ބްލަޑް 2 (15)
“ކަރެންޓް ޓައިމް، 6 އޭމް. ޕޭޝަންޓްސް ނޭމް ރުވާން އަހްމަދު ރަވާން. ވީއާރ ޕާރފޯމިންގ އަ ނިއުރޯފީ އޮން ހިސް ރައިޓް ލެގް. ހީ ވޯސް ސްޓަބްޑް އެއް ސަމްއޮފް އިސް ވެއިންސްއާރ ސެވިއާރލީ ޑެމޭޖްޑް. ސްކޭޕަލް..” ޑަކްޓަރ އެލެކްސް ސާރޖެރީ ފެށުމުގެ ކުރިން އެންމެނަށް އިވޭ ވަރަށް ބުނެލިއެވެ.
ރަވާންއާއި އެކު ލަސް ހިނގުމެއްގައި އޮޕަރޭޝަން ރޫމް ކައިރިއަށް ދިޔަ ނޯޔާއަށް ވެއިޓިންގ އޭރިޔާގައި އިން ޒުވާން އަންހެން ކުއްޖާ އަޅައިގަތެވެ. އެކުއްޖާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނައިން އެއީ ރުވާން އާއި ގާތް ކުއްޖެއްކަން ނޯޔާއަށް އެނގުނެވެ. ހިނގުން ބާރުކޮއްލާފައި ނޯޔާ ގޮސް އެކުއްޖާ ކައިރީ އިށީންދެލީ އެހެންވެގެންނެވެ.
“ޔޫރާއެވެ.. އަހަރެންވެސް ޔޫރާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އަހަރެންގެ ހަގީގަތް އެނގުމުން ޔޫރާ އަހަރެން ދެކެ ގަންނާނީ ބިރުކަން ގައިމެވެ. ޔޫރާއެވެ. މިހާލާއި އެކު ޔޫރާއަށް އަހަރެން ބަލައިގަނެވޭނެ ހެއްޔެވެ؟”
“ތިއީތަ ޔޫރާއަކީ؟” ނޯޔާގެ ސިނކުޑިއަށް މަޒީގެ އެހަނދާވުމުން އިށީންދެލާފައި އަހާލިއެވެ.
“ލައްބަ…” ޔޫރާ ލޮލުން ކަރުނަ ފުހެލާފައި ބުނެލިއެވެ. ވަގުތުން ނޯޔާ ޔޫރާގައިގައި ބައްދައިގަތެވެ. ޔޫރާ އިނީވާނުވާ ނޭނގިފައެވެ.
“ދަރިފުޅާ.. އިނގޭތަ. ރުވާން… މަގޭ ރުވާން ދަރިފުޅުދެކެ ވަރަށް ވަރަށް ލޯބިވޭ.. އޭނަ އަބަދުވެސް ހިތާމަކުރޭ އޭނާގެ ހާލަތުހުރި ގޮތުން ޔޫރާއަށް ކައިރިނުވެވޭތީވެ. ދަރިފުޅާ.. ރުވާންގެ ހަޔާތަށް ލިބުނު ހަމައެކަނި އުފާވެރިކަމަކީ ތިއީ..” ޔޫރާގެ ބުރަކަށީގައި ފިރުމަމުން ނޯޔާ ބުނެލިއެވެ.
“ތިއީތަ ރުވާންގެ މަންމައަކީ؟” ޔޫރާއަށް އަހާލެވުނެވެ. ނޯޔާއާއެކޭ ބުނެލިއެވެ. ޔޫރާގެ ދެއަތުން ނޯޔާގެ ހަށިގަނޑުގައި ފިރުމާލިއެވެ. ޔޫރާއަށް އެވާވަރު އެނގޭނީ ޔޫރާއަށެވެ. ދެން އަދިއަމުން މައިމީހާއަށް ކިހާވަރެއްވާނެ ހެއްޔެވެ؟
45 މިނިޓްގެ އޮޕަރޭޝަންއަކަށް ފަހު ރުވާންގެ އޮޕަރޭޝަންނިމުނެވެ. ހޭއެރުމުން އެތެރެއަށްވަދެވޭނެ ޙަބަރު ލިބުމުން ޔޫރާ، ނޯޔާއަދި ރަވާންއަށްވެސް ހިތްހަމަ ޖެހުން ލިބުނެވެ.
ކައިޝަންއޮތް ކޮޓަރިއަށް މިލްޔާވައިން އިރު ކައިޝަން ދެލޯހުޅުވައިގެން އޮތެވެ. ކައިޝަންގެ މޫނުމަތިން ވަރުބަލި ކަމާއި ވޭން ފެންނަށް ހުރިނަމަވެސް ކައިޝަން މިލްޔާ ފެނުމުން ހިނިތުންވެލިއެވެ. މިލްޔާހިތުގައި ޖެހުނެވެ. އަނގަމަތީގައި އޮކްސިޖަން މާސްކްއެއް އިން އިރު، އަތަށްވަނީ ލޭޕެކެޓަކާއި އައިވީ ފުޅިއެއްގުޅުވާފައެވެ.
“ކިހިނެއްތަ؟” މިލްޔާގެ އަޑުއައީ ކެނޑިކެނޑިގެންނެވެ.
“އަހަރެން އޯކޭއޭ.. ދެން މިލޫ ހާސްވާއެއްޗެއްނޫނޭ..” ކައިޝަން ހިނިތުންވެލާފައި ބުނެލިއެވެ.
“ދެން މިހާރުވެސް ތިވިގް ގަނޑުއަޅައިގެންތަ އޮންނަންވީ؟” ކައިޝަންގެ ކަޅު އިސްތަށިގަނޑުގައި ހިފާލަމުން މިލްޔާ ބުނެލިއެވެ.
“އައުޗް! މިލްޔާ ޔޫ ކަލާރ ބްލައިންޑް އީތަ؟ އަހަރެން ވިގް ޖަހައިގެންއެއް ނޫނޭ މިއޮތީ” ކައިޝަން ބުނެލިއެވެ.
“ވަޓް؟!؟” އެކަމަކު… ކައި ޔުއާރ ހެއާރ އިސް ބްލެކް…” މިލްޔާ ބުނެލިއެވެ.
“ހެހެ ކިހިނެއްވީ؟ އަހަރެން ނޯރމަލްކޮށް ހުންނައިރު މާ ހަޑީތަ؟” ކައިޝަން ހިނިތުންވެލައިފައިފައި ބުނެލީ ކައިޝަންގެ ހަށިގަނޑުގައި އެވައިރަސް މިހާރު ނެތްކަން ކައިޝަންއަށް އެނގޭތީއެވެ. މިލްޔާއަށް ވީ އުފަލުން ކައިޝަންގެ ހަށިގަނޑުގައި ބައްދާލެވުނެވެ.
“ޔޫރާ ކިޔާބޭފުޅަކު އެބަ ހުރިތޯ؟” ހިނދުކޮޅެއްފަހުން ނަރުސްކުއްޖަކު ނިކުމެއެއްސެވެ.
“ލައްބަ އަޅުގަނޑު” ޔޫރާ އަވަސް އަވަހަށް ބުނެލިއެވެ.
“ރުވާން ހޭއަރައިފި. ޔޫރާއަށް ގޮވާލަދިނުމަށް އެދުނީ” އެކުއްޖާ ބުނެލިއެވެ. ނޯޔާއަށް ހިނިތުންވުމެއްދީފައި އެކުއްޖާއާއި އެކު ޔޫރާ ހިނގައިގަތެވެ. ރުވާން ހޭއެރިކަން އެނގުމުން ރަވާން އަދި ނޯޔާވެސް ހިތްހަމަ ޖެހުނެވެ.
ރުވާން އޮތް އެނދާ ކައިރީވީ ވަރަކަށް ދިޔައީ ރުވާންގެ ހަށިގަނޑާއި ގުޅުވާފައިވީ މެޝިނުތަށް “ބީޕް” ގޮވާއަޑު ގަދަވަމުންނެވެ. ޔޫރާގެ ހިތުގެ ތެޅުންވެސް ދަނީ ގަދަވަމުނެވެ. ރުވާންގެ ކަނާތުފައިގައި ބޭސްއަޅާފައި ހުރިއިރު އަނގަމަތީގައި އޮކްސިޖަން މާސްކްއެއް އިނެވެ. ރުވާންގެ އަތަށްވަނީ ލޭޕެކެޓަކާއި އައިވީ ފުޅިއެއްގުޅުވާފައެވެ. އެނޫނަސްވެސް އެތަށް މިތަނަށްވަނީ އެކި ކަހަލައިގެ މެޝިން ގުޅުވާފައެވެ.
“ރު..ރުވާން.. ތިއީ… ތިއީ.. ޔޫރާގެ ރުވާންދޯ؟” ރުވާން ގެ ކޮލުގައި އިނގިލި ކުރި ޖައްސާލަމުން ޔޫރާއެއްސެވެ. ޔޫރާގެ އެ މައުސޫމް ހަރަކާތުން ރުވާންގެ ހިތް ލޯބިން ފުރުނު ފަދައެވެ.
“ޔެސް.. އައިމް ޔޫރާގެ ރުވާން..” ހިނިތުންވެލާފައި ރުވާން ބުނެލިއެވެ. ޔޫރާ ރޮއެގަންފައި ރުވާންގެ މޭގައި ބޯއަޅާލިއެވެ.
“ހައު ކުޑް ޔޫ؟؟ ސީރިއަސްލީ ހައި ކުޑް ޔޫ ލީވްމީ ލައިކްދިސް؟؟؟ ރުވާންއަށް އެނގޭތަ އަހަރެން އެކަނި ވެރިވީވަރު؟ އަހަރެން ދެރަވީވަރު؟ ޔޫ ހޭވް ނޯ އައިޑިއާ. އައި ހޭޓް ޔޫ ފޯރ ލީވިންގ މީ ލައިކް ދެޓް” ޔޫރާ ރޮމުން ރޮމުން ޝަކުވާ ކުރަންފެށިއެވެ.
“އައިމް ސޮރީ ޔޫރާ.. އައި ހޭޑް ޓު…” އެހެން ބުނެ ފާއިތުވި 7 މަސް ތެރޭގައިވީ ހުރިހާކަމެއް ރުވާން ޔޫރާއަށް ކިޔައިދިނެވެ.
“އަހަރެން ޔޫރާ ދުރެއްނުކުރަމޭ. އަހަރެން ޔޫރާއަށް ވާނުވާ އަބަދުވެސް ބަލަން.. އަހަރެން ކިހިނެއް ޔޫރާ އެކަނިކޮށްފަ މަރުވާނީވެސް؟” ރުވާން ބުނެލިއެވެ. އެވަގުތު ރުވާންގެ ދެލޮލުންވެސް ކަރުނަ ނިރާލިއެވެ.
“އައި ލަވް ޔޫ” ޔޫރާ ބުނެލިއެވެ.
“އައި ލަވް ޔޫ ވޭ މޯރ” ރުވާންވެސް ހިނިތުންވެލާފައި ބުނެލިއެވެ. ޔޫރާއަށްވެސް ހިނިތުންވެލެވުނެވެ. ޔޫރާގެ ނިއްކުރިމަތީގައި ޔޫރާގެ ދެލޮލަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅު އެއްފަރާތްކޮއްލަމުން ރުވާން އަނގަމަތީގައި އިން މާސްކު ތިރިކޮއްލިއެވެ. ރުވާން ޔޫރާގެ މޫނާ ކައިރިވެލުމުން ޔޫރާ ލޯމަރާލީ ހިނިތުންވެލާފައެވެ.
“ދެން މިހާރަކު ނޫން.. ރުވާން ދޫކޮށްލީމަ..އަނެއްކާ ކަޑަވެދާނެ..” ޔޫރާ ރުވާންއާއި ދުރުވެލަމުން ބުނެލިއެވެ. އޭރު ޔޫރާގެ ދޮން މޫނު ހީވަނީ ޓޮމާޓޯކޮޅެއްހެންނެވެ. ރުވާން ހިނިގަނޑެއް ޖަހާލީ ޔޫރާ ލަދުގައިންކަން އެނގުމުންނެވެ. ޔޫރާ ތުންކޮޅު އޫކޮށްލާފައި ރުވާންއާއި ދިމާލަށް ކަޅިއަޅައިލިއެވެ.
“އެކަމަކު… ކީއްވެ މިހާރު ރުވާންގެ އިސްތަށިކޮޅު ބްލެކް ކުލައިގަ؟” ޔޫރާއަށް އަހާލެވުނެވެ. ރުވާން ހިނިތުންވެލީ އެކަން ރުވާންއަށް މިހާރުވެސް އެނގިފައިވީތީއެވެ.
“އަސްލު ރުވާންއަކަށްވެސް ނޭނގެ.. އަހަރެންގެ ޓެމްޕަރޭޗާ ބަލާފަ ނާރސް ކުއްޖާ ބުނިއަޑު އިވުނު 36 ގަ އޭ އިނީ. އަހަރެންގެ ޓެމްޕަރޭޗާވެސް މިހާރު ނޯރމަލް. އަހަރެން ކުރިމަތީގަ ލޭޕެކެޓެއް އިން އިރުވެސް އައި ފީލް ނަތިންގ.. ދެން އޭރުގަ އަހަރެންނަށް ކަމެއްވިޔަސް އަވަހަށް ހީލްވޭ. ނަމަވެސް މިފަހަރު ކިރިޔާ ފުރާނަ ސަލާމަތްވީ.. ސޯ.. އަލްހަމްދުލިއްލާހް.. ﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި” ރުވާން ބުނެލީ ހިނިތުންވެލާފައެވެ.
“ދެން އަހަރެންގެ އަތުން ދޫކޮށްނުލައްޗޭ. ނެވާރ އެވާރ” ޔޫރާ ރުވާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އޯލްވޭސް އެންޑް ފޯރއެވާރ” ރުވާންވެސް ބުނެލިއެވެ.
“ރުވާން މަންމަމެންވެސް އެބަތިބި..” ޔޫރާ ބުނެލިއެވެ. ރުވާން ބޯޖަހާލާފައި އެމީހުންވެއްދުމަށް ބުނެލިއެވެ. އަދި ރުވާންގެ ހަށިގަނޑުގައި މިހާރު އެވައިރަސް ނެތްވާހަކަވެސް ބުނުމަށް އެދުނެވެ.
ނޯޔާއާއި ރަވާން ރުވާން އޮތް ކޮޓަރިއަށް ވަނީ އުފަލުގެ ކަރުނަ އޮހޮރަމުންނެވެ. ރުވާންގެ އަތް ތިލައިގައި ހިފާލުމުން ހޫނުކަން އިހުސާސްވުމުންވެސް ނޯޔާގެ ހިތް އުފަލުން ނަށާލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޔޫރާވެސް ހުރީ ހިނިތުންވެލައިގެނެވެ. ރުވާންގެ ހިތުންވުން ފެނުމުން ޔޫރާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ﷲ އަށް ހަމްދުކުރެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
އިރުއޮއްސެމުން ދިޔަވަގުތެވެ. ފުލުހުންތަށް މަދުވެ ހޮސްޕިޓަލު ތެރެ އޭރުވަނީ ހަމައަކަށް އެޅިލާފައެވެ. އެވަގުތަށް ބަލަ ބަލަ ތިބިކަލައެެވެ. އެވަގުތު ހޮސްޕިޓަލް ކުރިމައްޗައް ކަޅުކުލައިގެ ކާރެއްހުއްޓިއެވެ. ދުއްވަން އިން ޑްރައިވަރ ދުވެލާފައި ނިކުމެ ފަހަތު ސީޓު ދޮރު ހުޅުވާލިއެވެ. އެވަގުތު ކާރު ތެރެއިން މެދުއުމުރުގެ ފިރިހެނަކު ނުކުތެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ޝަޙްސިއްޔަތު ރަނގަޅުކަމައް ދައްކައެވެ. އެޒުވާނާ ހޮސްޕިޓަލަށް ނަޒަރު ހިންގާލާފައި ކުރިއަށް ހިނގައިތެވެ. އޭރު އެތާތިބި އެންމެންގް ބޮލުގައިވެސް އިނީ އެއްސުވާލެކެވެ. އެއީ ކާކުހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







vrh reethi mi part ves
Jazaakallah Khairan❤️❤️
Mibai vx vrh reethi as usual
Keep up the gud work sis
Jazaakallah Khairan❤️❤️
In sha allah i will🥰