Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 15

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 6, 2024 4 Mins Read
6 Comments

“ދެން މީގެ ފަހުން އަހަންނަށް ނުގުޅާތި.. އަހަންނަށް މެސެޖްވެސް ނުކުރާތި. އަހަންނަށް ހެދޭނީ މަންމަމެން ބުނާގޮތެއް. އަޑުއިވިއްޖެތަ؟”

މީކާލްއަށް އެވަރު ބޮޑުބަދަލެއް ކުއްލިޔަކަށް އައީ އޭނާގެ މަންމަގެ ސަބަބުންކަމުގައި ވާނަމަ، އަހަންނަށް ދެން ރަނގަޅުވާނީ ވެސް މީކާލްއާ ދުރުވުމެވެ. އަހަރެންގެ ވިސްނުންތައް އެގޮތުގައި ދައުރުވަމުން ދަނިކޮށް ސިއްސައިން ދިޔައީ މީކާލް ފޯނު ކަނޑާލުމުންނެވެ.

ކުއްލިޔަކަށް އަހަންނަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. އެނދުން ތެދުވެ އަހަރެން ވިސްނާލީމެވެ. އަހަންނަށް ފެނުނީ މީކާލްގެ ހުވަފެނެއްކަން ޔަގީންވުމުން އަހަރެން ހިތްހަމަ ޖެހުނެވެ. އެހެނަސް އަހަރެންގެ ހިތް ނުތަނަވަސްވީ ހުވަފެނުގައި ފެނުނު ނާއުންމީދީ ހާދިސާއިންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ.

“ހާދައިރެކޭ ގޮވާތާ… ޝަލީން ނުހުޅުވާތީ ކަމެއް ވީކަމަށް ހީކޮށް ތަޅުދަނޑިވެސް ހިފައިން މިއެރީ.” ތަޅުދަނޑިފަތި ދައްކާލަމުން އިޝާނީ ބުނެލީ ހާސްވެފައި ހުރެއެވެ.

“ހާދަ ހާސްވެފަ… ހޭލެވުނީމަ ހަމަ މިހުޅުވީނު…” ފާރުގައި އަޅުވާފައި އިން ގަޑިއަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.

“އެހެންނު ވާނީ.. ބައްޕަ ބުނި ޝަލީން ސްކޫލުން އައިސް ބޮލުގަ ރިއްސާތީއޭ އޮށޯތީ.. ދެން މިހާއިރު ވާއިރު ދޮރު ނުހުޅުވީމަ ހާސްވާނެއެއްނު.” ލެޕްޓޮޕް ކައިރި އިށީންނަމުން އިޝާނީ ބުނެލިއެވެ.

“އާނ… ވަރަށް ލަސްވެއްޖެދޯ. 11 ޖަހަނީ… އަހަރެންގެ ބޮލުގަ އަދިވެސް ވަރަށް ރިއްސާ..” އަނެއްކާވެސް އެނދުގައި އޮށޯންނަމުން އަހަރެން ބުނެލީމެވެ.

އޮށޯވެގެން އޮތްއިރު އަހަރެން އެންމެ ބޮޑަށް ފިކުރުބޮޑުވީ ހުވަފެނުގައި ފެނުނުގޮތާ އެއްގޮތަށް މީކާލްގެ މަންމަ މީކާލް ހުއްޓުވާ ފާނެތީއެވެ. ހަމަ ގައިމު އެއީވެސް ހަމަ ވެދާނެ ގޮތެކެވެ. އެހިޔާލުތަކުގައި އަހަރެން އޮއްވާ އަނެއްކާވެސް ނިދުނީއެވެ.

އާދުވަހެކެވެ. ކްލާސް ރޫމްގައި އަހަރެން އިނީ ވަރަށް މާޔޫސްވެފައެވެ. ހަލަބޮލި ކަމާއި އަނގަގަދަ ކުދިންތަކުތެރޭ އަހަރެން އިންއިރު އަހަރެންގެ ބޮލުގައި ހިސާބަކަށް ރިއްސަމުންދެއެވެ.

“ޝަލީން. ކަލޭ ކީއްވެފަ ތިއިންނަނީ.. ތިހާ ބަސްއަހައިން މި ސްކޫލަކު ނޫޅެވޭނެ. ބަލާބަލަ މަގޭ ފޯނު. އަހަރުމެން އެންމެން މިބަލާއެއްޗެއް ކަލޭވެސް ބަލާބަލަ..” ސަޒޫ އެހެން ބުނިއިރު، އޭނާގެ ކައިރީގައި ވަށައިގެން ދެތިން ކުއްޖަކު ތިއްބެވެ.

އަހަރެން އެމީހުން ގެންގުޅޭ ފޯނުގެ ޑިސްޕްލޭއަށް ބަލާލީމެވެ. ހަމަ އެވަގުތު އަހަންނަށް އަހަރެންގެ ދެލޮލުގައި އަތްއަޅާލެވުނެވެ. އެމީހުން ބަލަމުންދިޔައީ ދެޖިންސްގެ މީހުންގެ ބަދުއަހުލާގީ އަމަލުތަކެކެވެ. އަހަރެން ދުވަހަކުވެސް އެފަދަ މަންޒަރުތަކެއް ނުދެކެމެވެ. އެފަދަ އެއްޗެއް ފެނުމުން އަހަރެންގެ ބޮލުގެ ރިހުން އިތުރުވެ ހިތް ނުތަނަވަސް ވިއެވެ. ހާސްވެ ހޮޑުލަވާ ގޮތްވެފައިވާ އަހަރެން ވަގުތުން ބެލީ ފާހާނާއާ ދިމާލަށް ދެވޭތޯއެވެ.

“ޝަލީން… ވެއާރ އާޔޫ ގޮއިންގ؟” އިކޮނޮމިކްސް ޓީޗަރު އަހަންނަށް ގޮވަމުން ދިޔައިރުވެސް އަހަރެން ފަސް އެނބުރި ބަލާވެސް ނުލަމެވެ. ކްލާހުގައި ޓީޗަރ ހުރިކަން އަހަރެން ހަނދާންވީވެސް ޓީޗަރ އަހަންނަށް ގޮވަންފެށުމުންނެވެ.

ހާސްވެފައިވާ އަހަރެން އޯކާދެމެމުން ފާހާނާ ތެރޭގައި ހުރެ ކޮންމެސް ވަރަކަށް ހޮޑުލީމެވެ. މުޅި މޫނުމަތި ދާހިއްލާފައި ވާއިރު ހަށިގަނޑުގައި އުފެދިފައި ވަނީ އިތުރު ވަރުބަލިކަމެކެވެ. ހީވަނީ ހަމަ ކުއްލިޔަކަށް ބޮލުގެ ރިހުން ގަދަވިހެންނެވެ. ވަގުތުން އަހަރެން މުޅި މޫނު ދޮވެލީމެވެ.

ފާހާނައިގައި އިރުކޮޅަކު މަޑުކުރުމަށްފަހު އަހަރެން ކްލާހަށް ދާން ނުކުތީމެވެ. އޭރު އަހަރެން ގައިން ވަރުބަލިކަން އިހްސާސްވެ އެވެ. އަހަންނަށް ނުކުމެވުނު އިރު ކުރިމަތީގައި ހުރީ ހައްޖައެވެ. އެއީ ޝަޒޫގެ ބެސްޓް ފްރެންޑެވެ. އެވަގުތު އެވީޑިއޯތައް ބަލަމުންދިޔަ ކުއްޖެކެވެ.

“ހާދަވަރެއްވީ؟ ހޮޑުލީދޯ؟ އަޑުންވެސް އިނގުނޭ.. އަނެއްކާ ތިހުރީ މުޅި މީހާ ދާހިއްލާ ފޯވެފަ. އަދި މުޅިން އަލައްތަ އެކަހަލަ އެއްޗެއް ތިފެނުނީ.؟ އެހެންވެ މިބުނަނީ ތިހާ ބަސްއަހާނެކަމެއް ނެތޭ… ތަންދޮރު ނޭނގޭ ވަރަށް މީހާ ތިހުރީ ނަފްސާނީވެފަ.. މާދަން އެކަހަލަ ކަމަކާ އަމިއްލައަށް ކުރިމަތިލާން ޖެހުނިއްޔާ ނޭނގެ ކަލެއަށް ވާނެގޮތްވެސް. ހައްހައްހާ” ހައްޖަގެ މަލާމާތުގެ ބަސްތައް އަޑުއަހަމުން ދިޔައިރު އަހަރެން ރުޅިއައިސްގެން ދަތްތަކަށް ބާރުކޮށްލީ ރުޅި ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.

އަހަރެން ކުރިޔަށް ހިނގާލަން ފިޔަވަޅެއް އެޅުމާއެކު ހައްޖަ އަހަރެންގެ ކުރިމައްޗަށް އެރިއެވެ. އަނެއްކާވެސް އަހަރެން މަސައްކަތް ކުރީ އެހެން ދިމާލަކުން ދެވޭތޯއެވެ. އަނެއްކާވެސް އަހަރެން ޖެހުނީ ހުއްޓޭށެވެ. ހައްޖަގެ އުނދަގުލާހުރެ އަހަންނަށް ފަސޭހައިން ކުރިޔަށް ދެވެން ނެތީމައެވެ. އަހަރެން މި ސްކޫލުގެ ކުދިންނަށް ކުރަނީ ކޮން ޖެއްސުމަށް ހެއްޔެވެ؟ އަހަރެން އެމީހުންނާ ވާހަކަ ދައްކަން ބޭނުން ނުވާކަން އެނގިހުރެވެސް އެމީހުން އަހަންނަށް ކުރާޖެއްސުންތަކުން އަހަންނަށް އިހްސާސްވަނީ ކުށެއްނެތި ޖަލެއްގައި ހުރެވޭކަމުގެ އިހްސާސެވެ.

“ބުނަންތަ ވާހަކައެއް. މިސް އަހާނެ ކަލޭ ކައިރި ކިހިނެއްތޯވީ… މިސް އެހިއްޔާ ދޮގުހަދާތި. ނަމަނަމަ ނުބުނާތި ޝަޒޫ ސްކޫލަށް ފޯނު ގެނައި ވާހަކަ… އަދި އޭގެން ބެލި އެއްޗެއްގެ ވާހަކަވެސް ބުނެގެން ނުވާނެ. އެހެން ނޫނީ ހޭއަރުވާލާނަން.” ހައްޖަ އަހަންނަށް އިންޒާރު ދެމުން ދިޔައިރު އޭނައާ ދިމާލަށް އިސްއުފުލާ ބަލާލަންވެސް އަހަންނަކަށް ނުކެރުނެވެ.

ކްލާސް ޓީޗަރގެ ހުއްދަ ހޯދުމަށްފަހު އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ. ކައިރީގައި ތިބި އެއްވެސް ކުއްޖެއްގެ މޫނަށް ބަލާލަން ނުކެރުނުއިރު، ކުރިމަތީ ތިބި އެއްވެސް ކުއްޖެއްގެ މޫނަށް ބަލާލާކަށްވެސް އަހަންނަކަށް ނުކެރުނެވެ.

ޓީޗަރ އަހަންނާ ސުވާލުކުރިއެވެ. އެޔަށް ދޭނެ ޖަވާބެއް އަހަރެންގެ ދުލަކަށް ނައެވެ. އަހަރެން ޖަވާބެއް ނުދިނުމުން މިސްގެ ސުވާލުތައް އަމާޒުވީ ހައްޖައަށެވެ. އެހިސާބުން ހައްޖަ އެތައް ދޮގެއް ހަދަމުން އަހަރެން ބަދުނާމުކޮށް އޭނާގެ ސަލާމަތް ހޯދީއެވެ. ހައްޖަ މެންގެ ކަންތައްތައް ހުރިގޮތުންނާއި، ދޮގުހެދުމާ، ޖެއްސުންކުރުމާ، މަކަރުހެދުމުގެ މޮޅުކަމުން އަހަރެން ހައިރާންވިއެވެ.

އެދުވަހުގެ ބާކީ ހުރި ގަޑިތަކުގައި އަހަރެންގެ ވިސްނުންތަކަށް އިރުއިރުކޮޅާ އަންނަމުންދަނީ އެނުބައި މަންޒަރުތަކެވެ. ނޫނީ ހައްޖަ އަހަންނަށް ދިން އިންޒާރުގެ ބަސްތައް އަހަރެންގެ ކަންފަތުގައި ގުގުމަ ގުގުމާ ހުންނަހެން އަހަންނަށް ހީވެއެވެ. އެކަން އަހަންނަށްވީ ބޮޑު އުނދަގުލަކަށެވެ. ކިޔަވައިދެމުންދިޔަ އެއްވެސް ގަޑިއެއްގައި އަހަންނަށް ފަހުމްވި އެއްޗެއް ނެތެވެ. ޓީޗަރން ދައްކަމުންދިޔަ ވާހަކަތަކާ ދެމުންދިޔަ ފިލާވަޅުތަކަށް އަހަންނަށް ދެވުނީ ބީރު ކަންފަތެވެ.

“ޝަލީން!!! ގެއަށް ނުދަނީތަ؟ ހުރިހާ ކުދިން މިހާރު އެނުކުތީ.. އާދޭ އަވަހަށް ދާން.” އަހަރެން ސިއްސައިން ދިޔައީ ޝާނީ އަހަންނަށް ގޮވާލުމުންނެވެ.

“ކިހިނެއްވެފަ ތިއިނީ؟ ހައްޖަ ބުނި ވަރަށް ފަނީ އެއްޗެއް ފެނިގެން ޝަލީން ބިރުގަތިއްޔޯ… އެމީހުން އުޅޭނެ އެކަހަލަ ކަންކަން ކުރަމުމުގަ. ޝަލީން އެކަމާ އަޅާނުލީމަ ރަނގަޅުވާނެ.” ޝާނީ ބުނެލިއެވެ.

“ފަނީ؟” އަހަންނަށް އެވަރު ބުނެވުނީ ބޮލުން ނޫނެކޭ ބުނަމުންނެވެ.

އެދުވަހު ސްކޫލް ނިންމާފަ އަހަރެން ގެއަށް ދިޔައީ ވަރަށް މަޑުމައިތިރި ހިނގުމެއްގައެވެ. މުޅިމީހާ ހީވަނީ ހުއްޓިފައިވާ ހެންނެވެ. އަހަރެން ފެނުނު ކޮންމެ މީހަކަށްވެސް އެކަން އިހްސާސް ވާނެއެވެ.

“ޝަލީން… ބަލީތަ؟ މިރޭ ހާދަ ފާޑަކަށް ތިއިންނަނީ؟ ފިލާވަޅު ވެސް ނުހަދާ…!” މަރިއްތަ އަހަންނަށް ގޮވާލީ ޓީވީ ބަލަން އިނދެފައެވެ.

ތެދެކެވެ. އަހަރެންގެ ކުރިމަތީގައި އެތައް ބައިވަރު ފޮތްތަކެއް ހުއްޓަސް، އަހަންނަށް އެޔަށް ސަމާލުކަމެއް ނުދެވެއެވެ. ބައެއްފަހަރު ފޮތް ހުޅުވާލަނީއެވެ. އަނެއްބައިފަހަރު ފޮތް ލައްޕާލަނީއެވެ. ކުރަންވީކަމެއް އަހަންނަށްވެސް ރަނގަޅަކަށް ނޭނގެއެވެ.

“މިއުޅެނީ ފިލާވަޅު ހަދަން..” އަހަރެން ބުނެލީ ފޫހި ރާގެއްގެ ކުރު ޖަވާބެކެވެ.

“ކަމެއްވެފަދޯ ތިއިންނަނީ.؟ ރަނގަޅަށް ބުނެބަލަ؟” ޓީވީ ނިވާލަމުން އަނެއްކާވެސް މަރިއްތަ އެހިއެވެ.

“އައްސަލާމް ޢަލައިކުމް… މަރިއްތާ ކާން މިއައީ..” ޒާހިރުގެ އަޑަށް އަހަންނާ މަރިއްތަ ބަލައިލީމެވެ.

އެއްގޮތަކުން ޒާހިރު އައިކަން އެއީ ނަސީބެކެވެ. އަހަންނަށް ވެފައި އިންގޮތް މަރިއްތައަށް ކިޔައިދޭން އަހަރެން ޖެހިލުންވެއެވެ. އެހެންވެ އަހަރެން އެވަގުތު އެވާހަކަ ކިޔާދޭކަށް ނުޖެހުނެވެ. ޒީހިރުގެ ސަބަބުން އެކަން އެގޮތަށް ހަމަޖެހުނަސް، ޒާހިރު އައުމުން އަނެއްކާ އެއީ އަނެއް އުނދަގުލެވެ.

“އާދޭ އާދޭ! ހަމަ ކާން ދާންވީ.. އަންނާނަން ރެޑީކޮށްލާފަ. މުހައްމަދުވެސް ކޮޓަރީގަ އެބައިން ފަހަން. ޒާހިރު އައިމަ ކާން ދާނީއޭ ކިޔާފަ.” އެހެން ބުނަމުން މަރިއްތަ ހިނގައިގަތީ ކާގެއަށެވެ.

“ޝަލީން! އަސްތާ! މަންޖެ ހާދަ ދެރަވެފަ.. ކިހިނެއްވީ؟ އަހަންނާ އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ޒާހިރު ބުނެލިއެވެ.

“ކަމެއްނުވެ.” ފޫހި ފާޑަކަށް އަހަރެން ބުނެލީމެވެ.

“ކޮންމެސް ކަމެއްވެފަ… ގަބޫލެއް ނުކުރާނަން.” އަހަރެންގެ އިސްލާމް ފޮތުން ނެއްޓިފައިވާ ގަނޑުތައް އެއްވަރު ކޮށްލުމަށްފަހު ޒާހިރު ތަދުވިއެވެ.

“މިއަންނަނީ ޝަލީންއަށް އެއްޗެއް ހިފައިން. މަރިއްތަ ކައިރި ބުނޭ އެބައާދެޔޭ.” ޒާހިރު ދާން ފެށުމުން އަހަންނަށް އިނދެވުނީ އެދިމާލަށް ބަލާށެވެ.

ފާރުގައި އިން ފޯނު ރިންގވާން ފެށުމާއެކު އަހަރެން އެފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ.

“ހެލޯ! ކޮބާ ޝަލީން؟” އެކޮޅުން އިވުނު އަޑުން އަހަރެން ހިނިތުންވެލީމެވެ.

ނުނިމެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބްލަޑް 2 (5)

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 6

Next
November 6, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 6

Previews
November 5, 2024

ބްލަޑް 2 (5)

6 Comments!

  1. Sher says:
    November 7, 2024 at 8:08 am

    Slaeen kudakkn dhigu kohla dhevidhaane tha?
    V lahunneh nu episode thah annany
    E anna dhuvahu dhigukohla dhiniyya readers v happy vaane
    And like vaane author dheke
    As a author bunelii
    Mi vaahaka v kamudhey
    Whnve new part akah knme dhuhuku ves inthizaaru kurevey

    1. Shaleen says:
      November 7, 2024 at 11:24 am

      Hi
      Thanks
      V ufaavejje dhigukollan buneleema and vhk kamudhaatheeves
      And try kollaanan adhives Hama dhigu kollan
      😃
      In sha Allah.

  2. gurrrrl says:
    November 7, 2024 at 2:05 pm

    vrh nice mi part ves
    when next part
    cant wait
    keep it up

    1. Shaleen says:
      November 7, 2024 at 2:17 pm

      Thanks gurrrrl
      Next part Hama v avahah kiyaalan libidhaane Insha Allah .
      V try kuran eba part eh up kollan
      Thanks for the support 🙂

  3. Cutie girl says:
    November 8, 2024 at 12:12 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Shaleen and miykaal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Shaleen says:
      November 8, 2024 at 8:49 pm

      Thanks 🙏 v bodukoh dear
      Dhen hingaa dho balamaa…..
      Ufaavey vhk kiyaalaatheeve abadhuves

Comments are closed.

Next Episodeޝަލީން 16←


All Right Reserved!