ކޮން އަޑެއް؟
އެއީ މީގެ ފަސް ވަރަކަށް މަސް ކުރިއެވެ. އަހަރެން އެ ރަށަށް ދިޔައީ ކޮލެޖު ދަރިވަރުންގެ އަހަރީ ދަތުރުގައެވެ. އަހަރުމެން ގޮސް ތިބީ ދެކުނުގެ ރަށެއްގަ އެވެ. އެ ރަށުގައި ބޮޑު ދޮންވެލި ތުނޑިއެއް އޮންނަ ފަންނެއް އޮވެއެވެ. އަހަރުމެންގެ ދަތުރުގައި ހިމެނޭ 35 ދަރިވަރުން ނިންމީ އެ ތަނުގައި އޯވަރ ނައިޓެއް ހަދާލުމަށެވެ.
ދަތުރަށް ބޭނުންވާނެ ހުރިހައި އެއްޗެއް ހަމަކޮށްގެން އަހަރުމެން އެތަނަށް ދިޔައީ ރަށު ޕިކަޕެއްގައެވެ. އިރު އަރަންދެން އެ ފަންނުގައި ތިބުމަށް ނިޔަތްގަނެ، އެކަމަށް ތައްޔާރުވެސް ވެގެންނެވެ. އަހަރުމެން ދަތުރަށް ފުރީ ބަޣްރިބު ނަމާދުން ފައިބިގެންނެވެ. ރަށުގެ މައި މަގަކުން ދިމާ ހުރި ގޮތަށް ދިޔައީ ރަށުގެ އެންމެ އުތުރަށެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނިޓު ދުއްވައިގެން އަހަރުމެންގެ މަންޒިލާއި ހަމައަށް ދެވިއްޖެ އެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެމެން ދިޔައީ މީހުން އުޅޭ ހިސާބާ ނުއަތަށެވެ. އެހެންކަމުން ދުއްވާ އެއްޗެއް އަދި ކިއެއް މީހެއްގެ ހިލަމެއް ނެތެވެ. ރަނގަޅު ދުވެއްޔެއްގައި ޕިކަޕު ދުއްވިއެވެ.
އެއީ ސަރާސަރު ދިގު، އެ ރަށުގެ ކޮޅުން ކޮޅަށް ދަމާލެވިފައި އޮތް ހުދު ދޫލައެއް ފަދަ، ހިމުން ދޮންވެލި ފަންނެކެވެ. ހަނދުވަރު ދީފައިވާ ރެއެއް ނަމަވެސް، އިތުރަށް އަލި ކުރުމަށް އަލިފާންގަނޑެއް ރޯކުރީމެވެ. ވަގުތަކީ ފިނި ވަގުތަކަށް ވާތީ ވެސް މެއެވެ. ދެން އަވަސްވެގަތީ ޓެންޓްތައް ޖަހައި ނިދާނެ ތަނެއްްގެ އިތުރުން، ކައްކާނެ ތަނެއް ތައްޔާރުކުރުމަށެވެ. ކެއްކުމަށްޓަކައި ގެންދިޔަ ކުޑަވަރެއްގެ ތެޔޮ އުނދުނަކާއި ކެއްކުމާއި ގުޅުންހުރި ހުރިހާ ސާމާނެއް، ކެއްކުމަށް ތައްޔާރުކުރެވުނު ސަރަޙައްދުގައި ބެހެއްޓީމެވެ.
އަހަރެންނަކީ ކޮލެޖުގެ ދަރިވަރުންގެ ޖަމްއިއްޔާގެ ރައީސް އެވެ. ކޮލެޖުގެ ދަރިވަރުންނާ ގުޅުންހުރި މިފަދަ ހުރިހާ ކަމެއް ރާވައި ހިންގުމުގެ އިސް މަސްއޫލިއްޔަތު އެޅިފައި އޮތީ އަހަރެންގެ ބޮލުގައެވެ. އަހަރެންނަކީ އުމުރުން 19 އަހަރުގެ ނޫކަށި ފުރައިގެ ޒުވާނެކެވެ. އެކުގައި އުޅޭ ރައްޓެހިންނާއިއެކު މަޖާކުރުމާއި ސަކަރާތް ޖެހުމުގައި ގިނަ ވަގުތު ހޭދަކުރަމުންދާ މީހަކީމެވެ. ހަތަރު މަތިފުށް ރ. އަތޮޅު ވާދޫ މީހަކަށް ވީ ނަމަވެސް، ސާނަވީ ތައުލީމަށްފަހު މާލެ ބަދަލުވެ “މާލޭ މީހަކަށް” ވެގެން މާލޭގެ މަގުތައް ކުޑަކުރަމުން ދިޔައީމެވެ. އަހަރެންގެ މިޒާޖުގެ ސަބަބުން އެކުގައި އުޅޭ އަންހެން ކުދިންނާއި ފިރިހެން ކުދިން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ކޮލެޖުގައި ވެސް އެހާ ހިންގުންތެރި މީހަކަށް ވެފައި ވަނީ މިބުނި ސަބަބާހުރެ ކަންނޭނގެއެވެ. ފަސްޖެހުމެއް ނެތި ކޮންމެ ކަމަކާ އަހަރެން ކުރިމަތިލަމެވެ.
އިސާހިތަކު، ހީސަކަރާތް ޖެހުމާއި، މަޖާކުރުމުގެ ކުޅިވަރުތައް ފެށިއްޖެއެވެ. މިދަތުރުގައި ހިމެނޭ ހުރިހާ އެންމެންނަކީ ވެސް އެކުގައި އުޅޭ ވަރަށް ގާތް ރައްޓެހިންތަކެއް ކަމަށް ވުމުން އެކަކު އަނެކަކާއި ގައިގޯޅިވެ މަސްހުނިވުމަކީ މިދަތުރުގެ ބައިވެރިން އެންމެ ފޯރިއާއިއެކު ކުރިއަށް ގެންދިޔަ އަދި މުޅި ދަތުރުގެވެސް މަޤްޞަދެވެ. އެހެންކަމުން އަހަރެންވެސް އެމީހުންނެކޭ އެއްފަދައިން ފޭރާމަކާނުލައި އެމީހުންނާއި ބައިވެރިވެ، އެމީހުން ޖަހަމުންދިޔަ ބެރަށް ފައިހަމަކޮށް ނަށަމުން ގެންދިޔައީމެވެ.
މި ހާލެއްގައި ގަޑިއިރެއް ފާއިތުވި ފަހުން، ބާބަކިއު ހަދުމަށްޓަކައި ކުޅިވަރު މެދުކަނޑާލިއެވެ. މިގޮތުން ދަތުރުގެ ނަގާ ކިޔާ އެކެއްކަމަށްވާ ޢަލީ މާލެއިން ގެނައި މަސްތައް ހިފައިގެން މަސްކަނޑަށް ގޮނޑުދޮށަށް ދިޔައެވެ. އަދި މުޝްރަފް އާއި ނާއިލް ވެސް އޭނާއާއެކު ދިޔައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ދެން ތިބި ބައިވެރިން ކޯޅި ކޯޅިވަރަށް މަޖާކުރަމުންދާތަން ފެނެއެވެ. ކުއްލިއަކަށް “މަ މަރައިފި”އޭ ގޮވަމުން ދުވަމުން ތެޅެމުން އެއްކަލަ މަސް ހިފައިގެންދިޔަ ކުދިންތައް އަތުވެއްޖެއެވެ. ކިހިނެއްތޯވީ އެހުމުން، މާނޭވާ ލަމުން ވާހަކަ ދެއްކީ މުޝްރަފް އެވެ. “މޫދުގައި ފުރޭތައެއްް” ވަރަަށް ބިރުންހުރެ އޭނަ ބުނެލިއެވެ. “ފުރަތަމަ އިވުނީ ފިތް ކަނޑައިގެންދާވަރުގެ އަޑު ފައްގަނޑެއް، ދެން ހަމަ ކުއްލިއަކަށް މޫދު އެބަ އޮތް ރެދަން ލައި ދިއްލިފަ” އޭނަ ކިޔައިދިނެވެ. “މަ ހުވާ، ހިނގާ އަވަށަށް ދާން.” އެއާ ވިއްދައިފައި ބިރުންހުރެ އޭނަ ބުނެލިއެވެ.
ޗޮކެއް ކަނޑާލަމުން އަހަރެން ބުނީމެވެ. “ތި ވާނީ ހީވި ގޮތަކަށެވެ”. “ނޫނެކޭ އަހަރެމެން ތިން މީހުނަށް ވެސް ފެނުނޭ. ހީވި ގޮތެއް ނޫން އެއީ.” ޢަލީ ވާހަކަ ފެށިއެވެ. ” ފެނުނީ ކަޅުކުލައިގެ ދުންގަނޑެއް، ޒާތެއްގެ ސޫރައަކަށް ހުރީ،” އޭނަ ބުންޏެވެ. ހިޔަންޏެއްގެ ސިފައިގައި ހުރި އެ ކަޅު ދުންގަނޑަށް ބަލަން ހުއްޓާ އެ ސޫރަ ދިގުވާން ފެށި ކަމަށް ވެސް އޭނަ ކިޔައިދިނެވެ. ފަލަވާން ވެސް ވި ކަމަށް ވެއެވެ. ޢަލީގެ ވާހަކަތަކުން މުޅީތަން ހަމަހިމޭންވިއެވެ. އެންމެންގެ މޫނުމަތިން ހާސްކަމާއި ބިރުގަނެފައިވާ ކަމުގެ ކުލަވަރު ދައްކާލިއެވެ.
އިރުކޮޅެއް ފަހެވެ. ގަނޑުވެފައި ތިބި އަހަރެމެން ފިތްކަނޑުވާލީ ޝައިހާ ބުނި އެއްޗަކުންނެވެ. “އެހެރީ ކޯއްޗެއް؟ ބަލާބަލަ!” އެވެ. އިނގިލީގެ އިޝާރާތުން އޭނާ ދެއްކީ މޫދާ ދިމާލުން އަރާހުރި ކަލުކުލައިގެ މަހުލޫގެކެވެ. ބޮޑު ދެލޯ އަނގުރު އަލިފާންފަދައެވެ. އިސާހިތަކު މުޅި ހިސާބުގައި ފަރުހިކި ވަހުން އެއްވަސް ކޮށްލިއެވެ. ހަމަ އެހިނދުކޮޅުގައިހެން ކަންފަތަށް އުނދަގޫ ބާރު އަޑެއް އިވިގަތެވެ. “ﷲ އަކްބަރު” އެންމެން އެކީހެން ކަންފަތުގައި އަތްއެޅިތަނާ އަހަރެންނަށް ހޭލެވިއްޖެއެވެ. އޭރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ނަސީބެއްތާއެވެ. އެއީ ހުވަފެނެކެވެ. ބިރުން ހަލާކު ނުވީ ކިރިޔާއެވެ. ހޭލެވުނު އިރުވެސް ޑަންޑަން ލާފައި ހިތްތެޅެއެވެ. 5 މަސްކުރިން ފެނުނު މި ހުވަފެނަކީ ހަމަ އަސްލުވެސް ކޮލެޖު ދަތުރަކު ރަށަކަށް ދާން އޮތް ދުވަހުގެ ކުރީ ދުވަހުގެ ރޭ ފެނުނު ހުވަފެނެކެވެ. އެކަމަކު، އަސްލު ދަތުރުގައި އަހަރެމެން ދިޔައީ ރޭ ކުރާ ގޮތަކަށް ނޫނެވެ. އެހެން ނޫންނަމަ އެ ދަތުރު ދާކަށް މަށަކަށް ހަމަ ލާހިކެއް ނޫނެވެ. ފިނޑިއެކޭ ހީވެދާނެެވެ. އެކަމަކު “އައި ރިއަލީ ޑޯންޓް ކޭއާރ” އެވެ.
30 Comments!
Comments are closed.






Hei readers, sorry for the delay. Im so so busy these days. If you want to join my fan club inbox me on viber 9877233. Best regards zidhan. ONLY FOR FANS
Is this really a biruveri story.. I don’t think.. Because konmme faharakuves kiyey stories ga mibunee biruveri stories ga abadhuves fennaanee fureytha.. E noon ehen ehcheh nufennaane.. I think u are a great writer.. Rahathafaathu kollan nikan ehen gothakah biruveri kollabala.. Aammukoh biruveri stories vanee majaa.. Ekam mi story thafaathu ingey.. Reethi ves reethi.. Ekam massala akee hurihaa emmenhen zidhaan ves biruveri kuran fureytha beynun kureema.. Think a way that Is unique.. Hope u will take this comment positive….
ThankQ
Varah reethi mi story…….
ThankQ
This stry is vvvvv nice ???
ThankQ
Right
Varah reethi?
ThankQ
Hi!? Xidhaan vrh dhuvasgandakah fahu esfiya site ah mi vadhelee?….enmme furuthama vx xidhaan ge vaahaka e kiyaa levunee?!! Konmme akas vrh habeyxx ingeyy vaahaka!? Hama bunaane ehcheh nei?! MaaSha Allah?
~ISHAAN~❣️
ThankQ Bro. Varah varah miss Lets meet up?
Awesome ❤️❤️story is wonderful ???????????MashaAllah???? But ehaa biruvriyeh noon???
ThankQ
May i ask u a question? Fannu akee koanchehtha????
ރަދީފު ބަލާލާ
Hadieh noon
ThankQ
Wow… i love it…..best of luck for everything..purple u???????????
Then faharakun mi ah vure biruveri koh lahchey…
ThankQ & Labba
Aaaannnn kobaa.. ehenveema nidhumuge kurin kiyan jehey dhuaa thah kiyaigen nidhan vaanee.. Ehennoonas vaahaka hama obi inge.. Mihaaru comment section ga mi vaahakaige author v rangalhey.. But i have an advice to give you.. please don’t share your personal things in this public site.. That may cause you danger.. My way.. I don’t know about your way..Ok whatever.. Good Luck
Story ge name akaa story akaa aslu ehaa match eh nuve ingey… Ekam ves salhi ????
Omg….mi story hama habys..??thanks bro..
I have a request.. Can u please write a long story…. Kankan thahugeegu kuraakahala…. Furathama nazarun.. I really want to read ?
I love true stories… adhi vv reethi mi story vx
Mi story akee kiyan varah shaugu huri vahaka eh i love this story❤❤❤
Vrh gina dhuvas thakeh fahu esfiya site ah mi vadhelee vrh salhi xidhaan ge mind and vaahaka thah i really like
i will say it is not that scary but the ideas are fantastic. also it is the first time i have read one of ur stories zidhaan. it is wonderful.
aslu vaahaka feshun aisfa in goiy reethi but fahukolhah dhiyairu heevanee kurukohfa oiyhen..pls take it psitive ingey??
O
Then mi vaahaka eh nimuneetha