Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (8)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 13, 2024 6 Mins Read
2 Comments

“އެކަމަކު ތިހެން ދަނިކޮށް މީހަކަށް ފެނު-” “ބުނަންވާހަކައެއް؟ ކަލޭ ބުނީދޯ މަށާއެކީ ވޯރކް ކުރާކައް ބޭނުމެއްނޫނޭ؟ ދެން މިހާރުކޮން ހަޔާތެއް ތިގޮވަނީ؟ ދުރައްދޭ!” ކައިޝަންގެ ވާހަކަ ހުއްޓުނީ ރުވާންވާހަކަ ދައްކަން ފެށުމުންނެވެ. އެހެން ބުނެ ކައިޝަންކޮއްޕާލާފައި ރުވާން ދުއްވައިގަތެވެ. ކައިޝަން ރުވާން ދިޔަ މަންޒަރު ބަލަން ހުއްޓެވެ.

ޔޫރާގޮވައިގެން އެމީހުން ކޮޓަރިއަށް ވައިން މަންޒަރު ބަލަން ހުރެފައި ޔުސްރާ ވަނީ ކޮޓަރިއަށެވެ. އޭރުވެސް ޔޫރާ ސަލާމަތައްއެދި ގޮވާއަޑު އިވެއެވެ. ޔުސްރާގެ ކޮޓަރިއަށް އެއަޑު ދިޔައީ ވަރަށް ސާފުކޮށް އިވެމުންނެވެ. ނަމަވެސް ޔުސްރާ ޔޫރާގެ އެއަޑަށް ދިނީ ބީރު ކަންފަތެކެވެ. ކޮޓަރީގައި އިން ޓީވީ ހުޅުވާލާ އަޑުބާރުކޮށްލީ ޔޫރާގެ އަޑު އަހަން ބޭނުންނޫންވީމައެވެ. އެއްވިސް ކަމެއްނުވާކަމައް ހެދި ހިންދީ ޑްރާމާއް ބަލަން އިން ޔުސްރާ ސިއްސައިގެން ދިޔައީ ކޮޓަރި ކުޑަދޮރު ތަޅައިގެން ދިޔައަޑަށެވެ.

ޔުސްރާ ފަސްއެނބުރި ބަލާލި އިރު ބޮޑު ސިމެންތި ގަލެއް ކޮޓަރިތެރޭގައި އޮތެވެ. “ޕިސް ޕިސް. ކާކުތަ؟؟” ޔުސްރާ ފެލިގަތެވެ. ނަމަވެސް އޭރުއެއްވިސް މީހަކު ފެންނާކަށްނެތެވެ. ފަހަރަކުކޮޅެއް ބަލަބަލާހުއްޓައި ބޮލަށް އެރީ ތަދެކެވެ. ޔުސްރާ މަޑުމަޑުން އެކޮޅަށް އެނބުރުނެވެ. ކައިރީގައި ހުރި ރުވާންއަތުގައި އޮތް ވަޅިއޮތީ ޔުސްރާގެ ބޮލަށް ހަރާލާފައެވެ. ޔުސްރާއާއި ދިމާލަށް ބަލަން ހުރި ރުވާންދިޔައީ އެވަޅިބޮޑަށް އެތެރެއަށް ވައްދަމުންނެވެ. ހިނދުކޮޅެއްތެރޭ ޔުސްރާގެ ހަށިގަނޑުވެއްޓުނެވެ. އޭރު ޔުސްރާގެ ހަށިގަނޑުގައި ފުރާނައެއް ނެތެވެ. ރުވާން ޖާލިދޮރުން ކޮޓަރިތެރެއަށް ވަނެވެ މަރުވެފައިވީ ޔުސްރާގެ ހަށިގަނޑަށް ރުވާން ބަލަން ހުއްޓެވެ.

މަޑުމަޑުން ހުރެފައި ކުއްލިއަކަށް ރުވާންގެ ދިގު ނިޔަފަތިތަށް ޔުސްރާގެ ދެލޮލަށް ހަރާލިއެވެ. އަދި އެއަށް ފަހު ޔުސްރާގެ ކަރުގައި ދަތް އެޅިއެވެ. ދެންފެނުނީ ރުވާން ޔުސްރާ އަތުގައި ހިފާ ދަމާފައި ގޮސް ޔޫރާގެ ކޮޓަރިދޮރުމަތީ ބޭއްވިތަނެވެ.

[ނޫން ނޫން ހެޔޮނުވާނެ އާދޭސް ކޮއްފަ މިބުނަނީ އަހަރެންނަށް ތިހެން ނުހަދާ.. ޕްލީޒް އަހަރެން ދޫކޮއްލާ ހެޔޮނުވާނެ އަޅެ ޕްލީޒް..] ޔޫރާ ރޮއެ ރޮއެފައި އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ކަރުނައިން ހިލަހިތަކަށް އެއްވިސް އަސަރެއްކުރާނެ ހެއްޔެވެ؟ [ހަހަ ކަލޭ ބުންޏޭ ކިޔާފަ އަހަރުން ޖެހޭތަ ހުއްޓަން؟ ކަލޭ ދޮންއަމާ އަހަރުން ކޮންމެ މީހަކަށް 1000 ރުފިޔާ ދީފަފައި ބުނީ ކަލޭއަށް ހަދާނެ އެއްޗެއް ހަދާށޭ ރޭޕް ކޮއްލިޔަސް ހެވޭ] އެތަނުން އެކަކު ބުންޏެވެ. ޔޫރާގެ ދެލޯ ކަރުނުން ފުރުނެވެ. ޔޫރާގެ އިތްފައިތެރިކަން ވެއްޔާ މޮޑެވިގެންދާކަށް ދެން މާގިނަވަގުތެއްނެތްކަން އެނގުމުން ޔޫރާގެ ހިތް ކުދިކުދިވިއެވެ. [އަޅެ ހެޔޮނުވާނެ ތިހެން ނަހަދާ އާދޭސް ކޮއްފަ މިބުނީ ޕްލީޒް] ޔޫރާ ކުރަމުން ދިޔަ އާދޭހުގެ އަޑު ނާހާ ޔޫރާ ލައިގެން ހުރި ރަތް ކުލައިގެ ޓީ ޝާރޓްގެ ކަރުވަޅުގައި ހިފާ ވީދާލިއެވެ. ޔޫރާއަށް ރޮއެގަނެވުނެވެ. ސަލާމަތަށް އެދި ގޮވާނީ ފަހެ ކާކަށް ހެއްޔެވެ؟ އެވަގުތު ރުވާން މަތިން ޔޫރާ އިންތިހާއަށް ހަނދާންވިއެވެ. ނަމަވެސް….

ކުއްލިއަކަށް ޔޫރާ ކޮޓަރިތެރޭގައި ހުރި އެންމެން ސިހުނީ ކޮޓަރީގެ ދޮރު ވެއްޓުނު އަޑަށެވެ. ދޮރު މަތީގައި ހުރީ ރުވާންއެވެ. އެވަގުތު ޔޫރާގެ އިތުރުން ދެން ކޮޓަރީގައި ތިބި މީހުންވެސް ދެލޯ ބޮޑު ވެގެން ދިޔައީ ސިހުންގެނަވަރުންނެވެ. ރުވާންގެ ކަޅުކަން ގަދަ ކަޅި ހުރީ ރަތް ކުލައިގައެވެ. [ކެނައިން] ދަތް ދިގުވެ އަތުގެ ނިޔަފަތި ތައްވެސް ހުރީދިގުވެފައެވެ. ހަށިގަނޑުގެ ހުރިހާ ނާރެއް ފުއްޕާލާފައި ހުރުމުން ހަށިގަނޑު ހުރީ ފާޑަކަށް ނޫވެފައެވެ. ދިގުވެގެން ގޮސް އަނގައިން ނިކުމެފައިވީ [ކެނައިން] ދަތްތަކުގައި ލޭ ހުރުމުން ވަކިން ބިރުވެރިކަމަށް ދައްކައެވެ.

[އޭ ބަލާލަ އެއޮތީ މަރާލާފަ!!!!] ރުވާން ފަހަތުގައި ފުރާނަނެއް ޔުސްރާފެނުމުން އެތެރޭގައި ހުރި އެއް ފިރިހެން ސޮރު ބުނެލިއެވެ.

[އުޅޭ އަވަހަށް މިތަނުންދާން. އެ.އެއީ އިންސާނެއްނޫން] އެންމެން ބިރުން ހުރެ ކިޔަންފެށިއެވެ. ވަގުތުގެ ބޭނުންހިފާ ޔޫރާއަވަސްވެ ގަތީ ޔޫރާގެ ހަށިގަނޑު ނިވާ ކުރުމަށެވެ.

މަޑު މަޑުން ހުރި ރުވާން އެތެރެއަށްވަދެ އެންމެނަށް ހަމަލާ ދޭން ފެށީ ކުއްލިއަކަށެވެ. ފަހަރަކު މީހަކަށް ރުވާން ހަމަލާ ދެމުން ދިޔަ އިރު، ޔޫރާ ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރުމަށް ދަތިވެފައެވެ. އެންމެ ފަހުން ރުވާން ހިނގައިގަތީ އެންމެ ބިޔަކޮށް ހުރި ސޮރު ކައިރިއަށެވެ. އޭރު ދެންތިބި އެންމެން ބިންމަތީ ތިބި އިރު އެއިން އެކަކުގެވެސް ފުރާނަ ހުރިހެންއެއް ހިޔެއްނުވެއެވެ. އޭނާ ބޭނުންވީ ސަލާމަތް ވާށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ކޮއްގެން ވާނެ ކަމެއް ނޫނެވެ. އަތުގައި އޮތް ލައިޓަރު ނަގާ ފަހަތުގައި ހުރި ސްވިޗްގައި އޭނާ ރޯކޮއްލިއެވެ. ވަގުތުން ސްވިޗް ގޮވާ ކޮޓަރީގައި އަލިފާން ހިފިއެވެ.

[ރުވާން!!!!!] ދުރުގައި މަންޒަރު ބަލަން ހުރި ޔޫރާ އަށް ހަޅޭ ލަވައިގަނެވުނެވެ. ޔޫރާ ދުއްވައިގައި ރުވާން ސަލާމަތް ކުރެވޭތޯއެވެ. ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. އިސާހިތަކު ރުވާން ގައިގައިވެސް ވަނީ އަލިފާން ހިފާފައެވެ. ފެނަނަމުން ދިޔަ މަންޒަރު ދުމުގެ ސަބަބުން ފުސް ނަމަވެސް ރުވާން ބަލައިލީ ޔޫރާއާއި ދިމާލަށެވެ. ރުވާންއާއި ދިމާލަށް އަންނަމުން ދިޔަ ޔޫރާ ފެނި ރުވާން އަތުގެ އިޝާތުން ދިޔުމަށް ބުނެލިއެވެ.

ޔޫރާގެ ހިތް މަރުވިފަދައެވެ. ލޯބިވެރިޔާ އަލިފާނުން އަނދަމުން ދިޔަ އިރު ޔޫރާވީ ނުކުމެގެން ދާން ހެއްޔެވެ؟ ޔޫރާ ހުރި ފިޔަވަޅު މަތީގައި ގަބުވެފައި ހުއްޓެވެ. އެވަގުތު ފަޔާފައިޓާރސް އަންނަ އަޑު އިވުނެވެ. ދެންފެނުނީ ޔޫރާ ހަބަރުހުސްވެގެން ވެއްޓުނުތަނެވެ. މަންޒަރު ބަލަން ހުރި ރުވާންގެ ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. މިހާރު ރުވާންގެ ހަގީގަތް މިވަނީ ޔޫރާއަށް ފެނިފައެވެ. ދެން ގައިމުވެސް ޔޫރާ ރުވާން ބޭނުމެއްނުވާނެއެވެ. އެހެން ކަމުން ސަލާމަތްވުމުގެ ހިޔާލެއް ރުވާންގެ ނުވެސް ނެތެވެ. ރުވާންގެ ފައިގައި އޭރުވެސް ވަނީ އަލިފާން ހިފާފައިއެވެ. ދެލޯ މަރައިގެން ހުއްޓައި މާސްކްއެއްއަޅައިގެނ ހުރި ފިރިހެނަކު އަހިސް ރުވާންގެ ކަނދުރާއަށް އިންޖެކްޝަނެއްޖެހިއެވެ. ދެލޯހުޅުވާލި ވަގުތު އެޒުވާނާ ފެނުނު ނަމަވެސް ދެންވީ ނުވީއެއް ރުވާންއަކަށް ނޭނގުނެވެ.

“އަނެއްކާވެސް ލ ފޮނަދޫގައި މި ހިނގައިދިޔަ ހާދިސާއިން ރާއްޖޭގެ އެންމެންވެސް މިތިބީ ހައިރާން ކަންމަތީގައެވެ. ރޭގެ ވަގުތެއްގައި އިހާނަތިގޮތަކަށް މަރާލާފައި އޮތް މޫސަގެ މައްސަލަ ބެލުމައިގެން ފުލުހުން ކުރިއަށް ދަނިކޮށް، އަނެއްކާ މިއަދުގެ މެންދުރުހާއިރު އިތުރު 4 މަރުވަނީ ރިޕޯރޓްކޮށްފައެވެ. އެ ހާދިސާ ހިނގާދިޔަ ގޭގައި އަލިފާން ރޯވެފައިވީ އިރު، މަރުވި ހަތަރުމީހުންވެސް ވަނީ އަނދާފައިކަމަށް އަޅުގަނޑުމެންނަށްވަނީ ހަބަރު ލިބިފައެވެ. ނަމަވެސް އެގެއިން 18 އަހަރުގެ އަންހެން ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަމަށްވެސް އަޅުގަނޑުމެންނަށްވަނީ ޙަބަރު ލިބިފައެވެ.

އަދި އޭގެ އިތުރުން މަޝްހޫރު ސައިންސިސްޓް އަހްމަދު ރަވާންގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ ރުވާން އަހްމަދު ރަވާންވެސް ސީންގައި ހުރިކަމަށް އަޅުގަނޑުމެންނަށް ވަނީ ހަބަރުލިބިފައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ އަޅިނޫން އިތުރު އެއްވިސް އެއްޗެއް ފުލުހުންނަށް ފެނިފައިނުވާކަމަށް އަޅުގަނޑުމެންނަށް ވަނީ ޙަބަރު ލިބިފައެވެ. އިތުރު ތަފްސީލް އަންނަނީ. ދެންއަޅުގަނޑު މިބަލާލަނީ….”

“ނޫން. ނޫން. ރަވާން މަގޭ ދަރިފުޅު. މަގޭ ދަރިފުޅު..” ރަވާންއާއި އެކު ޙަބަރު ބަލަން އިން ނޯޔާ ކުއްލިއަކަށް ރަވާން ކޮނޑުގައި ބޯއަޅާ ރޯންފެށިއެވެ. ރަވާންވެސް އިނީގަބުކައިފައެވެ. ނަމަވެސް އެހެން ނީންދެ ރޮއެ ރޮއެ އިން ނޯޔާގެ އަތުގައި ހިފައިގެން ރަވާން ގެއިން ނުކުތީ ފުލުސް އޮފީހަށް ދިޔުމަށެވެ.

***3 ދުވަސް ފަސް***

އެދުވަހު ހޮސްޕިޓަލަށް ގެނަފަހުން އަދިވެސް ޔޫރާގެ ހޭވެރިކަމެއްނެތެވެ. ޔޫރާ ގާތުގައި 24 ގަޑިއިރު ނަބީލް އިނދެއެވެ. ރުވާންގެ ޙިޔާލުތަކުގައި އިން ނަބީލްގެ ސަމާލުކަށް ޔޫރާއަށް ހުއްޓުނީ ޔޫރާ އަތް ތަޅުވާލިހެން ހީވެގެންނެވެ

“ރުވާން.. ރުވާން” ޔޫރާގެ ދުލުން މަޑުމަޑުން ރުވާންއަށް ގޮވާލިއެވެ. ނަބީލްއަށް ހިނދިރުވާލެވުނީ އެޙަބަރު ޔޫރާއަށް ދޭނެ ގޮތެއްނޭނގުމުންނެވެ. ޔޫރާގެ އެސްފިޔަތަށް ތަޅުވާލާފައި މަޑުމަޑުން ޔޫރާ ދެލޯ ހުޅުވާލިއެވެ.

[ރު..ރުވާން؟؟؟ ކޮބާތަ މަގޭ ރުވާން؟؟] ކުއްލިއަކަށް ތެދުވެފައި އަވަސް އަވަހަށް ޔޫރާއެއްސެވެ. އޭރު އެދެލޮލުގައި ކަރުނަވިދަމުން ދިޔައެވެ.

[އައިމް ސޮރީ ޔޫރާ…. ރުވާން އިސް…. ނޯމޯރ..] ނަބީލް އިސް ޖަހާލަމުން ބުނެލިއެވެ. ނަބީލްގެ ހިތަށްވެސް ވަނީ ފުންއަސަރުތަކެއް ކޮއްފައެވެ. ގެއްލިގެން އެދިޔައީ އަމިއްލަ ކޮއްކޮ އެއްހެން ދެކުނު ފަރާތެކެވެ. ޔޫރާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ.

[ހުއްޓާލާ ޔޫރާ.. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެންޑް.. މިއޮތީ.. ދިސް ވޯސް އިން ރުވާންސް ރޫމް.. އައި ބްލީވް ދިސް ބިލޯންގްސް ޓު ޔޫ..] ޔޫރާގެ އަތަށް ގަނޑުކޮޅެއް ލައިދެމުން ނަބީލް ބުނެލިއެވެ. ހިތްވަރުކުރަން ބުނެލަމުން ނަބީލް ނުކުމެގެން ދިޔައީ ޔޫރާއަށް ވަގުތުކޮޅެއް ދިނުމަށެވެ. ނަބީލް ނުކުމެގެން ދިޔުމުން ޔޫރާއަވަސް އަވަހަށް އެ ގަނޑުކޮޅު ކިޔާލިއެވެ.

“ލޯބިވާ ޔޫރާއަށް

ޔޫރާ… މިނޯޓް ކޮޅު ލިބޭ އިރު އަހަރެން ހުންނާނީ ޔޫރާއާއި ވަރަށް ދުރުގަ. ޔޫރާ.. އަހަރެން ޔޫރާ ދެކެ ވަރަށް ވަރަށް ލޯބިވޭ. މިހާރު ޔޫރާއަށް އަހަރެންގެ އަސްލު ސިފަވާނީ ފެނިފާ. މިއި އަހަރެންގެ ބައްޕަ އަހަރެން ކުޑަ އިރު އަހަރެންނަށް ހެދި އެކްސްޕެރިމެންޓް އެއްގެ ނަތީޖާ. އަހަރެންނަށް މިވަނީ [ޔޫބީޓީ-01] ނަމަކަށް ކިޔާ ވައިރަސްއެއް ޖެހިފަ.. މީހުންގެ ތެރޭގައި މައްޝޫރު ނަމުން ނަމަ [ވޭމްޕަޔާރ] އެކެވެ. ބައްޕަ ބޭނުން ކުރި ވާލުގެ [އެބިލިޓީސް] ވެސް އަހަރެންގެހުރޭ. އާދައިގެ އިންސާނުންނަށްވުރެ އެތަށް ހާސް މޭލެއް ބާރަށް ދުވެވޭ. އާދައިގެ އިންސާނުންނަށް ވުރެ މައްޗަށް ފުންމާލެވޭ. ރުވާންއަށް މީހަކު ކިތެންމެ ސިއްރުން ދައްކާވާހަކަވެސް އަޑު އިވޭ. ލޭ ފެނުމުންނޫނީ ރުޅި އައުމުން ނޫނީ ރުވާން ހުންނަނީ ހަމަ އިންސާނެއްގެ ސިފައިގަ. ލޭ ފެނިއްޖެ ނަމަ، ލޮލުގެ ކަޅިރަވަ ރަތް ކުލައަށް ބަދަލުވެ، [ކެނައިން] ދަތްތަށް ދިގުވެ، ނިޔަފަތިތަށްވެސް ދިގުވޭ. ހަށިގަނޑުގައި ހުރި ހުރިހާ ނާރެއް ފުއްޕާލާއިރު މުޅި މީހާ ހުންނަނީ ފާޑަކަށް ނޫވެފަ. އޭގެ ފަހުން ރުވާންގެ އިސްތަށިގަނޑު ރަތްކުލައަށް ބަދަލުވީ. ކަޅު ކުލަ ޖައްސަން އުޅުނުނިންވެސްމެއެވެ. ނަމަވެސް އިސްތަށިގަނޑުގައި ކުލަ ނުވެސް ހޭކެއެވެ. މިއީ ރުވާންގެ ހަގީގަތަކީ.. މިކަމުގެ ސަބަބުން މީހަކާ ލޯބީގެ ގޮތުން ގުޅުން ރުވާންއަށް ވަނީ މަނާވެފަ.. އައިމް ސޮރީ.. އައި ލަވްޔޫ ޓޫ ޔޫރާ.. އެހެންވެ އަހަރެން ނޯ ބުނީ.. އައިމް ވެރީ ސޮރީ..

ލޯބިވާ ރުވާން…..”

“އައި ހޭޓް ޔޫ ރުވާން. އައި ހޭޓް ޔޫ. އަހަންނަށް ހެވޭ ކޮންމެގޮތެއްވިޔަސްވެސް. އަހަރެން ރުވާންދެކެ ލޯބިވީ އޭގެ އިންތިހާއަށް. ހައު ކޭންޔޫ ލީވީމީ ހިއާރ ލައިކްދިސް؟” ޔޫރާ ރޮއެ ރޮއެފައި ވާހަކަދައްކަމުން ދިޔައެވެ. ޔޫރާގެ ވާހަކައަޑުއަހަން ބޭރުގައި ހުރި ނަބީލްއަށްވެސް ދިޔައީ ރޮވެމުންނެވެ.

މަޑުމަޑުން ރުވާންގެ މެރިފައިވީ ދެލޯ ރުވާން ހުޅުވާލިއެވެ. ހިނދުކޮޅަކު ރުވާން ވީނުވީ ނޭނގިފައި އޮތެވެ. ނަމަވެސް ހިނދުކޮޅެއްތެރޭގައި އެދުވަހުގެ އެހާދިސާ ރުވާން ހަނދާންވިއެވެ.

“ޔޫރާ!” ރުވާން ބާރަކަށް ހަޅޭލަވައިގަތެވެ.

ބޭރުގައި އިން ސޯފާގައި އިން ކައިޝަން ރުވާންގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކައިޝަން ދުވެފައި ކޮޓަރިއަށް ވަނެވެ.

“ކޮބާ ޔޫރާ؟ މީކޮންތަނެއް؟ ކަލޭ ކީއްކުރަން މަމިތަނަށްގެނައީ؟؟” ކައިޝަން ވަދެގެން އައިތަންފެނުމުން ތެޅިގަންފައި ރުވާން ބުނެލިއެވެ.

“ހަމަ ޖެހިބަލަ. ޔޫރާ އޯކޭއޭ. އޭނަވީ ހޮސްޕިޓަލްގަ” ކައިޝަން ރުވާން މައިތިރި ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ދެން އެކަމަކު ކީއްކުރަން މަމިތަނަށް ތިގެނައީކީ؟ މަ ދޫކުރޭ! އަހަރެން ޔޫރާ ކައިރިޔަށް ދިޔަދީ” ރުވާން ބުނެލިއެވެ.

“ރުވާން މޮޔަވީތަ؟ ޙަބަރުތަކާ ނޫސްތަކުގަ އެހެރަ ކިޔަނީ މޫސަވެސް އަދި ޔުސްރާގެ އިތުރުން ދެން އެފިރިހެނުންވެސް މަރާފަ ތިބީ އިންސާނުންނެއްނޫނޭ. ދެން ސައިންޓިސްޓުންނަށް އެކަން އެނގި އަހަރެމެން “އެކްސްޕެރިމެންޓް” ހަދަން ގެންގުޅޭ ވަސީލަކަށްތަ ވާންވީ؟ ނޫނީ އެންމެނަށް އެކަން އެނގި އަހަރެމެން އެކަހެރިވާންތަ ބޭނުމީ؟ ރުވާން ބުނީމެއްނުން މަށާއެކީ ވޯރކް ކުރަން ބޭނުމޭ؟ އަހަރެން މިއައީ ރުވާންއާއި އެކުގަ މަސައްކަތް ކުރަން! ރުވާން މިހާރު ތިއޮތީ ކުޅުދޫފުށީގަ. ރަށުތެރެ ހަމައަކަށް އެޅުނީމަ ދެން ރަށަށް ދާނީ. ޕްލީޒް ރުވާން. އަހަރެންގެ ޕްލޭންއާއި އެއްގޮތަށް ރުވާން ކަންކޮށްފިނަމަ، އަހަރެމެންގެ ހަގީގަތް އެންމެނަށް ސިއްރު ކުރެވޭނެ. އަދި އިރާދަކުރެއްވިއްޔާ އަހަރެމެންނަށްވެސް ނޯރމަލް އިންސާނުންނަށް ވެވޭނެ. ރުވާންއަށް ޔޫރާވެސް ލިބޭނެ. އެކަމަކު ފޯރ ނައު.. ދޭ ޝުޑް ތިންކް ޔޫއާރ ޑެޑް” ކައިޝަން ބުނެލިއެވެ. މަޑު މަޑުން ރުވާންވެސް ހަމަ ޖެހުނެވެ. އަދި ކައިޝަންއާއި އެކު މަސައްކަތް ކުރުމަށް އެއްބަސްވިއެވެ.

***6 މަސް ފަސް***

“ރެޑީ؟” ކޮލެޖްއަށް ދިޔުމަށް ތައްޔާރުވެގެން ހުރި ރުވާން ގާތުގައި ކައިޝަން އެއްސެވެ. އަދި އަތުގައި އޮތް ކަޅު ކުލައިގެ ވިގްއާއި ލެންސް ރުވާންއަތަށް ލައިދިނެވެ.

8 ޖެހި އިރު ކޮލެޖުތެރޭގައި އެކު ކިލާސް ތަކުގެ ކުދިންތަށް ދިޔައީ ހޭލަމޭލަވަމުންނެވެ. ކަޅުކުލައިގެ ހޫޑީއަކާއި އެކު ކަޅުކުލައިގެ ޖީންސްއެއްގައި ހުރި ޔޫރާ ބެންޗެއްގައިއިނީ އެލީންގެ އިންތިޒާރުގައެވެ. ޔޫރާގެ އަތުގައި އޮތް ރުވާންދިން ކެވެލިކޮޅުގައި ފިރުމަމުން ދިޔައިރު ޔޫރާގެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ.

“އެކްސްކިއޔުޒް؟” ފަހަތުން ފިރިހެން ކުއްޖެއްގެ އަޑު އިވުމުން ޔޫރާ ފަސްއެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ބައިމަތިފުޅާ ހަށިގަނޑެއްލިބިފައިވީއިރު، ފަން، ކަޅުކަންގަދަ އިސްތަށިގައޑުގެ އެއްބައިވަނީ ލޯމައްޗަށް ވައްޓާލެވިފައެވެ. ކަޅުކަންގަދަ ކަޅިރަވައްލިބިފައިވީ އިރު އަންހެންކުދިން މޮޔަވާނެކަންގައިމެވެ.

“ހޫ؟” ޔޫރާ އެއްބުމަ މައްޗަށް ހިއްލާލަމުން އެއްސެވެ.

“އައިމް ކައިޝަން. ތީދޯ ޔޫރާއަކީ؟” ރުވާން އެއްސެވެ. ޔޫރާ ހައިރާންވިއެވެ. މިޒުވާނާއަށް ޔޫރާގެ ނަންއިނގުނީ ކިހިނެއްހެއްޔެވެ؟

“ކިހިނެއް މަގޭ ނަންއެނގުނީ؟” ޔޫރާ އެއްސެވެ. ނަމަވެސް ރުވާންއެއްވިސް އެއްޗެއްނުބުނެ ކުރިއަށް ހިނގައިގަތީ ހިނިތުންވެލާފައެވެ. ނަމަވެސް އެހިނިތުންވުން ފަނޑުވީ އެސާހިތަކުއެވެ.

ހަމަ އެވަގުތު ރުވާންގެ އަތުގައި އޮތް ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ ކައިޝަންއެވެ.

“ޔޫރާއާއި ދިމާވިތަ؟” ކައިޝަންއެއްސެވެ.

“ހޫމް. ކައިޝަން.. އޭނަ ހާދަހާއޭ ހިކިފަ އެހުރީ. އަހަރެންގެ ހިތަށް ހާދަ އަސަރެއްކޮއްފިއޭ. ބައްދާލާ ހިތުން…” ރުވާންގެ ދެލޮލުން ކަރުނަ ހިލުނެވެ.

“އިޓްސް އޯކޭ. އިންޝާ ﷲ ރުވާންއަށް އަދި ޔޫރާ ލިބޭނެ” ކައިޝަން ރުވާންއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.

***މިހާރު***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 30

Next

ތިނެސްކަން ލޯބި (ޓްރެއިލާ)

Next
November 13, 2024

ތިނެސްކަން ލޯބި (ޓްރެއިލާ)

Previews
November 13, 2024

ޙަޤީޤަތް ހޯދުމޭ 30

2 Comments!

  1. Nawar says:
    November 13, 2024 at 6:59 pm

    Maasha Allah mi part vx varah varah reethi…
    Alhey ruwaan e yoora ah hageegaii olhuvaalynu….
    Thihaa burakoh ulhemun vx vaahaka genes dheythy varah ufaavey…
    I appreciate your hard work….
    Whn next??
    Curiously waiting for the next part…❤️❤️❤️

    1. shihaamaa ali shihaamaa ali says:
      November 13, 2024 at 8:17 pm

      Jazaakallah khairan
      Mirey upload kollaanan 9 vana baives

Comments are closed.

Next Episodeބްލަޑް 2 (9)←


All Right Reserved!