ބްލަޑް 2 (7)
ކިހިނެތް؟ އެއީ ރަވާންބެ ރުވާންއަށް ހެދި ވައިރަސްއެއްނުން؟ ދެން ކިހިނެއް ކައިޝަންއަށް؟” ނަބީލްހުރީ ބޮޑު ސުވާލު މާރކެއް ހިފައިގެންނެވެ. ރުވާން ކައިޝަންއާއި ދިމާލަށް ބަލައިލިއެވެ. ކައިޝަން ބޯޖަހާލިއެވެ.
މިހާ ހިސާބުން މީގެއެއް ހަމަސްކުރީގެ އެހާދިސާގައިވީ ގޮތް ބަލާލަމާތޯއެވެ.
[ސަނީ ސައިޑް] ބޮޑު ފިހާ ބަންދު ކޮއްފައި މޫސަ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ސައިކަލު ޕެޓްރޯލް ހުސްވެފައި ވުމުގެ ސަބަބުން މޫސަ ގެއަށް ދިޔައީ ހިނގާފައެވެ. ކުއްލިއަކަށް އައިނައި ތަނެއް ނޭނގި މީހަކު މޫސަ އަނގަމަތީގައި ފޮތި އެޅިއެވެ. ދެންވީނުވީއެއް މޫސައަކަށް ނޭނގުނެވެ.
ދެލޯ ހުޅުވާލެވުނު އިރު މޫސަ އޮތީ އަތިރި މަތީގައި ކަން އެނގުނީ ރާޅު ޖަހާ އަޑު އިވެމުން ދާތީއެވެ. މަންޒަރު ފުސްކަމުން ތަނެއް ދޮރެއް ނޭނގުނަސް ކުރިމަތީގައި ފިރިހެނަކު ހުރިކަން ޝައްކެއްނެތް މިންވަރަށް މޫސައަށް އެނގުނެވެ. [ކާކު؟؟] ކަރުކެހިލަމު މޫސަ އަހައިލިއެވެ. މޫސާއާއި ދިމާލަށް އެމީހާ އެނބުރުން އިރު އެމީހަކު ހުރި ގޮތުން މޫސަ ތުރުތުރު އަޅައިގަތެވެ. ހަމަ ގައިމުވެސް އެއީކީ އިންސާނެއްނޫނެވެ. ބިރުންގޮސް މޫސައަށް ގަޔަށް ކުޑަކަމު ދެވުނު އިރު އަޑުގެ ނެތްތަނަށް ފެލިގަނެވުވެ. ރުވާން މޫސަގެ މޭ މައްޗާދިމާލަށް އަތުގައި އޮތް ބޮޑު ގާބުރި އެއްލާ ޖެހިއެވެ. ވޭނާ ކެކުޅުމުން ހަޅޭ ލަވައިގަންއިރު މޫސަ އަށް ހަށިގަނޑު އެކީ ދޫކޮށްލެވުނެވެ. ހަމަ އެ ސިކުންތުގައި ރުވާންއަހިސް މޫސަ ގައިމަތީ އިށީންދެ މޫސަގެ ކަރުގައި ހިފިއެވެ. ރުވާންގެ ތޫނު ދިގު ނިޔަފަތިތަށް މޫސަގެ ކަރު ތޮރުފަމުން ދިޔައިރު ނޭވާކުރުވަމުން ދިޔައެވެ. އެއަށް ފަހު ރުވާން މޫސަގެ ހަށިގަނޑާއި އަންނައުނު ވަކިކުރިއެވެ. އެއްވިސް ރަހުމެއްނެތި ހަށިގަނޑުގެ އެކި ތަންތަނަށް ނިޔަފަތިތަށް ހަރަމުންދިޔައިރު ގިސްލަ ގިސްލާފައި ރުއިން ނޫންކަމެއް މޫސައަކަށް ނުކުރެވުނެވެ. މޫސައާއި ދިމާލަށް ރުވާންގެ ރަތް ދެލޮލުން ފަހު ފަހަރަށް ބަލާލުމަށްފަހު މޫސަގެ ކަރުގައި ދަތް އެޅިއެވެ. އެވަގުތު މުޅި ފަޒާގައި ގުގުމާލީ މޫސަގެ ވޭނީ ހަޅޭކުގެ އަޑެވެ.
ހިނދުކޮޅެއްފަހެ. ރުވާން މޫސަގެ ގައިމަތިން ތެދުވި އިރު މޫސަގެ ފުރާނައެއްނެތެވެ. މުޅި ހަށިގަނޑުވަނީ ހުދުވެފައެވެ. އެވަރަކުން ރުވާން ހިތްހަމައެއް ނުޖެހުނެވެ. ދެންފެނުނީ މޫސަގެ ފުރާނަނެތް ހަށިގަނޑުގައި ރުވާން އަލިފާން ރޯކޮށްލިތަނެވެ. ހިނދުކޮޅެއްފަހުން އެ އަލިފާން ގަނޑު ނިއްވާލިއެވެ. އޭރު މޫސަގެ މުޅި ހަށިގަނޑުވަނީ އަނދާފައެވެ.
މޫސައާއި ދިމާލަށް ބަލަން ހުރި ރުވާންގެ ދެލޮލުން ދިޔައީ އަލިފާންކަނި ބުރަމުންނެވެ. ރުޅިވެރި ގޮތަކަށް މޫސައާއި ދިމާލަށް ބަލަން ހުރެ ރުވާން ކުރިއަށް ހިނގައިގަތެވެ. ގޮނޑުދޮށުން އަރާ އެއްގަމަށް އެރުމާހެން ފަހަތުން އަހިސް މީހަކު ރުވާންގެ ކޮނޑުގައި ދަތްއެޅިއެވެ.
“އާހް” ރުވާން ހަޅޭލަވައިގަތެވެ. އަދި އެމީހާ މޫނުމަތީގައި ޖަހާ ފުންމާލާފައި ކައިރީ ހުރި ހޮޅުވަށި މައްޗައްއެރިއެވެ. ހަމައެއާއި އެކު އޭނާވެސް ހޮޅުއަށިމައްޗައް ފުންމާއެރިއެވެ. އޭނާ ރުވާންގެ ކަރުގައި ހިފާ ވާން ކުރަމުން ދިޔައެވެ. އޭނާގެ ދިގު ނިޔަފަތިތަށް ރުވާންގެކަރަށް ހެރެމުން ދިޔައިރު ރުވާންގެ ނޭވާ ދިޔައީ ކުރުވަމުންނެވެ. ނަމަވެސް ރުވާން ބޮޑަށްއަޅައިގަތީ އޭނާގެ ސިފައެވެ.
ހަމަ ރުވާން ފަދައެވެ. ރަތް ކުލައިގެ އިސްތަށިކޮޅާއި ރަތްކުލައިގެ ކަޅިރަވައެވެ. ނާރުތަށް ފުފިފައިވީ އިރު “ކެނައިން” ދަތްތައްވެސް ވަނީ ދިގުވެފައެވެ. ރުވާން އަތުގައި އެންމެ ފުރަތަމަ ޖެހުނު ގާބުރި ނަގާ އޭނާގެ ނިއްކުރީގައި ޖެހިއެވެ. ވަގުތުން ހޯސްލާފައި ލޭ އޮހެން ފެށިއެވެ. ނަމަވެސް ފަޅިސިކުންތު ތެރޭގައި އެތަން ފަސޭހަވިއެވެ. ރުވާންގެ ޝައްކު ޔަގީންވީ އެހިސާބުންނެވެ.
“ކިހިނެއް؟ ތިއީ ކާކު؟” ރުވާންއެއްސެވެ.
“މިއީ ހުސް ކަލޭ ބައްޕަގެ ކަންތައް. މަކަލޭކިބައިން ބަދަލު ހިފާނަން!!” އޭނާ ކެއްސާލާފައި ބުނެލިއެވެ.
“ޕްލީޒް. މަށާ ވާހަކަ ދައްކަބަލަ. އަހަރެންވެސް “ޔޫބީޓީ-01″ ހުރޭ. ހައު ޑިޑް ޔޫ ގެޓް އިޓް؟” ރުވާން ވާހަކަ ދައްކަމުން ދިޔަގޮތުން އޭނާ ހުރީ ހައިރާންވެފައެވެ. މީހާ ހަމައަކަށް އެޅި ސިފަވެސް މަޑުމަޑުން ބަދަލުވިއެވެ
“ކައިޝަން. އައިމް ކައިޝަން” އިރުކޮޅަކު ހަނު ހުރެފައި ކައިޝަން ބުނެލިއެވެ.
“ރުވާން. އައިމް ރުވާން. ކިހިނެއް ކައިޝަންއަށް ތިވައިރަސް ޖެހުނީ؟” ރުވާން އެއްސެވެ.
“ތިއީ ރަވާންގެ ދަރިފުޅެއްނުން؟” ކައިޝަންއެއްސެވެ. ރުވާން ބޯޖަހާލިއެވެ.
“އަހަރެންގެ ބައްޕަ ކިޔާންއަކީވެސް ސައިންޓިސްޓްއެއް. ރުވާންގެ ބައްޕައާއި އެކު އަހަރެންގެ ބައްޕަވެސް ކިޔެވީ. ނަމަވެސް ޔުއާރ ޑޭޑްވޯސް އޯލްވޭސް ދި ފަސްޓް. މައި ޑޭޑް ވޯސް ސެކަންޑް. މައި ޑޭޑް އަބަދުވެސް ރުވާން ބައްޕަދެކެ ޖޭ ވޭ. ދެންދުވަސްކޮޅަކުން ބައްޕައަށް އެނގުނީ ރަވާން ހެދި ވައިރަސް ގެ ވާހަކަ. ބައްޕަދެން ޖެހިއްޖެ ކޮންމެ ގޮތެއްހަދާފަވެސް މި ޓްރައި ކުރަން. ހީ ޑިޑް ދިސް ޓުމީ. ބިކޯޒް އޮފް ޔުއާރ ޑޭޑް!!” ކައިޝަންގެ ވާހަކައަހާފައި ރުވާން ހިތުގައި ޖެހުނެވެ.
“އައިމް ސޮރީ. އަހަރެންގެ ދިރިއުޅުންވެސް ހަލާކުވީ މި ވައިރަސްއަކާ ހުރެ” ރުވާން ކައިޝަންގެ ކޮނޑުގައި އަތްބާއްވާލާފައި ބުނެލިއެވެ.
“ޑޫ ޔޫ ވޯންޓް ޓު ވޯރކް ވިތްމީ؟ މޭބީ ސޮލިއުޝަންއެއް ހޯދިދާނޭނުން؟” ރުވާން ބުނެލިއެވެ. ކައިޝަން ރުވާން އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
“މަކީއްކުރަން ކަލޭއާއި އެކީ ވޯރކް ކުރަންވީ؟ ކަލޭއާއި ހުރެ ފުރަތަމަ މަގޭ ދިރިއުޅުން ހަލާކުވީވެސް. މަކިހިނެތް ކަލޭއަށް އިތުބާރުކުރާނީ؟”
ރުވާން މޭގައި ޖަހާ ކޮއްޕާލާފައި ކައިޝަން ބުނެލިއެވެ. ނަފްރަތުން ފުރިފައިވާ ހާލުގައި ރުވާންއާއި ދިމާލަށް ބަލާލާފައި ކައިޝަން އެތަނުންދިޔައެވެ.
*****
ފެންވަރައިގެން ނިކުން ރުވާން ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރިންގުވަމުން ދިޔަ ފޯނެވެ. ނޫނެކެވެ. ގުޅަމުން ދިޔަ ފަރާތެވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ.
“ހަ-…..] ރުވާންއަށް ބުނެވުނީ އެހިސާބަށެވެ. ދެންއިވުނީ އެކޮޅުން ޔުސްރާ ދައްކަމުން ދިޔަ ވާހަކައެވެ.
[މީންދަފެންނަ ހަޔާއި ކުޑަ އެއްޗާ ކަލޭދޯ މޫސަ މަރާލީ؟؟؟ ކައިވެނި ކުރަން އުޅޭށޭ ބުނީމަދޯ އޭނަ މަރާލީ؟ ބުނަންތަ ރަނގަޅުވާހަކައެއް؟ މޫސަ މަރާލިޔަސް ކަލޭއަކަށް ހަމަ ޖެހިގެން ނޫޅެވޭނެ. އަޑު އިވިއްޖެ؟ މިބުނީނުން ނޫޅެވޭނޭ!!!! ހަޔާއިތް ކުޑަ!!!] ޔޫރާގެ ކަންކަށި މަތީގައި ޖަހަމުން ޔުސްރާ ފެލިގަތެވެ. [ހޫމް.. ދެން ކަލޭމެނާ ޖެހުނީ.. ކަލޭމެން މީނަޔަށް ކުރާނެ ކަމެއް ކުރޭ މަށަށް ވަރިހަމަ މީއްޗަކު މަރާލިޔަސް] ކައިރީގައި ހުރި ޒުވާން ތިން ފިރިހެނުން ގާތުގައި ޔުސްރާ ބުނެލިއެވެ. އެ ތިން މީހުން ޔޫރާއާއި ދިމާލަށް ބަލަން ހުރި ގޮތުންވެސް އެމީހުންގެ ވިސްނުން ރަނގަޅު ނޫން ކަން ޔޫރާއަށް ދެނެގަނެވުނެވެ. ފޯނު އަތުން ދޫވެ ތެޅުނު އިރު ދުއްވައި ގަނެވުނެވެ. ނަމަވެސް ބާރުގަދަ 3 ފިރިހެނުން ކުރިމަތީގައި ޔޫރާއަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ؟ ގޭގެ މައި ދޮރާ ހަމައަށް ނުދެވެނީސް އެމީހުން އަހިސް ޔޫރާގެ ލޫޅާފަތި ހަށިގަނޑުގައި ހިފާދަމާ ގެންގޮސް ޔޫރާގެ ކޮޓަރިއަށް ވެއްދިއެވެ. ދެންފެނުނީ ބާރު ދުވެއްޔެއްގައި ރުވާން ގެއިން ނުކުންތަނެވެ.
“ކޮންތާކަށް ތިދަނީ؟” ދުވެފައި ދިޔަ ރުވާންލައްވީ ކައިޝަންގެ ގައިގައެވެ.
“ދުރައްދޭ!! މަގޭ ޔޫރާ ސަލާމަތް ކުރަންމަދާން ޖެހޭ އެބަ. މިހާރަކު ނޫން. އޭރު ރުވާންގެ ދެލޯރަތްވެފައި ހުރި އިރު ނިޔަފަތިތަށްވެސް ވަނީ ދިގުވެފައެވެ. ރުވާންގެ ނާރުތައް މަޑުމަޑުން ފުފެމުން ދިޔައިރު، “ކެނައިން” ދަތްތަށް ދިޔައީ މަޑުމަޑުން ދިގުވަމުންނެވެ.
“އެކަމަކު ތިހެން ދަނިކޮށް މީހަކަށް ފެނު-” “ބުނަންވާހަކައެއް؟ ކަލޭ ބުނީދޯ މަށާއެކީ ވޯރކް ކުރާކައް ބޭނުމެއްނޫނޭ؟ ދެން މިހާރުކޮން ހަޔާތެއް ތިގޮވަނީ؟ ދުރައްދޭ!” ކައިޝަންގެ ވާހަކަ ހުއްޓުނީ ރުވާންވާހަކަ ދައްކަން ފެށުމުންނެވެ. އެހެން ބުނެ ކައިޝަންކޮއްޕާލާފައި ރުވާން ދުއްވައިގަތެވެ. ކައިޝަން ރުވާން ދިޔަ މަންޒަރު ބަލަން ހުއްޓެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







vrh reethi mi part ves
ekm haadha short ehh dhn oii bai dhiukohliyaane kamah heekuran
jazaakallah khair<3
yeah sorry about that i had an assignment to do since i am in collage now. Please understand 🙂
Maasha Allah mi part vx varah varah reethi…
Haadha kurey…
Next part thankolheii dhigu koh genesdheyne kamah ummeedhu kuran…
Whn next???
Curiously waiting for the next part….
jazaakallah khair<3
yeah sorry about that i had an assignment to do since i am in collage now. Please understand 🙂
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Ruvaan and Yoora gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
jazaakallah khair<3
Masha Allah curiously waiting for the next part vrh avahah up kuraane kmh unmeedhu kuran v inthizaaru kurevey but I understand your situation busy vaane kan vx ingey vrh appreciate kuran thihaa busy koh ulhemun vx up kohdheythee
jazaakallah khair, happy u understand<3
in sha allah v emme avahakh 8 vana bai upload kolladheynan ebai in sha allah thankolheh dhigu vess kolladheynan
Vaahaka hama v baraabarh ebahuri ragalhu kohlan jehey kankan
Misaalakah ފެލިގަތެވެ
Eyge badhaluga liyevidhaane
މޫސަ ހަޅެއްލަވައިގަތެވެ.
ނޫނީ މޫސަ ގައިގާ ހުރި ބާރއް ލާފައޖ ހަޅެއްލަވައިގަތެވެ
ނޫނި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ
Aneh hen salhi vaahaka
V ginain u ge vaahaka thah kiyan
Ekm kuda thankolheh faahaga vegen bunelii
Cant wait for the mext
Jazaakallah khairan