Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (5)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 5, 2024 4 Mins Read
8 Comments

“ހެހެ ނޯ.. އިޓްސް އޯކޭ. ޓެލްމީ މޯރ އެބައުޓް ޔުއާރ ސެލްފް؟” މިލްޔާއެއްސެވެ. އާދިން ވާހަކަދައްކަމުން ދިޔަގޮތުން އާދިންގެ ހިތުގައިވެސް މިލްޔާއަށްޓަކައި ލޯބިވޭކަން މިލްޔާއަށް އެނގުނެވެ. ނަމަވެސް މިލްޔާގެ ހިތައްތަދުވީ އާދިންއަށް މިލްޔާއާއި އެކުނޫޅެވޭނެތީއެވެ. މިލްޔާ ކިތަންމެ ބޭނުންވިނަމަވެސްއެވެ.

****

“ޔޫރާ ތިއީ މިރަށު ކުއްޖެއްތަ؟” ޔޫރާއާއި އެކު އައިސްކްރީމް ބޯން އިނދެ ކައިޝަންއެއްސެވެ.

“ލައްބަ. ކައިޝަން މިރަށެއްނޫންތަ؟” ޔޫރާ ކައިޝަންގެ މޫނަށް ބަލައިލަމުން އެއްސެވެ.

“ޔެސް. ކައި މިއީ މިރަށުކުއްޖެއްނޫން. ކައި މިއީ ކުޅުދޫފުށިކުއްޖެއް. އެކަމަކު ކައި މަންމައެއީ މިރަށުކުއްޖެއް. ކައި މަންމައާއި ބައްޕަ ޑިވޯރސްވީ ފަހުން ކައި މަންމައާއެކީ މިރަށަށް ޗޭންޖްވީ. ވެލް. ބައްޕަ ޗީޓެޑް އޮން ހާރ. ސޯ. މިހާރު އަހަރެންގެ ހާލު ބަލާކަށް ނުވެސް ގުޅާ. ނޭނގެދެން” ކައިޝަން އޭނާގެ ހަޔާތުގެ ސަފްހާތައް ދިޔައީ މަޑުމަޑު ޔޫރާއަށް ކިޔައިދެމުންނެވެ.

“އައިމް ސޮރީ. ކައިޝަން ތިއީ ސިންގަލް ޗައިލްޑްއެއްތަ؟” ޔޫރައެއްސެވެ.

“ޔެސް. ދެން ޔޫރާގެ ލައިފް ކިޔައިދީފާނަންތަ؟” ކައިޝަން ބުނެލިއެވެ.

“އަހަރެންގެ މަންމައެއް ބައްޕައެއް ނެތް. އައި ހޭޑް ދޮން މަންމައެއް. އެކަމަކު ޝީ ވޯސް އޮންލީ އިން ލަވް ވިތް ބައްޕަގެ މަނީ. ދެން ބައްޕަ ނިޔާވިއިރު އަހަރެންނަށް ބައްޕަގެ ހުރިހާ މުދަލެއް ދީފަ ހުރުމުން އަހަރެންއަތުން އެޖަހައިގަންނަން ދޮން މަންމަ ދިޔައީ ވަރަށް މަސައްކަތް ކުރަމުން. އަހަރެންނަށް ހަމަ 18 ވީ އިރަށް ދޮންމަންމައުޅުނީ އަހަރެން މީހަކާދެވަން. ރުފިޔާހުރި ބޮޑު މުއްސަނދި މުސްކުޅިއަކާދެވަން. އެކަމަކު.. މިހާރު ދޮންމަންމަ އަހަރެން ދެވަން އުޅުނު މީހާވެސް، ދޮންމަންމަވެސް ދުނިޔެއަކުނެތް” ޔޫރާ އެއްދިމާލަކަށް ބަލަން އިނދެ ކިޔައިދިނެވެ.

“ދެން ޔޫރާގެ ލަވް ލައިފް؟” ކައިޝަން ސީދާ ޔޫރާގެ ލޮލަށް ބަލަން އިނދެ އެއްސެވެ.

“އަހަރެން ކުއްޖަކުދެކެ ވަރަށް ލޯބިވިން. ރުވާން ކިޔަނީ. ޕްލީޒް އަންޑާރސްޓޭންޑް. އަހަރެން އަދިވެސް ރުވާންދެކެލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ” ޔޫރާ ބުނެލިއެވެ.

“ދެން މިހާރު ރުވާން ކޮބާ؟” ކައިޝަން އެއްސެވެ.

“ރުވާން މިހާރު ދުނިޔެއަކުނެތް. އޭނަ މިދުނިޔެއާއި ވަކިވެގެން އެދިޔައީ އަހަރެންގެ އިއްފަތްތެރިކަން ސަލާމަތްކޮއްދީފަ. އެ އަލިފާންގަނޑުގެ ތެރޭގައި ހުރެ ރުވާން އަހަރެން ނެރުމައް ސަލާމަތް ކުރީ.. އެކަމަކު.. އޭނާގެ ފުރާނަ ސަލާމަތެއްނުވި” އެހިސާބަށް ބުނެވުނު އިރު ޔޫރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“އައިމް ސޮރީ ޔޫރާ. އައިމް ސޮރީ..” ކައިޝަންގެ ހިތުތެރޭގައިވިއެވެ.

****

ނިދިފައި އޮތް އެލީންއަށް ހޭލެވުނު އިރުވެސް ހިތުގައި ފުން ވޭނެއް އުފެދިފައިވިއެވެ. ރޭ ހަތަރުދަމު ރޮއެ ރޮއެ އޮތުމުން އެލީންގެ ލޮލަށްވެސް ދިޔައީ ތަދުވަމުންނެވެ. ހިތްވަރުކޮށްލާފައި ތެދުވެ އެލީންގެ ފަންދިގު އިސްތަށިކޮޅު ރީތިކޮއްލިއެވެ. ކޮޓަރިތެރެ ބަލާލިއިރު ޔޫރާފެންނަން ނެތުމުން ޔޫރާއަށް ގުޅުމަށް ފޯނުނެގުމުން އާދިންކޮށްފައި އިން މެސެޖެއްފެނުނެވެ.

“ހެއި. މިއަދު 4 ގަ ބީޗް އިން މީޓް ކުރެވިދާނެތަ؟” އާދިންގެ އެމެސެޖައް “އޯކޭ” ޖަހާފައި އެލީން ޔޫރާގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

“އެކްސްކިއުޒް” ގުޅަމުން ދިޔައީ އެލީންކަމުން ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލާފައި ޔޫރާ ކައިޝަންގާތުގައި އެހެން ބުނެލާފައި އެއްކައިރިއަކަށް ޖެހިލިއެވެ.

“ކީކޭ އެލީ؟” ޔޫރާ އެއްސެވެ.

“ކޮންތާކުތަ؟ އާދެބަ ގެއަށް. އަހަރެން ބޭނުންވަރަށް މުހިންމު ވާހަކައެއްބުނަން” އެލީން ބުނެލިއެވެ. މިއަދު އާދިން ކުރިމައްޗައް އެރުމުގެ ކުރިން ޔޫރާގެ އެހީތެރިކަން އެލީން ބޭނުންވެއްޖެއެވެ. މިހާރު އެލީންއަށް އާދިންދެކެ ލޯބިވެވިއްޖެކަން ޝައްކެއްނެތް މިންވަރަށް އެލީންއަށް ޔަގީންވެއްޖެއެވެ.

“ހެއި. ބެސްޓީ އެގުޅީ. ކަމެއްވެގެންހެން ހީވަނީ. ފަހުން ހަބަރެއްވާނަން އޯކޭ؟” ޔޫރާ އެނބުރި ގޮސް ކައިޝަންކައިރީ ބުނެލިއެވެ.

****

“ކިހިނެއްވީ އެލީ؟ ވާހަކަދެއްކި ގޮތުން ވަރަށް ރޮއެފަހެން ހީވަނީ” އެލީން ގާތުގައި ކޮޓަރިއަށް ވަދެ ޔޫރާ ބުނެލިއެވެ.

“ޔޫރީ.. އައި… އައި ތިންކް.. ނޯ.. ޔޫރީ.. އެލީންއަށް އާދުދެކެ ލޯބިވެވިއްޖެ. އެކަމަކު.. އަހަރެންނަށް މިހާރު ހީވަނީ އާދުއަށް ކުއްޖަކު ފެނިއްޖެހެން” ޔޫރާ ގައިގައި ބައްދާލަމުން އެލީން ބުނެލިއެވެ.

“ވަޓް؟ ކީކޭ؟ ތަންކޮޅެއް ސާފުކޮށް ކިޔައިދީބާ؟” ޔޫރާ ހައިރާންވެފައި ބުނެލިއެވެ. އެލީން ޔޫރާއަށް އެ އަންހެން ކުއްޖައާއި އާދިންގެ ގުޅުން އެނގިފައިވީ މިންވަރަށް ކިޔައިދިނެވެ. އަދި އެދުވަހު ބައްދަލު ކުރަންބޭނުންވާހަކަ އާދިންބުނި ވާހަކަވެސް ބުނެލިއެވެ.

“ޔޫރީ ބުނާނީ ދާށޭ. ޔޫ ނީޑް ޓު ހިއާރ ހިމް އޭނުން.. އަހަރެންވެސް ބޭނުން އެލީ ކައިރީ ވާހަކައެއްބުނަން” ޔޫރާ ބުނެލިއެވެ.

” އަހަރެން ކައިޝަންއާއި އެކީ ރިލޭޝަންޝިޕްއަކަށް ދިޔައީމި” ޔޫރާ ބުނެލިއެވެ. އެލީން ހައިރާންވިއެވެ.

“ކޮން އިރަކު؟ ވައި؟” އެލީންއެއްސެވެ.

“ކައިޝަން ބުނީ ރިޝްވާންއެއީ ފާޑެއްގެ މީހެކޭ، އޭނާއަށް ކަމުދާ އަންހެންކުއްޖަކު އޭނާ ގަދަކަމުންނަމަވެސް އޭނާ އެއަންހެންކުއްޖާ ގަޔައް އަރާނޭ. އެހެންވެ ހަމަ އަހަރެންގަޔައްވެސް އަރާފާނެއްނުންހޭ. އެންޑް ކައިޝަން ބުނި އަހަރެންދެކެ ލައިކްވެޔޭވެސް. އެހެންވެ. ދެން ޔެސް ބުނީ. މިއަދު ހެނދުނު އަހަރެން ސަންރައިޒް ބަލަން ދިޔަގަޑީގައި ދިމާވީ. އެގަޑީގައެހީ” ޔޫރާ އެލީންއަށް ހުރިހާވާހަކައެއްކިޔައިދިނެވެ.

“ހެޕީ ފޯރ ޔޫ” ޔޫރާގެ އަތުގައި ހިފާލަމުން އެލީން ބުނެލިއެވެ.

***

“ޕިސް ޕިސް މި މަންޖެ ހާދަ ތަތޭދޯ” އާދިންގާތައް އައި އެލީންފެނި އެލީންއާއި ދިމާކޮށްނުލާ އާދިންއަކަށް ހަމަ ނުހުރެވުނެވެ.

“ކިހާދެރަކަމެއްދޯ؟ އައިވޯސް ލޭޓް ފޯރ އޮންލީ ވަން މިން ބްރަހް” އެލީންވެސް އާދިން ބުނެލި ރާގުގައި ބުނެލިއެވެ.

“ހޫމް ދެން އޯކޭ. އެލީ. އަހަރެންނަށް ކުއްޖަކުދެކެ ލޯބިވެވިއްޖެ. މިލްޔާ ކިޔަނީ. ސައިކޮލޮޖީ ކިޔަވާކުއްޖެއް. އެލީ. އަހަރެންނަށް އޭނަ ދެކެވަރަށް ލޯބިވެވިއްޖެ. ކިހިނެއްތަ ދެންމަހަދަންވީ؟” އާދިންބުނެލި ވާހަކައިން އެލީންގެ ހިތަށް ހީވީ މީހަކު ކޮޅުފައިން އެރިހެންނެވެ.

“އާދު އެކުއްޖާދެކެ ލޯބިވާކަމަށް ބުނެފި ނަމަ އޭނާއަށް ހިތްވަރުދީ. އެލީ ލޯބިވާ ވާހަކަ ނުބުނާތި. އޭރުން އެޓްލީސްޓް ޔޫކޭން ހޭވް އޭނުންދޯ ދި ފްރެންޑްޝިޕް؟ ލޯބީގެ ދެވަނަ ނަމަކީ ގުރުބާން. ޔޫ ކޭން ޑޫ ދިސް. ﷲ އިރާދަކުރެއްވީއާ އަދި އެލީއަށް އާދު ލިބޭނެ”އެވަގުތު ޔޫރާ ދެއްކިވާހަކަ އެލީންގެ ސިކުނޑިއަށްވަނެވެ. އެހެންކަމުން ހިތްމަތީގައި ގާގަނޑެއް ބާއްވާފައިވެސް އެލީން އާދިންއަށް އެލޯބި ހުށައެޅުމައް އެހީތެރިވުމައް ނިންމިއެވެ.

ހަމަ އެވަގުތެވެ. ޔޫރާ ދިޔައީ އެރެއަށް ޕާސްތާ ކެއްކުމަށް ޕާސްތާ ގަތުމަށެވެ. ލަސް ހިނގުމެއްގައި ހިނގާފައި ދިޔަ ޔޫރާއަށް ހުއްޓެން މަޖުބޫރުވީ ކުރިމަތީގައި ސައިކަލެއް ހުއްޓުމުންނެވެ.

“ހެލޯ ބޭބީ ޑޯލް. ކޮންތާކަށްތަ އެކަނިމައި އެކަނި ތިދަނީ؟” އެކަނިމައިއެކަނި ހުރި ޔޫރާ ފެނުމުން ކައިރިއަށް ނުގޮސް ރިޝްވާންއަކަށް ހަމަ ނުހުރެވުނެވެ.

“ޕްލީޒް. އަހަރެން ފަހަތުން ނޫޅިބަލަ.” ޔޫރާ ބުނެލިއެވެ. ރިޝްވާން ސައިކަލު ބަހައްޓާފައި ޔޫރާ ހަށިގަނޑުގައި އޮޅުލައިގަތީ އެސްފިޔަ ޖަހާލާހާއަވަހަށެވެ.

“މްމްމް ހާދަމީރުވަސް ދުވައޭ” ޔޫރާގެ ކަނދުރާގައި ވަސްބަލާލަމުން ރިޝްވާންބުނެލިއެވެ.

“ޕްލީޒް އަހަރެންދޫކޮށްލާ” ޔޫރާގެ ދެލޮލަށް ކަރުނަތައް އެސާހިތަކުބޮނޑިވެގަތެވެ.

“ދޫނުކޮށްލާފިއްޔާއޯ؟” ލަދެއްހަޔާތެއްނެތި ރިޝްވާން ބުނެލިއެވެ.

“ހަޅޭ ލަވައިގަންނާނަން! މީހެކޭ! މީހެކޭ!” ޔޫރާ އެހެން ބުނެ ހަޅޭލަވަން ފެށިއެވެ.

“ވޯހޯ ޗިލް ބޭބް. އޯކޭ. ފަހުން އަންނާނަން. ވެން ޔޫއާރ އިން ދި މޫޑް ހެހެހެ” އެއްލޯ މަރާލާފައި އެހެން ބުނެ ރިޝްވާން ސައިކަލަށް އަރާ ނައްޓާލިއެވެ.

ޔޫރާ ހިތުގައި ޖެހުނީ އިންތިހާއަށެވެ. ރުވާން މިއަދު ދުނިޔޭގައި ހުރިނަމައެވެ. އެހެންނަމަ ރިޝްވާންއަށް އޭނާއަކަށް އެހެން ނުހެދުނީހެވެ.

“ރުވާންކީއްވެ އަހަރެން އެކަނިކޮއްލާފަ ދިޔައީ؟ އަހަރެންމިބިރުވެރިތަނަށް އެކަނިކޮއްލާފަ ދިޔައީ ކީއްވެ؟” ޔޫރާގެ ހިތުގައިވިއެވެ. އަވަސްއަވަހަށް ޕާސްތާ ގަނެގެން ޔޫރާގެއަށްދިޔައެވެ.

އިރުކޮޅަކުން ބަދިގެއަށް ވަންނާނަމޭ ބުނެ ޔޫރާ ވަނީ ކޮޓަރިއަށެވެ. އެވަގުތު ޔޫރާ ހަނދާވީ ކައިޝަންމަތިންނެވެ. ކައިޝަންވަނީ ރިޝްވާން ޔޫރާއަށް އުނދަގުލެއްކޮއްފިނަމަ ބުނުމަށް ބުނެފައެވެ. އެހެންކަމުން ޔޫރާއަވަސްވެގަތީ ކައިޝަން ގާތުގައި އެވާހަކަ ބުނުމަށެވެ.

ފެންވަރަންވަންނަން އުޅުނު ކައިޝަން ސިހުނީ އެނދުމަތީގައި އޮތް ފޯނު ރިންގުވާންފެށުމުންވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން ކައިޝަން އަވަސްއަވަހަށްގޮސް ފޯނުނެގިއެވެ.

“ކައި.. ކައިޝަން.. ދެންމެ އަހަރެން ފިހާރައަކަށް ދިޔަ ގަޑީގަ.. އަނެއްކާ ރިޝްވާން އަހަރެންނާ ބެހެން އުޅުނީ” ޔޫރާއަށް ނުރޯން މަސައްކަތްކުރި ނަމަވެސްއެހެން ބުނެވުނު އިރު ރޮވިއްޖެއެވެ.

“ވަޓް؟ އޭނަ ކީއްކުރީ” ކައިޝަންއެއްސެވެ. ޔޫރާ ވީގޮތް އަލިފުންޔާއަށް ކައިޝަންއަށް ކިޔައިދިނެވެ.

“މިގަޑީ ދިމާ ކުރެވޭތަ؟” ޔޫރާގެ ވާހަކަތައް އަޑުއެހުމައްފަހު ކައިޝަންއެއްސެވެ.

“ޕާސްތާއެތި ކައްކާފަ އޯކޭތަ؟” ޔޫރާއެއްސެވެ. އެރޭ ދިމާކުރުމަށް ނިންމާފައި ޔޫރާ ފޯނުބޭއްވިއެވެ.

އިސްތަށިގަނޑުގައި އަތްހިންގާލި އިރު ކައިޝަންގެ މޫނުމަތިން ދިޔައީ ރުޅިވެރިކަން އޭގެ އިންތިހާއަށް ފެންނަމުންނެވެ. ފުންކޮށް ނޭވާ ލުމަށްފަހު ކައިޝަން ކައިޝަން ފާހަނައަށްވަނެވެ. ލޯގަނޑުކުރިމަތީގައި ހުއްޓި ލޮލުގައި އިން ކަޅުކުލައިގެ ލެންސް ކައިޝަންނެގިއެވެ. ތުވާލި ނަގާ ބައިންދާފައި ގޮސް ފެންމާގަނޑުގެ ފެން ފިނި ފެނައްބަދަލުކޮއްލާފައި ކައިޝަން މުޅިހަށިގަނޑުތެއްމާލިއެވެ. އިސްތަށިކޮޅުގައި މަޑުމަޑުން އަތް ހިންގާލަމުން ބޮލުގައި އިން ކަޅުކުލައިގެ ވިގް ނަގާ ބިންމައްޗައް ވައްޓާލިއެވެ. އެއާއިއެކު އެރަތްކަން ގަދަ އިސްތަށިކޮޅު ކަޝްފުވެގެންދިޔައެވެ. ލޯމައްޗައްވެއްޓިފައިވީ އިސްތަށިކޮޅު ރީތިކޮއްލި އިރު ފެހިކުލައިގެ އެދެލޯ ހުރީ ރަތްކުލައިގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޔަލީން (2)

Next

ޝަލީން 15

Next
November 6, 2024

ޝަލީން 15

Previews
November 5, 2024

ޔަލީން (2)

8 Comments!

  1. gurrrrl says:
    November 5, 2024 at 7:28 pm

    what is this ruvaaan… so mi heevi rangalhah thaa ruvaan is back kaishan aki ruvaan oh my god …. yoora yah ingehjeya ufalun roane… alheyyy cant wait next part ahhh ….. when next part..keep it up
    love yuu shiher 😍

    1. shihaamaa ali shihaamaa ali says:
      November 6, 2024 at 1:02 pm

      hihihi next part adhi writing liye nimunu haa avahakah kiyaalan libeyne
      Luv u more dear<3

  2. Repunzil says:
    November 5, 2024 at 10:05 pm

    Wow this is amazing….kaishan Is ruvaan…I had this gut feeling at the start also …..when next part ..
    Curiously waiting for the next part

    1. shihaamaa ali shihaamaa ali says:
      November 6, 2024 at 1:03 pm

      hihihi next part adhi writing liye nimunu haa avahakah kiyaalan libeyne

  3. Cutie girl says:
    November 6, 2024 at 10:51 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    I think ruvaan is back
    Yoora and kaisan gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. shihaamaa ali shihaamaa ali says:
      November 6, 2024 at 1:04 pm

      hihihi next part adhi writing liye nimunu haa avahakah kiyaalan libeyne
      Awwwnnn jazaakallah dear.. happy to hear that

  4. ☘️ says:
    November 7, 2024 at 3:16 pm

    Mi part ves vrh reethi when next part ❤️❤️

    1. shihaamaa ali shihaamaa ali says:
      November 7, 2024 at 9:53 pm

      its out now

Comments are closed.

Next Episodeބްލަޑް 2 (6)←


All Right Reserved!