ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ދުވަހުގެ އިރު އޮއްސޭ ގަނޑިޔަށް ނަސީބަކުން ވިއްސާރަ ތުނިކޮށްލިއެވެ. އެހެންނަމަވެސް އުޑުމަތި ބައްދާލެވިފައިވަނީ ކަޅު ވިލާތަކުންނެވެ. ވިލާތަކުގެ ތެރެއިން ފޭދިގެން އަންނާތީ ފެންނަނީ އިރުއޮއްސޭ ދަނޅައިގެ ކުލަތަކެވެ. އެހެންކަމުން އެހެންދުވަސްތަކެކޭ ވެސް އެއްފަދައިން ވަރަށް އާދައިގެ ގޮތަކަށް ރީތިވެލާއިގެން އަތިރިމައްޗާއި ދިމާލަށް ހިނގައިގަތީ އިރުއޮއްސޭ މަންޒަރުގެ ފޮޓޯ ކޮޅެއް ނެގުމަށެވެ. ގެއިން ނިކުންނަމުން ލޯބިވެރިޔާ ކައިލާން އަށް ގުޅާލީމެވެ. ގުޅާލުމާއެކު ކައިލާން ގެ ކުޑަކޮއްކޮ ކައްޔިސް ގެ ލޯބިވެތި ވާހަކަތަށް އަޑުއަހަމުން […]
ކަޅުފޮއި ރޭނގަޑެކެވެ. ފުދޭވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހަމަ އެހެންމެ އުޑުމަތި ބައްދާލާފައިވަނީ ކަޅުކަން ގަދަ ވިލާތަކުންނެވެ. އިރުއިރުކޮޅާ ޖަހާލާވިދުވަރުތަކާއި ގުގުރިއެއްގެ ސަބަބުން މީހުންގެ ހިތްތަ ކަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ. ވިއްސާރަ ވުމުގެ އަލާމާތްތައް އުޑުމަތިން ދައްކަމުން ދާއިރު މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ނަގަމުންދާ ބިޔަ ރާޅު ތަކަށް ބަލައިގެން އަހަރެން ގޮޑުދޮށުގައި އިނީމެވެ. އެތޫފާނަށްވުރެ އަހަރެންގެ ހިތުގައި އުތުރި އަރަމުންދާ ތޫފާންތައް މާ ބާރުގަދަ އެވެ. ދެން އަންނާނީ ކޮން ކަހަލަ […]
ރާނީގެ ހުރިހާާ ޚިޔާލުތައް ގޮސް ހުއްޓިފައި ވަނީ އޭނާގެ އެހިތްދަތި މާޒީއަށެވެ. މަންމައާއި ވަކިވުމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެނަސް މިއަދު ކުރާނެ ކަމެއް ނެތެވެ. އެމަންމަ މިދުނިޔެއާއި ވަކިވެގެން އެދިޔައީ ރާނީގެ އެވިޔާނުދާ އުޅުމުގެ ސަބަބުންނެވެ. ރާނީއަކީ ރަށްފުށުގެ ދިރިއުޅުމެއްގައި އުޅެމުން އައި އެރަށުގެ އެންމެ މުއްސަނދި އަދި އެންމެ ގަދަރުވެރި އާއިލާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ހަމައެހެންމެ އެންމެ ހަގު ކުއްޖާ ވެސް މެއެވެ. މައިންބަފައިންގެ ލޯބި ލިބިގެން […]
ރަނގަޅަށް ސައިބޯލައިގެން ހަވީރުގެ ހިތްގައިމު މަންޒަރު ދެކިލުމަށް ޓަކައި ނުކުތީ އަތިރިމައްޗަށެވެ. ބަލާލާ ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ކުދިވެރިން ދުވެ ފުމެމުންދާ މަންޒަރެވެ. ޒުވާން އުމުރުފުރައިގެ ކުދިން ޖޯޑްޖޯޑަށް އެތުރިފައިވާ ތަނެވެ. އެހެނަސް މިއުފާވެރި މާހައުލުން ވެސް އަހަރެންގެ ހިތަކަށް އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުލިބުނެވެ. ވާނީވެސް އެހެންނެވެ. މިރެއަކީ އަހަރެންގެ އުފާތައް ކަފުން ކޮށް ވަޅުލާ ރެއެވެ. މިކަހަލަ ވިސްނުމެއްގެ ތެރެއިން އަހަރެންގެ މާޒީއަށް ފީނާލެވުނެވެ. އަހަރެންނަކީ ޒުވާން އުމުރުގެ އެެހެން ކުދިން ފަދައިން އުފަލާއި […]
އަހަރެން މޮޔައަކަށް ވެފައި ވަނީ ކަލެޔާ ހެދެއެވެ. ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އަހަރެން ކުށްވެރި އަކަށް ވީ ކަލެއާ ހެދެއެވެ. އެދުވަސްތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެކީ އުފާވެރި ދިރިއުޅުމެއް ހޯދީމެވެ. މާޒީގެ ކަޅު ސަފުހާތައް ކަފުނ ކޮށްލަމުންނެވެ. އެހެނެއްކަމަކު، އަހަރެންގެ މާޒީ އާ މެދު ވިސްނާ ނުލާ އެންމެ ދުވަހެއް ވެސް ފާއިތުވެ ގޮސްފައި ނުވެއެވެ. ކަލޭގެ ވަކި ތަކުގެ ތެރޭގައި އަހަރެން ހައްޔަރު ވެފައިވި […]