Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (11)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 14, 2024 4 Mins Read
4 Comments

10 ވަރަކަށް މިނިޓްވީ އިރު ކައިޝަންހުރީ ހޮސްޕިޓަލްގައެވެ. ރިސެޕްޝަންގައި އިން ކުއްޖާ ގާތުއަހާފައި ކައިޝަންއަވަހަށް ދިޔައީ އެކޮޓަރިއަށެވެ.

“ކައި…” ކޮޓަރިދޮރު ހުޅުވާލި ކައިޝަން ފެނުމުން މިލްޔާ ގޮވާލީ ކުރަކިވެފައިވީ އަޑަކުންނެވެ. ކައިޝަން ހިތް ފުރާ ޝަކުވާވީނަމަވެސް މިލްޔާއިން ހާލުފެނި ހިތުގައި ރިއްސާލިއެވެ. “މިލޫ….” މަޑުމަޑުން ކައިޝަން މިލްޔާއަށް ގޮވާލިއެވެ. އޭރު ކައިޝަންގެ ދެލޮލުގައިވެސް ދިޔައީ ކަރުނަ ވިދަމުންނެވެ. ބަލާކަށް ނުހުރެ ކައިޝަން ދުވެފައި ގޮސް މިލްޔާގެ ތުންފަތަށް ބޮސްދިނެވެ.

“އައި ހޭޓް ޔޫ!!! އައި ހޭޓް ޔޫ މިލޫ. ކީއްވެ އަޅެއަހަރެންކައިރީ ތިވާހަކަ ނުބުނީ؟” ކައިޝަން މިލްޔާގެ ދެލޮލަށް ބަލައިލަމުން ބުނެލިއެވެ.

“ކައި ވެސް ނުބުނަމެއްނުން އަހަރެން ކައިރީ ކައިގެ ތިހުރި ވައިރަސްވާހަކައެއް؟ ކައި ފުރަތަމަވެސް އަހަރެން ގާތު ބުނި ނަމަ….” މިލްޔާ ކައިޝަން ކޮއްޕާލަމުން ބުނެލިއެވެ.

ކައިޝަންއާއި މިލްޔާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 5 އަހަރުވެއްޖެއެވެ. ނަމަވެސް މިވީހާދުވަހުވެސް ކައިޝަން “ޔޫބީޓީ-01” ވައިރަސް ހުންނަވާހަކައެއް ކައިޝަން މިލްޔާ ގާތަކު ނުބުނެއެވެ. ކައިޝަން މިލްޔާ ގާތުގައި އެވާހަކަ ބުނީ، ރުވާންގޮވައިގެން ރަށަށްއައިދުވަހުއެވެ. އެދުވަހު މިލްޔާއާއި ކައިޝަން ފުރަތަމަ ފަހަރަށް އަރާރުން ވިއެވެ.

ޖެހިގެންއައި ދުވަހު މިލްޔާ ދިޔައީ ޑަކްޓަރަށް ދައްކާށެވެ. ބަނޑުގަ ރިއްސާތީއެވެ. އާދައިގެ ރިހުމެއްކަމަށް ބަލައިގެން އުޅުނު މިރިހުން ވެގެން ދިޔައީ މިލްޔާގެ ހުރި ބައްޔަކަށެވެ. ކައިޝަންގެ ފަރާތުން މިލްޔާއަށް ލިބުނު އެހިތްދަތި ކަމުގެ ސަބަބުން މިލްޔާ ބޭނުންވީ ކައިޝަން “އިގްނޯރ” ކޮށް ކައިޝަން “ޖެލަސް” ކުރާށެވެ. މިލްޔާ އާދިންއާއި ގާތްވި ސަބަބަކީއެއީއެވެ.

“މިއަދު މިހުރިހާކަމެއް މިހެން ނުވީހެއްނުން އެންމެފުރަތަމަ ވެސް ކައިޝަން އަހަރެން ގާތުގައި ކައިޝަން ތިވައިރަސް ހުރިވާހަކަ ބުނެލިނަމަ؟” މިލްޔާ ބުނެލިއެވެ.

“ސޮރީ މިލޫ. އައިވޯސް.. އެފްރެއިޑް.. މިލޫ އަހަރެންދެކެ ބިރުގަނެދާނެތީވެ” ކައިޝަންއޭނާގެ ކުއްގަބޫލުކޮށް އިސްޖަހާލާފައި ބުނެލިއެވެ.

“އަހަރެން ކައި ދެކެ ބިރެއްނުގަނޭ. އަހަރެން އަދިވެސް ކައިދެކެ ވަރަށް ވަރަށް ލޯބިވޭ. އެކަމަކު.. ކައި ދެން މިހާރު އަހަރެން ބޭނުންވާނެތަ؟” “ޔޭސް!!! އައި ވިލް އޯލްވޭސް ނީޑް ޔޫ. އައި ލަވް ޔޫ ސޯ މަޗް މިލޫ” ކައިޝަން މިލްޔާގެނެސް އޭނާގެ މެޔާ ބޮނޑިކޮއްލަމުން ބުނެލިއެވެ.

“އަދިވެސް މިލްޔާގެ ހަބަރެއްނެއްތަ؟” ޔޫރާއާއި އެކު އަތިރީގައި އުޅިފައިއައި ރުވާންއަށް ސޯފާގައި ފިކުރުބޮޑުވެފައި އޮތް ކައިޝަން ފެނިއެއްސެވެ..

“ނޫނޭ. ދިމާކޮށްފިން މިއަދު. ވާ ބޮޑު ކަންތަށް ގަނޑެއް ހަމަ ހުވާ” އެހެން ބުނެ ކަން ހިނގައިދިޔަ ގޮތް ކައިޝަން ރުވާންއަށް ކިޔައިދިނެވެ.

“އަހަރެންވެސް ފުރަތަމަ ޔޫރާ ގާތުގައި މިހެން ބުނި ނަމަ އަހަރެންގެ ދިރިއުޅުންވެސް މިއަދު އުފާވެރިކަމާއި އެކު އުޅެވުނީސްދޯ؟” ރުވާން ދެރަވެލާފައި ބުނެލިއެވެ.

“ސޮރީ…” ކައިޝަންއަށް އެހެން ބުނެވުމުން ދެރަވިއެވެ.

“އެ އޯކޭވާނެ” ރުވާންއެހެން ބުނެ ލަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ކައިޝަންވެސް ފޯނު ނަގާ މިލްޔާގެ ނަންބަރަށް ޑައިލްކޮށްލަމުން ކޮޓަރިއަށް ވަނެވެ.

އެނދުމަތީގައި އޮށޯވެލައިގެން އޮތް ރުވާންގެ ސިނކުޑީގައި ދެކޮޅަށްދުވަމުން ދިޔައީ ޔޫރާގެ ހަނދާންތަކެވެ.

“އިސްތަށިގަނޑު ބްލެކް ކުރީތަ؟” ރެޑީވެގެން ނުކުން ޔޫރާގެ އިސްތަށިކޮޅުގައި ހުރި ރަތްކުލަ ނެތުމުން ރުވާންއެއްސެވެ.

“ޔާ. މިހާރު ކުލަ ޖައްސާފަ ގިނަދުވަސްވީމަ ކަންނޭނގެ ވަރަށް އުނދަގޫވޭ. އެހެންވެ ކުލަ ފިލުވާލީ” ޔޫރާ ބުނެލިއެވެ. ހަމައެ ހިނދުކޮޅު މީގެ 7 މަސް ކުރީގެ ހަނދާނެއްވެސް ރުވާންގެ ސިނކުޑިއަށްއައެވެ.”ޔޫރާ… ހާދަ ޗޭންޖް ވެލާފަ؟” ރުވާން ހައިރާން ވެލާފައި އަހާލިއެވެ. “ހެހެ ކިހިނެތްވީ ހަޑީތަ؟ މީ ރުވާންއަށް އެންމެ ރީތި ކުލައެއްނުން؟ އެހެންވެ ހަމަ.. ދެން ބޮލުގަ ކުލަ ޖައްސާލީ ހަމަ ރުވާންއާއި ޓްވިން ވެލަންވެގެން ހެހެ”

ކޮންފަދަ މައުސޫމްކަމެއްހެއްޔެވެ؟ ޔޫރާގެ އިސްތަށިކޮޅުގައި ރަތްކުލަހުރި އިރު ރުވާންއަށް ވަރަށްވެސް ރީތިވިއެވެ. އޭރު ޔޫރާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމެއް މިހާރަކު ނުފެނެއެވެ. އޭރު އެމޫނުމަތީގައިވީ އުޖާލާކަމެއްވެސް މިހާރަކުނެތެވެ.

****

“ދެން ކޮންއިރަކުންތަ މިލޫ ދޫކޮށްލަނީ؟؟” ކައިޝަން އެއްސެވެ.

“ނޭނގެ. ހީވޭ އެކަމަކު ދެންވަރަށް އަވަހަށް ދޫކޮށްލަފާނެހެން” މިލްޔާ ބުނެލިއެވެ.

“މިހާރު ކޮންދުހެއް އަހަރުމެން ދެމީހުންއެކީގަ ލޯބިކޮށްނުލާތާ؟ މިލޫ.. އައި މިސް ޔޫ ސޯ މަޗް” ކައިޝަން ބުނެލިއެވެ.

“އައި މިސް ޔޫ މޯރ. ހޮސްޕިޓަލުން ދޫކޮށްލިހާއަވަހަށޭނުން ހެހެ” މިލްޔާ ބުނެލިއެވެ.

“ހެހެ ޔެސް. މިލޫގެ ކެރެޓުބަތްގަނޑުވަރަށް މިސް” ކައިޝަން ތުންއޫކޮށްލަމުން ބުނެލިއެވެ.

“އިރާދުކުރެއްވިއްޔާ ރަނގަޅުވީމަ ހަދައިދޭނަން” މިލްޔާ ހިލާފައި ބުނެލިއެވެ. އެގޮތުގައި ދެލޯބިވެރިން އެތައްއިރަކު ވާހަކަ ދައްކަން ތިއްބެވެ.

ރޭގަނޑުގެ ވަގުތެވެ. އާދިން ތައްޔާރުވަމުން ދިޔައީ މިލްޔާގާތަށް ހޮސްޕިޓަލަށް ދިޔުމަށެވެ. ފެހި ކުލައިގެ ގަމީހަކާއިއެކު ކަޅު ކުލައިގެ ޖީންސްގައި އާދިން ހުރި އިރު އާދިންގެ ރީތިކަން އެތަށް ގުނައަކަށް ވަނީ އިތުރުވެފައެވެ. އާދިންގެ އަތުގައި ރަތްކުލައިގެ ފެނިފެންމާބޮނޑިއެތް އޮތްއިރު އޭގައި “ވިލް ޔޫ ބީ މައިން” ޖަހާފައިއިނެވެ. އާދިންގެ ހަރަކާތް ތަކުން އާދިން އެތައްޔާރުވަނީ މިލްޔާއަށް ލޯބިހުށަހަޅަން ކަންކަށަވަރެވެ.

“ހެއި މިލޫ…” މިލްޔާ ކައިރިއަށް އާދިން ގޮވާލިއެވެ.

“ހެއީ” މިލްޔާވެސް ހިނިތުންވެލާފައި ބުނެލިއެވެ. އާދިންގެ މޫނުމަތިން ދިޔައީ ކޮންމެސް ވަރަކަށް ލަދުވެތިކަންވެސް ފެނަނަމުންނެވެ.

“މިރޭ ކިހިނެެއްވެފަތަ އާދު ތިހުރީ؟” އާދިން ހުރިގޮތުން ހީލާފައި މިލްޔާއެއްސެވެ. އާދިން ހިނިތުންވެލާފައި އާދިންއަތުގެ ފުރަގަހުގައި އޮތް މާބޮނޑި މިލްޔާއަތަށް ދިނެވެ.

“ވިލް ޔޫ ބީ މައިން؟؟ ވަޓް؟” މިލްޔާހައިރާވެފައި އެއްސެވެ.

“މިލޫ.. އަހަރެމެންދެމީހުން އެންމެ ފުރަތަމަ ދިމާވީންސުރެ އަހަރެންނަށް މިލޫ ވަރަަށް ވަރަށް ކަމުގޮސްފި. އަހަރެމެން ދެމީހުން އެކުގައި ހޭދަ ކުރި ހުރިހާ ވަގުތުތަކަކީވެސް އަހަރެންނަށް ވަރަށް ޕްރެޝަސް ވަގުތުތަކެއް. އަހަރެން އެ މޯމެންޓްތަށް ވަރަށް ބޮޑަށް ޗެރިޝްކުރަން. މިލޫ. އަހަރެންނަށް މިލޫ ދެކެ ލޯބިވެވިއްޖެ. ވަރަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ. މިލޫ.. ވިލް ޔޫ ބީ މައިން؟” އާދިންގެ ހިތުގެ އިހުސާސްތަށް ފޮތެއްހެން އާދިން މިލްޔާ ކުރިމަތީގައި ހުޅުވާލިއެވެ. އެ ވާހަކަ އަޑުއަހަން ހުރި މިލްޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ.

“ނޫން!” މިލްޔާ ބުނެލިއެވެ. އާދިން ކުއްލިއަކަށް ހުއްޓުނެވެ.

“އަހަރެން އާދިންދެކެ ލޯއިތްބެއްނުވޭ! އަހަރެން އާދިން ދެކުނީ ވަރަށް ގާތް ރަހުމަތްތެރިއެެއްގެ ގޮތުގަ. އަހަރެން ހީވެސް ނުކުރަން އާދިންއަހަރެންނާއި ދޭތެރޭގައި ތިގޮތަށް ދެކިފާނެއެކޭވެސް. އަހަރެން ވަރަށް ލަދުވެސް ގަނެއްޖެ. އާދިން އަހަރެންގެ ބޯއިފްރެންޑްއެއް ހުރޭ” މިލްޔާގެ ވާހަކައެހިސާބަށް އައުމުން އާދިންގެ އަތުގައި މިލްޔާއަށް ޕްރޮޕޯޒް ކުރަން ނެގި ރިހި އަނގޮއްޓިއަތަށް ފިއްތާލެވުނެވެ.

“އާދިން ހީކުރީތަ އާދިން އަހަރެންނަށް ކިޑްނީ ހަދިޔާ ކުރީމަ އަހަރެން ވަކި އާދިންދެކެ ލޯބިވާނޭ؟ ނުވާނެ! އަހަރެން ނުވޭ އާދިންދެކެ ލޯއިތްބެއް. މިހިސާބުން މި ފްރެނޑްޝިޕްވެސް މިނިމުނީކަމަށް ބަލަމާދޯ؟ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ! ކޭން ޔޫ ޕްލީޒް ލީވް ނައު؟” މިލްޔާ ހުރިހާއެއްޗެއް އެއްނޭވައިން ކިޔާލާ ނިންމާލިއެވެ. އާދިންގެ ހިތުގައި ހިފާ މިލްޔާ ވީދާލީ ބަސްބުނާހާއަވަހަށެވެ. އާދިންގެ ހިތަށް އިންތިހާއަށް ތަދުވިއެވެ. ނަމަވެސް މިލްޔާގެ ބަހަށް އެއްބަސްވެ ދާންއެނބުރުނީ ކަރު އެލުވާލައިގެންނެވެ.

“އޭ! މިވެސް ހިފައިގެންދޭ!” އާދިން އެނބުރިބަލާލި އިރު މިލްޔާ އިނީ އާދިން ދިން މާބޮނޑި ދިއްކޮށްގެންނެވެ. އާދިން ބޯޖަހާލާފައި މާ ބޮނޑީގައި ހިފިއެވެ. އަދި މަރުވެފައިވާ މީހެއްފަދައިން ހުރެއެތަނުން ނިކުތެވެ.

ހޮސްޕިޓަލުން ނިކުން އިރުވެސް އާދިން ހުރީ އެފަދަ ހާލެއްގައެވެ. އާދިން މިއަދުއެއީ ކިހާފޮނިއުންމީދުތަކަކާއިއެކު ހެއްޔެވެ؟ ނަމަވެސް އެ އުންމީދުތަށް އެފުނޑުފުނޑުވީ އާދިން ހީވެސް ނުކުރާފަދަ ގޮތަކަށެެވެ. އަތުގައި އޮތް މާ ބޮނޑިއާއި އަނގޮއްޓިއަށް ފަހުފަހަރު އާދިން ބަލާލިއެވެ. އަދި ކައިރީގައި ހުރި ޑަސްޓްބިންއަށް ދޭތިވެސް ލާފައި ކުރިއަށް ހިނގައިގަތެވެ.

“ޔޫރީ ކޮބާ؟؟؟ އަދިވެސް ނުނިމޭ؟؟ ދެން ނިކުންނަންވީ” ބޭރުގައި ހުރެގެން ބޫޓަށްއަރަން ހުރި އެލީން ޔޫރާއަށް ގޮވާލިއެވެ.

“މިދަނީ އަދި ވަން މިނިޓް” ޔޫރާ އެތެރެއިން ގޮވާލިއަޑުއިވުނެވެ. މިރޭ ދުވަސްތަކަކަށް ފަހު އެލީންއާއި ޔޫރާ އެދަނީ ރޭގަނޑު ބޭރަށް ހިނގާލުމަށެވެ. އެހެންކަމުން ވަގުތުކޮޅަކަށް ނަމަވެސް އެލީންގެ ހިތުންވަނީ ހިތާމަވެރިކަން ފިލާ ގޮސްފައެވެ. 14 ވިލޭރޭގެ ހަނދުގެ ރިހި ދޯދިތަށް މުޅިތަަނަށް ވަނީ ދިއްލާލާފައެވެ. އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަރާނީ މިރޭ ކިތަންމެހާވެސް ރީއްޗެވެ. އެލީން ހިނިތުން ވެލާފައި ޖީބުގައި އޮތް އެލީންގެ ފޯނު ނަގާ އެރީތި މަންޒަރު އޭނާގެ ފޯނުގައި ރައްކާކުރަންފެށިއެވެ.

އެވަގުތު މަގުމަތީގައި ދެން އިން ގޯޅީގައި ހިނގާލާފައި ދިޔަ ފިރިހެންކުއްޖެއް އެލީންގެ ލޮލުގައި އަޅައިގަތެވެ. ގަބުކައިފައި ހުރެ އެކުއްޖާ އެދަނީ އެލީންމެން ގެއާމާދުރު ނޫން ހިސާބެއްގައި ހުރި އަތިރިމައްޗަށެވެ. އެއީ ކީއްވެގެން ބާއެވެ. ކޮންމެވެސް ސަބަބަކާހުރެ އެލީންގެ ހިތަށް ބިރުވެރިކަންވަނެވެ. އެހެންކަމުން އެލީން އަވަހަށް އެކުއްޖާ ފަހަތުން ދުއްވައިގަތެވެ.

އޭގެ މިނިޓެއްހާއިރު ފަހެވެ. ދުވަމުން ކަހަަލަ ގޮތަކަށް ޔޫރާ ގެއިން ނުކުތެވެ.

“އެލީ؟؟” އެލީން ފެންނަން ނެތުމުން ޔޫރާ ގޮވާލިއެވެ.

“އޭ އެލީ ދެން މަޖަލެއްނޫން އިނގޭ. ނިކުމޭ ދެން ފިލާ ނުހުރެ.” ޔޫރާ އަނެއްކާވެސް ގޮވާލިއެވެ. “އެ-” ތިންވަނަ ފަހަރަށްވެސް ޔޫރާ ގޮވަން އުޅުނެވެ. ނަމަވެސް އެވަގުތު ފަހަތުންއައި މީހަކު ޔޫރާގެ އަނގައާއި ނޭފަތްމަތީގައި ފޮތިގަނޑެއް އެޅުމުން އެކަމަށް ޔޫރާ ނުކުޅެދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ………..5

Next

އިންސާފު

Next
November 14, 2024

އިންސާފު

Previews
November 14, 2024

ވާނަމޭ އުމުރަށް އެކީ ޖާނާ………..5

4 Comments!

  1. gurrrrl says:
    November 14, 2024 at 7:42 pm

    what the ….. kaaku tha yoora kidnap kuranii e again aaashhhh
    btw mi part ves vrh reethi mashallah
    when next part
    curiously waiting

    1. shihaamaa ali shihaamaa ali says:
      November 15, 2024 at 1:44 pm

      hehe neynge dhw dhen kaaku kameh less c
      jazaakallah khairan vrh happy vejje kamudhiyaiima
      in sha allah maadhamaa 12 vana bai genessdheynan
      Stay Tuned 🙂

  2. Repunzil says:
    November 14, 2024 at 7:48 pm

    Dhen…🙄😤☹️thihaa curious kohlaafa thi nimmaaly keehvetha.????????
    Anyway story vv interesting

    1. shihaamaa ali shihaamaa ali says:
      November 15, 2024 at 1:45 pm

      kekekekeke >.<
      jazaakallah khairan vrh happy vejje kamudhiyaiima
      in sha allah maadhamaa 12 vana bai genessdheynan
      Stay Tuned 🙂

Comments are closed.

Next Episodeބްލަޑް 2 (12)←


All Right Reserved!