ހިރިގަލުން ހަދައިފައިހުރި ގޭގެ ފީވެ ފަނިބޮއެފައިވާ ލަކުޑި ދޮރުކަނީގައި ލެނގިލައިގެން ހުރި އައްމާރު މަސައްކަތް ކުރަމުން ދިޔައީ ފާރު ކައިރިއަށް ވެއްޓިފައި އޮތް އޭނާގެ އަސާގަނޑު ނެގޭތޯއެވެ. ވާގި ދޫވެފައިހުރި ވައަތު ފައި ބިންމަތީގައި ކޭއްތެމުން ދިޔަ އިރުވެސް ވެއްޓިފައި އޮތް އަސާގަނޑު ނެގުމަށްޓަކައި ދޮރުގެ ކަނީގައި ހިފަހައްޓަމުން ތިރިވެވޭތޯ ސަތާރަ އަހަރުގެ އެ ޒުވާނާ ބެލިއެވެ. ނަމަވެސް ކަނާތު ފައި އަޅާލެވުނު ގޮތަކުން ދޮރުކަނިން އައްމާރުގެ އަތް ނެއްޓި ބިންމައްޗަށް ވެއްޓުނީ ކަނޑާލި ރުކެއް ވެއްޓޭހާ ބާރަށެވެ. މޫނު ވަތަށް ބިންމައްޗަށް ޖެހުމުގެ ސަބަބުން ނަގައިގެން ދިޔަ ދިލައާއިއެކު އައްމާރުގެ އަނގައިން ވޭނީ މަޑު އާހެއް ބޭރުވެގެން ދިޔައެވެ. އެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން އެ ތާޒާ މޫނުމަތިންނާއި ކައިރިވެފައިހުރި ކަޅުކަންގަދަ ދެބުމައިން ދޭހަކޮށްދެއެވެ. އެހެނަސް އެ ޒުވާން ހަށިގަނޑުގައި ހިނގަމުންދިޔަ އާދަޔާ ޚިލާފު ޢަޒުމުގެ ލޭ ކެކިގަތުމުން އަޅަމުންދިޔަ ވޭނަކަށް ފަރުވާލެއްނެތި ދެއަތް ވިއްދާލުމަށްފަހު އަސާގަނޑުގައި ހިފަމުން ތެދުވިއެވެ. ހަށި ފޮޅާލުމަށްފަހު ކުރިޔަށް އަޅަން އުޅުނު ފިޔަވަޅު ހުއްޓުނީ ގޭތެރެއިން އިވިގެންދިޔަ އޭނާގެ މަންމަ އައިމިނާ މަނިކެގެ އަޑަށެވެ. “ދަރިފުޅާ ކިހިނެއްވީ އަނެއްކާ؟ ހާސްވެ ކަންބޮޑުވުން އެކުލެވިފައިވީ ރާގެއްގައި އައިމިނާމަނިކެ ސުވާލުކޮށްލިއެވެ. ކުރާނީ ކީއްހެއްޔެވެ؟ ޚުދު އޭނާގެ މުސްކުޅިބަލީގެ ސަބަބުން އެނދުމަތިން ހަށިގަނޑު ހިއްލާލާނެހާ ބާރެއްވެސް ނެތެވެ. ނުކުޅެދުންތެރިކަން ހުރި ދަރިފުޅަށް އެހީވެދޭނެ އިތުރު މީހެއް އޭނާ ނޫނީ ނުވެސް ނެތެވެ. އެހެން ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެ ޙައްޤުންވެސް އޭނާ އެވަނީ މަޙުރޫމްވެފައެވެ. ބަލި އަޑަކުން ވިޔަސް ވާހަކަ ދެއްކޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައީވެސް ކުރެވޭނެ އިތުރު ކަމެއް ނެތުމުންނެވެ. ހިނިތުންވެލަމުން މާބޮޑު ކަމެއް ނުވާ ކަމަށާއި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށްބުނެ އައްމާރު ގެއިން ނިކުންނަން ހިނގައިގަތީ އެ ނިކަމެތި މަންމައަށް އިތުރު ނުތަނަވަސްކަމެއް ނުދިނުމަށްޓަކައެވެ. ދަބަހުގައި އިން ވާގަނޑު އެއިން ވަކިވާން ގާތްވެފައި އޮތް ނަމަވެސް އޭތި ކޮނޑުގައި އަޅުވާލައިގެން އައްމާރު ހިނގަމުން ދިޔައީ ސްކޫލަށް ދިޔުމަށްޓަކައެވެ. ބާވެ ކުލަ ހަޑިވެފައި ހުރި ޔުނީފޯމު މިއަދު ދިމާވި ހާދިސާގެ ސަބަބުން ވަނީ އިތުރަށް ކިލާވެފައެވެ. ނަމަވެސް އައްމާރު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ދެވޭނީވެސް ކިހިނެއް ހެއްޔެވެ؟ އެ ޒުވާން ޖޯޝުން ފުރިގެންވާ ހިތް ފަތަޙަ ކޮށްފައިވަނީ ތަޢުލީމަށްޓަކައިވި ދަހިވެތިކަމެވެ. ކޮންމެ އަޑިގުޑަންގަނޑެއްވިޔަސް ކޮންމެ ގޮންޖެހުމަކާއިވިޔަސް އޭނާ އެހުރީ ކުރިމަތިލާން ތައްޔާރަށެވެ. އެއީ ކާމިޔާބީއަށް ފެންބޮވައިގަނެފައިވާ މިންވަރުންނެވެ. އަހަރަކީ މަތީ ސާނަވީގައި އައްމާރު ހޭދަކުރާ ފަހު އަހަރަށްވުމުން އޭނާ ކުރަމުން އައި ބުރަ މަސައްކަތްވަނީ ދެގުނައަށް ހަދައިފައެވެ. އުމުރުން އެންމެ ދެއަހަރުގައި ޔަތީމުވުމުން އަދާއި ޖެހެންދެން ބަލާބޮޑުކުރި މަންމަގެ ޙައްޣުގައިވެސް އޭނާ އެދަނީ އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. މުޖުތަމަޢު ޤަބޫލުކުރާ ހަރުދަނާ ޒުވާނަކަށް އޭނާއަށްވެސް ވެވޭނެ ކަމުގައި އަންމާރު ޤަބޫލުކުރެއެވެ. ކުލާސްތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އާދައިގެ މަތިން ކުދިންގެ މަލާމާތާއި ފުރައްސާރަ އައްމާރަށް ކުރިމަތި ކުރުވިއެވެ. އާދަވެފައިވުމުން އައްމާރަށް މާބޮޑު ކަމަކަށްވެސް ނުވިއެވެ. އޭނާއަށް ހަމަޖެހިފައިވާ ގޮނޑީގައި ގޮސް އިށީނދެ ކުރިއަށް ފެށެން އޮތް ގަޑިއަށް ތައްޔާރުވާން ފެށިއެވެ. އޭނާގެ ސަމާލުކަން އެއްކޮށް ހުސްކޮށްލެވިފައިވަނީ ކުރިމަތީގައި ހުޅުވާލެވިފައި އޮތް ފޮތަށެވެ. ލިބޭ ކޮންމެ ހުސްވަގުތުކޮޅެއްގެ ބޭނުންވެސް އޭނާ އެދަނީ އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. ކާމިޔާބު ލިބޭތޯއެވެ. މުދައްރިސް ކުލާހަށް އައުމާއިއެކު އަދަބު އިޙްތިރާމް އަދާކުރުމުގެ ގޮތުން ހުރިހާކުދިންހެން ކޮޅަށް ތެދުވީ ނުހަނު ފަސޭހަކަމާއިއެކުއެެވެ. ނަމަވެސް އައްމާރު ކޮޅަށް ތެދުވުމަށްފަހު އިށީންނަން އުޅުނު ވަގުތު ފަހަތުގައި ހުރި ކުއްޖާ އޭނާގެ ގޮނޑި ދުރުކޮށްލައިފައިވުމުން އައްމާރު ވެއްޓުނީ ތަޅުންގަނޑަށެވެ. ޖެހުނު ގޮތަކުން އުނަގަނޑަށް ތޫނު ތަދެއް އަރައިގެން ދިޔައިރު މުޅި ކުލާސްރޫމުގައި ގުގުމައިގެންދިޔައީ ކުދިންގެ ބާރު ހުނުމުގެ އަޑެވެ. ލޮލަށް ކަރުނަތައް ބޮނޑިވެގަތް ނަމަވެސް ކެތްކޮށްލަމުން އިސްޖަހާލީ އެކުދިން ކުރިމަތީގައި ބަލިކަށިވާން އައްމާރުގެ ހިތް ހިތް ނޭދުމުންނެވެ. “ކާކު ކުރި ކަމެއް މިއީ؟” މުދައްރިސް އަވަސް ފިޔަވަޅުތަކެއްގައި އައިސް އައްމާރު ނަގައިދެމުން ރުޅިވެރިކަމާއިއެކު އަހާލިއެވެ. އެއާއިއެކު މުޅި ކްލާސް ހިމޭންވެގެން ދިޔައިރު ހުރިހާކުދިން އިސްދަށަށް ޖެހިގެން ދިޔައެވެ. އައްމާރުގެ ހިތްވަރު އެލި ހުރިހާކަމެއް ދޫކޮށްލަން ހިތަށް އެރި ނަމަވެސް ލޯބިވާ މަންމަގެ ސޫރަ އެހިތުގައި ބިންވަޅު ނެގުމުން ދެލޯ ފުހެލީ އާހިތްވަރަކާއިއެކުއެވެ. ވަގުތުތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުން ގޮސް ސެޝަން ނިމި ކުދިންތައް ސްކޫލުން ނިކުމެ ކޮޅުކޮޅަށް ދިޔައީ ހިނި ހޮރަކުން ހިނިތަކެއް ނިކުމެގެންދާ ފަދައިންނެވެ. އެކުދިންގެ ތެރޭގައި އައްމާރުވެސް ވިއެވެ. މަގުގެ އަރިމަތިން ކޮރުޖަހަމުން ދިޔަ ޒުވާނާގެ ދެފައި ބިމުގައި ތަތްލެވީ ދަންނަ އަޑެއް ފަހަތުން އިވުމުންނެވެ. މަޑުމަޑުން ފަހަތަށް އެނބުރިލީއިރު ލާނެއް ހިިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ހުރި ކްލާހުގައި އޭނާއަށް ޖެއްސުންކުރުމުގައި އެންމެ އިސްކޮށް އުޅޭ ރިޔާޝްއެވެ. ބަހުގެ ޙަމަލާތައް އައްމާރަށް އޭނާ ރައްދުކުރަމުން ދިޔައީ އައްމާރު މުޅިން ހިތްބަލިކޮށްލާ އޭނާގެ ހިތްވަރު އެލުވާލުމުގެ ނިޔަތުގައެވެ. އައްމާރުގެ ނުގުޑާ އަޒުމަކީ ރިޔާޝް ކުރިޔަށް ދިޔުމަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމުގައި އޭނާ ދެކެެއެވެ. ޙަސަދައިގެ އަލިފާނުގައި ރޯވެ އަނދަމުން ދިޔައީ އޭނާގެ ކުރިމަގަށް އެޅޭ ހުރަހަކީ އެއީ ކަމުގައި ކުޑަކޮށްވެސް ރޭކާނުލާ ޙާލުގައެވެ. ބަހުގެ ޙަމަލާތައް މަޑުމަޑުން ބޮޑުވަމުންގޮސް އެންމެ ފަހުން އައްމާރުގެ ގަޔަށް އަތްލާ ހިސާބަށްވެސް ދިޔައެވެ. ދެމީހުން ތިބީ މަގުމަތީގައި ކަމުން ދުއްވާއެއްޗެހިތައް އޭގެ ޒިންމާ އަދާކުރަމުން ދުއްވަމުން ދިޔައެވެ. ހާމައަށް އޮތް މަގުގެ މެދަށް އައްމާރު ކޮށްޕާލުމަށްޓަކައި ރިޔާޝް ދެއަތް އުފުލާލިއެވެ. އެކަން އޭނާއަށް ކާމިޔާބުވެ އަނގަވަތަށް އައްމާރު ވެއްޓުނެވެ. އެޔަށްފަހު ރިޔާޝް އައިސް އައްމާރު ގާތުގައި އެއްފައިމައްޗަށް ތިރިވެލައިގެން އިނދެ ނުލަފާ ހިނިގަނޑެއް ޖަހާލައިފައި ނުބައި ބަސްތަކެއް ބޭރުކޮށްލިއެވެ. އައްމާރު ތެދުވަން އުޅުނު އިރު ރިޔާޝް މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައީ އައްމާރުގެ ޙާލާއިމެދު މަލާމާތްކުރަމުން އޭނާ ތެދުވަން ކުރަމުންދިޔަ މަސައްކަތްތައް ފޯނުގެ އެހީގައި ރައްކާކުރަމުންނެވެ. ތެދުވެ ތެދުވެ ހުރި އައްމާރުގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔައީ ބާރު ސްޕީޑުގައި ސީދާ ރިޔާޝްއާއި ދިމާއަށް ދުއްވަމުން އައި ކާރު ފެނިފައެވެ. “ރިޔާޝް..” މުޅި ސަރަޙައްދުގައި ގުގުމައިގެން ދިޔައީ އައްމާރުގެ ބާރު ހަޅޭކުގެ އަޑެވެ. ނަމަވެސް ރިޔާޝްއަށް ކަންކަން ރޭކާލި އިރު ވަގުތު ފާއިތުވެއްޖެއެވެ. ބާރު ދުވެލީގައި އައި ކާރުގައި ޖެހުނު ގޮތަށް ރިޔާޝް ވިއްސައިގެން ގޮސް ޖެހުނީ ކަންމަތީގައި ހުރި ގެއެއްގެ ފާރުގައެވެ. އެއާއިއެކު މުޅި ތަން ލެއިން ކަޅިވުމާއެކު ހޭނެތިގެން ރިޔާޝް އޮތީ ބިންމައްޗަށް ދެމިފައެވެ. އައްމާރަށް ހީވީ އާހިތްވަރެއް ލިބުނުހެންނެވެ. ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމާއި ހަމްދަރުދީ އުތުރި އަރައިގެން ދިޔުމުން އަމިއްލަ ޙާލު އެއްފަރާތްކޮށްފައި ދެވުނު އެންމެ ބާރަކަށް ރިޔާޝްއާއި ދިމާއަށް ދިޔައެވެ. އެފަކީރު ހިނގަމުންދިޔަ ޙާލު ފެނިފައި ހިތެއް އޮތް އިންސާނެއްނަމަ އެމަންޒަރު ބަލަން ކުޅަދާނަ ނުވާނެކަން ގައިމެވެ. އައްމާރު ގޮސް ރިޔާޝް ގާތުގައި އިށީނދެ މުޅި މަގަށް ނަޒަރު ހިންގާލީ އެހީއަށް އެދޭނެ މީހަކު ފެނޭތޯއެވެ. އުންމީދު ފެނަށް ދިޔުމުން ރިޔާޝްގެ ޙާލު އިތުރަށް ގޯސްކުރަން ނޭދޭތީ އެއްއަތުން އަސާގަނޑުގައި ހިފުމާއިއެކު އަނެއް އަތުން ރިޔާޝްގެ ގައިގައި ހިފަހައްޓާލިއެވެ. އަދި ރިޔާޝްގެ އަތް އޭނާގެ ކޮނޑަށް ލުމަށްފަހު މާ ދުރުނޫން ހިސާބެއްގައި ހުރި ރަށު ސިއްޙީ މަރުކަޒާއި ދިމާއަށް ހިނގައިގަތެވެ. “ޔާރައްބީ.. ކިހިނެއްވެފަ މިސޮރަށް މިއޮތީ؟” ސިއްޙީ މަރުކަޒާއި ނުހަނު ގާތްވެފައި ވަނިކޮށް މެދު އުމުރެއްގެ ފިރިހެނެއް އައިސް އައްމާރު ގާތުގައި ސުވާލުކޮށް ރިޔާޝް ސިއްޙީ މަރުކަޒަށް ވެއްދުމަށް އެހީވެދިނެވެ. ތުރުތުރު އަޅަމުންދިޔަ ޙާލު އައްމާރަށް ބުނެވުނުހާވެސް އެއްޗަކީ ރިޔާޝް އެކްސިޑެންޓްވީކަމުގައެވެ.ރިޔާޝްގެ ޖީބުގައި އޮތް ފޯނު ނަގާފައި އޮތުމުން އައްމާރު އަވަހަށް ރިޔާޝްގެ ބައްޕައަށް ގުޅިއެވެ. އޭގެ އިރުކޮޅެއް ފަހުން ދުވަމުންކަހަލަ ގޮތަކަށް ރިޔާޝްގެ މައިންބަފައިން ސިއްޙީ މަރުކަޒަށް ވަދެގެން އައެވެ. އެ ވަޤުތު ވީ އިމަޖެންސީ ރޫމުން ރިޔާޝްގެ ޑޮކްޓަރވެސް ނިކުތް ވަގުތަށެވެ. “އަޅުގަނޑުމެންނަށް ކުރެެވެން އޮތްހާ މަސައްކަތެއް ކުރަމުން އައީ.. ނަމަވެސް ހާދިސާގެ ނުރައްކާތެރިކަމުން އޭނާގެ ސިކުނޑިއަށް ހުރީ ލޭއެޅިފަ.. އަޅުގަނޑުމެންނަށް ރިޔާޝްގެ ފުރާނަ ސަލާމަތެއް ނުކުރެވުނު..” ޑޮކްޓަރުގެ ފަހު ޖުމުލައާއިއެކު އައްމާރުގެ ދެލޮަށް ތާޒާ ކަރުނަ ބޮނޑިވެގަތެވެ. ރިޔާޝްއަކީ އޭނާއަށް ކޮންމެ ގޮތަކަށް ކަންތައްކުރި ކުއްޖެއްނަމަވެސް ރިޔާޝްގެ ޙާލަތު އެންމެ ގާތުން ދުށީ އޭނާއެވެ. އަސަރެއް ނުކުރާނެ ހެއްޔެވެ؟ ރިޔާޝްގެ މަންމަ ޚަބަރު ހުސްވެގެން ހުރިތަނަށް ދެމުނެވެ. އޭނާގެ ބައްޕަގެ ރުއިމުގެ އަޑުވެސް މުޅި ތަނަށް ފެތުރިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހިނދު ރިޔާޝް ސިއްޙީމަރުކަޒަށް ވައްދަން އައްމާރަށް އެހީވެދިން މީހާ ގޮސް ރިޔާޝްގެ ބައްޕަގެ ކޮނޑުގައި ހިފަހައްޓާލައި އޭނާއަށް ހިތްވަރު ދެވޭތޯ އުޅުނެވެ. އަދި އައްމާރު ކުރި ހިތްވަރުގެ ވާހަކަ ރިޔާޝްގެ ބައްޕަ ގާތުގައި އެމީހާ ކިޔައިދިނެވެ. އެވާހަކަތައް އަޑު އިވި ރިޔާޝްގެ ބައްޕަ ދުރުގައި ދެރަވެފައިހުރި އައްމާރަށް ބަލައިލީ ޝުކުރުވެރިވާ ނަޒަރަކުންނެވެ. އަދި ވެފައިހުރި ހިތާމައިގެ މައްޗަށް ހިތްވަރު ގަދަކުރަމުން ތެދުވެގެންގޮސް އައްމާރު ގައިގައި ބައްދާލިއެެވެ. އަދި އޭނާ ކުރި މަސައްކަތަށް ޝުކުރު އަދާކުރިއެވެ. “އަހަރެމެންނަށް މިއަދު އޮތް ގޮތް މިއީ.. ހިތްވަރު ކުރުން ނޫން ގޮތެއް ބޭބެ މެންނަކަށް ނެތް.. އައްމާރަކީ ކޮންކަހަލަ ކުއްޖެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ.. ދަރިފުޅާ އައްމާރް.. މިއަދަށްފަހު އަހަރެންގެ ރިޔާޝްގެ ބަދަލުގައި އައްމާރަކީވެސް އަހަރެންގެ ދަރިއެއް ކަމުގައި ބަލަން ބޭނުން.. އައްމާރާއި މަންމަ ދެން އުޅޭނީ ބޭބެމެންނާއިއެކު ބޭބެމެންގެ ގޭގައި.. ރިޔާޝަށްޓަކައިވެސް މިފުރުސަތު ޤަބޫލުކޮށްދީ..” ރިޔާޝްގެ ބައްޕަ އާދޭސްކުރުމުން ލަދުން ހުރި ނަމަވެސް އުފަލާއެކު އެ ދައުވަތު ޤަބޫލުކޮށް ރިޔާޝްގެ ބައްޕައަށް އައްމާރު ޝުކުރު އަދާކުރީ އުފާވެރިކަމުގެ ކަރުނައިން ތެމިފައިވާ ދެލޮލާއިއެކުއެވެ. އެދުވަހަށްފަހު އައްމާރު އިހެކޭ އެއްފަދައިން ނުހަނު ހިތްވަރާއިއެކު ކުރިޔަށްދިޔައެވެ. ތަފާތަކީ މިއަދު އޭނާއާއި އޭނާގެ މަންމަގެ ދިރިއުޅުން ފަސޭހަވެފައިވާކަމެވެ. އަހަރުތައް ފާއިތުވެގެން ދިޔައިރު މިއަދު އައްމާރަކީ މުޅި ޤައުމަށްވެސް ޚިދުމަތްކޮށްދެމުންދާ ކާމިޔާބު ޒުވާނެކެވެ. ލިބުނު ރަނުގެ ފުރުސަތުގައި ހިފައިގެން އޭނާ ކުރިއަށް ދިޔައީ ހިތްވަރާއިއެކުއެވެ. ނުކުޅެދުންތެރިކަން ހުރި ނަމަވެސް އެފަދަ އެހެން މީހުންނަށް ޚިދުމަތްކޮށްދިނުމަށް މިއަދު ޑޮކްޓަރެއްގެ މަޤާމުގައިހުރި އައްމާރު ފަހެއް ނުޖެހެއެވެ. ބަދަލުގައި އެއީ އޭނާގެ ހިތްހަމަޖެހުމެވެ. އުފަލެވެ. ކިތަންމެ ކުޑަ ނަމަވެސް ނުކުޅެދުންތެރިކަމެއް ހުރި ކުއްޖަކަށް ވިއްޔާ އައްމާރަކީ މިއަދު ނަމޫނާއެކެވެ. އޭނާއަށް މިއަދު އޭނާގެ ވަޒީފާއަކީ މުޅި ދިރިއުޅުމެވެ. ހިތުގެ ހަމަޖެހުމެވެ. އަދި ދިރިހުރުމަށް ލިބޭ ހިތްވަރެވެ. (ނިމުނީ)
“ޒިދާން. ހިނގާދާން” ސިއްސައިގެން ގޮސް އަހަރެންނަށް ބަލާލެވުނީ ކޮޓަރިއަށް ވަން ޝަޔާން އަށެވެ. “ލިޔާ ކުއްޖާ.. ހަމަ ލިޔަނީ ދޯ؟ ދައްކަބަލަ ތިޔަ ކިޔާލަން” ވަހަކަ ދަައްކަން އަނގަ ހުޅުވާލިތަނާ އެފުރުސަތު ގެއްލުނީ ޝަޔާން އަނެއްކާ ވެސް ވާހަކަ ދެއްކީމައެވެ. “އާން.. ވާހަކައެއް މިލިޔަނީ.. ކިޔާލަބަލަ” އޭނާއަށް ލެޕްޓޮޕް ދެމުން އަހަރެން ބުނެލީމެވެ. ޝަޔާން ކިޔަން ފެށިއެވެ. އެއީ މީގެ ތިން މަސްކުރިއެވެ. އަހަރެންނާއި ޔަމަން ފުރަތަމަ ދިމާވީ ހުޅުމާލޭގައި ހުންނަ “ސެންޓްރޯ މޯލް”ގެ ތެރެއިންނެވެ. […]
ކޮޓަރި ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އެނދުގައި އަހަރެންގެ ބިއްދޮށުން އޮށޯވެ ނިދާފައި ފިރިމީހާ އޮތެވެ. ކޮޓަރީގެ އެއްފަޅީގައި ބަހައްޓާފައިވާ އެނދެއްގައި އަހަރެންގެ ދޮޅުއަހަރުގެ ދަރިފުޅު ނިދާފައި އޮތެވެ. އަހަރެން އޮތީ ނިދި ނައިސްފައެވެ. މި މެންދަމުގެ ހަމަހިމޭން ވަގުތުގައި އަހަރެންނަށް އިޙްސާސް ކުރެވެމުން ދަނީ އަހަރެންގެ މާޒީގެ ހިތި ރަހަތަކާއި އަސަރުތަކެެވެ. އެއީ ގާތްގަނޑަކަށް މީގެ ދެތިން އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެންނަކީ ރާއްޖެތެރޭގެ މެދު ފަންތީގެ ޢާއިލާއެއްގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމައާއި […]
ކާނިވާތެރެ ވަނީ ތޮއްޖެހިފައެވެ. ބައިބޯކަމުން ކަށިތުނޑެއް ޖައްސައިލާނެ ތަންކޮޅެއްވެސް ނެތެވެ. ކާނިވާގެ ސްޓޭޖް ޙަރަކާތްތައް ފެށުމުގެ ކުރިން އެތަނަށް އައުމަށް ޖައިޝަމްވަނީ ވަޢުދުވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ވަގުތު ކުޑަތަން ވަނީއެވެ. އަވަސް އަވަހަށް އަހަރެން މޫނުމަތި ފޮހެލައި ހަމަހެޖެހިލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ހިތް ހިމޭނަކުން ނޯތެވެ. ނޭނގޭ ބިރުވެރިކަމެއްގެ ވިންދެއް އަހަރެންގެ ހިތުގެ ތެރޭގައި ޖަހައިލިއެވެ. ޖައިޝަމް އަހަރެންނަށް މަޢާފު ކުރާނެ ބާވައެވެ. އޭނާގެ ޙަޔާތުން އަހަރެންނަށް ޖާގައެއް ލިބިދާނެ ހެއްޔެވެ؟ މިފަދަ […]
އެންމެ ރެއެކެވެ. އަމަލުތައް ނިންމާލެވިއްޖެ އެވެ. ފުރަތަމަ އޮތީ ދެނެގަތުމެވެ. ވެށި ފާޑުކުރުމެވެ. އެއަށްފަހު ބެހިދެއެވެ. ހުނުންތަކުގައެވެ. އެބައެއްގެ މޫނުތަކުގައި ކެހިވެރިކަމެކެވެ. އެކަމަކީ ފަޒާގެ އާދައެއްގެ ގޮތުގަައި ހޭނުވިފައެވެ. ގިންތިކުރުންތަކެއް ވުމުންނެވެ. މަޤާމާއި ނަސަދެވެ. މިލްކުވެރިކަމެވެ. ނޫނީ ޒީނަތެވެ. މިއީ އިސްކުރެވިފައިވާ ސޫރަތުތަކެވެ. ހޭހަންކަމެއް ސިކުނޑިތަކުގައި ވި އެވެ. އަދި ފަރުދާއެއް ލެވުމުގައި މާ ބޮޑައިވެވިފައެވެ. ނަޒަރުތަކުން ހައިސިއްޔަތު ފާހަގަކުރުވަދެއެވެ. ހަށިތަކުގެ ކޮންޓުރޯލު އޮތީ އެ ބަޔަކުގެ އަތްމަތީ ފަދަ އެވެ. ހިތުން އެންމެން ވެސް ޞާލިހެވެ. […]
ދާނެ މަންޒިލެއްނެތް މަގުގެއްލިފައިވާ މުސާފިރެއް ފަދައިން މަތީނު މަޑު ހިނގުމެއްގައި ގޮސް ސަޙަރާގެ ތެރެއަށް ވަނެވެ. ދެން ވީ ގޮތެއް ނޭނގެއެވެ. މަތީނަށް ހޭލެވުނުއިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. މުޅިމީހާވަނީ ހިކި އަނަރޫފަ ވެފައެވެ. މޫނުމަތިން ފެންނަމުންދަނީ ހިތާމަޔާއި ހިތްދަތިކަމެވެ. ދެލޯވަނީ ވަޅުވަދެފައެވެ. ކޯތާފަތްވަނީ ވަޅުވަދެފައެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހާވާލެވިފައެވެ. އެއްވެސް ތަރުތީބެއް ނެތިއެވެ. ފުރާނަ ހުރި ނަމަވެސް މައްޔިތެކޭ އޭނާއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. މަތީނަށް ބަލައިލާ ކޮންމެ […]
ކުއްލި އެއްވުމެކެވެ. އެންމެން އެ ދިމާއަކަށް ދުއްވައިގެންފޫ އެވެ. އިސްކޫލުގެ ދޮރުބުޑެވެ. އަހަރެން ހުރީ ކިލާހުގައެވެ. ކުދިންގެ ހަޅޭއްތައް ރުޅިގަންނުވައިފި އެވެ. ކޮންޓުރޯލެއް ނުކުރެވުނެވެ. ހަށިގަނޑު ދަމައިގަނެވުނެވެ. ވައިގެ ރާޅުތަކުން އިސްތަށިތައް މޮށުން ދޫކުރެވުނެވެ. އަދި އަހަރެންގެ ފިޔަވަޅުތައް ދުވެލިކުރުވި އެވެ. މާހައުލުގެ ތަބީޢަތުގައި ވި އެ ބަލިކަށިކަމެވެ. ހިއްސުތައް ތަފާތު ވެށިތަކުގައެވެ. އެއްގަލަކަށެއް ނޭރެވުނެވެ. އަހަރެންނަށް ނެރެނެވުނީ ބޭނުމެއްނެތް ހަރަކާތްކުރުންތަކެކެވެ. އެކަމަކު އެއިރު މާ ލަސްވެއްޖެ އެވެ. ‘އަރީ, ކިހިނެއް ވެގެންތަ މި އުޅެނީ..’ ކިލާސް […]
ފޮޓޯގައި އެ ވަނީ މިލާގެ ސިފަ އެވެ. ހަމުގެ އެ ކުލަވެރެވެ. ފަޅު ރީނދޫވެރިކަމެކެވެ. އުމުރުގައި ޅަފުރާވެރިކަމެވެ. ބާރަ އަހަރެވެ. ހިނިތުމުން އެ ޒަމާނެއް ކަށަވަރުކޮށްދެއެވެ. ލޮލުގެ ކަޅިރަވުން ދެއްކުވިފައިވި އެ މައުސޫމު މިޒާޖެވެ. ފަރުދަލެއް ނެތެވެ. ކަށިތަކުގެ ބާރުން ބައްޓަމެއް އުފުލެވިފައެވެ. އިނގިލތައް އެ ސިފަ އެއްގައި ތަތްކުރެވޭން ފެށުނެވެ. ދެން ހަރަކާތްތެރިކަމެކެވެ. ތުރުތުރު ލުމެކެވެ. ހިއްސުތައް އައްސި ކުރެވިއްޖެ އެވެ. އެއީ ގަނޑުފެންގަނޑެކެވެ. ހައިސިއްޔަތެއް ނުނެރެވުނެވެ. ތަޅުންގަނޑަށް ވައްޓާލެވި ބޭރުފަށް ޗިސް ކުރެވުނެވެ. އެއަށްފަހު […]
އަހުރެންނަކީ ހިތްވަރު ހުރި މީހެކެވެ. އަމިއްލަ ނަފުސަށް މުޚާތަބުކުރެވެމުން ދިޔަ އެވެ. ރަށުން ބޭރު މީހަކާ ކަަައިވެނި ކުރީމެވެ. އަދި މައިންބަފައިންނާއި ދެ ހަގު ދައްތައިންނާ އެކު އެއް ގޯއްޗެއްގައެވެ. ވަކިން އުޅެވޭނެ ގޮތެއް ނެތިފައި ވުމުންނެވެ. ފިރިމީހާގެ ރަށަށް ބަދަލުވުމަކަށް ހިތެއް ނޭދުނެވެ. އެއީ ބޮޑު އާއިލާއެކެވެ. އަދި ގޭތެރެ ތޮއްޖެހިވިފަ އެވެ. ގެދޮރުބިނާތައް ގިނަވެފަައި ރުއްގަސް މަދެވެ. ބީރައްޓެހިކަމުގައި ފާހަގަކުރެވުންތަކެއް ނެތެވެ. މީހުންގެ ގާތްކަން ދައްކުވާ ހާލު ފުޅަލެވެ. އެއީ ދުރު ނަސްލެކެވެ. މީހުންގެ […]