ޝަލީން 17
އަހަރެން ގޮސް އައްޔަސަރ ކުރިމަތީ ހުއްޓި ލީމެވެ. ކެމެރާ ސެޓް ކުރަންހުރެ އައްޔަސަރ ވަގުތުން އަހަންނާ ދިމާލަށް ހިނިތުން ވެލިއެވެ. އެހިނިތުން ވުމުގައި ވަނީ ހިތް ހެޔޮކަމުވެ. އެއިން އެއްވެސް ގޯސް މާނައެއް އަހަންނަށް ނަގައި ނުގަނެވެއެވެ.
“ކޮބާ.. މިކޮޅުގަ ހުއްޓިލާ.. ކުޑަކޮށް އަރިޔަކަށް. އެކަމު ޔުނިފޯމް ބެޖް ފެންނަންވާނެ އިނގޭ…” އައްޔަސަރ ބުނިގޮތަށް އަހަރެން ހުއްޓިލީމެވެ.
“އާނ… އަދި މިހެން… މިހާރު އެހެން.. މިކޮޅަށް އެނބުރިލާ…” އައްޔަ ސާރގެ އެދުމުގެ މަތިން އެކި ގޮތްގޮތަށް އަހަރެން ހުއްޓެމުން ދިޔާއީމެވެ.
“ސަރ! ހާދަ އިރެކޭ އެންމެ ފޮޓޯއެއް ނަގަން.. އަވަސްކޮށްބަލަ.. ކިހިނެއް 53 ކުދިންގެ ފޮޓޯ ނަގާނީ ތިހާ ލަހުން އެންމެ ފޮޓޯއެއް ނެގެންޏާ.. އަޅުގަނޑުމެންގެ މޫނު މިހާރު ދާހިތްލަނީ. މިހާރު ހިއެއްނުވޭ ރީތިވެގެން ތިބިހެން….” އެހެން ކްލާހެއްގެ އަންހެން ކުއްޖަކު އައްޔަސަރ އަށް ގޮވާލަމުން ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.
“ކުދިންނޭ… ރަނގަޅު ލައިޓްނިންގ އެއް އިނދޭތޯ މިބަލަނީ… ކޮން އޭންގަލް އެއްތޯ ރީތީ މިބަލަނީ.. މިކަހަލަ ބައެއް ކަންކަން ބަލަންޖެހޭ ފޮޓޯ ނަގާއިރު. މީތިކުދިންގެ ކަރުގައަޅާ ފާސް ކާރޑްގަ ޖަހަން ނަގާ ފޮޓޯކޮޅެއް. ރީތިކޮށްނު ނަގަންވާނީ.” އައްޔަސަރ ބެލީ އެހެން ކުދިންނަށް ވިސްނައި ދެވޭތޯއެވެ.
“ސަރ.. އަޅުގަނޑުގެ ފޮޓޯ މިހާރު އެތައްފަހަރަކު ނަގައިފި… މިހާރު އަޅުގަނޑުވެސް ވަރަށް ވަރުބަލިވެއްޖެ. އެކުދިންވެސް ޖެހޭނެއްނު އަދި ސްކޫލަށް އައުމުގެ ކުރިން ބޭގްވެސް ބަލާދާން. މިތާ އެބަތިބި ވިލިނގިލިން އަންނަ ކުދިންވެސް..” އަހަރެން އުޒުރުތަކެއް ދައްކަމުން ބުނެލީމެވެ. އަހަންނަކީ ފޮޓޯ ނަގާހިތްވާ ކުއްޖަކަށް ނުވާތީ، އެކަން އަހަންނަށްވީ ބޮޑު އުނދަގުލަކަށެވެ.
“އޯކޭ.. މިނިމެނީއޭ.. ހިނގާ މަތީ ފްލޯއަށް. މިތަން ވަރަށް އަނދިރި. އައުޓްޑޯރ ރަނގަޅުވާނީ.” ހުރިހާ ކުދިންނަށް އަޑުއިވޭ ވަރަށް އައްޔަސަރ ބުނެލިއެވެ.
އައްޔަސަރގެ އިތުރު ޝަރުތަށް ހުރިހާ ކުދިންވެސް ދިޔައީ ނުރުހުމުގެ ބަސްތައް ބުނަމުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކޮންމެ ކުއްޖެއްގެ ފޮޓޯއެއް ނަގަންކަމަށް ބުނެ 53 ކުދިން އެއްތަން ކުރުމަށްފަހު ނަގަނީ އެންމެ ކުއްޖެއްގެ ފޮޓޯއެވެ. އެޝަކުވާތައް ހިތުތެރޭ ފޮރުވަމުން، ނޫނީ އެޝަކުވާތައް ކުރަމުން ގޮސް، ހުރިހާ ކުދިންވެސް މަތީ ފްލޯއަށް އެރިއެވެ.
“ޝަލީން… މިތަން.. މިތަނަށް އަވަހަށް އާދޭ.. ދެންމެ ބުނިގޮތަށް ހުންނާނީ އިނގޭ.” އަނެއްކާވެސް ކެމެރާ ސެޓްކޮށްލަމުން އައްޔަސަރ ގޮވީ އަހަންނަށެވެ.
“ޕިސް… ކިހާވަރުގަދަކަމެއް.. ޝަލީންގެ ފޮޓޯ ނަގާނުނިމެ…. ދުވަސް ހުސްވާނީ..” ކޮންމެސް ކުއްޖަކު ބުނެލިއެވެ.
“އެންމެ ކުއްޖެއްގެ ފޮޓޯނަގަން ކީއްކުރަން މިހުރިހާ ކުދިން ގެނައީ. ދާންވީ ދާން. ހުވާ މިބުނީ.” އެހެން ކުއްޖެއް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ސަރ! އަހަރުމެން ދެން މަޑެއް ނުކުރާނަން. ތިކުއްޖާގެ ފޮޓޯތައް ހަމަވީމަ އަހަރުމެންނަށް ގަޑިކިޔާ… މިހާދަ ވަގުތެކޭ ބޭކާރުމިވީ.” ހައްޖަ ހިތްހަމަ ނުޖެހިފައިހުރެ ބުނެލިއެވެ.
“އާނ.. ދެން ވަރަށް ލަސްވެއްޖެ. އެންމެ ރަނގަޅު މިއަދު ދެން ދިޔަސް.. ސަރ ފަހުން އަނެއްކާ ގަޑިއެއް ބުނެލާނަން..” އައްޔަ ސަރގެ ޖަވާބުން ހުރިހާ ކުދިންވެސް ހީވީ ކެކިއުތުރި އެރިހެންނެވެ. ހިނީގެ ގާފިލާއަކަށް ފެންތިއްކެއް ޖަހާލުމުން ދުވެ އެކިދިމަދިމާލަށް ގޮސް ގެއްލޭ ފަދައިން އެކުދިން ގޮސް ނިމިއްޖެއެވެ.
“ސޮރީ ޝަލީން…. ސަރ އަސްލު ޝަލީންގެ ރީތި ފޮޓޯއެއް….” އައްޔަސަރ އަށް ބުނެވުނީ އެވަރަށެވެ.
“ސަރ!… ކޮބާ ކާމިޔާބުވިތަ؟” އެމް.ޓެން.ސީ ކްލާހުގެ ސަމާހު އައިސް ސަރއާ ވާހަކަ ދެއްކިއެވެ. އޭރު އަހަރެން މަޑުމަޑުން ހުރެގެން ސިޑިން ފޭބީމެވެ.
“އެއްގޮތަކުން ރަނގަޅު. ޝަލީންގެ ފޮޓޯ ނެގިއްޖެ. އެކަމު އެހެން ހުރިހާ ކުދިން އެދިޔައީ ވަރަށް ރުޅި އައިސްގެން.” އައްޔަ ސަރގެ ޖަވާބު އަހަންނަށް އަޑުއިވުނެވެ. އެޖަވާބުގައި ވަނީ ކޮން މަގްސަދެއްބާއޭ އަހަރެން ހިތަށްއެރިއެވެ. ކޮންމެ ގޮތެއްގައި ވިޔަސް މިއަދު ކަންތައްތައް އެވީ އަހަރެންވެސް އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.
“ޝަލީން!” ސްކޫލުން ނުކުންނަން ދަމުން އަހަންނަށް ހުއްޓެވުނީ ކުއްޖަކު ގޮވާލި އަޑަށެވެ. އަހަރެން ވަގުތުން ފަސްއެނބުރި ބަލައިލީމެވެ.
“ފެންފުޅި…” އަހަރެންގެ ފެންފުޅި ދައްކާލަމުން މުސްތޮ ބުނެލީ ހިނިތުންވުމަކާ ނުލައެވެ.
“ތޭންކްސް..” މުސްތޮއާ ދިމާލަށް ހިނިތުން ވެލަމުން އަހަރެން ބުނެލީމެވެ.
“ކި…ކިހިނެއްތަ؟ ތޭންކްސް އެންޑް ސޮރީ ވަރަށް ބޮޑަށް.. ފެންފުޅި މަތިން ހަނދާންވެސް ނެތިފަ މިހުރީ.. ހޯލް ތެރޭގަދޯ އިނީ؟” އަހަރެން ވާހަކަ ދައްކަން ފެއްޓީމެވެ.
“ގުޑް އެންޑް ވެލްކަމް.. އާނ ހޯލްގަ އިނީ މިފުޅި… ޝަލީން ނުކުމެގެން އަޔަސް މިޔަކަށް ނާދެވޭނު. ކޮންކަމަކަށް ސޮރީ ތިބުނީ؟” އަހަންނާއެކު ކުރިޔަށް ހިނގައިގަންނަމުން މުސްތޮ ބުނެލިއެވެ.
“އެއްކަލަ ދުވަހުގެ ކަންތަކަށް… އަސްލު އަހަންނަށް އިނގޭ މިހާރު ހަމައެކަނި މުސްތޮކަން އަހަންނަށް މިސްކޫލުގަ ހިމާޔަތްދެނީ… ފަތުހު ﷲ އާ ލުކާމެން ފެނުނަސް އަހަރެން ހުންނަނީ ބިރުން ސިހިސިހި..” ކުރިޔަށް ހިނގަމުން އަހަރެން ކިޔައިދިނީމެވެ.
“މުސްތޮ އެކަންޏެއް ނޫން. އަދި އުޅޭނެ މުސްތޮ ކަހަލަ ވަރަށް ރަނގަޅު ތިން ކުއްޖެއް.. ރިޝާން، ފަރުހާން ދެން ޗާލްސް… އެކުދިންވެސް ވަރަށް ރަނގަޅުވާނެ.. މުސްތޮ އޮންނާނީ އެކުދިން ކައިރި ބުނެލާފަ ޝަލީންގެ ވާހަކަ.. ޝަލީންއަށް އެގްރޫޕްގެ ފަރާތުން އުނދަގުލެއް ވެދާނެތީ.” މުސްތޮ ބުނިވާހަކައިން އަހަރެން ހުރިތަނަށް ހުއްޓުނީމެވެ.
“ކިހިނެއްވީ ތިހުއްޓުނީ؟ ހަމަތެދެއް.. މުސްތޮގެ ފްރެންޑްސް ކައިރީދޯ މުސްތޮއަށް ބުނެވޭނީ؟. އާދޭ އާދޭ ކުރިޔަށް ހިނގާ… ހުއްޓޭނެކަމެއް ނެތް ކުރިޔަށް ކުރިޔަށް” ސަކަ ގޮތަކަށް ހެމުން މަޖާ ރާގަކަށް މުސްތޮ ބުނެލިއެވެ.
“ކަމެއްނުވާނެތަ؟ ތިބުނީ އެހެން ކުދިން ކައިރިވެސް ބުނީމޭ.. މަޑުކޮށްބަލަ…. ކޮންތާކަށް އަހަންނާއެކީ ތިދަނީ؟” އަހަރެން ބުނެލީމެވެ.
“އޯކޭ.. އަނބުރާލާފަ މުސްތޮ އައި ދިމާލަށް ދާންވީދޯ… އަސްލު ޝަލީންއާއެކީ ގޮސްލަންކަމަށް މިއުޅުނީ ވަކި ހިސާބަކަށް.” މުސްތޮ ބުނެލިއެވެ.
“އޯހ… އެހެންތަ؟ އަހަރެންގެ ގެ މާދުރެއް ނުވާނެ. ގެއަށް ގޮސް ކާލައިން، ފްރެޝް ވެލައިން އަންނަން މިދަނީ… މުސްތޮ ނުދަންތަ ބޭގް ބަލާ؟” އަހަރެން އަހާލީ ހިނިއައިސްފާ ހުރެއެވެ.
“ހުމްހޫމް… އަހަރެން އައީ ވިލިނގިލިން އައިއިރު ކޮއްތުދަރާ ބޯފެނާ ހިފައިގެން..” މުސްތޮ ބުނެލިއެވެ.
“އޯކޭ.. ސަޅި އިނގޭ… ދެން އަހަރެން ދަނީ…” އަހަރެން ވިސްނީ އަހަރެން އުޅޭގޭ މީހަކަށް ފެނިދާނެތީ އެކަމާއެވެ. އަހަންނާއެކު އެއްވެސް ފިރިހެން ކުއްޖެއް އަހަރެންގެގޭ މީހުންނަށް ފެންނަން ބޭނުން ނުވާތީއެވެ.
“މަޑުކޮށްބަލަ ޝަލީން… ވާހަކައެއް ބުނަންވެފަ އެބައޮތޭ…” މުސްތޮ ގޮވާލި އަޑަށް އަނެއްކާވެސް އަހަރެން ހުއްޓުނީމެވެ.
“ޝަލީން… ކީކޭ ކިޔާފަތަ ފަށާނީވެސް!! ………” ބޮލުގެ ފުށްކިބައިގައި އަތް ހާކާލަމުން މުސްތޮ ފެށި ވާހަކަ ހުއްޓާލަން ޖެހުނީ ސައިކަލެއްގެ ބަރުގަނޑުގެ އަޑަށެވެ.
އަހަންނަށާއި މުސްތޮއަށް އެއްފަހަރާ ފަހަތަށް ބަލާލެވުނެވެ. އޭރު ސައިކަލު މަޑުމަޑުން އަހަރުމެންނާ ގާތްކޮށްލިއެވެ. ބަރުގަނޑުގެ އަޑަށް ގަނެފައިވާ ބިރު އަހަރެންގެ ހިތުން ނުފިލާހުއްޓެވެ. ހިތުގެ ވިންދު އަވަސް ވެފައިވާލެއް ބާރުކަމުން އަހަންނަށް ޝޮކެއް ނުޖެހުނީ ހަމަކިރިޔާއެވެ. އަހަރެން ބިރުގަތީ އެއީ ޒާހިރުގެ ކަމަކަށް ވެދާނެތީއެވެ.
“އޭތް އޭތް!! ހާދަ ވަގުވެއްޖެއޭ މިހާރު….. ކުރިން ދުވަހު މޫދަށް އެރެން އަންނާނަމޭ ކިޔާފަ ދިޔަގޮތަށް ބަހަބަރު.. އަހަރުމެން އެތާ ވަރަށް އިރު މަޑުވެސްކުރީން. މާއަވަހަކަށް ޔުނީފޯމް އަޅައިން ކޮންތާކަށް ތިދަނީ؟” ސައިކަލުގައި އިން ކުއްޖާ ބުނެލީ މުސްތޮއަށް އަމާޒުކޮށެވެ.
“އާނ ކަލޯ… މައެދުހު މާލެ އަންނަން ޖެހުނީ ބޭބެ ގޮވައިން. ދެން ހޮސްޕިޓަލުން އަވަހަށް ސަލާމަތެއްނުވި. އެހެންވެ އެދުވަހު ނުދެވުނީ…” މުސްތޮ އެމީހާއާ ވާހަކަ ދައްކަން ފެށުމުން އަހަރެން ގެއަށް ދިއުމަށްޓަކާ ހިނގައިގަތީމެވެ.
“އޭތް… ޝަލީން! ދެން ފަހުން… ބައި!” އަހަންނަށް ގޮވާލަމުން މުސްތޮ ބުނެލިއެވެ.
އަހަރެން ގެއަށް ވަންނަން ދިޔަ މަގުމަތީ ހުރި ފިހާރައެއް ތެރެއިން ނުކުތީ ވިސާމާއެވެ. ވަގުތުން އަހަންނަށް ގޮވާލެވުނެވެ.
“ވިސާ!!…ވިސާ!….” އަހަރެން ދެފަހަރަކު ގޮވާލުމުން އޭނާ ހުއްޓުނެވެ.
“ޝަލީން!.. އަޅެ ރަނގަޅެއްނު. މީނަގެ ހަބަރެއްވެސް ވަނީއެއް ނޫން. ކީއްވެތަ މިހާރު ނާންނަނީ؟ ދެން ކޮންމެސް އެއްދުވަހަކު ތިހެން އުޅެލާފަ ޔާނީ ގޮވައިން އައިސްބަލަ..” ވިސާމާ އަހަންނަށް ޝަކުވާކުރީ ޝަކުވާކުރަން ވެގެންނެވެ.
“އިނގޭދޯ ތިހެން ބުނާއިރުވެސް މަގޭ ހާލަތު.. އެމީހުން ވަރަށް ހިފައްޓާ އަހަރެން ތަނަކަށް ގޮސްފާނެތީ.. ގިނައިން ދަންޏާ މަންމަ އޯކޭއެއް ނޫން. މަރިއްތަވެސް އަސްލު އެހެންވެ ނުފޮނުވާން އުޅެނީ. އެކަމު ދެން ނޭނގެ.. ބައެއް ހާލަތުގަ އެމީހުންނަށް ހަމަ ރަނގަޅު އަހަރެން ކޮންމެ ކަމެއް ކުރަންވެސް.” ފޯރިޔާއެކު ފެށި ވާހަކަ ނިމުނީ ޖޯރު އެލިގެންނެވެ.
“އޭތް.. ހިނގާހިނގާ ގެޔާދިމާލަށް… މިގަޑީގަ ކޮން ކްލާހެއް ނިންމާފަ ތިދަނީ؟” ހިނގައި ގަންނަމުން ވިސާމާ ވާހަކަ ދެއްކިއެވެ.
“މިއަދި ކްލާހެއް ނޫން.. ފޮޓޯ ޝޫޓެއް.. 53 ކުދިން ގެންގޮސްފަ މައެކަނި މޮޑެލް ކުރަން ޖެހުނީ.. ވީފޫއްސެއް ނޭނގުނު. އެހާ ވަރުބަލި.. ކުދިންތައް ރުޅިއައިސްގެން ހިނގައްޖެ.. މި ސްކޫލަށް ވަތްފަހުން ބޯހަލާކު” އަހަރެން ބުނެލީމެވެ
“ދެން އުޅެންޖެހޭނީ ނިމެންދެން. ޝަލީން… މިހާރު އަނެއްކާވެސް ވަރަށް ބައިވަރު މެސެޖް ތަކެއް އެބަހުރި މީކާލް ފޮނުވާފަ. ހުންނާނެ ލިޔެފަ. ހީވަނީ 13 ވަރަކަށް މެސެޖް އެބައިންހެން. ޝަލީންގެ މެސެޖް ނުލިބޭތީ ހަބަރެއް ނުވާތީ ވަރަށް ޝަކުވާކޮށްފަ އެބަހުރި.” ވިސާމާ ކިޔައިދިނެވެ.
“އެހެންތަ.. އަހަންނަށް ނުކެރިފަ މިހުންނަނީ…. ކުރިން ރެއެއްގަ ހުވަފެން ފެނުނު ފަހުން…. ދެން އެޔަށް ރިޕްލައިއެއް ފޮނުވާލަބަލަ.. ހަނދާންވާ ވާހަކަ ޖަހާލީމަ އޯކޭވާނެ.” އަހަރެން ބުނެލީ ފޫހި ގޮތަކަށެވެ.
“ދެން ލަވް.ޔޫ ނުޖާހާނަންތަ؟ ޝަލީން ނުބުނަންޏާ މަށެއް އެހެން ޓައިޕްއެއް ނުކުރާނަން. އަހަރެން މިފޮނުވަނީ ހަމަ ޝަލީން ބުނާއެއްޗެއް ވިއްޔަ.” އަހަރެންގެ ހިޔާލު ހުރިގޮތް ބަލާލަން ވިސާމާ ބުނެލިއެވެ.
“ޖާހާނެކަމެއް ނެތް. އަދި ބަހައްޓާ.. އަބަދުވެސް މައެބަ ބުނަމެއްނު މަށަށް އަދި ހިއެއް ނުވެޔޭ ލޯބި ވެވޭހެން. މަވެސް މިހުންނަނީ ޝައްކުގަ… ފިރިހެނުންވެސް އުޅޭގޮތުން ހާދަ ވިސްނަން ޖެހެޔޭ. އަހަރެން މިވަރަށް ވިސްނާތީ އަދި މިހެން ސަލާމަތުންވެސް މިހުރެވެނީ.” އަހަރެން ބުނެލީމެވެ.
“ޝަލީން މަންމަ ވަރަށް ކިޔާއިދޭދޯ ފިރިހެނުންނާ ގާތްނުވާން.؟ ތިއުޅެނީ މީކާލްގާތު ސިއްރުންވެސް ލޯބިވާކަން ބުނަން ބިރުން.” ވިސާމާ ބުނެލިއެވެ.
“ނޫން. މަންމަ އަހަންނަށް ރަށުގަވެސް ހޭލުންތެރި ކުރުވަން ވާހަކައެއް ނުދައްކާނެ. އެކަމަކު ވަރަށް ބުނާނެ، ފިރިހެނުން ގިނައިން ތިބިއްޔާ އެމަގަކުން ނުހިނގާށޭ… ދެން ނޫނީ ބުނެފާނެ، ކްލާސް ފިރިހެން ކުދިންނާއެކީ ދާންޖެހޭ ތަންތަނެއް ނުހުންނާނެއޭ… އެކަހަލަ ގޮތަކަށް ބުނެފަ ހުންނާތީ ބޮޑަށް އިހްސާސް ވަނީ ބިރުވެރި ގޮތެއް. އެހެންވެ އަސްލު އަހަރެން ޒައިޝްދެކެ އެވަރަށް ލޯބިވީ އިރުވެސް އޭނައާ ވާހަކަވެސް ދައްކާލަން ނުކެރިގެން އުޅުނީ.. ” އަހަރެން ވިސާމާއަށް ކިޔައިދިނީ މާޒީގެ ބައެއް ވާހަކަތަކެވެ.
“ޝަލީން!! ކޮބާ ކޮން ކްލާހެއް ނަގާފަ؟” ގެއަށް ވަންނަން ދިޔަ މަގުން އަހަރެން ފެނުމުން ޝާނީޒް އަހާލިއެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Abadhuves firihenunge vaahaka
Vaahaka kuriyakah nudhey aalamakaa ekkonneh
Thankolheh interesting kohla ba
Shaleen
Hi Shara
Thibunee thedhei 👍 mi vaahakaiga bodah genesfa hunnaanee Hama firihenunge vaahaka. Ei shaleen Hama gasthugaves mi vaahaka kuriyah gendhan beynunvaagoiy.
Mujthamauga baeh anhen kudhinnah nooni Gina anhenkudhinnah mikahala kankamaa kurimathi vaatheeve.
Vaahaka nimey iru kiyuntherinnah rangalhu iburathei libeyne kamah ummeedhu koffa migothah aslu Hama mi vaahaka mi liyelanee…
Baeh firihenunge faraathun Dhimaavaa undhagoothakun salaamai vaan masakkai kuraa kujjei vaahakaga miulheny Shaleen akee..
Ummedhu kuran adhi kuriyah huri part thah miyahvure shauguveri kamaaeku kiyaalaane kamah. 🙂
Shara thubunihen vhk interesting koh genesdheveytho balaanan ingey ❤️
Mikahala faadu kiyun shaleen beynumeeves..
Thanks and love you Shara
wow vrh reethi mutho is hama ehme perfect
when next part cant wait for it
Thanks gurrrl ❤️
Next part will be on next Thursday in sha allah