އާދައިގެ މަތިން ސުކޫލު ނިންމާލުމަށްފަހު އަހަރެން ގެޔަށް އައީމެވެ. ކޮޓަރިއަށް ވަނެ ފެންވަރައިލައިގެން އަހަރެން އެނދުގައި އިށީންދެލައިގެން އިނެލީ މިއަދު ކުލާހުގައި ވީ ކަންތަކާއި މެދު ވިސްނާލުމަށެވެ. ނަމަވެސް އަހަރެންނަށް ވިސްނެނީ މުޅިން އެހެން ކަމަކާއިއެވެ. ކުލާހުގައިވީ ކަންތަކާއި މެދު ވިސްނުމަށްވުރެ އަހަރެންގެ ސިކުނޑި ދިޔައީ އެހެން ކަމަކަށް ވިސްނުމަށް އަމުރު ކުރަމުންނެވެ. އެކަންތައްތަކަށް ވުރެ އަހަރެންގެ ވިސްނުން ދިޔައީ މާދުރަށް ދަތުރު ކުރަމުންނެވެ. އަހަރެންގެ މިދެލޯ އަބަދުވެސް ބޭގަރާރު ވަނީ އެ ސޫރަ ދެކިލުމަށެވެ. މިދެ […]
“ކުޑް ޔޫ ފައިންޑް އަވޭއި ޓު ލެޓް މި ޑައުން ސްލޮވލީ؟..އަ ލިޓިލް ސޭންޕަތީ އައި ހޯޕް ޔޫ ކޭން ޝޮވް މީ…އިފް ޔޫ ވޮނަ ގޯ ދެން އައި ވިލް ބީ ސޯ ލޯންލީ..އިފް ޔޫއާރ ލީވިންގ ބޯއި؛ ލެޓް މި ޑައުން ސްލޯވލީ..ލެޓް މި ޑައުން ؛ ޑައުން ލެޓް މި ޑައުން ޑައުން ލެޓް މި ޑައުން ލެޓްމި ޑައުން ޑައުން ލެޓްމި ޑައުން ޑައުން..ލެޓް މި….” ކޮޓަރިއަށް ވެރިވެފައިވާ ފުން އަދިރިކަމުގެ […]
ނޯޓް: މީ އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އަހަރެން އަކީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް އެކްޓް ކުރުމަށް ވަރަށް ޝައުޤުވެރި ވާ ކުއްޖެއް ކަމުން އަހަރެންގެ ގިނަ ވަގުތުތައް އަހަރެން ހޭދަ ކުރަމުން ގެންދިޔައީ އެކަނި މާއެކަނި ލޯގަނޑުގެ ކުރިމަތީ ގައި އަހަރެންގެ ހުނަރުވެރިކަން އަހަރެންގެ އަމިއްލަ ނަފުސަށް ދެއްކުމުގަ އެވެ. ކުޑައިރުށްސުރެ ދެކެމުން ދިޔަ ހުވަފެން ހަޤީޤަތަށް ހެދުމަށްޓަކައި ނުހަނު ބުރަ މަސައްކަތް ތަކެއް އަހަރެން ކުރަމުން ގެންދިޔަ އެވެ. ފިލްމަކުން ނަމަވެސް ޖާގައެއް ލިބޭތޯ އަހަރެން އިންތިހާއަށް މަސައްކަތް […]
” ސަޕްރައިޒް ” އައިޝާގެ ލޯ މަތީގައި އަޅާފައިވާ އަތް ނައްޓައި ލަމުން ވާރިޝް ހީލި އެވެ. އެ އާއި އެކު އައިޝާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލި އެވެ. ފެނުނު މަންޒަރުން އައިޝާގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ. ބިރުން ފަހަތަށް ޖެހެވުނެވެ. ” ނޫން… ނޫން… އަހަންނަށް ދެރަ ގޮތެއް ނުހަދާތި…. ވާރިޝް…. އަހަރެން ސަލާމަތް ކުރޭ…” އައިޝާ ފަހަތް ބަލައިލި އިރު ވާރިޝްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. ކުރިމަތީ ގައި […]
މާކާނޑުގެ މެދުގައި އުފެދިފައިވާ ކުޑަކުޑަ ފަޅުރަށަށް އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދެކިލުމުގެ ނިޔަތުގައެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ މޫދުއެރި ސަކަރާތްޖަހަމުން ދިޔަ ކުދިބައެކެވެ. އެއީ ދަތުރުގޮސްގެން އުޅޭ ބައެއްކަން އެނގުނީ ޖަހާފައިވާ ފޭލިގެ ތަކުގެ ސަބަބުންނެވެ. އަހަރެން އަވަސްވެގަތީ އެމީހުންނަށް ފެނުމުގެ ކުރިން އެކުވެރިޔާގެ ގާތަށް ދިޔުމަށްށެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. އަހަރެން ފެނުމުން އެތާ ވެލި ކުޅެން އިން ކުޑަ އަންހެން ކުއްޖާ އޭނާގެ ފައިވާނުން އަހަރެންގެ […]
އަހަރެން މިއަދު މި ތައްޔާރު ވަނީ ޒަވާޖީ ޙަޔާތެއް ފަށަންށެވެ. ނަމަވެސް އަހަރެން ބޭނުން ވެގެނެއް ނޫނެވެ. އަހަރެންނަށް މަޖުބޫރުވީ އެވެ. އަހަރެންނަށް އެކަމަށް މަޖުބޫރު ކުރީ އަހަރެން ބަލާ ބޮޑު ކުރި އަހަރެންގެ މައިންބަފައިންނެވެ. އެހެންކަމުން ދެން އަހަރެންނަށް އެކަމަށް އިތުރަށް ދެއްކެން އޮންނާނީ ކޮން ދެކޮޅުވެރި ކަމެއް ހެއްޔެވެ؟ މިއީ އަހަރެންގެ މައިންބަފައިންގެ ވިސްނުމެވެ. ނަމަވެސް މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުމެވެ. އަހަރެންނަށް އަހަރެން ލޯބިވާ މީހަކާއި އެކު ޙަޔާތެއް ފެށުމުގެ ހައްޤު އޮންނަށް […]
2010 ވަނަ އަހަރުގެ ސްޕްޓެމްބަރ މަހެވެ. އަހަރެންގެ ދަރިފުޅު ރާއިޝް އަށް އޭރު ދެ އަހަރާއި ހަތް މަސް ވީއެވެ. އެންމެ ފުރަތަމަ ރާއިޝް ހޮޑު ލުމުން އަހަރެން ހީކުރީ މާ ގިނައިން ކާން ދެވިގެން ވީ ގޮތެއް ކަމަށެވެ. ނޫނީ ކާން ދިނުމަށްފަހު ރާއިޝް މާ ސަކަރާތް ޖެހުމުން ވީ ގޮތެއް ކަމަށެވެ. އެހެންވުމުން އަހަރެން އެކަމަށް މާ ބޮޑަކަށް ނުވިސްނަމެވެ. އޭގެ ދެ ދުވަސް ފަހެވެ. ރާއިޝް އަނެއްކާވެސް ހޮޑު ލައިފިއެވެ. މިފަހަރު މާ […]
ކައިވެނީގެ ހެދުމާއި އެކު ގެއަށް ވަދެވުނު ތަނާ އަހަރެންނަށް ރޮއި ގަނެވުނެވެ. ހިތް މަތީގައި އަތް އަޅައިގެން ގޭގެ ސިޓިންގރޫމުގެ ތަށިމުށިގަނޑު މައްޗަށް އަހަރެން ޖެހިގަތީމެވެ. އަހަރެންގެ ބަދުނަސީބުކަން ހިތަށް އަރާފަ އެވެ. އަހަރެންނަށް ދުނިޔެމަތީގައި ހަމަ އެއްވެސް އުފަލެއް ނެތީބާ އެވެ؟ އަހަރެން ހިތާމަ ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. ލޮލުން ކަރުނަ ހުސްވާ ވަރު ވެއްޖެ އެވެ. އަހަރެންގެ ހިތް ރޫޅި ކުދިކުދި ވާއިރު އަހަރެންގެ ހިތާމަތަކުގައި ބައިވެރިވާނެ ހަމަ އެންމެ މީހަކު ވެސް […]
ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ކޮވެލި ތަކުގެ ނަލަ ނަލަ އަޑުން ތަފާތު ރާގު ރާގަށް ލަވަ ކިޔަމުން ދާއިރު އުޑުމަތީ ގައި ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެ އާއި އަލްވަދާޢު ކިޔަން ތައްޔާރު ވަމުން ދިޔަ އެވެ. ހަދީޖާ ފަތިސް ނަމާދު ކޮށްލައި ގެން އޭނާގެެ ދެ ދަރިން ގޭ ގައި ތިބި ތޯ ބެލުމަށް ފަހު، ގޭގެ އިމާއި ގުޅިފައިވާ […]