ސާދަވިލޭރޭގެ ހަނދުގެ ވަށައިގެން ތަރިތައްވިދާ ބަބުޅާ މަންޒަރު ވަރަށް ހިތްގައިމެވެ. ބެލްކޮނީގެ ރެއިލިންގްގާ އަތް ވިއްދާލައިގެން ހުރި ކުއްޖާއަށް މި މަންޒަރުން އަސަރެއް ކުރި ހެނެއް ހީނުވެއެވެ. ބަލާބެލުމަށް އޭނާ ވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ އަށް ލިބިފައިވާ ކަޅު ރޭގަނޑެއް ފަދަ ރާޅުބާނި އިސްތަށިގަނޑާ އެ ހިމަތޮޅި ހަށިގަނޑާ ވަރަށް ގުޅެއެވެ. އޭނާގެ ރީތިކަން އިތުރުކޮއްދެނީ އޭނާއަށް ލިބިފައިވާ ކަޅުކަޅި އެވެ. ” ނާނީ … ތިހާ ވަރަށް ނުވިސްނަބަލަ … ލޮންޑަނަށް […]
ވައިގަދަ ވިއްސާރަ ދުވަހެކެވެ. މުޅި ދުނެޔެވަނީ ކަޅު ވިލާތަކުގެ ސަބަބުން އަދިރިވެފައެވެ. ޖެހޭ ބާރު ވައިރޯޅީގެ ސަބަބުން ހީވަނީ ގޭ ފުރާޅު އެއްލާލާފާނެ ހެންނެވެ. ވިދާވިދުވަރުން ބިންމަތީގައި ހިންގާ ހިނިތައް ވެސް ފެނެއެވެ. ގުގުރީގެ ބާރުކަމުން ހީވަނީ ބިންގަނޑު ފަޅައިގެން ދާނެ ހެންނެވެ. މަތީގައި އުދުހޭ ދޫނިތަކައް ވައިގަދަކަމުން އުދުހެން އުނދަގޫވާ ކަހަލައެވެ. އެހެނަސް ޝަމްނާ މަގުމަތިން ހިންގާފާ އެއަންނަނީ ވަރަށް ހާސްކަމުން ފުރިފާވާ ކަހަލަ ގޮތަކަށެވެ. މި ތޫފާނަކީ އޭނާގެ ވޭނީ ދިރިއުޅުމާ ބަލާ އެކައްޗެއްވެސް […]