Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (13)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 17, 2024 3 Mins Read
6 Comments

“އާހް” ޔޫރާއަށް ހަޅޭލަވައިގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯބޮޑުވީ ރިޝްވާންގެ ފުރަގަހުގައި ހުރި ޒުވާނާގެ އިސްތަށިގަނޑުގައި ހިފާ ދަމާލިވަގުތު ރިޝްވާންގެއަތަށް އެޒުވާނާގެ އިސްތަށިކޮޅު އައުމުންނެވެ. އެވަގުތު އެޒުވާނާ ހުރި ސިފަވެސް ޔޫރާގެ ލޮލުގައި އަޅައިގަތެވެ. ޝައްކެއްވެސް ނެތެވެ. އެއީ ޔޫރާގެ ރުވާންއެވެ.

“ރު…ރު…ރުވާން…؟” ޔޫރާގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ.

ރުވާން ޔޫރާއާއި ދިމާލަށް ބަލައިލީ ވޭނުންފުރިފައިވީ އެހެނަސް، ލޯބިންނެވެ. އެއީ ޔޫރާއަށް ހީވިހީވުމެއްނޫންކަން ޔަގީންކޮށްދިނުމަށް ރުވާން ބޯޖަހާލިއެވެ.

ޔޫރާގެ ދެލޮލަށް ގެއްލިފައި ހުރި ރުވާން ސިއްސައިގެން ދިޔައީ ރުވާންފަޔަށް ރިޝްވާން ވަޅިހަރާލުމުންނެވެ.

“ރުވާން!!!!” ޔޫރާއަށް ހަޅޭލަވައިގަނެވުނެވެ. ނަވެސް ކުރިއަށް ފިޔަވަޅެއްއަޅާކަށެއް ނުކެރުވެނެ. އެވަގުތު މަޑުމަޑުން ކައިޝަންއަށް ދެލޯ ހުޅުވާލެވުނެވެ. ފެނުނު މަންޒަރުން ކައިޝަން ފޯނު ނަގާ އަވަހަށް ފުލުހުންގެ ޓީމަކަށް ގުޅިއެވެ.

“ބުނަންތަ ވާހަކައެއް؟ ޔޫރާއެއީ އަހަރެންގެ މީހެއް ހަމައެކަނި އަހަރެންގެ މީހެއް!” ރިޝްވާން ރުވާން ކަރުގައި ހިފާ ވާން ކޮއްލަމުން ބުނެލިއެވެ.

މަންޒަރު ބަލަން ހުރި ކައިޝަން ހުރީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައެވެ. އެއްކޮޅުގައ ރޮއެ ހޭރެމުން ޔޫރާ ހުރި އިރު ބިންމަތީގައި އޮތް ނަބީލްގެ ކަރުން ދިޔައީ ލޭގެ ކޯރެއްނުކުންނަމުންނެވެ. އެވަގުތު ރުވާންގެ ދެލޮލުން ކައިޝަންއަށް އިޝާރާތެއްކޮށް ކައިޝަން ފުރަގަހުގައި އޮތް ސިމެންތި ގާގަނޑު ދެއްކިއެވެ. ކައިޝަންއަވަސް އަވަހަށް ބޯޖަހާލާފައި ގާގަނޑުނަގާ ކޮރެމުން ކަހަލަ ގޮތަކަށް ކުރިއަށް ފިޔަވަޅުއަޅައިލިއެވެ.

“ވަޓް؟ ކާރޑިއެކް އެރެސްއެކޭ؟” މިލްޔާއަށް ޒީވާ ދެއްކިވާހަކަ ގަބޫލު ނުކުރެވިގެން އެއްސެވެ.

“ޔެސް. ނޭނގެ އަދިއެއް އަސްލުވީގޮތެއް. ކިޔާއަޑު އިވުނީ ސުއިސައިޑް ވާންށޭ އުޅުނީ. ނަމަވެސް ކުއްޖަކު ގޮސް އޭނަ ސަލާމަތް ކުރީއޯ. އެވަގުތޯ އޭނާ ހޭނެތިގެން ވެއްޓުނީ. ދެން ހޮސްޕިޓަލަށް ގެނެސް އޭނަގެ ޗެކްއަޕްސް ހަދަނިކޮށޯ އެރެސްޓްއަކަށް ދިޔައީ” ޒީވާއޭނާއަށް އެނގިފައިވީ މިންވަރަށް ކިޔައިދިނެވެ. ވަގުތުން މިލްޔާއަށް އިސްޖަހާލެވުނެވެ. މިލްޔާގެ ފުރާނަ ސަލާމަތް ކޮއްދީފައި އާދިން އެއުޅުނީ އަމިއްލައަށް މަރުވާށެވެ. އާދިން ހަމަ ހަގީގަތުގައިވެސް މިލްޔާދެކެ ލޯބިވީއޭ ހިތަށް އެރުމުން މިލްޔާއަށް އިސްޖަހާލެވުނެވެ.

“އަލްހަމްދުލިއްލާހް. މިހާރު އާދިންގެ ހާލު ރަނގަޅު. ހައިޕޮކްސިއާ ވޯސް ދި ރީސަންފޯރ ކާރޑިއެކް އެރެސްޓް. ޕޭޝަންޓް އޭސްމާ ހުރޭތޯ؟” އެލީން ގާތުގައި ނަރުސް ކުއްޖަކު އަހިސް އެއްސެވެ.

“ލައްބަ.. ދެން އާދިންއަށް ކިހިނެއްތޯވާނީ؟ އޭނަގެ ހާލު ރަނގަޅުތޯ؟” އެލީންގެ ކުރަކިވެފައިވީ އަޑުން ނަރުސް ކުއްޖާ ގާތުގައި އެލީންއެއްސެވެ.

“ލައްބަ. ވަރަށް ރަނގަޅަށް ބަލާތި.. ސްޓްރެސް އިސް ވެރީ ބޭޑް ފޯރ ހިމް ނައު. މާ ބޮޑަށް ސްޓްރެސް ވާންވެއްޖެ ނަމަ އަނެއްކާވެސް އެރެސްޓްއަކަށް ދިޔުމުގެ ޗާންސެސްވަރަށް ހައި” ނަރުސް ކުއްޖާ ބުނެލިއެވެ. އެލީން ބޯޖަހާލިއެވެ.

ޑަކްޓަރުގެ ހުއްދައާއި އެކު އެވަގުތު އެލީންއަށް އާދިން އޮތް ކޮޓަރިއަށް ވަދެވުނެވެ. އާދިން އޮތް ހާލު ފެނި އަނެއްކާވެސް އެލީންއަށް ރޮވުނެވެ. ހަށިގަނޑުގެ އެތަންމިތަނަށް މެޝިން ގުޅުވާފައިވީ އިރު އޮކްސިޖަންވެސް ވަނީ ގުޅުވާފައެވެ. އާދިންގެ ދޮން މޫނުމަތީގައި ރަތްކަމެއް ހުރި އިރު މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ.

“އާދިން ކީއްވެ؟ ސީރިއަސްލީ ކީއްވެ؟ އައި ވިލް ފޯރއެވާރ ހޭޓް ޔޫ ފޯރ ޑުއިން ދިސް.” އެލީން ރޮމުން ރޮމުން ޝަކުވާގެ ފޮތް އާދިންގެ  ކުރިމަތީގައި ހުޅުވާލިއެވެ.

“އާދިން.. ޔޫ އާރ ނޮޓް އެލޯން.. އަހަރެން އާދު ދެކެ ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ދުހާކުވެސް ވަކިވެދާކަށް ނޭދެން” އެލީން ރޮމުން ރޮމުން އާދިންއާއި ވާހަކަ ދައްކަމުން ދިޔައެވެ. މެރިފައިވީ އާދިންގެ ދެލޮލުންވެސް ފެންނަމުން ދިޔައީ މައުސޫމް ކަމެވެ. އާދިންގެ އިސްތަށިކޮޅުގައި މަޑުމަޑުން ފިރުމާލާފައި އެލީން އާދިންގެ ދޮން މޫނާކައިރިވެލިއެވެ. އާދިންގެ މެރިފައިވީ ދެލޮލަށް އިރުކޮޅަކުބަލަން ހުރެފައި އެލީން އާދިންގެ ތުންފަތަށް ބޮސް ދިނެވެ.

“އަހަރެން ކަލޭ މަރާލާނަން!! ޔޫރާ އިސް މައިން އެންޑް އޮންލީ މައިން!!!!” ރިޝްވާން ދިޔައީ ހިނދަކަށް ފަހު ހިނދެއް ރުވާންގެ ކަރަށް ވާން ކުރަމުންނެވެ. ރުވާންގެ ނޭވާވެސް ދިޔައީ އޭރު ކުރުވަމުންނެވެ. އެވަގުތު ކައިޝަންއަހިސް އޭނާއަތުގައި އޮތް ބޮޑު ގާބުރިން ރިޝްވާން ބޮލުގައި ޖެހިއެވެ. ވަގުތުން ރިޝްވާންގެ ބޮލުން އެތަށް މިތަނަށް ލޭބުރައިގަތެވެ.

ރުވާންވެސް ކެއްސާލާފައި ތެދުވެ އިށީނެވެ. “ޔޫ އޯކޭ؟” ކައިޝަން ރުވާންއާއި ކައިރިވެލަމުން ބުނެލިއެވެ. ބޯޖަހާލާފައި ރުވާން ކުރިއަށް ޖެހިލާ ބިންމަތީގައި އޮތް ވަޅިނެގިއެވެ. އޭރު ރޮއެ ރޮއެ ހުރި ޔޫރާގެވެސް ހެޔެއްނެތެވެ. އެހެންކަމުން އެހާލުގައި އޮވެގެންވެސް ރިޝްވާން ކުރިއަށް ޖެހިލީ ކޮންމެވެސް ގޮތަކުންވިޔަސް ޔޫރާ ގަޔައްއެރޭތޯއެވެ. ނަމަވެސް އޭގެ ކުރިން ރުވާން ގޮސް ރިޝްވާންގެ ބޮލުގައި ހިފާ ބިންމަޗައް ވައްޓާލާފައި ރިޝްވާން ގައިމައްޗައްއެރިއެވެ.

“ޔޫރާއެއީ ހަމައެކަނި އަހަރެންގެ މީހެއް. ޔޫރާގަޔަށް އަރަން އުޅޭ ކޮންމެމީހެއްގެ ދުވަސް ދުއްވާލާނަން!” ރުވާން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އެއަށްފަހު ރުވާންއަތުގައި އޮތް ވަޅިއަތަށް ހެޔޮވަރުކޮށްލާފައި ރިޝްވާންގެ ހަށިގަނޑުގެ އެތައް މިތަނަށް ހަރަން ފެށިއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ކައިޝަންގެ ހަށިގަނޑުއަނެއްކާވެސް މަޑުމަޑުން ބިންމައްޗައް ދެމުނެވެ. އެވަގުތު ކައިޝަންގެ ބޮލުގެ އިސްތަށިކޮޅުން ރަތްކުލަފޭދެން ފެށިއެވެ. އެސްފިޔަޖަހާލާހާ ހިނދުކޮލެއްވީއިރު ކައިޝަންގެ އިސްތަށިކޮޅުގައި ރަތްކުލައިގެ އެއްވިސަ އަސަރެއްނެތް އިރު ހަށިގަނޑުވެސް ބަދަލުވެލިއެވެ.

ރުވާން ހިތްފުރޭ ވަރުވުމުން ތެދުވެ ޔޫރާ ގާތަށް ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ރުވާންގެ ހަށިގަނޑަށް ދިޔައީ ތަފާތު އިހުސާސްތަކެއް ކުރެވެމުންނެވެ. ހިނދުކޮޅެއް ތެރޭގައި ކަނޑާވައްޓާލި ރުކެއްހެން ރުވާން ބިންމައްޗައް ދެމުނެވެ.

ހަމައެވަގުތު ކައިޝަންއެކޭ އެއްފަދައިން ރުވާންގެ ބޮލުންވެސް މަޑުމަޑުން ކުލަފޭދެމުންގޮސް އެކީ ކަޅުކުލައަށް ބަދަލުވިއެވެ.

“އައިޝަތް މިލްޔާ ވަހީދް ރައިޓް” މިލްޔާ ކުރިމަތީގައި ހުއްޓި ޑަކްޓަރު އެޑްވާޑް އެއްސެވެ.

“ޔެސް” މިލްޔާ އަދަބުވެރިކަމާއި އެކު ބުނެލިއެވެ.

“ސިންސް ޔުއާރ ކިޑްނީ އިސް ފަންގޝަނިންގ ވެލް، އެންޑް ޔޫ ހޭވް އޯލްސޯ ބީން ވެލް، ވީ ވިލް ޑިސްޗާރޖް ޔޫ ޓުމޯރޯ މޯރނިންގ އޮކޭ. ބަޓް ޔޫ ހޭވް ޓު ކަމް ފޯ ޗެކްއަޕްސް އަންޓިލް އައި ސޭސޯ. އެންޑް ޕްލީޒް ސްޓޭއަވޭ ފްރޮމް އެނީ ކައިންޑް އޮފް ސްޕޯރޓސް ޑިއުރިންގ ދިސް ޕީރިއޮޑް އޯކޭ؟” އެޑްވާރޑް ބުނެލިއެވެ. މިލްޔާއެއްބަސް ވެލިއެވެ. އެހެން ކަމުން ހިނިތުންވަލާފައި އެޑްވާރޑ ނުކުތެވެ.

“ތިޔަ ގުޅުއްވި ނަންބަރު މިވަގުތު ވަނީ ނިއްވާލާފައި. ފަހުން ގުޅުއްވާލައްވާ-” މިފަހަރުވެސް ޔޫރާގެ ފޯނަށް ގުޅުމުން އައީ ހަމަ އެއްޖަވާބެކެވެ.

“އަޅޭ ޔޫރީ ކޮންތާކުބާ؟” އެލީންއަށް އަމިއްލަ ނަފްސަށް ސުވާލުކޮށްލެވުނެވެ. ފޯނުން އެލީން ޔޫރާއަށް މެސެޖުވެސް ކުރެވިއްޖެއެވެ. ޔޫރާގެ ހިތް ބިރުގަންނަން ފަށައިފިއެވެ. އަނެއްކާ ޔޫރާއަށް ކަމެއްވީބާއެވެ؟ އެލީން ހާސްވެފައި އަވަހަށް އިލްޔާގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

“މަންމާ ޔޫރާ ގޭގަތަ؟” އިލްޔާ ފޯނު ނެގުމާއި އެކު އަވަސްއަވަހަސް އެލީންއެއްސެވެ.

“ދަރިފުޅާ އެކީގައެއްނޫންތަ ދިޔައީ؟ ޔޫރާ ނެތް ގެޔަކު؟” އިލްޔާ ބުނެލިއެވެ. އިލްޔާގެ ވާހަކައިން އެލީންގެ ހާސްކަން ދެގުނަވެގެން ދިޔައެވެ.

“އައްސަލާމު އަލައިކުމް” ކާން އިން ނޯޔާފޯނުނަގާފައި ބުނެލިއެވެ. ކައިރީގައި އިން ރަވާންގެ އިޝާރާތާއި އެކު ނޯޔާ ފޯނު ސްޕީކަރަށް ލައި މޭޒުމަތީގައި ބާއްވާލިއެވެ.

“ނޯޔާ ދެއްތޯ؟” އެކޮޅުން އެއްސެވެ. “ލައްބަ. ތިއީ ކޮން ބޭފުޅެއްތޯ؟” ނޯޔާ އަދަބުވެރިކަމާއި އެކުއެއްސެވެ.

“ތިއީތޯ ރުވާން އަހްމަދު ރަވާންގެ މަންމައަކީ؟” އެކޮޅުން ކުރި ސުވާލާއި އެކު ނޯޔާއާއި ރަވާންވެސް ދިޔައީ ސިއްސައިގެންނެވެ.

“ލައްބަ. ކޮން ކަމަކުތޯ؟” ނޯޔާ ބިރުން ހުރެ އެއްސެވެ.

“ރުވާން މިހާރުވީ ހޮސްޕިޓަލުގަ. ވަރަށް އަވަހަށް ދުރުވޭ. ރުވާންގެ ހާލު ވަރަށް ސީރިއަސް” އެކޮޅުން ބުނެލިއެވެ. އެދެމަފިރިންގެ މޫނުމަތީގައިވެސް ކުރެހުނީ ސުވާލު މާރކްއކެވެ.

“ރުވާން މަރެއްނުވޭ. އޭނާ އަދިވެސް ދުނިޔޭގަ އެބަހުރި. އަޅުގަނޑުމެން އެ ސީންއަށް ދިޔަވަތުގު ރުވާންގެ ހޭ ހުރި. އެވަގުތު ރުވާން އަހަރުމެންނަށް ދިނީ ނޮކިޔާފޯނެއް. އޭގައި މަންމަގެ ނަމުން ޖަހާފައި ސޭވްކޮއްފައި އިންނަންބަރ މިއީ. އަވަހަށް ދުރުވޭ އިނގޭތޯ” އެހެން ބުނެ އެކޮޅުންފޯނު  ކަނޑާލިއެވެ. ދެމަފިރިންވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެވަގުތު ނޯޔާގެ ކޮއްކޮ ނީރާދުވެފައި އެގެއަށް ވަނެވެ.

“ދޮންތާ.. ދޮންތަބޭ.. މަގޭ.. މަގޭ ނަބީލް. ދޮންތާ މަގޭ ނަބީލް މަރައިފިއޭ” ރޮމުން ރޮމުން ނީރާ ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިނެސްކަން ލޯބި (6)

Next

ތިނެސްކަން ލޯބި (7)

Next
November 18, 2024

ތިނެސްކަން ލޯބި (7)

Previews
November 17, 2024

ތިނެސްކަން ލޯބި (6)

6 Comments!

  1. gurrrrl says:
    November 17, 2024 at 9:24 pm

    btw mi part ves vrh reethi cant wait for ittt
    keep it up love youu

    1. shihaamaa ali shihaamaa ali says:
      November 17, 2024 at 10:19 pm

      Jazaakallah Khairan
      happy you loved it
      LYM <<33

  2. gurrrrl says:
    November 17, 2024 at 9:28 pm

    adhi eh vhk pls thankolheh dhigukoh genes dheveythoa balaadheeba
    mi part thah vrh interesting vefa nimey iru ves neynge
    so when nxt part cant wait for it

    1. shihaamaa ali shihaamaa ali says:
      November 17, 2024 at 10:24 pm

      Aslu ingey vaagothakee shiher ge Orthopedist mihr aslu othy vess manaa koffa maa gina iru isheendhe innan because of my sever back pains.. ekamaku vess i am hama writing dhw everyday.. maa gina in type kuraathyve hands ves mihr aslu kada vey eba because shiher naaru problems hunnaathyve.. 🥲
      Ekamaku vess shiher massahkkai mi kurani everyday atleast one part upload kolleveythw.. ekamaku in sha allah maadhamaa part 14 and 15 kiyaalan libeyne since it’s finished already..
      In sha allah shiher up kuraanan everyday i hope you understand ❤️❤️
      And very very happy vhk kamudhiya kan enguniima❤️

  3. eekshaam says:
    November 18, 2024 at 12:22 am

    very nice cant wait for the next part

    1. shihaamaa ali shihaamaa ali says:
      November 18, 2024 at 5:32 am

      Jazaakallah khairan❤️
      Part 14 is out now✨️

Comments are closed.

Next Episodeބްލަޑް 2 (14)←


All Right Reserved!