ބްލަޑް 2 (6)
އިސްތަށިގަނޑުގައި އަތްހިންގާލި އިރު ކައިޝަންގެ މޫނުމަތިން ދިޔައީ ރުޅިވެރިކަން އޭގެ އިންތިހާއަށް ފެންނަމުންނެވެ. ފުންކޮށް ނޭވާ ލުމަށްފަހު ކައިޝަން ކައިޝަން ފާހަނައަށްވަނެވެ. ލޯގަނޑުކުރިމަތީގައި ހުއްޓި ލޮލުގައި އިން ކަޅުކުލައިގެ ލެންސް ކައިޝަންނެގިއެވެ. ތުވާލި ނަގާ ބައިންދާފައި ގޮސް ފެންމާގަނޑުގެ ފެން ފިނި ފެނައްބަދަލުކޮއްލާފައި ކައިޝަން މުޅިހަށިގަނޑުތެއްމާލިއެވެ. އިސްތަށިކޮޅުގައި މަޑުމަޑުން އަތް ހިންގާލަމުން ބޮލުގައި އިން ކަޅުކުލައިގެ ވިގް ނަގާ ބިންމައްޗައް ވައްޓާލިއެވެ. އެއާއިއެކު އެރަތްކަން ގަދަ އިސްތަށިކޮޅު ކަޝްފުވެގެންދިޔައެވެ. ލޯމައްޗައްވެއްޓިފައިވީ އިސްތަށިކޮޅު ރީތިކޮއްލި އިރު ފެހިކުލައިގެ އެދެލޯ ހުރީ ރަތްކުލައިގައެވެ.
****
ހަމަހިމޭންކަމުގެ ސާލެއް އޮޅާލެވިފައިވީ އެއަނދިރިކޮޓަރިތެރޭގައި އިވެމުން ދިޔައީ މިލްޔާގެ ކެއްސުމުގެ އަޑެވެ. ކެއްސާލާ ކެއްސުމުން މިލްޔާގެ ނޭވާ އުފުރިގެން ދަނީހެން ހީވާފަދަ ވަގުތުވެސް ދިޔައެވެ. ބަނޑުގައި އަތްއަޅައިގެން އިނދެގެން ކެއްސަމުން ދިޔައިރު، މިލްޔާގެ މައުސޫމް ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ކެއްސަކެއްސާފައި ދެންފެނުނީ މިލްޔާ ދުވެފައިގޮސް ފާހަނައަށް ވައިންތަނެވެ. ފާހަނައަށް ވަދެ ލޯގަނޑުކުރިމަތީގައި ހުއްޓި މިލްޔާ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އޭރު މިލްޔާގެ ނޭފަތުންނާއި އަނގައިން ދިޔައީ ލޭ އޮހޮރެމުންނެވެ.
“ހެއި. ސޯ؟ ވަޓް ޑިޑްހީ ސޭ؟” ކާގެއަށް ވަދެގެންއައި އެލީން ފެނި ޔޫރާއެއްސެވެ.
“ހީ ލަވްސް ހާރ. މިލްޔާއެކޯ ކިޔަނީ” އެއްވިސް އިހުސާސެއްނެތް ގޮތަށް އެލީން ބުނެލިއެވެ.
“ޑޯންޓް ވޮރީ. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ޔޫރާބުނެލިއެވެ. ޔޫރާ އާއި ދިމާލަށް އެލީން ބަލައިލީ ހަމްދަރުދީގެ ލޮލަކުންނެވެ. އެލީންގެ ލޯބިވެރިޔާ މިއުޅެނީ ލޯބިވެރިޔާ އެހެން މީހަކުދެކެ ލޯބިވެގެންނެވެ. ޔޫރާގެ ލޯބިވެރިޔާ ދުނިޔޭގަވެސް ނެތެވެ. ނަމަވެސް ޔޫރާއަދިވެސް އެބަލަނީ އެލީން ހިތްހަމަޖެއްސޭތޯއެވެ.
“ކޮބާ ނުނިމޭތަ؟ ވަރަށް ބަނޑުހައި” އެލީން ވާހަކަ އޮޅުވާލިއެވެ.
“ހޫމް މިނިމެނީ. ކާން ހަދާބަ ޔޫރީ ވެސް ވަރަށް ބަނޑުހައި” ޔޫރާ ބުނެލިއެވެ. ޔޫރާއާއި އެކު އެލީން އެދުވަހު އުފާވެރިވަގުތުކޮޅެއް ހޭދަކުރިއެވެ. އުފާވެރި ކަމާއި މަޖަލުގައެވެ.
“ރެޑީތަ؟” ފުނާއަޅަން އިން ޔޫރާ ފޯނު ބަލާލިއިރު ކައިޝަންގެ މެސެޖެއް އިނެވެ. އެހެންކަމުން އަވަސްކޮއްލައިގެން ނުކުން އިރު ކައިޝަން ބޭރުގައި ހުއްޓެވެ. ޔޫރާ ސައިކަލު ފަހަތައް އެރުމާއި އެކު ކައިޝަން ސައިކަލު ދުއްވާލިއެވެ.
“އެއީ ވީގޮތަކީ” ވީގޮތް ކައިޝަންއަށް ކިޔަދީ ނިންމާފައި ފުންނޭވާއެއް ދޫކޮއްލާފައި ޔޫރާ ބުނެލިއެވެ.
“އައިމް ސޮރީ އައި ވޯސް ނޮޓް ދެއާރ. ދެން އެކަނި ބޭރަށް ނުދައްޗޭ. އެލީންއަށް ނުދެވުނީއާއި އަހަރެންނަށް ގުޅާ. އަހަރެން އަބަދުވެސް ޔޫރީކައިރީ ހުންނާނަން” ޔޫރާގެ އަތުގައި ހިފާލަމުން ކައިޝަން ބުނެލިއެވެ. ޔޫރާ ހިނިތުންވެލަމުން ކައިޝަންގެ ކޮނޑުގައި ބޯއަޅާލިއެވެ.
****
“ރިޝްވާނޫ!!!” ނިދިފައި އޮތް ރިޝްވާން ކޮޅަށް ޖެހުނީ ކޮޓަރިދޮރުގައި ތަޅަމުން ޝިޔާން ގޮވާއަޑަށެވެ. ޕިސް ޕިސް ކިޔަމުން ފާޑަކަށް ގޮސް ރިޝްވާން ދޮރުހުޅުވިއެވެ. އެއްވިސް އެއްޗެއްނުބުނެ ޝިޔާންއާއި ދިމާލަށް ކަޅިއަޅާލާފައި ރިޝްވާން ގޮސް އެނދުގައި އޮށޯތެވެ.
“ބްރޯ އަދިވެސް ނިދަނީތަ؟ ޕިސް ޕިސް” ޝިޔާން ބުނެލިއެވެ.
“ދެން މަ ނިދިޔަ ދީފަ ރައްކާވެބަލަ ހެޔޮނުވާނެ” ރިޝްވާން ނިދިއަޑެއްގައި ބުނެލިއެވެ.
“ބްރޯ. ކައެގެ ޔޫރާ ޖަހައިގަތީއޭ އެޔޮއް” ޝިޔާން ބުނެލިއެވެ.
“ވަޓް؟ ކީކޭ؟ ކާކު؟” ކުއްލިއަކަށް ކޮޅަށް ޖެހި ރިޝްވާންއެއްސެވެ.
“ކައެއަށް އެނގޭތަ ކައިޝަން؟ ޔޫރާއާއި އެއް ކްލާސްއެއްގަ ކިޔަވާ ސޮރެއްއެއީ. ދެންމެ މަށަށް ފެނުނު އެދެމީހުން ޑޭޓްއަކަށް ގޮސް ތިއްބަ. ބީޗްގައެބަ ތިބި. މިހިރީނުން” ޝިޔާން ފޯނުގައި ހުރި ފޮޓޯތައް ދައްކާލަމުން ބުނެލިއެވެ.
“ހަހަ. މިކާކުތަ؟ ހީ ކާންޓް ޑެއާރ ޓު ޓަޗް މައި ގާރލް. ހިނގާބަލަ މަ ގޮވައިގެން” އެ ފޮޓޯތައް ބަލާފައި ރިޝްވާން ބުނެލިއެވެ.
“ސީ ޔޫ އިން ކްލާސް” ޔޫރާގެއަށް ސައިކަލު މަޑުކޮއްލުމުން ފައިބައިފައި ޔޫރާ ބުނެލިއެވެ.
“ޔޫ ޓޫ” ކައިޝަން ވެސް ބުނެލިއެވެ.
ކައިޝަންގެއަށް ދިޔައިރު ގޭ ދޮރު މަތީގައި ރިޝްވާންއާއި ޝިޔާން ހުއްޓެވެ. ކައިޝަންގެ ދެއަތްމުއްކެވިގެން ދިޔައެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ކައިޝަން ކުރިއަށް ހިނގައިގަތެވެ.
“އޭ ތި* ކޮންތާކަށްތަ ތިދަނީ؟ ކައޭ ކީކޭ ހިތައްއަރައިގެންތަ ތިއުޅެނީ؟ މަ ބުނަންތަ ވާހަކައެއް؟ ޔޫރާއެއީ މަގޭ މަންޖެ. ކައެ އޭނައާއި ގާތްވަން ހިތައްވެސް ނާރުވާތި!!” ކުއްލިއަކަށް ރިޝްވާންގޮސް ކައިޝަންގެ ގަމީހުގެ ގިރުވާނުގައި ހިފާ ބުނެލިއެވެ.
“އޭ!! ބަލަ ކާކުތަ ބުނީ ޔޫރާއެއީ ކަލޭ ހައްގެކޭ؟ އެއީ މަގޭ ހައްގެއް!” ކައިޝަން ކުއްލިއަކަށް ރިޝްވާންގެ ބަނޑުގައި ޖަހާ ކޮއްޕާލިއެވެ. ވަގުތުން ރިޝްވާން ދިޔައީ ވިއްސައިގެންނެވެ. ކައިޝަންގައިގައި ހުރި ވަރުފެނުމުން ޝިޔާން ހުރީ ތުރުތުރު އަޅާ ހާލުއެވެ. ނަމަވެސް ރިޝްވާން ހުރީ ހުއްޓާކަހަލަ ހިޔާލަކު ނޫނެވެ. ކައިޝަންވެސްމެއެވެ. ނަމަވެސް ކައިޝަންއަށް ހުއްޓެން މަޖުބޫރުވީ ގޭތެރެއިން މީހަކު ކައިޝަންއަށް ގޮވުމުންނެވެ.
“ކައިޝަން!!!!!” ކައިޝަން އެޒުވާނާއާއި ދިމާލަށް ބަލައިލިއެވެ. ނަމަވެސް ކުރިއަށް ހިނގައިގަތީ އަހިސްފައި ހުރި ރުޅީގެ ސަބަބުންނެވެ. ނަމަވެސް ކައިޝަން ހުއްޓެން ޖެހުނީ އެޒުވާނާއަހިސް ކައިޝަންގައިގައި ހިފާ ގަދަ ކަމުން ގޭތެރެއަށް ވެއްދުމުންނެވެ.
“މި ކޮންކަހަލަ *އެއްތަ؟” ރިޝްވާން ހުރީ ރުޅިއަހިސް ރަތްވެފައެވެ.
“ކައިޝަން މޮޔަވީތަ؟ މައިތިރިވެބަލަ” ކައިޝަން ނުކުތުމަށް މަސައްކަތް ކުރަން ފެށުމުން އެޒުވާނާ ބުނެލިއެވެ.
“ދޫކުރޭ!! މާދަމާ ހަމަ ހުވާ އޭނައަކަށް އިރެއް ނާރާނެ!” ކައިޝަން ހުރީ ރުޅިއަހިސް ރަތްވެފައެވެ. ކައިޝަންގެ ދޮން ހަންގަނޑު ރަތްވެފައި ހުރި އިރު ދެލޯ ވެސް ހުރީ ރަތްކުލައިގައެވެ. މުޅިހަށިގަނޑުގެ ނާރުތައް ފުއްޕާލާފައި ހުރި އިރު “ކެނައިން” ދަތްތަށްވެސް ހުރީ ދިގުވެލާފައެވެ.
ކައިޝަން މައިތިރިނުވާނެކަން އެނގުމުން ކައިރިގައި ހުރި ތަނުން ސިރެންޖެއްނަގާ “އެޓެސައިން” ކައިޝަންގެ ގަޔަށްޖެހިއެވެ. މަޑުމަޑުން މައިތިރިވަމުން ގޮސް ކައިޝަން ބިންމައްޗަށް ޖެހުނެވެ. ހަށިގަނޑުގައި ހުރި ނާރުތަކުގެ ކުލަ ފަނޑުވެ ލޮލުގެ ކުލަވެސް ބަދަލުވެލިއިރު “ކެނައިން” ދަތްވެސް ރަނގަޅުވެލިއެވެ. ފުންކޮށްނޭވާތަށް ލަމުން ދިޔައިރު ކައިޝަންގެ ނޭވާ ހީވަނީ އުފުރިދާނެ ހެންނެވެ. އެޒުވާނާއާއި ދިމާލަށް ކަޅިއަޅާލާފައި ކައިޝަން ލޮލުގައި އިން ލެންސު ނެގިއެވެ. ބޮލުގައި އިން ވިގު ނަގާ ގޭތެރެއަށް ހޫރާލިއިރު ކައިޝަން ދިޔައީ ތުރުތުރު އަޅަމުންނެވެ.
“ކައިޝަން މޮޔަވީތަ؟ ކީއްކުރަންމަ ހުއްޓުވީ؟”
“ރުވާން މޮޔައީތަ؟ މަ ރުވާން ސަލާމަތް ކުރީ ރުވާން ތިހެން ކަންކުރާކަށް ނޫނޭ!” ރުވާން ހަމަ ބުނެލުމާއި އެކު ކައިޝަން ބުނެލިއެވެ.
“ކައިޝަންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ޔޫރާދެކެ ލޯބިވާވަރު.. ދެން އަހަރެން.. ކިހިނެތް؟” ރުވާންގެ ދެލޮލުން ކަރުނަ ފޭދުނެވެ. ކައިޝަން ގޮސް ރުވާން ކުރިމަތީގައި ހުއްޓި އިސްތަށިކޮޅު ފޮރުވޭހެން އަޅާފައިވީ “ބީނީ ކެޕް” ނެގިއެވެ. އެއާއި އެކު ކައިޝަންގެ ރަތް އިސްތަށިކޮޅު ކަޝްފުވެލިއެވެ.
“އިޓްސް އޯކޭ. އަހަރެންނަށް އެނގޭ ރުވާންއަށް ފީލް ވާނީ ކިހިނެއްކަން. އައި އޭމް ދި ސޭމް އޭސް ޔޫ އޭ” ކައިޝަން ރޮވިފައި އިން ރުވާންގައިގައި ބައްދާލަމުން ބުނެލިއެވެ.
އެހެން މީހުންނަށް ނުފެންނާނޭހެން ފޮރުވާފައި އިން އައިސަލާމާރިއަކުން ކައިޝަން ނެގީ 2 ލޭ ޕެކެޓެވެ. ބަދިގެއަށް ވަދެ 2 ތައްޓަށް ލޭއަޅާފައި ކައިޝަންއެއްތަށި ރުވާންއަށް ދިނެވެ.
“މިރޭ 9 ގަ އަންނާނެ ނަބީލް މިގެއަށް” ކައިޝަން ބުނެލިއެވެ.
“ވަޓް؟” ރުވާން ކައިޝަންއާއި ދިމާލަށް ބަލައިލިއެވެ. އަދި ހަމަ އެ ސިކުންތު ގަޑިވެސް ބަލައިލިއެވެ. ގަޑިން އޭރު 15 8 އެވެ.
“ޔެސް. އަހަރެންނަށް ހީވަނީ މިހާރު މިއީ ހަމަ އެންމެ ޕާރފެކްޓް ޓައިމްހެން” ރުވާންގެ ލޮލަށް ބަލައިލަމުން ކައިޝަން ބުނެލިއެވެ. ރުވާން ބޯޖަހާލީ ކައިޝަންއާއި އެއްބަސް ވުމުގެ ގޮތުންނެވެ.
ވަގުތު ފާއިތު ވަމުން ގޮސް 9 ޖަހައިފިއެވެ. “އައްސަލާމުއަލައިކުމް” ނަބީލް ސަލާމް ގޮވާލިއެވެ. “ވާލައިކުމް ސަލާމް. ވަދޭ ވަދޭ” ކައިޝަން ސަލާމް ބަލައިގަތެވެ.
ނަބީލް ލަސް ހިނގުމެއްގައި ހިނގާލާފައި ގޮސް ސޯފާގައި އިށީނެވެ. ކައިޝަންވެސް ގޮސް ނަބީލް ގާތުގައި އިށީނެވެ.
“އަހަރެން މިރޭ ނަބީލް މިގެނައީ ވަރަށް މުހިއްމުން ވާހަކައެއް ދައްކަންވެގެން” ކައިޝަން ބުނެލިއެވެ.
“ބުނެބަލަ؟” ކައިޝަންއާއި ދިމާލަށް ބަލައިލަމުން ނަބީލް ބުނެލިއެވެ. އެވަގުތު ނަބީލްގެ އިޝާރާތާއި އެކު ކޮޓަރި ތެރެއިން ރުވާން ނުކުތެވެ. ނަބީލް ދިޔައީ ސިއްސައިގެންނެވެ. އެއީ ހަމަ ރުވާން ހެއްޔެވެ؟
“ތީހަމަ.. ރުވާންތަ؟؟” ނަބީލްއަށް އަހާލެވުނެވެ.
ރުވާން ބޯޖަހާލިއިރު ރުވާންގެ ދެލޮލުގައި ކަރުނަ ވިދަމުންދިޔައެވެ. ނަބީލްއަށް ރުވާންގައިގައި ބައްދާލެވުނެވެ.
“ރުވާން.. ކިހިނެތް؟ ކިހިނެތް؟” ނަބީލްއެއްސެވެ.
“ކައިޝަން ސޭވްޑްމީ. ކައިޝަންވެސް އަހަރެންހެން “ޔޫބީޓީ-01″ ވައިރަސް ހުރޭ” ރުވާން ބުނެލިއެވެ.
ނަބީލް ހައިރާންވެފައި ފަސް އެނބުރި އަލުން ކައިޝަންއާއި ދިމާލަށް ބަލައިލިއެވެ. ސޯފާގައި އިން ކައިޝަންތެދުވެ ކައިޝަން ބޮލުގައި އިން ކަޅުކުލައިގެ ވިގްނަގާ ކައިޝަންގެ ރަތް އިސްތަށިކޮޅު ކަޝްފުކޮށްލިއެވެ.
“ކިހިނެތް؟ އެއީ ރަވާންބެ ރުވާންއަށް ހެދި ވައިރަސްއެއްނުން؟ ދެން ކިހިނެއް ކައިޝަންއަށް؟” ނަބީލްހުރީ ބޮޑު ސުވާލު މާރކެއް ހިފައިގެންނެވެ. ރުވާން ކައިޝަންއާއި ދިމާލަށް ބަލައިލިއެވެ. ކައިޝަން ބޯޖަހާލިއެވެ.
މިހާ ހިސާބުން މީގެއެއް ހަމަސްކުރީގެ އެހާދިސާގައިވީ ގޮތް ބަލާލަމާތޯއެވެ.
***6 މަސް ކުރިން***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







varah reethi
when next part
jazaakallah khair
Mirey kiyaaleveyne
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Ruvaan and Yoora gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
hehe then let’s see dhw
happy you understands <3
part 7 is already out
aaaaiii vrh reethi mi part ves
when next parrtt cant waitt
keep it up
love you
Jazaakallah khair<3
It's already out
LYM
alheyyy haadha reehcheyy mashallah ruvaan so cute n kaishan ves
my love is for ruvaan so handsome….when next partt curiously waiting for it
love you author