ކުންހ ދުވަހަކީ އުޑުމަތިސާފު، ހެޔޮވަރު ވަރަކަށް އަވި ދިއްލާލާފަ އޮތް ދުވަހެކެވެ. ޖެހިލާ ފިނިފިނި މަޑު ރޯޅިން ގަސްތަކުގައިވާ ފަތްތައް ދަނީ ނަށަމުންނެވެ. ގޮނޑުދޮށުގައި ވިދާ ބަބުޅަމުންދާ ރީތި ހުދު ބޯކިރު ފަދަ ދޮންވެލި ގަނޑުމަތީގައި ފުއްޓަރު ފަރާތުން ބީއްސަމުންދާ މަޑުމަޑު ރާޅުތައް އެވެސް ހުރަހެއް ނެތި ބޮސް ދެމުންދެއެވެ. މި ހިތްގައިމު މަންޒަރުބަލަން މަންހާ އިނީ ފޫހިވުމެއް ނެތްގޮތަކަށެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަން ފޫއަޅުވާލީ މަންހާ ގެ ފޯނަށް އައި ކޯލްއެވެ. ލަސްކުރުމެއް ނެތި […]