އެޔަށްފަހު ލީނިޔާ އެހެން ދިމާލަކަށް ބަލައިލިއެވެ. އެއްވެސް މާނައެއް ނެތް ކަމަށް ހެދިގެންނެވެ. ވަކިވެވުނު އިރު ވީ އަނިޔާއަށް ވުރެ އެކަމުން ބާސިލަށް ބޮޑަށް އަނިޔާއެއް ލިބުނެވެ. ފަހަތަށް ޖެހެމުން ގޮސް ބާސިލް އެތަނުން އަވަހަށް ދިޔައެވެ. އަހަން އައި ސުވާލުވެސް އަހާނުލައެވެ. އެއަށްވުރެ ބޮޑަށް އެހިތުގައި ޖެހިއްޖެއެވެ. ދުވަހަކުވެސް ލީނިޔާގެ ކުރިމައްޗަށް އަރަން ބާސިލަށް ކެެރިދާނެބާއެވެ. ކަންތައްތައް ބަދަލުވެގެން ދެން ދާނީ ކިހިނެއްބާއެވެ. ********************************* ހުވަފެނަކީ ތެދުކުރަން އުޅުނީމާ ހަޤީގަތަކަށް ވާކަންކަމެވެ. މީ އަޝްބާ ދެކޭގޮތެވެ. […]
އެލީނާ އަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އޭނާގެ ގޭގައި އޭނާގެ އަމިއްލަ ބަގީޗާއެއް ވެސް އޮވެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ވަރަށް ވެސް އުފަލުގައެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ބުނާހާ މަދުސިކުންތު ކޮޅެއް ތެރޭގައެވެ. އޭނާގެ މައިންބަފައިން ވަރިވުމުން އޭނާގެ ދިރިއުޅުން މާލެއަށް ބަދަލުކުރަންޖެހުނެވެ. އޭނާ ދިރިއުޅެން ޖެހުނީ ދެ ކޮޓަރި އާއި ކުޑަ ބަދިގެއެއް ހުންނަ ކުޑަ އެޕާޓްމެންޓެއްގައެވެ. އެލީނާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމަ އާއި ހަތަރު އަހަރުގެ […]
ލިނީ ފެންނަން ހުރީ ހިމޭނުންނެވެ. އޭނާގެ ހިތާމަ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޚުބާބްގެ ބިރުވެރިކަމާ އެއްވެފައި އޮތް ފަދައެވެ. މިވަގުތު އެމީހުންގެ ކާރު ދިޔައީ ބިރުވެރި މިސްރާބަކަށްކަހަލައެވެ. އެކަމަކު ޚުބާބާއި ބާސިލްގެ އެހީގައި، އެ ހިމޭންކަން ވީރާނާވިއެވެ. އެމީހުންގެ ގުޅުން ބާރުގަދަވިއެވެ. މިއީ އަނެއްކާ ދާއިމީ ފަރުވާއެއްބާއެވެ. ނޫނީ ވަގުތީ ހަތިޔާރެއްބާއެވެ. އެހެން ނޫނިއްޔާ ހަމަ މިކުދިންނަށް ދެން އޮތީ އަސްލުވެސް އުފަލުގެ މަނާޒިރެއް ހެއްޔެވެ؟ އެހެންވިއްޖެއްޔާ ދުވަހަކުވެސް މިގުޅުން ތަކަށް ބަދަލެއް ނާންނާނެ ނޫންހެއްޔެވެ؟ […]
އެއް ހެދުންލާފައި އަނެއް ހެދުން ލާފައި ހޫރިޔާ އުޅޭއިރު ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެނދުމަތިވެސް އޮތީ ހޫރިޔާ ބާލަމުންދިޔަ ހެދުންތަކުން ފުރިފައެވެ. ރީތިވާ މޭޒު ހުރީ ކޮޅާ ކޮޅު ނުފެންނަށް ވަރަށް މޭކަޕް ސާމަނުން ބަރާވެފައެވެ. ހިތްކިޔާ ކަހަލަ ހެދުމެއް ލެވުނީވެސް އަށްވަރަކަށް ހެދުން ލެވުނު ފަހުންނެވެ. ލެވޭއިރު ހެދުމެއް ދިގުވެދާނެވެ. ނުނީ ދޫވެދާނެއެވެ. ނަމާދުކޮށްގެން ގެއަށް އައިސް ވަތް ރިޔާނު ހުއްޓުނީ ވިލިގިއްޔަށް ދާން ތައްޔާރުވެގެން ހުރި ހޫރް ފެނިފައެވެ. އޭނާއަށް ގަބޫލުކުރަން […]
ޖިންނި ސައިތޯނުން އަކީ އަހަރުމެން އިންސީންނާ އެކު އުޅެމުން އަންނަ ބައެކެވެ . މި ބިންމައްޗަށް ފައިބައި އެ ސޮރުމެން އުޅެއެވެ . ނަމަވެސް އަހަރުމެންނަށް އެ ސޮރުމެން ވަނީ ވައްހަނާ ވެގެންނެއެވެ . 14 15 ގެ ހަނދު ދޭ ރެއެކެވެ . އަހަރެން ފޫހި ފިލުވާލުމަށް އާދާގެ ރޭ ގޮތަށް އަހަރެން ސައިކަލުގައި ނިކުތީމެއެވެ . ރަށު ތެރޭގައި ދުއްވާލުމަށެއެވެ . އަބަދު ގޭ ތެރޭގައި ނޯތުމަށާއި ، މީހާ އެއްކޮށް ސްޓެރެސް ފިލުވާލުމަށްޓަކައި […]
އަހަރެން މަޑުމަޑުން ލޯ މަރާލީމެވެ. މުޅި ދުނިޔެ ހިމޭންވި ކަހަލައެވެ. އަހަރެންގެ ހިތުތެރޭގައި ކުރަހާލެވުނީ ވަރަށް ފުރިހަމަ މަންޒަރެކެވެ. އެއީ އެއަރޕޯޓެވެ. މީގެ ފަސް އަަހަރުކުރިއެވެ. ވިހި ނޮވެންބަރު ދެހާސް އަށާރައެވެ. ފެންނަނީ އެލޯބި ޒުވާނާއެވެ. އެޒުވާނާ ހުރީ ނަލަހެދިގެންނެވެ. ހުދުފޭރާމުގައެވެ. އިސްތަށިގަނޑު މާ ދިގެއްނޫނެވެ. އޮތީ ރީތި ވަރަކަށެވެ. ހަމަ ކުއްލިއަކަށް ދެ ލޯ ހުޅުވިއްޖެއެވެ. މަންޒަރު ބަދަލުވެއްޖެއެވެ. އެއީ އުފާވެރި ދަތުރެކެވެ. އެ ދަތުރުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އެކަމަކު އެ ޒުވާނާގެ […]
ލީނިޔާގެ ދެލޯ ކަރުނުން ފުރުނެވެ. އެބުނީ ހަމަ ތެދެކެވެ. މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކެވެ. ނޭނގެނީ ވަގުތެވެ. ދުވަހެވެ. މަންމައަށް ހިތްވަރަކަށް ވާން ލީނިޔާ އަޒުމު ކަނޑައެޅިއެވެ. ކުޑައަށް ތިބި ދެކޮއްކޮގެ ހައްްޤުގައެވެ. އެކުދިނަށް ވާނީ އަދި އެންމެ ފަނަރަވަރަކަށް އަހަރެވެ. ކުރިމަގު އޮތީ ނޫންހެއްޔެވެ؟ މީ ކެތްތެރިކަން އިސްކުރަންވީ ވަގުތެވެ. ހިތްވަރުކުރަންވީ ދުވަހެވެ. ކުރިއަށް އޮތްތައި ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއްބާއެވެ. ފަސް އެކުވެރިންގެ ގުޅުމަށް ބުރޫއެއް އަރާފާނެބާއެވެ. ********************************** ބައްޕަ ފަސްދާނުލިތާ އެއް […]
އަހަންނަށް ރޭގަނޑުގެ ހަމަ ނިދި ވެސް ނުލިބުނެވެ.އެހެން ރޭ ރެއާ ޚިލާފަށް އަހަންނަށް ނުނިދުނީ ދެރަވެގެން ރޮވޭތީއެއް ނޫނެވެ.މިރޭ އަހަރެންގެ ދެލޮލަށް ނިދި ނައީ ހިތަށް ލިބިފައިވާ އުފާވެރިކަމުގެ ބޮޑުކަމުންނެވެ. **** އިރު އެރިތަނުން އަހަރެން ދުވަހަށް ޝެޑިއުލްކޮށްފައި ހުރި ކުލާސްތައްވެސް ކެންސަލް ކޮށްލައިފީމެވެ.ހެނދުނު ސައި ހަދަން ބަދިގެއަށް ވަދެފައިވެސް އަހަންނަށް އުޅެވުނު ގޮތުން މަންމަވެސް އިނީ ވަރަށް ހައިރާންވެފައެވެ.މޮޅީގެ ސާލު އޮޅައިގެން އަބަދުހެން ކޮޓަރީގައި އޮންނަ މީހަކު އާދަޔާ ޚިލާފު އުފާވެރި މޫޑެއްގައި ފެނުމުން ހައިރާން […]
” ލީނިޔާ: ދެން ޝިރޫ އޯ؟” ކެތްނުވެގެން ލިނީއަށް ބުނެވުނެވެ. “ސާއިލް: ހާސްނުވޭ ތިކަމާ” ސާއިލް ބުނެލިއެވެ. މިހާރު ބައްޕަ ނެތް ނަމަވެސް، ލީނިޔާއަށް ސާއިލްގެ “ސަޕޯޓް” ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހުމާމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލީނިޔާއަށް ބާރު ލިބޭނެއެވެ. ކަންތައް ބަދަލުވެގެން ދާނީ ދެން ކިހިނެއްބާއެވެ؟ މިކަމުން ސާއިލް އާއި ޝިރުހާގެ ގުޅުމަށް ބުރޫއަރާފާނެބާއެވެ؟ **************************************************************** ދުނިޔެއަކީ ވަރަށް އެހެންކަހަލަތަނެކެވެ. ތިމާ ވާން އެދޭ ކަމެއްވުމަށް ވުރެ މިތާ ނުވުންގާތެވެ. މީ ދުނިޔެ […]