ބްލަޑް 2 (3)
ރިޝްވާންގެ އެކުވެރިން ވަގުތުން ދިމާކުރަން ފެށިއެވެ. ހީހީފައި އެންމެން އެވާހަކަ ދައްކަމުން ދިޔައިރު ދުރުގައި ވެދިޔަ ހުރިހާކަމެއް ބަލަން ތިންވަނަ މީހަކު ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. އޭނާގެ ދެލޮލުން އަހިސްފައިވީ ރުޅިން އަލިފާންކަނި ބުރާ ފަދައެވެ.
ކިލާހަށް ވަދެގެން އައި ޔޫރާ ފެނި އެލީންއަށް ކޮންމެސް ކަމެއްވެއްޖެކަން ޝައްކެއް ނެއްމިންވަރަށް ޔަގީންވިއެވެ.
“ޔޫރީ ކިހިނެއްވީ؟” އެލީން އަވަހަށް އެއްސެވެ. ހިތުގައި ޖެހިފައި އިނުމުން ޔޫރާ ލަސްވި ވަރުވެސް އެލީންއަށް ރެއަކާ ނުލިއެވެ. ޔޫރާއަށް ބޮޑު ކަމެއްވީއޭ ހިތައްއެރުމުން އެލީންގެ ހިތް ފުނޑުފުނޑުވިއެވެ.
“ގެއަށް ގޮސް ކިޔައިދޭނަން” ޔޫރާ ބުނެލިއެވެ. އެލީން ބޯޖަހާލީ ލެކްޓަރާވެސް އެވަގުތުވަދެގެން އައިތަން ފެނުމުންނެވެ.
އެދުވަހު ކިލާހުގައި އިން އިރު، ޔޫރާ، އެލީންއަދި އާދިންގެ ބޮލުގައިވެސް ދިޔައީ ތަފާތު ޙިޔާލުތައް ދައުރުވަމުންނެވެ. ލެކްޗަރާ ކިޔައިދެމުން ދިޔަ ފިލާވަޅަށް އެއިން އެކެއްގެވެސް ސަމާލުހުރި ހެނެއްހިޔެއްނުވެއެވެ.
ވަގުތު ފާއިތު ވަމުންގޮސް ފަހު ގަޑި ނިމުމާއި އެކު ކިލާހުން އެންމެ ފުރަތަމަވެސް ނުކުތީ ޔޫރާއެވެ. ޔޫރާ ހުރީ ގެއަށް ނުދެވިފަ ފަދައެވެ. އެލީންއަށްވުރެ މާ ކުރިން ގެއަށް ގޮސް ޔޫރާ ފުރަތަމަވެސް ގައިދޮވުނެވެ. ރިޝްވާން ބީހުނު ކޮންމެ ތަންކޮޅެއް ޔޫރާ ގަދައަށް ދޮންނަމުން ދިޔައީ ކުނި އެއްޗެއްގައިގައި އުނގުޅުމުން ސާފުކުރާ ފަދައިންނެވެ. ޔޫރާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނައަންނަމުންނެވެ.
“ޔޫރާ؟ ކިހިނެއްވީ ތިރޮނީ؟” ކޮޓަރިއަށް ވައިން އެލީންއަށް ފާހަނައިން ޔޫރާގެ ގިސްލުމުގެ އަޑުއިވެން ފެށުމުން އެލީން އެއްސެވެ. ނަމަވެސް ޔޫރާ އެއްވިސް އެއްޗެއް ނުބުނެ ގައިދޮވުމައިގެން އުޅުނެވެ.
ހިތްފުރޭވަރަށް ގައި ދޮވެވުމުން ޔޫރާ ނުކުން އިރު ފާހަނައިގައި ޔޫރާ އުޅޭތާ 1 ގަޑިއިރު ވެއްޖެއެވެ. ނަމަވެސް އަދިވެސް ޔޫރާއަށް ކުރެވެމުން ދިޔައީ “މުޑުދާރު” އިހުސާސެކެވެ.
ޔޫރީ ކިހިނެއްވީ؟” ޔޫރާ ހުރި ހާލަތު ފެނި ހިނދުކޮޅަކަށް އެލީންގެ ސިކުނޑީގައި ފިރުކެމުން ދިޔަ ހިޔާލުތަކުން ދުރުވެވުނެވެ. ޔޫރާގެ ބަޑިފަޅައިގެން ގޮސް އެލީންގައިގައި ބައްދާލާފައި ޔޫރާ ރޯން ފެށިއެވެ.
“ވީގޮތަކީ..” އެލީންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ޔޫރާއަށް ވާހަކަދެއްކެންފެށީ 15 މިނިޓް ވިފަހުންނެވެ.
“ވީގޮތަކީ.. ހީވަނީ އަލަށް ޖޮއިންވި ކުއްޖެއްހެން. ރިޝްވާންއެކޯ. އޭނާ އަހަރެން ފާހަނައިން ނިކުމެގެން ދަނިކޮށް އަހަރެން ފަހަތު އަޅުވާލީ. އަދި ގައިގަވެސް ބެހުނޭ. ދުރަށް ދާން އުޅުނީމާ ހީ ޕުލްޑްމީ ޓުވާރޑްސް ހިމް އެންޑް ހީ ކިސްޑް މީ. ހިސް ފްރެންޑްސް ވާރ ދެއާރ ލާފިން. އައިމް ސޯ އިންބެރެސްޑް. އަހަރެންގައިގެ އެތަށް މިތާގަ އޭނަ ބެހުނު. އަޅެ އަހަރެންމީ މީހުން ހަދާނެގޮތެއް ހަދަން ހުރި ބުދެއްތަ؟ ދޮންމަންމަވެސް.. ރުވާންހުރިނަމަ މިއަދު އަހަރެން މިހާލުގައި އުޅޭކަށް ނުޖެހުނީސް. އޭނަ އަހަރެން ޕްރޮޓެކްޓް ކުރާނެކަން ޔަގީން.” ޔޫރާ ރޮމުން ރޮމުން ބުނެލިއެވެ.
އެލީން ހިތުގައި ޖެހުނީ އިންތިހާއަށެވެ. އޭނާއަށް މިއަދު އޭނާގެ އެކުވެރިޔާ މިދޫކޮށްލެވުނީ ކޮންފަދަ ހާލެއްގަހެއްޔެވެ؟ އެލީންއަށް އަމިއްލަ ނަފްސަށް މަލާމަތްކޮށްލެވުނެވެ. ޔޫރާ ގައިގައި ބައްދާލަމުން އެލީން ޔޫރާއަށް ހިތްވަރު ދޭން މަސައްކަތް ފެށިއެވެ.
****
އެނދުމަތީގައި އޮށޯވެލައިގެން އޮތް އާދިންގެ ހިޔާލުގައި ދައުރުވަމުން ދިޔައީ މިލްޔާއެވެ. ކޮންފަދަ މައުސޫމްކަމެއްހެއްޔެވެ؟ ލޯބިކަން އިންތިހާއެވެ. އާދިންގެ އެހިތް މިލްޔާ އެއަތުލީ ހާދަފަސޭހައިނެވެ. އާދިން އެކަމާ ހައިރާވެސް ވިއެވެ. ނަމަވެސް އާދިންއަކަށް އޭނާގެ ހިއްސުތައް ކޮންޓްރޯލްއެއްނުކުރެވުނެވެ. ފުރަތަމަ ނަޒަރުން ވެވޭ ލޯއިތްބަކީ މިއީތާއެވެ.
އެނދުމަތީގައި ހަމައެކަނި ސޯޓުކޮޅެއް ލައިގެން އޮތް ރިޝްވާންގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ޔޫރާއެވެ. ނަމަވެސް ރިޝްވާން ބޭނުންވީ ޔޫރާގެ ލޯއިއްބެއްނޫނެވެ. ޔޫރާގެ ހަށިގަނޑެވެ. ޔޫރާ ފަދަ އެތައް މަލެއްގެ ފޮނިކޮޅު ރިޝްވާން ވަނީބޮއެފައެވެ. މިފަހަރުވެސް ރިޝްވާންގެ އޮތީ ހަމަ އެމުޑުދާރު އެދުމެވެ. ފޯނުނަގާފައި ރިޝްވާންގެ “ގޭންގް” އެންމެން ތިބި ގުރޫޕް ބަލައިލިއެވެ. އޭރު ޔޫރާއާއި އެކު ހުރި އިރު ނަގާފައި ހުރި ފޮޓޯތައް ހުރީ ގުރޫޕައް އަޅާފައެވެ. އެފޮޓޯތަކުން ފެންނަމުން ދިޔަ ޔޫރާއަށް ރިޝްވާން ބަލަމުން ދިޔައީ ދަހިވެތި ނަޒަރަކުންނެވެ. ގަދަ ބާރުންނަމަވެސް އެކަން ކުރުމަށް ރިޝްވާން ނިންމިއެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ފަތިސްނަމާދުކޮށްލައިގެން ޔޫރާ ދިޔައީ އިރުއަރާ މަންޒަރު ބަލަން އަތިރިމައްޗަށެވެ. މަގުމަތީގައި ވެސް އެއްވިސް މީހަކު ނެތުމުން ޔޫރާގެ ހިތައް ދިޔައީ ހިތްހަމަ ޖެހުން ލިބެމުންނެވެ. ގޮނޑުދޮށުގައި ޖަހަމުންދިޔަ ރާޅު ތަކަށް ބަލަމުން ދިޔައިރު ޔޫރާގެ ހިތާ ސިކުނޑީގައި ދަރުރު ވަމުން ދިޔައީ ރުވާންގެ ހަނދާނެވެ.
“ހެއީ” ފަހަތުން ފިރިހެނެއްގެ އަޑު އިވުމުން ޔޫރާ ފަސް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރި ކައިޝަން ފެނުމުން ހިނިތުންވެލިއެވެ.
“ކިހިނެއްވެފަ ހާދަ ސޭޑް ވެފަ؟ އަނެއްކާ ބޯއިފްރެންޑް ޗީޓް ކުރީތަ؟” ކައިޝަން ވާހަކައެއް ފަށަން ބޭނުންވެފައިވާ ފަދައިންއެއްސެވެ.
“ހެހެ ނޫނޭ. މިއީ ޔޫރާ ދޭތެރެ ދޭތެރެއިން ކުރާކަމެއް. ހިތް ހަމަ ޖެހުން ލިބޭކަމެއް. މިއީ ޔޫރާ ވަރަށް ހެޕީވާކަމެއް. އެންޑް ހެހެ ނޯ. ޔޫރާ ނުހުރޭ ބޯއިފްރެންޑްއެއް” ޔޫރާ ނަފްސު ހަމައަކަށް އަޅުވާލަމުން ބުނެލިއެވެ. ރުވާންގެ އަޑާވެސް ކައިޝަންގެ އަޑު ހާދަ ވައްތަރެވެ. ޔޫރާ ދިޔައީ އިންތިހާއަށް ރުވާންމަތިން ހަނދާން ވަމުންނެވެ.
“ހެހެ އެހެންތަ؟ ބައި ދި ވޭ. އަހަރެން އެބައޮތް ޔޫރާ ގާތުގައި ވާހަކައެއް ބުނަންވެފަ” ކައިޝަން ބުނެލިއެވެ.
“ބުނެބަލަ؟” ކައިޝަންއަށް ޔޫރާގެ ހުރިހާ ސަމާލުކަމެއް ދެމުން ޔޫރާ އެއްސެވެ.
“އައި ލައިކް ޔޫ” ކައިޝަން ބުނެލިއެވެ. ޔޫރާ ދިޔައީ ސިއްސައިގެންނެވެ.
“ވަޓް؟” ޔޫރާއަށް ބުނެލެވުނެވެ.
“އައި ނޯ، ޔޫރާ އަހަރެންދެކެ ލޯއިތްބެއްނުވޭ. އެކަމަކު އަހަރެން ޔޫރާދެކެވަރަށް ލޯބިވޭ. އަހަރެންބޭނުން ޔޫރާ ޕްރޮޓެކްޓް ކުރަން. އަހަރެން އަޑު އެހިން، އިއްޔެ ރިޝްވާން ޔޫރާއާއި ފްލާރޓް ކުރި ވާހަކަ އަހަރެން އަޑުއެހިން. އެއީ ބޮޑު ގޭންގްއެއްގައި އުޅޭ ސޮރެއް. އޭނަ ބޭނުންވެއްޖެނަމަ އޭނާ ބޭނުން ނަމަ ބޭނުން ކުއްޖެއް އޭނާ ބޭނުންކުރާނެ. ގަދަކަމުންވިޔަސް އޭނަ ބޭނުން މަލަކުން އޭނާ ފޮނިބޯނެ. އަހަރެން ބޭނުން އެހެންވެ ޔޫރާ ޕްރޮޓެކްޓް ކުރަން. ޕްލީޒް. ވިލް ޔޫ ބީ މައި ގާލްފްރެންޑް؟”
ކައިޝަންގެ ވާހަކައަޑު އަހަން އިން ޔޫރާއަށް ވަނީ ބުނަންނޭންގޭ އިހުސާސެއްވެފައެވެ. ނަމަވެސް ނޫނެކޭ ބުނާކަށް ޔޫރާއަކަށް ނުކެރުނެވެ. ކައިޝަން ފެނުމުން ރުވާން މަތިން ހަނދާންވާތީއެވެ. ޔޫރާ އިސްއުފުލާ ކައިޝަންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅިހަމަވެގެން ދިޔައެވެ. ޔޫރާގެ ހިތުގެ ވިންދުވެސް ހިނދުކޮޅަކަށް ހުއްޓުނު ފަދައެވެ. ލުއިގޮތަކަށް ކައިޝަން ހިނިތުންވެލާފައި ބަލައިލީ ޔޫރާގެ ތުނިތުނި ތުންފަތަށެވެ. ޔޫރާއަށް އެކަން ރެއަކާލުމުން ދެލޯމަރާލެވުނެވެ. ކައިޝަންގެ އެދުން އެނގި ކައިޝަންއަށް ޔޫރާއަށް ހުއްދަދެވުނުފަދައެވެ. ޔޫރާގެ އެއަމަލަށް ކައިޝަން ކެއްމަދުވެފައި ހުރި ފަދައެވެ. މަޑުމަޑުން ޔޫރާއާއި ކައިރިވެލާފައި ކައިޝަން ޔޫރާގެ ތުންފަތަށް ބޮސްދިނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







woww yoorii kaishan ah rahtehii vebala dhw kihaasalhi n I think eiee hama ruvaaan hen aaaahhhhhh… whn next parttt alheyy vrh avas koh up kohla dheeba pls pls pls pls pls pls pls
hehe neynge dhw dhen.. in sha allah mirey genessdheveythw miulheni.. nuvihya in sha allah maadhamaa mendhuru or haveer
Mi part vx varah varah reethi…
Whn next.?
in sha allah mirey genessdheveythw miulheni.. nuvihya in sha allah maadhamaa mendhuru or haveer
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Yoora and kaisan gulhuvachey Eyee ruvaan he heevani
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
jazaakallah khairr rlly needed to hear that <3
hehe dhen neynge dhw vaanee kihineh kameh.. stay tuned for the next episode<3