ނޯޓް: މިވާހަކަ އަކީ ހިޔާލީ ވާހަކައެއް ކަމުން ވާހަކައިގައި ހިމަނާފައިވާ ސިފަކުރުން ތަކާއި ހާދިސާ ތަކަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލު ކަމުގައި ދަންނަވަމެވެ. އިރު އުދަރެހުން ތިރިއަށް ދަމުން ގޮސް ނިޔަރޮއްޖަކަށް ވެއްޖެއެވެ. އުޑުމަތީ ފަވާލެވިފައިވީ އެތައްހާސް ކުލަތައް މަޑުމަޑުން ފަނޑުވަމުންގޮސް އަނދިރިކަން ވެރިވެއްޖެއެވެ. މާހަލުގެ ހަލަބޮލިކަން ނެތި ހަމަހިމޭންކަން ވެރިވި އިރުވެސް، ޒުވާންފުރައިގެ ކުދިންކޮޅެއް ސަކަރައިތުގައި ތިއްބެވެ. އަކިރި ދެމެމުން ދިޔަ، ތުނި ތުނި ރާޅުން ޒާޔާގެ ދެފައިން ވެލި ފިލުވާލިއެވެ. އަތް ތެރޭ ފުރެންދެން […]
ބަރްޒަލް ބޭނުންވީ ހަމަ އެކަނި ބާރެއް ނޫނެވެ. ވެރިކަމެވެ. ދުނިޔޭގެ ރަސްކަމެވެ. އެކަމުގެ ތެރޭގައި އެތަކެއް ބައެއްގެ ފުރާނަ ދެއެވެ. އެތަކެއް ލޭ އޮހޮރެވުންތަކެއް އުފެދެއެވެ. އެތަކެއް ހަމަނުޖެހުމެއް ހިނގައެވެ. އެހެނަސް އޭނާ ބޭނުންވާ ލަނޑު ދަނޑިއާ ހަމައަށް ވާސިލްވާން އިތުރު މީހެއްގެ އެހީ ހޯދަން އޭނާއަށް މަޖުބޫރު ވެއެވެ. ޒޯރާ ތެދުވަނީ އުފަން ބައްޕައާ ދެކޮޅަށެވެ. އިންސާފަށްޓަކައެވެ. އޭނާ ކުށެއް ނެތް ބައަކަށް އިންސާފު ހޯދައިދިން ވެސް މެއެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށްހީއެކެވެ. […]
“ކުޑާ…” ފިނި ފިނި އަޑެކެވެ. އޭނާއަށް އަލަށް ފެނުނު މި އަންހެން ކުއްޖާގެ އަޑު ނިޝާގެ އަޑާ އެހާ ވައްތަރުވީ ކީއްވެ ބާއެވެ. ސުވާލުތައް ފުނި ޖަހައިގެން ނަޔާނީ އަށް ބަލަން އޮތް ނިކްހާގެ ނަޒަރުން ނަޔާނީ އަށް ހާސްކަމެއް ލިބުނެވެ. __________________ ލޮލުން ބަދަލު ކުރެވެމުން ދިޔަ ފިނި ނަޒަރުން ދެކުދިންނަށް ވެސް އުނދަގޫވީ އެއް ވަރަކަށެވެ. ހިތުގެ ކަނަކުން ކޮށްޓަމުން ދިޔަ ސުވާލު ދުލު ކުރިއާ ހަމައަށް ގެންނާނެ ހިތްވަރެއް ނިކްހާއަކަށް ނުލިބުނެވެ. “މީ […]
“ތިކަހަލަ މީހަކު ދުނިޔޭގަވެސް ބަހައްޓާނެ ކަމެއް ނެތް..” ކުއްލިއަކަށް ޒޯރާ ހިފީ އެ އަންހެން މީހާގެ ކަރުގައެވެ. ______________________ ކޮޓަރި ދޮރު ހުޅުވާލާފައި ރޫބީއަށް ވެސް ވަދެވުނީ އެ ވަގުތުއެވެ. “ޒޯރާ…” ރޫބީގެ އަޑަށް ޒޯރާއަށް ސިހުމެއް ލިބުނު އިރު އެ އަންހެން މީހާގެ ކަރުން ދޫކޮށްލެވިއްޖެއެވެ. ބަލި ގޮތަކަށް ކެއްސަން ފެށި އެމީހާއާ ރޫބީ ކައިރި ވުމުން ޒޯރާ ނުކުތީ ބޭރަށެވެ. އޭނާ އަށް ލިބިފައި ހުރި ބައްޕަގެ ކޮންޓްރޯލް ނުކުރެވޭ ރުޅިގަނޑު ދެކެވާ ފޫހި […]
މި ހުރިހާ އިރު އެމަންޒަރުތައް ބަލަން ދުރުގައި އޮތް ކާރުގައި އިން އަންހެން މީހާގެ މޫނު މަތީ ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ. އޭނާ ކާރުގެ މިސްރާބު ބަދަލު ކޮށްލަމުން ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެކާރުގެ މިސްރާބު ހުރީ ސީދާ ނިކްހާއަށެވެ. ___________________ ނިކްހާ ހީ ކަރުވައިގަނެގެން ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް އޭނާ ގޮސް ވަންނާނީ ކޮންތަނަކަށް ހެއްޔެވެ. ނިކްހާ އަށް ކައިރީ ހުރި ފާރުގައި އަތްޖައްސާ ލެވުނު […]
ނަމަވެސް އޭގެ ކުރިން ފަރީޝާ ބުނެލި ވާހަކައިން ނިކްހާއަށް ފިޔަވަޅު މަޑުޖައްސާލެވުނެވެ. ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީކަމަށް ހިތާ އަތުގައި ވިކާވެސް ލެވުނެވެ. _______________ “ދައްތަ ބޭނުމެއް ނޫން ނިކްހާ ދެން މިގޭގައި ބަހައްޓާކަށް.. ފާއިތުވެ މިދިޔަ ދުވަސްތަކުގައި ދައްތަ ކޮއްދިން ކަންތައް ތައް ބަލައި ގަންނަ ނަމަ މިގެއިން ދާން ތައްޔާރުވޭ.. ނިކްހާގެ އެއްޗެއް މިތާ ހުރިއްޔާ ހިފައިގެން އާދޭ..” ފަރީޝާ ކިޔާނެ އެއްޗެއް ކިޔައިފައި ދަންދެން ބަލަން ހުރުން ނޫންކަމެއް ނިކްހާ އަކަށް ނުކުރެވުނެވެ. […]
މަޑު ނޫ ކުލައަކުން ދިއްލެމުން ދިޔަ އަނގޮޓީގެ އެސް ކުއްލިއަކަށް ރަތްކުލައަށް ބަދަލު ވެއްޖެއެވެ. ދެލޯބޮޑު ކޮށްލަމުން ޒޯރާއަށް ފަހަތަށް އެނބުރެވުނު ގޮތްވެސް ނޭނގުނެވެ. ___________ ރުޅިއައިސް ރަތްވެފައި ހުރި ބަރްޒަލް ފެނި އޭނާއަށް އިސްޖަހާލެވުނެވެ. “އަހަރެން ޒޯރާ މިތަނަށް ފޮނުވީ ކީއްކުރަން…..” ބަރްޒަލް ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ޒޯރާއަށް ބަލައިލެވުނީ ނިޝާއަށެވެ. އެއިރު ނިޝާ އިނީ މުސައްލަ މަތީގައެވެ. ދުޢާ އަށް ދެއަތް އުފުލާލައިގެން އިންއިރު އޭނާގެ ދެލޮން ކަރުނަ އޮހެރެމުން ދިޔައެވެ. ޒޯރާއަށް ހިން ދިރުވާލެނެވެ. […]
ޝާޔާ އެތައް އިރަކު އެދެކުދިންނާ ވާހަކަ ދައްކަން އިނދެފައި ބަލައި އަންނާނެ ކަމަށް ބުނެ އެގެއިން ނިކުތް އިރު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާ ކުރަމުން އައި މަސައްކަތް ފުރިހަމަ ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އާއެކު އެހިތުގައި އާ ޖޯށެއް އުފެދިފައި ވާފަދައެވެ. ޝާޔާ އެހާވަރަކަށް ވާހަކަ ދައްކާ ނަޔާނީ އެ އެއްބަސް ކުރުވީ ކޮން ކަމަކަށް ބާއެވެ. *** ** *** ކޮޓަރި އަށް ވަދެވުމާއެކު ނިކްހާއަށް ދެވުނީ ޑައިރީ […]
ލޯބިވާ ކިޔުން ތެރިންނަށް…… މިފެށުނު އާ އަހަރުގެ ކިޔެވުމާއި ގުޅިގެން އަޅުގަނޑުގެ މިވާހަކަ ލިއުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ. މިއަހަރަކީ އަޅުގަނޑުގެ ގްރޭޑް ނުވައެއްގެ އަހަރު ކަމުން ކިޔެވުމަށް އިސްކަންދޭން ބޭނުންވެއެވެ. އެހެންވެ ވާހަކަ ލިޔަން އެކަށީގެންވާ ވަގުތު ނުލިބޭނެތީ އިހަށް ވާހަކަ ލިއުން ހުއްޓާލީއެވެ. ނަމަވެސް ޗުއްޓީ ވީހާ އަވަހަކަށް ވާހަކައިގެ ކުރިޔަށް އޮތް ބައިތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނަމެވެ. ވާހަކަ ލިއުން މެދުކަނޑާލަން ޖެހުނީތީ ކިޔުންތެރިންގެ އަރިހުން ވަރަށް ބޮޑަށް މައާފަށް އެދެމެވެ. […]