Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 18

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 16, 2024 4 Mins Read
10 Comments

“ނޫން. މަންމަ އަހަންނަށް ރަށުގަވެސް ހޭލުންތެރި ކުރުވަން ވާހަކައެއް ނުދައްކާނެ. އެކަމަކު ވަރަށް ބުނާނެ، ފިރިހެނުން ގިނައިން ތިބިއްޔާ އެމަގަކުން ނުހިނގާށޭ… ދެން ނޫނީ ބުނެފާނެ، ކްލާސް ފިރިހެން ކުދިންނާއެކީ ދާންޖެހޭ ތަންތަނެއް ނުހުންނާނެއޭ… އެކަހަލަ ގޮތަކަށް ބުނެފަ ހުންނާތީ ބޮޑަށް އިހްސާސްވަނީ ބިރުވެރި ގޮތެއް. އެހެންވެ އަސްލު އަހަރެން ޒައިޝްދެކެ އެވަރަށް ލޯބިވީ އިރުވެސް އޭނައާ ވާހަކަވެސް ދައްކާލަން ނުކެރިގެން އުޅުނީ.. ” އަހަރެން ވިސާމާއަށް ކިޔައިދިނީ މާޒީގެ ބައެއް ވާހަކަތަކެވެ.

“ޝަލީން!! ކޮބާ ކޮން ކްލާހެއް ނަގާފަ؟” ގެއަށް ވަންނަން ދިޔަ މަގުން އަހަރެން ފެނުމުން ޝާނީޒް އަހާލިއެވެ.

“ކޮންމެހެން ދާން ބުނި ގަޑިއަކަށް ސްކޫލަށް ގޮސްފަ މިއައީ.” އަހަރެން ބުނެލީމެވެ.

“ޝަލީން މިހާރު ވަރަށް ނުފެނޭ.. މީކޮން ކުއްޖެއް؟” ވިސާމާއަށް އިޝާރާތް ކުރަމުން ޝާނީޒް ބުނެލިއެވެ.

“ރައްޓެއްސެއް. ވިސާ އަހަރެން ދެން ދަނީ.” އަހަރެން ބާރުބާރަށް ހިނގާފައި ގޮސް ގެއަށް ވަނީމެވެ.

އެދުވަހު ކައިގެން ފެންވަރާލާ ހަދައިން އަނެއްކާވެސް އަހަރެން ދިޔައީ ސްކޫލަށެވެ. އަހަރެން ދާހިތް ނުވިޔަސް ކޮންމެ ދުވަހަކު ހައެއްކަ ގަޑިއިރު އެމާހައުލުގާ ހޭދަކުރަންޖެހެއެވެ. އަނެއްކާވެސް އެއީ ބޯހާސްވުމުގެ އިންތިހާއެވެ. އެ ހައެއްކަ ގަޑިއިރު އަހަރެން އެކަނި ޖަލެއްގައި އިންނަންވެސް މާހިތަށް ފަސޭހަވާނެއެވެ.

“އެއްކަލަ ގޮލާ މިހިރައައީ… ވަރަށް ފޫހިވޭ.. އައްޔަ ސަރއަށް މީނަ ރީތި ކަމުންނޯ މިއަދު އަހަރުމެންނަށް ފޮޓޯ ނުނެގުނީ. އެވަރު މީހެއްވިއްޔަމީ” ކޮންމެސް ކްލާހެއްގެ ވަރަށް ފެންނަ ކުއްޖަކު ބުނެލިއަޑު އިވުނެވެ.

“ހޫމް.. އޭނާގެ ރީތިކަމުން އަނެއް 50 ކުދިން ފަހަތަށް ޖައްސާލީވެސް.. އަހަރުމެންނަށް ކެހި ލިބުނީ. އެކަން އެނގުނު ނަމަ ނުވެސް އައިމުސް އެގަޑީގަ.” އެތާހުރި އެހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ.

އަހަރެންގެ ކަންފަތަށް އިވުނު އަޑުތަކަށް ބީރު ކަންފަތް ދެމުން ސިޑިން މައްޗަށް އެރިއިރު، އަހަރެންގެ މުޅި ހަށިގަނޑުގައި ލޭކެކެމުން ދިޔައެވެ.

“އާވް!! މިހިރައައީ..” އަހަރެން ސިޑިން އަރަނިކޮށް ލުކާ ބުންޏެވެ.

ލުކާ ކައިރީގައި އެވަގުތު ފަތުހު ﷲ ވެސް ހުއްޓެވެ. ކޮންމެހެން އަހަންނާ ދިމާލަށް މިފަހަރު އެއްޗެކޭ ބުނެނުލީ ކީއްވެކަމެއް އަހަންނަކަށް ނޭނގުނެވެ. ފަތުހު ﷲ އެއް ކަމަކު އަހަންނާ ދިމާލަށް އެހެން ކުދިންހެން ކޮންމެސް އެއްޗެއް ކިޔަންވީ ނޫންހެއްޔެވެ؟ މިއަދު އަހަރެން މުޅި ސްކޫލަށް ގިނަވެ މަޝްހޫރުވުމުގައި އޮތީ އަހަރެންގެ ކޮން ކުށެއްބާއޭ ހިތަށްއަރައެވެ. އަހަރެން ގޮސް ކްލާސް ތެރެއަށް ވަނީމެވެ.

ކޮންމެ ގަޑިއެއްގައިމެ އަހަންނަށް އެހެން ކުދިންގެ ފަރާތުން ފާޑުފާޑުގެ ބަސްތައް އިވެމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު އެކުދިން ދައްކާ ވާހަކަތައް އަޑު ނީވޭ ކަމަށް ހަދައިގެން އަހަރެން އިންނަނީއެވެ. ކެތްތެރިކަން ބައެއް ފަހަރު ކޮޅުންލާހެން އަހަންނަށް ހީވިއެވެ. އަހަރެންގެ ވިސްނުމަށް އައީ އަހަރެންގެ މައްސަލައެވެ. މައްސަލައަކީ އަހަންނަކީ މާ ބަސްއަހާ ކުއްޖަކަށް ވެފައި، ތަނުގެ މަގްސަދު ހުރި ޓީޗަރަކު އަންނަންނަށް ހިތްޖެހިފައި ވުމެވެ.

އަހަރެންގެ ހިތާހިތުން އައްޔަސަރ ދެކެ ރުޅި އާދެވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މަތީ މަގާމެއްގައި ހުރިއިރު، މީހާއާ އެއްވަރަށް އަނގަވެސް އެހާބޮޑެވެ. ނޫންނަމަ އަހަންނޭ ކިޔައިން ދަރިވަރުން ކައިރި ވާހަކައެއް ނުދެއްކީހެވެ. އަނެއް ކަމަކީ، މަގާމެއްގައި ހުއްޓަސް ފޮޓޯގްރާފަރެއް ކަމަކު އޭނާގެ ކެމެރާގެ ލެންސްއަށް ފެންނަން ވާނީ އަހަރެން އެކަންޏެއްވެސް ނޫނެވެ.

“ޝަލީން! މިއުޅެނީ ވިލިނގިއްޔަށް ދާން.. ދާނަންތަ؟” ކައިރީގައި އިން ކުއްޖަކު މާބަސްއަހާލަމުން ބުނެލިއެވެ.

އަހަރެން އަނގައިން ނުބުނެ ނޫނެކޭ ބުނެލީ ބޮލުންނެވެ. ވާހަކަ ދައްކާނެ ހިތްވަރު ނެތިގެން ނޫނެވެ. އެމީހުންނާ ވާހަކަދައްކަން ބޭނުން ނުވާތީއެވެ.

“އެކީއްވެ؟ ހިނގާބަލަ ދެން ގޮސްލަން.. އެތަނުން މީޓްކޮށްދޭނަމޭ ފަތުހު ﷲ އާ.. ޕްލީސް… މަށަށް ހީވަނީ އެކަހަލަ ކުއްޖަކާ ޖެހުނީމަ ޝަލީންވެސް ވަރަށް އަވަހަށް ފިޔަ ފަޅާނެހެން. ދާނަންދޯ؟” އަނެއްކާވެސް އެކުއްޖާ ބުނެލީ ވަރަށް އޯގާތެރިކަމާއެކުއެވެ.

“ފަތުހު ﷲ އޭ..” ބޭއިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

“އާނ… ތިކަން ކުރެވުނިއްޔާ އޭނަ ބުނި އަހަރުމެން ގްރޫއްޕަށް ނޫޑްލްސް ކާންދޭނަމޭ. ހައްހައްހާ!! އެހެންވީމަ ވީއެއްނު މިކަން އަޅެ ޓްރައި ކޮށްލަން.” އެތަނުން އެހެން ކުއްޖެއް ހެމުން ހެމުން ވާހަކަދެއްކިއެވެ.

“މަވެސް ކަލޭމެންނަށް ނޫޑްލްސް ކާންދީފާނަން. ކަލެމެންވީނު ތިކަން ހުއްޓާލަން.. އެހެން ނޫނަސް، ފަތުހު ﷲ ގެ ބޭނުމަކީ ކޮބާ؟ އޭނަ ކީއްވެ އެއުޅެނީ އަހަރެން ފަހަތުން ނުނެއްޓިގެން.؟ އަހަރެން ނުވޭ އޭނައާ ވާހަކަދައްކާ ހިތެއް” އަހަރެން ހިތްހަމަ ނުޖެހިފައިވާކަން އަންގަމުން ބުނެލީމެވެ.

“އެހެންވިއްޔާ ޝަލީންގެ ބިޓެއް ހުންނަނީދޯ؟ ބޮޑަށް ވައްތަރީ އެކަހަލަ ކަމަކާ… ނޫންތަ؟” ހިނިއައިސްފާ ހުރެ ތަހުމީނާ އަހާލިއެވެ.

“އާނ އަސްލު ހުރޭ… ރައްޓެހިވެގެން އުޅެނީވެސް… އަހަރެން ބޭނުމެއް ނޫން ދެން އިތުރު މީހުންނެއް. ފަތުހު ﷲ އަށް އަންގާލަދޭތި އެވާހަކަ.. އަދި ބުނެދީ.. އަހަރެން ފަހަތުން އާދޭސް ނުކުރާށޭ.. އަހަރެން އެއްވެސް ލައިކްއެއް ނުވެއޭ.. ލައިކް ވެފައެއްނު ލޯބިވެސް ވެވޭނީ… އެކަހަލަ އެއް ކަމެއްވެސް ނެތް.. ކޮންމެހެން އަހަރެން ސެޓް ނުކުރިޔަސް ކާންދޭން ބޭނުމިއްޔާ ކަލޭމެންނަށް އޭނަ ނޫޑްލްސް ކާންދޭންވީނު.” ކެތްތެރިކަން ކޮޅުން ލުމުން އަހަރެން ބުނެލީމެވެ.

“އޯހ ގަދަ! އަދިކިރިޔާ މިއެނގުނީ ބިޓެއް ނަގާފަހުރި ގަޓް ގޮލައެއްކަން. އަދިކިރިޔާ މިއެނގުނީ ކަލޭ އަހަރުމެންނާ ވާހަކަ ދައްކަންވެސް އެއްވެސް ޖެހިލުމެއް ނުވާކަން. ކޮންތާކުން ދަސްކުރިކަމެއް؟ ކޮންމެސް ގޮލަޔަކު މިގޮލާއަށް ނަސޭހަތްދެނީ ކަންނޭނގެ.” ހައްޖައަށް ނުހުރެވިގެން ބުނެލިއެވެ.

“ހެހެ… ކަލޭމެން އަހަރެންގެ ދުލުގަ ހިފަނީވެސް… ކަލޭމެންނަށްވެސް ރަނގަޅަށް ނޭނގެ ތިޔަ ކުރެވޭކަންތައް.” އަހަރެން ބުނެލީމެވެ.

“ކަމެއްނު… އާނ! ކަލޭ ދާނެކަމެއް ނެތް. ހުރޭ… އަދިވެސް ބަލާނަން ފަތުހު ﷲ އަށް މިކަން ކޮށްދެވޭތޯ.. މައްސަލައަކީ ކަލޭގެ ބޯހަރުކަން.” އަނެއްކާވެސް ހައްޖަ ރުޅިއައިސްގެން އެހެން ބުނުމަށްފަހު ހިނގައިގަތެވެ.

އަހަރެންގެ ނަފްސުގެ ދިފާއުގައި ތެދުވަން ޖެހޭނީ އަހަންނެވެ. އެއީ އަހަންނަށް އަބަދުވެސް އެނގޭކަމެކެވެ.. އެހެނަސް ބައެއްފަހަރަށް ކުރިމަތިލާން ނުކެރެނީ ޖެހިލުންވާތީއެވެ. ނަމަވެސް މިއަދުގެ މިކުޑަކުޑަ ހިތްވަރުން އަހަންނަށް ހިތްހަމަޖެހޭ އިބްރަތެއް ލިބިއްޖެއެވެ. ފިލާވަޅުން ފާސްވެއްޖެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ އަހަންނަށް ލިބުނު ކުރިއެރުމެކެވެ.

“އަހަރެންގެ ބޯހަރުކަމާ، އަހަރެން ޖަދަލު ކުރާވަރު ތިއުޅެނީ އަދި ނޭނގިގެން. ކަލޭމެންގެ ތިސިފަތައް ފެނިފަ އަހަރެން ހައިރާނެއް ނުވޭ. އެކަމު އަހަރެންގެ ގޮތް އެނގުނީމަ ކަލޭމެންނަށް ނުކެރޭނެ އަހަންނާ ވާހަކަވެސް ދައްކަން… ކަލޭމެން ބޭނުންވާ ގޮތް ބުނޭ.. އަހަރެންގެ ބާރު މިސްކޫލުގަ ހިންގާލަންވީތަ؟ އަހަންނާ މައްސަލައިން އުޅޭއިރު އެންމެ ކުޑަމިނުން އިނގޭތަ މި ސްކޫލްގެ ޕްރިންސިޕަލްއަކީ އަހަރެންގެ ކާކުކަން؟” އަހަރެންގެ ވާހަކަތައް ކަނޑިއެއްހާ ތޫނުކޮށްލީ އެމީހުންގެ އުނދަގުލުން ސަލާމަތްވާން ބޭނުން ވާތީއެވެ.

އަހަރެން ދެއްކި ވާހަކަތައް އަޑު އަހަން ހުރެ ހައްޖަމެން އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލަ ބަލައިލާ ތިބީ އަހަންނާ ޕްރިންސިޕަލްއާ ދެމެދު އޮންނަ ގާތްކަމުގެ ގުޅުމާ މެދު ޝައްކުވެގެންކަން އަހަންނަށް އެނގުނެވެ.

ހަގީގަތުގައި އެމީހުންނަށް އަހަރެން ބިރު ދައްކާލީއެވެ. ޕްރިންސިޕަލްއަކީ އަހަންނާ އެއްވެސް ހިސާބަކުން ގުޅުމެއްވާ މީހެއް ނޫނެވެ. އަހަރެން އެހެން ހެދީ އަހަންނާ ޕްރިންސިޕަލްއާ ދެމެދު ގުޅުމެއް އޮންނަކަން ހޯދައި ގަންނާން އެމީހުން ޖެހިލުން ވާނެކަން އެނގިހުރެއެވެ.

އެދުވަހުގެ ގިނަ ވަގުތުތައް ކްލާހުގައި އަހަރެން ހޭދަކުރީ މުޅިން ތަފާތު ގޮތަކަށެވެ. އިވޭ އަޑުތައް ނުއިވޭކާމަށް ހަދާލީމެވެ. ފެނުނު ބައެއް މަންޒަރުތައް ނުފެންނަ ކަމަށްވެސް ހަދާލީމެވެ. ކޮންމެ ގޮތެއްގައި ނަމަވެސް މިހާރު މިއޮތީ މިހެން އުޅެންޖެހިފައެވެ. އަހަންނަށް ވިސްނޭ ގޮތުގައި އެންމެ ބުއްދިވެރި ގޮތަކީ، އެއިރެއްގެ ހާލަތަށް ތަބާވެގެން އުޅުމެވެ. އެހެންވެ އަހަންނަށް ގަބޫލު ކުރެވެނީވެސް އެހެންނެވެ. ކުރިމަތިވީ ކަމަކާ ކުރިމަތި ލާންވީކަމެވެ.

އާދުވަހެކެވެ. ސްކޫލު ނިންމާފައި ގެއަށް އައުމަށްފަހު އަހަރެން ފުރަތަމަވެސް ބެލީ ޕާރޓީ ހެދުން އިސްތިރި ކުރެވޭތޯއެވެ. ކޮންމެ ގޮތެއްގައި ވިޔަސް ބޮޑުދައިތަ ދަރިއެއްގެ ވެޑިނގް ޕާރޓީއަށް ވީތީ އަހަރެން ދާންޖެހޭނެއެވެ. އެއީ އަހަރެންގެ މަންމަ ބޭނުންވާގޮތެވެ.
މަންމައަށް ޕާޓީގައި ބައިވެރި ވެލަން މާލެ ނާދެވުނަސް، އެޕާރޓީގައި އަހަރެން ކޮންމެހެންވެސް ބައިވެރިވާން މަންމަ ބޭނުންވަނީ އެހެންވެގެންނެވެ.

“މަރިއްތާ! އެންމެންގެ އެއްޗިސް ރެޑީތަ؟ އަހަރެން އިސްތިރިކޮށް ނިމެނީ…” އަހަރެން ބުނެލީ ހެދުމެއްގައި ގޮށެއް ހަރުކުރަންހުރި މަރިއްތައާ ދިމާލަށެވެ.

“ހޫމް.. ޝަލީންއާ އީނާޝް މިހާރު ނުނިމެނީ.. އީނާޝް އިހައް ބޭންދީ ލަސްކޮށްލާފަ ރީތިކުރަން. ދެން ޝަލީން ރެޑީ ވީމާ އަވަހަށް ދެވޭނީ. 8:00 ގަ ކައިވެނި ކުރާނެ.” މަރިއްތަ ބުނެލިއެވެ.

“ހޫމް…” އޭ ބުނަމުން އަހަރެން މައްޗަށް ދިޔައީ ރީތިވާށެވެ.

ލެމަންގްރާސް ރެސްޓޯރެންޓްގެ ހިތްގައިމު މާހައުލެވެ. މަޑުމަޑުން އަދަދު ގިނަވަމުންދިޔަ ޕާޓީގެ ހާޒިރީން އެކި މޭޒު ކައިރި އަށީންދެލާއިން ތިބެ ކަމުން ގެންދިޔައެވެ. އަހަރެންވެސް ކާން ބޭނުންވެފައި ހުރުމުން މަރިއްތަ ގާތު އެވާހަކަ ބުނެލީމެވެ.

“އާން އަވަހަށް ހިނގާ ކާން. އީނާޝް ގޮވައިން އެހާ ގިނައިރު މަޑު ކުރަންވެސް އުނދަގޫވާނެ. އަވަސް ކުރީމަ ގެއަށް ދެވޭނީ.. ނެތް އެހާ ގިނަ ހުސް މޭޒެއްވެސް. އީނާޝް ގޮވައިން ފަސޭހަ ވާނީވެސް މޭޒެއްކައިރި.” މަރިއްތަ އެކި ދިމާލަށް ނަޒަރު ހިންގަމުން ބުނެލިއެވެ.

“މަރީދޭ… އާދޭ އެކޮޅު މޭޒަށް.. އެމީހުން އެ ނިމުނީ. ޝަލީންމެން ދޭ އިޝާނީ އާއެކީ އެފަޅި ގޮނޑިތަކަށް އޭރުން ނިމިގެން އެންމެންނަށް އެކީ ގެއަށް ދެވޭނީ.” ކަންތައްތައް ކުރަންވީގޮތް ރާވާލަމުން މުހައްމަދުބެ ބުނެލިއެވެ.

ކާއެއްޗެތި އަޅައިގެން ގޮސް އަހަންނާ އިޝާނީގެ އިތުރުން ޔާނީ އިށީނީ ވަކިން ހުރި ގޮނޑި ބަރިއެއްގައެވެ. އަހަރެންގެ ސްޕެގެޓީ ތައްޓަށް ލާފައި އިން އުލަށް ސްޕެގެޓީ ކޮޅެއް އޮޅާލަމުން ބޯހިއްލާލީ އެސްޕެގެޓީކޮޅު އަނގަޔަށް ލުމުގެ މަގްސަދު ގައެވެ. އިސް ނަގާލަމުން އަހަރެން އަނގަޔަށް ލާން ފަރިކޮށްލި ސްޕެގެޓީކޮޅު އަނގަޔަށް ނުލެވެނީސް ތައްޓަށް ވައްޓާލީމެވެ. ކުރިމަތީ އިން ކުއްޖާ ފެނި އަހަރެން ހައިރާންވުމުންނެވެ. އަހަރެން ހިތަށް އެރިއެވެ. މިޕާޓީއަށް މީނައަށް ދަޢުވަތު ލިބުނީ ކޮން ހައިސިއްޔަތަކުން ބާއެވެ.؟

ނުނިމެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހަނދުވަރު ދިން އެރޭ …13

Next

ބްލަޑް 2 (12)

Next
November 16, 2024

ބްލަޑް 2 (12)

Previews
November 15, 2024

ހަނދުވަރު ދިން އެރޭ …13

10 Comments!

  1. gurrrrl says:
    November 16, 2024 at 12:13 pm

    vrh reethi mi part ves
    when next part
    anihkaa kn kuhjeh baa eiee
    cant wait for it
    keep it uo
    love you

    1. Shaleen says:
      November 16, 2024 at 1:17 pm

      Thanks gurrrrl
      Hingaabala dho balaalan ei kon kujjeihtho?
      Next part kiyaaleema ingidhaanethaa…
      V avahah up kollaanan in sha Allah.
      Vaki dhuvahei nubune ☺️

  2. Nawar says:
    November 16, 2024 at 12:14 pm

    Maasha Allah mi part vx varah varah reethi…
    Anehkaa eii kaakubaa??
    Kury part vx kiyaalin…. ekm kiyevumuga busy kamun comment kohlaane vagutheii nuvi..
    E part vx varah varah reethi….
    Whn next??

    1. Shaleen says:
      November 16, 2024 at 1:20 pm

      Thanks Nawar
      V ufaavey hihvaru dheytheeve.
      Next part kiyaaleema dhen ingeynee ei kon kujjei kanves dho…
      Ummeedhu kuran e part ah inthizaaru kuraane kamah.
      Next part Hama v avahahves kiyaalan libidhaane in sha Allah.
      Komme part ehves kiyaalaatheeve v ufaavey.
      Comment nulibuneema v miss vi. Ekamves ok
      Hama baeh faharah BZ veema ehenves dhimaavaane.
      👍

  3. Lily says:
    November 16, 2024 at 6:46 pm

    Who is this shaaneez? Lily ah eii kaaku kameh neyngun

    1. Shaleen says:
      November 16, 2024 at 9:42 pm

      Lily….
      Shaaneez akee mi vaahakaiga e ulhey shaleen ah CD dhey meehaa.
      Mihaaru handhaan vejjetha dear ? 🤗

    2. Lily says:
      November 16, 2024 at 10:47 pm

      Adhives nueh ingey😭
      Ekm i remember konmes cd eh

  4. Shaleen says:
    November 16, 2024 at 11:12 pm

    Alhey haadha dheraey nenguneeyaa..
    Dhen jeheynee anekkaa kudakoh ehen part thah balaalan yageen vandhen.
    Dho
    Adhi handhaan vaane in sha Allah

    1. Hassan says:
      November 17, 2024 at 1:51 pm

      Maakaal dho

  5. Shaleen says:
    November 17, 2024 at 2:57 pm

    Hi Hassan
    Dhen let’s c kaakubaa ei dho
    V avahah kiyaalan libeyne next part in sha allah

Comments are closed.

Next Episodeޝަލީން 19←


All Right Reserved!