Skip to content
އެސްފިޔަ

މާޒީގެ ކަޅު ސަފްޙާ

އަހަރެން މޮޔައަކަށް ވެފައި ވަނީ ކަލެޔާ ހެދެއެވެ. ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އަހަރެން ކުށްވެރި އަކަށް ވީ   ކަލެއާ ހެދެއެވެ.  އެދުވަސްތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެކީ އުފާވެރި ދިރިއުޅުމެއް ހޯދީމެވެ. މާޒީގެ ކަޅު ސަފުހާތައް ކަފުނ ކޮށްލަމުންނެވެ. އެހެނެއްކަމަކު، އަހަރެންގެ މާޒީ އާ މެދު ވިސްނާ ނުލާ އެންމެ ދުވަހެއް ވެސް ފާއިތުވެ ގޮސްފައި ނުވެއެވެ. ކަލޭގެ ވަކި ތަކުގެ ތެރޭގައި އަހަރެން ހައްޔަރު ވެފައިވި ބަނަ  ދުވަސްތަކާމެދު ވިސްނާ ލުމުން އަހަރެންނަށް  ކޮންމެ ފަހަރަކު އަހަރެންގެ އިޙްތިޔާރުން ބޭރުގައި ރޮވެއެވެ. މިއީ އިންސާފެއް ބާވައެވެ؟ ކަލޭ އަހަންނަށް އެހެން  ކަންތައް ކުރަން ޖެހުނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އަހަރެން ކުށްވެރި ކުރުމުން ކަލެއަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ މިޙިޔާލުތަކުގައި ހުރެ އަހަރެން ، އަހަރެންގެ މާޒީގެ ތެރެއަށް ފީނާލީމެވެ.                                   އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރި އެވެ. އަހަންނަކީ ވަރަށް އާދައިގެ އާއިލާއަކަށް ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅެމުން އައި އަންހެން ކުއްޖެކެވެ. އެހެންނަމަވެސް އަހަންނަކީ އެހެން އަންހެން ކުދިންނާ ޙިލާފަށް ހެދިހުރި ފުރިހަމަ ހަށިގަނޑަކާއި ކަޅު ސާލެއް ފަދަ ފަން ދިގު އިސްތަށި ގަނޑަކާއި، ގަދަ ފިޔާތޮށި ކުލައިގެ ތުންފަތަކާއި ހިތިފަތުބުމައެއް ލިބިފައިވާ ކުއްޖެކެވެ. ފަރިވެ ފޮޅިފައިވާ ފިނިފެންމަލެކެވެ. ފިރިހެން ކުދިން މަށަށް މަށަށް ކިޔާލަ ތިބެއެވެ. އެހެންނަމަވެސް އަހަރެންގެ މަންމައާއި ކަލެއާއި ފިޔަވާ އެއްވެސް މީހަކަށް އިތުބާރު ނުކުރީމު ނޫން ހެއްޔެވެ؟ އެހެނެއްކަމަކު ތަޤްދީރުގައި ދިމާވާނޭހެން ގޮތެއް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

އެރޭ އަކީ ވަރަށް ވައި ގަދަވެފައި  ބޯކޮށް ވާރޭ ވެހުނު ރެއެކެވެ.  އަހަރެންގެ މަންމަ އޭރު ވީ  ބޭސްފަރުވާ އަށް ރަށުން ބޭރަށް ގޮހެވެ. ކަލެއަށް އިތުބާރު ކޮށްގެން އެރޭ އަހަރެން ނިދަން އޮތީމެވެ. އެކަމަކު ކަލޭ އަހަރެންގެ އަނގަމަތީގައި ފޮތިގަނޑެއް އެޅީ އަހަރެން ރަނގަޅަށް ނުނިދި އޮއްވައި ކަމުގައި ވީ އަހަރެންގެ ނަސީބެވެ. އެހެން ނޫންނަމަ މިއަދު އަހަރެން ވާނީ މަރުވެފައެވެ. މިނިކާ ޖަނަވާރު ފެންފޮދަކަށް ކަރުހިއްކައި ގަނެފައިވާ ފަދައިން އަމިއްލަ އެދުމުން ފޯވެފައިވ ހާލު ކަލޭ އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތީއެވެ. އަހަރެން ފިރިމީހާ އަށް ރައްކާކޮށްފައި ހުރި އެންމެ އަގުބޮޑު މުދާ އަހަރެންގެ އަތުން ބީވެ ދިޔައީ އަހަރެން ރޮއިރޮއި އާދޭސް ކޮށްކޮށް އޮތް ހާލުގައެވެ. އެހީއަކަށް އެދި އަހަރެން ގޮވީމެވެ. އެކަމަކު ރެއެއްގައި އަރާމު  ތަންމަތި ދޫކޮށްފައި މި ނިކަމެތި އަޅާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނީ ފަހެ ކާކު ހެއްޔެވެ؟

6 މަސް ފަސް

މަންމަ ރަށަށް އައި ދުވަހެވެ. އަހަރެން އުއްމީދު ކޮށްގެން ހުރީ މަންމަ އަހަންނަށް އިތުބާރު ކުރާނެ ކަމަށެވެ. ނަމަވެސް ކަލޭގެ ރޭވުންތެރި ކަމަށް އެވޯޑެއް ދޭހާއެވެ. ކަލޭގެ ދަލުގައި ރަނގަޅަށް މަންމަ ޖައްސާލީމު ނޫން ހެއްޔެވެ؟ ލަދުގެ ކަންފުޅެއްވެސް ނެތެވެ. އިންސާނިއްޔަތުގެ ކުޑަކަންފުޅެއް ވެސް އޮތް ނަމަ ކަލޭ އަހަންނަށް އިންސާފު ހޯދީހެވެ.

އަހަރެން މަންމަ އެއްގެ ލޯތްބަށް ފެންބޮވައިގެންފައިވާ ދުވަހު އަހަންނަށް މަންމަ ފަރާތުން ރައްދުވީ ނުރުހުމާއި މަލާމާތުގެ ބަސްތަކެވެ. އަހަރެން ލޯބިވާ މަންމަ އަހަރެން ގެއިން ބޭރު ކޮށް ލިއެވެ. ވަންނާނެ ތަނެއް އަޅާލާނެ އާރެއް ޔާރެއް ނެތް އެފަދަ ބޮޑު ރަށަށް އަހަރެން ގިނަ ކޮށްލީ ހަމަ ކަލޭގެ ނުބައިކަމުންނެވެ. މީހުންގެ  ނަފްރަތާއި ރުޅިވެރިކަމުގެ ބަސްތަކުން އަހަރެންގެ މިޅަހިތް ކަފާ ކުދިކުދިވުން ދިޔައެވެ. މި ކަންތަކާމެދު ވިސްނަމުން ދިޔަ ވަރަކަށް އަހަރެންގެ ސިކުނޑިއަށް އެކަމުގެ އަސަރުތައް ކުރަމުން ދިޔައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަހަރެން ކ. ގުރައިދޫ އަށް ފޮނުވާލެވުނެވެ. އަހަރެން މޮޔަވީ އެވެ. އަހަރެން ދިރިއުޅުމުގެ މަތިން ފޫހިވިއެވެ. އެހެންނަމަވެސް، މޮޔަމީހުން އުޅޭ ސެންޓަރުގައި އުޅުނު މުވައްޒަފުންނާއި ޑޮކްޓަރުންގެ ބުރަ މަސައްކަތުން އަހަރެން ވަރަށް ބޮޑަށް ރަނގަޅުވިއެވެ.

އަހަރެން އެތަނުގައި ވޭތުކުރި ދުވަސް ތަކުގައި އަހަރެންގެ ޙަޔާތުގެ ބައިވެރި އެއް ހޯދީމެވެ. އެއީ މިހާރު އަހަރެންގެ ލޯބިވާ ފިރިމީހާ އެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެވެ. އަހަރެން މޮޔަވި ދުވަހު އަހަންނަށް ފަރުވާ ދިން ޑޮކްޓަރެވ ެެ.   އަހަރެން މިހާރު ވަރަށް އުފާ ކުރަމެވެ. އަހަރެންނަށް، އަހަރެން ދެކެ އިންތިހާއަށް ލޯބިވާ މީހާ އަހަރެންގެ ފިރިމީހާ އަށް ވުމުންނެވެ. މާތް ﷲ އަށް ޙަމްދު ހުއްޓެވެ.

އަހަރެން މާޒީގެ ތެރެ އިން  ބޭރުވީ ތުއްތު ތުއްތު  މިކްޔާލް ރޮއިގަތް އަޑަށެވެ. އެއީ އަހަރެން ދިރިހުރުމުގެ އަސްލެވެ. އަހަރެންގެ ލޮލުން ކަރުނަ ފޭދުނެވެ.  ނަމަވެސް އަހަރެންގެ ފިރިމީހާ އަތުގެ އިޝާރާތުން ނުރުއިމަށް ބުންޏެވެ. އަދި އަހަރެންނަށް މާޒީއަކީ  ލިޔެވިފައިވާ ކަމެއް ކަމާއި އަދި ކުރިޔަށް އޮތީ ދެމީހުން އުފަލުގައި މިކްޔާލް އަށް މަންމައެއްގެ ލޯތްބާއި ބައްޕައެއގެ ލޯބިދީ ދިރިއުޅުމާއިގެން ކުރިއަށް ދިޔުން ކަމަށް ބުނެ ނަސޭހަތްތެރި ވިއެވެ.

މީހަކަށް އަނިޔާއެއް ދީފައި  އަނެކާއަށް އުފަލުގައި ނޫޅެވޭނެއެވެ. ދުނިޔެ މަތީގައި ކޮށްފައިވާ ނުބައި ކަންތައްތަކުގެ ސަބަބުން ކަލޭ ތިވަނީ  މުޅި އުމުރަށް ނުކުޅެދުންތެރިއަކަށް ވެފައެވެ. އެހެންނަމަވެސް އަހަރެން ކަލެއަށް ރަނގަޅު ވިސްނުން ދެއްވާ ތޯ އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރަމެވެ. އަދި އަހަރެން ފަދަ އަންހެން ްް ކުދިންނަށް އަހަރެންނަށް މެދުވެރިވި ފަދަ ކަމެއް ނުޖައްސަވާތޯ އެދި ދުޢާ ކުރަމެވެ.

 

 

 

Comments (5)

  1. MariyamSaula

    Salaam dear readers… This is my first story…. N Mi site ah up mikohlee kiyun theringe khiyaalu balaalumah… Mistakes hure dhaane… So kiyaalaafa comment eh kohlahchey……. Eyrun rangalhu kuran vx ingeynee…. ??

  2. Lamko

    Me first dhw…. Varah reethi…. whn nxt

    1. MariyamSaula
      Lamko

      Yeah… Congratulations on being first… Thank you…. Mi stry Mi nimuny mihaa hisaabun…. Dhn vx varah avahah up kohlaanan vaahaka eh… Keep waiting… ❤️?

  3. Spongebob

    Its amazing.. you write better than any other writers mihaaru esfiya site ah vaahaka liyaa liyuntherin ah balaafa

    1. MariyamSaula
      Spongebob

      Thank you so much ??

Comments are closed.