Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ކުންހީ

Hammkko Level 1
September 26, 2019 3 Mins Read
1 Comment

ކުންހ

ދުވަހަކީ އުޑުމަތިސާފު، ހެޔޮވަރު ވަރަކަށް އަވި ދިއްލާލާފަ އޮތް ދުވަހެކެވެ. ޖެހިލާ ފިނިފިނި މަޑު ރޯޅިން ގަސްތަކުގައިވާ ފަތްތައް ދަނީ ނަށަމުންނެވެ. ގޮނޑުދޮށުގައި ވިދާ ބަބުޅަމުންދާ ރީތި ހުދު ބޯކިރު ފަދަ ދޮންވެލި ގަނޑުމަތީގައި ފުއްޓަރު ފަރާތުން ބީއްސަމުންދާ މަޑުމަޑު ރާޅުތައް އެވެސް ހުރަހެއް ނެތި ބޮސް ދެމުންދެއެވެ. މި ހިތްގައިމު މަންޒަރުބަލަން މަންހާ އިނީ ފޫހިވުމެއް ނެތްގޮތަކަށެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަން ފޫއަޅުވާލީ މަންހާ ގެ ފޯނަށް އައި ކޯލްއެވެ. ލަސްކުރުމެއް ނެތި މަންހާ އެ ފޯން ކޯލް އަށް ޖަވާބުދާރީ ވިއެވެ. “ދަރިފުޅާ ކޮންތާކު؟” މާންހާގެ މަންމަ ސާމިހާ ސުވާލު ކުރިއެވެ. މާންހާ ހުރީ އަތިރިމަތީ ގައި ކަމަށް ބުނެ ގެޔާ ދިމާ އަށް ދިއުމަށް އަވަސް ވެގަތެވެ.

މަންހާ އަކީ ހެޔޮވަރުގެ އިސްކޮޅަކާއި ރޫފައެއް ލިބިފައިވާ ކުއްޖެކެވެ. ރީތި ދިގު އެސްފިޔަތަކެކެވެ. ހިތިފަތު ބުމައެކެވެ. ދޮންއިހި ކަނދުރާއެކެވެ. ލިބިފައިވާ ކަޅު އަދި ދިގު އިސްތަށިގަނޑުން މަންހާގެ ރީތިކަން އިތުރަށް ހާމަކޮށްދެއެވެ. މަންހާއަކީ ސާމިހާ އާއި ޖުނައިދްގެ ހުރި ހަމައެކަނި ދަރިއެވެ. އެހެންކަމުން މިދެމަފިރިން މަންހާ ބަލާ ބޮޑުކުރީ ލޮލުގެ ކޮއިފަދައިން ލޯބިދީގެންނެވެ. މަންހާއަކީ މިދެމަފިރިންގެ ހިތުގެފަނާރެވެ. ހިތުގެ ފިނިކަމެވެ.

ގަޑިން މެންދުރު ބާރަޖަހަނީއެވެ. މަންހާ ކޮޓަރިން ނިކުތީ މަންހާގެ ބަޕަ ޖުނައިދް މަންހާ އަށް ގޮވާ އަޑަށްށެވެ.

“ލައްބަ ބައްޕާ” މަންހާ ޖަވާބުދިނެވެ. ” ދަރިފުޅާ މާދަން ހެނދުނު ބައްޕަގެ ދެތިން ރަށްޓެހިން މިރަށަށް އައްނަން އެބައުޅޭ. ދަރިފުޅަށް މާދަމާ ހެނދުނު ނާސްތާ އަށް ރަނގަޅު އެއްޗެއް ތައްޔާރުކޮއްލެވިދާނެތަ؟” ޖާވާބެއްގެ ގޮތުން މަންހާ ބޯޖަހާލިއެވެ. މަންހާގެ ހުއްނަ މިޒާޖެއްގެ ސަބަބުން މަންހާ މާ ގިނައަކުން މީހުންނާ ވާހަކަ ދައްކައެއް ނޫޅެއެވެ. މަޑުމައިތިރި، އެކަނިވެރިކަމަށް ލޯބިކުރާ ކުއްޖަކީއެވެ.

އެހެންދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މަންހާގެ ދުވަސް ފެށީ ފަތިސް ނަމާދުންނެވެ. ނަމާދުކޮށް ނިންމާލުމަށް ފަހު ކަޅުކަންގަދަ އިސްތަށިގަނޑު ހުޅިއެއްޖަހާ ހަރުކޮށްލަމުން ހެދުންބަދަލުކުރަން އަލަމާރި އާއިދިމާ އަށް ހިނގާގަތެވެ. ލައިގެންހުރި ޕާކިސްތާނީ ހަރުވާޅާއި ކަކުލާހަމައަށް އަށްނަ ދަނބުކުލައިގެ ހެދުމުގައި މަންހާ ފެންނަނީ ނުލާހިކު ފުރިހަމަކޮށްށެވެ.

ކޮޓަރިން ނިކުމެގެނޮ ބަދިގެއާ ދިމާއަށް ދިއުމަށް މަންހާ މިސްރާބުޖެހިއެވެ. ސާމިހާ ބަދިގެ އަށް ވަނިއިރުގަ މަންހާ އުޅެނީ ބައްޕަ ގެއްނަ މެހެމާނުންނަށް ނާސްތާ ތައަޔާރުކުރުމުގައި އަވަދިނެތިއެވެ. މާލަހެއް ނުވެ މަންހާ ނާސްތާ މޭޒުމަތީގައި އަތުރާލުމަށް ފަހު ފެންޑާ އަށް ދާން ހިނގާގަތެވެ. ޖުނައިދް ކާރީގައި ނާސްތަ ހުރީ ތައްޔާރުވެފާ ކަމަށް ބުނުމަށެވެ. މަންހާ އަދި ޖުނައިދްގެ ހަބަރެއް ނުވާތާ ގިނައިރުވުމުން ސާމިހާވެސް ފެންޑާއައް ދިއުމަށް ބަދިގެއިން ނިކުތެވެ. އެއާއިއެކު ސާމިހާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އިޙުތިޔާރަކާއި ނުލައި ބާރަކަށް ހަޅޭ ލަވައި ގަނެވުނެވެ. ޖުނެއިދާއި އޭނާގެ ދެ އެކުވެރިން ކަމުގައިވާ ހަސަނާއި، އަހުމަދު ދުވެފައި ބަދިގެ އާދިމާއަށް ދިޔައެވެ.ކަމަކުދާކަށް ނެތެވެ. މަންހާއެއޮތީ ހޭނެތިގެން ވެއްޓިފައެވެ. ޖުނައިދްގެ ލޮލުން ކުއްލިއަކަށް ކަރުނަތައް ފޫދޭންފެށިއެވެ.

ލަސްތަކެއްނުކޮން މަންހާ ހޮސްޕިޓަލް އަށް ގެންގޮސް އެނދުމަތިކުރެވުނެވެ. އަދި ގިނަ އަދަދެއްގެ ޓެސްޓްތަކެއް ހެދުނެވެ. މަންހާއަށް ހޭވެރިކަންވީއިރުގަ މަންހާގެ ކުރިމަތީގަ ސާމިހާ އާއި ޖުނެއިދުގެ އިތުރުން ޑޮކްޓަރުވެސް ހުއްޓެވެ. މަންހާގެ އެނާޒުކު ހިމަހިމަ އަޑުން ބައްޕާއެ ކިޔާގޮވާލިއެވެ. ޖުނައިދު މަންހާ އާއި ދިމާލަށް ބަލާލީ ރުޅިވެރިކަން ފުރިގެންވާ ނަޒަރަކުންނެވެ. ހަމައެއާއިއެކު އޭނާގެ އަތުގައި އޮތް ފައިލް މަންހާއާއި ދިމާއަށް ހޫރާލިއެވެ. މަންހާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. “ކިހިނެއްވީ ބައްޕާ؟” މަންހާ ސުވާލުކުރިއެވެ. ” ކިހިނެއްވީހޭ؟ ތިހެން އަހާކަށް ކަލޭ ލަދެއް ނުގަނޭތަ؟” ޖުނައިދުގެ އަޑުގައި ވަނީ ރުޅިވެރިކަންފުރިފެވެ. މަންހާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން ޖުނައިދު އަނެއްކާވެސް ހަޅޭ ލަވަންފެށިއެވެ. ” މީތަ ކަލޭ އަށް އަހަރެން ދިން ތަރުބިއްޔަތަކީ؟ ތީތަ އަހަރެން ކަލޭދެކެ ވީލޯބީގެ ނަތީޖާއަކީ؟ ގޮތްކުޑަ ލަދުކުޑަ އަންހެނާ. ކަލޭތީ މީގެ ފަހުން އަހަރެންގެ ދަރިއެއް ނޫން” އެހެނަ ބުނުމާއިއެކު ޖުނެއިދުއާއި ސާމިހާ އެކޮޓަރިން ނިކުމެގެން ދިޔައެވެ. މަންހާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނާދެއެވެ.

ދެވަރަކަށް މަސްދުވަސް ފަހެވެ. ޖުނައިދް މަސްޢޫލުވެ އުޅުނީ ހެލްތް މިނިސްޓރީގެ ފާރާތުން އެރަށަށް މައުލޫމާތުދޭން އަށްނަ މީހުއްނަށް މަރުހަބާކިޔުމުގައެވެ. މިމައުލޫމާތުގެ ސެޝަން އަކީ އެއިޑްސް އަދި އެޗް.އައި.ވީ ފަދަ ނުރައްކާތެރި ބަލިތަކާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ބާއްވާ ސެޝަންއެކެވެ. މި ސެޝަންގައި ހިއްސާކުރި މައުލޫމާތުން އެގޭގޮތުގޮތުގައި އެއިޑްސް ޖެހެނީ އެންމެ ގޮތަކުން ނޫނެވެ. އެބަލިޖެހިފައިވާ އެހެން މީހެއްގެ ގައިން ލޭއެޅިކަމުގައި ވިޔަސް މިބަލިޖެހެއެވެ. މިކަން އެނގުމާއިއެކު ޖުނެއިދު ހާސްވެ އޮއްދާހިއްލަން ފެށިއެވެ. މާޒީގެ ދުވަސްތަކެއް ހަނދާނައް އައެވެ. އެއީ މީގެ ދެތިން އަހަރު ކުރިއެވެ. މަންހާ ވަރަށް ބޮޑު އަދި ނުރައްކާތެރި އެކްސިޑެންޓެއްވެ އޭނާގެ ގަޔައް ލޭއެޅި ހަނދާނެވެ. ޖުނައިދުގެ ލޮލަށް ފުނިވަމުން ދިޔަ ކަރުނަތައް އެއްވެސް ހުރަހަކާއި ނުލާ ފޫދޭންފެށިއެވެ. އާންއެކެވެ. މަންހާއަށް ޖެހިފައި އެވާ ނުރައްކާތެރި ބައްޔަކީ އެއިޑްސްއެވެ. ލަސްތަކެއްނުކޮށް ޖުނެއިދް ހޯލުން ނިކުމެގެން ގެއާދިމާއަށް ދާން ދުއްވައިގަތެވެ.

މަންހާ އިނީ ނަމާދުކޮށް ނިންމާލާގެން ދުޢާދައްނަވާންށެވެ. ހުއްޓުމެއްނެތި ލޮލުންފައިބަމުން ދިޔަ ކަރުނަތައް ދިޔައީ މަންހާގެ ކޯތާފަތުގައި ބޮސްދެމުންނެވެ. މަންހާ އަށް އިހުސާސް ކުރެވެނީ އެކަނިވެރިކަމެވެ. ބިރުވެރިކަމެވެ. ނާމާންކަމެވެ. ދޮންވެ ފަކާވެފައިވާ ޖަންބެއްހެން އިއްނަ މަންހާގެ މޫނުގެ ކުލަވަނީ ފަނޑުވެފައެވެ. ދެލޯވަނީ ދުޅަވެފައެވެ. މީހާވަނީ އެއްކޮން ހިކި އަނަރޫފަ ވެފައެވެ. ނަމާދުދޮޅި އަދި އިސްޓާކީނު ބޭލުމަށްފަހު މަންހާ އައިސް އިށީންނީ އޭނާގެ ޑައިރީ ހިފައިގެންނެވެ. ޑައިރީގެ ފަތްފުއްތަކުގައި އޭނާގެ ކަޅުމާޒީ ހިއްސާކޮށްލުމުގެ މގުސަދުގައެވެ. ކުއްލިއަކަށް މަންހާގެ ނޭވާ ކުރުވާފެށިއެވެ. ލޮލަށް ފެއްނަ ފެނުން ފުސްވާންފެށިއެވެ. ކެއްސާލުމާއިއެކު ކަރުންނާއި ނޭފަތުން ލޭއަށްނަންފެށިއެވެ.

ޖުނެއިދު ހާސްވެ ކަންބޮޑުވެފައި ހުރެ އައިސް ގެޔަށް ވަނުމުން ސޯފާގައި އިށިންދެލާގެން އިން ސާމިހާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ބަލާކަށްނުހުރެ ޖުނެއިދު މަންހާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އޭނާގެފަހަތުން ސާމިހާވެސް ވަރަށް ބާރަށް ދިޔައެވެ. އޭނާއަށް ކުރެވުނު ބޮޑު ކުންހީއާހެދި އޭނާގެ ދަރިފުޅުގެ ކިބައިން މާފަށް އެދުމަށްށެވެ. ވަރަށް ބާރަށް ގޮސް މަންހާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ނަމަވެސް ވަގުތުފާއިތުވެއްޖެއެވެ. މަންހާވަނީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢުކިޔާފައެވެ.

 

= ނިމުނީ =

 

 

Share Article

Follow Me Written By

Hammkko

Level 1

Love to write and read stories... Support improvement comments... New writer... 17 years...

Other Articles

Previous

ލޯތްބެއްގެ ފެށުން 38

Next

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 13

Next
September 26, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 13

Previews
September 26, 2019

ލޯތްބެއްގެ ފެށުން 38

One Comment

  1. unknown says:
    September 30, 2019 at 1:22 pm

    Omg…????Haadha dhera ey dhw….But mi story varah reethi….
    Maa sha Allah ???

Comments are closed.



All Right Reserved!