ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]
މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ. އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސްމަހަށް އޮއްވައި މިދިމާވި […]
ފެންނަމުން ދިޔައީ ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. ހިތްދަތި ކަމާއި ވޭނުން ފުރިފައިވާ މަންޒަރެކެވެ. އެއީ ހަމަ އަހަރެމެން ކަހަލަ އިންސާނުންނެވެ. ތަފާތަކީ އެތާނގައި ތިބި ބައެއް މީހުންނަކީ އާއިލާގެ އަޅާލުމެއް ނުލިބި ނުވަތަ އާއިލާއަށް ނުބެލިހެއްޓިގެން މިތަނަށް ގެނެސްފައި ތިބި މީހުންނެވެ. އެމީހުންނަށް ޚާއްސަ ކުރެވިފައިވާ މަރުކަޒުގައި އަހަރެންނާއި އަހަރެންގެ ލޯބިވާ ދަރިފުޅު އިނީ އެމީހުންގެ ހަރަކާތަށް ބަލާށެވެ. އަހަރެން މިތަނަށް އާދެވުނީ ރައްޓެއްސަކު ދިން ދަޢުވަތަކަށެވެ. ސްކޫލް ބަންދާއި ދިމާކޮށް ދަރިފުޅު ގޮވައިގެން ކ.ގުރައިދޫ […]
ދުނިޔެމަތީގައިވާ ޤުދުރަތްތެރިކަމަކީ އޭގެ ފުރިހަމަ ވާހަކަ ގަލަމުންވެސް ބަޔާން ނުކުރެވޭނެ ފަދަ މަންޒަރުތަކެވެ. އަހަރެން މި އަޖާއިބު ކުރުވަނިވި މަންޒަރުތައް ފޮޓޯ ގެ ސިފައިގައި ރައްކާކުރަމުންދަނީ އަހަރެންގެ އުމުރުން ވިހި އަހަރުންނެވެ. އޭރުއްސުރެން އަހަރެންގެ އިންސްޓަގަރާމް ބްލޮގަށް ފޮޓޯތައް ލަމުން ދަމެވެ. އެތައް ބައިވަރު ބައެއްގެ ތަރުހީބު އަހަރެންގެ ފޮޓޯތަކަށް އޮއްސެމުންދާތަން ބަލަން އަހަރެެން އިންނަނީ ހެވި ދިއްލިފައެވެ. ހުކުރު ދުވަހެކެވެ. އާދައިގެ މަތިން އަހަރެންގެ މިސްރާބު ރަށުގެ ތުނޑިޔަށް އަމާޒުކުރީމެވެ. ގަޑިން ފަސްގަޑި ބައިގައި އަހަރެން […]
އެއީ އަޖައިބެއް ކަހަލަ ލޯތްބެކެވެ. އަހަރެންގެ މުޅި މިޒާޖު ބަދަލުކޮށްލި ހަލާކެކެވެ. އަހަރެން މޮޔަކޮށްލި މަސްތެކެވެ. އަޖައިބުން ފުރިގެންވި ޖާދޫއެކެވެ. އެހެންނޫންނަމަ އަހަރެން ތި ކަސްތޮޅުގައި ހައްޔަރުވެފައި ހުންނާކަށް ނުޖެހުނީހެވެ. ކަލާގެ ހިމޭން އަނިޔާތައް ލިބިގަންނާކަށް ނޫޅުނީހެވެ. ކަލާގގެ ކުށަކީ އެއީއެވެ. އަހަރެންނަށް ލޯބި ދަސްކޮށްދިންކަމެވެ. އަހަރެންގެ ހިތުގައި ފުން ލޯތްބެއްގެ ބިންގާ އަޅައިދިންކަމެވެ. އެތައް ދުވަހަކަށް ފަހުވެސް އެލޯބި ހަމަ އޭގެ އަސްލު ގޮތުގައި ތާޒާ ކަމާއިއެކު އަހަރެންގެ ހިތުގައި ވިއެވެ. އަހަރެންގެ އުމުރުން އަށާރަ […]
އެސްފިޔައިގެ މެމްބަރުންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން މެމްބަރުންނަށް ޕޮއިންޓްލިބޭ ނިޒާމެއް މިވަނީ ތަޢާރަފްކޮށްފައެވެ. މިސިސްޓަމްގެ ދަށުން ޕޮއިންޓް ލިބޭނީ އެސްފިޔަގައި ރެޖިސްޓަރ ކޮށްފައިވާ މެމްބަރުންނަށެވެ. ޕޮއިންޓް ލިބޭނީ ހަމައެކަނި ލޮގިންވެފައިވާނަމަ އެވެ. ކޮންމެ މެމްބަރަކަށްވެސް ލިބިފައިވާ ޕޮއިންޓް ، އެ މެމްބަރެއްގެ ނަމާއި ދިމާލުން ފެންނަން ހުންނާނެއެވެ. މިގޮތުން މެމްބަރުން ހުށަހަޅާ ވާހަކަ ނުވަތަ ލިޔުންތަކާއި، ޙިޔާލު ފަދަ ތަކެއްޗަށް ބިނާކޮށް ތިރީގައިވާ އުސޫލުގެ މަތިން ޕޮއިންޓް ދެވިގެން ދެވިގެންދާނެއެވެ. މިޕޮއިންޓް ސިސްޓަމްގައި ހިމެނެނީ މައިގަނޑު […]
ހ. ޝަރުތުތައް ޤަބޫލުކުރުން: 1. މި ވެބްސައިޓް ބޭނުން ކުރާނީ، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން، ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން މިވެބްސައިޓުގެ ދަށުން ނުވަތަ ވެބްސައިޓަށް ނިސްބަތްވާ ނުވަތަ ވެބްސައިޓު ރަމްޒުކޮށްދޭ ހުރިހާ އެއްޗަކާއި ކަމެއް ހިމެނޭ ގޮތަށް، ވެބްސައިޓްގެ އެންމެހާ ކަންކަމާއި އެއްބަސްވެވޭނަމައެވެ. 2. “އެސްފިޔަ”ގެ ޤަވާއިދުތަކަށް އަންނަ އިސްލާހުތައް، ޚިދުމަތް ހޯއްދަވާފަރާތްތަކަށް، އަދި “އެސްފިޔަ” ބޭނުންކުރާފަރާތްތަކާއި ހިއްސާކުރަމުން ގެންދިޔަ ނަމަވެސް، އެންމެ ފަހުގެ ޤަވާއިދުތަކަށް (www.esfiya.com/rules) އަހުލުވެރިވުމަކީ “އެސްފިޔަ”ގެ ޚިދުމަތް ލިބިގަންނަ […]
‘ރޭގަނޑުގެ ރުއިން’ މިއީ، ރޭގަނޑުގެ މެދުތެރޭ އެހީ އަށް އެދި ރޮމުން ދިޔަ އަޑެއް، ޗުއްޓީ ކޭންޕެއްގައި އުޅުނު ކައުންސިލަރުންގެ ގުރޫޕަކަށް އިވުނު ހާދިސާ އަކާ ގުޅޭ ގޮތުން ލިޔެފައިވާ ބިރުވެރި ހަގީގީ ވާހަކަ އެކެވެ. މިއީ ހަގީގީ ހާދިސާ އެކެވެ. އަދި މިހާރު ވެސް، އަހުރުތަކެއް ފަހުން ވެސް، އެ ކަމާމެދު ވިސްނުމުން އަހުރެންގެ ހަންގަނޑުން ހީބިހި ނަގަ އެވެ. …………………… އަހުރެންގެ އުމުރުން ނަވާރަ އަހަރުގައި، ޗުއްޓީ ކޭންޕެއްގައި އަހުރެން ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް […]
‘ރަތް މޫނު’ އަކީ ކޮންމެވެސް، ބިރުވެރި ޚިޔާލީ އެކުވެރިންތަކަކާ އެކު ކުޑަކުއްޖަކު ބަލަހައްޓަމުން ގެންދާ އަންހެން ކުއްޖަކާ ބެހޭގޮތުން ލިޔެވިފައިވާ ބިރުވެރި ހަގީގީ ވާހަކަ އެކެވެ. ……………. އަހުރެންގެ އުމުރުން ފަނަރަ އަހަރުގައި، ކޮންމެވެސް ވަރެއްގެ އިތުރު ފައިސާ ހޯދުމަށް އަހުރެން ބޭނުންވި އެވެ. އެހެންކަމުން ކުޑަކުދިން ބެލެހެއްޓުމަށް ހަވާލުވުމުގެ މަސައްކަތް އަހުރެން ފެށީމެވެ. އެއް ދުވަހެއްގެ ހަވީރުގައި، އިނދެގެން އުޅޭ ދެމަފިރިއަކު އެމީހުންގެ ކުޑަކުދިންނާ އަހުރެންނަށް ހަވާލު ވެވިދާނެތޯ އެހުމަށް އަހުރެންނަށް ގުޅި އެވެ. ‘ކެއިޓީ’ […]