Skip to content
އެސްފިޔަ

އިންސާފް

ވައިގަދަ ވިއްސާރަ ދުވަހެކެވެ. މުޅި ދުނެޔެވަނީ ކަޅު ވިލާތަކުގެ ސަބަބުން އަދިރިވެފައެވެ. ޖެހޭ ބާރު ވައިރޯޅީގެ ސަބަބުން ހީވަނީ ގޭ ފުރާޅު އެއްލާލާފާނެ ހެންނެވެ. ވިދާވިދުވަރުން ބިންމަތީގައި ހިންގާ ހިނިތައް ވެސް ފެނެއެވެ. ގުގުރީގެ ބާރުކަމުން ހީވަނީ ބިންގަނޑު ފަޅައިގެން ދާނެ ހެންނެވެ. މަތީގައި އުދުހޭ ދޫނިތަކައް ވައިގަދަކަމުން އުދުހެން އުނދަގޫވާ ކަހަލައެވެ. އެހެނަސް ޝަމްނާ މަގުމަތިން ހިންގާފާ އެއަންނަނީ ވަރަށް ހާސްކަމުން ފުރިފާވާ ކަހަލަ ގޮތަކަށެވެ. މި ތޫފާނަކީ އޭނާގެ ވޭނީ ދިރިއުޅުމާ ބަލާ އެކައްޗެއްވެސް ނޫނެވެ. ޝަމްނާގެ ދިރިއުޅުމަށް މި ވަނީ ބޮޑު ތޫފާނީ ޒަލްޒަލާއެއް އައިސްފައެވެ.

ޝަމްނާއަކީ ބުރުސޫރަ ރީތި ކުއްޖެކެވެ. އޭނާއަށް ލިބިފާވާ އަޅި ފެހި ދެލޮލާ އެ މައުސޫމު މޫނު ފެންނަ ކޮންމެ މީހަކުވެސް ދީވާނާ ވާނެކަން ޔަޤީނެވެ. އޭނާގެ ކަޅު ރޭގަނޑެއް ފަދަ ރާޅު ބާނި އިސްތަށިގަނޑު ދޫކޮއްލާފާ އޮންނަ އިރު އެ ހިމަތޮޅި ހަށިގަނޑާ ވަރަށް ގުޅެއެވެ. އެހެނަސް މިރޭ އެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހީވާ ގޮތު އެ ހިތާމަޔަކީ އޭނާގެ ދިރިއުޅުމައް ބޮޑު ބަދަލެއް ގެނުވި ކަމެކެވެ.

ވާރޭއާ ތެމި ފޯވެގެން ގެއައް ވަން ޝަމްނާ ފެނުމުން ޝިއުރާ ގާތައް އައީ ރުޅިއެވެ. ” ކަލޭ މޮޔަވެގެންތަ ތިއުޅެނީ…. އަތުން ފައިން މަސެތްކަތެއް ނުކުރާތާ އިތުރައް އެހެން މީހުންނަށް  ޖެއްސުން ނުކުރެވިގެންތަ ތި އުޅެނީ… ތި ހެދުން މެޝެނައް ލާފަ އާދޭ މެންދުރަށް ކައްކަން..” ޝިއުރާ އަކީ ޝަމްނާގެ މަންމައެވެ. ޝަމްނާ އަކީ ގޭގެ މަސަތްކަތް ބަރާބަރައް ކުރަމުން ސްކޫލައް ދާ ކުއްޖެކެވެ. މިޒަމާނު ގްރޭޑް ދިހައަކު އުޅޭ ކުދިންނާ ބަލާ ޝަމްނާ ވަރަށް މުރާއްޔެވެ. ” ތައްޔާރުވާތި މިރޭ 8 އަކަށް ” ޝިއުރާ އެއްވެސް ރަހުމެއް ނެތް ގޮތަކައް ބުނެލިއެވެ. އެ ހިތުގައި މައިވަންތަ ކަމުގެ ކަންފުޅެއް ވެސް ނެތީ ހެއްޔެވެ. އޭނާ ޝަމްނާއަށް މި ދެނީ އިންސާނަކައް ދޭން ހެޔޮ ނުވާވަރުގެ އަނިޔާއެވެ. މުޅި އުމުރައް ވެސް އެ ޅަހިތުގައި އެ ލަކުނުތައް ނުފިލާ ހުންނާނެއެވެ. ” މަންމާ… އަޅުގަނޑު މަންމަ ބުނާ ކޮންމެ ކަމެއް ވެސް ކުރަމެއްނު… އެކަމަކު އަޅުގަނޑަށް ތިހެން ނަހަދަބަލަ… އަޅުގަނޑަކީ ވެސް އިންސާނެކޭ… ރަހުމުކޮއްބަލަ… އަޅުގަނޑު މިވޭނީ ވަކިތަކުން ސަލާމަތްކޮއްދީ… ” ޝަމްނާ އާދޭހުގެ ރާގަކައް އޭނާގެ ހިތުގެ ޝުއޫރު ފާޅުކުރިއެވެ. ޝިއުރާގެ ހިތައް އަސަރެއް ކުރި ހެނެއް ހިޔެއްނުވެއެވެ.

ޝިއުރާ އަކީ ވަރަށް ފެޝަނައް ލޯބިކުރާ މީހެއްކަން އޭނަ ލާ ހެދުންތަކުން ވެސް އެނގެއެވެ. މިއަދުވެސް އޭނާ ލާފާ ހުރީ މިދުވަސްކޮޅު އެންމެ މައްޝޫރު ކަމައްވާ ކްރޮޕް ޓޮޕާ ހައި ހަޕް ޖިންސެވެ. އޭނާއަކީ 6 1 އަހަރު ކުއްޖެއްގެ މަންމައޭ ބުންޏަސް ޤަބޫލެއް ނުކުރެވޭނެއެވެ. މޫނު ހުރި ރޫތައް ފޮރުވުމައްޓަކައި އޭނާ ވަނީ ފައުންޑޭޝަން ބޭނުން ކޮއްފައެވެ. އަބަދުގެ އަބަދައް ހުންނާނީ ތުންފަތުގައި ރަތް ކަޑި ލައިގެނެވެ. ޝިއުރާ އެންމެ ފުރަތަމަ އިނީ ޝަމްނާގެ ބައްޕަ އަހުސަނާއެެވެ. މިހާރު އެ އުޅެނީ ދެވަނަ މީހާއާ އިނދެގެނެވެ. އެއީ އަރަޝެވެ. އަރަޝަކީ ޝިއުރާއަށް ވުރެ 5 އަހަރު ހަގު މީހެކެވެ.

ޝަމްނާ ކިތަންމެ ބޭނުން ނުވިޔަސް އޭނާގެ މަންމަގެ ބުނުމުގެ މަތިން ކޮޓަރި ފޮޅާ ސާފުކޮށް, ފެންވަރާ އަތު އޮތް އެންމެ އައު ހެދުން ލައިގެން 8 އަކައް ތައްޔާރުވިއެވެ. ކޮންމެ ރެޔަކީ ވެސް އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާއެއް ލިބޭ ރެއެކެވެ. އޭނާއަށް ވަންޏާ ރޭގަނޑު ވިޔަކަ ނުދޭނެއެވެ. އެކަމަކުވެސް އެއީ ވާން އޮންނަ ގޮތެއް ނޫނެވެ. ގުދުރަތީ ނިޒާމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ރޭގަނޑު ވާނެއެވެ.

އަރަޝް މަސްތުގެ ހާލުގައި ގެއައް އެޅި އެންމެ ފުރަތަމަ ފިޔަވަޅާ އެކުވެސް މިސްރާބު ޖެހީ ޝަމްނާގެ ކޮޓަރިޔަށެވެ. އޭނާއަށް މިރޭ ޖެހެން މިއުޅޭ ހާލު ނޭގިހުރެ އެހެން ރޭރެޔާ އެއްގޮތައް އެންމެ ފުރަތަމަވެސް އެ ކޮޓަރީގެ ޑަބަލް ކީ ބޭނުން ކޮއްގެން ކޮޓަރި ހުޅުވިއެވެ. ކޮޓަރިއައް ވަތް ގަޑީ އޮރެންޖު ބޮކީގެ އަލީ ތެރެއިން ކިންގް ސައިޒް އެނދުގައި އިށީނދެގެން އިން ޝަމްނާ ފެންނަލެއް ހަތްގައިމުކަމުން އަރަޝްގެ ކެތްތެރިކަން ކޮޅުންލިޔެވެ. އެ ހޫރު ޕަރީއެއް ފަދަ އަންހެންކުއްޖާގެ އިއްފަތްތެރިކަން އޭނާ ވަނީ މީގެ ދެމަސް ކުރިން ނަގާލާފައެވެ. ކޮންމެ ރެޔަކު ޝިއުރާއަށް ފައިސާ ދީގެން ޝަމްނާގެ ބޭނުން ހިފައެވެ. ޝަމްނާގެ ކުށަކީ ކޮބާ ހެއްޔެވެ¿ އޭނާ ރީތިވުން ހެއްޔެވެ¿ ރީތިކަމަކީ އަމިއްލަޔައް ލިބި ގަނެވޭ އެއްޗެއް ނަމަ އޭނާ ރީތި ނުވީހެވެ. އަރަޝް އައިސް ޝަމްނާ ކައިރީ އެނދުމަތީ އިށީނުމާއެކު ޝަމްނާ އަތައް އިސްތިރި ހެޔޮވަރުކޮއްލާފަ އަރަޝްގެ ބޯމަތީގައި ޖެހިއެވެ. އޭނައަށް ވާ ކެތްކުރެވިއްޖެއެވެ. އަރަޝް ކަހަލަ ނުބައި ޝައިޠާނުންނައް ދުނިޔޭގައި ހުރުމުގެ ހައްގެއް ނޯއްނާނެއެވެ. އެކަހަލަ މީހުންނައް އޮތް ޝަޒާއަކީ މަރެވެ.

ޝަމްނާ އަރަޝްގެ ދެފައިގާ ހިފާ ދަމަމުން ގެންގޮސް އެރަށު ތުނޑިއަށް އެއްލާލިއެވެ. އެއީ މެންދަމުގެ ހަމަހިމޭން ވަގުތެވެ. ގަޑިން 2 ޖަހަނީއެވެ. އަރަޝް ގައިން އޮހޮރުނު ލެއިން ރަތް ދޫލަ އެޅިފަ ހުއްޓެވެ. މި މަންޒަރު ފެނުނު މީހަކު ޕޮލިހަށް މައްސަލަ ހުށައެޅުމުން ޝަމްނާ ޕޮލިސް ސްޓޭޝަނައް ގެންދިޔައެވެ. ޝަމްނާ ހުރިހާ ވާހަކައެއް ތެދައް އަލިފުން ޔާއަށް ކިޔައި ދިނުމުން , އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަންނަން އެހީވުމުގެ ތުހުމަތުގައި ޝިއުރާ ދެ އަހަރައް ޖަލަށް ލެވުނެވެ. 8 1 އަހަރުވުމުން ޝަމްނާ ކުރި ކުށުގެ އަދަބު ލިބޭ ގޮތައް 8 1 އަހަރު ވަންދެން ގޭ ބަންދުކުރިއެވެ. މިއީ ޝަމްނާގެ ތަޤްދީރު ހެއްޔެވެ¿ އޭނާގެ ތަޤްދީރުގައި އުފަލެއްނެތީ ހެއްޔެވެ¿ އެއްވެސް އިންސާނަކައް އަބަދު ދެރަގޮތެއް ދިމައެއްނުވާނެއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ.

_ ނިމުނީ _

Comments (15)

  1. Yanaa

    Varah reethi…
    maa sha allah…

    1. Nayaanee
      Yanaa

      thanks yanaa.. it means a lot..

  2. Meekkomee

    Varah Reethi…… Masha Allah ????

    1. Nayaanee
      Meekkomee

      thanks meekko.. it means a lot.. insha allah nayaa ge new vaahaka eh up kohla dheynan varah avahah.. ?

    2. Nayaanee
      Meekkomee

      salaam readers.. mee nayaa alah liyunu vaahaka.. mistakes hunnaane.. rangalhu kohlan jehey kameh othiyya buneladhinumah varah bodah edhen..

  3. §HåĂĶĶÓ

    Nice

    1. Nayaanee
      §HåĂĶĶÓ

      Thanks shaakko

  4. elmer

    Masha Allah v reethi vaahaka eh…wish u the best…looking forward to ur stories nayaanee <3

    1. Nayaanee
      elmer

      Thank you sis… Insha Allah nayaa varah avahah new vaahaka eh up kohla dheynann…. ??????

  5. Shaayaa

    Very nice. … the ending was perfect…..??????????????????????…. thank you nayaa sis for uploading such nice stories..

    1. Nayaanee
      Shaayaa

      Awnnn… Thanksss shaayaaa dear… Nayaa varah ufaa vejje shaayaa ah kamu dhiyaima….

  6. Pinkyy

    Nayaa dhooni gandaa haadha reehcheyy mi vaahaka…. Good luck and v unmeedhukureveyy nayaa dhooni ge new vaahaka eh libeyne kamah… Can we be friendss???… NAYAA KON RASHEH????… araash kahala meehunnah hama mi gothah hadhan vv….. Love yuh…???????????????????????????????????????????????????????????????????

    1. Nayaanee
      Pinkyy

      Thanks pinky….. Of course we can be friends…. Insha Allah v avahah new vaahaka eh up kohdheynan… I am sorry i can’t share my personal information…. Love yuhh 2…. ?????

  7. Shahaaf

    Nee babxx mi story nukiyass engey reethi vaane kan…. Good luck… ??❤?❤?❤?❤?❤?❤?❤?❤?❤??❤??❤?❤?❤??❤?❤❤?❤?❤?

    1. Nayaanee
      Shahaaf

      First of all i am not your babes… And vaahaka nukiyanyaa neygeyne reethivaane kameh…. But thanks for commenting.

Comments are closed.