ޝަލީން 19
ކާއެއްޗެތި އަޅައިގެން ގޮސް އަހަންނާ އިޝާނީގެ އިތުރުން ޔާނީ އިށީނީ ވަކިން ހުރި ގޮނޑި ބަރިއެއްގައެވެ. އަހަރެންގެ ސްޕެގެޓީ ތައްޓަށް ލާފައި އިން އުލަށް ސްޕެގެޓީ ކޮޅެއް އޮޅާލަމުން ބޯހިއްލާލީ އެ ސްޕެގެޓީކޮޅު އަނގަޔަށް ލުމުގެ މަގްސަދު ގައެވެ. އިސް ނަގާލަމުން އަހަރެން އަނގަޔަށް ލާން ފަރިކޮށްލި ސްޕެގެޓީކޮޅު އަނގަޔަށް ނުލެވެނީސް ތައްޓަށް ވައްޓާލީމެވެ. ކުރިމަތީ އަތުރާފައި ހުރި ގޮނޑިބަރީގައި އިން ކުއްޖާ ފެނި އަހަރެން ހައިރާން ވުމުންނެވެ. އަހަރެން ހިތަށް އެރިއެވެ. މިޕާޓީއަށް މީނައަށް ދަޢުވަތު ލިބުނީ ކޮން ހައިސިއްޔަތަކުން ބާއެވެ.؟
އަހަންނަށް ފަތުހު ﷲ އާ ދިމާލަށް ބަލައިލެވުނު ވަގުތު، އޭނާ ވަގުތުން އެއްލޯ މަރާލި އެވެ. އޭރު ފަތުހު ﷲ ކައިރީގައި ލުކާގެ އިތުރުން އެ ގްރޫޕްގެ އެހެން ދެ ކުއްޖަކުވެސް ތިއްބެވެ. އަހަރެން ހައިރާންވީ އެގްރޫޕް އެންމެންނަށް މިޕާޓީއަށް އަންނަން ދަޢުވަތު ލިބުނުގޮތެއް ނޭނގުމުންނެވެ. ވިސްނާ ވިސްނާވެސް އެސުވާލުގެ ޖަވާބު އަހަރެންގެ ހިތަށް ފޯރުކޮށްދޭނެ އެހީތެރިއެއް ނެތެވެ.
އަހަރެން ކައިރީގައި އިން އިޝާނީ އެވަގުތު އިނީ ފޯނަށް ބަލާށެވެ. ޔާނީއަކީ ވަރަށް ގަދައަށް ކާހިތްވާ ކުއްޖަކަށް ވާތީ އެވަގުތު ޔާނީ އިނީ ކެއުމުގެ ތެރެއަށް ގެއްލިފައިވެ. އެހެންވެ އިޝާނީއާ ޔާނީއަށް މިއިން އެއްވެސް ކަމެއް ނޭނގޭނެއެވެ.
“ޝަލީން!. އެބަ އަންނަން… މަރިއްތަ މެސެޖް ކޮށްފި… އީނާޝްއަށް ހޮޑު ލެވުނީޔޯ. މިއަންނަނީ އެމީހުންނަށް ހެލްޕްވެފަ. ޔާނީއަށް ބަލާލައްޗެ. ދެމީހުން އެއްވެސް ތާކަށް ނުގޮސް މިތާ ތިބޭނީ އިނގޭ.” އިޝާނީ އެހެން ބުނަމުން ހިނގައިގަތީ ތަށިތައްވެސް ހިފައިންނެވެ.
“ޝަލީން! ކިހިނެއް؟” އިޝާނީ އިން ގޮނޑީގައި އިށީންނަމުން ފަތުހު ﷲ ބުންޏެވެ.
“ކަލޭމެނަށް ކާކު މި ޕާރޓީއަށްކީ؟ މިތަނަށް ވަންނަން ހުއްދަ ލިބުނީ ކިހިނެއް؟” އަހަރެން ނިތްކުރިޔަށް ރޫއަރުވާލަމުން ބުނެލީމެވެ.
“މީހަކު ނޫން… އަހަރުން ގުރޫއްޕު ހޫގޯއަށް ފެނުނީ ޝަލީން ކާރުން ފޭބިތަން. ދެން އެނގިއްޖެ އަތުގަ ޕާރުސަލް އޮތީމާވެސް ތިއައީ ޕާރޓީއަށްކަން.. އެހެންވެ އަހަރުމެންވެސް ރުފިޔާ ނުލާ ހުސް ސިޓީއުރައެއް ހިފައިން އައިސް ސަލާމްކޮށްފަ މިތަނަށް ވަނީ.. ހުއްދައެއް ހޯދަންޖެހޭތަ؟ ހައްހާ…..ހައްހައް…” ފަތުހު ﷲ ހެމުން ހެމުން ކިޔައިދިނެވެ.
“ކަލޭމެންގެ ވިޔާނުދާކަން ބަލާބަލަ… ކޮން އިރަކުން ކަލޭމެން އިސްލާހު ވާނީ؟ ކޮބާ ކަލޭމެންގެ މައިންބަފައިން ދަސްކޮށްދިން ރީތި ގޮތްތަށް؟ ސްކޫލުން އަހަންނާ އެވަރަށް ދިމާކޮށް އަހަރެން ފަހަތުން އަޅުވާލައިން އުޅެފަ އަނެއްކާ ޕާޓީއަކުންވެސް އަހަރެން ހޯދަން ވަގުހަދާފަ އައިސް ވަދެ ތިތިބެނީ… ކަލޭމެންނަށް އިނގޭތަ ވަރަށް މަޖާވެފަ ވާހަކަ ދެއްކިއިރު، ބަޔަކު ބޮޑު ޚަރަދެއް ކޮށްގެންކަން މި ޕާރޓީ އެބާއްވަނީ؟. ތިހެން އައިސް ވަދެލާފަ މީރުކޮށް ކާލާއިރު ވަރަށް މީރުދޯ؟ ކަލޭމެން ދުވަހަކުވެސް އިސްލާހެއް ނުވާނެ.” އަހަރެން ގާތު އައި ރުޅިން ކިޔުނުހާ އެއްޗެއް ކިޔާލީ މިކަހަލަ ފުރުސަތެއް ލިބުނީމަ އެވެ.
“ޝްޝްޝްޝް…. ޝަލީން! އަޑު މަޑުކޮށްބަލަ.. މީހުން ބަލަނީއޭ. ރީތިކޮށްވެސް ވާހަކަ ދެއްކިދާނު.. ބޮޑު ޕާޓީއެއްނުމީ؟” ފަތުހުއް ﷲ ކަޑަވެފައި އިނދެ ބުނެލިއެވެ.
“ތިތަނުންދޭ… އަހަރެން ކައިރިން ދާށޭ… މިބުނީނު ދާށޭ.. ދެން ކޮންމެހެން މީހުން ގިނަވެގެން، ޕާޓީ ބޮޑުވެގެން އުޅޭނެ ކަމެއްނެތް. ކަލޭމެން މިތަނަށް ވަންނަންވާނީވެސް ކަލޭމެންނަށް ސަލާމަތް ވެވޭނެގޮތް އޮތިއްޔާއެއްނު؟ މިތާ ގިނަވާނީ އަހަރެންގެ ފެމިލީ މީހުން.. އެމީހުން ކަލެޔާ ދިމާލަށް ބަލަންޏާ މަށަށް އަދި މާމޮޅު… އޭރުން ކަލޭމެންނަށް ބަލަން ތިބޭނީ ހުސް އަހަރެންގެ މީހުން… އަހަރެން ކައިރި ނީންދެ ދުރަށްދޭ.. އެހެންނޫނީ އަހަރެން ގޮސް ބޮޑުދައިތަ ކައިރި ބުނާނަން. ޕާޓީގެ ބޮޑެތި މީހުންނަކީ އެމީހުން.. މިދަނީ.. ހަމަހުވާ… ކަލޭމެން މިތަނަށް ވަދެތިބި ގޮތްވެސް އެމީހުންނަށް ކިޔައިދޭނަން.” އަހަރެން ތެދުވުމަށްފަހު ކާން އިން ތަށި ވަރަށް ބާރަށް ގޮނޑިމަތީ ބަހައްޓަމުން ހިނގައިގަތީމެވެ.
“އޭކަލޯ ލުކާ… ބްރޯ ހޫގޯ! ލެޓްސް ގޯ… އަވަސް އަވަސް ހިނގާދާން މިތަނުން އެންމެން. ޝަލީން އެދަނީ ބުނަން. ރީތި ވެއްޖެއެއްނު!” ފަތުހުއް ﷲ އެހެން ބުނިއަޑާއެކު ގޮނޑިތަކުގައި ތަށިތައް ބެހެއްޓުނު ގޮތަކަށް ބަހައްޓަމުން ބާރުބާރަށް ހިނގާފައި އެގްރޫޕް ނުކުންނަން ދިޔައެވެ.
އަހަރެންގެ ފަހަތުން ޔާނީވެސް އައިއިރު، އަހަރެން ހުރީ ބަނޑުތެރެއިން ހީހީ ހަލާކުވެފައެވެ. އަހަރެން ދިޔައީ ހަމަ ބޮޑުދައިތަ ކައިރިއަށެވެ. އެއަށްފަހު އަހަރެން ހީހީފައި ކަންވީގޮތް ކިޔާދިނީމެވެ. އެރޭގެ އެންމެ މަޖާ ކަމަކަށް އަހަންނަށް ދިމާވީ ގަޓު ހުރެގެން އުޅޭ ބިރުވެރި މީހެއްގެ ފުށުން ސަލާމަތްވާން އަހަރެން މަސައްކަތްކުރި މަޖާގޮތެވެ.
“ދެން ސްކޫލަށް ދިޔައިމަ މަހިތަށްއަރާ އެކުއްޖާ ޝަލީންއަށް ކިހިނެއްބާއޭ ހަދާނީ؟” ދެފަރާތަށް ބޯ ހަލުވާލަމުން ވަރަށް ހިނިއައިސްފައި ހެރެ ކޮޓަރިއަށް ވަދެ އިށީންނަމުން އިޝާނީ ބުނެލިއެވެ.
“ދެން އިނގިދާނެއްނު… އެއީ ވަރެއްގެ ކުއްޖެއް. ސްކޫލުގަ ވަރަށް ގަދަވެލައިން އުޅޭނީ. އެކަމު އަހަންނަށް ބާރު އޮތް ކަމަކާ ދިމާވީމަ ކިހާބިރެއް ގަނެފި.” އަހަރެން ބުނެލީ ހިތްހަމަޖެހިފައި ހުރެއެވެ.
“ދެން ދާންވީ ނައިޓް ޑިއުޓީ ވީމަ އޮފީހަށްދާން. އެކަމު ވަރަށް ވަރުބަލިވެސް ވެއްޖެ.. އޯކޭ އަހަރެން މި ނުކުންނަނީ ތިރިއަށް ގޮސް ރެޑީވެލާއިން ދާން. ތިމީހުން ނިދާ އަވަހަށް. މާދަން ސްކޫލް ދުވަހެއްނު” އޮފީހަށް ގެންދަން ބޭނުންވާ ބައެއް އެއްޗެއްސާއި އަންނައުނު ހިފައިން ނުކުންނަމުން އިޝާނީ ބުނެލިއެވެ.
އިޝާނީ ކޮޓަރިން ނުކުމެ، އިރުކޮޅެއް ވީތަނާ ޔާނީއަށްވެސް ނިދިއްޖެއެވެ. އަހަރެން މަޑުމަޑުން އަލަމާރި ކައިރިއަށް ހުއްޓުމަށްފަހު އަހަރެން ގެންގުޅޭ ކުޑަކުޑަ ފޮތެއް ނެގީމެވެ. އެއީ އިޝާނީގެ ނައިޓް ޑިއުޓީ އޮންނަ ރޭރޭ އަހަރެން ނަގާފޮތެކެވެ. ހާއްސަކޮށް، އަހަރެން އެފޮތުގައި ލިޔެ އުޅެނީ މީކާލް އަހަންނަށްދޭ ލޯބީގެ މެސެޖްތަކެވެ.. މީކާލް ފޮނުވާ ކޮންމެ މެސެޖެއް ވިސާމާ ދީފައިވާ ގަނޑުކޮޅުން ބަލައިގެން ލިޔުމަށްފަހު އަހަރެން އެފޮތް ތަޅުލަމެވެ. އެއީ އެފޮތަކީ ތަޅުލެވޭ ފޮތެކެވެ. ކުޑަކުޑަ ތަޅަކާއި ތަޅުދަނޑިއެއް އޭގައި އިންނާތީ ކޮންމެ ކޮންމެ މީހަކަށް އެފޮތް ހުޅުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ތަޅުދަނޑިއެކޭ އެއްގޮތަށް އަހަރެން އުޅެނީ ފޮތްވެސް ފޮރުވައިންނެވެ.
ދެދުވަސް ފަހެވެ. ސްކޫލް މަހާސިންތާގެ ހާއްސަ ޖަލްސާއަށް އަހަރެން ރީތިވަމުން ދިޔައިމެވެ. ޖަލްސާއަށްޓަކާ ހުރިހާ ދަރިވަރުންވެސް ލާންޖެހެނީ ގައުމީ ދިގު ހެދުމެކެވެ. އަހަންނަށްޓަކާ ވަރަށް ރީތި ދިގުހެދުމެއް މަރިއްތަ ހޯދާދިނެވެ. އެންމެ ރީތި ރަތްކުލައިގެ ދިގު ހެދުމެކެވެ. ހެދުމުގައި ވަރަށް ރީތި މާވެޔޮ ގަނޑެއް ޖަހާލާފައި ހުއްޓެވެ. އެއީ ދިވެހި އަތްތެރި މަސައްކަތްކުރާ މީހެއްގެ ފުރިހަމަ މަސައްކަތެވެ. މުޅި ހެދުމުގެ މާގަނޑު ޖަހާލާފައިވަނީ އެކި ކުލަކުލައިގެ ރޮދިންނެވެ.
ރަތްކުލައިގެ އެރީތި ދިގު ހެދުމާއެކު ރަތް ބުރުގާއެއް އަޅާލައިން ސްކޫލް ތެރެއަށް އަހަރެން ވަދެގެން ދިޔައިމެވެ. އޭރު އަދި ގަޑި ނުޖެހޭތީ ބައެއްކުދިން އެކި ކުދިންގެ ފޯނު ތަކުން ފޮޓޯނަގަމުން ދިޔައެވެ.
“ވާވް!!! ޝަލީން… ޔޫ ލުކް ނައިސް އިން ރެޑް…. އާދޭ ފޮޓޯއެއް ނަގާލަން.” އަހަރެން ފެނުމާއެކު ހާފިޒާ ބުނެލިއެވެ. އެއީ ކްލާހުގެ ބަސްއަހާ ކުދިންތަކުގެ ތެރެއިން ކުއްޖެކެވެ.
“ތެދެއް އަވަހަށް އާދޭ… ވަރަށް ރީތި ހެދުމެއް އިނގޭ…” ޝައުފާ ބުނެލި ގޮތުން އަހަރެން ހިނިތުންވެލީމެވެ. އެއީވެސް އަހަރެން ކްލާހުގެ އެހާމެ ކިޔަމަންތެރި ކުއްޖެކެވެ.
އަހަރުމެން ބަސްއަހާ ގްރޫޕްގެ ކުދިންކޮޅު އެއްވެލުމަށްފަހު ފޮޓޯނަގަމުން ދިޔައިމެވެ. އެކި ކުދިންނާއެކު އެކިގޮތަށެވެ.
“ހެލޯ ޝަލީން!… އާދޭ ފޮޓޯއަކަށް..” މުސްތޮ އަހަންނަށް ގޮވާލި ވަގުތު އަހަރެން ހުރީ ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިގެ މޭކަޕްތައް ކޮންމެސް ވަރަކަށް ފޮހެލާށެވެ.
“ހޫމް…ހޫމް… ސާބަހޭ. ރީއްޗޭ ރީއްޗޭ… ކޮންމެހެން ތި ފޮހޭނެކަމެއްނެތް. އާދެބަލަ ފޮޓޯއެއް ނަގަން. ނޫނީ ގަޑިޖެހިދާނެ.” މުސްތޮ އަހަންނަށް މަލާމާތް ކޮށްލަމުން ބުނެލިއެވެ.
“ހިނގާ…” އަހަރެން ތުންފަތުގައި ހާކަމުންދިޔަ ޓިޝޫކޮޅު އެއްލާލަމުން ހިނގައިގަތީމެވެ.
“ހާދަ ކުދިންނެއް މުސްތޯ… އަޅެ ވަރަށް ލަދުގަނޭ.” އަހަރެން ބުނެލީމެވެ.
“އޯކޭ ވާނެ.. މީ އަހަރެން ޓައިޕްގެ ކުދިން… ކައިންޑް ވާނެ، ކެއަރ ކުރާނެ، ހެލްޕްވާނެ…. ދެން ހަމަ ވަރަށް ރަނގަޅުވާނެ. އިނގޭނު ދެންމީ ރިޝާން، ފަރުހާން، ޗާލްސް…” މުސްތޮ އަހަންނަށް އެކުދިން ވަކިވަކިން އިންޓްރޮޑިއުސް ކޮށްދިނެވެ.
އަހަރެން އެމީހުންނާއެކުވެސް ފޮޓޯ ނެގީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ މާދުރު ގޮނޑިއެއްގައި އަހަންނާދިމާލަށް ބަލަން އިން ފަތުހުއް ﷲ އެވެ. އަހަރެންގެ ތުންފަތަށް ވެރިވެފައިވާ މަޖާކަމާއި ހިތްހަމަ ޖެހުން ކުއްލިޔަކަށް ފޫއަޅުވާލީ އޭނާ ފެނުމުންނެވެ. ޕާރޓީއަށްއަށް ދިޔަރޭގެ ފަހުން ވޭތުވެ ދިޔަ ދެދުވަހު ފަތުހު ﷲ އާއި ދިމާނުވީ ކީއްވެކަމެއް އަހަންނަކަށް ނޭނގުނެވެ.
ކުއްލިޔަކަށް އަހަންނަށް ފެނުނީ ފަތުހު ﷲ އަހަންނާ ދިމާލަށް އަންނަ ތަނެވެ. އެކަން އެނގުނަސް އަހަރެން ހަމަ ހުރިތާ ހުރީމެވެ. ފަތުހު ﷲ ގެ ސަބަބުން އަހަރެން ޖެހިލުންވާކަން ނުދައްކާން މަސައްކަތް ކުރީމެވެ. ވަށައިގެންވާ މާހައުލުން އެކި ދިމަދިމާލަށް ބަލަބަލާ އަހަރެން ހުރީ ފަތުހު ﷲ އަންނަންދެނެވެ.
“ޝަލީން! ހާދަ ލޯތްބޭ! ހާލު ކިހިނެއް؟” ފަތުހު ﷲ އަހަންނާ ވަރަށް ގާތްވެލަމުން ބުނެލިއެވެ.
“ވާހަކަ ނުދައްކާންތަ ތިހުރީ؟” އަހަރެން އަނގައިންވެސް ނުބުނެ ހުރުމުން ފަތުހު ﷲ އަނެއްކާ އަހަންނާ ވާހަކަ ދެއްކިއެވެ.
“އޯކޭ… ވާހަކަ ނުދައްކަންޏާ ވީއެއްނު އަހަންނާއެކީ ފޮޓޯއެއް ނަގާލަން. ހަމަ ގައިމުވެސް މިރޭ އެހެންކުދިންނެކޭ އެއްގޮތަށް އަހަރެންވެސް ވަރަށް ތަފާތުކޮށް މިހުރީ..” އަހަންނާއެކީ ފޮޓޯއެއް ނަގަން ބޭނުންވުމުން ފަތުހު ﷲ ދެއްކީ އޭނާގެ ތަފާތު ވާހަކައެވެ.
ތެދެކެވެ. ސްކޫލް ޔުނީފޯމްގައި ނެތުމުން، ފަތުހު ﷲ މިރޭ އިންތިހާއަށްވެސް ތަފާތެވެ. ކަޅުކުލައިގެ ކޯޓަކާއި ފަޓުލޫނެއްގައި ހުރިއިރު ހީވަނީ ޒަމާނީ ކައިވެންޏަކަށް ތައްޔާރު ވެލާފައި ވާހެންނެވެ. އޭނާގެ މިޒާޖާއި އެބޯޅޭ މިބޯޅޭ އުޅުން ހުންނަގޮތް ނޭނގޭ މީހަކަށް ހީވާނީ އޭނާއަކީ ފިސާރި ބޭފުޅެއް ހެންނެވެ. ވަރުގަދަ ޝަހުސިއްޔަތެއް ހެންނެވެ. ނޫންނަމަ ސަރުކާރުގެ މާމަތީ ފަންތީގެ ޝަރަފްވެރިއެއް ހެންނެވެ.
“ހަމައެކަނި ތަފާތަކީ ކަލޭ ލާފަހުރި އެއްޗިސް… އެހެން އެއްވެސް ކަމެއް ތަފާތުހެން ހިއެއްނުވޭ.” ފަތުހު ﷲ ގެ މޫނުން ފެށިގެން ފަޔާ ހަމައަށް ބަލާލުމަށްފަހު އަހަރެން ބުނީމެވެ.
“ޝަލީން! އަހަރެން މިހުރީ ކިހާ ބަސްއަހައިން. އަހަރެން އެހެންޏާ ކޮންމެ ފަހަރަކު ލުކާވެސް ގެންނަން. އެކަމު ނުގެންނަމެއްނު.. އަހަންނަށް އިނގޭ ޝަލީންވެސްތީ ބާރު ލިބޭތާ ބާރު ހިންގާލަން ކެރޭ ކުއްޖެއްކަން. އެކަމު ފޮޓޯއެއް ނެގިދާނެ ދޯ؟ ހަމަ ގައިމުވެސް އައްޔަ ސަރ ކުރިވަރު ކުރާކަށް އަހަރެން ނޫޅެމޭ. އެއީ އޭނާ ޝަލީންއާ ހިތާވެފަ ހުންނާތީ އުޅޭ ގޮތެއް.” ފަތުހު ﷲ އެކިއެކި ކޮޅުތައް ދެއްކީ އަހަރެން ފޮޓޯ ނަގާތޯއެވެ.
“ޝަޓަޕް… ކަލޭ މިތަނަށް އިމާމެއްގެ ހެދުމުގަ އަޔަސް، އަހަރެން ކަލެއާއެކީ މިރޭ ފޮޓޯއެއް ނުނަގާނަން…. ތިވާނީ ހަމަ ތިޔަށް… އަހަރެން ދެކުނީމޭ މިރޭވެސް ކަލޭ މިތަނަށް އައިއިރު، މަގުމަތިން ފެނުނު އަންހެން ކުދިންތަކަކާ ފޮށުނުތަން… އެހެންވީމަ އަހަރެން ފޮޓޯއެއް ނަގަން ކޮންމެހެން ކަލެއާއެކީ ބޭނުމެއްނޫން.” ފަތުހު ﷲ ބޭޒާރުކޮށްލާނެ ކޮޅެއް ހޯދަމުން އަހަރެން ބުނެލީމެވެ.
“ބަރާބަރަށް ތިބުނީ… މިތަނަށް ކިޔަވަން އައި ކިތައް ކުދިންގެ ދިރިއުޅުން މީނަގެ އަތުން ހަލާކުރިކަން މުސްތޮއަށް އެނގޭ… އަޑުއަހަން ނުކެރޭ ވާހަކަތަކާ އެކުދިންނަށް ޖެއްސި ހިތްދަތި ހާލު… އާދޭ ދާން ޝަލީން…” މުސްތޮ ބުނެލިއެވެ.
އަހަރެން ފަތުހު ﷲ އަށް ބަލަން ހުރެ ހިނގައިގަތީމެވެ.
“ބަލާބަލަ… މީ އަހަރުމެން އަންހެން ކުދިން ރުއްސައިން ގެންނަގޮތް. އަންހެން ކުދިންގެ ހިތް އަތުލެވޭނީ ރުއްސައިން.. އާކުއްޖެކޭ… ސަޅި ކުއްޖެކޭ ކިޔައިން ގަދަކަމަކުން ނޫން..” ފަތުހު ﷲ އާ ދިމާލަށް މުސްތޮ ބުނެލިއެވެ.
“މުސްތޯ… ތިކުއްޖަ ދޫކޮށްލާފަ ގޮސް ހޯލަށް ވަދޭ…..”
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Varah Salhi, fathey ah dho e vee partyga balan in meehaa haha
Hehe.. aan ehenthaa evee dho..
Thanks for the comment 😊
mi part ves v reethi masha allah
curiously waiting for next part
keep it up
shaleen and mikyaal gulhuvachey
they both are made for each other
v intresting story eh
v kiyaala hithun kiyANI
I APPRECIATE YOUR HARD WORK
alhugandhu ge support abadhuves libeyne insha allah
thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaaveY
Thanks girl
Ufaavejje comment kolleema ingey 🙂
vrh reethi mi part ves
adhi kiriiyaa shaleen ah baaru libunee waah salhii ingeyyy
btw when nxt partt
cant wait
keep it up
love youu shaleeen
Thanks ingey v bodah.
Ufaavejje alhugandah v hihvaru libijje mi part reethi kamah buneleema
Next part anekkaaves Hama v avahah in sha Allah. Mihaaru Hama mi balanee v Ava’s Ava’s koh mi vhk up kollaafa ekkoh nimmaalan.
Nooni kiyuntherin foohivaanethee shaleen varah bodu masakkathei koffa vhk mhr innaanee mulhinhen liye nimifa
Alhamdhu lillah
Yageen e ulhey Ayya sir ais Mustho aa dhimaalah ehen e buneee… varugadha meeheh huvaaa… Ayya sir size koh dheeba Shaleen…. Mi Shaleen ah heevaa ehcheh bunan tha… Aahiru ga Fathuhulla noonee Ayya sir vaanee Meekaal ge relative akah hen… ahahaha ehen vehjjeyyaa eyge 2 meehun rangalhah hey araane….
Aminath shaleen ge guess kurun kihineitho vanee balamaa… !!!
Aslu shaleen varah ufaavey thihen guess kuraatheeve ingey …
Liyuntheri kamah Faadu kiyumuge ithurun dhen emme majaa kamakee guess kurun..
So v ufaavejje guess kolleema.
Dhen hingaa dho balamaa