ވަގުތުތައް ފާއިތުވެގެން ދިޔަގޮތެއްވެސް ނޭނގެއެވެ. ފޮތުގެ ތެރެޔަށް ވަދެވުނު ވަރުން ބަންޤި ގޮވައިގެން ދިޔައިރުވެސް ނޭނގެއެވެ. ގަޑިބަލައިލިއިރު ހަގަޑިބައިވެ ބޮޑުވެއްޖެއެވެ. ދެމީހުން ކޮޅަށް ޖެހުނީ އެކުއެކީއެވެ. ނަމާދު ވަގުތުގައި ކުރެވޭތޯ ދެމީހުން އަވަސްވެގަތެވެ. އިޝާކޮށް ހަދައިގެން ކައިގެން މަސައްކަތް ފެށިއެވެ. ފިޔާ ސާފުކޮށް ލޮނުމެދު ނޮޅަން ފެށިއެވެ. ޕާޕަރު ތެލުލަން ތައްޔާރުކުރިއެވެ. ކުކުޅު ކޮށަން ފިރިހެން އަވަސްވެގަތެވެ. ތަށި ސަމުސާ ހަމަކުރަމުން ދިޔައެވެ. ދައުވަތު ކާޑުތައް ބަންދުކުރަމުގައިި ސާއިލްމެން އުޅުނެވެ. ކުރިއަށް އޮތީ ވަކިން ބުރަ ބޮޑުދުވަހެކެވެ. […]
ޢީޝާލް އަކީ މާލޭގެ މަޖާ ޒުވާނެކެވެ. ދުނިޔޭގެ އެކި ކަންކޮޅު ދެކެލުމުގެ ޝައުޤުވެރިކަން އޭނަގެ ހިތުގައި ވަރަށް ބޮޑަށް ހުރެއެވެ. އެހެންކަމުން، އޭނަގެ ކޮލެޖްގެ ކިޔެވުމުގެ ބްރޭކެއްގައި، މީހުން ގިނަ، އަޑުގަދަ މާލެއިން ދުރުވެ، ހިތްފަސޭހަ ތަނަކަށް ދާން ނިންމިއެވެ. އޭނަގެ މަޤްސަދަކަށްވީ ސްޕެއިންގެ އެންޑަލޫސިއާގައި އޮންނަ ކުޑަ ރަށެއްކަމުގައިވާ ރޯންޑާ އަށެވެ. ރޯންޑާގެ މަޝްހޫރު ބިޔަ ބްރިޖް، ޕުއެންޓެ ނުއެވޯ އަކީ ޢީޝާލަށް ވަރަށް ބޮޑަށް ކަމުދިޔަ ތަނެކެވެ. ރޯންޑާގެ ގޯޅިތަކުގައި ހިނގާލަ ހިނގާލާ އުޅެނިކޮށް، […]
ލޭ ފެނުނީމާ މީހާގެ ހޭވެސް ކިރިޔާ ހުރިކަމެވެ. ފޯނު ނަގައި މަންމަގެ ނަންބަރަށް ޑައިލް ކޮށްލެވުނުކަން އެނގުނެވެ.ދެން ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. **** *ދެ މަސް ފަސް* ’ކޮބާ މިހޫ އަދިވެސް ނުނިމޭތަ؟ ދަންނުއާ ދިލްއާވެސް އައިސްފި. އެ ގުރޫޕު މިހޫ ހޯދާ އެބަ.‘ތުއްތަ އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށި އަޑަށް ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން އިނދެފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ލައިގެން ހުރި ޑަސްޓީ ބްލޫ ކުލައިގެ […]
މިފަދަ ރީތި އަދި ފަރުވާތެރި ހެދުމެއް ފަހާފައިވާ ފެހުންތެރިޔާގެ ހުނަރުވެރިކަމާއި މަސައްކަތަށް ކޮންމެ މީހެއްގެ ފަރާތުންވެސް ވަރަށް ބޮޑު އަގުވަޒަންކުރުމެއް ލިބޭންޖެހޭނެއެވެ. “ހަމަ މިހާ ރީތިކޮށް މި ހެދުން ފަހާފައިވާ ފެހުންތެރިޔާ ހަމަ ވަރަށް ހުނަރުވެރި” ކަމަށް އެންމެން ބުނަމުންދާނެއެވެ. އެހެންކަމުން، ފެހުންތެރިޔާ ވެސް ވަރަށް އުފާކުރާނެ ކަމާމެދު ޝައްކެއްނެތެވެ. މިހެދުން ފެހި ކުޅަދާނާ ފެހުންތެރިޔަކީ މިލީހަމެވެ. ދަތުރުގެ ތިންވަނަ ދުވަސް ދިޔައީ އުފަލާ މަޖަލުގައެވެ. ނޭނގޭ އެތައްކަމެއް އެނގި ދަސްވެގެންދިޔައެވެ. […]
ގިނަ ދުވަހަށް ދެމިގެން ދާނެ ފަދަ ހެޔޮ ކަމެއް ކުރަން ވިސްނީމެވެ. އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ގޮތެވެ. ލޯބިވާ މަންމަ އާއި ބައްޕަގެ ހަނދާނުގައި ލޭ އަޅާ ބަލީގެ ވޭނުގައި އުޅޭ ކުދިންނަށް ހާއްސަކޮން ލޭ ހަދިޔާ ކުރާ ބޮޑު “ހޮސްޕިޓަލެ” އް އެޅުމެވެ. ބޮޑު އަގުދީފައި އެކަމަށް ސަރުކާރުން ބިމެއް ގަތީމެވެ. މިކަމުގައި އަހަރެން މަސައްކަތް ކުރަން ފެށި ކުލިނިކުގެ ވެރިޔާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. ބިމެއް ހަމަ ޖެހިގެން ދިޔައީ […]
“އަހަރެން ކަލޭގެ ނަމެއްވެސް އަޑުއަހާކަށް ބޭނުމެއްނޫން، ޔޫސުފް!” ނާޔާގެ އަޑުގަދަވިއެވެ. ރަށު ކައުންސިލްގެ އޮފީސް ދޮރުމަތީގައި، ދެމީހުން ހުއްޓިފައިވަނީ ރަށު ތަރައްޤީގެ ޕްރޮޖެކްޓެއްގެ މައްސަލައެއްގައެވެ. ނާޔާއަކީ ރަށުގެ ޒުވާނުންގެ ޙަރަކާތްތެރި ލީޑަރެކެވެ، އަދި ޔޫސުފަކީ އޭނާގެ ހުރިހާ ޚިޔާލަކާ ދެކޮޅު ހަދާ، އަބަދުވެސް ވިސްނުންތައް ތަފާތުވާ، މަޝްހޫރު ޒުވާނެކެވެ. “އަހަރެން ވެސް ހަމަ އެހެން، ނާޔާ. ކަލޭގެ ޕްލޭންތަކުގައި ހުރި ގޯސްތައް ނުދެއްކޭނަމަ އަހަރެންގެ ހިތް ނުތަނަވަސްވޭ،” ޔޫސުފް ލުއި ހިނިތުންވުމަކާއެކު ބުންޏެވެ. ޔޫސުފްގެ އެ ހިނިތުންވުން […]
Oޔަނާ އަކީ 19 އަހަރުގެ އަންހެން ކުއްޖެކެވެ. އުމުރުން 14 އަހަރުގައި އޭނާގެ މައިންބަފައިން ވަނީ މަރުވެފައެވެ.އެނާ ބަލާބޮޑުކުރީ އޭނާގެ ބޮޑުދައިތަ އާތިކާއެވެ. އެކަމަކު މިހާރު އޭނާ ބޭނުންވީ އަމިއްލައަށް ދިރިއުޅެން ދިއުމަށެވެ. ސަބަބަކީ މިހާރު އޭނާ ވަނީ ބޮޑުވެފަ އެވެ. ބޮޑުދައިތަ އަށް އުނދަގޫ ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެހެންވެ އޭނާ ނިންމީ އޭނާގެ ބޮޑުދައިތަ ގާތުގައި އޭނާ އަމިއްލަ އައް ދިރިއުޅެން ބަދަލުވާން ބޭނުން ވާ ވާހަކަ ބުނުމަށެވެ. ސޯފާއިން ތެދުވެގެން […]
ހަވީރު ފެށިއެއްކަމަކު ހުރިހާ ހެދުމެއް ކަނޑައި ނިމުނުއިރު ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ. އެހެން ކަމުން ފަހަން ފަށާ ގޮތަށް ނިންމީ އަނެއްދުވަހެވެ. އަނެއްކާ އެހާ ލަސްވެފައި ހުރުމާއެކު ބައެއް މީހުން ނިދި އައިސްގެން އޭރު ހާފުރެމުން ދިޔައެވެ. ކައިވެނީގެ މުހިންމު ކަންތައްތަކެއް މިއަދު ނިންމިގެން ދިޔައެވެ. ވަކި ޚާއްސަ ކުލައެއް ޕާޓީގައި ލުމަށް ނިންމުނެވެ. ކައްކާނެ އެއްޗެހީގެ ލިސްޓެއް ތައްޔާރުކުރިއެވެ. ހަފްލާ ބާއްވާނެ ތަނެއް ކަނޑައެޅިއެވެ. ދެވަނަ ދުވަސް ދަތުރުގެ ދިޔައީ މިކަހަލަ ގޮތަކަށެވެ. ދެން […]
ނިވީއަށް އެއްއަހަރު ފުރުން ދުވަހު “ބަޓާސީ ޕަވާ ސުޓޭސަން” އަށް ދިޔައީމެވެ. ހިތް އުފާކޮށްލާ މަޖާކޮށްލާށެވެ. ” ދަ ޕުރޮސްޕެކުޓު ޕާކު ޕުލޭ ގުރައުންޑު” ފެނި އަހަރެން އަންތަރީސް ވިއެވެ. ނޫނޭވާ އެއީ ބޮޑު ތަނެކެވެ. މީހުން އަންނަށް ވެސް ތަނެކެވެ. ހިޔާލެއް ފިކުރެއެއް ނެތި ކުޑަކުދިންތައް ކުޅެން ދުވާ އިރު ހިތައް ބަޔާން ދަތި ހިތްހަމަޖެހުމާ އުފާ އިހުސާސްވެއެވެ. ކޮންފަދަ ހިތްގައިމު މަންޒަރައެއް ހެއްޔެވެ. މިފަދަ މާހައުލަކަށް ނިވީ ގޮވައިގެން އައި މީ ފުރަތަމަ ފަހަރެވެ. […]