ބޭވަފާތެރި އެކުވެރިޔާ

- by - 54- November 3, 2019

 

ބޭވަފާތެރި އެކުވެރިޔާ

ފޭސް ބުކް ހެނދުނު ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ.

ނުދަންނަ ނަމެކެވެ. އެހެންވެ އެއެޑް ބުލޮކް ކުރުމުގެ ކުރިން އަނެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ ފޭސްބުކްގެ އައިޑީގެ ނަމަކަށް އޭނާވަނީ ޢާއްމުކޮށް މީހުން ނުލިޔާކަހަލަ ނަމެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތައް ފޭސްބުކްގައި ލިޔެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ.

އެމީހަކު އަމިއްލަ ނަފްސަށް ދީފައި އެއިނީ އެއްވެސް މީހަކު ރުޅިއައިސްގެންވެސް އަނެކާ އަށްވެސް މުޙާތަބު ނުކުރާނެ ނަމެކެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ. ޙުދު އެލިޔުނު މީހާއަށް ވެސް އޭނާ ލިއެފައި އެއޮތީ ކޮންއެއްޗެއްކަމެއް ނޭނގެނެވީއްޔާއެވެ.

ޝައިނާ އާދަކޮށް އެހެން މެސެޖުވެސް ހުޅުވާފަދައިން އެމެސްޖުވެސް ހުޅުވާލިއެވެ. ކޮންމެވެސް އެއްޗެކޭ ނުބުނެ ހުރުން އެއީ ޝައިނާގެ ފިތުރަތެއް ނޫނޭވެ. އެހެން ކަމާއެކު އޭނާ ލިޔަންފެށިއެވެ

” ކަލޭ އަމިއްލައަށް ތިމާމީ ޝައިޠާނާއޭ (ޑެވިލް) އެހެންބަހަކުން ތިޔަބުނަނީ ކަލޭތީ ފަހެ ހާދަ މޮޔަ މީހެކެވެ. މޮޔަ އަދި ބޭރުބަސްތައް ނުދަންނަ ދިވެހިންނަށް ތިޔަ ބުނާ ބަހުގެ މާނަ ނޭގި ކަލެއަށް ލައިކް ދިނަސް ތިޔަ ބަސް ދަންނަ އަހަރެން ކަހަލަ މީހުން ބުނާނީ ކަލޭތީ ފައްކާ މޮޔައެކޭ ހަމަ. ކަލެއަށް ނޭނގޭތަ ޝައިޠާނާ އަކީ އަހަރެމެން އިސްލާމުން އެންމެ ރުޅިއަންނަ އަހަރުމެންގެ ޢަދާވާތްތެރިއާކަން. އެއްވެސް އިންސާނަކަށް އެނަމުން ރުޅިއައިސްގެންވެސް މުހާތަބް ކުރާކަށް ނުވާނެ. ކަލޭވެސްތީ ބުއްދި ފުރިހަމަ އިންސާނެއްވިއްޔާ”

އެމިހާގެ ޖަވާބެއް ނާދެއެވެ. އަނެއްކާވެސް ޝައިނާ ލިޔަންފެށިއެވެ.

“ބުނަންތަ ވާހަކައެއް ކަލޭ ގަދަވާންވެގެން މާކޫލް މިހެއް ކަމަށް ހެދިގެން ނުދަންނަ ބަހަކުން ތިޔަ ބުނެވެނީ އަމިއްލައަށް ތިމަންނަމީޝައިޠާނެކޭ (ޑެވިލް) ދިވެހި ބަހުން އޭގެ މާނަޔަކީ ޝައިޠާން

ޔަޤީނުންވެސް މިމީހާއަކީ އިނގިރޭސި ނުދަންނަ މީހެކެވެ. ނޫނީ މޮޔައެކެވެ. ޝައިނާ ހިތާހިތާ ކިޔާލިއެވެ. އަދި ލެޕްޓޮޕް ނިއްވާލާފަ ޗޮކެއްކަނޑާލިއެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ފަހުން ޝައިނާގެ ފޯނަށް މެސެޖް އައި އަޑު އިވިއްޖެއެވެ.

އަނެއްކާވެސް ޝައިނާ ލެޕްޓޮޕް ހުޅުވާލިއެވެ. އަދި މެސެންޖަރ ހުޅުވާލި އެވެ.

“ދެންކަލޭ ބުނެބަލަ އަހަރެންގެ ޕޮޓޯއަށް އަހަރެންދޭންވާނަމެއް”

އެމީހާ ޝައިނާ ފޮނުވާފައިވާ މެސެޖުގެ ޖަވާބުދެނީއެވެ. ވަރަށް މަޖާވެފައެވެ. ދެމީހުން ފޭސް ބުކްއިން އެވާހަކަ ވަރަށް ތަފްޞީލްކޮށް ދެއްކިއެވެ.

ޝައިޠާނާ އާއި ބެހޭގޮތުން ޝައިނާ އޭނާއަށް އެނގިހުރި މަޢުލޫމާތު އެމީހާއަށް ދިނެވެ. އަދި ތަފާތު ރީތި ނަންތަކާ ބެހޭގޮތުންނެވެ. ޝައިނާއަށް ރީތިވިހާ ނަންތަކާ ބެހޭގޮތުންނެވެ. ތަފާތު ނަންތައް ޝައިނާ ހުށައެޅިއެވެ. އެމީހާ ރުޅިއައުމުގެ ބަދަލުގައި ޝައިނާގެ ޙިޔާލަށް ތާއީދު ކުރިއެވެ. އަދި ޝުކުރު އަދާ ކުރިއެވެ.

ޝައިނާ ގެ ޙިޔާލުތަކަށް އިޙްތިރާމް ކޮށްފަ ފޭސް ބުކްގައި އެމީހާގެ ނަންކާރީ ރީތި ނަމެއް އޭނާ ޖަހާލިއެވެ. (ޑެވިލްގެ ބަދަލުގައެވެ) އެމީހާގެ މި މަޢުސޫމް އަދާއަށް ޝައިނާގެ ހިތުގެ ފުންމިނުން ޖާގަ ހޯދުމުގައި އޭނާ ކާމިޔާބުވިއެވެ.ހީވަގޮތުން އެގުޅުން އެކުވެރިކަމަށް ވުރެ އިސާހިތަކު ގާތްގުޅުމަކަށްވިއެވެ.ވާހަކަ ދެއްކުނީ ގަޑިއެއްހެއިރެވެ. ވާހަކަ ދައްކާ ނިމުނުއިރު އެދެމީހުން އެކަކު އަނެކަކު ހީވަނީ ދަސްވެގެން ގޮސް ވަރަށް ޒަމާންވީ ދެއެކުވެރިންހެންނެވެ.

އެވަގުތު ދުރުން ރީތި ހިންދީ ލަވައެއް އަންނަމުންދިޔައެވެ. ދެމީހުންނަށްވެސް މިލަވަ އަޑުއިވޭގޮތަށެވެ.”ޔޭ ދޯސްތީ ހަމްނެހީ ޗޯޅެނގޭ..މިލަވައެވެ. ލަވައިގަ އެބުނަނީ އަހަރެމެންގެ މިއެކުވެރި ކަން ދޫކޮށް ނުލާނަމޭއެވެ.ނޭނވާ ހުއްޓާލާނަމޭ އެކަމަކު މިއެކުވެރިކަން ދޫކޮށް ނުލާނަމޭއެވެ. އަހަރެންނަށް ލިބޭ ކޮންމެ ކަމިޔާބީއަކީ ކަލޭގެވެސް ކާމިޔާބީއެވެ.ކަލެއަށް ލިބޭ ކޮންމެ ހިތާމައަކީ އަހަރެންނަށްވެސް ލިބޭ ހިތާމައެކެވެ. މަގޭ އެކުވެރިޔާއެވެ. އަހަރެމެން ދެމީހުންނަކީ ދެހަށިގަނޑަށް ވިޔަސް މިއީއެއްފުރާނައެކެވެ،އެއީ އަހަރެމެންގެ ލޯތްބެވެ. ލަވަ ނިމެންދެން ދެމީހުން އެލަވަ އަޑުއެހިއެވެ. ހެމުންހެމުންނެވެ.ވީޑިއޯ ކޯލްއިންނެވެ. ވަކިވުމުގެ ސަލާމް ކޮށްލުމަށްފަހު ދެމީހުންވަކިވިއެވެ. އަލުން ބައްދަލު ވުމަށް ވަގުތު ދީފައެވެ.

ޝައިނާ ލަވަ ނިއްވާލިއެވެ. ވަކިވުމުގެ ސަލާމް ކޮށްލުމަށްފަހު ޝައިނާ ލެޕްޓޮޕް ނިވާލިއެވެ. އަދި ވަރަށް ފުރިހަމައަށް ތައްޔާރު ވެލިއެވެ. ހީވަނީ ބޮޑު ތަނަކަށް ދާންއުޅޭހެންނެވެ.

ޝީތަލް ޝައިނާ އާއި ބައްދަލު ކުރަން ޝައިނާމެން ގެއަށް އައެވެ. ޝައިނާ ވަރަށް ރީތިކޮށް ތައްޔާރު ވެގެން ހުއްޓާ ފެނިގެން ޙައިރާންވިއެވެ.

“އަސްތާ ކަމަނާތިޔޯ.. މާރީތިވެގެން ކޮންތާކަށް ދާން ތިޔަ ތައްޔާރުވީ؟”

ޝީތަލް އާއި ޝައިނާ އަކީ ގާތް ދެރަޙްމަތްތެރިންނެވެ. ޝައިނާގެ ދުވަހުގެ މުޅި ޑައިރީ ޝީތަލްގެ ކުރިމަތީ ހުޅުވާލައެވެ. އެއްވެސް ސިއްރެއް ދެމީހުން އެކަކު އަނެކަކަށް ނުބާއްވައެވެ.

ފޭސް ބުކް އިން އަލަށް މިދިމާވި މީހާގެ ވާހަކަވެސް ހީހީފައި އޭނާ ޝީތަލް އަށް ކިޔާދޭން ފެށިއެވެ.ކޮންމެ ޖުމްލައެއް ޝައިނާ ބުނުމާއެކު ޝީތަލް ބޭޢިހްތިޔާރުގައި ކިޔަނީ ” އަސްލުތަ؟.. އަސްލުތަ؟”

“އަނެއްކާ ކަލޭ އެންމެ ފަހުން އޭނާދެކެ ލޯބިވާނީތާ؟”  ޝީތަލް މަޖާވެފަ ބުންޏެވެ.

“ކޮންތާކު އެއީ އަދި ޅަ ކުއްޖެއް އެންމެ 25 އަހަރުގެ ޒުވާނެއް. މައެބައުޅެންތަ ތިކަހަލަ މޮޔަކަމެއް ކުރަން” ޝައިނާ ހެމުން ހެމުން ބުނެލިއެވެ.

ޝީތަލްވެސް ހަމަ އެފަދައެވެ. އޭނާގެ ފިރިމީހާއާއި އޭނާގެ ޒުވާބުގެ ވާހަކަ ފަލްސަފާއެއްހެން ޝައިނާގެ ކުރިމަތީ ހުޅުވާލައެވެ. ބައެއްފަހަރަށް ހެމުންނެވެ. އަނެއްބައި ފަހަރަށް ރޮމުންނެވެ. ބައެއްފަހަރަށް އެދެމަފިރިން ދެމެދުގައި ވަރަށް ޑްރާމާ އޮވެއެވެ.އެއީ ކޮންމެ ދުވަހަކުވެސް އެދެމީހުންގެ އާދައެވެ.ބައްދަލު ވުމާއެކު ދެމީހުންގެ ސްޓޯރީއެވެ. ޝައިނާ އެދެމަފިރިންގެ ވާހަކަ އަޑުއަހާލަނީ ހަމައެކަނި ހޫން އެއް އަޅުވާލަމުންނެވެ. އެއްވެސް ކޮޅަކަށް ބުރަވާގޮތަށް އޭނާ ވާހަކަ ނުދައްކައެވެ.ދެމަފިރިންގެ އަރައިރުމަކީ މޫދުގާ ބިއްސާލާ ރާޅު ކަހަލަ ރުޅިއެކެވެ. އިސާހިތަކު ދެމީހުން އެކުވެރިވެދާނެއެވެ.

ދެމީހުން އެކުގައި ބޭރަށް ނިކުތެވެެ. ދޮރާށި ލައްޕާ ލާފަ މަގުމަތީ ހުރި ޝީތަލްގެސައިކަލްކާރީ ދެމީހުން ހުއްޓިލިއެވެ. ޝީތަލް ދަބަސް ހާވާލާފަ ތަޅުދަނޑި ނަގަމުން ސައިކަލަށް އަރާ އެނބުރިލިއެވެ.

“އަހަރެން ބޭނުންވަނީ އަހަރެންގެ މިނިވަންކަން. އޭނާ ކައިރިން ވަރިވާން” ކަރުނަ ފޮހެލަމުން ޝީތަލް ދަބަހަށް ފޯނު ލަމުން ސައިކަލް ސުޓާޓް ކުރަމުން ބުނެލިއެވެ.ހީވަނީ އެއީއޭނާގެ އެންމެ ފަހުގެ ނިންމުން ޙިޔާރު ކޮށްގެންއިންހެންނެވެ.ހީވާގޮތުން އެމީހުންގެ މިފަހަރުގެ ޑްރާމާ މާހާޑްވީއެވެ.ޝައިނާ ޝީތަލްގެ އެވާހަކަ އިވޭކަމަށް ނުހެދިއެވެ.ފަހުން ޝީތަލްވެސް އެވާހަކަ ނުދެއްކިއެވެ.

އާންމުކޮށް މިދެވެރިން ބައްދަލު ވެއްޖެއްޔާ ސައިކަލް ދުއްވަންދިޔުމަކީ ވަރަށް ބޮޑު އާދައެކެވެ.ސައިކަލް ދުއްވަނީ އަބަދުވެސް ޝީތަލްއެވެ. ފަހަތުގައި އިންނަނީ ޝައިނާއެވެ.

” ވަރިވުން ނޫން ހަމަ އެއްވެސް ގޮތެއް ނެތީތަ؟” ތަންކޮޅަކަށް ދުއްވާލިތަނާ ޝައިނާ ބުނެލިއެވެ.

“އެކަމާ ވަރަށް ވިސްނައިފިން. އެތައް ދުވަހެއް ވަންދެން ވިސްނައިފިން.” ޕިއްޒާހަޓް ކައިރިއަށް ސައިކަލްމަޑު ކޮށްލާފަ ފައިބަމުން، ކަރުނަ ވީއަޑަކުން ޝީތަލް ބުނެލިއެވެ.

“ކޯޓަށް އަހަރެން ވަނީ މައްސަލަ ހުށައަޅާފަ. މިއޮތީނުން”  ދަބަހުން ގަނޑު ތަކެއް ނަގާފަ ޝައިނާ އަށް ދައްކާލަމުން ޝީތަލް ވަރަށް ނޫންގޮތަކަށް ބުނެލިއެވެ.

“ކޯޓުން ތިޔަލިޔުން ބަލައިގަތީ؟؟” ވަރަށްހައިރާންވެފަ ޝައިނާ އަހާލިއެވެ.

“ކޯޓުން ސުވާލު ކުރި ގާޒީ އެންމެ ފަހުން އަހަރެންގެ ހުށަހެޅުން ނޯޓްކުރި”. ޓިޝޫއަކުން ކަރުނަ ފޮހެލަމުން  ޝީތަލް ބުނެލިއެވެ.

“އެއްވެސް ކަމެއް މާއަވަސް އަރުވާލައިގެން ކުރުން ބުއްދިވެރިއެއް ނޫން” ޝައިނާ އެންމެފަހުން ހަތިޔާރު ބަހަށްޓަމުން ބުނެލިއެވެ. ޝީތަލް ވަރިވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ނިންމުމެއް ނޫނެވެ. އެއީ މާއަވަސްއަރުވައިގެން އަޅާމޮޔަ ފިޔަވަޅެކެވެ. ޝައިނާ ބުނަމުންދިޔައެވެ.

ކައިނިންމާލާފަ ޝީތަލް ޝައިނާ ގެޔަށް ގެންގޮސްދިނެވެ.އަދި އޭނާގެ އަމިއްލަ ދުނިޔޭގެ ތެރެއަށް ގެއްލުނެވެ.

ވަރިވުންއެނދި ޝީތަލް ކޯޓަށްސިޓީ ލީތާ މިއަދަށް މީ ހަތްވަނަ ދުވަހެވެ. ކޯޓަށް މައްސަލައިގެ ވާހަކަ އަޑުއަހަން އަންނަންއެންގީއެވެ. ވަރިވާންލީ މައްސަލައެވެ. ފަނަރަ އަހަރު ފަހުން ދެމީހުން ވަރިވަނީއެވެ.މައްސަލަޔަކީ ދަރިޔަކު ނުލިބުމުގެ މައްސަލައެވެ. ބޮޑަށް ދަރިޔަކު ބޭނުމީ ޝީތަލްއެވެ އެހެނަސް ޝާހިދު ދަރިޔަކު ބޭނުމެއްނޫނެވެ.

ޝީތަލް އަށް ކޯޓަށް އަންނަން ލިބުނު ޗިޓާއި އެކު އޭނާ ވަރަށް ނަލަ ހެދިގެން ކޯޓަށް ގަޑިޔަށް ދިޔައެވެ.

އެންމެފަހުން ޝިތަލް އަށް ކާމިޔާބު ވިއެވެ. އޭނާގެ ފިރިމީހާގެ ކާރިން ވަރިވާށެވެ. އޭނާގެ މަޤްސަދަކީ މިނިވަންކަމެވެ.އެމިނިވަންކަން އޭނާއަށް ހޯދައިއެދިނީ ކޯޓުގެ ގާޒީއެވެ. އޭނާގެ ރީތިކަމުގެ ޖަޒުބާތު ކޯޓުގެ އެގާޒީވެސް ޖެހުނީ ތޯއްޗެކެވެ.ނޫނީ ހަމަ އޭނާއަށް ހެޔޮ އެދެނީ ކަމަށް ގާޒީ ހެދުނީ އެވެ.އިންސާފަކީ އެއީ ބާއެވެ.ފިރިމީހާ ވަރިކުރަންނެތަސް ކޯޓުގެ ގާޒީ ލައްވާ ވަރި ކުރުވަނީ ކިތަށް ދިވެހިން ބާއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ. ޝާހިދުގެ ހިތުގެ އަޑިން ޝީތަލް ވަރިކުރާކަށް ބޭނުމެއް ނޫނެވެ.ތިންފަހަރަށްވެސް ވަރިޔަށް އެދި ކޯޓަށް ފޯމު ހުށައަޅާ ދެކޮޅަށް ދުވެހެދީވެސް ޝީތަލް އެވެ. ހިއްހަމަ ނުޖެހޭ ކޮންމެ ދުވަހަކުއެވެ.ނިކަމެތި ވަނީ ފިރިމީހާއެވެ. ކާމިޔާބު ލިބެނީ އަންހެން މީހާއަށެވެ. ފަނަރަ އަހަރުވީ ކައިވެނި ރޫޅުނީ ގާޒީގެ އެހީގައެވެ. ޝާހިދު ރޯލަރޯލާ ހުއްޓައެވެ.

ދުވަސްތަށް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. ޝައިނާ ޝައިނާ ގެ ހަޔާތުގެ ދުވަސްތަކުގައެވެ. ޝީތަލްވެސް ހަމައެފަދައެވެ.

ޒަމާންތަކެއް ޝީތަލް އާއި ޝައިނާ ވެސް ދިމާނުވެ ހަބަރެއްވެސް އެކަކު އަނެކަކަށް ނުއެނގިދިޔައެވެ.ދެމީހުންނަށްވެސް ނެތީވަގުތުގެ މައްސަލައެވެ.

އެސްޓީއޯ ޓުރޭޑް ސެންޓަރ އަށް ޝައިނާ ދިޔައީ ބާޒާރު ކުރާށެވެ. ހުރިހާ އެއްޗެއް އެއްތަނަކުން ގަންނަން ލިބޭތީއެވެ.އަދި ވަކިން އަގުވެސް ބޮޑުނުވުމާއި އެކުގައެވެ.

ހޭލަމޭލަޔަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ގާތްގަޑަކަށް  5 ނުވަތަ 6 ވަރަކަށް ކައުންޓަރު ހުރިއިރު ހަލުއިކަމާއެކު ކޭޝިއަރުން މަސައްކަތްކުރަމުން ދާއިރު ހީވަނީ ތަނުގެ ބިޒްނަސް ވަރަށް ރަނގަޅު ހެންނެވެ.ޝައިނާ ވެސް މަޑުމަޑު ހިނގުމެއްގައި ގޮސް ޓުރޮލީއެއްހިފައިގެން އެއްޗިހިތަށް އަޅަމުން ގޮސް ކައުންޓަރަކާއި ކައިރިވެލިއެވެ.

ކައުންޓަރު ކާރީ ހުރި ކުއްޖާ ފެނިފަ ޝައިނާއަށް އުފަލުން ހަޅޭލަވައިގަނެވުނެވެ.. އެއީ ފެންނަކަމަށް ނަހަދާ ދެވޭވަރުގެ މީހެއް ނޫނެެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. އެއީ ޝީތަލް އެވެ. މިދެމީހުން މިފެނުނީ 8 އަހަރު ފަހުންވީއާއެވެ.

” އޭއި ޝައި މަ ޑިޔުޓީ ނިމެންދެން މަޑު ކުރާތި 3 ގަ ބަންގިޔަށް ކުލޯސް ކުރާނެ”

ލާރި ކަނޑަމުން ޝީތަލް ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ޝައިނާ ބޯޖަހާލިއެވެ.އަދި އެއްޗިހި ހިފައިގެން ކައުންޓަރުގެ ފަހަތުގައި މަޑުކޮށްލިއެވެ.

“އަހަރެންގެ ވާހަކަ އޭނާ އަށް ކިޔާދޭނީ ކިހިނަކުން ބާވައެވެ؟” ޝީތަލް ހިތާހިތާ ކިޔާލިއެވެ.އަދި އޭނާގެ ކައުންޓަރުގެވަށްގަނޑުތަށް ތަޅުލިއެވެ. އެތަނަކީ ގިނައެހެން މީހުންވެސް ބޭނުން ކުރާތަނަކަށްވާތީ ތަޅުލުން ބުއްދިވެރިކަމަށް އޭނާ ދެކުނެވެ.

ޝީތަލް މަސައްކަތް ނިންމާލާފަ ޝައިނާ ކާރިޔަށް ދިޔައެވެ. ދެމީހުން އެކުގައި ކޮފީއަކަށް ދާން ނިންމިއެވެ.ތަން އަބަދުވެސް ޑިސައިޓް ކުރަނީ ޝީތަލްއެވެ. ސަލްސާރޯޔަލް އަކީ އެދެމީހުން އަބަދުވެސް ވަންނަތަން ވީމައެވެ.އެތާ އުޅޭ ގިނަވޭޓަރުންވެސް އެދެމީހުންނާ ވެސް ރައްޓިހިންނަށް ވާތީއެވެ. އެތަނަށް ގޮސްގޮސްއެވެ.

ދެމީހުންއެތާގެ ފުރަތަމަ ފަންގިފިލާއަށް އަރާފަ ތަންކޮޅެއްއެކަހަރި ތަނެއްގައި އިނީނދެލިއެވެ. ޝައިނާ އަށް އިށީންނަށްގޮނޑިވެސް ދަމާލަދިނީ ޝީތަލްއެވެ.ހަމަޖެހިލައިގެން އިށީނދެ ޝައިނާ ވާހަކަ ދައްކަން ފެށިއެވެ.

” އަޅެކިޔާދިބަލަ ކޮންތާކަށްތަ ދިޔައީ ހަބަރެއްވެސް ވެނުލާ މެސެންޖާރ އަކުން ވައިބާއަކުން ފޭސްބުކަކުން ނުވެސްފެނޭ ހުރިހާ ނަމްބަރެއް ބުލޮކް ކޮށްފަ” ޝައިނާ ޝީތަލް ގައިގަ ހަގު ކޮށްލަމުން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“ކޮފީދޯ އެއީ ޝީތަލްގެ ފޭވަރިޓް ދޯ”

“ނޫނޭ މިހާރު އަހަރެންބޮނީ އައިސްޓީ ބަލަ ގަރުނެއްވާއިރަށް މީހުންގެ ކަންތަށް ބަދަލުވާނެ މިވެސް 8 އަހަރުވީ ވިއްޔަ ދުވަސްތަކާއި އަހަރުތަކެއް ދިޔަގޮތެއްވެސް ނޭނގުނުދޯ” ހިނިގަނޑެއް ޖަހާލާފަ ޝީތަލް ބުނެލިއެވެ.

“ކޮނބާ ފިރިމީހާ  ދެތިން މަހެއް ކުރިން މަދެކުނިން އޭނާ ސައިކަލްގައި ދަނިކޮށް. ވަރަށް ބުރަކޮށް ދިޔައީ ބައިވަރު ކަތަޅުތަކެއް ހިފައިގެން ތަންކޮޅެއް ދުރުންދިޔައީ”

” މަައޭނާ ކާރިންވަރިވެގެން މަދިޔައީ ކިޔަވަން ލަންކާއަށް8އަހަރު ކޮށްފަ މިއައީ ބިޒްނަަސްމެނޭޖް މަންޓުން ފުދޭވަރަކަށް ކިޔަވާލިން. ވަޒީފާ ނެތި މަގުމަތިނުވާނެތާ މިހާރު އަހަރެން ހެދިން ޑިޕްލޮމާއިން ބިޒްނަސް މެނޭޖްމަންޓާއި އެޑްވާންސު ފަޔާ ފައިޓިިން އާއި…ދެން އެކުން ހުންނާނީ ކުޅިވަރުގެ އެއްޗިހި އެންމެ ދަށްވާނީ ހިސާބަށް އެންމެ މޮޅުވާނީ އިނގިރޭސި. ހިސާބަށް ދަށްވީ ކޮންމެވެސް އެކުސްއެއް އޭގެތެރޭ އައިމާ..ނުލާހިކު ރަނގަޅަށް ކަނޑާ ގުނަކޮށް ހަދަނިކޮށް ފާޑެއްގެ އެކުސް އެއް ވަނީ.. އެއްދުވަހެއްގަ އެބުނާ އެކުސް ނުހޯދިގެން ބޮޅެއް އަޅާފަ މިއޮތީ އެކުސް ކިޔާފަ ތީރެއްޖަހާފަ ދައްކާވެސްލިން އެވެސް ޓެސްޓުގަ.ވީމާ ފާހެއް ނުވި.ފަހުން އަނެއްކާއެކައުންޓުސް އެއްޗެއް ހަދަން ޖެހުނު ކޮންމެޔަކަސް ކިޔެވުމުގަ ޒަމާންތަށް ދުއްވާލިން އަދި އަނބުރާ މާލެއައިސް ބަލާލިއިރު ޝައިނާވެސް ލަންކާއަށް ބަދަލްވިކަން ލިޒީމެންގެ ފަރާތުން އެނގުނު އަހަރެން އެސްޓީއޯއަށް ވަދެ މެނޭޖަރ އަކަށް މަމި ހުންނަނީ ވަރިކުރި މީހާ ވީހިސާބެއް އޭނާގެ އެއްވެސް ހަބަރެއް ނޭނގޭ ވޭތިވެ ދިޔަ 6ވަރަކަށް އަހަރު އޭނާވެސް ގުޅާވެސް ނުލާ..މަވެސް ނުގުޅަން ދަރިޔަކު ނުލިބުމުގެ ސަބަބުން 15 އަހަރު ފަހުން ދެމީހުން ވަކިވީ”  ޝީތަލް އޭނާގެ ވާހަކަ ކިޔާދިނެވެ.ޝައިނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

ޝައިނާ ބުނާނެއެއްޗެއް ނޭނގިފަ ބޮލުގައި އައްޖައްސައިގެންއިންދާ ކާތަކެތި ހިފައިގެން އައީވެސް އެމީހުން ދަންނަ ވޭޓަރެކެވެ.

“ހާދަ ނުފެނެޔޭ ދެމީހުން މާލޭގަ ނެތީދޯ” ވޭޓަރުވެސް އަހާލިއެވެ.

” އަހަރެން އިންޑިޔާގަ މީނާ ލަންކާގަ ދެން ނުފެންނާނެނު” ޝީތަލް ލެމަންޓީތަށި ކާރި ކޮށްލަމުން ބުނެލިއެވެ.

ވޭޓަރު ހޫން އެއްއަޅުވާފަ ދިޔައީއެވެ. އެވަރުންވެސް ޝައިނާ އިނީ ގެއްލިފައެވެ.އެހިމޭންކަން ކަނޑުވާލީ ޝީތަލްއެވެ.

“ދެން ކަލޭ ހެދީ ކިހިނެއް.. ކޮންހިސާބެއްގަ މިހާރު ތިޔައުޅެނީ ކަލޭވެސް އައްޑޫއަށް ބަދަލްވީދޯ ދެން މިހާރު ތިއުޅެނީ އެއްކަލަ އެޒަމާނުގައި ފޭސް ބުކްއިން ދިމާވި ކުއްޖާ އާއި އިނދެގެންތަ؟” ޝީތަލް އަހާލިއެވެ.

” އަހަރެންދޯ އަހަރެން މީހަކާ އިނީ ރައްޓިހިވެގެން 6 މަސް ދުވަހު އުޅެފަ. ކައިވެނި ކޮށްފަ ވަގުތުން ބަދަލްވީ ލަންކާއަށް ކިޔަވަން. ފިރިމީހާ ކިޔަވާތީ ސަރުކާރުން ލިބުނު ކޯހެއްގަ.”

“އެންމެ ހަމަދުވަސް އުޅެފަ ތިޔަކައިވެނި ކުރީ ކީއްވެ؟”

ޝީތަލް ސުވާލުގެ ނަޒަރަކުން ބަލާލާފަ އަހާލިއެވެ.

‘ކާވެނި ކުރަން ނިންމީ އޭނާގެ ރަނގަޅުކަން ފެނިފަ އެކުން އާއިލާވެސް ދަންނަ މީހަކަށް ވާތީ.މިހާރު.ކައިވެންޏަށް 5 އަހަރު އަދި ދަރިޔަކު ނުލިބޭ.. ޑޮކްޓަރު ދުވާލަކު ޓެސްޓެއްހަދާ އަދި މޮޅު ވާހަކަ ދައްކާ ދެމީހުންކުރެ އެކަކުވެސް ގޯހެއްނޫނޯ ދަރިން ނުލިބެންވާސަބަބެއްވެސް ނެތޯ އަދި ލިބޭނެޔޯ” ޝައިނާ އުދާސް ކަމާއެކު ބުނެލިއެވެ.

ޝައިނާގެ އެވާހަކަ އިން ޝީތަލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާވެސް މާޒީ ހަނދާންވީއެވެ. ޝާހިދު އާއި އިނދެގެން އުޅުނު ދުވަސްތަކެވެ.

ޝައިނާ ދެން ބުނަމުންދިޔައީ އޭނާ ކައިވެނީގެ ފަހުންއެކުގަ ހަނީމޫނަށް ދިޔަ ތަންތަނުގެ ވާހަކައެވެ. އެމީހުން އެންމެ ފުރަތަމަވެސް ހަނީމޫނަށް ދިޔައީ ލަންކާޔަށޯއެވެ. ޕާލްސިޓީ ހޮޓަލްގެ 201 އެމީހުން ނެގިވާހަކަ އެވެ. އެރޫމް ވެސް ހަމަ ޖެހިއްސީ ހަމަ ޝައިނާގެ އަލަތު ފިރިމީހާއެވެ.ހަމަ ކޮންމެ އަހަރަކު ލަންކާއަށް ޗުއްޓީއަށް ގޮސް އެރޫމް ނަގިވާހަކަ އެވެ.ޝައިނާ ގެ ކަމަކީ ހަމައެކަނި އެއްބަސް ވުމެވެ. ނުވަރަލިޔައަށް ވެސް ދިޔަ ވާހަކައެވެ. ފިރިމީހާގެ ރަނގަޅުވާހަކައެވެ.

“އަހަރެންގެ ފިރިކަލުންނަކީ ވަރަށް ބިޒީބޭކަލެއް ކިޔެވުމުގައި އެހެން ވެ ގިނަ ފަހަރު ބާޒާރަށް ދަނީވެސް މައެކަނި” ޝީތަލް އިނީ ހިމޭނުންނެވެ. އެހެންޏާ ހަދާހެން އަނގަނުބާނައެވެ.

ދެ އެކުވެރިން ވަކިވީ އަދި ބައްދަލު ކުރަން ނިންމާފައެވެ.ޝައިނާ، ޝީތަލް އަށް އެމީހުންގެގެޔަށް އައުމަށްވެސް ދަޢުވަތު ދިނެވެ.

އެސްޓީއޯގެ އޮފީސް ދަތުރެއްގައި ޝީތަލް ކުޑަބަޑޮހަށް ދާން ނިންމީއެެވެ. ޝީތަލް ގެ ކޮއްކޮއަކީ އެސްޓީއޯ ފާމަސީގަ އުޅޭކުއްޖެކެވެ.އޭނާގެ އުފަންދުވަހު އެތަނުގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ރާވާދިން ދަތުރެކެވެ. އޮފީސް މަސައްކަތް ބަހަށްޓާފަ ބޭރަށް ނިކުމެވޭތީ ޝީތަލް ހުރީ އުފަލުންނެވެ.

އެންމެންގޮސް އެއްބޯޓަކަށް އެރިއިރު އެއޮފީހުގެ އެހެންޑިޕާޓް މަންޓު މީހުންވެސް އެބޯޓުގައި ތިއްބެވެ.ގިނަ މޫނުތަކަކީ ޝީތަލް ދަންނަ މޫނުތަކެއް ނޫނެވެ. އެހެންވެ އޭނާ ހުރީ ހިމޭނުންނެވެ.ކޮންމެ މީހަކުވެސް ކައިރިޔަށް އައުމާއެކު ޝީތަލް ހިނިތުންވެލާފަ ސަލާމް ކޮށްލައެވެ. އޭނާގެ ކޮއްކޮ އެންމެންނާއި މަޖާ ކުރަމުން ވާހަކަ ދައްކަމުން ދިޔައެވެ. މިއީ އަލަށް ޖޮއިންކުރި މެނޭޖަރ ކިޔާފަ އެންމެންނަށް ޝީތަލް ތައާރަފް ކޮށްދެމުންނެވެ.

އެހުރިހާ އެކުވެރިންގެ ތެރޭ އެއްވެސް އެއްޗެކޭ ނުބުނެ މާހިމޭނުންއިން މީހަކު އިނެވެ. ސަލާން ކޮށްލާންވެސް އޭނާ ނާދެއެވެ. ޝީތަލް ސިއްރު ސިއްރުން އޭނާގެ ކޮއްކޮ ކާރިން އެއީ ކާކުތޯ އަހާލިއެވެ.

” އެއީ ހައިކޯޓުގެއެޑްމިން އޮފްސަރ އަހްމަދު ޝަފްރާޒް. އޭނާ އަކީ ކުޅުދުއްފުށީ މީހެއް. މިއެސްޓީއޯގެ ބައެއް ލިޔެކިޔުންތަށް އޭނާ ބަލަހަށްޓާނެ. ދޮންތައަށް ރީތިވީދޯ އޭނާ”

ޝީތަލް ބޯހޫރާލާފަ ތަންކޮޅެއް ދުރުގައި ގޮސް އިށީނެވެ.

“މިހާރު ޝީތަލް ދެކެ އޭނާ ވަރަށް ލޯބިވެޔޭ ބުނެފީޔާ ބުނާނީ ކީކޭ؟” ކޮއްކޮ ޝީތަލް އާއި ކާރިޔަށް ޖެހިލާފާފަ މަޖާ ރާގަކަށް އަހާލިއެވެ.

“ސާބަސް އެއީމީހެއްގެ ފިރިޔެއް ކަންނޭނގެ” ޝީތަލް  މޫނު ހަދާލާފަ ބުނެލި އެވެ.އަދިތެދުވެގެންގޮސް މާދުރުގަ ހުރިޖޯލި ފަތީގައި އިށީނެވެ. ހީވާގޮތުން އެވާހަކަ ދައްކަން އޭނާ ބޭނުން ނޫނީއެވެ.

“އަހަރެން ދައްކާނެ ބަހަނާއެއް ނެތެވެ. އަހަރެން ނާކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްހަލާކުވެ ނިމިއްޖެ”. އަނެއްކާވެސް އެހެން ރައްޓެއްސެއް ވާހަކަ ދައްކަމުން އައިއްސަ ޝީތަލް އިން ޖޯލިފަތީ އިށީނެވެ.

ޝީތަލްގެ ކޮއްކޮ އާމިނަތު ވެސް އަނބު މަޖާ ހިފައިގެންއައިސް އެމީހުން ކާރީ އިށީނެވެ.

“ކާސިމާ ކަލޭކޯއްޗެކޭތަ ތިޔަކިޔަނީ؟” އައިންތު އަހާލިއެވެ.

“ތިޔޯ”  ޝީތަލް އޭނާގެއަތުގައޮތް ފޮތް އުނގުމަތީ ބާއްވާލަމުން  ބުނެލިއެވެ.

“މިއީ އަނބު މަޖަލެއްނު.. ކާސިމާ ކަލޭ މާނޫން ގޮތަކަށް އައިސް މަގޭ ދައްތަ ކާރީ ޖައްސާލާފަ ތިއިނީޔޯ ދޭބަލަ ޝަފްރާޒް ގެންނަން އޭނަ އެބައިން އެއްވެސް ގޫރޫޕަކަށް ނުގޮސް  މާހިމޭނުން ފޯނަށް ގެއްލިފަ” އައިންތު ބުނެލިއެވެ.

“މަދޯ.މަށާވެސް ވާހަކަ ދައްކާނެ މީހެއްނެތް މިމަންޖެވެސް މަށަކު ބަލާވެސްނުލާ” ކާސިމު މިހެން ބުނަމުން ގޮސް ޝަފުރާޒް ގޮަވައިގެން އައެވެ. “އަލަށް ކޮންޕެނީގައި މަސައްކަތް ކުރަން ފެށި ކުދިންނާ ރަހްމަތްތެރި ވާން ޖެހޭނެ” ކާސިމުމިހެން ކިޔާފަ ޝަފްރާޒް ބޭންދީވެސް ޝީތަލް ކާރީ ޖެހިގެން ހުރި ޖޯލިފަތީގައެވެ. ޝީތަލް ހިނިތުންވެލާފަ އެއްވެސް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލީއެވެ. އައިންތު ވަރަށް ވާހަކަދެއްކިއެވެ.

ވަރަށް މަޖަލުގައި އެމީހުންގެ ދަތުރު އެދުވަހު ނިމުނީ އަހްމަދު ޝަފްރާޒް އާއި ޝީތަލް އޮފީސްދެރަހްމަތްތެރިންގެ ގޮތުގައި ތައާތަފް ވެގެންނެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރީގައި ޖަހާފައިހުރި ފަންކާގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ.މުޅި ދުނިޔެ ވެސް ނިދާފައި އޮތް ކަހަލައެވެ. އެނދުގައި ލެނގިލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ޝީތަލް ލޮލުގައި ނިދީގެކަންފުޅެއްވެސް ނެތެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ.

ޑިޔުޓީ ނިންމާފަ އައިސް އެނދުގައި ޖައްސާލުމާއެކު ނިދޭނެ ނަމައޭ ޝީތަލްގެ ހިތަށްވެސް އަރައެވެ. އެހެނަސް އެކަނިވާނެ ފުރުސަތު ލިބެނީ ހަމައެކަނި މިގަޑީގައި ކަމުން ސިކުނޑީގައި އުތުރިއަރާ އެތަކެއް ޚިޔާލެއް މިވަގުތު ޝީތަލްގެ ވަށާލައެވެ.

ރޫޅިގެން ދިޔަ ކައިވެނިއެވެ.ފުން ހަނދާންތަކެވެ. ލަންކާގައި ކިޔަވަން އުޅުއިރު އުޅެވުނު ދުނިޔެއެވެ. އެއެކަނި ވެރިކަމެވެ. މަންމަ މަތިން ޝީތަލް ވަރަށް ހަނދާންވެއެވެ. ޝައިނާ މެންގެ މަންމަަ ހުންނަ ހެން ޝީތަލްގެ މަންމަ ނެތެވެ. ހެޔޮ ނަސީހަތެއް ދޭކަށްވެސް މަންމަ ނެެތެވެ.

މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތުން ކޮންމެ ދުވަހަކީ ޝީތަލް އަށް ބަދުނަސީބު ދުވަހެކެވެ. ކޮންމެ ކަމެއް ޝީތަލްގެ ހިތަށް ދަތި ކުރަމުންދެއެވެ. މިހާލުގަ އިންދާ ޝަފްރާޒް ކަހަލަ މީހަކު ގުޅުމަކީ ލިބުނު ރަހްމަތެކޭ ޝީތަލް ހިތަށް އެރިއެވެ. އަދި ފުރަތަމަ ފެނިލުމުންވެސް ޝީތަލް އަށް ޝަފްރާޒް އާއި ގަޔާވެވުނު ވީއްޔާއެވެ. އެކަމަކު އެއީ އެއްވެސް ހާލެއްގައި އެހެންމީހެއްކާރީ އޭނާ ބުނިވާހަކައެއްނޫނެވެ. އެއީ ހަމައެކަނި ޙިޔާލެކެވެ.

ޝީތަލްއަށް ޤުދުރަތުން ދެއްވާފައިވަނީ ބަލާ ކޮންމެ މީހެއްގެ ލޯ ޙަސަދަވެރިވާފަދަ ޗާލުކަމެކެވެ.ގިނަ އެކުވެރިން ޝީތަލްގެ ތިބެއެވެ. ސުކޫލް ދައުރުގައެވެ. އެއިން ކޮންމެ މީހެއްގެ މަންމަގެ ވާހަކަ ދައްކާއިރަށް ޝީތަލްގެ ލޮލުން ކަރުނަ ފާއްދާލައެވެ. ޙުދު ޝީތަލްއަށްވެސް މަންމަޔަކަށް ނުވެވުނެވެ.ޝީތަލް އަކީ ނިކަމެތި ޢާއިލާއެއްގެތެރޭ ބޮޑުވަމުން އައި އަންހެން ކުއްޖެކެވެ.ސުކޫލް ނިންމާފަ ޝާހިދު އާއި އޭނާ ކައިވެނި ކުރިގޮތަށް މާލެއަށް ބަދަލުވީއެވެ.ޝާހިދު ބޭނުންވަނީ ޝީތަލް ގޭގައި ހުރުމެވެ.ގޭގެބިޒްނަސް ބެލެހެއްޓުމެވެ. ދަރިން ހޯދުމަކީ ޝާހިދުގެ މެނިފެސްޓޯގައި ވަރަށް ދުރުގައިވާމާއްދާއެކެވެ.ގެވެހި އަންބަކަށް ހުރުން އެއްއިރެއްގަވެސް އޭނާގެ ހިތުގައި އޮތްކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ މަތީތަޢުލީމް ޙާސިލް ކުރާށެވެ. ވަޒީފާ އަދާކުރާށެވެ. އެކެއްނުވަތަ ދެދަރިންގެ މަންމަޔަށް ވާށެވެ. އެހެނަސް ފަނަރަ އަހަރު ކައިވެނިޔަށް ވިއިރުވެސް ޝީތަލް މަންމަޔަކަށް ވުމުގެ ނަސީބު ނުލިބުނެވެ.ޝާހިދު ބުނާގޮތުން އެއީ އެހާ މުހިންމު ކަމެއްނޫނެވެ. ޝާހިދުގެ ކުރީގެ ކައިވެނިން 3 ކުދިން ލިބިފަ އެބަތިއްބެވެ. އެކުދިން ތިބެނީ އެކުދިންގެ މަންމަ ކާރީގައެވެ. ޝާހިދު ގިނަފަހަރު އެކުދިންނާއި ބައްދަލެއްވެސް ނުކުރެއެވެ. ފައިސާގެ އެހީދެއެވެ. މިކަންމިވީ ގަހަކަށް ނެތްލޯތްބެއްފަތަކަށް ނުހުންނާނެޔޭ ބުނާއުސޫލްއެވެ. 15 އަހަރު ކޮށްފަވެސް ޝީތަލް ޝާހިދު އާއި ވަކިވީ ޝީތަލްގެ ހިތުގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް އޮތީމައެވެ. އާހް އަކާއެކު ބާލީސް ނަގާ ގަޔާ ކައިރިކޮށްލަމުން ޝީތަލް ލޯމަރާލިއެވެ. މާދަމާ ވެސް ޑިޔުޓީއަށް ދާން ޖެހޭނެވިއްޔާއެވެ. ވީއިރު މާޒީގެ ކިލަންބުކަން ހަނދާން ކުރަންވީ ކީއްވެހެއްޔެވެ. ޝީތަލް ލޯމަރާލިއެވެ.

ހެނދުނު ތެދުވެ ކުރަންހުރި ކަންތަކުން އަވަދިވެގެން ޝީތަލް އަށް ކިރިޔާ ގަޑިއަށް ޑިއުޓީއަށް ފޯރީއެވެ. ޝީތަލްް ކުރިމަތިލާފައިވާ އެތަށް ކަސްޓަމަރުންނެއް ތިއްބެވެ.

ޝަފްރާޒް އަށް ޝީތަލް ފެނުމާއެކު އައުމަށް އަތުން ޢިޝާރާތް ކުރިއެވެ. އިއްޔެގަ ދިމާވެފަ އޮތީމާ ޝަފްރާޒް އަކީ ވަރަށް ގާތް މީހެއް ކަމަށް ޝީތަލް ދެކުނެވެ. ޝަފްެރާޒް ހަނާ އަޅާފަ ކައިރިޔަށް އައުމަށް ޝީތަލް އަށް އިޝާރާރް ކޮށްލިއެވެ. ލަދުވެތި ހިނިތުންވުމަކާއެކު  ޝީތަލް ހިނގައިގަތެވެ. ކައުންޓަރު ހުޅުވާލާފަ ހުދުކުލައިގެ ގަނޑުތަކެއް ނަގައިގެން އެ ގަނޑުތަށް ގެންގޮސް ޝަފްރާޒް އަތަށް ދިނެވެ.

“މީތި ދޯ ބޭނުންވެގެން ތިއުޅުނީ” ޝީތަލް އަހާލިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ޝަފްރާޒް ބޯޖަހާލަމުން އޭނާގެ މޭޒް ކާރިޔަށް ދިޔައެވެ.

“މަންމާ..މިތަނަށް ތިޔައީ ކީއްކުރަން” ޝީތަލްގެ ކޮއްކޮ އެތަނަށް ވަދެގެންއައި ދެވަންފުރަންގެ އަންހެނަކާއި ދިމާލަށް ބަލާފަ ބުނެލިއެވެ. ޝީތަލް މާނަފުންނަޒަރަކުން ވަދެގެން އެއައި އަންހެން މިހާއަށް ބަލާލިއެވެ.ހަމައެގޮތަށް ޝީތަލްގެ ކޮއްކޮ އާންތުވެސް އެދެމީހުންނަށް ބަލާލިއެވެ.ވަރަށް މާނަ ފުންކޮށެވެ. އެކަމަކު ރައްދު ގައި އެއްވެސް ކޮޅަކުން ވާހަކައެއް ނުދައްކައެވެ. ކާރޫ ބާރޫ ބޮޑުތަނެއްގަ ވާނީވެސް އެހެންނޫންތޯއެވެ.

ޝީތަލްގެ ކޮއްކޮ “މަންމާ އޭ..”ކިޔާލާފަ ވަދެގެން އައި އަންހެން މީހާއަށް ނިސްބަތް ކުރުމުން އެތައް ސުވާލެއް އޭނާގެ ހިތުގައި އުފެދުނެވެ. އެހެނަސް ޝީތަލް އިތުރު ސުވާލެއް ނުކޮށް ކައުންޓަރާއި ދިމާލަށް އެނބުރުނެވެ.އެއީ ޝީތަލް އަށް އާކަމެއް ނޫނެވެ.  ވަރަށް ގިނަ ކުދިން  މަންމަ މެންގެ ވާހަކަ ޝީތަލް ކާރީ ދައްކައެވެ. ޝީތަލް އެހުރިހާ ވަގުތެއްގެހުންނަނީ ހީމޭން ކޮށެވެ.

ޝީތަލް އަތުގައި ތަޢުލީމީ ސެޓްފިކެޓް އެބަހުއްޓެވެ. އޯލެވެލްއިން އެކަށީގެންވާ ރަނގަޅުފާހެއް ވަނީލިބިފައިވެއެވެ.ވަރީގެ ފަހުން ލަންކާއަށް ގޮސް އޭނާ އިތުރު ތައުލީމް ޙާސިލް ކުރިއެވެ. މިއަދު އޭނާއަކީ ޤާބިލް މީހެކެވެ. ޝީތަލް އަކީވަޒީފާގައި މަސައްކަތް ކުރާ ހުނަރުވެރިކަނބަލެކެވެ. ގިނަ އަންހެންކަނބަލުންނަށް ނަމޫނާއެކެވެ.

“އެއީ އަހަރުމެންގެ އާ ދޮންއަމާ” އާންތު އައިސް ޝީތަލްގެ ކާރީ ބުނެލިއެވެ.

ޝީތަލްވެސް އާންތުވެސް އެމީހުންގެ އަސްލު މަންމަ ލޮލުން ނުދެކެއެވެ.އެމީހުން ކުޑައިރު މަންމަ އެމީހުން ދޫކޮށް ދިޔައީއެވެ.ބައްޕަ ދެމަހުން ދެމަހުން މަންމަ ބަދަލް ކުރެއެވެ.އަދި މިއީ ކަލޭމެންގެ މަންމައޭ ކިޔާފަ ދައްކައެވެ.މިއަދު އެސްޓީއޯއަށް އައީ އެންމެ ފަހުން ބައްޕަ ކައިވެނި ކުރި މީހާއެވެ. އެކައިވެނި ކުރީ ޝީތަލް ރާއްޖެއިން ބޭރުގަ ހުއްޓައެވެ. އެހެންވެ އަދި ޝީތަލް އަށް އޭނާ ނުފެނި ބައްދަލުނުވެ ހުރީއެވެ.

ޝީތަލްގެ ޚިޔާލުގެ ނާ ގޮސް ހުއްޓުނީ އޭގެ 13 އަހަރު ކުރީގެ ހަނދާނަކަށެވެ. ބައްޕަގެ އެދުމުގެ މަތިން ބޮޑުދައިތަގެއަށް އައްޑުއަށް ޝީތަލްއާއި އައިންތު ބަދަލު ކުރެވުނެވެ. އޭރު ބައްޕަ އުޅެމުން ދިޔައީ ދޮންމަންމަޔާއި އެކު ދޮންމަންމަ މެން ގޭގައެވެ. އޭރު ޢާއިލާގެތެރޭގައި މުޅިންވެސް އޮތީ އެމީހުންގެ ބައްޕަ ނަސީމް އާއި މަންމަ ފަރީދާގެ ވާހަކައެވެ. ދެއަންހެން ދަރި ކުޑައެވެ. ފަރީދާ އާއި އެކު ނަސީމްގެ މައްސަލަތަކެވެ. ކޯޅުންތަކެވެ. ކުޑަ ދެއަންހެން ދަރިން ވެފައިވަނީ ޢާއިލާއަށް އޮތް ބޮޑު ބުރައަކަށެވެ. ކުދިވެރިން އެއްގެއިން އަނެއްގެޔަށް ދަމާ ވާހަކައެވެ. ނަސީމް މީހަކާ އިންނައުޅޭ ވާހަކަނޫން ވާހަކައެއް ނޯވެއެވެ.މަންމަވެސް އެހެން މީހުންނާއެކު ދާވާހަކައެވެ. ބިޓުން ނަގާވާހަކައެވެ. މަންމަ އެހެންރަށްތަކަށް ދާވާހަކައެވެ. ދޭތެރެއަކުން ގެއްލޭވާހަކަ އެވެ.

ޝީތަލްގެ ސްކޫލުން ރައްޓެހި ކުދިންނާ ދިމާވުމުންވެސް ހަމަ އެއް ވާހަކައެކެވެ.

“ޝީތަލް މަންމަޔަކީ ވަރަށް ގޯސް މީހެއްދޯ؟” ރައްޓެހިކުއްޖަކު ޝީތަލް ގާތަށް އައިސް ސުވާލު ކޮށްލިއެވެ.

“ވެ،..ވެދާނެ ތިހެންވެސް. މަންމަޔާބެހޭ ގޮތުންނޭނގޭ”

ޝީތަލް ދޭނެ ޖަވާބެއް ނޭނގި އަޅައަޅައިގަންނަމުން ބުނެލައެވެ. އޭރު އޭނާގެ ކޮއްކޮ އައިމިނަތު ވަރަށް ކުޑައެވެ. ސުކޫލަށްދަނީ ޝީތަލްއެވެ. އެމީހުން މާލެ ދޫކޮށްފައައްޑުއަށް ބަދަލުވީއެވެ. މަންމަޔަށް ވީގޮތެއް ނޭނގެއެވެ. ތުންތުން މަތިން އިވުނު ގޮތުގަ ބައްޕަގެ އެންމެ ގާތް ރަހްމަތްެތެރިޔާއާއި އެކު މަންމަ ފިލީއެވެ. ބައްޕަގެ އެއްވެސް ކުށެއް ނުފެނެއެވެ. ގިނަވާހަކަ ދައްކަން ތިބެނީ ހުސް ބައްޕަގެ މީހުން ވީޔާއެެވެ. މާލޭގެ ގެދޮރުވެސް ހުރީ އެމީހުންގެ ވީއްޔާއެވެ. މަންމަޔަކީ އައްޑޫ މީހެކެވެ. އަބަދުވެސް ވަރިއެއްގައި ކުށްވެރިވަނީ އަންހެންމީހާއެވެ. މަންމަޔަށް ވީނުވިއެއްނޭނގުނެވެ.

ދެކުދިންނަށް އެނގޭހާވެސް އެއްޗަކީ މަންމަޔަކީ ވަރަށް ގޯސް މީހެއްކަމެވެ. ނޫނީ މަންމަ ގޯސްވީ ދެކުދިން ވިހޭ ފަހުން ބާވައެވެ؟ އޭރު ޝީތަލްގެއުމުރުން 7 އަހަރެވެ، އާންތު އަދި މާކުޑައެވެ. އެދެމީހުން ބޮޑުވެގެން އައިއިރު އެމަންމަ ވީތަނެއް އެކަކަށްވެސް ނޭނގުން އެއީ ކިހާ ބޮޑު މައްސަލައެއްހެއްޔެވެ؟ ބޮޑުދައިތަ ބުނާގޮތުން މަންމަ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ އާއިއެކު ފިލައިގެން ދިޔައީއެވެ. ކުދިން ދެކިލަންވެސް ނާދެއެވެ. ފޯނެއްވެސް ކޮށްނުލައެވެ. ބައްޕަ ދޮންމަންމަތަށް ގެނެސް ގެފުރާލާނެއެވެ. ދެއަނބިން ބައްޕަގެ ނެތްފަހަރެއް ނެތެވެ.

ޝީތަލްއާއި އެނާގެ ކޮއްކޮ އައިމިނަތުގެ ހަޔާތުގައި ކުރިއަށްދިޔަ މަގު އޮޅި ވިއްސިވިހާލިވެފާވެއެވެ. އަސްލު މަންމައެއްގެ ލޯބިން އެކުދިން މަޙްރޫމް ވިއެވެ.ޢާއިލާ ރޫޅި ކުދިންބިކަވީއެވެ.މިކަމުގައި އެކުދީންގެ ކުށެއް ނެތް ކަމުގައިވިއަސް މުޖުތަމަޢު މިކަން ޤަބޫލެއް ނުކުރެއެވެ. މަންމަޔާ ބައްޕަގެ ވިޔާނުދާ ވާހަކަ ކުދިންނާދިމާލަށް ދައްކައެވެ. ޢާއިލާގެ ތެރޭވެސް ޝީތަލް މެންގެ މަންމައަށް އޮންނަ ނަފްރަތެއްގެ ބޮޑުކަމުން މަންމަގެ ނަން ދުލުކުރިން ބޭރުކުރަންވެސް ޝީތަލްމެން ޖެހިލުންވެއެވެ. އެމަންމަގެ ފޮޓޯއެއްހައި މިންވަރުވެސް ޝީތަލްމެން ނުދެކެވެެ. ބޮޑުދައިތަވެސް މަންމަދެކެ އިނތިހާޔަށް ރުޅިއާދެއެވެ. ސަބަބެއް ނޭނގެއެވެ. ޝީތަލް ކުޑަޔަސް މަންމަޔާ މެދު އޭނާ ސުވާލު ކުރެއެވެ.

ޝީތަލް އާއި އާންތު ބޮޑުދައިތަގެ ގޭގައި އުޅެމުންދިޔައެވެ. ބޮޑުދައިތައަކީ ދަރިން ލިބުމުން މަޙުރޫމު ވެފައިވާ މީހެއްކަމުން އެމީހުން ޝީތަލް އާއި އާންތު ބަލައިގަތީ ދަރިންގެ ގޮތުގައެވެ. އެހެނަސް ދަރި ކުލުނަކީ ޖެއްސޭ އެއްޗެއް ނޫނެވެ. އެއީ ޖެހޭ އެއްޗެކެވެ. ޝީތަލް އަށް ބައެއްފަހަރު ބޮޑުދައިތަގެ ރުޅިވެރިކަމާއި ނަފްރަތުގެ ކަނިތަކުން ސަލާމަތެއް ނުވެވެއެވެ. އާންތު ކުޑަ ވީމާ އޭނާއަށް ބޮޑުދައިތަ މާރަނގަޅޭވެސް ޝީތަލްގެ ހިތަށް އަރައެވެ.

“ޝީތަލް ….” ޝައިނާ އައިސް ބާރަކަށް ގޮވާލުމުން ޝީތަލް ސިހިގެން ގޮސް ހީޔާލީ ދުނިޔެއިން މިހާރުގެ ދުނިޔެއަށް ހޭލެވުނެވެ.

” ކޮންކަމަކަށްތަ ގެއްލިފަ ތިހިރީ އެތާ އެކޮޅުގަ ހުރެ އަހަރެންނާއި އަހަރެންގެ ފިރިމީހާ ކަލެއަަށް ގޮވާތާ ކޮންއިރެއް”ޝައިނާ އޭނާ ގެ އަތުގައި ހުރި ކޮތަޅު ޝީތަލްގެ ކައުންޓަރ މަތީ ބާއްވާލަމުން ދުރަށް އިޝާރާތް ކޮށް މީހަކު ދައްކާލަމުން ބުނެލިއެވެ.

“އެހެރީ އަހަރެންގެ ފިރިމީހާ. ކަލެއަށް ބައްދަލު ކޮށްލަން މިގެނައީ،ސަޕްރައިޒް ”

ޝީތަލް އެމީހާ ހުރިދިމާލަށް ބަލާލިއެވެ. އެވަގުތަކީ ފޮތްބޮނޑިތަކެއް ހިފައިގެން އެމީހާވެސް އެނބުރިލި ވަގުތެވެ، އާދެ އެއީ ދެވަނަ މީހެއް ނުނެވެ. އެއީ އިއްޔެގަ ދަތުރުގަ ދިމާވި އަދި މިއަދު އޮފީހުން ދިމާވި ޝަފްރާޒްއެވެ. ޝީތަލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސިއްރުން އޭނާ ކަރުނަ ބޭރަށް އަޔަ ނުދީ ހުއްޓުވިއެވެ. އެކަރުނަ އައީ ކޮންއަސަރެއްގައި ކަމެއް ޝީތަލްއަށް ނޭނގުނެވެ. ޝީތަލް ސަލާމަތުގެ އައްސޭރިއަކަށް ވާސިލު ވެވިފައިވި ކަމުގައި ހީވިއަސް ޙާލާއިމެދު ހިތާމަކޮށް ލޮލުން ކަރުނަ އޮހުރުވުން ނޫންދެން އޭނާއަށް އޮތީ ކޮންގޮތެއް ބާވައޭ އޭނާ ހިތަށް އެރިއެވެ. ޝަފްރާޒް މިވީ އޭނާގެ އެންމެގަތް އެކުވެރިޔާގެ ފިރިމީހާއަށެވެ. މިއީ ކޮންފަދަ ޢިމްތިހާނެއްބާވައެވެ. ޝަފްރާޒްގެ އަތުގައި ހިފައިގެން ޝައިނާ ދިޔަތަން ބަލަން މިއަދު އޭނާ އެހުރީއެވެ.ވާންވީ އުފާކަމެއް ނުވަތަ ރޯންވީ ކަމެއް އޭނާއަށް ނޭނގުނެވެ. އެވަގުތު އާންތު އައިސް އޭނާ ގޮވާލިއެވެ. ދިޔަ މަގުމަތީ އާންތުވެސް ޝައިނާ އާއި އޭނާގެ ފިރިމީހާއާއި ދިމާވިއެވެ. ޝައިނާ ފެނުމާއެކު އާންތު ކަރާކަރުޖައްސާ ޝައިނާއާއި ސަލާމްކުރިއެވެ. ދަމުން އަނެއްކާވެސް ޝީތަލް ކައިރިޔަށް އައިސް ޝީތަލް އާއިވެސް ޝައިނާ ކަރާކަރުޖައްސާ ސަލާމްކުރިއެވެ. ޝަފްރާޒް ހުރީ ހިމޭނުންނެވެ.

“ދައްތާ މިހިރީ ދެމީހުން ކާންވެގެން މަންމަ ގެނައި ތަކެތި އެމަންމަ ވަރަށް ރަނގަޅު ވަރަށް ބޮޑަށް ދައްތަގެ ވާހަކަ ދައްކާ އޭނާވެސް ރާއްޖެއިން ބޭރުގަ އުޅެފަ އެއައީ ބައްޕަ އާއި އޭނާ ދިރިއުޅެނީ އިންޑިޔާގަ.އަބަދުވެސް ދައްތަގެ ވާހަކަ ދައްކާ އަދި ދައްތަގެ ކުރީގެ ފިރިމީހާ ޝާހިދުވެސް މަންމަޔަށް އެނގޭ ކުރީދުވަހެއްގަ ބައްދަލުވެސް ކުރި އެވެސް މަންމަގެ ދުރުތާ ތިމާގެ މީހެއްޔޯލަޔޯ.”

ޝީތަލްގެ ޙަޔާތަށް އިންގިލާބެއް އައީ  ޖެހިގަން އައިދުވަހު ބާޒާރު ކުރަންދިޔަ ދިއުމުގައި ފިހާރައެއްގެ ތެރެއިން ފެނުނު ކުއްޖަކު ދިން ސިގްނަލް އަކުންނެވެ.އެކުއްޖާ އޭނާގެ ކާރީ ހުރިއަންހެނަކަށްވެސް ޝީތަލްދައްކާލިތަން ޝީތަލްއަށް ފެނުނެވެ. އެއީ ކޮންއަންހެނެއް ބާއްވައެވެ. އެއީ ކޮންފިރިހެނެއް ބާވައެވެ.އޭނާ އެ އަންހެންމީހާއަށް ޝީތަލް ދައްކާލި ކީއްވެ ބާވައެވެ. އެމީހުން ދެއްކީ ކޮންވާހަކައެއްބާވައެވެ. އެއަންހެންމީހާ ކޮންމެވެސް ތަނަކުން ދެކޭވައްތަރެއްވެސް ޖެހިއެވެ.އެކަމަކު ކޮންތާކުންކަމެއް ހަނދާނަށް ނައެވެ. ޝީތަލް ވިސްނަމުން އެފިހާރައިން ނިކުތެވެ.

އޮފީސް ނިމުމާއެކު ޝީތަލް ދިޔައީ އާޓިފިޝަލް ބީޗަށެވެ.ދަބަހުގައި ވާ ޝީތަލްގެ ފޯނު ރިންގުވަމުން ދިޔައެވެ. އެހެނަސް ޝީތަލް އެއްވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. އަތިރިމަތީ ހުރި ގަހެއްގެ ދަށުގައި ދެއަތް މޫނުމަތީ އަޅައިގެން ކަނޑުގެ ރާޅުގެއަޑު އަހަން އޭނާ އިންއިރު މިއަދު އެފެނުނުމަންޒަރު މިހާރުވެސް އޭނާގެ ހަނދާނަށް އާދެއެވެ. އެހިތްދަތިކަން ހަނދާން އާކުރަމުން ފެންކަޅިވެ ހުރެ ޝީތަލް އަނެއްކާވެސް ޚިޔާލުގެ ތެރެއަށް ގެނބިގެންފިއެވެ. ޝަފްރާޒް އާއި މެދު އޭނާ ވިސްނީ ކިހިނެއްހެއްޔެވެ. ޝަފްރާޒް މިވީ ކިހިނެއްހެއްޔެވެ.

ޝައިނާ ގެޔަށް އާދެވުމާއެކު ޝަފުރާޒް ކާރީ ދައްކަން ފެށީ ޝީތަލްގެ އާއި އާންތުގެ ވާހަކަ އެވެ. ޝީތަލް އާއި އާއިންތު އަކީ ޝައިނާގެ ގާތް ދެރަހްމަތްތެރިން ކަން ޝަފްރާޒްއަށް އެނގުނީ މިއަދު އެވެ. ޝައިނާގެ އެއްވެސް އުފަންދުވަހެއްގަވެސް އަދި ކައިވެނީގެ ހަފްލާއިންވެސް އެދެމީހުން ނުފެނެއެވެ. ހަމަ ކުއްލިޔަކަށް މިއަދު މީހުންގެ ހަޔާތަށް މިނަން އައުމުން ފަހެ ހައިރާން ނުވާންވީ ކީއްވެބާވައެވެ.

“އަސްލު މިޝީތަލްއަކީ ޝައިނާގެ ކޮންދުވަސްވަރެއްގެ އެކުވެރިޔެއްތަ؟” ޝާފްރާޒް އާފަލެއް ކަމުން އިނދެ ބުނެލިއެވެ.

ޝައިނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ފޮތުގައި ކުލަޖައްސަން އިނީއެވެ. އެކަމަކު ޝަފްރާޒް ދައްކަމުންދާވާހަކައަށް ބައިވެރިވުމުގެ ގޮތުން ހޫނއެއް ނުވަތަ އާނއެކޭވެސް އެއްކޮއްލައެވެ.

“ޝީތަލްދޯ.. ޝަފްރާޒް އެހާ ބޮަޑަށް ޝީތަލްގެ ވާހަކަ އަހަން ޝައުގުވެރިވީ ކީއްވެތޯ އަހާލެވިދާނެތަ؟  އާއިންތުވެސް އެބަހުއްޓެއްނު”

ޝައިނާ މިހެން އަހާލީ ކޮން އަަސަރެއްގައިކަމެއް ނޭނގެއެވެ އެހެނަސް އެއީގައިމުވެސް ޝައިނާ ޝަފްރާޒްގެ ކާރިން ޖަވާބު ބޭނުންވާ ސުވާލެކެެވެ. އަދި ޖަވާބެކެވެ.

“މި ފާއިތުވެދިޔަ އެތަށް އަހަރަކު ޝިތަލް ގެ ވާހަކައެއް އާންތުގެ ވާހަކައެއް ނުދައްކާ ކުއްލިޔަކަށް މިއަދު އެދެމީހުން ފެނިގެން ޝައިނާގެ އެކްޝަންހުރިގޮން ހީވަނީއަހަރުތަކެއް ވަންދެން ގެއްލިފައިވާ ލޯބިވެރިންތަކެއްހެން”

ޝަފްރާޒްެ މިވާހަކައަށް ޝައިނާ ބާރަށް ހޭންފެށިއެވެ.

” ތިއީއޭ ފިރިހެންކުދިންގެ މައްސަލައަކީ ..ތިބުނީވެސް ރަނގަޅު ވާހަކައެއް ޝީތަލް އާއި އަހަރެންނަކީ ކުޑައިރުއްސުރެ ގާތް ދެރަޙްމަތްތެރިން. ކައިބޮއި ހެދީ މިގޭގައި އެކުގައި..ތަންތަނަށް ދަނީވެސް އެކުގައި ބާޒާރުވެސް ކުރަނީ އެކުގައި ކުއްލިއަކަށް ދިއަ ނުދިއަ ތަނެއް ނޭނގި އޭނާ ގެއްލުނީ އަހަރެންވެސް ޝަފްރާޒް އާއި ކައިވެނި ކުރީ. އިއްޔެގަ ކޮންމެވެސް ކަމަކު އެތަނަށް ދިޔަތަނުން ފެނިގެން އަލުން ގުޅުން ބަދަހިވީ. އެހެންނޫނަސް މިހާރު ވައިބާއާއި ވަޓްސް އެޕް އޮތުމުން ކުރީގެ ރައްޓެހިން ހޯދޭނެ ފޭސްބުކް އިންވެސް ސާފުވެއްޖެބާ”

ކުލަޖައްސަމުން ދިޔަ ފޮތް ނަގައިގެންގޮސް ޝަފްރާޒްގެ އުނގުމަތީ ބާއްވާލަމުން ޝައިނާ ބުނެލިއެވެ.

ޝީތަލް އޭނާގެ ކޮޓަރީގެ ސްޓޯރަށް ވަދެ ކުރީޒަމާނުގެ ފޮށިގަނޑުތައް ހާވަންފެށިއެވެ. އޭނާ މިހޯދަނީ ކޮންއެއްޗެއްބާވައެވެ. އޭނާވީތަނެއް ހޯދަމުން ހޯދަމުން އައިންތުވެސް އައިސް އެކޮޓަރިއަށް ވަނެވެ. އޭނާވެސް އުޑަފައިން އިށީނދެ އެފޮތްފޮށިގަނޑު ހާވަން ފެށިއެވެ. ދެބެއިން މިހޯދަނީ ކޮންއެއްޗެއްބާވައެވެ. އެއީ އެދެމީހުންގެ ސުކޫލްގެ ހަނދާންތަކެވެ. ފަހަރަކު އެއްޗެއް ނަގަމުން ދެމީހުން ބާރަކަށް ހެމުންދިޔައެވެ. މަޖާވެފައެވެ. އެމީހުންގެ ކުޑައިރުގެ ފޮތްތަށް ފެނިފައެވެ.

” ދޮންތާ މިއޮތީ އެއްކަލަ ލަވަވެސް” އައިންތު ފޮތެއްނަގާ ދައްކާލަމުން ބުނެލިއެވެ.

ދެމީހުން ތެދުވިއެވެ. އަދި އެކަކު އަނެކަކަށް ހަގުކޮއްލިއެވެ. އަދި ޝީތަލް އެލަވަކިޔަންފެށިއެވެ.

“މިދުނިޔޭގެ އެންމެންވެސް އެބުނަނީ ތެދެކެވެ. މުޅި ދުނިޔެއިންވެސް އަހަރެންގެ އަންހެން ކޮއްކޮ ގުނާލެވޭނެއެވެ. މުޅި ޢުމުރަށްވެސް އަހަރެން ބޭނުމީ އަހަރެންގެ ކޮއްކޮއާއި އެކު އުޅޭށެވެ. ދުވަހަކު ވަކިވުމެއް ނެތް ގޮތުގައެވެ. ކޮއްކޯ އެވެ. ކަލޭ އަހަރެންގެ ކުރިމަތިން ދުރައްގޮއްސިއްއާ އަހަރެންނަށް ހީވަނީ އަހަރެންގެ ހުރިހާ ހުވަފެންތައް ވިއްސިވިހާލި ވީހެންނެވެ. ލޮލަށް ނިންޖެއް ނާދެއެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މުޅިދުނިޔެއިންވެސް އަހަރެންގެ ކޮއްކޮ އަކީ އެއްވަނަ އެވެ.” ޝީތަލްގެ ލަވަ މިހިސާބަށް ދިޔަ ހިސާބުން އައިންތު ލަވަ ފެށިއެވެ.

“ބަލާށެވެ، އަހަރެމެން ދެމީހުންނަކީ އެއްގަހެއްގެ ދެމާކޯނިއެވެ. ވީއިރު ދައްތަ އަހަރެންނާ ދުރަށް ދިޔައީ ކީއްވެ ހެއްޔެވެ. އެހެނަސް އަހަރެން ދައްތަ މަތިން ހަނދާނެއް ނުނެތެއެވެ.” ލަވަ މިހިސާބަށް ގޮއްސަ އައިންތު އޭނާގެ މޫނުގައި އަތްއަޅާ ރޯކަމަށް ހެދިއެވެ. ޝީތަލް އެވަގުތު އައިސް އައިންތު އޭނާގެ މޭގައި ލައްކޮށްލަމުން ލަވަ ކިޔަންފެށިއެވެ.

“އަންނާށެވެ. ލޯބިވާ ކޮއްކޯއެވެ. ފާއިތުވެދިޔަ ހުރިހާ ޝަކުވާއެއް ފޮހެލާށެވެ. ދައްތަ އަބަދުވެސް ހުންނާނީ ކަލޭގެ ހިޔަންޏެއްހެން ކަލެއާއި އެކުގައެވެ.މުޅިދުނިޔެއިންވެސް އަހަރެންގެ ކޮއްކޮއަކީ އެއްވަނަ އެވެ.” މިހިސާބަށް ކިޔާފަ ޝީތަލް އައިންތުގެ ލޮލުން ކަރުނަ ފޮހެދިނެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެކޮޓަރިއަށް ވަނީ ޝައިނާ އެވެ އޭނާވެސް އެލަވައިގައި ބައިވެރިވިއެވެ. އޭނާވެސް އެދެމީހުން ހޯދަމުން ހޯދަމުން އެގެޔަށް އައިސް އެލަވައިގެ އަޑުއިވިގެން އެލަވައިގަ ބައިވެރިވިއެވެ.

“ހަޔާތުގެ ކަންތަކާ ބިރުގަނެ ދެރަނުވާށެވެ. ހިންމަތާއެކު ކުރިމަތި ލެވޭ ބައަކަށް ވަމާ ހިނގާށެވެ. މަގޭ އަތުގައިވެސް ތި ދެމީހުން ހިފާށެވެ. ފިލަން ދުވާބަޔަކު ކަމުގައި ނުވާނޫއެވެ.މުޅި ދުނިޔެއިންވެސް ތިޔަ ދެމީހުންތީ އެއްވަނަ އެވެ.”  ލަވަ ނިމުމާއެކު އެކަކު އަނެކަކަށް ހަގު ކޮށްފަ ދެންފެށީ ހޭށެވެ. ކުރީގެ ފޮތްތައް ހާވާފައެވެ.އެސާމާނުތަކުގައި ޝައިނާގެ އެއްޗިހިތައް ވެސް ހުއްޓެވެ.

“މިއީ މަގޭ.. އެއީވެސް މަގޭ” ޝައިނާ ހެމުން ހެމުން ބުނަމުންދިއައެވެ.

“ކޯއްޗެއް ތީ މަގޭ އެއީވެސް މަގޭ ހެމުން ހެމުން ޝީތަލްވެސް ބުނަމުން ދިއައެވެ.”

“އަން މިއީ ތި ދެމީހުންގެ” އެތާއޮތް ބާލީހެއް ނަގާފަ ޝައިނާ އާއި ޝީތަލް އާއި ދިމާއަށް އޭތި ހޫރާލަމުން އައިންތު ބުނެފަ ދުއްވައިގަތެވެ. އެވަގުތު އެތާހުރި ކަބަޑުގެ ކަނުގަ ޖެހިފަ އެބާލީސް އިރައިގެން ގޮސް މުޅިތަނަށާއި ޝައިނާ އާއި ޝީތަލްގެ ގަޔަށް ކަފަ އެޅި ދެމީހުން ހުދުކަފައިން މުޅިބޮލާއި މޫނު ޖަރީވިއެވެ. ދެމީހުން އެއްކޮށް ތެދުވެ އައިންތު ފަހަތުން ދުވިއެވެ.ހެމުން ހެމުން ނެވެ. އަދި ކޮޓަރީގެ އެއްކަނުން އަނެއްކަނަށް ދުވެ އިސާހިތަކު އައިންތު އަތުލައިގަތެވެ. އަދި އޭނާގެ މުޅި ބޮލަށްވެސް ހުދުފުށް އަޅަމުން ތިންމީހުންވެސް ހެނީއެވެ. އެއީ އުފާވެރި ވަގުތެކެވެ. އެއީ އެމީހުންގެ ޅަދުވަހުގެވެސް އާދައެވެ. ވަރަށް މަޖާކުރާނެއެވެ. ޙާއްސަކޮށް ތިންމީހުން އެއްވެއްޖެއްއާއެވެ.ތިންމީހުން އެކުގައި ދެން ނިކުމެގެން ދިޔައީ އެމީހުން އެންމެ ގިނައިންދާ ރެސްޓޯރަންޓަށެވެ.

އެމީހުންގެ މިމަޖާ މަންޒަރު ބަލަން ދޮންމަންމަ ހުއްޓެވެ އެމީހުންދިއުމުން ދުރުގަ މިމަންޒަރު ބަލަން ހުރި އެމީހުންގެ ދޮންމަންމަ  ރޮވިއްޖެއެވެ. އެހެނަސް އެއްޗެކޭ ނުބުނެއެވެ. އެމީހުންނަށް ނުވެސް ފެނި ބަދިގެ ފަރާތަށް ދިއައީއެވެ. ހިނިތުންވެ ހުރެގެންނެވެ. އަންހެންކުދިންގެ އެކުވެރިކަން ދެކެފައި އޭނާގެ ޅަދުވަސް ހަނދާން ވެގެންދިއައެވެ.

ދޮންމަންމައަކީ  ކުދިން ދެކެ ވަރަށްލޯބިވާ މީހެކެވެ. އޭނާގެ ދަރިފުޅުވެސް އެގެއަށް ގެނައެވެ. ދޮންމަންމަގެ އެދަރިފުޅު އައުމާއެކު އަނެއްކާވެސް ޝީތަލްއާއި އޭނާގެ ކޮއްކޮއަށް ބަދުނަޞީބާއި ކުރިމަތިވިއެވެ. ބައްޕަގެ ގޭގައި ޝީތަލް އާއި އައިންތުއަކަށް ޖާގައެއްނެތެވެ. ކުރިން ނިދަމުން އައި “އެތެރެގެ” އަލަށް ގެނައި ދަރިފުޅަށް ޚާއްސަ ތަނަކަށް ހަދައިފިއެވެ. ޝީތަލް އާއި އައިންތުއަށް ނިދަން ޖެހުނީ ކުރީދުވަހު ރީތި ކުރި ސުޓޯރޫމްއަށް ބަދަލު ވާށެވެ.. އެވެސް ބަންކު ބެޑެއްގައެވެ. ވާރޭ ވެހޭ ރެއެއްނަމަ އެތެރެއަށް ވެހޭ ވާރެއާއި ހެދި ނުނިދާ ހޭލާތިބެއެވެ. ބިންމަތީ ތަރުފާލުގަނޑެއް އަޅައިގެން އެތަނުގައި ނިދަން ތިބޭއިރު ފަނިފަކްސައާއި ކުދި ސޫފާ ސޫފިތަކުގެ އުނދަގޫ ކެނޑިނޭޅި ލިބެމުންދެއެވެ.މިއީވެސް މީގެ 13 އަހަރު ކުރީގެވެސް ހާލެވެ. އަނެއްކާވެސް އެކަންތަށް އިއާދަވީއެވެ. ޝީތަލް އާއި އައިންތު އެކަނި ތިބެ ވިސްނަމުންދިޔައެވެ. ވަރަށް ބޮޑަށް މިއަދު އެމީހުންގެ ހިތުގައި އެމަންމަގެ މައްޗަށް ހިތްނުބައިވިއެވެ.

“މީކީ އުޅެން ރަނގަޅު ތަނެއްނޫން ދެމީހުންނަށްވެސް ފައިސާ ލިބޭ މިހާރު ހިނގާ ތަނެއް ކުއްޔަށް ހިފައިގެން މިތަނުން ބަަޗަން” އައިންތު ރުޅިގަދަވެފަ ބުންޏެވެ.

“އޭނަ ކުރީދުވަހު ސުޓޯރޫމް ސާފު ކުރާށޭ ބުނީމަވެސް މަގޭ ހިތަށްވެސްއެރި އޭނާގެ މޮޅު ރޭވުމެއް އޮތީއްއޭ. އެކަމަކު ބައްފަ ދުކޮށްފަވެސް ނުދެވޭނެއެއްނުން. ކެތްތެރިވާނީ” ޝީތަލް ބެޑްޝީޓު ރަނގަޅު ކުރަމުން ބުނެލިއެވެ.

ދުވަސް ތަކަކަށްފަހު އެތަނުގައި ނިދުމަކީ އައިންތު ކޮއްކޮއަށް ކެތްކުރެވޭ ވަރު ކަމަކަށް ނުވިއެވެ. ތަންވަޅު ހޯދައިގެން ސާމާނުކޮޅާއެކު ހެޔޮއެދޭ އެހެން ގެއަކަށް ކޮއްކޮ ބަދަލުވެއްޖެއެވެ.

އައިންތު ނެތަސް މިހާރުވެސް ޝީތަލް އަށް ވެސް ބައްޕަގެ ގެއިން ޖާގައެއް ނެތްކަހަލައެވެ.އެދެކުދީންނަށް އެހާހިސާބަށް ވެސް އުޅެލެވުނީ ހިތްވަރުންނެވެ. ދިމާވި ކޮންމެ ހުރަހެއް އޭނާވަނީ ގިރާކޮށްދީފައެވެ. ބޮޑުދައިތަ ނިޔާވުމުން އެގެއަށް ބައްޕަ އެއައީ އެންމެ ފަހުން ކައިވެނި ކުރި އަންހެންމީހާ ގޮވައިގެންނެވެ. އޭނާ އައިއިރު ޝީތަލް ހުރީ ކިޔަވަން ބޭރަށް ގޮސްއެވެ. ގޭގައި އޭރު އުޅެނީ ކޮއްކޮ އައިންތު އެކަނިއެވެ. މިއަދު އެގެފުރިފައިވަނީ އަލަށް ބައްޕަ އިނދެގެން ގެނައި އަންހެންމީހާއާއި އޭނާގެ ތިމާގެ މީހުންނެވެ. ޝީތަލް އާއި އައިންތު އަކީ އެގޭމީހުންނަށް ވިޔަސް އެގެޔަކު ބާރެއް ނޯވެއެވެ. ޝީތަލްމެންގެ އަސްލު ގެ ހުންނަނީ އައްޑޫގައެވެ. އެއީއެމީހުންގެ މަންމަގެގެޔެވެ. ވީއެންމެހާއަވަހަށް އައްޑުއަށް އެމީހުން ބަދަލުވާނެއެވެ.

އައިންތު ދިޔަ ފަހުން ޝީތަލް އަށް މަދަދުގާރެއް ނެތްތާނގައި ހެޔޮ އެދޭ އެކަކުވެސް އެގެއަކު ނެތްކަހަލަ އެވެ.

މިއަދު ޝީތަލް  ވަނީ ދޮންމަންމައާއި ބައްޕަގެ އަޅުވެތިކަމުގެ ދަށުގައެވެ. މިއީ މީގެ 13 އަހަރު ކުރީގެވެސް ސިލްސިލާއެވެ. ގިނަ ފައިސާ ލިބޭ އިރުވެސް މިގޭގައި އުޅުމަކީ ބޭނުން ކަމެއް ނޫނޭ އައިންތު ބުނުމުން ޝީތަލް އެއަޑަށް ދިނީ ބީރު ކަންފަތެކެވެ. ކޮންމެ ބައަކު ކޮންމެ ވާހަކައެއް ދެއްކިއަސް ޢާއިލާވާނީ ޢާއިލާއަށެވެ. ބައްޕަ ވާނީ ބައްޕައަށެވެ. ބައްޕަ ކައިވެނި ކޮށްގެން ގެނައި މަންމަ ވާނީ މަންމައަށެވެ. އެއީކީ ބަދަލު ކުރެވޭނެ ބައެއްނޫނެވެ. ޝީތަލްއަށް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ދުވަސްތައް ފާއިތުވަމުންދިއައެވެ. ޝީތަލް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައެވެ. ޑެންގޫއަށް ޝައްކުވާ ބައްޔެއްގައެވެ. ޝީތަލް ބަލަންހުރީ ކޮއްކޮ އައިންތު އެވެ. ޝައިނާ ވެސް ދެދުވަހަކު ވަދެލިއެވެ. އައިންތުގެ މަސައްކަތް ހުންނަ ގޮތުން މާގިނަ ވަގުތު ޝީތަލް ގާތު ހުރެވޭކަށް ނޯވެއެވެ. ކާން ދިނުމަށްފަހު އޭނާ ގެއަށްދެއެވެ. އޭރު ޝީތަލްގެ  އެނދުކައިރިއަށް އައިސްގޮސްހަދާ މެދުޢުމުރުގެ އަންހެނަކު އުޅުނެވެ. ހިކި އަނަރޫފަވެފައިވާ މިއަންހެންމީހާ ޝީތަލް ކައިރިއަށްއައިސް ގިނަ ވާހަކަތަކެއް އަހާ އޮޅުން ފިލުވާ ހަދައެވެ. ކާހިތްވަނީ ކޯޗެއްތޯއަހައެވެ.ހެދުން އިސްތިރިކޮށްގެން ގެނެސްވެސް ދެއެވެ.މިކަންތައްތައް އޭނާ ކުރަނީ އެހާމެ އިޙްލާސްތެރިކަމާއި އެކުގައެވެ. ކޮށްދޭހިތުންނެވެ. ޝީތަލް ނޫނެކޭވެސް ބުނެއެވެ. ހޮސްޕިޓަލުން ފޮނުވާމީހެކޭ ހީކޮށް، އެކަމަކު އެއަންހެންމީހާގެ ލޯބިފެނިފައި ހިމޭނުން އިނދެއެވެ. ހީވާކަހަލައެވެ އެއީ ޝިތަލް އެންމެ ބޭނުންވި ލޯތްބެވެ.ޝީތަލް އެދިއެދި ހުރިލޯތްބެވެ. އައިންތުއަށް އޭނާ އަދި ދިމާނުވެއެވެ. ސަބަބަކީ އެއަންހެންމީހާއަށް އާދެވެނީ އައިންތު އެތަނަށްއައިސްފަ ދާފަހުންނެވެ. ކޮންމެ ދުވަހަކު ކަންތައްތައް މާފުރިހަމައަށް ކޮށްފައި ހުންނާތީ އައިންތު ހީކުރަނީ ޝައިނާ އައިސްފައި ކަންތަށް ކޮށްދިފައި ދަނީއެވެ. އެހެންވެ އޭނާ އަހާވެސް ނުލައެވެ. އެއަންހެން މީހާ ޝީތަލްއަށް ބަލަހައްޓައިގެން ގިނަ އިރުތަކެއްވަންދެން ހުރެއެވެ.ހިނިތުން ވެގެންނެވެ.  ކޮންމެވެސް ތަނަކުން އޭނާ ދެކުނު ހަނދާނެއްވެސް ޝީތަލް ވެއެވެ. އެކަމަކު ކޮންތަނަކުންބާވައެވެ. އެކަމަކު އެލޮލުންނާ އެހިނިތުންވުމުން ބަޔާން ކުރަންދަތި އިހްސާސެއް ޝީތަލްއަށް ވަމުން ދިއައެވެ. އޭނާގެ ފިރުމުންތަކުން އުފާވެރިކަން އިހްސާސްވެއެވެ. އޭނާ ޝީތަލްގެ ބޮލުގައި ފުނާވެސް އަޅާދެއެވެ. ހަމައެއާއި އެކު އައިންތުއަށްވެސް އެއްޗިހި ގެނެސްދެއެވެ. ކާއެއްޗިހިވެސް ދެމީހުންނަށް ވާވަރަށް ހަދައިގެން ގެނައެވެ.މިއަންހެންމީހާގެ މިއިން ކޮންމެ އަދާއަކުން ވަރަށް އަމިއްލަ ވަންތަކަން ޝިތަލްއަށް ދޭހަވެއެވެ. އެކަމަކު އެއީ ކާކުބާވައެވެ.

“މިއެއްޗިހިން ހާދަ މީރު އަދި ފަރިތަ ވަހެއްދުވާ” އެއްދުވަހު އޭނާ ދީފައޮތް ޝޯލްއެއް ނޭފަތާއި ކައިރި ކޮށްލަމުން އައިންތު ބުނެލިއެވެ. އޭގެ ފަހުންވެސް ދެބެއިން ދައްކަމުންދިއައީ ބިޒްނަސް ފަށަން އުޅޭ ގޮތުގެ ވާހަކައެވެ. އެ ޒިޔާރަށް ކުރާ އަންހެންމީހާގެ ވާހަކަ ނުދެއްކެއެވެ. އޮފީހުގެ މަޖާ ވާހަކަތަކާހެދި ހަނދާންވެސް ބޮޑަށް ނުހުންނަނީއެވެ.

” ދަރިފުޅުގެ މަންމަ ކޮބާ؟” އެއްދުވަހު އެއަންހެން މިހާ އަހާލިއެވެ. މިހާރު ޝިތަލް ހޮސްޕިޓަލްގައި އޮންނަތާ މަހެއް ވަނީއެވެ

ދޮންމަންމަގެ ވާހަކަ ދައްކަން ޝީތަލް ބޭނުމެއް ނޫނެވެ. ޝީތަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންވެސް އޭނާ އެތަނައް އައީކީ ނޫނެވެ. އަދި ކުއްލިގޮތަކަށް ރާއްޖެއިން ފުރައިގެން އޭނާ އިންޑިއާއަށް ދިއަގޮތަށް ބައްޕަ އާއި ދެމީހުން ތިބެނީ އިންޑިއާގައެވެ. އެދެމީހުންނަށް މިހާރު އަލަށް ކުއްޖަކުވެސް ލިބިފައި ވެއެވެ. އޭނާއަކީ އަދި ޒުވާން އަންހެނެއް ޥިއްޔާއެވެ. ދަރިން ލިބޭނެ ނޫންހެއްޔެވެ. އެކަނިވީ ޝީތަލް އާއި އޭނާގެ ކޮއްކޮ އެވެ. ނުވިތަނަކަށް  މިހާރު ބައްޕަގެ ގެ ބަހާފައި ބައްޕަގެ ބައި ވަނީ ކުއްއަށް ވެސް ދީފައެވެ.އެ ކުލިން ލިބޭފައިސާއިން އުޅެނީ ދޮންމަންމަ އާއި އޭނާގެ ކުދިންނެވެ. ގެބަހާފަ އިންޑިއާއަށް ބަދަލު ވެވެންދެން އެމަންމަ ޝީތަލް އާއި އައިންތުއަށް ވަރަށް ރަނގަޅެވެ. އައިންތު ކުޑަތަންކޮޅުގަ އުޅެން ދަތިވުމުން ފުރެންޑަކާއި އެކުއެހެންގެއަކަށް ބަދަލުވީއެވެ. މިކަމާއިވެސް ވަރަށް ނުރުހިފަ ވާހަކަ ދެއްކިއެވެ. ޝީތަލް ހުރީ ބައްޕަ އާއި އެކު މުސްކުޅި ގޭގައެވެ. ބައްޕަދެކެ އޭނާ ވަރަށް ލޯބިވެއެވެ. ސުޓޯރޫމްގައި ޝީތަލް ކެތްކުރިއެވެ. ސުޓޯރޫމްކަމަށްވިޔަސް އެތަން ބަދަލުކޮށްފަ ހުންނަނީ ވަރަށް ފުރިހަމައަށެވެ. ކުރިންހުރި ބަންކު އެނދުގެ ބަދަލުގައި ރީތި ޑަބަލް ބެޑެއް ލާފަ ޓިނު ބަދަލުކޮށްފަ ޓައިލްޖަހާފަ ބޮޑު ދިގު އަލަމާރިއެއްވެސް ބައްޕަ ޝީތަލްއަށް ހޯދާދިނެވެ. ބައްޕަ އެކޮޓަރި ޝީތަލްއަށް ރިނޮވޭޓް ކޮށްހަދާދިނެވެ. އޭނާ ކަނީ ބޭރުންނެވެ. ގެއަށް ވަންނަނީ ހަމައެކަނި ނިދާލާށާއި ފެންވަރާށެވެ. އޭނާ ގޭގައި ހުއްޓަސް ދޮންމަންމަ އާއިމާގިނަ ވާހަކަ އޭނާއާއި ނުދައްކައެވެ. ދޮންމަންމައާއި މާބޮޑު ގުޅުމެއް ނެތީމާ ގިނަވަގުތު ގޭގައި އޭނާ ނުހުރެއެވެ. ބައްޕަ  އާއި އެމަންމައިންޑިއާއަށް  ދިއައީވެސް ޝީތަލް އާއި ކޮއްކޮ ކައިރީ  ނުބުނެއެވެ. ވީއިރު ދެން މިއަދު އެތަނަށް އައި މުޅިން އާމިހެއްގެކައިރީ އެމަންމަގެ ވާހަކަ ދައްކަންވީ ފަހެ ކީއްކުރަންހެއްޔެވެ. ޝީތަލް ހިތާހިތާ ކިޔާލިއެވެ. ތެދަށް ބުނާނަމަ ޝީތަލް އަށް އޭނާގެ އަސްލު މަންމަޔާ ބެހޭގޮތުންވެސް މާބޮޑު އެއްޗެއްނޭނގެއެވެ. ޝީތަލް އޭނާގެ އަސްލު މަންމަ އާއި ބެހޭގޮތުން އެނގި ހުރި ވާހަކަ އެދައްތަޔަށް ކިޔާދިނެވެ. ކުޑައިރު ބޮޑުދައިތަ  ކައިރީ  އައްޑޫއަށް ދިޔަ ވާހަކައެވެ. މަންމަ ޝީތަލްމެން ދޫކޮށް ދިއަވާހަކަތައް އަސަރާއި އެކު އެއަންހެންމީހަށް ކިޔާދިނެވެ. ސުކޫލް ނިމުމާއެކު ކައިވެނި ކުރިގޮތާއި ކައިވެންޏަށް 15 އަހަރު ފަހުން ވަރިވި ގޮތެވެ. ކޮންމެވެސް ވަރަކަށް ޝައިނާގެ ވާހަކައެވެ. މައިގަނޑު ގޮތެއްގައި އުފަންކުރި މަންމަގެ ވާހަކައެވެ. ހިތާމަވެރި މިސިލްސިލާގެ ވާހަކައެވެ. އެމަންމަ މަތިން ހަނދާންވާވާހަކައެވެ. ބޮޑުދައިތަ ނިޔާވި ހިތާމަވެރި ވާހަކައެވެ.

“ބޮޑުދައިތަ ނިޔާވީ ކިހިނެއް؟” އެއަންހެންމީހާ އަހާލިއެވެ. ޝައިނާގެ ވާހަކަ ތަކުން އެއަންހެންމީހާގެ ލޮލުންވެސް ކަރުނަ ހިލިފައިވެއެވެ.

” ބޮޑުދައިތަ ނިޔާވީ ކެންސަރުގައެވެ. އަހަރެންމެން ދެބެއިންވެސް ނުދެކެން އެމަންމަގެ ފޮޓޮއެއްވެސް ބޮޑުދައިތަ ބުނާނީ ފޮޓޯނެގުމަކީ ހަރާން ކަމެކޭ އެހެންވެ ފޮޓޯ ނުހުންނަނީއޭ”

ޝީތަލްގެ ވާހަކަތައް އަހަމުން  ދިއައިރު އޭނާ ކަރުނަ ފޮހެލައެވެ. އެދުވަހަކީ ހޮސްޕިޓަލްއިން ޝީތަލް ދޫކުރި ދުވަހެވެ.ގެއަށް އޭނާ ގެންދަން ޑިޔުޓީގަ ހުރެފަ އައިންތު ވެސްއައެވެ. އަދި ޝީތަލް އާއި އެއަންހެންމީހާ ދެއްކި ވާހަކަ އަޑުއަހަން ރޫމް ދޮރު ކާރީ ހުއްޓެވެ.

އައިންތުއަށް ދައްތަ ކައިރީ އިށީދެގެން އިން އަންހެންމީހާ ފެނުމުން ހައިރާންވިއެވެ. ކުރިން ދުވަހަކުވެސް ނުދެކޭމީހަކަށް ވާތީއެވެ. ޝީތަލް އެއަންހެންމީހާ އައިންތުއަށް ތަޢާރަފް ކޮށްދިނެވެ.

“މިއީ އަހަރެންނަށް މިދިޔަ އެއްމަސް ވަންދެން ކަންތައް ކުރި ދައްތައެއް” ޝީތަލް އައިންތުއަށް އެއަންހެންމީހާ ތަޢާރަފް ކޮށްދެމުން ބުނެލިއެވެ އެއަންހެންމީހާވެސް އެނބުރިފައި ދޮރުން ވަދެގެން އައި އަންހެންކުއްޖާއަށް ބަލާލިއެވެ. އެބަލާލުމުގައިވަނީ އިންތިހާއަށް އަމިއްލަ ގާތްގޮތެވެ. އޭނާ ގޮޑިން ތެދުވެގެންގޮސް އައިންތުއާއި ކަރާއި ކަރު ޖައްސާ ސަލާމްކުރިއެވެ. އެއަންހެންމީހާގެ މޭމަތީގައި ބޯއަޅާލުމުން އައިންތުއަށް ވަރަށް ތަފާތު އިޙްސާސެއްވެގެން ދިއައެވެ. އަދި އެއަންހެންމީހާގެ ގައިގާ ދުވާވަހަކީ ވަރަށް ފަރިތަ ވަހެކޭ އައިންތު ހިތަށް އެރިއެވެ. އޭނާގެ ލޮލުން ކަރުނަ އައީ ކޮންއަސަރެއްގައި ކަމެއް ނޭނގުނެވެ. އެއަންހެންމީހާ ލޯތްބާއެކު އޭނާގެ ކަރުނަ ފޮހެދިނެވެ. އަދި ނިންމަތީ ބޮސް ދިނެވެ. އަދި އެނދު ކައިރިއަށް ގޮއްފައި ޝީތަލްގެ ނިންމަތީވެސް ބޮސްދިނެވެ. އޭނާގެ މިއަދާގެ ސަބަބުން ކޮޓަރިއަށް ވަން ޝައިނާގެ ލޮލުންވެސް ކަރުނަ އައިސްފައި ހުއްޓެވެ.

ޝީތަލް އެއަންހެންމީހާއަށް ޝައިނާވެސް ތައާރަފް ކޮށްދިނެވެ. އަދި އެއަންހެންމީހަށްވެސް ޝައިނާ ތައާރަފް ކޮށްދިވެ. އޭނާ ހަމައެގޮތަށް ޝައިނާގެ ގައިގާވެސް ބައްދާލިއެވެ. ޝައިނާވެސް ވަރަށް ތަފާތު އިހްސާސްވިއެވެ.

“އަހަރެންނަށް ހީވާކަހަލަ އަހަމެންދެކެ ލޯބިވާ މަންމަޔަކު އަހަރެމެންނަށް ލިބުނީޔޭ” ކަރުނަ ވީއަޑަކުން ހިނިތުންވެފަ ޝީތަލް ބުނެލިއެވެ.

ޝީތަލްދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެމީހާ ބުނެލިއެވެ. “ތިކުދިން ދޫކޮށް ދިއުމަށް އެމަންމައަށް މަޖްބޫރީ ޙާލަތެއްވެސް މެދުވެރިވެދާނެއެއްނު. ޝީތަލް. ދަރިފުޅާ އައިމިނަތު ދަރުފުޅާ މިއީ މަންމަ ކަމަށް ބަލައިގަންނާނަންތަ؟”

“އަހަރެންނަށް ހީވާކަހަލަ އަހަރެމެންދެކެ ލޯބިވާ މަންމަޔަކު އަހަރެމެންނަށް ލިބުނީޔޭ” ކަރުނަ ވީއަޑަކުން ހިނިތުންވެފަ ޝީތަލް ބުނެލިއެވެ.

ޝީތަލްދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެމީހާ ބުނެލިއެވެ. “ތިކުދިން ދޫކޮށް ދިއުމަށް އެމަންމަޔަށް މަޖްބޫރީ ޙާލަތެއްވެސް މެދުވެރިވެދާނެއެއްނު،ޝީތަލް. ދަރިފުޅާ އައިމިނަތު ދަރުފުޅާ މިއީ މަންމަ ކަމަށް ބަލައިގަންނާނަންތަ؟”

ޝީތަަލްދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެމީހާ ބުނެލިއެވެ. “ތިކުދިން ދޫކޮށް ދިއުމަށް އެމަންމައަށް މަޖްބޫރީ ޙާލަތެއްވެސް މެދުވެރިވެސްވެދާނެ އެއްނު. ޝީތަލް ބުނެބަލަ މިހާރު ޝީތަލް އައިމިނަތު ބުނެބަލަ މަންމަ މީ ކަމަށްވެއްޖެއްޔާ ތިޔަ ކުދިން ބުނާނީ ކީކޭ؟”

އަސަރާއެކު އެއަންހެން މީހާގެ ދުލުން ބޭރުވި މިޖުމްލަތަށް ޝީތަލްގެ ކަންފަތުގައި ގުގުމަންފެށިއެވެ. އައިންތުގެ ލޯވެސް ދިޔައީ ބޮޑުވެގެންނެވެ. ޝައިނާއަށްވެސް ވީއެކަހަަލަގޮތެކެވެ.

ހުރިހާ ކުދިން ބަސް ހުއްޓި އެއަންހެން މީހާއަށް ބަލަހަށްޓައިގެން ތިއްބެވެ.ބުނާނެެއެއްޗެއް ނޭނގިފައެވެ.އޭނާގެ ލޮލުން ފައިބަމުން ދިޔަކަރުނަތަކުން އެނދުގައިވާ ބެޑްޝީޓު ތެމެމުން ދިޔަ މަންޒަރު ޝީތަލް  އާއި ހުރިހާ ކުދިން ކަޅިޖަހާނުލާ ބަލަމުންދިޔައެވެ.  އެމީހުންވެސް އެކަކު އަނެކަކަށް ބަލާލިއެވެ. އޭނާ ރޮނީ ކީއްވެހެއްޔެވެ؟ ޝީތަލް ހިތާހިތާ ސުވާލު ކުރިއެވެ. އެހެނަސް ހިމޭނުން އިނެވެ.

“ތިޔައީ އަހަރުމެންގެ މަންމަ.. މަންމަ ތަ؟” އަޅައަޅައިގަންނަމުން ޝީތަލް ބުނެލިއެވެ.

“ދަރިފުޅާ ޝީތަލް. ތިޔަހީކުރީ ހަމަރަނގަޅަށް. މިއީ ދަރިފުޅުމެންގެ އުފަން ބަދުނަސީބު މަންމަ” އޭނާ ގިސްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “މަންމަގެ ވާހަކަ އަޑުއަހާބަލަ. އެބަދުނަސީބު މަންމައަކީ މިއީ. ދަރިފުޅުމެންނަށް ތިޙާލު ޖެއްސަން މަޖްބޫރު ކުރުވި މީހަކީ މިއީ. މިމަންމައަކީ މިއަދު ދަރިން ކާރީ އަގެއްނެތް މީހެއް. ފިރިމީހާއާއި ދަރިންނާ  ދުރުގަ ވޭތުވެދިޔަ އަހަރުތަކާއި ދުވަސްތަކަކީ ހަޔާތުގެ ބަނަ ދުވަސްތަކާއި އަހަރުތަކެއް،ބައްޕަގެ ވިޔާނުދާ އުޅުމާއި މަންމަޔަށް ޤަބޫލެއް ނުކުރެވުނު ބައްޕަ ކޮންމެ މަހަކު އަލަތު އަންބަކު ގެޔަށް ވައްދާ ނުވިތަނަކަށް މަންމަގެ އިއްފަތްތެރިކަން ލޫޓުވާލަން އެކުވެރި ރަހްމަތްތެރިން މަންމަކާރިޔަށްލާ މަންމަގެ އިއްޒަތާއި އަބުރު ނަގާލާ. ކޮންމެ ރެެއަކީ މަންމަ މަރުވާރެއެއް. ކޮންމެ ދުވާލަކީ މަންމަ ބައްޕަ ގެޔަށް ގެންނަ އަންހެންމީހާގެ ޙާދިމެއްގެ ގޮތުގައި މަންމަ ހޭދަކުރަން ޖެހޭ ދުވަހެެއް.ކުޑަ ދެެކުދިން މަންމަގައިގަ އެލިގަނެފަ ރޮއިހަދާ އެހެނަސް މަންމަޔަށް އެމީހުން ލޮއްސަންވެސް ނޫޅެވޭ” ރޮމުން ރޮމުން އެމަންމަ އޭނާގެ ހަޔާތުގެ ހިތި ދާސްތާން އޭނާގެ ކުދިންނަށް ކިޔާދެމުން ދިޔައެވެ.

” އެޒަމާނުގައި ނަސީމް އަހަރެން ގޮވައިގެން ދިޔައީ ދެކުނުގެެ ފަޅުރަށަކަށް މުޅިން އާރަށެއް. އެއްވެސް މީހަކު ނޫޅޭ ފަޅުރަށެއް އެތަނުގައި ހުރި ގެޔަކަށް މަންމަ ލާފަ ބުނީ ހަވީރު އަންނާނަމޯ.މަންމަ ބަނދުލާފަ ބައްޕަ ދިޔައީ އެއީ މީހުން ނޫޅޭ ފަޅު ރަށެއް..  މަންމަ ހަޅޭއްލެވިން އެކަމަކު އެހީވާނެ އެކަކުވެސް ނާދޭ ހީވާގޮތުން އެއީވަރުވާއަށް ބަޔަކު ނަގާފަވާ ފަޅު ރަށެއް ކޮންމެ ދުވަހަކު މަންމަ ކާރިޔަށް ތަފާތު މީހުން އާދޭ ރޭގަޑު އޮންނަނީ ފަޅުކޮށް ކަރަންޓު ނެތީމާ. މަންމަ ބިރުން ހައްޓަކު ހޭނުހުރޭ ދުވާލު އަންނަ މީހާ ބުނަނީ މިއީ ބައްޕަަގެ ރަޙްމަތްތެރިއެކޭ އެމީހުން މަންމަ ގެ ޢިއްފަތްތެރިކަން ލޫޓުވާލާ އެއީ ކޮންކަހަލަ ރަހްމަތްތެރި ކަމެއް. މަންމަ ރޮމުން މުޅި ތަނުގަ ދުވިން އެހީވާނެ އެއްވެސް މީހަކު ނެތި  އެފަޅު ރަށުގައި، އަދި އުޅެވޭނެ އެއްވެސް ގޮތެއް ނެތި. އެމީހުންގެ އަނިޔާ މަންމަ ޔަށް ވަރަށް ބޮޑުވި 6 މަސް ދުވަސް މަންމަ އެތަނުގައި  އެހާލުގަ ހޭދަވި ބައެއްފަހަރު އެމީހުން ކާއެއްޗެތި ގެނެސްދޭ މަންމައަށް މާލެޔަށް ދެވޭނެ އެއްވެސް ގޮތެއް ނެތިފަ ހުރިން.  އެވަގުތު އެރަށަށް އައީ އެރަށުގެ ވެރިމީހާ އެއީ މަންމަ އެހާލުގަ އުޅޭތާ 6 މަސް ފަހުން، އެމީހާ މަންމަޔަށް އެހީވެދިނީ މާލެދިޔުމަށް މަންމަގެ ހުރިހާ ގަހަނާތަށް ދިނުމުން. މަންމަ މާލެ އައިއިރު ބޮޑުދައިތަ ދަރިފުޅުމެން އައްޑުއަށް ގެންގޮއްސި. އޭރު މުޅިރަށުގައި އޮންނަ އަޑަކީ މަންމަ ބައްޕަގެ ރަހްމަތްތެރިޔަކާއިއެކު ފިލައިގެން ދިޔައީއޭ ދަރިންތަށް ދޫކޮށްފަ ފިލީޔޭ. ދަރިފުޅުމެންގެ ހެދުންތަކާއި ކުޅޭ އެއްޗިހި ފެނިފަ މަންމަ އެއެއްޗިހި ނަގައިގެން އޭގައި އޮޅުލާފަ ދަރިފުޅުމެންމަތިން ހަނދާންވެގެން މަންމަ ރޮމުން ހަޅޭއްލަވަމުން ދިޔައިން، އެވަގުތު ބައްޕަގެ އަނބިމީހާ އާއި ބައްޕަ އައިސް މަންމަޔަށް އަނިޔާކުރަމުން ދިޔަ. ދަރިފުޅުމެންގެ އެއްޗިހި މަންމަ އަތުން އަތުލައިގަނެ މަންމަޔަށް އަނިޔާ ކުރި، މަންމަޔަކީ މޮޔައެކޭ ކިޔާފަ .މަންމަ ބޯހާވާލައިގެން ރޮމުން ދުވަމުން ދިޔައިން.އެންމެ ފަހުން އެމީހުން ހެދީ މަންމަމީ މޮޔަ މީހަކަށް ޕޮލިހަށް ގުޅައިގެން މަންމަ މަގުމަތިން ދުވަމުން ދަނިކޮށް އަތުލައިގެނެ ދެން ގެންދިޔައީ ގުރާދޫއަށް އެތަނުގައި ހޭދަވީ ކިތަށް އަހަރު ކަމެއް މަންމަ ހަނދާނެއް ނެތް. އެމީހުންގެ އަނިޔާގެ ސަބަބުން މަންމަޔަށް ވާހަކަ ވެސްނުދެއްކޭ. ގުރާދޫ ހޮސްޕިޓަލުން ތަފާތު ޝޮކްތަށް ދިނުމުގެ ސަބަބުން އަސްލުވެސް މަންމަގެ ސިކުނޑި ސަކަރާތްވި.. މަންމަ ރޮމުން ބުނިން މަންމަޔަކީ މޮޔައެއް ނޫނޭ މަގޭ ކުދިން ދޭށޭ މަގޭ ކުދިން ކޮބާހޭ ކިޔާ އާދޭސް ކުރިން.ރުއިމުގެ ސަބަބުން މަންމަ ހޭނެތޭ ފަހަރު ގިނަވަނީ،އެންމެ ފަހުން އެމީހުން ހެދީ މަންމަ މީ މޮޔަ މީހަކަށް، އެމީހުން އަހަރެން ގެންގޮސް ތަފާތު ޝޮކް ތަކެއް ޖެހުމުން އަހަރެން އަމިއްލަ ނަފުސު މަތިން އަހަރެން ހަނދާން ނެތުނު ޙުދު އަހަރެންނަކަށް ނޭނގޭ އަހަރެންގެ ނަންވެސް އަހަރެންނަކީ ކޮން ރަށެއްގެ ކާކުކަމެއްވެސް ނޭނގޭ ހަނދާން ނުވޭ އޭރު ހީވާގޮތުން 3 އަހަރު ވަރަކަށް ވެއްޖެ ނޫނީ އެއަށްވުރެވެސް ގިނަ ދެން އަހަރުތަކެއް ވަންދެން އެހޮސްޕިޓަލްގައި އޮންނަން ޖެހުނު. އެއްވެސް ވާލެއްއިޔާރެއްނެތިފަ. އަހަރެން އެތަނުގައި މީހުނަށް އެހީވާ މިހެއްގެ ގޮތުގައި މަސައްކަތް ކުރިން،އެވަގުތު އަހަރެންނާ ދިމާވި އެހޮސްޕިޓަލްގެ ޑޮކްޓަރެއް އޭނާގެ ހަމްދަރްދީ އަހަރެންނަށް ލިބުނު އެއީ ޑރ ޝާހްޒާދް ވަރަށް ރަނގަޅު މީހެއް އޭނާގެ މަންމަވެސް އޮތީ މަންމަޔާއެކު މޮޔައިންތިބޭ ތަނުގަ ބާއްވާފަ. އަހަރެން އެ އަންހެން މިހާ ކާންދީ ފެންވަރުވާ ހަދަން މިމަންޒަރު ޑރ ފެނުމުން އަހަރެމެން ދެމީހުން ގެންދިޔައީ އެމީހުންގެ ގެޔަށް މާލެއަަށް. މާލެއައުމަށްފަހު މަންމަ ވަރަށް ހޯދިން ދަރިފުޅުމެން ފެނޭތޯ އެކަމަކު މަންމަޔަށް ދަރިފުޅުމެން އުޅޭތަނެއް ނޭނގޭ، މަންމަ ހުންނަނީ ޑޮކްޓަރާއި އެކު  އޭނާގެ ގޭގައި އޭނާގެ މަންމަ ވެސް ކެންސަރު ބަލީގަ ނިޔާވެއްޖެ އޭގެފަހުން އޭނާ މަންމަ ކިޔަނީ މިމަންމަޔަށް، އަދި ދަރިފުޅުމެން ފެނޭތޯ އޭނާ މަސައްކަތް ކުރަމުންދިޔަ.ކުރިދުވަހެއްގައި ދަރިފުޅު ޝީތަލް މާލޭގެ ޝޮޕަކުން ނިކުތްނަނިކޮށް މަންމަޔާއި އޭނާ އާއި ދެމީހުންނާއި ދިމާވި ޝީތަލް އަކީ ކާކު ކަން މަންމަޔަށް ބުނެދިނީ އޭނާ. އަދި އޭގެ ފަހުން ޝީތަލްގެ ފަސްބަލަމުން ގެޔަށް އައިސް ހޮސްޕިޓަލްގައި ދަރިފުޅު އެޑްމިޓްކުރިކަން އެނގުމުން ކޮންމެ ދުވަހަކު މިތަނަށް މަންމަ ގެެންނަނީވެސް އޭނާ. މިވަގުތު އޭނާވީ ރަށުންބޭރަށް ގޮއްސަ އަންނާނެ ދެދުވަހެއްގެ ތެރޭ..”

ފަރީދާ ލޮލުން ހޯސްލާފަ ކަރުނަ އަންނަމުންދިޔައެވެ.އައިމިނަތު ގޮސް މަންމަގައިގަ އޮޅުލައިގަތެވެ.އެމީހުންގެ ލޮލުން އޮހެމުން ދަނީ އުފާވެރިކަމުގެ ކަރުނަޔާއި ހިތާމައިގެ ކަރުނައެވެ. ޝައިނަ ވެސް ހުއްޓުން އަރާފަ އިނެވެެ. ކަރުނަ އިން ފޯވެފަ ޝީތަލް އިނެވެ.

ޝީތަލް އަށް މިމަންޒަރު ބަލަން ކެތްވާވަރަށްވުރެ އޭނާގެ ހިތަށް ލިބިފައިވާ އުފަލާއި ކެކުޅުން ބޮޑުވިއެވެ. ބާލީސް ނަގާ މޫނުމަތީ އަޅަމުން އަޑުން އަޑުނަގާ ރޯންފެށިއެވެ. އޭރުވެސް އޭނާގެ މަންމަގެ ވާހަކަ ތަކުގެ އަޑު އިވިއިވި ހުރިކަހަލައެވެ. ފަރީދާ ތެދުވެގެންގޮސް އޭނާގެ ދޮށީ ދަރިފުޅުގައިގާ ބައްދާލިއެވެެ.

“ދަރިފުޅާ މިމަންމައަށް މަޢާފް ކުރޭ. މަންމަ މިއައީ ދަރިފުޅުމެންގެ ގާތަށް ދާން. މުޅި ޢުމުރު ދަރިފުޅު މެންނާއެކު ހޭދަ ކުރުމަށް. ދަރިފުޅާ ޝީތަލް”

” މަންމަ މާފަށް އެދޭކަށް ނުޖެހޭ ކުށްކުރީ އެހެންމިހެއް މަންމަޔެއް ނޫން” އައިމިނަތު ބުނެލިއެވެ.

ޝީތަލް އަށް ދޭނެ ޖަވާބެއްނޭނގުނެވެ. ޝީތަލްގެ ހިތްވަރު އެލި ވަރުދެރަވެއްޖެއެވެ. ގައިގެ ބާރުދޫވެ ބޮލަށް އެނބުރުން އަރައިފިއެވެ.

ގާތްގަޑަކަށް ދެތިން ގަޑިއިރު ފަހުން، ޝީތަލް ހޭއެރިއިރު އޭނާގެ ކައިރީގައި ޝައިނާ އާއި އައިންތު ހުއްޓެވެ. ހެވިފައެވެ. އެމޫނުމަތިންވެސް ވަނީ އުފާވެރިކަމެއެވެ. އަދި ނަރުސްކުއްޖަކުވެސް ފަރުވާދޭން ހުއްޓެވެ. ޝީތަލް ވަށައިގެން ހޯދާ ބަލައިލިއެވެ. އޭނާގެ ލޯ ހޯދަމުންދިޔަ މީހާ ފެންނަން ނެތުމުން އައިންތު ކުރެން މަންމަ ކޮބައިތޯ އަހާލިއެވެ. “މިތާ ބޭރުގަ އެބައިން އެކަމާ ދޮންތަ ކަންބޮޑު ނުވޭ. ދެން އެމަންމަ އަހަރުމެންދޫކޮށްފަ ދިޔަކަ ނުދޭނަން”  އައިންތު ހިނިތުންވެފަ ޖަވާބު ދިނެވެ.

“އެމަންމަޔަކީ އަހަރުމެން ދެބެއިންގެ ރޫހް މަންމަ ކާރީބުނޭ ޝީތަލް އެބަ ގޮވައޭ”

އެވަގުތު ފަރީދާ ޝީތަލް ކާރިޔަށް އައިސް އޭނާގައިގަ ބައްދާލިއެވެ. ލޯތްބާއެކުއެވެ. އައިމިނަތުވެސް އައިސް މަންމަ ކޮނޑުގައި ބޯއަޅާލިއެވެ.

އެވަގުތަކީ ބައްޕަ އާއި ދޮންމަންމަވެސް ޝީތަލް އޮތް ކޮޓަރިއަށް ވަންވަގުތެވެ. ނުރުހުމާއެކު ޝީތަލް އާއި އައިންތު އެބައްޕަޔަށް ބަލާލިއެވެ. އެމީހުންގެ މަންމަޔަށް އޭނާ ޖެއްސި ހާލު އެކުދިންނަށް މިހާރު އެނގެއެވެެ. އެކުދިން އޭނާއަށް މާފު ކުރާނީ ކިހިނެއްހެއްޔެވެ.

‘ކަލޭ މިތަނުންދޭ އަހަރުމެން ބޭނުމެއްނޫން ކަލޭގެ މޫނުދެކޭކަށްވެސް އަހަރެމެންގެ ދެމީހުންވެސް ބޭނުމެއްނުވޭ ކަލޭގެ މޫނު ފެންނާކަށްވެސް.” ނުރުހުމާއެކު އައިންތު ހަޅޭއްލަވައިގަތެވެ.

އައިންތުގެ ވާހަކަތަށް ހަރުކަށްޓެވެ. ޝީތަލް އަށް ޖެހުނީ ވާހަކަތައް ހިންދާލައި ލޯމަރާލާށެވެ. ބައްޕަ ކިތަންމެ ނިކަމެތިކޮށް މަންމަޔަށް ހެދިޔަސް ޝީތަލް ބައްޕަ ދެކެ ލޯބިވެއެވެ. އެމީހުން ބައްޕަޔަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ.

” އައިންތު ކަލޭ ހިމޭނުން އިދޭ” ޝީތަލް އައިންތު ހުއްޓުވިއެވެ.

” މިނިކަމެތި ބައްޕަޔަށް މާފުކުރޭ ކުދިންނޭ..”  މޫނުގައި އަތްއަޅާފަ  ރޮމުން އެބައްޕަ ބުންޏެވެ. އައިންތުވެސް ޝީތަލްވެސް އެނބުރުނީ އަނެއްފަރާތަށެވެ. އެކުދިންގެ ހިތަށް ކުރާއަސަރު އެނގޭނީ ހަމަ އެކުދިންނަށެވެ.

ޝީތަލް އަނެއްކާވެސް މޫނުގައި އަތް އަޅައިގެން ރޯންފެށިއެވެ. ކޮއްކޮ އަށް ފެނިދާނެތީ ޝީތަލް އެނދުގެ އަނެއް ފުށަށް އެނބުރުނެވެ. ފަރީދާ ޝީތަލްގެ ބުރަކަށީ ފިރުމާލިއެވެ.

ނަސީމް ފަރީދާގެ ފައިކާރީ އިށީނެވެ.

” ފަރީދާ އަހަރެންނަށް މާފު ކުރޭ.. އަހަރެންނަކީ ކުށްވެރިއެއް” ރޮމުން ގިސްލަމުން ނަސީމް ވާހަކަ ދެއްކިއެވެ.ފަރީދާގެ ފައިކާރީ އިށީނދެފައޭނާއަތްޖޯޑު ކޮށްލިއެވެ.އެވަގުތު އޭނާގެ މިހާރުގެ އަނބި މީހާވެސް އެކޮޓަރިއަށް އައެވެ. އޭނާވެސް ރޮނީއެވެ. ނަސީމް އާއި ފަރިދާ ފެނިފަ އޭނާގެ ހިތަށް އަސަރު ކުރިއެވެ.

ޝައިނާ ވަނީ ބޭރުން އޭނާ އާއި ދިމާވެފަ ހުރިހާ ވާހަކައެއް ކުރުގޮތަކަށް ކިޔާދީފައެވެ. އެތަނުގައި މިވަގުތު އިނީ ޝީތަލް އާއި އައިންތުގެ މަންމަކަން ބުނެދީފައެވެ.

” އަހަރެންވަނީ ނަސީމް އަށް މާފް ކޮށްފަ” ފަރީދާ ނަސީމް ތެދުކުރަމުން ބުނެލިއެވެ. އެވަގުތު ދެއަތް ޖޯޑުކޮށްފަަ ޝީތަލް އާއި އައިންތުއަށް ދައްކާލާފަ ނަސީމް ވާހަކަ ދައްކަން ފެށިއެވެ.

” ތި ކުދިންވެސް މިބައްޕައަށް މާފުކުރޭ، ޕުލީސް ބައްޕަ ބޭނުމީ އަލުން އަހަރުމެން އެންމެން އެކުގައި ގެއަށް އައުމަށް އަހަރެން މިއަދު މިއައިވެސް ޝީތަލް ދަރިފުޅު ގެޔަށް ގެންދަން”

އެވަގުތު ފަރީދާވެސް އެކުދިންނަށް ބެލިއެވެ. އެކުދިންވެސް ތިބީ ފަރީދާއަށް ބަލާށެވެ. ފަރީދާ އާނއެކޭ ކިޔާފަ ބޮލުން އިށާރާތް ކޮށްލިއެވެެ. ނަސީމް އައިސް ޝީތަލް ގައިގާ ބައްދާލިއެވެ. އަދި ފަހަތުން އައިސް އައިންތުވެސް ބައްޕަ އާއި ބައްދާލިއެވެ. ނަސީމް ދެެކުދިންވެސް އޭނާގެ އަތުގެ ތެރޭ ބޮނޑި ކޮށްލިއެވެ. އެއީ އުފާވެރި ވަގުތެކެވެ. ޑޮކްޓަރ ޝާހް އާއި ޝައިނާ ވެސް އެކަކު އަނެކަކަށް ބަލާފަ ހީލިއެވެ. ފަރީދާ އާއި ނަސީމްގެ އަނބިމީހާވެސް އެކަކު އަނެކަކަށް ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ. މިހާރު އެއީ ގާތްމީހުންނެވެ. ރުޅިވެރިކަމެއް އަމުދުންނެތެވެ.

” މަންމަ ހުންނާނީ އަހަރެންގެ ގޭގައި” ޑރ ޝަފްރާޒް ބުނެލިއެވެ. ހުރިހާ މީހުން މިކަމާ ހެމުންދިޔައެވެ. އަދި އެއްބަސް ވުމުގެ ގޮތުން ބޮޖަހާލިއެވެ.

ބޭސް ފަރުވާއިން ނިމިގެން ޝީތަލް އާއި އައިންތު ދިޔައީ އައްޑުއަށެވެ. އޮފީސް ދަތުރުގައެވެ. ޢާއިިލީ ކުދިންތަށް ޝީތަލް މެންގެ ރަށަށް އައުމުންގެޔަށް ބަހާރު މޫސުން އައިސް އުޅޭ ފަދަ އުފަލެއް އެމީހުންނަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

ތަންވަޅު ހޯދައިގެން ޝައިނާ މެންގެގެއަށްވެސް އައްޑުއަށް ދިޔުމުގެ ކުރިން ޝީތަލް ދިޔައެވެ. މަންމައާއި ދިމާވި ޙާދިޘާ ކިޔައިދީ ނިމުނުއިރު ޝަފްރާޒް ވެސް އިނީ ފެންކަޅިވެފައެވެ. ފަހުން އެމިހުންވެސް އައްޑު އަށް އަންނާނޭ ވާހަކަ ބުންޏެވެ.

އެއީ ތެދުވާހަކައެކެވެ. ޝީތަލް މެން ދިރި އުޅޭނެ އަމިއްލަ ހިޔާވައްސެއް އައްޑުއަކު ނެތެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދެކުދިންނަކީ މިއަދު ޝީތަލް އާއި އައިންތުއެވެ. މިއަދު ގެހެދުމުގައިވެސް އެދެކުދިންނަށް އަތު ގުޅައިގެން މަސައްކަތް ކުރެވިދާނެއެވެ.

މިއަދު ޝީތަލް މެން ކައްކަނީއެވެ. ވަކި ހަފްލާއަކަށް ނޫނެވެ. އައިންތު ގޭތެރެ ޒީނަތްތެރި ކުރުމުގައި އަތުކުރި އޮޅާލައިގެން މަސައްކަތް ކުރިއެވެ. އޭނާއަށް އެހީވެދިނުމުގައި ޑރ ޝަފްރާޒް ވެސް އައިންތު އާއި އެކު އައްޑު އަށް އައިސް ހުއްޓެވެ.  ހޮސްޕިޓަލްއިން ފެނުނީއްސުރެ އެދެމިހުންގެ ހިތުގައި ޖަހަމުން ދިޔައީ އެއްވިންދެކެވެ.

ޝީތަލް އާދައިގެ މަތިން ބަދިގޭގައި ކެއްކުމުގެ މަސައްކަތެއްގައި ޝާމިލުވެހުއްޓެވެ. ބޭރުން މީހަކު ސަލާމް ގޮވިއަޑު އިވިގެން ޝީތަލް ބޭރަށް ނިކުތެވެ. ދޮރުމަތީގައި އެހެރީ އެމީހުންގެ މަންމަ ފިޔަވައި ދެވަނަ މީހެއްނޫނެވެ. ޝީތަލް އުފަލުން ތެޅިގަނެވުނެވެ. އެތެރެއަށް ބޯދީ ކޮއްކޮ އުޅޭތޯ ބަލާލެވުނެވެ. ނަސީބު ކަންދިމާ ކުރިގޮތުން އައިންތު އާއި ޑރ ޝަފްރާޒް ވެސް ވީ ބޭރަށް ގޮހެވެ. ގޭގައި އިތުރު އެއްވެސް މީހެއްނެތެވެ. ޝީތަލްއަށް ފުރުސަތު ލިބުނު ކަހަލައެވެ. މަންމައާއި  އޭނާގެ ވާހަކަ ހިއްސާކުރިއެވެ. އޭނާގެ މާޒީއެވެ.

“މަންމާ! އަހަރެމެން އުޅެ ބޮޑުވީ ހާދަ ނިކަމެތި ކޮށްނޭ. މިގޭގައި، ދެން އަހަރުމެން އުޅޭނީ އުފަލުންދޯ  މަންމާ ފާއިތުވެދިޔަ ހުރިހާ ދުވަސްތަކުގެ ކަންތަށް ފުރިހަމަ ކުރަންވާނެ ކޮއްކޮއަށް ސަޕްރައިޒެއް ދެމާ އޭނާ އާއި ޑރ. ވީ ބޭރަށް ގޮއްސަ މިހާރު އަންނަން އުޅޭނެ”

އޭނާ ގޭގެ އެކި ކޮޓަރިތަށް ހުޅުވާފަ ފަރީދާއަށް ދައްކަމުން ދިޔައެވެ. އެއީ މުސްކުޅި ބޮޑު ގެޔެކެވެ. ހަތްކޮޓަރި ހުރިއެވެ.

“މަންމަ ހުންނަންވާނީ އައްޑުގަ އަހަރުމެންނާއެކު” ޝީތަލް އެންމެ ފަހުގެ ނިންމުން ޢިޢްލާން ކުރިކަހަލައެވެ.

“މަންމަ މިއައީ ދަރިފުޅުމެންނާ އެކު އުޅެން. ދަރިފުޅުމެންނަށް އެހީވާން. މަންމަގެ ޢުމުރުގެ ބާކީދުވަސްތަށް ބޭނުމީ މަންމަގެ 2 ދަރިންނާއެކު އުޅެލުމަށް. މިގެއަށް ދަރިފުޅުމެން ބަދަލު ވުމުން މަންމަ ވަރަށް އުފާވެއްޖެ” މަންމަ އެކުދިން އުފަލާއެކު ބަލައިގަތެވެ.އަދި އެމަންމަގެ  އޯގާތެރި ކަމާއި ލޯބި އެކުދިންނަށް  އޮއްސަމުން ދިޔައެވެ.މައިވަންތަކަމުގެ ކުލުނައަކީ ކިހާ ބާރުގަދައެއްޗެއް ހެއްޔެވެ. 25 އަހަރަށް ފަހު ޝީތަލް މެންނަށް މިއަދުއެނަސީބު ލިބުނީއެވެ.އައިންތު ގެޔައްއައިސް ދޮރު ހުޅުވާލުމުން މަންމަ ފެނުމުން އޭނާ އުފަލުން ހަޅޭއްލަވައިގަތެވެ.

މަންމަ އައިންތު އާއި ޑރ ޝަފްރާޒްގެ މަސައްކަތަށް ތަޢުރީފް ކުރިއެވެ. ގޭތެރެ އެމީހުން ވަނީ ވަރަށް ޒީނަތްތެރި ކޮށްފައެވެ.

މިއަދު ގޭގަ ކެއްކީ މަންމަ އެވެ. ދެކުދިން ދެފަރާތުގައި ބައިތިއްބައިގެން މަންމަ އެކުދިންގެ އަނގައިގަ ލައްވާ ކާންދިނެވެ. މިއީ އުފާވެރި މަންޒަރެކެވެ.ހިނުތުންވެފަ ޑރ ޝަފްރާޒް ވެސް ކައިރިވެލިއެވެ. “މަވެސް ބާކީކޮށްނުލާ މަންމާ” ހިނިތުންވެފަ އޭނާ ބުންޏެވެ. ޝިތަލް އާއި އައިންތުވެސް އެނާއަށް ޖާގަދިނެވެ.

ފަރީދާ އޭނާއަށްވެސް އަނގައިގަ ލައްވާ ކާންދިނެވެ. ޝިތަލް އާއި އައިންތުއެކޭ އެއްގޮތަށެވެ. “އަހަރެންގެ ތިބެނީ 2 ކުދިންނެއް ނޫން 3 ކުދިން.” ހިނިތުންވެފަ ފަރީދާ ބުނެލިއެވެ.

ނަސީމް އާއި އޭނާގެ އަންހެނުންވެސް އައްޑުއަށް އައެވެ.އައިމިނަތުގެ ކައިވެނިއަށެވެ.

ޑރ ޝަފްރާޒް އާއި އައިމިނަތު ކައިވެނީ ކުރުވީއެވެ.މިކައިވެނިއަކީ ކުލަގަދަ ހަފްލާއެކެވެ.މިކައިވެންޏަށް ބައްޕަ ނަސީމް އާއި އޭނާގެ އަންބިމީހާ އާއި ކުދިންވެސް އައެވެ. މިއަދަށްފަހު އެމީހުންގެ ދިރިއުޅުންމުޅިން ބަދަލުވިއެވެ. އައްޑުގަ ހުރިގެހަދާ ކުއްޔަށް ދީފަ ޝީތަލް އާއި އެމީހުންގެ މަންމަވެސް ޑރ ޝަފްރާޒް އާއި އާއިންތު އާއި އެކު އެގެޔަށް މާލެއަށް ބަދަލް ވީއެވެ.

މިހާރު އެއީ އުފާވެރި ޢާޢިލާއެކެވެ. ބޭވަފާތެރި އެކުވެރިއެއްގެ ހިޔަނިވެސް ނެތެވެ.

ނިމުނީ

 

 

 

 

 

54

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Mi story reethi ekam mi story ge profile picture meenee copy koffa dhw? Mi site ga liyun ehen vaahaka akun vx dhekunin eh pic

    ⚠Report!
  2. story varah reethi….. anonymous bunihen ehn vahaka ehgge profile cover pic eh mi story cover ga eyndhee

    ⚠Report!
  3. Varah varah reethi..maa sha allah…Mi site ga ehnan kiyaa baivaru vaahaka hurey eki meehun liyaa…ehen veema eh pic vx indhedhaane dhw….

    ⚠Report!

Leave a Reply

Your email address will not be published.