Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުން

ކަރުނައިން ފުރުނަސް

♡Maii♡ Level 310 Stories100 Comments100 Login
October 14, 2019 2 Mins Read
4 Comments

އާދައިގެ މަތިން އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިރު އަރާ ތަން ބަލަން ދިޔައީމެވެ. ފަތިހު ފަސް ގަޑި ބައިގަ ދާގޮތައް އަހަރެން ގެއަށް އަންނަނީ ހަ ގަޑި ފަނަރަ ހާއިރު އެވެ. އަހަރެންގެ އެއްވެސް މީހަކު ނުހުރެއެވެ. މަންމަ ނިޔާ ވިތާ ވެސް 2 އަހަރު ވެއްޖެއެވެ. އަހަރެންގެ ބައްޕަ ވެސް އަހަރެން ކުޑައިރު މަންމަ ވަރި ކޮށްފަ ދިޔަ ގޮތަކައް ނާދެއެވެ. ބައްޕަ ދުނިޔޭގަ އުޅޭ ކަމެއް ވެސް އަދި ނޫޅޭ ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.

= މީގެ ތިން އަހަރު ކުރި =

އެހެން އަންހެން ކުދިންނޭ އެއްފަދައިން އަހަރެންވެސް ކުއްޖެއް ދެކެ ލޯބިވެ އެކުއްޖާ އާ ލޯބީގެ ގޮތުން ގުޅުނީމެވެ. ދެމީހުން ގުޅިގެން އުޅެ 3 މަސް ވީ އިރު ވެސް އަހަރެމެން ދެމިހުން ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެމިހުން ވެސް އުޅުނީ ނުލާހިކު އުފަލުގައެވެ. އެކަމަކު އަހަރެންގެ މަންމަ އަކައް އަހަރެން (އަމްޝާން) އާ ގުޅިގެން އުޅޭ ކަމެއް ނޭނގެއެވެ.

އޭގެ އެއް މަސް ފަހުން އަމްޝާން އަހަރެންނާ ކުޑަކޮށް ދުރު ކަން ފާހަގަ ވިއެވެ. އަހަރެންނާ ވާހަކަ ދައްކާ ވަރު ވެސް މަދު ވާން ފެށިއެވެ. އަހަރެން އަމްޝާން އަށް ގުޅީމަ ވެސް ގިނަފަހަރައް ކޮށްލަނީ ބިޒީއެވެ. އެކަމާ އަހަރެން ބައެއް ފަހަރު އެހާ ބޮޑަކައް އަޅައެށް ނުލަމެވެ. އެއީ އަހަރެން ހިތުގަ އަމްޝާން އަށް ވަރަށް ބޮޑު އިތުބާރެއް އޮވެއެވެ.

އަހަރެންނަށް ވުރެ އަމްޝާން ބޮޑީ އެންމެ އަހަރެކެވެ. އަހަރެން މި ދުވަސް ކޮޅު އޯ ލެވެލް ހަދާތީ އަހަރެން ހުރީ އަމްޝާން އާ ގުޅިގެން އުޅޭ ވާހަކަ މަންމަ ކައިރީގަ މިދުވަސް ކޮޅު ނުދައްކާށެވެ.

އެއްދުވަހު އަހަރެން ވަރަކަށް ކިޔައިގެން އަމްޝާން އަހަންނާ ބައްދަލު ކުރިއެވެ. ” ޝާން ބޭބީ… ކޮންކަމަކާތި ވިސްނަނީ؟”. އަމްޝާން ކަމަކާ ވިސްނާހެން ހީވީމަ އަހަރެން އަމްޝާން އާ ދިމާލަށް ބަލާލާފަ ބުނީމެވެ.

” ކަމަކާ ނުވިސްނަން”. އަމްޝާން ފުން ނޭވަ އެއް ދޫކޮށްލުމަށް ފަހު ބުނެލިއެވެ.

” އޯހްވް… އޯކޭ… އަހަރެން ބޭނުން ބޭބީ އާ ރައްޓެހި ވެގެން އުޅޭ ވާހަކަ މަންމަ ކައިރީގަ ބުނަން.”. އަމްޝާން އަށް ނަޒަރު ހިންގާލަމުން އަހަރެން ބުނެލީމެވެ.

=*=*=*=*=

އަހަރެންގެ މަންމަ ކުއްލިއަކަށް ވަރަށް ބަލިވެއްޖެއެވެ. މަންމަ ގަޔަކު ހިނގާ ހަދާނި ވަރެއް ވެސް ނެތެވެ. މަންމަ އަށް އެހީތެރި ވާން ހުރި މީހަކީވެސް ހަމަ އެކަނި އަހަންނެވެ. މަންމަ ކައިރީގަ ހުންނަން ޖެހޭތީ އަހަރެންނަށް މިހާރު އަމްޝާން ނުފެންނަތާ ވެސް ދެ ހަފްތާ ވެއްޖެއެވެ. އޭނަ އަހަންނަށް ޙަބަރެއް ވެސް ނުވެއެވެ. އެކަމާ އަހަރެން ވަރަށް ދެރަވެއެވެ. އެކަމް މަންމަ އަށް ވުރެ މުހިންމު އެއްވެސް އެއްޗެއް މި ދުނިޔެއަކު ނެތެއެވެ. ބައެއް ފަހަރު މަންމަ ބަލި ހާލު ބޮޑު ވެގެން އަހަރެންނަށް ގޮތް ވެސް ހުސްވެއެވެ.

އެއްދުވަހު މަންމަ ބަލި ހާލު މާ ބޮޑު ވެގެން ހަދާނި ގޮތެއް ނޭނގިގެން އަހަރެން ގޭ ދޮރާށި ހުޅުވާލާފަ ބާރު ބާރަށް ދުވެފަ ދިޔައީ އަމްޝާން ހޯދަން އަމްޝާންގެ ގެއަށެވެ.

އަމްޝާން ކޮޓަރި ދޮރުގަ ޓަކި ޖަހާ ޖަހާ ނުހުޅުވީމަ އަހަރެން އެދޮރު ތަޅުފަތުގަ ހިފާ ދޮރު ހުޅުވާލީމެވެ. އެހާ ފަސޭހައިން ދޮރު ހުޅުވުނީ ވެސް ތަޅު ނުލާ ހުރީމައެވެ. ހުޅުވާލި ތަނުން ފެނުން މަންޒަރަކުން އަހަރެންގެ ހިތް މުޅިން ކުދި ކުދި ވިއެވެ. އަމްޝާން އޮތީ އެހެން އަންހެން ކުއްޖެއްގެ ފަރާތުން އުފާ ހޯދާށެވެ. އަހަރެންނަށް އެވަގުތު ބާރު ބާރަށް ރޯން ފެށުނެވެ. އަމްޝާން އަށް އަހަރެން ފެނުމުން ވެސް އަހަންނަކަށް ސަމާލު ކަމެއް ނުދެއެވެ.

އަހަރެން އަވަހައް ދެން ދިޔައީ އަހަރެންގެ މަންމަ ކައިރިއަށެވެ. އަހަރެން އަމްޝާން ހޯދަން ދިޔަ އިރުވެސް މަންމަ ކިރިޔާ ދުނިޔޭގަ އޮތް ކަމެވެ. އަހަރެން ގޮސް މަންމަ ކޮޓަރި އަށް ވަތްއިރު މަންމަ ވީ ދުނިޔެއިން އަލްވަދާއި ކިޔާފައެވެ. އަހަރެން ރޮއެ ރޮއެ މުޅިން ހަލާކު ވިއެވެ. އަމިއްލަ އަށް މަރުވާން ވެސް ހިތައް އެރިއެވެ. އެކަމަކު އަހަރެން އެކަހަލަ ނުބައި ކަމެއް ނުކުރާނަމެވެ. އަހަރެންގެ މުޅި ދުނިޔެ ހަލާކު ވީއެވެ. އަހަރެން މުޅިން އެކަނި ވެރި ވީއެވެ.

=*=*=*=*=*=*=*=*=*=*=*=*=*

މަންމަ ނިޔާވި ފަހުން އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. ވަރަށް ވެސް އެކަނި ވެރިއެވެ. އަހަރެން އެހެންކަމުން ކޮންމެ ދުވަހަކު މި ގޮތައް އިރު އަރާތަން ބަލަން އަންނަމެވެ. އަހަންނަށް އަޅާލާނި އެކަކުވެސް ނެތެވެ. އަހަރެން ވެސް ދެން މިހެން އުޅެ ނިމިގެން ގޮސް ދާނެއެވެ.

 

*=ނިމުނީ=*

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ހިތުގެ ރާނީ (ޙާއްސަ ދަންނަވާލުމެއް)

Next

މޮޔަ ހިތް މަގޭ… (ދެވަނަ ބައި2)

Next
October 14, 2019

މޮޔަ ހިތް މަގޭ… (ދެވަނަ ބައި2)

Previews
October 14, 2019

ހިތުގެ ރާނީ (ޙާއްސަ ދަންނަވާލުމެއް)

4 Comments!

  1. jiji says:
    October 14, 2019 at 8:49 pm

    alhey v emotional???…N improved alot..keep going darla?????…Lysm maiii???btw me first tha

    1. Maisha maii says:
      October 16, 2019 at 4:39 pm

      Awwwn jiji????❤… Thank you so much?. Love you more jiji n I miss you so much❤??..
      Yeah you’re the first.. Congratulations???

  2. Kairaa says:
    October 16, 2019 at 6:27 pm

    Wowwwww….jiji bunihen v emotional…..vvvvvvvv reethi mi story…..lysm maii

    1. Maisha maii says:
      October 16, 2019 at 9:51 pm

      Thank you so much kaiii?❤.. Luv yuh more kai?❤????

Comments are closed.



All Right Reserved!