Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (10)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 13, 2024 3 Mins Read
6 Comments

ބޭރުގައި އެވާހަކަ އަޑުއަހަން ހުރި ކައިޝަން ހުރީ ހިތް ފުނޑުފުނޑުވާ ހާލުގައެވެ. އެކަހަލަ ލޯބިވާ މަންމައަކާއި ބައްޕައެއްލިބުނު ނަމައޭ ކައިޝަންގެ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ.

****

“އެލީ.. އެލީ.. ތެދުވަގަ. ކޮލެޖްއަށް ދާ ގަޑިޖެހެނީ” 45 7 ވީއިރުވެސް ނުތެދުވެއޮތުމުން ޔޫރާ ގޮވާލިއެވެ.

“ޔޫރާ ދޭ. އަހަރެން ނުދާނަން..” އެލީން ބަލިއަޑަކުން ބުނެލިއެވެ.

“އެލީ؟ ބަލީތަ؟” އެލީގެ އަޑު އިވުމުން ޔޫރާ ހާސްވެފައި އެއްސެވެ. ނަމަވެސް އެލީން އެއްޗެކޭ ނުބުނެ ދެލޯ މަރާލިއެވެ. ޔޫރާގޮސް އެލީންގެ ކަރުގައި އަތް ޖައްސާލިއެވެ.

“އެލީ؟ ތިހިރަ ހުމާ ފިހެނީނުން؟ ވާނ ޑަކްޓަރަށް ދާން. އިލްޔާދައްތާ.. އެލީ ވަރަށް ބޮޑަށް ހުންއަހިއްސަ” ޔޫރާ އަވަސައަވަހަށް އިލްޔާއަށް ގޮވިއެވެ.

“އަސްތާ. ދަރިފުޅޫ ތިއޮއް ފިހެނީހަމަ. ޔޫރާ އެކޮއެ ދޭ ކޮލެޖަށް. ދައްތަ އެލީކައިރީ ހުންނާނަން” އިލްޔާ ބުނެލިއެވެ.

ޔޫރާ ހިނިތުންވެލަމުން ގެއިންނުކުތެވެ. ނަމަވެސް އެކަނިދާން ޔޫރާ ފަސްޖެހުނެވެ. އަނެއްކާވެސް ރިޝްވާންއޭނާއަށް ދިމާކޮށްފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ އެހެން ކަމުން ޔޫރާ އަވަސްވެގަތީ ކައިޝަންއަށް ގުޅުމަށެވެ. އެވަގުތުފަހަތުން ސައިކަލެއްގެ އަޑު އިވުމުން ޔޫރާ ފަހަތް ބަލައިލިއެވެ. އޭރު ކައިޝަން ހިނިތުންވެލައިގެން ހުރެ ޔޫރާގާތަށް އަންނަނީއެވެ. ޔޫރާއަށް ހިނިތުންވެލެވުނެވެ.

“ކޮބާތަ އެލީން މިއަދު؟” ކައިޝަންއެއްސެވެ.

“އެލީ ހުން އަހިސް މިއަދު ނުދޭ. އެހެންވެ ރިޝްވާން ދިމާކޮށްދާނެތީވެ ގުޅަން އުޅެނިކޮށް ތިއައީވެސް ހެހެ” ޔޫރާ ބުނެލިއެވެ.

“ހެހެ ނަސީބެއްނުންދޯ” ކައިޝަން ބުނެލިއެވެ. 3 ވަރަކަށް މިނިޓް ދުއްވުމަށްފަހު ކޮލެޖާއި ހަމައަށް އާދެވުނެވެ. ސައިކަލު ޕާރކްކޮށްފައި ކައިޝަން ޔޫރާގެ މަޑުމަޑު އަތްތިލައިގައި ހިފާލިއެވެ. ޔޫރާ ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތެވެ.

“އޭ އޭ ކިހިނެއް މިހާރުމިވަނީ؟” ކައިޝަންއާއި އެކު ވަދެގެންއައި ޔޫރާ ފެނުމުން ރިޝްވާން ގާތުގައި އިން ރާއިލްބުނެލިއެވެ.

“ކަލޯ ތިވާހަކަ ނުދައްކާ! ބިޓުގޮލާހެން ހީވަނީ. ރޭގަ އެސޮރާ ރިޝްވާންއާއި ފައިޓްވެސް ކުރި. ވާ ބާރުގަދަ މީހެއް ހަމަ ހުވާ” ޝިޔާން ބުނެލިއެވެ.

“ނިމުނީތަ؟” ޝިޔާންއާއި ދިމާލަށް ކަޅިއަޅަމުން ރިޝްވާން ބުނެލިއެވެ. ވަގުތުން އެންމެންގެ އަނގަ ބެދުނެވެ.

“މަ އެކަން ކުރާނަން! ހެޔޮ ގަދަކަމުންވިޔަސް. ބަލަން ހުންނައްޗޭ” ރިޝްވާން ބުނެލިއެވެ.

“ކިހިނެއް؟ ކަލޭއަށް ގައިމު ފެންނާނެ އެ ސޮރުގެ ހުރި ވަރުގަދަ ކަން” ޝިޔާން ބުނެލިއެވެ.

“އިނގޭ. އެކަމަކުވެސް މަ ކުރަންބޭނުންކަމެއް މަކުރާނަން. ނުކުރާނަން ދުލެއް” ރިޝްވާން ބުނެލިއެވެ. އޭރު ރިޝްވާންގެ މޫނު މަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ.

“ކައިއަށް ފެނުނުތަ؟ ރިޝްވާން އިނީދެންމެވެސް ވަރަށް ފާޑަކަށް އަހަރުމެންނަަށް ބަލަން. ކައި.. އަހަރެން ބިރުގަނޭ” ޔޫރާ އޭނާގެ އިހުސާސްތަށް ކައިޝަން ކުރިމަތީގައި ހުޅުވާލިއެވެ.

“ބިރުނުގަނޭ. އިރާދުކުރެއްވިއްޔާ އަހަރެން ހުއްޓަ ނުކުރެވޭނެ އެއްކަމެއްވެސް.” ކައިޝަން ޔޫރާގެ އަތަށް ބާރުކޮށްލަމުން ބުނެލިއެވެ.

***3 ހަފްތާ ފަސް***

ސޯފާމަތީގައި އޮތް ކައިޝަންގެ މޫނު މަތިން ފެންނަނީ ހާސްކަމެވެ. މޫނުގައި އަތްހާކާލަމުން އަލުން ފޯނު ނަގާފައި “ލަވް އޮފް މައި ލައިފް” ގެ ނަމުން ސޭވްކޮށްފައި އިން ނަންބަރަށް ޑައިލްކޮށްލިއެވެ. މިފަހަރު ބުނީ ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ. ކައިޝަންއަށް ފޯނު ހޫރާލެވުނެވެ. މިލްޔާ ކޮބާބާއެވެ؟

މަޑުމަޑުން ދެލޯ ތަޅުވާލާފައި މިލްޔާގެ ކުޑަ ކުޑަދެލޯ ހުޅުވާލިއެވެ. އެވަގުތު ގާތުގައި އިން އާދިން މިލްޔާގެ ލޮލުގައި އަޅައިގަތެވެ.

“އަ..އާދު؟ ކި..ކިހިނެ..ކިހިނެއްވީ؟” މިލްޔާ ބަލިއަޑަކުން ބުނެލިއެވެ.

“މިލޫ؟ މިލޫ.. މިލޫ ކީއްވެ އާދު ގާތުގައި ނުބުނީ މިލޫ ކިޑްނީ ފެއިލްވާ ވާހަކަ؟ އެދުވަހު އަހަރެން މިލޫ ހޮސްޕިޓަލަށް ގެނައިރު މިލޫ ކިރިޔާ ފުރާނަހުރިކަން” އާދިން ރޮމުން ބުނެލިއެވެ. އެވަގުތު އެދުވަހު ހޭނެތުނުކަން މިލްޔާގެ ހަނދާނަށް އައެވެ.

“ދެން..؟ ދެން… ކިހިނެތްވީ؟؟” މިލްޔާއެއްސެވެ.

“އައި ޑޮނޭޓެޑް މައި ކިޑްނީ ފޯރ ޔޫ” އާދިން ބުނެލިއެވެ. މިލްޔާ ދެލޯ ދިޔައީ ތައްމިނަށް ހުޅުވިގެންނެވެ.

“ވަޓް؟ ކީކޭ؟ ހައު ކުޑް ޔޫ؟ ދެން އާދުއަށް ދެރަގޮތެއްވިއްޔާއޯ” މިލްޔާ އަވަސްއަވަހަށް ބުނެލިއެވެ.

“ހެވޭ. އަހަރެންނަށް މިލްޔާ މަރުވާން ދޫކޮށްނުލެވުނީ” އާދިން ބުނެލިއެވެ.

“ކޭންޔޫ ގެޓްމައި ފޯން؟” މިލްޔާ ބުނެލިއެވެ. އާދިން ބޯޖަހާލާފައި ގެނެސްދޭނަންކަމަށް ބުނެ ދިޔައީ ނަރުސްކުއްޖަކަށް ގޮވުމަށެވެ.

“ތޭންކްސް” އާދިންގެ އެކުވެރި ދާއިން މިލްޔާގެ ފޯނު ގެނެސްދިނުމުން އާދިން ބުނެލިއެވެ. ދާއިން ހިނިތުންވެލާފައި ކުރިއަށް ދިޔައެވެ. އާދިން އަވަސްވެގަތީ އަވަހަށް ހޮސްޕިޓަލަށް ވަނުމަށެވެ.

“އެލީ؟” ހޮސްޕިޓަލުން ނިކުންނަމުންއައި އެލީން ފެނި އާދިން ގޮވާލިއެވެ.

“އާދު؟ ތިއޯ؟” އެލީންއެއްސެވެ.

“ހެހެ މިއީދެން މިލްޔާގެ ކުޑަ ސާމާނުކޮޅެއް” އާދިން ހިނިތުންވެލާފައި އެއްސެވެ.

“މިލްޔާ… މިލްޔާ ހޭއެރީތަ؟” އެލީން އެއްސެވެ.

“ޔެސް. އަލްހަމްދުލިއްލާހް” އާދިން ބުނެލިއެވެ. “ދެން އެލީއޯ؟ ތިކޮންކަމެއް” އާދިން އެއްސެވެ.

“އޭރުންސުރެ އަދިވެސް އެކީ ރަނގަޅުނުވާތީވެ އަލުން ދައްކާލަން މިއައީ. މިހާރު ދާން މިދަނީ. އާދު އަދިވެސް ފޮނުވާލާކަށް ނުވޭތަ؟” އެލީން ބުނެލިއެވެ.

“ނޫނޭ. މިއަދު ހެނދުނު ފޮނުވާލައިފި. ނަމަވެސް އަހަރެން ދާހިތް ނެތީމަ ހަމަ ހުރީ..” އާދިން ބުނެލިއެވެ.

“އެހެން؟  ދެން ދަނީ އިނގޭ؟” އެލީންގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން އެލީން ބުނެލިއެވެ.

“ތޭންކްސް” މިލްޔާއަތަށް ފޯނު ދިނުމުން މިލްޔާ ބުނެލިއެވެ.

“އާދު ދޫކޮށެއްނުލާތައަދިވެސް؟” މިލްޔާ އެއްސެވެ.

“ނޫނޭ.. އަހަރެން ދޫކޮށްލައިފި. އެކަމަކު މިލްޔާގާތުގަ ހަމަ އިނީމި. މިއަދު ހެނދުނު ދޫކޮށްލީ” އާދިން ހިނިތުންވެލާފައި ބުނެލިއެވެ.

“ދެން ނޫން. އަހަރެންނަށް މިހާރު އާދުގެ ކިޑްނީވެސް ލިބިއްޖެ. އަހަރެން ބޭނުމެއްނޫން އާދުގެ ނިދިވެސް އަތުލާކަށް. ޔޫކޭން ގޯ ސްލީޕް. ދެން ފަހުން އާދޭ” މިލްޔާ ބުނެލިއެވެ.

“ޕްރޮމިސްމީ ކަމެއް ޖެހުނީއާ ގުޅާނަން ކަމަށް” އާދިން ބުނެލިއެވެ.

“ޕްރޮމިސް” މިލްޔާވެސް ބުނެލިއެވެ. އެހެންކަމުން ހިނިތުންވެލާފައި އާދިން ނުކުމެގެން ދިޔައެވެ.

އާދިން ދާންދެން ބަލަން ހުރެފައި މިލްޔާ ފޯނު ހުޅުވާލިއެވެ. އޭރު “މައި ފޯރއެވާރ” ގެ ނަމުން ސޭވްކޮށްފައި އިން ނަންބަރ ގެ 200 މިސްކޯލް އިނެވެ. މިލްޔާއަށް މަޑުމަޑުން ތުންފަތުގަ ދަތްއަޅާލެވުނެވެ. ފުންކޮށް ނޭވާއެއް ދޫކޮށްލާފައި މިލްޔާ އެނަންބަރަށް ޑައިލްކޮށްލިއެވެ.

“އަދި ކިރިޔާތަ ގުޅަން އެނގުނީ؟ އަޅެ މަށަށް މިހާރު ކިތައް ފަހަރު ގުޅިއްޖެތަ؟؟؟” އެކޮޅުން ބުނެލިއެވެ.

“ސޮރީ. އަހަރެން ވަރަށް ކަންކަން ހައިޑް ކުރިން. އަހަރެމެން އެދުވަހު މައްސަލަ ޖެހުނުފަހުން އަހަރެންނަށް އެނގުނީ އަހަރެން ކިޑްނީތަށް ދިޔައީ ފެއިލްވަމުންކަން.. އެހެން ފަހުން ބޭބް މާފަށް އެދުނީމަވެސް އަޅާނުލެވުނީ. އަހަރެން ދެން އުޅުނީ އެހެން ބޯއި އެއް ސެޑިއުސް ކުރަންވެގެން. ހީ ގޭވްމީ ހިސް ކިޑްނީ. ބޭބީ. ނައު އައި ކޭން ލިވް. އަހަރެން ދެންބޭނުމެއްނޫން އަހަރެންގެ ފީލިންގްސްތަކަށް އޮޅުވާލާކަށް. އަހަރެން މިއޮތީ ހޮސްޕިޓަލްގަ. ޕްލީޒްއާދެބަ. އައީމަ ރީތިކޮށްކިޔައިދޭނަން” މިލްޔާ އެއްނޭވައިން ހުރިހާވާހަކައެއް ކިޔައިދިނެވެ.

“ހޫމް އޯކޭ މިދަނީ..” އެކޮޅުން ބުނެލިއެވެ.

10 ވަރަކަށް މިނިޓްވީ އިރު ކައިޝަންހުރީ ހޮސްޕިޓަލްގައެވެ. ރިސެޕްޝަންގައި އިން ކުއްޖާ ގާތުއަހާފައި ކައިޝަންއަވަހަށް ދިޔައީ އެކޮޓަރިއަށެވެ.

“ކައި…” ކޮޓަރިދޮރު ހުޅުވާލި ކައިޝަން ފެނުމުން މިލްޔާ ގޮވާލީ ކުރަކިވެފައިވީ އަޑަކުންނެވެ. ކައިޝަން ހިތް ފުރާ ޝަކުވާވީނަމަވެސް މިލްޔާއިން ހާލުފެނި ހިތުގައި ރިއްސާލިއެވެ. “މިލޫ….” މަޑުމަޑުން ކައިޝަން މިލްޔާއަށް ގޮވާލިއެވެ. އޭރު ކައިޝަންގެ ދެލޮލުގައިވެސް ދިޔައީ ކަރުނަ ވިދަމުންނެވެ. ބަލާކަށް ނުހުރެ ކައިޝަން ދުވެފައި ގޮސް މިލްޔާގެ ތުންފަތަށް ބޮސްދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބްލަޑް 2 (9)

Next

ޝަލީން 17

Next
November 14, 2024

ޝަލީން 17

Previews
November 13, 2024

ބްލަޑް 2 (9)

6 Comments!

  1. Nawar says:
    November 14, 2024 at 5:54 am

    Mi part vx varah varah reethi…
    Thihaa bura koh ulhemun vx vaahaka up koh dheythy varah ufaavey….
    I appreciate your hard work….
    Alhey milya haadha nubaey….
    Whn next???
    Curiously waiting for the next part ❤️❤️❤️❤️❤️

    1. shihaamaa ali shihaamaa ali says:
      November 14, 2024 at 3:18 pm

      Jazaakallah Khairan
      Ikr.. mihr kudhin hama ulhey goi hehe.. in sha allah next part vess avahah genessdheynan

  2. gurrrrl says:
    November 14, 2024 at 11:12 am

    btw vrh nice mi part ves mashallah
    curiously waiting for next part.. keep it up
    your my fav.. love youu.. n thank you so much thihaa busy koh ulhemun ves vhk kiyaalan libeytheeve… dont worry we are always with U

    1. shihaamaa ali shihaamaa ali says:
      November 14, 2024 at 3:18 pm

      Jazaakallah Khairan<<33

  3. Myna says:
    November 14, 2024 at 4:13 pm

    ވާހަކަ ވަރަށް ރީތި. އެކަމު ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ވެންޕަޔަރ ޑިސްކްރައިބް ކޮށްދޭ އިރު އިޓްސް ބެޓަރ ޓު ޔޫސް “ފޭރާ ދަތް” އިންސްޓެޑް އޮފް ކެނައިން. އެންޑް ދެން އަހިސް އެއް ނުކިޔާނެ. އައިސް އިސް ދި ކަރެކްޓް ވާޑް. ދެން އެއްވިސް އެއް ނޫން. އެއްވެސް ރަނގަޅު ވާޑް އަކީ.
    Waiting for the next part

    1. shihaamaa ali shihaamaa ali says:
      November 14, 2024 at 6:56 pm

      Jazaakallah khairan, i’ll try my very best to improve 🙂

Comments are closed.

Next Episodeބްލަޑް 2 (11)←


All Right Reserved!