Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (4)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 4, 2024 3 Mins Read
2 Comments

އައި ނޯ، ޔޫރާ އަހަރެންދެކެ ލޯއިތްބެއްނުވޭ. އެކަމަކު އަހަރެން ޔޫރާދެކެވަރަށް ލޯބިވޭ. އަހަރެންބޭނުން ޔޫރާ ޕްރޮޓެކްޓް ކުރަން. އަހަރެން އަޑު އެހިން، އިއްޔެ ރިޝްވާން ޔޫރާއާއި ފްލާރޓް ކުރި ވާހަކަ އަހަރެން އަޑުއެހިން. އެއީ ބޮޑު ގޭންގްއެއްގައި އުޅޭ ސޮރެއް. އޭނަ ބޭނުންވެއްޖެނަމަ އޭނާ ބޭނުން ނަމަ ބޭނުން ކުއްޖެއް އޭނާ ބޭނުންކުރާނެ. ގަދަކަމުންވިޔަސް އޭނަ ބޭނުން މަލަކުން އޭނާ ފޮނިބޯނެ. އަހަރެން ބޭނުން އެހެންވެ ޔޫރާ ޕްރޮޓެކްޓް ކުރަން. ޕްލީޒް. ވިލް ޔޫ ބީ މައި ގާލްފްރެންޑް؟”

ކައިޝަންގެ ވާހަކައަޑު އަހަން އިން ޔޫރާއަށް ވަނީ ބުނަންނޭންގޭ އިހުސާސެއްވެފައެވެ. ނަމަވެސް ނޫނެކޭ ބުނާކަށް ޔޫރާއަކަށް ނުކެރުނެވެ. ކައިޝަން ފެނުމުން ރުވާން މަތިން ހަނދާންވާތީއެވެ. ޔޫރާ އިސްއުފުލާ ކައިޝަންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅިހަމަވެގެން ދިޔައެވެ. ޔޫރާގެ ހިތުގެ ވިންދުވެސް ހިނދުކޮޅަކަށް ހުއްޓުނު ފަދައެވެ. ލުއިގޮތަކަށް ކައިޝަން ހިނިތުންވެލާފައި ބަލައިލީ ޔޫރާގެ ތުނިތުނި ތުންފަތަށެވެ. ޔޫރާއަށް އެކަން ރެއަކާލުމުން ދެލޯމަރާލެވުނެވެ. ކައިޝަންގެ އެދުން އެނގި ކައިޝަންއަށް ޔޫރާއަށް ހުއްދަދެވުނުފަދައެވެ. ޔޫރާގެ އެއަމަލަށް ކައިޝަން ކެއްމަދުވެފައި ހުރި ފަދައެވެ. މަޑުމަޑުން ޔޫރާއާއި ކައިރިވެލާފައި ކައިޝަން ޔޫރާގެ ތުންފަތަށް ބޮސްދިނެވެ.

ޔޫރާއަށް ދިޔައީ ތަފާތު އިހުސާސްއެއް ކުރެވެމުންނެވެ. ހިނދުކޮޅަކަށް ޔޫރާ ގާތުގައި އިނީ ކައިޝަންކަންވެސް ޔޫރާ ހަނދާން ނެތުނެވެ. ޔޫރާއަށް އިހުސާސްވަމުން ދިޔައީ ކައިރީގައި އިނީ ރުވާންކަމެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޔޫރާގެ ރުވާން ދުނިޔޭގައިނެއްކަން ޔޫރާ ހަނދާންވިއެވެ. ޔޫރާގެ ކުޑަކުޑަ ހިތުގައި ރިއްސާލީ އިންތިހާއަށެވެ.

“ސޮރީ…” މަޑުމަޑުން ކައިޝަންއާއި ދުރުވެލަމުން ޔޫރާ ބުނެލިއެވެ.

“އިޓްސް އޯކޭ. ސޯ.. އިސް ދެޓް އަ ޔެސް؟” ޔޫރާގެ ނިއްކުރިމަތީގައިވީ އިސްތަށިކޮޅު ރީތިކޮށްލަމުން ކައިޝަންއެއްސެވެ.

ޔޫރާ ލަދުވެތި ކަމާއި އެކު ބޯޖަހާލިއެވެ. އަދި އަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތީ ލަދުގައިންފައިވީ ވަރުންނެވެ. ނަމަވެސް ހުއްޓެން ޖެހުނީ ކައިޝަން ފަހަތުން ޔޫރާގެ އަތުގައި ހިފާ ގެނެސް ޔޫރާ ގައިގައި ބައްދާލުމުންނެވެ.

“އެއްވިސް ކަމަކާ ހާސް ނުވައްޗޭ. އަހަރެން އަބަދުވެސް ޔޫރާ ޕްރޮޓެކްޓް ކުރާނަން. އެއްވިސް މީހަކަށް ޔޫރާ ގައިގައި އިނގިލިކުރި ވެސް ޖައްސާނުލެވޭނެ” ކައިޝަން ބުނެލިއެވެ. ޔޫރާ ދިޔައީ ސިއްސައިގެންނެވެ.

****

ރުވާންގޮސް ޔޫރާއަތުގައި ހިފާ ހުއްޓުވިއެވެ. [ހެޔޮ.. މަ ޔޫރާ އަމިއްލަ ދިރިއުޅުން ތިހެން ހަލާކު ކުރިޔަކަ ނުދޭނަން!!!!!! ބުނޭ.. އެއްވިސް މަޖުބޫރީއެއްނެތި ޔޫރާ ތިހެން ނަހަދާނެ.. ބުނޭ!!!!!] ޔޫރާއަށް ކެއްވީ އެހިސާބުންނެވެ. ރުވާންގައިގައި ބައްދާލަމުން ރޯން ފެށިއެވެ. [ރުވާން….. މަންމަ….. މަންމަ އަހަރެންނަށް މަޖުބޫރު ކުރުވީ. ރުވާން.. އަހަރެން ކިހިނެތްދެން ހަދާނީ؟ އަހަރެން ބޭނުމެއްނޫން މޫސައާއި އިންނާކަށް. ޕްލީޒް ރުވާން ހެލްޕްމީ. އަހަރެންގެ ދިރިއުޅުން ހަލާކުނުވަނީސް އަހަރެން ސަލާމަތްކޮށްދީ ހެޔޮނުވާނެ ރުވާން” ރޮމުން ގިސްލެވޭ ހާލުގައި ޔޫރާގެ މަޖުބޫރީ ހާލަތު ޔޫރާ ރުވާންއަށް ކިޔައިދިނެވެ. ރުވާން ޔޫރާގެ ލޫޅާފަތި ހަށިގަނޑުގައި ބައްދާލީ ލޯބިން ފުރިގެންވާފަދަ ގޮތަކަށެވެ.

“އެއްވިސް ކަމަކާ ހާސް ނުވައްޗޭ. އަހަރެން އަބަދުވެސް ޔޫރާ ޕްރޮޓެކްޓް ކުރާނަން. އެއްވިސް މީހަކަށް ޔޫރާ ގައިގައި އިނގިލިކުރި ވެސް ޖައްސާނުލެވޭނެ” ޔޫރާގެ އިސްތަށިކޮޅުގައި ފިރުމާލަމުން ރުވާން ބުނެލިއެވެ.

****

މާޒީގެ އެދުވަސް ހަނދާވުމުން ޔޫރާ ގައިގައި ހީވީ ކަރަންޓު ޖެހުނުހެންނެވެ. “އެއްވިސް ކަމަކާ ހާސް ނުވައްޗޭ. އަހަރެން އަބަދުވެސް ޔޫރާ ޕްރޮޓެކްޓް ކުރާނަން. އެއްވިސް މީހަކަށް ޔޫރާ ގައިގައި އިނގިލިކުރި ވެސް ޖައްސާނުލެވޭނެ” ރުވާންވެސް ބުނީ ހަމަ އެހެންނެވެ. ޔޫރާ އިސް އުފުލާލާ ކައިޝަންގެ މޫނަށް ބަލައިލިއެވެ. ކައިޝަން ހިނިތުންވެލިއެވެ. ޔޫރާވެސް ރައްދުގައި ހިނިތުންވެލާފައި ހިނގައިގަތީ ބޮލުގައި އުފެދެމުން ދިޔަ ހައިޖާނުގެ ބޮޑުކަމުންނެވެ.

“ޔޫރާ..” ކައިޝަން ގޮވާލިއެވެ. ޔޫރާ ފަސް އެނބުރި ބަލައިލާ ނިއްހިއްލާލިއެވެ.

“ނަންބަރު؟” ފޯނު ދައްކާލަމުން ކައިޝަން ބުނެލިއެވެ. ހިނިތުންވެލާފައި ކައިޝަންގެ ފޯނުގައި ޔޫރާގެ ނަންބަރު ޖަހާލާފައި ޔޫރާ ކުރިއަށް ހިނގައިގަތެވެ.

****

“އޭ! ކަލޭ އަޅެ ސެޓާރންގަތަތީނީ؟ މަ މިހާރު ވާހަކަދައްކާ ދައްކާ އަނގަވާޅުވެއްޖެ” ހިޔާލަކަށް ގެއްލިފައި އިން ރިޝްވާންގެ އަތުގައި ބޮނޑިއެއް އަޅަމުން ޝިޔާން ބުނެލިއެވެ.

“އައްދޯތް ތަދުވެއްޖޭ!” ރިޝްވާން ބުނެލިއެވެ. ޝިޔާން ކަޅި އަޅައިލިއެވެ. “ހޫމް ކީކޭ؟” އަތުގައި ފިރުމާލަމުން ރިޝްވާން އެއްސެވެ.

“އަދިވެސް ޔޫރާ ހިޔާލުގަ ދޯ” ޝިޔާން ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ކަލޯ ހަމަ ހުވާ. އޭނަ ހާދަ ހޮޓޭ. މަހަމަ މޮޔަވޭ އެބަ. އުޅިބަލަ ރާވަން. ކިހިނެއްތަ ހަދާނީ؟ މީނަ ހިވަނީ ވަރަށް އިންޑިޕެންޑްންޓްހެން. ނުވާނެ ފަސޭހައެއް” ކައިރީގައި އިން ކޮފީތަށީގައި ތުން ޖަހާލަމުން ރިޝްވާން ބުނެލިއެވެ.

މެނދުރުވަގުތެވެ. މިލްޔާ ހުރީ ބަދިގެތެރޭގައި މެންދުރަށް ކެރެޓުބަތް ކައްކާށެވެ. މަސައްކަތުގައި ހުރި މިލްޔާ އުނދުން ކައިރިން ދުރަށް ޖެހިލީ ފޯނު ރިންގުވާން ފެށުމުންނެވެ.

“ހަލޯ؟” ކެރެޓުކޮޅު ތެލި ތެރެއަށް އަޅާލަމުން މިލްޔާ ބުނެލިއެވެ.

“ހެއީ. މިލްޔާ ރައިޓް” އެކޮޅުން އެއްސެވެ.

“ހޫމް. ތީ ކާކު؟” މިލްޔާ އެއްސެވެ.

“އާދިން. ބިޒީތަ؟ އުޅިބަލަ މީޓްވެލަން” އާދިންއެއްސެވެ.

“ހެހެ ނޫނޭ. ގޭގަ މިހުރީ. ޔޫ ކޭން ކަމް ހިއަރ. ކެރެޓު ބަތްކޮޅެއްކައްކަނީ” މިލްޔާ ބުނެލިއެވެ.

“މިލްޔާ މަންމަމެން އޯކޭ ވާނެތަ؟” އާދިންއެއްސެވެ.

“އަހަރެން އެކަންޏޭ އުޅެނީ. ޔޫކޭން ކަމް 1 ގަ. އޯކޭ” މިލްޔާ ބުނެލިއެވެ. އާދިންއެއްބަސްވެ ފޯނު ކަނޑާލިއެވެ.

މެނދުރު ކައިގެން އަހިސް ކުރާނެކަމެއްނެތިގެން ޔޫރާ ކޮޓަރިއަށް ވަދެ ވާހަކަފޮތެއް ނަގާ ކިޔަންފެށިއެވެ. އޭރުވެސް އެލީން ނުހޭލާތީވެ އެލީންއަށް ޖެއްސުމެއްކޮއްލަންވެސް ޔޫރާ ހިތައްއެރިއެވެ. އެހެން ހިތައް އަރާ ފައިބަން އުޅެނިކޮށް ފޯނުރިންގުވާން ފެށިއެވެ. ނުދަންނަ ނަނަބަރެއްކަމުން ނުނަގަން ހުރެފައިވެސް ނެގީ ކައިޝަންއަށް ވެދާނޭ ހިތަށް އެރުމުންނެވެ.

“ހަލޯ؟” ޔޫރާ ބުނެލިއެވެ.

“ހެލޯ ޔޫރާ.. ހަމަ މިސް ވެގެން މިގުޅާލީ” ކައިޝަން ބުނެލިއެވެ.

“ހެހެ. ޔޫރާވެސް ވަރަށް ފޫހިވެފަމިއޮތީ” ޔޫރާ ހަމަޖެހިލަމުން ހުރިހާ ސަމާލުކަމެއް ކައިޝަންއަށް ހުސްކުރިއެވެ.

“އެހެންތަ؟ ހިނގާބަ އައިސް ކްރީމް ބޯންދާން؟ ވަރަށް ހޫނުވެސް ގަދައޭނުން؟” ކައިޝަން ޔޫރާއަށް ދައުވަތު އެރުވިއެވެ. ޔޫރާ ކައިޝަންގެ ދައުވަތު ގަބޫލުކުރިއެވެ.

“އައްސަލާމު އަލައިކުމް” އާދިން މިލްޔާ ފޮނުވި އެޑްރެސްގެ ގެއަށް ވަދެލަމުން ސަލާމް ގޮވާލިއެވެ.

“ވާލައިކުމް ސަލާމް” މިލްޔާ ނުކުމެގޮވާލިއެވެ. ރަތްކުލައިގެ މެކްސީއެއްލާފައި އިސްތަށިކޮޅު ރޫޅާލާފައި ހުރުމުން މިލްޔާގެ ރީތިކަންއެތައް ގުނައަކަށް ރީތިވެފައިވާފަދައެވެ.

“ދެން ވަންނަންވީނުން؟ ހެހެ” އާދިން ސިއްސައިގެން ދިޔައީ މިލްޔާ ވާހަކަދައްކަން ފެށުމުންނެވެ.

“މިލްޔާ އެކަނިތައުޅެނީ؟” ކާންއިނދެފައި އެތަނުގައިވީ ފަޅުކަން ފިލުވާލުމަށް އާދިންވާހަކަދައްކަންފެށިއެވެ.

“ލައްބަ. މިލްޔާ މަންމައާއި ބައްޕަ މިދިޔައަހަރު އެކްސިޑެންޓްއެއްވެގެންނިޔާވީ. ދެން އޭރު މިލްޔާއަށް 17 ވީމަ ދެން މިލްޔާ ބެލީ މިލްޔާގެ އާންޓް. ދެން 18 ވީމަދެން ކިޔަވަންވެގެން މިއައީ. މިއީ އަސްލު އަހަރެންގެ ރަށަކީވެސް. އެކަމަކު ލާސްޓް އިއާރ އުޅުނީ މާލޭގަ” މިލްޔާ ބުނެލިއެވެ.

“އެހެންތަ؟ ސޮރީ ޓު އާސްކް” އާދިންއަށް އެސުވާލު އެހުމުން ދެރަވިއެވެ.

“ހެހެ ނޯ.. އިޓްސް އޯކޭ. ޓެލްމީ މޯރ އެބައުޓް ޔުއާރ ސެލްފް؟” މިލްޔާއެއްސެވެ. އާދިން ވާހަކަދައްކަމުން ދިޔަގޮތުން އާދިންގެ ހިތުގައިވެސް މިލްޔާއަށްޓަކައި ލޯބިވޭކަން މިލްޔާއަށް އެނގުނެވެ. ނަމަވެސް މިލްޔާގެ ހިތައްތަދުވީ އާދިންއަށް މިލްޔާއާއި އެކުނޫޅެވޭނެތީއެވެ. މިލްޔާ ކިތަންމެ ބޭނުންވިނަމަވެސްއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޔަލީން (1)

Next

އަބަދަށްޓަކައި ހިތުގެ ލޯބި (3)

Next
November 5, 2024

އަބަދަށްޓަކައި ހިތުގެ ލޯބި (3)

Previews
November 4, 2024

ޔަލީން (1)

2 Comments!

  1. gurrrrl says:
    November 5, 2024 at 1:55 pm

    alhe mi part ves vrh reethi curiously waiting finally yoora n kaishan is dating vrh gulhey edhemeehun… when is next partt ruvaan alun genebala dhww

    1. shihaamaa ali shihaamaa ali says:
      November 5, 2024 at 5:06 pm

      hehe dhw aslu vess vrh gulhey..
      in sha allah mirey genessdheveythw balaanan..

Comments are closed.

Next Episodeބްލަޑް 2 (5)←


All Right Reserved!