Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 16

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 11, 2024 5 Mins Read
23 Comments

“މިއަންނަނީ ޝަލީންއަށް އެއްޗެއް ހިފައިން. މަރިއްތަ ކައިރި ބުނޭ އެބައާދެޔޭ.” ޒާހިރު ދާންފެށުމުން އަހަންނަށް އިނދެވުނީ އެދިމާލަށް ބަލާށެވެ.

ފާރުގައި އިން ފޯނު ރިނގް ވާން ފެށުމާއެކު އަހަރެން އެފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ.

“ހެލޯ! ކޮބާ ޝަލީން؟” އެކޮޅުން އިވުނު އަޑުން އަހަރެން ހިނިތުންވެލީމެވެ.

“ވާހަކަދައްކަނީ…” ހިނިތުންވެހުރެ، އަހަރެން ބުނެލީމެވެ. އަދި އެކޮޅުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުން ދިޔަވަރަކަށް އަހަރެންގެ މޫނުމަތިން މުޅިން ސީރިޔަސްކަން ފެންނަން ފަށައިފިއެވެ.

“އެހެންތަ…” އަހަރެން އެހެން ބުނުމުން އެކޮޅުން ފޯނު ކަނޑާލިއެވެ. އެޔާއެކު އަހަރެން  ހިތްހަމަ ނުޖެހިފައި އިނީ ކޮންމެސް އެއްޗެއް ވިސްނާށެވެ.

“ޕޮއް… ދޮންކަނބުލޮ ކޮންކަމަކަށް ގެއްލިފަ؟” އަހަރެން ސިއްސައިން ދިޔައީ ޒާހިރު އައިސް ވާހަކަ ދެއްކުމުންނެވެ.

“އޭތް!… ކިހިނެއް ވެފަހޭ މަންޖެ ތިއިނީ؟” އަހަރެން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ޒާހިރު ބުނެލިއެވެ.

“އަޅެ އަހަންނަށް ކަމެއްވިއްޔާ ކީއްތަ؟” ވީގޮތް ބުނަން ބޭނުން ނުވާތީ ހިތްހަމަ ނުޖެހިފައި އިނދެ އަހަރެން ބުނެލީމެވެ.

“އޯކޭ…އޯކޭ… އަހާލެވުނީ. އަހަރެން ދިޔައިރު އިން ގޮތަކަށް ނޫންވިއްޔަ މިހާރު ތިއިނީ.. އެހެންވެ.” ވާހަކަ ދައްކަމުންދިޔާއިރު ޒާހިރު އަހަރެންގެ އިސްލާމްފޮތަށް ސަޕޯޓިންގ ފަތިގަނޑެއް ލެއްވިއެވެ. އެއީ އެފޮތުގެ ގަނޑުތައް ނެއްޓިފައި ހުރުމުންނެވެ.

“މިހާރު ކީއްތިކުރަނީ؟” ޒާހިރު ކުރަމުން ދިޔަ ކަންތައް ބަލަންހުރެ މަރިއްތަ ބުނެލިއެވެ.

“ޖީސީއީގެ ކުރިން މަންޖެ އިސްލާމް ފޮތުގެ ގަނޑުތައް އުދުހިދާނެތީ ކޮށީގަ ހައްޔަރު ކޮށްދިނީނު.” މަރިއްތައާ ދިމާލަށް ނިތްއަރުވާލަމުން ހިނިއައިސްފާ ޒާހިރު ބުންޏެވެ.

“އާދޭ ކާން… ރެޑީ…” ވަރަށް ފުޅާ ހިނިތުންވުމަކާއެކު މަރިއްތަ ޒާހިރުއަށް ގޮވުމުން ޒާހިރު ދިޔައީ ކާގޭއަށެވެ.

އަހަރެން ވިސްނަމުންދިޔައީ މީގެ އިރުކޮޅެއް ކުރިން ދައްތަ ގުޅާފައި ދެއްކި ވާހަކައަށެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ ދެއަތންބަށް މީހަކާ އިންނާތީ ދައްތަ ބުނެލީ އެވާހަކައެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނީ އެއީ އެނޫންގޮތެއް މިވަގުތަށް ނެތުމުން ކަމަށްވެސް ދައްތަވަނީ ބުނެފައެވެ. އެހެނަސް އަހަރެން ކޮންމެސް ވަރަކަށް ދެރަވިއެވެ. ބޭބެގެ ކުޑަކުޑަ އަންހެން ދެދަރިން ތިއްބާ އަނެއްކާ އެހެން މީހަކާ އިންނަން އުޅޭ ސަބަބު އަހަންނަށް އެނގިފައި ނުވާތީއެވެ. އެހެނަސް އެއީ އަހަންނަށް ކޮންމެހެން މިވަގުތު މުހިއްމު ކަމަކަށް ނުވާތީ ދައްތަމެން ތަފްސީލުކޮށް އެވާހަކަ ބުނަން ބޭނުން ނުވީކަމަށް އަހަރެން ވިސްނީމެވެ.

އެޚިޔާލު ތަކުން ދުރުވާން މަސައްކަތް ކުރަމުން ފޮތްތައް ނަގާ ކިހިއްޔަށް ޖަހާލައިން އަހަރެން ސިޑިން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އިޝާނީ އާއި ޔާނީވެސް ކޮޓަރީގައި އުޅެއެވެ.

“ޝަލީން! އަސްލު މިއަދު ކިހިނެއްވެފަ ތިހުރީ؟ ވަރަށް މަޑުމަޑުން ހުންނާތީ މިބުނީ؟” އިޝާނީ އަހަންނާ ސުވާލުކުރީ އަހަރެންގެ ކިބައިން ފެނުނު އާދަޔާ ޚިލާފު މިޒާޖުގެ ސަބަބުންނެވެ.

“ކަމެއްނުވެ.. އެކި ދުވަހު އެކިގޮތަށް ކަންކަން ހިނގާނީ… ކަންކަން ދިމާވީމަ، ކޮންމެ މީހަކުވެސް ޖެހޭނީ ކެތް ކުރާކަށްނު.. ދައްތަވެސް ދެންމެ ގުޅާފަ ބުނެފި ބޭބެ އެހެން މީހަކާއިންނަ ވާހަކަ.. ދެން ކިހިނެއް ނުވިސްނާ ހުރެވޭނީ.. އަހަންނަށް ހީވަނީ ބޭބެމެން ކޮންމެސް މައްސަލައެއް ޖެހުނީހެން…” އަހަރެން ބުނެލީމެވެ.

“އަޅާނުލާ! ޝަލީން ބަލާ ރަނގަޅަށް ކިޔެވޭތޯ؟” އިޝާނީ އަހަންނަށް ދިނީ ނަސޭހަތެކެވެ.

“މިއުޅެނީ ނިދަން… ޕިސް … އަދި މާދަން ހެނދުނު ކޮންމެހެންވެސް ސްކޫލަށް ދާންވޭ…” އަހަރެން ބުނެލީމެވެ.

“ކީއްކުރަން ހެނދުނު.؟ މަރިއްތަ އޮފީސް ގަޑި…” އިޝާނީ ބުނެލިއެވެ.

“އިޝާނީ އަދި ދާނަމެއްނު މަރިއްތަމެން ކައިރިޔަށް.. ގޮސް ބުނެލަދީ ބަލަ… އަހަރެން މާދަން ސްކޫލަށް ދާންޖެހެއޭ 8:30 އަށް.. ކޮންމެސް މަހާސިންތާއަކަށް ފޮޓޯ ނަގަންވެގެން. ހުރިހާ ކުދިންވެސް ދާންޖެހޭ.” އަހަރެން ބުނެލީ ކަންއޮތްގޮތެވެ.

“ހޫމް… ދެން ނިދާ..” އެހެން ބުނަމުން އިޝާނީ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

“ޝަލީން! މިހާރު އެއްކަލަ ބޭބެޔާ ވާހަކަ ދައްކަން ނުދަންތަ ވިސާމާ ގެއަށް.” އިޝާނީ ނުކުތުމުން ޔާނީ އަހާލިއެވެ.

“އަހަރެން ވާހަކަ ދައްކާކަން ކިހިނެއް ޔާނީއަށް އެނގެނީ؟” އަހަރެން ހައިރާން ވީވަރުން އަހާލީމެވެ.

“އިނގޭ… އަޑު އިވުނޭ ވިސާމާއާ ދެއްކި ވާހަކަ އެއްދުހު. އެހެންވެ އިނގުނީ.” އެވާހަކަ އަޑު އިވުމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.

“ޔާނީ ޕްލީސް! ތިވާހަކަ މިގޭ އެހެން މީހެއް ކައިރި ނުބުނައްޗެ. ޕްލީސް!” އަހަރެން ވަގުތުން ޔާނީއަށް އިންޒާރު ދިނީމެވެ.

“ހޫމް… އޭރުން ކިހިނެއް ވާނީ؟” ޔާނީ ސުވާލުކުރީ ވާނެގޮތަކާ ބެހޭގޮތުންނެވެ.

“އޭރުން… ދެން އޭރުން ޝަލީން ޖެހޭނީ އެއްކޮށް ރަށަށް ދާން. ތި ލޯބިލޯބި ޔާނީއާ، އެކުޑަކުޑަ އީނާޝްވެސް ދޫކޮށްލާފަ.. އެއްކޮށް ދިޔައްޔާ ދެން ނުވެސްކެރޭނެ މިގެއަށް އަލުން އަންނާކަށްވެސް.. ޔާނީވެސް އެހާ ދާހިތްވޭނު ޝަލީންގެ ރަށަށް.. އެކަމު، އޭރުން ދެން އެރަށަށް ބައްޕަމެން ނުދާނެ. ބައްޕަމެން ޝަލީންއާ ރުޅިވެދާނެ އެއްކޮށް. އެހެންވެ މިބުނީ.” އަހަރެން ވާހަކަ ދެއްކީ ޔާނީއަށް ވިސްނޭނެގޮތަށެވެ.

“އާނ… ތިރަށަށް ނުދެވެންޏާ ދެން ނުދެވޭނެ އެއްވެސް ރަށަކަށް. ޝަލީންއާ ރުޅިވާކަށްވެސް ބޭނުމެއްނޫން.” ޔާނީ ބުނެލިއެވެ.

“އެހެންވީމަ ދެން އަވަހަށް ނިދާ. ޝަލީންވެސް މިއުޅެނީ ނިދަން.” ޔާނީއާ ދިމާލަށް އެހެން ބުނަމުން އަހަރެން ރަޖާ އަޅާލައިން އޮށޯތީމެވެ.

އަހަރެންގެ ލޮލަށް ނިދި އައިސްފައި ނުވާތީ ވިސްނާލަން އޮތީމެވެ. ރަށްފުށުގެ ދިރިއުޅުމުގައި އަހަރެންގެ މޮޔަކަން ހުރިވަރު އެއީ މިހާރު އަހަންނަށް މަޖާކަމެކެވެ. ކޮންމެޔަކަސް އޭރު ގްރޭޑް 2 ގައި އުޅެނިކޮށް ޝުހައިލާގެ ބޭބެ ދިން ރީތިރީތި ފިނިފެންމާ ދަބަހަށް ލީގޮތަށް ނަގަން ހަނދާން ނެތިފައި އަހަރެން ހުރީމެވެ.

“ޝަލީން މަޣްރިބް ނަމާދު ކުރީދޯ؟ ދެން އަވަހަށް އާދޭ މަންމަ ކަކައިރިއަށް މަދަރުސާގެ ފިލާވަޅުތައް ހަދާލަން.” މަންމަ އަހަންނަށް ގޮވީ ކޮންމެ ރެއަކުވެސް ފިލާވަޅު ހެދުމުގައި އެހީތެރިވަނީ މަންމަކަމުގައި ވީތީއެވެ.

އަހަރެން ގޮސް މޭޒުކައިރި އިށީނީ މަންމަ ހައެއްކަ ފަހަރު އާދޭސް ކުރުމުންނެވެ. އޭރު މަންމަ ހުރިހާ ފޮތްތައް މޭޒުމައްޗަށް އަޅާލައިން ފަހަރަކު ފޮތެއް ބަލަމުން ގެންދެއެވެ.

“ޝަލީން! މީ ކޮންއެއްޗެއް؟” ފިނިފެންމާ އަހަންނަށް ދައްކާލަމުން މަންމަ އަހާލިއެވެ.

“ޝުހައިލާބުނި ޝުހައިލާގެ ބޭބެ ދިން އެއްޗެކޯ” އަހަރެން ބުނި ޖުމްލައިން އަޑުއަހާ މީހަކަށް ދެ މާނަ ނެގޭނެއެވެ. އަހަރެން ވިސްނީ އެއީ ޝުހައިލާގެ ބޭބެ ޝުހައިލާއަށް ދީފައި އޮތް އެއްޗެއް ކަމަށެވެ. އަހަރެން މަންމައާ މުހާތަބު ކުރީވެސް ހަމަ އެ މާނައިގައެވެ.

“ޝުހައިލާގެ ބޭބެ ކާކަށް ދިން އެއްޗެއް؟… ޝުހައިލާއަށްތަ؟ ޝަލީންއަށްތަ؟” ހިސާބު ބޮޑު ފޮތުގެ އެތެރެ ބަލައިލަމުން އަނެއްކާވެސް މަންމަ އަހަންނާ ސުވާލުކުރިއެވެ.

“ޝުހައިލާ އަކަށްނު… ދެން ޝުހައިލާއެއްނު އަހަންނަށް އެދިނީ މަންމާ” ވީގޮތް އޮޅުމުން، އަހަންނަށް ބުނެވުނީ އެގޮތަށެވެ.

“އެހެންތަ؟ ޝަލީން ކީއްކުރަން ދޮގުހަދާނީ؟ ތީވަރަށް ގޯސްކަމެއް ތިކުރެވުނީ. އެހެން ނޫނަސް މަންމަ ވަރަށް ލަދުގަނެއްޖެ. އަން…. މި ހިސާބުފޮތުގަ ލިޔެފަ މިއޮތް އެއްޗެއް ރަބަރު ނަގާފަ ފުހެލާ… ދެންވެސް މިކަހަލަ ކަންތައް ނުކުރާތި! އަދި ތިހާ ބޮޑުވެގެން އުޅޭވަރު ކުދިންނެއް ނޫން ތީކީ…” މަންމަ ދިން ހިސާބު ފޮތަށް އަހަރެން ބަލައިލީ ހައިރާންވެ އިނދެއެވެ.

“ކީކޭ މިއޮތީ ލިއެފަ.؟ މަންމައަށް އިނގިރޭސި ކިޔަން އިނގޭތަ؟” އަހަރެން ހައިރާންވެފައި މަންމަގެ މޫނަށް ބަލާލަމުން ބުނެލީ އަހަރެންގެ މަންމައަކީ އުމުރުން ދުވަސްވީ މީހަކަށް ވީމައެވެ.

“އާނ… ރާހިންގެ ނަން ޖަހާފަ ތިއިނީ… ތި ފުހެލާ! ކީއްކުރަން ފިރިހެން ކުދިންގެ ނަން ލިޔަނީ ފޮތުގަ؟” މަންމަ އައިސްފައިވާ ރުޅިން އެހެން ބުނެލިއެވެ.

“މަންމާ… މި… މި ޝުހައިލާ ލިޔެފަ ކަންނޭނގެ. އޭނަ މިއޮއް ފިނިފެންމާ ދީފަ އަހަރެންގެ ފޮތް ނެގި.. އެހެންވިއްޔާ އެވާނީ ރާހިންގެ ނަން ލިޔަން ކަންނޭނގެ އެނެގީ ދޯ މަންމާ؟” ފޮހެން ފަށަމުން އަހަރެން ވަރަށް ބޭބީ ގޮތަކަށް ބުނެލީ އެކަން އެއީ އަހަންނަށް މާސީރިއަސް ކަމަކަށް ނުވާތީއެވެ.

“ދެން މީ ކޯއްޗެއް މިހާރު؟” ދަބަސް ތެރެއަށް އަތްލުމަށްފަހު މަންމަ އަނެއްކާ އެހެން ގަނޑުކޮޅެއް ނަގާ ދައްކާލިއެވެ.

“ތީ ޕާރޓީ… ޝުހައިލާއަށް 8 އަހަރު ފުރޭތީ ބާއްވާ ޕާރޓީގެ ކާރޑް.. އޭނަ ބުނި އަންނައްޗެއޭ.” އަހަރެން ބުނީ ދޮގު ނުހަދައެވެ.

“ނުދެވޭނެ.. އެއްގޮތަކަށްވެސް ނުދެވޭނެ. އެއީ ރާހިންވެސް އުޅޭގެ. ޕާރޓީއަށް ނުދެވުނަސް، މި ގޭގަވެސް ސައި ހުންނާނެ.”

އެދުވަހުގެ ފަހުން އަހަރެންގެ މަންމަ އަހަރެން އެއްގޮތަކަށްވެސް އެގެއަށް ނުފޮނުވައެވެ. އަހަރެން އޭރު ވަރަށް ދެރަވިއެވެ. ޕާރޓީއަކީ އަހަރެން ވަރަށް ދާހިތްވާ ތަނެކެވެ. އަހަރެން އެންމެ ދެރަވީ ރާހިންގެ ބޭބެގެ ވައިފްއަކީ އަހަރެންގެ ދައްތަ ކަމުގައި ވިޔަސް، ދައްތައަށް ކުރަންވީ އިތުބާރު މަންމަ ނުކުރީތީއެވެ. މިފަދަ އިހުޒަމާނުގެ ހިޔާލުތަކެއްގައި އޮއްވާ އަހަންނަށް އެރޭ ނިދުނީ ވަރަށް ފުން ނިންޖަކުންނެވެ.

ހެނދުނު ދަންފަޅީގައި ސްކޫލަށް ދިއުމަށްޓަކާ އަހަރެން ގެއިން ނުކުތީމެވެ. މަހާސިންތާގެ ފުރަތަމަ މަރުހަލާއަކީ ފޮޓޯނެގުމެވެ. ޕާސްޕޯރޓް ސައިޒްގެ ފޮޓޯކޮޅެއް ކޮންމެ ކުއްޖަކުވެސް ދޭންޖެހެނީ ހުރިހާ ކުދިންވެސް މަހާސިންތާއަށް ހާއްސަ ކުރެވިފާއިވާ ބެކްރައުންޑެއްގައި ފޮޓޯ ނެގުމަށްފަހުއެވެ. އެކަން ކުރަނީ ސްކޫލުންނެވެ. ދަރިވަރުން ދައްކާލަންޖެހެނީ ހަމައެކަނި ފޯޓޯއަށް ދޭންވާ ރުފިޔާއެވެ. އަހަރެން އެ މަހާސިންތާގައި ކޮންމެހެންވެސް ބައިވެރިވީ އަތޮޅު ތަމްސީލުކުރާނެ ދެވަނަ އެހެން ދަރިވަރަކު މުޅި ސްކޫލުގައި ވެސް ނެތުމުންނެވެ. ކޮންމެ އަތޮޅަކުންވެސް ދެކުދިން ސެލެކްޓް ކުރާގޮތަށް އޮންނަ އެމަހާސިންތާއަކީ ރައްޔިތުން މަޖްލީހުގައި އަޑު އުފުލާހެން އަޑު އުފުލަންޖެހޭ މަހާސިންތާއެކެވެ.

ކުރިޔަށް ހިނގަމުން ދިޔައިރު އަހަރެންގެ ލޮލުގައި އަޅައިގަތީ، ފިހާރައަކުން ނުކުތް ފިރިހެނެކެވެ. އޭނާގެ އެއް އަތުގައި ދެތިން ފޮތް އޮތްއިރު އަނެއް އަތުން ދިޔައީ ދަޅެއް ބޮމުންނެވެ. އަހަރެން ހުރި ފިޔަވަޅު މައްޗަށް ކުއްލިޔަކަށް ހުއްޓެވުނެވެ. ބޭއިޙްތިޔާރުގައެވެ. އަހަރެންގެ އަމަލުތަށް ފެނިވެސް އެމީހާ އެއްގޮތަކަށްވެސް އަހަންނަށް ސަމާލުކަން ނުދީ ހިނގައިގަތީއެވެ.

ދެފަހަރަކު އެސްފިޔަ ޖަހާލަމުން އަހަރެން ދެބުމަ އަރުވާލީމެވެ. އެއީ މީކާލްއެއް ނޫނެވެ. މީކާލްއާ ވައްތަރު އެހެން މީހެކެވެ. ނޫނީ މީކާލްގެ އާއިލާގެ ކޮންމެސް މީހެކެވެ. ގައިމުވެސް މީކާލްގެ ކޮއްކޮ އަކަށްވުރެ ވައްތަރީ މީކާލްގެ ބޭބެ އަކާއެވެ. ހަމައެކަނި ތަފާތީ ކުލައެވެ. އެއީ މީކާލްއަކީ ކަޅު ކުއްޖެކެވެ. ކޮންމެއަކަސް އަހަރެން ކުރިޔަށް ހިނގަމުން ދިޔައީމެވެ.

ސްކޫލް ހޯލަށް ވަދެވުނު އިރު ވިއްސަކަށް ކުދިން އައިސް ތިއްބެވެ. އެއްވެސް ޓީޗަރަކު ފެންނަން ނެތް އެ މާހައުލުގެ ތެރެއަށް އަހަރެންވެސް ގޮސް ވަނީ އެހެން ކުދިން ފަދައިންނެވެ. އިށީންނާނެ ގޮނޑިއެއް ނެތުމުން ކޮއްޅަށް ހުރީމެވެ. އެވަގުތު ފެނުނީ ކަރުގައި ކެމެރާއެއް އަޅުވާއިން ހުރެގެން އައްޔަސަރ ވަދެގެން އައިތަނެވެ.

“ކޮބާ.. މިހާރު އައިސްފިތަ؟” އައްޔަސަރ އޭނަގެ ބަރު އަޑުން ބުނެލިއެވެ.

“މިހުރީ…އެހެރީ… އައިސްފި…ޝަލީން އައިސްފި މިހާރު….” އަހަރެންގެ ކަންފަތުގައި ގުގުމާލީ އަހަންނަށް އިޝާރާތްކޮށް، އެކި ކުދިން ބުނަމުންދިޔަ އެކި ބަސްތަކެވެ.

“އަވަހަށް އާދޭ. އާދޭ މިކޮޅަށް…” އައްޔަސަރ އަތުގެ އިޝާރާތުން އަހަންނަށް ގޮވީ އޭނާގެ ކައިރިޔަށް ދިއުމަށެވެ.

“އަވަހަށްދޭ…. ތިގޮލާ ނައިސްގެން އައްޔަ އެއުޅެނީ ފޮޓޯ ނުނެގިގެން. ޓެސްޓް ފޮޓޯ ޝޫޓްތައް ނަގާއިރު މޮޑެެލް ކުރަންޖެހެނީ ކަލެޔޯ.” އަހަރެންގެ ކްލާހުސް ކުއްޖަކު ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.

“އަހަރުމެން އައިސް ތިބޭތާ ކޮން އިރެއް ހަމަ ޝަލީން ނައިސްގެން ސަރ އެމަޑުކުރީ.” ތަންކޮޅެއް ކުރިޔަށް ހިނގަމުން ދިޔައިރު ޝާނީއާ އަރާހަމަވުމުން އޭނާ ބުނެލިއެވެ.

އަހަރެންގޮސް އައްޔަސަރ ކުރިމަތީ ހުއްޓި ލީމެވެ. ކެމެރާ ސެޓް ކުރަން ހުރި އައްޔަސަރ ވަގުތުން އަހަންނާ ދިމާލަށް ހިނިތުން ވެލިއެވެ. އެހިނިތުން ވުމުގައި ވަނީ ހިތް ހެޔޮކަމުވެ. އެއިން އެއްވެސް ގޯސް މާނައެއް އަހަންނަށް ނަގައި ނުގަނެވެއެވެ.

ނުނިމެ

ނޯޓް:- ޖުމްހޫރީ ދުވަހުގެ ހަދިޔާއެއް ❤️

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 29

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 7

Next
November 11, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 7

Previews
November 10, 2024

ޙަޤީޤަތް ހޯދުމޭ 29

23 Comments!

  1. Nawar says:
    November 11, 2024 at 9:35 am

    Maasha Allah mi part vx varah varah reethi…
    Yageen ayya sir vx e ulheny ehn beynumeiiga….
    Whn next??
    Currently waiting for the next part…

    1. Shaleen says:
      November 11, 2024 at 9:42 am

      Thanks Nawar
      Ayya sir ah vaagothei balamaa…
      Next part Thursday GA in sha Allah.
      Mi part Hama dhen surprise eh gothah mi inee up kolladheefa hurihaa readers ah.

      Thanks for supporting ☺️

  2. gurrrrl says:
    November 11, 2024 at 1:58 pm

    vrh reethi mi part ves alheyyy shaleen ah ufaleh libeyni kn dhuvahakun?
    ekm ves vrh reethi ingeyy mi partves when next part
    cant wait for it
    keep it up
    love you author

    1. Shaleen says:
      November 11, 2024 at 2:19 pm

      Thanks ingey v bodukoh
      Shaleen ah dhimaavi goiy up to mi part…
      Next part Thursday GA In sha Allah.
      Pls keep waiting 🙏
      Love you so much

  3. Cutie girl says:
    November 11, 2024 at 3:34 pm

    Happy republic day all
    Mi part ves v Reethi masha allah
    Curiously waiting for next part
    Keep it up
    Shaleen and miykaal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Shaleen says:
      November 11, 2024 at 3:57 pm

      Thanks dear… 🇲🇻👋
      V ufaavey komme part akahves mi comment libeythee… ☺️
      Thursday ge part ah wait kollamaa

  4. Fn eh says:
    November 11, 2024 at 4:32 pm

    Haters gone hate if you do this

    Dhen sharleen hiyhama nujehigen v rude kon reply dheyny

    Shaleen ihah kudadhuvaskolheh break eh nagn v nu
    Break ga vahaka liye ninmaal ninmaafa up kurey
    Ehnnoony libeyne negative comments

    Ehaa lahjn nnairu ep thah v kuru
    Plx mihaa reethi vaahakayakah ehen nuhadha

    1. Shaleen says:
      November 11, 2024 at 10:13 pm

      Evves reader eh shaleen dheke hih hama nujeheykah shaleen beynumei noon. Aslu v ufaavey pos/neg comment libunas..
      Shaleen mibalaneeves veeyaaves avahah mi vhk nimmaaleveytho.
      Shaleen beynumei noon rude koh evves comment akah reply kuraakahves…
      V ufaavejje aslu mi comment kuri kujjaa ah mi vhk kamudhaakan enguneema 😃
      Ekam hurihaa readers beynun vaahen vhk GE parts eba jehey dhigu kollan. shaleen Hama mi balanee komme part GA 1000+ words himanaalan..
      Kuriyahvure mi fahuge parts hunnaaneeves 1000+ words.
      Shaleen visnaanan vhk liyan break nagaaneetho nooni week Aku effaharu up kuramun continue kuraaneetho insha Allah .

      Kurinves shaleen liyefa huri vaahaka thakakee week ga ehdhuhu up koffa huri vhk thah…

    2. Malher says:
      November 12, 2024 at 12:10 am

      For the FN EH ge namuga on kuhja ah

      If u really wanna say this story is nice
      Thiyah vuren reethikon bunevidhaane
      If she responds rude thiyah vuren reethikon bunevidhaane
      If this story is late hama thiyah vuren reethikon bunevidhaane

      Writers side in kiyuntherin nuvisnanyaa
      Vaahaka kiyun hutta
      Thimyhun nukiyas kiyan beynjnvaa myhun lakka gina vaane

      Mee drama creation zone eh noon
      Mithanah ais author respect kohgen vaahaka dhahkan vaany

      And are you blind??
      Even i say mi part thah dhiguvefa huri than

      Gabool nukurevenyaa vaahaka open vaa thanuge mahchah innaane minutes araafa
      Ethan checke🔪🔪🤧🤧😩😩😩
      Mimyhun ah heevany ais bavaalaa iru dhen maa molhu kamekey mj kureveny

      Authors do have a heart as just like readers🤧

    3. Tsu says:
      November 12, 2024 at 12:27 pm

      I agree with malher
      She saying perfectly 💯 fine words

      Shaleen see
      Malherbis you true fan

  5. Malher says:
    November 12, 2024 at 12:12 am

    Saw*

  6. Lau says:
    November 12, 2024 at 9:41 am

    Varah reethi vaahakaeh mee..
    Meege kurinves shaleen GE vaahakathah kiyaifn
    Shaleen ebunaahen eyruves Hama varah Gina kiyuntherin beynunvey varah avahah vaahaka up vaan. Ekam shaleen akee abadhuves week Aku effaharu part eh nerey authoreh Kan faahagavey.
    Dhen bunelan inee shaleen GE varh gina comments kiyaalin. Ekam shaleen akee thibunaahaa rude author eh noon.
    Mistake akun shaleen ah emme commenteh ehen kurevunas, shaleen sis bunelin maafa ah edhunu hurihaa readers faraathun .
    Lau ah Hama shaleen sis varah rangalhu.
    Shaleen sis ah bunelan othee sis ah veevarakun vaahaka up kollaashey
    Lau ah emme rangalhee vaahaka continue kureeyaa week Aku effaharu viyas

    1. ...... says:
      November 12, 2024 at 12:51 pm

      I agree 👍

    2. Shaleen says:
      November 12, 2024 at 1:13 pm

      Thanks Lau
      Thanks hurihaa kudhinnah…
      Shaleen ah v support dhey baeh thi readers akee.
      V bodah ufaakuran 👐❤️
      Ummeedhu kuran shaleenge mi vaahakaves nimendhen kiyaalaane kamah.

  7. Yura says:
    November 13, 2024 at 8:37 am

    Annora aai rifsha dn shihaama ves vaki avaheh noon vaahaka up kuraaleh
    Emyhunge vaahaka thakah vuren mi maa gaimu reethi
    Ekm enmen emyhun ran kuraa varun heevany ehn kameh hen😖
    Emyhunge fans ves eba comment kurey kanneyge mithaa

    I love this🤎

    1. Lam’aa says:
      November 13, 2024 at 10:37 am

      Mithaaga ehn authors ge name genaumaky v kada idea eh

      Eyge sababun shaleen r medhu. E authors hithuga hiyburakameh ufeshi dhaane

      Ehnnoonas annora r shihama nuvey thibunaahaa laheh
      Shihama week aku 3 varakah episode laa
      Annora idhey 2 episodes laafa
      Baeh fahru 3 episode ves
      Mibuny week ehga

      Dhen rifsha ab vaa goi she even said ethah faharaku
      DONT YOU DARE TO UNDERESTIMATE THEM😡😡😡
      They are most of us favs in this site

      Shaleen ves kihaa vrakah kiyaadheefi mihen vaa reason
      Dhen hama e authors names mithanaha genesgen thihaa vareh vaan veytha😡

    2. Miss kangu says:
      November 13, 2024 at 12:23 pm

      But gurl this is a very bad way to insult them
      They are really realy good authors and shaleen too
      Donbe have to act like this

      Theena ves gaimj emyhun ge vaahaka kuyaathy nu thi eheny las vaa kameh noony kameh
      They uploaded part weak aku 2 or 3
      Rifsha ves kurin kohfa hurey
      And fahun ekuhja ves bunelaafa huri vaa goi goi
      Shaleen ge side negiyas plx stop spreading misinformation and story disrespectfing aother authors

  8. Shaleen says:
    November 13, 2024 at 11:25 am

    Hurihaa readers ves vaane komme author akahves respect kuran.
    Komme author akeeves Hama eki kahala masakkai kuramun vaahaka liyan time dhey baeh.
    Ehenveema e author akah vaavarakun Hama week ga parts up kuramun gendhaanee. Shaleen ves ehen liyuntherinnah respect kuran.

    @yura alhuganduge vaahaka ah thihaa support dheytheeve v ufaavey.❤️ Vaahaka reethi kamah buneleema v hih Hama jehijje.

    @Lam’aa buneeves thedhei 👍Vaahaka up vumuga lassvanyaa komme author evves Hama reason bunelaafa e hunnany. Dhen kommes reader ehgeves thafaathu maqboolu liyuntheri eh hunnaane. Eves dhen massala eh noon.
    Emme favourite author akah Hama kommes Author evves rangalhuvaane , e reader akah rangalheeyaa.

  9. Shaleen says:
    November 13, 2024 at 5:19 pm

    @malher thanks varah bodah.
    Malher bunelaafa ehuree Hama 💯 ge vaahaka.
    Ebunaahen Abadhuves visnuntherikamaaeky comment kollaa.
    Hurihaa readers ah respect koggen
    Hurihaa authors ah respect koggen comment thah kureema hunnaanee rangalhah dho Malher
    Umeedhukuran Malher ge comment ah respect kuraane kamah

  10. Shaleen says:
    November 13, 2024 at 5:23 pm

    Hi Tsu
    Alhugandu abadhuves gaboolu kuran malher akee alhuganduge true fan ekey.
    Alhugandu v loabivey alhugandah support dhevvaatheeves
    Malher Hama bunefa huree v rangalhu vhk thakei.
    Alhugandu Hama Malher ah evves goas kamei hih burakamei nei
    ❤️

  11. Shaleen says:
    November 13, 2024 at 5:29 pm

    @miss kangu ebuneeves thedhei..
    Shaleen ah support kuranyaa shaleen ah support kuriyas emme rangalhu gothuga support dhevva.

    Ehen readers n ehen authors ah dhera bass nubunamaa!! @miss kangu ge comment ah hurihaa readers ves respect kurun shaleen edhenee ❤️

    1. Lahufa says:
      November 13, 2024 at 6:27 pm

      Yess
      Mithaaga shaleen ge vaahaka ga ragalhu kohlan v kankan bunelan jeheyny
      Eii mii shaleen feed v ma

      Ehn author ehge vaahaka mithaaga gena umaky ehn author s in ve hithuga shakeen aaa medhu eheh hithah araafaane kameh
      Mithaaga e comment kuri myha ah e varu nuvisun
      Dhen faadh kiyaa iru binaa kuruvani vi faadu kiyama
      Myha motivation dhaa varuge faadu nukiyaa

      Shaleen go gurl
      Haters ah nubala kuriyah
      Baarah kuriyah

  12. Shaleen says:
    November 13, 2024 at 7:46 pm

    Hi Lahufa
    Shaleen ves Hama beynunvanee thigoiy…
    Evves reader akah adhi comment kuraa meehunnah dheravaagothah bunaa ehchei noon mee…
    Aslu Hama shaleen beynunvanee hurihaa reader’s ves hurihaa authors ahves ihuthiraam kuran.
    Shaleen ge vaahaka ah comment kuraanama shaleenge vaahaka liyumah beheygothun kommes bahei buneleema emme rangalhu.

    Dhen shaleen GE side ah thibey shaleen dheke loabivaa, hurihaa emmenves kudhinves shaleen ah thidhevvaa support ufalun faahaga kuran .

    @Lahufa shaleen ves balaanan Hama thibuni gothah kuriyah balamun Baarah kuriyah dheveytho… ❤️

Comments are closed.

Next Episodeޝަލީން 17←


All Right Reserved!