Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އައިރީން

samra Level 210 Stories100 Login100 Comments
November 10, 2019 3 Mins Read
12 Comments

ފަތިހުގެ ތެތްފިނީގެ އަސަރުތައް ނައްތާލަމުން އިރުގެހޫނުން ދުނިޔެ ފިއްސަން ފެށިއެވެ. ގޭގެފޫޓުތެރެއަށް އެޅިފައިއޮތް ހިކިފަތްތަށް ކަހާ އެތްކުރަން އައިރީން އޮތްއިރު ދޭތެރެދޭތެރެއިން އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރެއް ދެއެވެ. އޭނާގެ ހަރަކާތްތަށް ހުރިގޮތުން ތަނަކަށްދާން ލަސްވެގެން އުޅޭފަދައެވެ. އަވަސްއަވަހަށް ކުނިކޮޅު ގޯންޏަށް އަޅާލުމަށްފަހު ގެއަށްވަނުމަށް އައިރީން މިސްރާބު ޖެހިއެވެ. ވަރަށް އަތްމަތި އަވަސް ކޮށް ސައިތައްޔާރު ކޮށްލާފައި އައިރީން ޔަމީންއަށް ގޮވީ އޮފީސް ގަޑިޖެހެން ކައިރިވާތީ އެވެ.

ޔަމީން އޮފީހަށް ދިއުމުން ރަޔާން ހޭލައްވާ ސުކޫލަށްދާން ތައްޔާރުކުރުމަށް ފަހު ކޮންމެ ދުވަހެކޭވެސް އެއްފަދައިން އޭނާގެ ދަރިފުޅަށް އެހެން ކުދިންނާ ނުތޮޅި ބަސްއަހައިގެން އިނުމަށް ނަސޭހަތް ދިނެވެ. ރަޔާން އަކީ ފަސްއަހަރުގެ ކުއްޖެއްކަމަކު އެއުމުރުގެ އެހެން ކުދިންނާ ތަފާތުކޮށް ކަންކަން ނުހަނު އަވަހަށް ދަސްކުރެއެވެ. ރަޔާން ސުކޫލަށް ލާފައި އާދެވުނު އިރު އައިރީން ހުރީމުޅިން ލޮޑުވެފަވެ. އެއީ އައިރީންގެ ކޮންމެ ދުވަހެއްގެ ވެސް ހާލެވެ. ޔަމީން އޮފީހަށް ފޮނުވާފަ ރަޔާން ސުކޫލަށް ލާފައި އައިސް ނޫނީ އައިރީން އަށް ހަމަޖެހުމުގެ ނޭވާއެއްވެސް ނުލެވޭނެއެވެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނުގެވަގުތަކީ އައިރީންއަށް އެންމެ ބުރަ އެއްވަގުތެވެ. ނަމަވެސް ފިރިމިހާއާ ދަރިފުޅުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭތޯ އައިރީން މަސަތްކަތް ކުރެއެވެ. ވެފައިހުރި ލޮޑުކަމުން ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ހަމަޖެހިލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޓީވީ ރެކް މަތީ ބައިންދާލާފައި އިން ފޮޓޯގަނޑެވެ. އައިރީންގެ ދެލޮލަށް ތާޒާ ކަރުނަތަށް ޖަމާވެގެން އައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އައިރީން އަށް އެނގުމެށް ވެސް ނެތި މާޒީގެ ހަނދާން ތަކުގެތެރެއަށް އޭނާގެ ނަފްސު ގެނބިގެން ދިއައެވެ.

****

މާހައުލުގާ ވަނީ އުފާވެރިކަމެވެ. ހުނުމާ ސަކަރާތް ޖެހުމާއި މަޖާ ވާހަކަ ދެއްކުމެވެ. ގޭދޮރުމަށްޗަށް ނިކުމެ ތިބި ހުރިހާ އެންމެންގެ މޫނުމަތިންވެސް ފާޅުވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ މަގުގެ ކޮޅުން ފެނުން ޕިކަޕާއި އެއްކޮށް ކުޑަކުދިން ތައް ފުމެންފެށީ އުފަލުންނެވެ. ކޮންމެ އަހަރެއްގެވެސް އަހަރީ ޗުއްޓީއާއި ދިމާ ކޮށް ހާރޫނުގެ އާއިލާ ޕިކުނިކުދެއެވެ. އާއިލާގެގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް ޓަކައި އާއިލާ އެންމެން އެއްތަންވެ މަޖާ ކޮއްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހާރޫނު ދެކެއެވެ. ކުޑަކުދިންގެ މަޖާ ވާހަކަތަކުގެ ސަބަބުން އެންމެންގެ މޫނުމަތީގައި ވެސް ވަނީ ފުން ހިނިތުންވުމެކެވެ. ޕިކަޕުގޮސް ރަށުގެ އުތުރުފަރާތު ގޮނޑުދޮށަށް ދެވެންއޮންނަ ހިސާބަށް މަޑުކޮށްލުމާއެކު އެންމެން ޕިކަޕުން ފޭބިއެވެ. ކުޑަކުދިންތައް ކިރުކުލައިގެ ބޮޑު ދޮންވެލިގަނޑާއި ވިލުނޫކުލައިގެ ސާފު މޫދު ފެނުމުން ފުންހިނިތުންވުންތަކާއެކު ދުއްވައިގަތީ ހެމުން ސަކަރާތް ޖަހަމުންނެވެ.

ހާރޫނުމެން ފަދައިން ދެތިން އާއިލާއެއް އެސަރަހައްދުގައި އުޅެއެވެ. އަމިއްލަ ރަށުގައި މިފަދަރީތި މާހައުލެއް އޮތް ނަމަވެސް ހާލަކުން ފަހަރަކު ނޫނީ މިހިސާބަށް ނާދެވެއެވެ. ޕިކަޕެއްގައި އައި ކަމުގައި ވީނަމަވެސް ފުދޭވަރަކަށް ގިނައިރުނަގައެވެ. ފިރިހެން ވެރިން ޓެންޓުތައް ޖަހާ ކެއްކޭނެފަދައިން އުނދުން ޖަހާ ތައްޔާރު ކޮށްލިއެވެ. ފިނި ބުއިމަކަށް ފަހު އެންމެން ވާހަކަ ދައްކާލަން ތިބީއެވެ.

“ތިއްތާ…ހިނގާ ފީކޯތް ކުޅެން… ޕްލީސް…”

މަލާ އައިސް އައިރީންގެ އަތުގައި ހިފާ ދަމަމުން އާދޭސް ކުރަން ފެށީ ފޫހިވެގެންނެވެ. މަލާހާވެސް އެވަގުތު އައިސް އެތެދެކޭ ކިއާ ހުރިހާ ކުދިންނަށް ގޮވިއެވެ.

“ތިއްތަ ކާކުތަ ގުނާނީ…. ތިއްތަތަ…. ނޫން މަލާ ގުނާނީ…. އޯކޭ…. އެންމެން ދޭ ފިލަން… ގުނަން ފެށީ…. ވަން…. ޓޫ….”

އެކިކުދިން އެކިދިމަ ދިމާއަށް ދުއްވައިގަން އިރު އައިރީން ވެސް ދުވެފާ ގޮސް ރުއްދަނޑު ތެރެއަށް ވަނެވެ. ފިލާނެ ތަނަކާދޭތެރޭ ވިސްނާލަން ހުރި އިރުކޮޅަކަށް ފަހު ކައިރީގައި ހުރި ރުކަކަށް އައިރީން އަރަންފެށީ ވިސްނުމެށް ނެތިއެވެ. ރަށުގެ މީހުން ނާންނަ ހިސާބެއްގެ ރުކުއްގައި ހަރުބަނދެފައި ހުރުމުން ހިތުގައި ސުވާލު އުފެދުނުނަމަވެސް އޭނާށް ފިލަން އަރާނެ ތަނެތް ލިބުމުން ހުރީވަރަށް އުފާވެފައެވެ.ރުކުގައި ހުންނައިރު އައިރީން އަށް މަންމަ މެންނާއި މަލާމެން ފެނެއެވެ. މަލާ ކުދިންތަށް ހޯދަން އުޅޭ ހާލުފެނި އައިރީން ހުރީ ހިނިގަނޑު ހިފަހައްޓާ ލައިގެންނެވެ. އެއޮއް ދިގު ރުކުގައި އައިރީން ހުރީ ވަރަށް ހަމަޖެހިލާފަ އެވެ.

އެހެނަސް އައިރީން އަށް ތަފާތުކަމެއް އިހްސާސް ކުރެވުމާއިއެކު ވަށައިގެން ބަލައިލީ ހައިރާންވެ ހުރެއެވެ. ކަނޑުގެ ލޮނުގަނޑު އެކި ބޭރަށް ދަމައިގަން އިރު ކުދިކުދި މަސްތައް މަރަށް ތެޅެމުން ދިޔައެވެ. މުރަކަ ތަކާއި ރީތި ބޮލިތައް ފެނުމުން ހައިރާން ވެފާ ހުރިނަމަވެސް އައިރީން ހުރީ ހުއްޓުން އަރާފައެވެ.

“ސުބުހާނަﷲ…. ދަރިންނޭ ދުވޭ އެއްގަމަށް… ސުނާމީ…”

ބައްޕަގެ ޖުމްލަ ނުނިމެނީސް ދިޔަވަރު ބޮޑުވާން ފެށިއެވެ. އައިރީން ދެލޯބޮޑު ކޮށްގެން ހުރެ އެމަންޒަރު ތަކަށް ބަލަން ހުރިއިރު އޭނާގެ ހިތް މޭގަނޑުފަޅާފައި ނުކުންނަން އުޅޭފަދަ އިހްސާސް ކުރެވުނެވެ.ދެވަނަ ފަހަރު ލޮނުގަނޑު ދަމައިގަތުމަށް ފަހު އުފެދުނު ބޮޑު ރާޅުން ސަލާމަތް ވުމަށް ހާރޫން މެންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ދެއަތުން ރުކުގައި ބާރަކައް ހިފަހައްޓާލައިގެން ހުރިއިރު އައިރީން ހުރީ ރޯންވެސް ނޭނގިފައެވެ. ދެވަނަ ރާޅު އައީ އައިރީން ހުރި އުސް ރުކުގެ މެދައްވުރެ މާމަތިންނެވެ. ރުކަށް އައި ވަރުގަދަ ލޮޅުމާއެކު އައިރީން ވިއްސައިގެން ނުދިއައީ ހަމަ ކިރިޔާއެވެ. ގަސް ތަކާއި ފަތްތައް މުގުރޭއަޑާ ރާޅުތަކުގެ ގަދަފަދަ އަޑުން އައިރީން ގެ ހިތް ބިރުވެރިކަމުން ފުރިފާ ވިއެވެ.

ފެން ގަނޑު މަތީގައި އަމީނާ އޮތީ ނޭވާ ކޮޅަށް ޖެހި ދެލޯ ބޮޑުވެފައެވެ. ނިކަގަހުގެ ބޮޑު އޮތްޕެއް ވީދައިގެން ގޮސް އަމީނާ ގެ ބޮލުގައި ޖެހުމާއެކު އައިރީން އަށް މަންމާ އޭ ކިޔާ ހަޅޭއްލަވައި ގަނެވުނެވެ. ލޯބިވާ އާއިލާގެ އެންމެން މިފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ފެންގަނޑު ހިނދި މާހައުލަށް ހަމަހިމޭންކަން ވެރިވިއިރު ފެންނަން ތިބީ މަރުވެފައިވާ މީހުންގެ ފުރާނަ ނެތް މަސްގަނޑުތަކެވެ. އައިރީން ގެ ހެޔަށްގޮތްވެ ރުކުގައި ހިފަހައްޓާފައި ހުރި އަތް ދޫވި އިރު ދެލޯ މަޑުމަޑުން މެރެމުން ދިއައެވެ.

“ދަރިފުޅާ….. ދަރިފުޅާ…..”

ބޮޑުބޭބެގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އައިރީން އަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ބޮލަށް އެރި ތޫނު ތަދަކާއި އެއްކޮށް އައިރީން އަށް ބޮލުގައި އަތްޖައްސާ ލެވުނެވެ. ބޯ ބެންޑޭޖު ކޮށްފައިވާކަން ފާހަގަވުމާއެކު ބޮޑުބޭބެއާ ދިމާއަށް ބަލައިލީ ހައިރާން ކަމުގެ ނަޒަރަކުން ނެވެ. މިހައިރު އެއޮތީ އޮސްޓުރޭލިއާގައި ކަމާ އާއިލާގަ އައިރީން ފިޔަވާ ފިޔަވާއެކަކުވެސް ނެތް ކަމަށް ބޮޑުބޭބެ ބުނީ ހިތާމަޔާ އެކުގައެވެ.

ދުވަސްތައް މާޒީއާ އެކުވެ އެހާދިސާ އަށް ފަސް އަހަރު ވީއިރުވެސް އައިރީންގެ ހިތުން އެހިތާމަތަށް ފިލައިގެން ނުދެއެވެ. ބޮޑުބޭބެގެ އެދުމުގެމަތިން ބޮޑުބޭބެގެ ރައްޓެއްސެއްގެ ދަރިއަކާ ކައިވެނިކުރީ ދުވަސްތައް ބޭކާރު ކޮއްލަން ބޭނުން ނުވާތީއެވެ. ކޮންމެއަކަސް އައިރީންއަށް އިނދެވުނީ ވަރައް ހެޔޮމީހަކާއެވެ. ޔަމީންގެ އަޅާލުމުގެ ސަބަބުން އައިރީންގެ ހިތުން ކޮންމެވެސް ވަރަކަށް އެހިތާމަތައް ފިލައިގެން ދިޔައެވެ. އެމީހުންގެ ކައިވެންޏައް ދެއަހަރު ވީއިރު ލޯބިލޯބި ފިރިހެން ކުއްޖެއް ލިބުނެވެ. އެ ދަރިފުޅަށް ރަޔާންގެ ނަންދިނީ އައިރީންގެ ކޮއްކޮދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

*****

މާޒީގެ ހިޔާލުތަކުން އައިރީން އަށް ނުކުމެވުނީ ފޯނުރިންގުވާ އަޑަށެވެ. ރަޔާންގެ ކިލާސް އާންޓީ ގުޅާފައި މިއަދު މީޓިން އޮންނާނެ ވާހަކަ ބުނުމުން އައިރީން ކޮޓަރިއަށްވަނީ ކުޑަކޮށް ތައްޔާރު ވެލާށެވެ. ގަޑިބަލައިލި  އިރު އަދި އިތުރަށް ވަގުތު އޮތުމުން އައިރީން ބޭނުންވީ ޟުޙާ ނަމާދު ކޮށްލާށެވެ. ނަމާދު ކޮށްލެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހިތްނުތަނަވަސްވާ ހާލަތްތަކުގައި އައިރީން ބޭނުންކުރާ ހަތިޔާރަކީ އަޅުކަމެވެ. ކޮންމެ ނަމާދަކަށް ފަހުވެސް އައިރީން އޭނާގެ އާއިލާއަށް ސުވަރުގެ ދެއްވުން އެދި ދުޢާކުރެއެވެ.

އައިރީންގެ އާއިލާ ދުނިޔޭގައި ނެތްނަމަވެސް އައިރީންގެ ހެޔޮދުޢާތައް އަބަދުވެސް  ވަނީ އޭނާގެ އާއިލާ އާއެކުގައެވެ. ޖަންނަތުން އެނާގެ ލޯބިވާ އާއިލާއާ ބައްދަލުވުމަށް އެދި ދުޢާކުރަމުން އައިރީން މޫނުގައި އަތްފިރުމާލީ އާމީން ކިޔަމުންނެވެ.

ނިމުނީ

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ގާތުގައި ނުވިޔަސް ލޯބިން (ކިޔުންތެެރިިންްނަަށްް)

Next

ތެދުވެރި ލޯބި- 3

Next
November 10, 2019

ތެދުވެރި ލޯބި- 3

Previews
November 10, 2019

ގާތުގައި ނުވިޔަސް ލޯބިން (ކިޔުންތެެރިިންްނަަށްް)

12 Comments!

  1. samra says:
    November 10, 2019 at 12:59 pm

    Assalaam alaikum… Mee alhugandu site akah liyun furathama vaahaka..
    Kiyuntheringe faraathun ebbaarulun libeyne kamah ummeedhukuran..

  2. nanaa says:
    November 10, 2019 at 2:28 pm

    hama habbu stry eh☺️☺️

    1. samra says:
      November 10, 2019 at 3:51 pm

      Thanxx

  3. §HåĂĶĶÓ says:
    November 10, 2019 at 8:29 pm

    Nice

  4. jiji says:
    November 11, 2019 at 8:55 am

    Wow??..v v furihama vaahaka eh..hope to c more n more stories frm ya??? ly sis :*

    1. samra says:
      November 11, 2019 at 12:07 pm

      Thankxx jiji

  5. Yanaa says:
    November 11, 2019 at 11:19 am

    Varah reethi..????maa sha Allah

    1. samra says:
      November 11, 2019 at 12:08 pm

      Thankxx yanaa

  6. Yan says:
    November 11, 2019 at 8:18 pm

    Varah reethi ? hope to see new stories ?

  7. samra says:
    November 11, 2019 at 8:30 pm

    Thankxx yan

  8. Kylie says:
    November 13, 2019 at 10:02 am

    V reethi mi vaahaka…. Samra ge ehn vaahaka thah Mi site in fennaane kamah ummeedhu kuran….

    1. samra says:
      November 13, 2019 at 10:16 am

      Thankxx Kylie… Insha Allah v avahah aa vahakaeh kiyaalan libeyne

Comments are closed.



All Right Reserved!