’ހައިދިން… ހައިދިން އަހަރެން ދެކެ ތި ލޯބިވާ ވަރަށް އަހަންނަަށް ހައިދިން ދެކެ ލޯބި ނުވެވިއްޖެއްޔާ އެއީ ހަމަ ހައިދިންއަށް ލިބޭ ދެރައެއް ނޫންތަ؟ ހައިދިން ވަކި ދެރައެއްވެސް ނުވާނެތަ؟ ވަން ސައިޑެޑް ރިލޭޝަންޝިޕްސް ވޯކްއައުޓެއް ނުކުރާނެ… އަހަރެން މީ އޭގެ ހެއްކެއް…‘ ހައިދިންގެ އެ ވިސްނުން ބަދަލު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.އެހެނަސް އޭނާ ހީވަނީ އަހަރެން ލައްވާ އާނ ބަސް ބުނުވާފައި ނޫނީ ހުއްޓާނުލާން އަތުކުރި އޮޅާލައިގެން ހުރި ހެންނެވެ. **** […]
އެއީ ދިގު ވާހަކައެކެވެ. މީގެ ހަތަރު އަހަރު ކުރިއެވެ. އެކެއް ޖެނުއަރީ ދެހާސް އެވެ. އަފާ އާއި ނިހާދު ދިމާވަނީ ރަށުގެ ބަނދަރުމަތިންނެވެ. ނިހާދަކީ ރަށަށް ބީރަށްޓެއްސެއްކެވެ. ދަތުރުވަރެއްގައި އައި މެހެމާނެކެވެ. ” އިވިގެން ދިޔަ ފެށުމުން ފޮތް ކިޔަން ފޫހިވާ ލީނިޔާވެސް ކިޔާ ހިތްވެގެން ހުއްދައަށް ސައިލާގެ ކިބައިން އެދެފިއެވެ. އޭނާ ހުރީ މިލީހަމް ކުރާ ކޮންމެ ކަމެއް ވެސް ކުރަން ހިތުލައިގެންނެވެ. އެދަތުރުގެ ފުރަތަމަ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ޚުބާބްގެ ހިތް ހަލާކުވިއެވެ. […]
ހަތަރު ގަޑިއިރުގެ “އޮޕަރޭސަ”ނަށް ފަހު ލިބުނީ އަހަންނަށް މިފަހަރުވެސް ލޯބި ލޯބި އަންހެން ކުއްޖެއްކެވެ. ދުވަސް ނުފުރާ ދަރިފުޅު ނަގަން ޖެހުމުން ހާލު ވަރަށް ދަށެވެ. ކުއްލި ފަރުވާ ދެން ނާސަރީއަށް ލިއެވެ. ކުޑަ ދަރިފުޅުގެ ޚަބަރެއް ލިބުނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަހަން ޖެހުނީ ފަސޭހަ ވާހަކަތަކެއްނޫނެވެ. ހީވީ ދިރިހުއްޓައި މީހަކު އަހަރެން ކަރަށް ވަޅި ހެރިހެންނެވެ. ކުރާނީ ދެން ކީއްހެއްޔެވެ؟ ********************************** އަހަރެން ގޮސް ހުއްޓެން މަޖުބޫރުކުރީ މީގެ އެތައް އަހަރެއްގެ ކުރީގެ […]
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެމުން ފާޚާނައިން ނުކުތީމެވެ. ދެރަވާ ކޮންމެ ފަހަރަކު ވަދެވެނީ އެތަނަށެވެ. އަހަރެންގެ އިހުސާސްތައް ދަންނަން އެކަކުވެސް ނޫޅެއެވެ. އެހެން މީހުން ކުރިމަތީ ރޮއެ ހޭރުމަކީ އެއްވެސް ހާލެއްގައި ކުރާ ހިތްވާ ކަމެއް ނޫނެވެ. ރޭގަނޑުގެ ނިދި ގެއްލިއްޖެއެވެ. މަޒީ އެނބުރި އައި ކަހަލައެވެ. ކުޑައިރުގެ އެ ދުވަސްތައް ހަނދާންވިއެވެ. އަރާމުން ނިޖަކުން ދުނިޔެ ނިދާ ހަމަހިމޭން ވާއިރުވެސް ހޭލާ އޮންނަނީ އަހަންނެވެ. ނުނިދަނީއެއް ނޫނެވެ. ނުނިދެނީއެވެ. ދިރިއުޅުމުގައި ކަންތައްތައް ވަމުން ދާ […]
ކުރީ ދުވަހުގެ ފަތިސް ވަގުތު….. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގު ވާ އަޑަށެވެ. ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. އަހަރެންނަށް އެ ގުޅީ އަހަރެންގެ ފަސްޓް ލަވް އެވެ. ހަށްޓަކު ހެޔެއް ނެތެވެ. 3 އަހަރަށް ފަހު ގުޅާލީ އަހަރެންގެ އަސްލު ލޯބިވެރިޔާ އަޖޫ އެވެ. އަހަރެންގެ ހިތް އަތަށް އައި ކަހަލެއެވެ. ނޭވާ ހިއްލައި ގަތެވެ. އަހަރެންގެ މާޒީ ގެ ސަފްހާ އެއް ހުޅުވުނެވެ. އަނެއްކާވެސް ނިދި ޖެހިލިއެވެ. މިހާރު ގަޑިން ނުވަގަޑި ބައިވަނީއެވެ. ރޭގައި […]
އައްޑޫ ދަތުރުގައި ބޮޑު ވާހަަކަ އެއް ބުނާނެ ވާހަކަ އޮތީ މިލީހަމް ބުނެފައެވެ. މިއަދު އެބުނީ ބޮޑު ކަމަކު އެދޭ ވާހަކައެވެ. “މިލީހަމް : ވަރަށް ހިތްހަމަޖެހޭ މާހައުލެއްގައި މިތިބީ އެއްވެސް މީހެއްގެ އުނދަގުލެއް ނުވާތާކު މިތިބީ އެ ވާހަކަ ބުނަށް މީ އެންމެ ރަނގަޅު ވަގުތު ކައްނެއް މި ކަން ކޮށްދޭނެ ކަމަށް ވަރަށް އުންމީދުކުރަން” ޚުބާބްގެ ކިބައިން މިލީ އެދެން މިއުޅެނީ ކޮން ކަމެއްބާއެވެ. ބުނަށް އެއުޅެނީ ކިހާ ބުރަ ދަނެއްގެ އެކުލެވޭ ވާހަކައެއް […]
ހަފްތާއެއް ތެރޭ ބަލި މުޅިން ރަނގަޅުވެ ހަމަ އަކަށް އެޅުނެވެ. އެދުވަހު އަހަރެންގެ ހަދާނީ ފިލާއާއި ހަވާލުވެ ދިނީ ކޮއްކޮއެވެ. ރަސްމީ ޑިއުޓީ އަށް ނިކުންނަށް ޖެހެނީ އަންނަށްމަހު ފަހުކޮޅުއެވެ. “އައި.ޖީ.އެމް.އެޗް”އަށެވެ. ވަޒީފާ ހަމަ ޖެހުނީ އެތަނުންނެވެ. ލިޔަމުން މިދާ ވާހަކަވެސް އަދި ނުނިމެއެވެ. ހަސްފަތާލަށް ނިކުންނަށް ވާއިރު ނިންމާލެވޭތޯ އުޅެމާހެވެ. މި ފަށަނީ ވާހަކައިގެ ފަހު ބާބު ލިޔާށެވެ. ކިޔެވުމުގެ ދެވަނަ އަހަރު ފެށިގެން ކުރިޔަށް ދިޔައެވެ. މީ ތިން އަހަރާއި ހަމަހުގެ ކޯހެކެވެ. […]
’ޑިޑް ޔޫ ޖަސްޓް ސްކްރީމް؟‘ ދެން ހައިދިން ފޮނުވާލި މެސެޖު ފެނި އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. **** މިފަދަ ގޮތަކަށް ބޭޒާރު ވެދާނޭ އަހަންނަަށް ހީކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ގަޑިން ވީވަރެއް ބަލާލަންވެސް ރެއަކާލީ ދެނެވެ.ހަތަރުގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ.އެއީ އާންމުކޮށް އިހާންއާއި ހައިދިން އައިސް އުޅޭ ގަޑިއެވެ. **** ’ވަޓް؟ ޔޫ މި ގޭގަތަ؟!‘ އަހަރެން ރިޕްލައި ފޮނުވާލިއިރު ފިނިވެގެން ގޮސް ދެއަތްތިލަ ތުރު ތުރު އަޅައެވެ. ’ހެހެ..ޔެސް…ނުކުމެބަ.އައި ވޮނަ ސީ ޔޫ ނައު…‘ހައިދިން އެއްލޯ މަރާލާފައި […]
“ބައްޕާ ނިވީ ދޫކޮށްލާފައި ދިޔައީ ކީއްވެ؟ ނިވީ ބޭނުން ނުވީމަތަ؟ ނޫނީ އަބަދު ލޭ އަޅާ ކުއްޖަކަށް ވީމަތަ؟ މީގަ އެކަމް ނިވީގެ ކުށަކީ ކޮބާ؟” ކަރުނަޔާ ހިތާމަޔަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އުމުރުން 15 އަހަރު ވާން ގާތް ވިއިރު ހިނިތުންވެލާ މަޖާކޮށްލާ ހަދާނެ އެކުވެރިއަކު ނުލިބެއެވެ. ހުރީ ހަމަ އެންމެ މީހެކެވެ. އެކަނިވެރި މަންމަ އެކެވެ. ********************************** ބޮޑުވަމުން އަންނަ ބަލިބަލި އަންހެން ދަރިއަކަށް ބައްޕައެއްގެ ލޯބި މުހިންމު ވާނެ ވަރު ކިޔުންތެރިންނަށް ތަސައްވަރު […]