Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (12)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 16, 2024 6 Mins Read
8 Comments

“އެލީ؟؟” އެލީން ފެންނަން ނެތުމުން ޔޫރާ ގޮވާލިއެވެ.

“އޭ އެލީ ދެން މަޖަލެއްނޫން އިނގޭ. ނިކުމޭ ދެން ފިލާ ނުހުރެ.” ޔޫރާ އަނެއްކާވެސް ގޮވާލިއެވެ. “އެ-” ތިންވަނަ ފަހަރަށްވެސް ޔޫރާ ގޮވަން އުޅުނެވެ. ނަމަވެސް އެވަގުތު ފަހަތުންއައި މީހަކު ޔޫރާގެ އަނގައާއި ނޭފަތްމަތީގައި ފޮތިގަނޑެއް އެޅުމުން އެކަމަށް ޔޫރާ ނުކުޅެދުނެވެ.

ހަމައެވަގުތެވެ. ކައިޝަން ދިޔައީ މިލްޔާގާތަށް ދިޔުމަށް ހޮސްޕިޓަލަށް ދިޔުމަށެވެ. ކަޅުކުލައިގެ ގަމީހަކާއިއެކު ކަޅުކުލައިގެ ޖީންސްގައި ހުރި ކައިޝަން ވަރަށް ސްމާރޓްކަމަށް ދައްކައެވެ. އިސްތަށިކޮޅުވެސް ރީތިގޮތަކަށް ހާވާލާފައިވީ އިރު އެއީ ކައިޝަންގެ އަސްލު އިސްތަށިކޮޅު ނޫންކަން ބުނަންވެސް ދައްޗެވެ. ކައިޝަންގެ ތުނބުގައި ސިނގިރޭޓެއް އިން އިރު، ހިނދުކޮޅުކޮޅުން އޭގެ ދުންތައް ފަޒާއަށް ދޫކޮށްލައެވެ.

ލަސް ހިނގުމެއްގައި ހިނގާލާފައި ދިޔަ ކައިޝަން ސިހުނީ ފޯނުން “ސައިރެން” އެއްކަހަލައިގެ އަޑުއިވުމުންނެވެ. އަތުގައި އޮތް ސިނގިރޭޓުގެ ހުޅުކޮޅު ނިއްވާއެއްލާލާފައި ކައިޝަންއަވަސް އަވަހަށް ފޯނު ނަގާ ބަލައިލިއެވެ. އެވަގުތު ކައިޝަންގެ ހިތުގެ ވިންދުއަވަސް ވާން ފެށިއެވެ.

“އަހަރެން މިއަދު ޔޫރާއަށް މިފަށް ދޭނަން. އޭނަ ކަރުގައި މިފަށް އޮއްވައި ޔޫރާއާއި ރިޝްވާން ކައިރިވެއްޖެނަމަ ކައިޝަން ފޯނުން އެލާރމް އަޅާނެ. އެހެންވެއްޖެ ނަމަ ވަގުތުން އަހަރެންނަށް ގުޅާ” ރުވާން އަތުގައި އޮތް ރިހިކުލައިގެފަށް ދައްކާލަމުން ރުވާން ބުނެލިއެވެ. އެފަށުގެ ފުލުގައި އިން ރަތްކުލައިގެ ހިތުގެ ބައްޓަމަށް އިން ފުލުގައި ފިރުމާލަމުން ރުވާން ނަބީލްއަށާއި ކައިޝަންއަށް ބަލައިލިއެވެ. ދެމީހުންވެސް ރުވާންއާއި އެއްބަސްވިއެވެ.

“އަހަރެންނަށްވެސް…” ނަބީލް ބުނެލިއެވެ. އެވަގުތު ރުވާންއަދި ކައިޝަންގެ ނަޒަރު ނަބީލްއަށް ހުއްޓުނެވެ.

“ޕްލީޒް. ލެޓް މީ ހެލްޕް” އަނެއްކާވެސް ނަބީލް ބުނެލިއެވެ.

އެދުވަސް މަތިން ހަނދާންވުމުން ކައިޝަން އަވަސް އަވަހަށް ހުރެވުނީ ކިހާ ހިސާބަކުތޯ ބަލާލެވުނެވެ. ކައިޝަންގެ ނަސީބުވެސް ރަނގަޅެވެ. ކައިޝަންއަށް ހުރެވުނީ އެލީންމެންގެ ކަންމަތީ ކައިރީއެވެ. ކައިޝަންގެ ފަޔަށް ކުއްލިއަކަށް އައިބާރާއި އެކު ގޮސް އެކަންމަތި ކައިރީ ހުއްޓުނެވެ.

“އޭ އެލީ ދެން މަޖަލެއްނޫން އިނގޭ. ނިކުމޭ ދެން ފިލާ ނުހުރެ.” ޔޫރާ އަނެއްކާވެސް ގޮވާލިއެވެ. “އެ-” ތިންވަނަ ފަހަރަށްވެސް ޔޫރާ ގޮވަން އުޅުނެވެ. ނަމަވެސް އެވަގުތު ފަހަތުންއައި މީހަކު ޔޫރާގެ އަނގައާއި ނޭފަތްމަތީގައި ފޮތިގަނޑެއް އެޅުމުން އެކަމަށް ޔޫރާ ނުކުޅެދުނެވެ.

ކައިޝަންގެ ދެލޯ ބޮޑުވިއެވެ. އެއީ ރިޝްވާންއެވެ. ހަމައެވަގުތު ހޭނެތިގެން ޔޫރާގެ ހަށިގަނޑު ރިޝްވާންގެ އަތްމައްޗަށް ތިރިވުމުން ރިޝްވާން ޔޫރާ އޭނާގެ އަތްދަނޑިމައްޗައްލައިގެން ގޮސް ކައިރީ އޮތް ކާރަށް އަރުވިއެވެ. ފެނިގެން ދިޔަ މަންޒަރުން ރިޝްވާން ޔޫރާއެގެންދިޔައީ ރަނގަޅު ނިޔަތަކު ނޫންކަން ޝައްކެއްނެތް މިންވަރަށް ކައިޝަންއަށް ޔަގީންވިއެވެ. ފޯނުނަގާ އަވަސް އަވަހަށް ކައިޝަން ރުވާންއަދި ނަބީލްއަށް އެހަބަރު ދިނެވެ.

އެލީންއަށް އެކުއްޖާއާއި އަރާހަމަވެނު އިރު ގަސްބޯ ދިމާލަށް ވަދެވިއްޖެއެވެ. ހަނދުވަރުދޭ ދުވަހެއްނަމަވެސް ގަސްތަށް ގިނަ ކަމުން ތަނެއްދޮރެއް އަދިވެސް އެލީންއަކަށް ނޭނގެއެވެ. އެހެންކަމުން އެލީން މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައެވެ.

ގަސްބޯ ދިމާލުން ނުކުމެވި އޭނާ އަތިރިމައްޗައްފޭބިއެވެ. އެލީންގެ ދެލޯ ވަގުތުން ބޮޑުވިއެވެ. ފެހި ކުލައިގެ ގަމީހަކާއިއެކު ކަޅު ކުލައިގެ ޖީންސްއެއްލައިގެން އެހުރީ އާދިން ނޫން އެހެން ދެވަނަފަރާތެއްނޫނެވެ. އާދިން މަޑުމަޑުން ހިނގާލާފައި ގޮސް މޫދަށް އެރުނެވެ. ކަކުލާހަމައަށް ލޮނުގަނޑު އެރި އިރުވެސް އާދިން ދިޔައީ ކުރިއަށްދަމުންނެވެ. އެހިސާބުން އާދިންއެދަނީ އަމިއްލައަށް މަރުވާންކަން އެލީންއަށް ރެއަކާލިއެވެ.

“އާދިން!!!!!!” އެލީން ހަށިގަނޑުގައި ހުރިހުރިހާ ބާރެއްލާފައި އެލީން ހަޅޭލަވައިގަތެވެ. ނަމަވެސް އާދިން ހަމަ ކުރިއަށް ދަނީއެވެ. އެލީންއަށް ކެއްވީ އެހިސާބަށެވެ. އެލީން ދުވެފައިގޮސް އާދިންގެ މެދުހަށީގައި ހިފާ މޫދުން އެރުވޭތޯ މަސައްކަތް ފެށިއެވެ.

“ދޫކުރޭ! އަހަރެން ބޭނުމެއްނޫން މިތާ އުޅޭކަށް. އަހަރެންދެކެ އެކަކުވެސް ލޯއިތްބެއް ނުވޭ. އަހަރެން ބޭނުމެއްނޫން ދެން ދުނިޔޭގަ އުޅޭކަށް. އަހަރެން ލޯބިވީ ހަމައެކަނި މިލްޔާދެކެ. މިލްޔާވެސް އަހަރެންނަށް އެދިނީ ދޯކާ. އަހަރެންދެން ދުނިޔޭގަ އުޅުމުގެ ބޭނުމަކީ ކޮބާ؟ އަހަރެންގެވެސް މޮޔަކަން މިއީ. އަހަރެން ވިހޭ މައިމީހަ އަހަރެންނަށް އަޅައިނުލި އިރު ކާކު ދެން އަހަރެންނަށް އަޅައިލާނީ؟!” އާދިން އެލީން ދުރުކުރަމުން ބުނެލިއެވެ. އެލީން އާދިންއާއި ދިމާލަށް ބަލައިލީ ކަރުނައިން ފުރިފައިވީ ނަމަވެސް، ރަހުމުގެ ލޮލަކުންނެވެ.

އާދިންއަކީ އާދިންގެ މަންމަ އިޒްހާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އިޒްހާ އާދިންއަށް ބަލިވެއިނީ ނަހަލާލަށެވެ. އޭރު އިޒްހާގެ އުމުރުން އެންމެ 16 އަހަރެވެ. އިޒްހާއަށްވެސް އިޒްހާ ބަލިވެ އިނީ ކާކުގެ ދަރިއަކަށް ކަމެއްބުނާކަށް ހަގީގަތުގަ ނޭނގެއެވެ. އިޒްހާ ބަލިވެއިންކަން އެނގުމުން އިޒްހާގެ މަންމަ، އިޒްނާ އިޒްހާ ގެއިން ބޭރުކުރީއެވެ. ބަލިވެ އިންދުވަސްކޮޅުވެސް އިޒްހާ އާމްދަނީ ހޯދީ ހަށިވިއްކައިގެންނެވެ. ބަނޑުގައި އޮތް ކުޑަކުޑަ ފުރާނައަށް ބަލައިނުލާ ހިތުހުރި އެއްޗައިކައިހަދާ އުޅުމުގެތެރެއިން އިޒްހާގެ ބަނޑަށް 7 މަހުގައި ބަނޑުގައި ރިއްސާތީވެ އިމާރޖެންސީކޮށްވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެދުވަހު އިމާރޖެންސީ ސީ ސެކްޝަންއެއްހަދާ އާދިންގެ ދެލޯ ދުނިޔެއަށް ހުޅުވާލިއެވެ. 18 އަހަރުނުވާ ކުޑަ ކުއްޖެއްކަމުން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެފައި އަލުން ހަމަ ދާން ޖެހުނީ އިޒްނާގާތަށެވެ. އިޒްހާ އުޅޭގޮތުން ފޫހިވިނަމަވެސް އާދިންއަށް އިޒްނާދިޔައީ ވަރަށް ލޯބިދެމުންނެވެ. އިޒްހާގެ ފަރާތުން މައިވަންތަކަމުގެ އެއްވިސް އަޅާލުމެއް ލޯއިތްބެއް އާދިންއަކަށް ލިބިފައެއްނެތެވެ. ކުޑަކުޑަ އާދިން ބަނޑުހައިވެގެން ރޮއެ ހޭރުނު އިރުވެސް އާދިން ހުސްބަނޑާ ބޭއްވީ އިޒްހާގެ ރީތީ ހަށިގަނޑު “މުޑުދާރު” ވާނޭ ކިޔާފައެވެ. ކުޑަކުޑަ އާދިން މަންމަގެ ލޯއިތްބަށް ފެންބޮވައިގަންފައިވީއިރު ވެސް އިޒްހާދުވީ އިޒްހާގެ އެދުންތަށް ފުއްދުމަށެވެ. ނަމަވެސް އާދިންގެއަށް 8 މަހުގައި އެޗް.އައި.ވީގެ ޝިކާރަކަށްވެ އިޒްހާވަނީ މިދުނިޔެއާއި އަލްވަދާއުކިޔާފައެވެ. އެދުވަހުން ފެށިގެން އާދިންބެލީ އިޒްނާއެވެ. ނަމަވެސް އާދިންއަށް 12 އަހަރުގައި ވަނީ ހާރޓްއެޓޭކްއެއްޖެހި ނިޔާވެފައެވެ. އެދުވަހަށްފަހު އާދިންބެލީ އިޒްނާގެ އެންމެ ގާތްއެކުވެރިޔާކަމުގައިވާ، އެލީންގެ މަންމަ އިލްޔާއެވެ. އެލީންއާއި އާދިންގެ ދެމެދު އެކުވެރިކަން އުފެދުނީއޭރުން ފެށިގެންނެވެ.

“އަހަރެން ނުޖެހޭނެ އެލީއަކަށް އަހަރެންގެ ޕާސްޓް ކިޔައިދޭކަށް. ޔޫ ނޯ އިޓް އޯލް. އަހަރެންދެކެ ލޯބިވާ އެކަކުވެސް މިދުނިޔެއަކު ނެތް. އަހަރެން ބޭނުމެއްނޫން ދެން މިދުނިޔޭގަ އުޅޭކަށް!” އާދިންއަނެއްކާވެސް ކުރެއަށް ހިނގައިގަތެވެ. އެލީންއަކަށް އެމަންޒަރު ބަލާކަށް ނުހުރެވުނެވެ. އާދިންގެ ގަމީހުގެ ގިރުވާނުގައި ހިފާދަމާ އެއްގަމާދިމާލަށް ހިނގައިގަތެވެ. އެކަހަލަ ކަމަކަށް ތައްޔާރުނުވެ ހުރި އާދިން ފަސޭހަކަމާއި އެކު އެލީންއަށް ގެންދެވުނެވެ.

“އާދިންދެކެ ލޯބިވާ މީހަކު ދުނިޔޭގަ ބަހައްޓަން ބޭނުންނޫނީ އާދިން އަހަރެން މަރާލަބަލަ! އާދިން އަޅެ ކަނީތަ؟ އާދިންއަކަށް ހަމަ ނޭނގޭތަ އާދިންދެކެ އަހަރެން ލޯބިވާކަމެއް؟!” ރާޅު ޖަހާހިސާބަށް އަހިސް އާދިން ބިންމައްޗަށް ކޮއްޕާލާފައި އެލީން ބުނެލިއެވެ. އާދިންގެ ދެލޯ ބޮޑުވިއެވެ.

“އާން.. އަހަރެން އާދުދެކެ ވަރަށް ވަރަށް ލޯބިވޭ. އަހަރެންއާދު ދެކެ ލޯބިވާކަން އަހަރެންނަށް އެނގުނީ އާދިން އަހަރެންގާތު މިލްޔާދެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެންގެ ހިތް ފުނޑުފުނޑުވީމަ! އާދިންދެކެ އެކަކު ލޯބިނުވިޔަސް އަހަރެން އާދުދެކެ ލޯބިވޭ” ރޮމުން ރޮމުން އާދިންކުރިމަތީގައި އެލީން އޭނާގެ ހިތް ހުޅުވާލިއެވެ. އާދިން އެލީންއާއި ދިމާލަށް ބަލަން ހުރެ ދިޔައީ ފުންކޮށް ނޭވާތަކެއްލަމުންނެވެ. ހަމައެވަގުތު ކަނޑާވައްޓާލި ރުކެއްހެން އާދިން ހުރިތަނަށް ދެމުނެވެ.

މެރިފައިވީ ޔުރާގެ ދެލޯ މަޑުމަޑުން ހުޅުވާލެވުނެވެ. އޭރު ޔޫރާގެ ބޮލުގައި ވޭން ހުރި ރިހުމެއް ހުއްޓެވެ. ޔޫރާއަށް އޮވެވުނީ ކޮންތާކުކަމެއް ހުދުޔޫރާއަކަށްވެސް ނޭނގުނެވެ. ތެދުވަންވެގެން ޔޫރާހަށިގަނޑު ހަރަކާތްކޮށްލިއެވެ. ނަމަވެސް ތެދުވެވޭކަށް ނެތެވެ. އާއެކެ. ޔޫރާގެ ހަތަރިސްފައިވަނީ އެ އެނދާބަނދެވިފައެވެ. ނަމަވެސް ޔޫރާގެ ސަމާލުކަން ހޯދީއެކަމެއްނޫނެވެ. ޔޫރާގެ ހަށިގަނޑުގައި އޭރު އެންމެ ފޮތިކޮޅެއްވެސް ނެތެވެ. ޔޫރާ ބިރުގަތީ އެހެންވެއެވެ.

ކުއްލިއަކަށް ޔޫރާގެ ހަށިގަނޑުތަޅުވަންފެށިއެވެ. ހަތަރިސްފައި މުހެވޭތޯ ކުރެވުނު ހުރިހާ މަސައްކަތެއް ޔޫރާ ދިޔައީ ކުރަމުންނެވެ. ނަމަވެސް ޔޫރާ ކުރަމުން ދިޔަމަސައްކަތް ވަނީ ފެނަށެވެ. ޔޫރާގެ ކުޑަކުޑަ ދެލޮލުން ކަރުނަ ނިރާލިއެވެ. 7 މަސް ކުރީގަ އެލިބުނު އަނިޔާމަތިން ހަނދާންވެ ޔޫރާގެ ހިތްކުދިކުދި ވިއެވެ.

“ރުވާން!” މިފަހަރު ރުވާންއަށް ޔޫރާ ސަލާމަތް ކުރަން ނާދެވޭނެކަން އެނގިހުރެވެސް ޔޫރާއަށް ގޮވާލެވުނީ ރުވާންއަށެވެ. އެއަނދިރި ކުޑަކުޑަ ކޮޓަރި ތެރެވަނީ އޭރު ޔޫރާގެ ރުއިމުން އެއްއަޑުކޮއްލާފައެވެ. ނަމަވެސް އެވަގުތު އެތާގައި އިން ދޮރުހުޅުވާލެވުނު އަޑުއިވުނެވެ. ޔޫރާގެ ހިތުގެތެޅުން ދެގުނަވީ، ބޭރުންފެންނަމުން ދިޔަ އަލިން އެއީ ރިޝްވާންކަން އެނގުމުންނެވެ.

“ހެހެ ހޭލެވުނީދޯ؟ ފުރަތަމަ ހިތަށް އެރީ ހޭނާރާ އޮއްވާ ހުރިހާކަމެއްކޮށް ނިންމާލަން. އެކަމަކު ދެން ހިތަށް އެރީ ހޭއަރާ އޮއްވާ ކުރަންމާ މަޖާވާނޭ ހެހެހެ!” ރިޝްވާންލައިގެން ހުރި ކަޅުކުލައިގެ ގަމީހުގައިވީ ގޮއްތަށް ނައްޓަމުން ރިޝްވާންދިޔައީ ޔޫރާއާއި ކައިރިވަމުންނެވެ.

“ރިޝްވާން އަޅެ ހެޔޮނުވާނެ. އަހަރެންދޫކޮށްލާ. ޕްލީޒް ތިހެން އަހަރެންގެ އިތްފަތްތެރިކަން ފޭރިނުގަނޭ އާދޭސްކޮށްފަ މިބުނީ” ރޮއެރޮއެފައި ޔޫރާއާދޭސް ކުރަންފެށިއެވެ. ނަމަވެސް އެއާދޭހުން ރިޝްވާންގެ ވިސްނުންބަދަލުނުވާނޭކަން ޔޫރާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. ރިޝްވާން ނުލަފާގޮތަކަށް ހީލާފައި ގަމީސްބާލާ ހޫރާލިއެވެ.

“އެކަމަކުދޯ؟ ޔޫރާދެން އަހަރެން ކުރިމަތީގަ ތިހެންއޮއްވާ އަހަރެން ކިހިނެއްވަކި ދޫކުރާނީވެސް؟ މިހާރުވެސް އަހަރެންނަށް ކެއްވާވަރެއްނޫން. އާހް..” ޔޫރާގެ ފަލަމަސްގަނޑުގައި ފިރުމާލަމުން ރިޝްވާން ބުނެލިއެވެ. ސީދާ ޔޫރާގެ ދެލޮލަށް ބަލާލާފައި ރިޝްވާން ލައިގެން ހުރި ޖީންސްގައި އިން ބެލްޓުގައި ރިޝްވާންއަތް ޖައްސާލިއެވެ. ޔޫރާއަށް ދެލޯމަރާ ފިއްތާލެވުނީ ދެންއެއްވިސް އެއްޗެއް ފެންނަން ބޭނުންނުވުމުންނެވެ. ޔޫރާގެ ދެލޮލުގެ ފެނުންވެސް ނަންގަވާތޯ ޔޫރާއަށް ހިތާހިތުން ދުޢާކޮށްލެވުނެވެ. އެވަގުތު ޔޫރާއާއި ރިޝްވާންވެސް ސިއްސައިގެން ދިޔައީ ދޮރުވައްޓާލިއަޑަށެވެ.

އެންބިއުލާންސްގައި އާދިންކައިރީގައި އިން އެލީންގެ ދެލޮލުން ދިޔައީ ކަރުނައިގެކޯރެއް އަންނަމުންނެވެ. އެލީންގެ އިތުރުން 2 ނަރުހުންވެސް އެލީންއާއި އެކު އެންބިއުލާންސްގައި އިނެވެ. 25 މިނިޓްގެ ދަތުރަކަށް ފަހު އާދިންއަށް ހޮސްޕިޓަލަށް އާދެވުނެވެ. ވަގުތުން ޑަކްޓަރުންނާއި ނަރުހުން އާދިންގެ ހާލަތު ބެލުމައިގެން ކުރިއަށް ދިޔައެވެ. އަވަސްއަރުވާލައިގެން އުޅުނު ޑަކްޓަރުންނާއި ނަރުހުންގެ އިތުރުން އެލީންގެ ހިތަށްވެސް ބިރުވެރިކަންވަނީ އާދިންގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިންތަކުގެ އަޑުގަދަވާންފެށުމުންނެވެ.

“ކާރޑިއަކް އެރެސްޓް! ސީޕީއާރ!!” ކައިރީގައި ހުރި ޑަކްޓަރު ޖޯން ބާރަކަށް ބުނެ އާދިންއަށް ސީޕީއާރ ދޭންފެށިއެވެ.

“ނޫން އާދިން ނޫން އަހަރެން ދޫކޮށްލާފަ ނުދާތިހެޔޮނުވާނެ” އެލީން ކުއްލިއަކަށް ހުރެފައި ރޮއެގަތެވެ. އެވަގުތު ޑަކްޓަރުގެ އިރުޝާދާއިއެކު ދެނަރުހުންވެގެން އެލީން އެތަނުންނެރުނެވެ. އެލީން ރޮއެ ހޭރެމުން ދިޔަގޮތުން އެތާ ދެންތިބި އެންމެންވެސް އެލީންއާއި ދިމާލަށް ބަލަމުންދިޔައީ ރުހުމުގެ ލޮލަކުންނެވެ.

“ވަޓް ދަ؟” ވެއްޓުނު ދޮރާ ދިމާލަށް ބަލައިލަމުން ރިޝްވާން ބުނެލިއެވެ. ޔޫރާވެސް ސިހިފައި ދޮރާދިމާލަށް ވަނެވެ. އެވަގުތު އެތެރެއަށްވަދެގެންއައީ ކާކުކަމެއް ރިޝްވާންއަކަށްވެސް ޔޫރާއަކަށްވެސް ނޭނގުނެވެ. ދޮރުމަތީގައި ހުރި ނަބީލްއަށް ޔޫރާހުރިގޮތް ފެނި އިސްޖަހާލެވުނެވެ. ނަބީލް ލައިގެން ހުރި ކަޅުކުލައިގެ ޖެކެޓު ނަގާ ޔޫރާގެ ހަށިގަނޑު ނިވާކޮށްލަދިނެވެ. ލަދުގަނެފައި އޮތްނަމަވެސް ޔޫރާ އެޒުވާނާއާއި ދިމާލަށް ބަލައިލީ ޝުކުރުގެ ލޮލަކުންނެވެ.

“އޭ!!! ކަލޭ ތިއީ ކާކު؟؟ ހަމަ މިހާރު ނުކުމޭ މިތަނުން” ނަބީލްއާއި ދިމާލަށް ކަޅިއަޅާލަމުން ރިޝްވާން ހަޅޭލަވައިގަތެވެ. ނަބީލްއެއްވިސް އެއްޗެއް ނުބުނެ ޔޫރާގެ ހަތަރިސްފައި މޮހަންފެށިއެވެ.

“އޭ!! ކަލޭ މޮޔަވީތަ؟؟؟” ނަބީލް ލައިގެން ހުރި ޓީޝާޓުގައި ހިފާޔޫރާއާއި ދުރުކުރަމުން ހަޅޭލަވައިގަތެވެ.

“އަހަރެންތަ މޮޔަވެގެން މިއުޅެނީ؟؟ ކަލޭތިއީ ކާކުތަ؟؟ މައުސޫމް އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަތުމުގެ ކޮން ހައްގެއްކަލޭއަށް އޮތީ؟” ނަބީލްވެސް ރިޝްވާން ބުނެލި ރާގުގައި ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް ފަހަތުން އައި ކައިޝަން ރިޝްވާންގެ މޫނުމަތީގައި ފޮތިގަނޑެއް އެޅިއެވެ. އަދި ލޮލުން ޔޫރާ މޮހުމަށް ނަބީލްއަށް އިޝާރާތްކޮށްލިއެވެ. ނަބީލް ބޯޖަހާލާފައި ޔޫރާގެ ހަށިގަނޑުމިނިވަން ކުރިއެވެ. ކައިޝަން މަސައްކަތް ކުރަމުން ދިޔައީ ކައިޝަން އަތުގައި އޮތް ފޮތިގަނޑުގެ ވަސް ރިޝްވާންއަށް ދޮއްވަންށެވެ. ނަމަވެސް ރިޝްވާން ގަދަހަދަމުން ދިޔުމުން ކައިޝަންއަށް ދިޔައީ އެކަން ކުރަން އުނދަގޫ ވަމުންނެވެ. ޔޫރާގެ ހަށިގަނޑު މިނިވަންކުރިތަން ފެށުމުން ރިޝްވާންގާތަށް އައީ އަމަށަކު ރުޅިއެކެވެ. ރިޝްވާންގެ ޖީބުގައި އޮތް ކުޑަ ވަޅިނަގާ ކައިޝަންގެ ފަލަމަސްގަނޑަށް ހަރާލިއެވެ. ވަގުތުން ކައިޝަންގެ ހަޅޭކުގެ އަޑުން މުޅިކޮޓަރިއެއް އަޑުވިއެވެ.

“ޕިސް އަޅެ މިހާރު އެހެރަ 30 9 ވަނީ. މިއަންނަނީއޭ ބުނި މީހަ އަދިވެސް ނާދޭ” މިލްޔާ ގަޑިބަލައިލަމުން ޝަކުވާކޮއްލިއެވެ. އެވަގުތު މިލްޔާގެ ކޮޓަރިތެރެއަށް މިލްޔާގެ އެކުވެރިޔާ ޒީވާ އެތެރެއަށް ވަނެވެ.

“ކޮބާ ކިހިނެއް؟” ޒީވާއެއްސެވެ.

“ނޭނގެ މަށަކަށް. ބައިވަރު ވޯރކްސްވެސް ގެއްލިއްޖެދޯ؟” ޒީވާއަކީވެސް މިލްޔާއާއި އެކު ސައިކޮލޮޖީ ކިޔަވާ ކުއްޖެކެވެ.

“އާން އެހެންޔާ. އިންފިނިޓް ޓުޓޯރިއަލްސް، 3 އެސައިންމެންޓްސް. ގޯޝް އައި ސްވެއާރ” ޒީވާ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

“ދެރަކަމެއް. ޑަކްޓަރުވެސް ބުނި 9 ޖަހާއިރު ވައުންޑްބަލަން އަންނާނަމޭ. ޑަކްޓަރުންނާ ނަރުހުންވެސް ނިދީ ތޯއްޗެއް. ކައިޝަންވެސް އަންނާނަމޭ ބުނި އިޝާ ނަމާދުކޮށްގެން. އަދިވެސް އޭނަ ސަޖިދައިގަ ކަންނޭނގެ” މިލްޔާ ފޫހިވެފައި ބުނެލިއެވެ.

“ހަހަ. ދެން މަށަކަށް ނޭނގެ ކައިޝަންގެ ގޮތެއް. އެކަމަކު ޑަކްޓަރުން ލަސްވަނީ ކީއްވެކަން އެނގިއްޖެ. ބްރޯ އެވްރީވަން އިސް ދެއާރ. މިލްޔާއަށް ކިޑްނީ ހަދިޔާކުރި އާދިން ކާރޑިއަކް އެރެސްޓް އަކަށްގޮސްގެން އެންމެން ހޭބަލި ވަނީ ހަމަ”

“ހައު ލޯންގް ހޭސް އިޓް ބީން ނައު؟” ކައިރީގައި ހުރި ނަރުސް ކުއްޖާކައިރީ ޖޯންއަހައިލިއެވެ.

“12 މިނިޓްސް ޑަކްޓާރ” ގަޑިބަލައިލަމުން އެކުއްޖާ ބުނެލިއެވެ.

“ޗެކިންގ ރިދެމްސް ނައު” ޖޯން އާދިންގެ ކަރުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އެވަގުތު ފުންކޮށް ނޭވާއެއްލާފައި އާދިން ކެއްސާލިއެވެ.

“އާރ.އޯ.އެސް.ސީ. ހީ އިސް ބެކް. ޕޯލްސް؟” ފުންކޮށް ނޭވާލަމުން ޑަކްޓަރު އެއްސެވެ.

“ހިސް ޕޯލްސް އާރ ސްޓޭބަލް ޓޫ” ނަރުސް ކުއްޖާ ބުނެލިއެވެ. ބޭރުގައި މަންޒަރު ބަލަންހުރި އެލީންއަށް ކުޑަކަކޫމައްޗައް ތިރިވެވުނެވެ. އޭރުވެސް އެދެލޮލުން ދިޔައީ ހޯސްލާފައި ކަރުނައަންނަމުންނެވެ. ނަމަވެސް އެލީން އުފަލާއި އެކު ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ.

“ކައިޝަން!!!!!” ނަބީލްއަށް ހަޅޭލަވައިގަނެވުނެވެ. ރިޝްވާންއެކޮއްލީކީ ނަބީލްއަދި ކައިޝަންވެސް ރިޝްވާންކޮށްފާނެކަމަކަށް އުންމީދުކޮށްގެން ހުރިކަމެއްނޫނެވެ.

ކައިޝަންގެ ފަލަމަސްގަނޑުން ލޭގެ ކޯރެއް އޮހޮރެމުން ދިޔަ އިރު ކައިޝަންގެ ބޮލަށްދިޔައީ އެނބުރުން އަރަމުންނެވެ. ބަސްބުނާހާ ހިނދުކޮޅެއްގެތެރޭގައި ހޭނެތިގެން ކައިޝަން ބިންމައްޗައްދެމުނެވެ. އެވަގުތު ކައިޝަންގެ ބޮލުގައި އިން ކަޅުކުލައިގެ ވިގް ވިއްސައިގެން ގޮސް ކައިޝަންގެ ރަތްކުލައިގެ އިސްތަށިކޮޅު ކަޝްފުވިއެވެ. ޔޫރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“ކައިޝަން!!!!” ނަބީލް ކައިޝަންއާއި ގާތްވާން އުޅުމުން ރިޝްވާން ހުށިޔާރުކަމާއި އެކު ކައިޝަންގެ ފަލަމަސްގަނޑުގައި އިން ވަޅި ނަގާ ނަބީލްއާއި ދިމާކުރިއެވެ. ނަބީލްގެ ހަރަކާތްތަށް ވަގުތުން ހުއްޓުނެވެ. ނަބީލް ފުރަގަހުގައި ހުރި ޔޫރާގެ ހާލަކީތޯއެވެ؟ ކައިޝަންގެ އެ އިސްތަށިކޮޅު ކަޝްފުވުމުން ޔޫރާގެ ބޮލަށް ދިޔައީ ތަފާތު ހިޔާލުތަށް އަންނަމުންނެވެ. އެއީ ޔޫރާގެ ރުވާން ބާއެވެ؟ ނޫނެކެވެ. ރުވާންއާއީ ވައްތަރުގޮތެއް ހުރިނަމަވެސް އެއީ ރުވާންއެއްނޫނެވެ. އެއީ ޔޫރާ ދަންނަ ކައިޝަންއެއްވެސް ނޫނެނެވެ. ޔޫރާގެ މޫނުމަތީގައި އިނީ ބޮޑު ސުވާލުމާރކްއެކެވެ.

އެވަގުތު ރުވާންދުވެފައި އަހިސް ކޮޓަރިއަށް ވަނެވެ. ހޭނެތިފައި އޮތް ކައިޝަންގެ އިތުރުން ނަބީލްގެ ފުރަގަހުގައި ހުރި ޔޫރާހުރި ހާލު ފެނުމުން ވީގޮތް އެއްވިސް މީހަކު ކިޔައިނުދިނަސް ރުވާންއަށް އެނގުނު ފަދައެވެ. ވަގުތުން ރުވާންގެ ހަށިގަނޑުގައި ހުރި ނާރުތައް ފުއްޕާލިއެވެ. “ކެނައިން” ދަތްތައް ދިގުވެލި އިރު ލެންސް ނުލައްވާ ހުރުމުން ރުވާންގެ ރަތް ދެލޯ ވަނީ ރީއްޗައް ކަޝްފުވެފައެވެ. ރުވާން ބަލާކަށް ނުހުރެ ދުވެފައި ގޮސް ރިޝްވާންގެ ކަރަށް ރުވާންގެ ދިގު ނިޔަފަތިތަށް ހަރާލިއެވެ. ވަގުތުގެ ބޭނުންހިފާ ނަބީލް ކުރިއަށް ޖެހިލީ ރިޝްވާން އަތުގައި އޮތް ވަޅިއަތުލުމަށެވެ. ނަމަވެސް ރިޝްވާން މާހުށިޔާރެވެ. ނަބީލްއާއި ދިމާލަށް ރިޝްވާން ދިއްކުރި ވަޅިގޮސް ހެރުނީ ނަބީލްގެ ކަރަށެވެ.

“އާހް” ޔޫރާއަށް ހަޅޭލަވައިގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯބޮޑުވީ ރިޝްވާންގެ ފުރަގަހުގައި ހުރި ޒުވާނާގެ އިސްތަށިގަނޑުގައި ހިފާ ދަމާލިވަގުތު ރިޝްވާންގެއަތަށް އެޒުވާނާގެ އިސްތަށިކޮޅު އައުމުންނެވެ. އެވަގުތު އެޒުވާނާ ހުރި ސިފަވެސް ޔޫރާގެ ލޮލުގައި އަޅައިގަތެވެ. ޝައްކެއްވެސް ނެތެވެ. އެއީ ޔޫރާގެ ރުވާންއެވެ.

“ރު…ރު…ރުވާން…؟” ޔޫރާގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޝަލީން 18

Next

ތިނެސްކަން ލޯބި (4)

Next
November 17, 2024

ތިނެސްކަން ލޯބި (4)

Previews
November 16, 2024

ޝަލީން 18

8 Comments!

  1. Repunzil says:
    November 16, 2024 at 1:15 pm

    Wow 😲😲 finally yoora got to know about her ruvaan
    Curiously waiting for the next part
    When is it

    1. shihaamaa ali shihaamaa ali says:
      November 16, 2024 at 2:18 pm

      hehe ya dhw
      hope u loved it..
      in sha allah 13 vana bai maadhamaa genessdheynan

  2. Mishy says:
    November 16, 2024 at 1:15 pm

    Vrh interesting mihr mi vaagoi yoora aa ruaan neyngi namaves meet vyma anyways konirak aneh libeyni?

    1. shihaamaa ali shihaamaa ali says:
      November 16, 2024 at 2:18 pm

      happy u loved it..
      in sha allah 13 vana bai maadhamaa genessdheynan

  3. Nawar says:
    November 16, 2024 at 2:26 pm

    Maasha allah mi part vx varah varah reethi…
    Alhey yoora ah ruwaan kan inguny dhw e…..
    Dhn beynun vany next part avahah kiyaalan…
    Kaishan aa nabeel Maraa nulahchey…..
    Kury part vx varah varah reethi…
    Busy kamun comment nukurevuny….. ekm kiyaalin…
    Whn next???

    1. shihaamaa ali shihaamaa ali says:
      November 16, 2024 at 8:38 pm

      Jazaakallah Khairan
      hehe ya dhw.. she was bound to find out someday dhw. in sha allah maadhamaa part 13 kiyaalan libeyne.
      Dhn less c dhw kaishan and nabeel ah vany mihineh thww..
      hehe it’s okay, happy you loved it:)

  4. gurrrrl says:
    November 16, 2024 at 3:05 pm

    vrh reethi alheyyy when next part cant wait for it
    keep it upp nabeel maraanulaathi alhe heyonuvaane

    1. shihaamaa ali shihaamaa ali says:
      November 16, 2024 at 8:39 pm

      Jazaakallah Khairan
      in sha allah maadhamaa part 13 kiyaalan libeyne.
      Dhn less c dhw kaishan and nabeel ah vany mihineh thww..
      happy you loved it:)

Comments are closed.

Next Episodeބްލަޑް 2 (13)←


All Right Reserved!