ފަތިހުގެ ތެތްފިނީގެ އަސަރުތައް ނައްތާލަމުން އިރުގެހޫނުން ދުނިޔެ ފިއްސަން ފެށިއެވެ. ގޭގެފޫޓުތެރެއަށް އެޅިފައިއޮތް ހިކިފަތްތަށް ކަހާ އެތްކުރަން އައިރީން އޮތްއިރު ދޭތެރެދޭތެރެއިން އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރެއް ދެއެވެ. އޭނާގެ ހަރަކާތްތަށް ހުރިގޮތުން ތަނަކަށްދާން ލަސްވެގެން އުޅޭފަދައެވެ. އަވަސްއަވަހަށް ކުނިކޮޅު ގޯންޏަށް އަޅާލުމަށްފަހު ގެއަށްވަނުމަށް އައިރީން މިސްރާބު ޖެހިއެވެ. ވަރަށް އަތްމަތި އަވަސް ކޮށް ސައިތައްޔާރު ކޮށްލާފައި އައިރީން ޔަމީންއަށް ގޮވީ އޮފީސް ގަޑިޖެހެން ކައިރިވާތީ އެވެ. ޔަމީން އޮފީހަށް ދިއުމުން ރަޔާން ހޭލައްވާ ސުކޫލަށްދާން […]
ބޭވަފާތެރި އެކުވެރިޔާ ފޭސް ބުކް ހެނދުނު ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ. ނުދަންނަ ނަމެކެވެ. އެހެންވެ އެއެޑް ބުލޮކް ކުރުމުގެ ކުރިން އަނެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ ފޭސްބުކްގެ އައިޑީގެ ނަމަކަށް އޭނާވަނީ ޢާއްމުކޮށް މީހުން ނުލިޔާކަހަލަ ނަމެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތައް ފޭސްބުކްގައި ލިޔެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ. އެމީހަކު […]
ވައިގަދަ ވިއްސާރަ ދުވަހެކެވެ. މުޅި ދުނެޔެވަނީ ކަޅު ވިލާތަކުގެ ސަބަބުން އަދިރިވެފައެވެ. ޖެހޭ ބާރު ވައިރޯޅީގެ ސަބަބުން ހީވަނީ ގޭ ފުރާޅު އެއްލާލާފާނެ ހެންނެވެ. ވިދާވިދުވަރުން ބިންމަތީގައި ހިންގާ ހިނިތައް ވެސް ފެނެއެވެ. ގުގުރީގެ ބާރުކަމުން ހީވަނީ ބިންގަނޑު ފަޅައިގެން ދާނެ ހެންނެވެ. މަތީގައި އުދުހޭ ދޫނިތަކައް ވައިގަދަކަމުން އުދުހެން އުނދަގޫވާ ކަހަލައެވެ. އެހެނަސް ޝަމްނާ މަގުމަތިން ހިންގާފާ އެއަންނަނީ ވަރަށް ހާސްކަމުން ފުރިފާވާ ކަހަލަ ގޮތަކަށެވެ. މި ތޫފާނަކީ އޭނާގެ ވޭނީ ދިރިއުޅުމާ ބަލާ އެކައްޗެއްވެސް […]
އެއީ މީގެ ފަސް ވަރަކަށް މަސް ކުރިއެވެ. އަހަރެން އެ ރަށަށް ދިޔައީ ކޮލެޖު ދަރިވަރުންގެ އަހަރީ ދަތުރުގައެވެ. އަހަރުމެން ގޮސް ތިބީ ދެކުނުގެ ރަށެއްގަ އެވެ. އެ ރަށުގައި ބޮޑު ދޮންވެލި ތުނޑިއެއް އޮންނަ ފަންނެއް އޮވެއެވެ. އަހަރުމެންގެ ދަތުރުގައި ހިމެނޭ 35 ދަރިވަރުން ނިންމީ އެ ތަނުގައި އޯވަރ ނައިޓެއް ހަދާލުމަށެވެ. ދަތުރަށް ބޭނުންވާނެ ހުރިހައި އެއްޗެއް ހަމަކޮށްގެން އަހަރުމެން އެތަނަށް ދިޔައީ ރަށު ޕިކަޕެއްގައެވެ. އިރު އަރަންދެން އެ ފަންނުގައި ތިބުމަށް ނިޔަތްގަނެ، […]
އިރުގެ އުޖާލާ އަލިން މުޅި ރަށުތެރެ ހުޅުދާން ކޮށްފި އެވެ. އަޒާން މަޑުމަޑުން އޭނާގެ އެއްޗެހިތައް ދަބަހަށް އަޅަމުން ދިޔައީ މާލެ ދާން ޖެހޭތީ ވަރަށް ދެރަވެފައި ހުރެއެވެ. ރަށުގެ ހިތްފަސޭހަ މާޙައުލާއި އަލްވަދާޢު ކިޔުމަކީ އެއްވެސް ހާލެއްގައި އަޒާން ބޭނުންވާ ގޮތެއް ނޫނެވެ. ފުރާނަ ފަދައިން އަޒާން ލޯބިވާ އޭނާގެ މަންމަ އާތިފާ އާއި ބައްޕަ މޫސަ އާއި ވަކިން މުޅިން އާ ހަޔާތެއް ފެށުން އޭނާއަށް ވެފައި ވަނީ ބޮޑު އިމްތިޙާނަކަށެވެ. ދިރިއުޅުމުގައި ދިމާވާނެ […]
އާދައިގެ މަތިން އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިރު އަރާ ތަން ބަލަން ދިޔައީމެވެ. ފަތިހު ފަސް ގަޑި ބައިގަ ދާގޮތައް އަހަރެން ގެއަށް އަންނަނީ ހަ ގަޑި ފަނަރަ ހާއިރު އެވެ. އަހަރެންގެ އެއްވެސް މީހަކު ނުހުރެއެވެ. މަންމަ ނިޔާ ވިތާ ވެސް 2 އަހަރު ވެއްޖެއެވެ. އަހަރެންގެ ބައްޕަ ވެސް އަހަރެން ކުޑައިރު މަންމަ ވަރި ކޮށްފަ ދިޔަ ގޮތަކައް ނާދެއެވެ. ބައްޕަ ދުނިޔޭގަ އުޅޭ ކަމެއް ވެސް އަދި ނޫޅޭ ކަމެއް […]
އަހަރެން މޮޔައަކަށް ވެފައި ވަނީ ކަލެޔާ ހެދެއެވެ. ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އަހަރެން ކުށްވެރި އަކަށް ވީ ކަލެއާ ހެދެއެވެ. އެދުވަސްތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެކީ އުފާވެރި ދިރިއުޅުމެއް ހޯދީމެވެ. މާޒީގެ ކަޅު ސަފުހާތައް ކަފުނ ކޮށްލަމުންނެވެ. އެހެނެއްކަމަކު، އަހަރެންގެ މާޒީ އާ މެދު ވިސްނާ ނުލާ އެންމެ ދުވަހެއް ވެސް ފާއިތުވެ ގޮސްފައި ނުވެއެވެ. ކަލޭގެ ވަކި ތަކުގެ ތެރޭގައި އަހަރެން ހައްޔަރު ވެފައިވި […]
އަހަރުގެ ފުރަތަމަ ޓާރމް ނިމި، އިމްތިހާނުތައް ކުރިއަށް ދަނީއެވެ. މިއަދަކީ އިމްތިހާނުގެ ފުރަތަމަ ދުވަހެވެ. ހޯލް ތެރޭގައި، އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ތިބިއިރު، އެކުދިންގެ ފުރިހަމަ ސަމާލުކަން، އެކުއްޖެއްގެ އަތުގައިވާ ކަރުދާސްތަކަށް ދެވިފައިވެއެވެ. ކުދިންތައް ފޯރީގައި ކަރުދާހުގައިވާ ސުވާލުތަކަށް ޖަވާބުދިނުމުގެ މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް، އެއް ކުއްޖަކު ހަމަޖެހިލާފައި ޑެސްކުގައި ބޯ ޖަހާލައިގެން އޮތެވެ. ކަރުދާހުގައި ޖަވާބުލިޔަން ދީފައިވާ ރޮނގުތަކުގައި، އެންމެ އަކުރެއްވެސް ލިޔެލާފައެއް ނެތެވެ. އަތުގައި ގަލަމެއް އޮތްއިރު، ގަލަމުގައި ހިފައްޓާފައިވާ ގޮތުން […]
ކުންހ ދުވަހަކީ އުޑުމަތިސާފު، ހެޔޮވަރު ވަރަކަށް އަވި ދިއްލާލާފަ އޮތް ދުވަހެކެވެ. ޖެހިލާ ފިނިފިނި މަޑު ރޯޅިން ގަސްތަކުގައިވާ ފަތްތައް ދަނީ ނަށަމުންނެވެ. ގޮނޑުދޮށުގައި ވިދާ ބަބުޅަމުންދާ ރީތި ހުދު ބޯކިރު ފަދަ ދޮންވެލި ގަނޑުމަތީގައި ފުއްޓަރު ފަރާތުން ބީއްސަމުންދާ މަޑުމަޑު ރާޅުތައް އެވެސް ހުރަހެއް ނެތި ބޮސް ދެމުންދެއެވެ. މި ހިތްގައިމު މަންޒަރުބަލަން މަންހާ އިނީ ފޫހިވުމެއް ނެތްގޮތަކަށެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަން ފޫއަޅުވާލީ މަންހާ ގެ ފޯނަށް އައި ކޯލްއެވެ. ލަސްކުރުމެއް ނެތި […]