Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (16)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 18, 2024 3 Mins Read
5 Comments

މެންދުރުގެ ވަގުތެވެ. ހޮސްޕިޓަލުގައި އެއްއަޑުވެފައިވަނީ ގިސްލުމާ ރުއިމުގެ އަޑެވެ. ނަބީލްގެ އާއިލާގެ އެތައްބަޔަކު ތިބި އިރު ނަބީލްގެ އެކުވެރިންނާއި ނަބީލްގެ މުވައްޒަފުންވެސް ނަބީލްގެ ޖަނާޒާގައި ބައިވެރިވިއެވެ. ނަބީލްގެ ފުރާނަނެއް ހަށިގަނޑު ކައިރީ އިން ނީރާގެ ލޮލުން ކަރުނަ ނުހިނދެއެެވެ. ނުވަ މަހާ ނުވަ ދުވަސް ވަންދެން އެތައްބުރައަކާއި ތަކުލީފު އުފުލާފައި ދުނިޔެއަށް އުފަން ކުރިދަރިފުޅު އެހާ އިހާނަތި ގޮތުގައި މަރާލާފައި އޮއްވާ ފެނުމުން އަސަރު ނުކުރާނީ ކޮން މަޔަކައްހެއްޔެެވެ؟

ނަބީލްގެ ހަށިގަނޑާއި ތަންކޮޅެއް ދުރުގައި އިން ރުވާންގެ މޫނު މަތީގައިވެސްވީ ހިތާމެއެވެ. ރުވާންގެ ބޮލުގައި އެނބުރެމުން ދިޔަ “ނަމަ ނަމަ” އިން ރުވާން އިނީ ހަގީގަތުގައި ބޯގޮވަން ކައިރިވެފައެވެ.

“ދެންއެކަމާ މާބޮޑަށް ނުވިސްނާ.. ﷲ އިރާދަ ކުރެއްވިއްޔާ ދެން ނަބީލް އުޅޭނީ މާ އުފާވެރި ދުވަސްތަކެއް.. ރުވާން ދެން ގިލްޓް ފީލް ނުވޭ.. ނަބީލްގެ ފުރާނައަށް މީހަކު ޒިންމާ ވާން ޖެހޭނެ ނަމަ ޒިންމާ ވާން ޖެހޭނެމީހަކީ އަހަރެން…” ކައިޝަން ފުރޮޅުލީގޮނޑީގައި މިލްޔާގެ އެހީއާއި އެކު އަހިސް ރުވާން ކައިރީ ބުނެލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޔޫރާގެ މޫނުމަތީގައި އެވަގުތު ތަތްލީ ސުވާލު މާރކއެކެވެ. ކައިޝަންއާއި މިލްޔާގެ އޮތް ގުޅުމަކީ ކޮބާބާއެވެ؟

އަސްރު ނަމާދަށްފަހު ނަބީލްގެ ކަށު ނަމާދުކުރެވުނެވެ. ރަށުގެ އެންމެންހެން އެ ނަމާދުގައި ބައިވެރިވިއެވެ. ނަބީލްއެއީ އެންމެންގެ ހިތްތަކުން ލޯބިހޯދާފައިވީ މުވައްޒަފެކެވެ. ބޭބެއެކެވެ. ދަރިއެކެވެ. އެކުވެރިއެކެވެ. އެންމެންގެ މޫނު މަތީގައިވެސްވީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ.

“ރުވާން.. ދެން އެހާބޮޑަށް ނުވިސްނާ.. ﷲ އިރާދަ ކުރެއްވިއްޔާ ނަބީލްއަށް ސުވަރުގޭގެ ދާއިމީ އުފާ ލިބޭނެ. ނަބީލްގެ މަރުގެ ޒިންމާ ނަގަންޖެހޭނެ ހަގީގީ ފަރާތަކީ އަހަރެން. ރުވާންއަށާއި ކައިޝަންއަށް ތިލިބުނު އަނިޔާއަށްވެސް ހަގީގަތުގަ ޒިންމާ ވާންވީ ފަރާތަކީ އަހަރެން….” ޔޫރާގެ ލޮލުން ކަރުނަ ނިރާލީ ބަސްބުނާހާއަވަހަށެވެ.

“ޝޫޝް.. އެއީ ޔޫރާގެ ކުށެއްނޫން.. އަހަރެމެން 3 މީހުންވެސް އެތަނަށް ދިޔައީ ޔޫރާ އޭނާގެ އަތްދަށުން ސަލާމަތް ކުރުމަށް. ނަބީލްއެއީ އަހަރެންގެ ބޭބެއެއް ފަދަ މީހެއް. ސިންގަލް ޗައިލްޑް އަކަށްވެހުރެ އަހަރެންނަށް އެކަނިވެރިކަން ފީލްވިޔަނުދިން މީހަކީ ނަބީލް.. އަހަރެންގެ އަނދިރި ހަޔާތަށް އައި ފުރަތަމަ ފަރާތަކީވެސް ނަބީލް.. ހަގީގަތުގަ އަހަރެން ހިނދުކޮޅަކަށް ގާވެއްޖެ.. އެކަމަކު އަހަރެން އުފާވޭ.. އެންމެ ފަހު ނޭވާއަށް ޖެހެންދެންވެސް ނަބީލް މަސައްކަތް ކުރީ ޔޫރާ ސަލާމަތް ކުރެވޭތޯ.. އަހަރެން ޔޫރާދެކެ ލޯބިވާވަރު އެންމެ ރަނގަޅަށް އެނގޭ މީހަކީއެއީ. އޭނާ މަރުވުމުގެ ކުރިން އެކޮއްދިނީ ހެޔޮކަމެއް. އެކަހަލަ އެކުވެރިއަކު އަދި ބޭބެ އަކު ދެއްވީތީވެ އަހަރެން އުމުރަށްވެސް ހެއްދެވިފަރާތަށް ޝުކުރުވެރިވާނަން…” ރުވާން ބުނެލިއެވެ.. ޔޫރާ ބޯޖަހާލިއެެވެ. ކުއްލިއަކަށް ޔޫރާގެ ބޮލަށް މިލްޔާ ފެނުނު ހަނދާންވިއެވެ.

“އަހަރެން ވާހަކައެއް އަހާލަންތަ؟ އަމް.. ކައިޝަންއާއި މިލްޔާގެ އޮތް ގުޅުމަކީ ކޮބާ؟” ޔޫރާ ނުކެރިފައިހުރެ ކަހަލަ ގޮތަކަށް އަހާލިއެވެ.

“އެއީ ކައިޝަންގެ އިންނަން އުޅޭ ކުއްޖާ.. ކިހިނެއްވީ؟” ރުވާން އަހާލިއެވެ. އެވަގުތު ރުވާންއަށް ކާން ހިފައިގެން ނޯޔާއައެވެ.

“ފަހުން ބުނާނަން އިނގޭ؟ އަހަރެން މިދަނީ އާދު ކައިރިއަށް ގޮސްލަން.. އެލީވެސް ވަރަށް ގިލްޓީ ވެފަހުރީ” ޔޫރާ ސިއްރު ސިއްރުން ރުވާން ގާތުގައި ބުނެލިއެވެ. ރުވާން ހިނިތުންވެލާފައި ބޯޖަހާލިއެވެ.

އިރުއޮއްސެމުން ދިޔަވަގުތެވެ. ފުލުހުންތަށް މަދުވެ ހޮސްޕިޓަލު ތެރެ އޭރުވަނީ ހަމައަކަށް އެޅިލާފައެވެ.  އެވަގުތަށް ބަލަ ބަލަ ތިބިފަހެވެ. އެވަގުތު ހޮސްޕިޓަލް ކުރިމައްޗައް ކަޅުކުލައިގެ ކާރެއްހުއްޓިއެވެ. ދުއްވަން އިން ޑްރައިވަރ ދުވެލާފައި ނިކުމެ ފަހަތު ސީޓު ދޮރު ހުޅުވާލިއެވެ. އެވަގުތު ކާރު ތެރެއިން މެދުއުމުރުގެ ފިރިހެނަކު ނުކުތެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ޝަޙްސިއްޔަތު ރަނގަޅުކަމައް ދައްކައެވެ. އެޒުވާނާ ހޮސްޕިޓަލަށް ނަޒަރު ހިންގާލާފައި ކުރިއަށް ހިނގައިތެވެ. އޭރު އެތާތިބި އެންމެންގް ބޮލުގައިވެސް އިނީ އެއްސުވާލެކެވެ. އެއީ ކާކުހެއްޔެވެ؟

“ހެއި އެލީ..” އާދިން އޮތް ކޮޓަރިއަށް ވަދެ މަރުމައްޔިތެއްހެން އިން އެލީންއަށް ޔޫރާ ގޮވާލިއެވެ.

“ހެއި.. ރުވާން ކިހިނެއްތަ؟” އެލީން ހިނިތުންވެލަން މަސައްކަތް ކުރަމުން އެއްސެވެ.

“އަލްހަމްދުލިއްލާހް މިހާރު އެބަ ރަނގަޅުވޭ.. އާދު ކިހިނެތް؟” އާދިންއާއި ކައިރިވެލަމުން ޔޫރާއެއްސެވެ. އާދިންގެ އަނގަމަތީގައި އިން މާސްކެއް މިހާރަކުނެތެވެ. ނަމަވެސް އާދިންގެ ހަށިގަނޑަށްވަނީ ތަފާތު ވައްތަރުގެ މެޝިންތަށް ގުޅުވާފައެެވެ. އާދިންގެ މޫނުމަތިން އެހާލުގައި އޮތް އިރުވެސް ފެންނަނީ ވޭނާ ހިތާމައެވެ.

“ޔޫރީ.. އައިމް ސޯ ސޮރީ.. ޔޫރީ ކައިރީ ބުނެލާފަ ދެވުނު ނަމަ…..” އެލީން ރޯންފެށިއެވެ.

” ދެން އަޅެ އެލީ ނޫން.. އައިމް އޯކޭ އޭނުން؟ އަޅެ އެލީ ނުދިޔަނަމަ މިއަދު އާދު މިތާކު ނޯންނާނޭނުން؟ ޔޫ މޭޑް ދި ރައިޓް ޗޮއިސް އޭސް ޔޫޝުއަލް..” އެލީންގެ ކޮލުގައި ހިފާލަމުން ޔޫރާ ބުނެލިއެވެ. އެލީންއަށް ހިނިތުންވެވުނެވެ.

“އަހަރެން ވާހަކައެއް އަހާލަންތަ؟ މިލްޔާ.. އެންޑް ކައިޝަންކަންތަށް އެނގުނީމަތަ..؟ އާދު..؟” ޔޫރާ އެއްސެވެ. ޔޫރާއައި ދިމާލަށް އެލީން ބަލައިލީ ޔޫރާ ބުނި އެތި ސާފުނުވެގެންނެވެ.

“ޔޫރީ ބުނީމޭނުން ކައިޝަންއެއީ ރުވާންއޭ؟” އެލީން ބުނެލުއެވެ.

“ޔާ.. އެކަމް ކައިޝަން ކިޔާ މީހެއް އޭރު ރުވާން ސޭވް ކުރީ.. ކައިޝަން އެގްސިސްޓް.. އަހަރެން ރުވާން ގަތުގައި އެދެމީހުން އެކުފެނުމުން އެހިން އެއީ ކޮންގުޅުމެއް އޮންނަބައެއްހޭ.. ބުނީމަ ބުނީ އެއީ ކައިޝަން އިންނަން އުޅޭ ކުއްޖާއޭ” ޔޫރާ އަތުގެ އިނގިލިތަކާއި ކުޅެލަމުން ބުނެލިއެވެ.

އިރުއޮއްސެމުން ދިޔަވަގުތެވެ. ފުލުހުންތަށް މަދުވެ ހޮސްޕިޓަލު ތެރެ އޭރުވަނީ ހަމައަކަށް އެޅިލާފައެވެ.  އެވަގުތަށް ބަލަ ބަލަ ތިބިކަލައެެވެ. އެވަގުތު ހޮސްޕިޓަލް ކުރިމައްޗައް ކަޅުކުލައިގެ ކާރެއްހުއްޓިއެވެ. ދުއްވަން އިން ޑްރައިވަރ ދުވެލާފައި ނިކުމެ ފަހަތު ސީޓު ދޮރު ހުޅުވާލިއެވެ. އެވަގުތު ކާރު ތެރެއިން މެދުއުމުރުގެ ފިރިހެނަކު ނުކުތެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ޝަޙްސިއްޔަތު ރަނގަޅުކަމައް ދައްކައެވެ. އެޒުވާނާ ހޮސްޕިޓަލަށް ނަޒަރު ހިންގާލާފައި ކުރިއަށް ހިނގައިތެވެ. އޭރު އެތާތިބި އެންމެންގް ބޮލުގައިވެސް އިނީ އެއްސުވާލެކެވެ. އެއީ ކާކުހެއްޔެވެ؟

އިރުއޮއްސެމުން ދިޔަވަގުތެވެ. ފުލުހުންތަށް މަދުވެ ހޮސްޕިޓަލު ތެރެ އޭރުވަނީ ހަމައަކަށް އެޅިލާފައެވެ.  އެވަގުތަށް ބަލަ ބަލަ ތިބިކަލައެެވެ. އެވަގުތު ހޮސްޕިޓަލް ކުރިމައްޗައް ކަޅުކުލައިގެ ކާރެއްހުއްޓިއެވެ. ދުއްވަން އިން ޑްރައިވަރ ދުވެލާފައި ނިކުމެ ފަހަތު ސީޓު ދޮރު ހުޅުވާލިއެވެ. އެވަގުތު ކާރު ތެރެއިން މެދުއުމުރުގެ ފިރިހެނަކު ނުކުތެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ޝަޙްސިއްޔަތު ރަނގަޅުކަމައް ދައްކައެވެ. އެޒުވާނާ ހޮސްޕިޓަލަށް ނަޒަރު ހިންގާލާފައި ކުރިއަށް ހިނގައިތެވެ. އޭރު އެތާތިބި އެންމެންގް ބޮލުގައިވެސް އިނީ އެއްސުވާލެކެވެ. އެއީ ކާކުހެއްޔެވެ؟

“މުހައްމަދު ކައިޝަން ކިޔާން އޮތް ރޫމް ނަންބަރު ބުނެލަދީބަލަ. އަަހަރެން މިއީ ކިޔާން… ކައިޝަންގެ ބައްޕަ” ކިޔާން ރިސެޕްޝަންގައި ހުރި ކުއްޖެއްކައިރީ ބުނެލިއެެވެ.

“ލައްބަ.. ރޫމް ނަންބަރު 7، 3 ވަނަ ފްލޯރ” އެކުއްޖާ އަދަބުވެރިކަމާއި އެކު ބުނެލިއެވެ.

މިލްޔާ ނެތުމުން ފޫހިވެފައި އިންވަރުން ނިދިޖެހިޖެހި އިން ކައިޝަންއަށް ދެލޯ ހުޅުވާލެވުނީ ކައިޝަން އޮތް ކޮޓަރި ދޮރުހުޅުވާލުމުންނެވެ. ކައިޝަން ހިނިތުންވެލީ އެއީ މިލްޔާއަކަމަށް ހީކޮށެވެ. ނަމަވެސް ކައިޝަންގެ ހިނިތުންވުން ފިލައިދިޔައީ ވަދެގެންއައީ ކާކުކަން އެނގުމުންނެވެ.

އާދިންގެ މަޑުކަފަކޮޅެއްފަދަ އަތުގައި ފިރުމާލަފިރުމާލަ އިން އެލީންގެ ހިތްދިޔައީ އާދިން ހޭއަރާނެވަގުތަކަށް އިންތިޒާރުކުރަމުންނެވެ. އާދިންގެ ބޮލުގެ އިސްތަށިކޮޅު ރީތި ކޮއްލާފައި ގޮނޑީގައި ހަމަޖެހިލިއިރަށް އާދިންގެ އެސްފިޔަތަށްތަޅުވާލިތަން އެލީންއަށް ފެނުނެނެވެ.

“އާދޫ؟” އެލީންގެ ހިތްއަވަަސްވިއެވެ. އާދިން އެސްފިޔަތަށް ތަޅުވާލާފައި ދެލޯ ހުޅުވާލިއެވެ. އެލީންގެ ދެލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ.

“އާދޫ..” އާދިންގެ އަތަށް ބާރުކޮށްލަމުން ބުނެލިއިރު އެލީންގެ ދެލޮލުން ކަރުނައިގެ މުތީތަށް ދިޔައީ ބަބުޅަމުންނެވެ.

“ތީ.. ތީކާކު؟ މީ ކޮންތަނެއް؟” އާދިން ލަސްލަހުން އެއްސެވެ. އެލީންގެ ހަރަކާތްތަށް ހުއްޓުނެވެ.

“މީ.. މީ އެލީންއޭނުން؟” އެލީން ބުނެލިއެވެ.

“ކޮން؟ ކޮން އެލީންއެއް؟ މަ ނުދަންނަން އެލީންއެއް؟ ތީ.. ތީ ކާކު؟” އާދިން ބީރައްޓެހި ގޮތަކަށް އެލީންއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

“ޑަކްޓަރ!!!!”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބްލަޑް 2 (15)

Next

ބަދަލު ( ފަހުބައި )

Next
November 18, 2024

ބަދަލު ( ފަހުބައި )

Previews
November 18, 2024

ބްލަޑް 2 (15)

5 Comments!

  1. gurrrrl says:
    November 18, 2024 at 1:19 pm

    whattt aadhu ge hadhaanubaiii dhiyaeetha but vrh nice mi ppart ves cant wait for next part
    vrh interesting vrh kiyaalaa hithun mi kiyaali keep it up
    love you shiherr

    1. shihaamaa ali shihaamaa ali says:
      November 18, 2024 at 3:19 pm

      Hehehe ehn kanneynge dhw evanii dhen let’s wait for part 17 to see whats happening too Aadhin.
      In sha allah 17 vana baivess vrh avahah geness dheveythw balaanan❤️

  2. Scarlet says:
    November 18, 2024 at 1:22 pm

    Vrh reethi mibai
    Keep up the gud work sis
    Whn nxt?

    1. shihaamaa ali shihaamaa ali says:
      November 18, 2024 at 3:19 pm

      Jazaakallah khairan❤️
      In sha allah 17 vana baivess vrh avahah geness dheveythw balaanan❤️

  3. cutie girl says:
    November 19, 2024 at 7:30 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    ruvaan and yoora gulhuvachey
    eleen and aadhin ves
    they all are made for each other

Comments are closed.

Next Episodeބްލަޑް 2 (17)←


All Right Reserved!