ސާރޖެރީ ފެށުމުގެ ކުރިން އެންމެނަށް އިވޭ ވަރަށް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިނެސްކަން ލޯބި (8)

Next

ޝަލީން 19

Next
November 18, 2024

ޝަލީން 19

Previews
November 18, 2024

ތިނެސްކަން ލޯބި (8)

5 Comments!

  1. Nawar says:
    November 18, 2024 at 5:27 am

    Mi part vx varah varah reethi..
    Nabeel kanneyge dhw dhn e maru v…
    Whn next

    1. shihaamaa ali shihaamaa ali says:
      November 18, 2024 at 5:47 am

      Hehe let’s see dhw dhn.. Nabeel ge vaahaka annaane part 16 ga.. In sha allah today part 15 adhi 16 vess kiyaalan libeyne

  2. cutie girl says:
    November 18, 2024 at 12:35 pm

    Mi part ves v reetbj masha allah
    curiously waiting for next part
    keep it up
    yoora and ruvaan gulhuvachey
    they both are made for each other

    1. shihaamaa ali shihaamaa ali says:
      November 18, 2024 at 12:50 pm

      Jazaakallah Khairan <3
      hehe ikrrrr

  3. gurrrrl says:
    November 18, 2024 at 12:49 pm

    btw mi part ves vrh reethi hama
    cant wait for next
    keep it up love you shiherr

Comments are closed.

Next Episodeބްލަޑް 2 (15)←


All Right Reserved!