ނިކްހާ އަށް ހޭލެވުނީ ހޫނުއަރާތީއެވެ. އެއިރު ޔަނާލް އޮތީ ނިދާފައެވެ. ނިކްހާ ބޭރަށް ނުކުމެލީ ސާފުވައިކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ. މެންދަމުގެ ވަގުތު ކަމުން މާހައުލުގައި ވަނީ މަޑު ތެތްފިނި ކަމެކެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ނިކްހާ އަށް ގެއާއި މާދުރަށް ދެވުނުއިރުވެސް އެކަމުގެ ހިލަމެއްވެސް ނުވިއެވެ. އަނގައިން މަޑުމަޑު ރާގެއް ގޮއްވާލަމުން ލޯހުޅުވާލި އިރު ނިކްހާއަށް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި އޮތް ބޮޑުފެންކޯރުން ބޮޑެތި ކިނބޫތައް އަނގަހުޅުވައިގެން ތިބިއިރު ނިކްހާ އަށް އިންތިޒާރު ކުރާކަހަލައެވެ. […]
އައިޝަން ބުނި ގަޑި ޖެހޭތީ ޔާޝާ ބާރު ހިނގުމެއްގައި މަގުމަތީގައި ހިނގާފަ ދަނިކޮށް ފިހާރައަކުން ނިކުތް ޒުވާނަކު ގައިގަ ޖެހި ޔާޝާ ވެއްޓެމުން ދަނިކޮށް އެޒުވާނާ ގެ ދެއަތުން ޔާޝާ ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ. ޔާޝާ ލޯ ހުޅުވާލި ވަގުތު އެ ޒުވާނާޔާ ހަތަރު ކަޅި ހަމަވިއެވެ. ދެމީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކަކު މޫނަށް ގެއްލި ހުސްވެފައެވެ. ޔާޝާ އަށް ހަމަ ހޭވެރިކަން ވި ވަގުތު ޔާޝާ ދުރަށް ޖެހިލަމުން ސޮރީއޭ ބުނެ ނުބަލާލަ އައިމަ […]
************** އަސްމާ ގޮވައިގެން މުޅި މާލެ ކުޑަކުރަމުން ޒައިދް ދުވިއެވެ. ޒައިން ގެއްލުނު ގޮތަށް އަސްމާ ގެއްލޭކަށް ޒައިދް އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. އެހެންކަމުން ދުވަމުން ދިޔައިރުވެސް އަސްމާގެ އަތް ޒައިދްގެ އަތާއި ވަކިނުކުރެއެވެ. މުޅި މާލޭގައި ދެމަފިރިން ދުވިއިރުވެސް ވީ ކަމެއް ޙަރާމެވެ. މުޅި މާލެތެރެ ހޯދިއިރުވެސް އެއްވެސް ތާކުން ޒައިންގެ ހިލަމެއްނުވިއެވެ. އެކި އެކި މީސްމީހުން ގާތު ޒައިން ދުށިންތޯ އެހުމުންވެސް އެމީހުންގެ ފަރާތުން ލިބެމުން ދިޔައީ ހަމަ އެންމެ ޖަވާބެކެވެ. ‘ތި ބުނާ ކުއްޖަކު […]
” ސަޕްރައިޒް ” އައިޝާގެ ލޯ މަތީގައި އަޅާފައިވާ އަތް ނައްޓައި ލަމުން ވާރިޝް ހީލި އެވެ. އެ އާއި އެކު އައިޝާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލި އެވެ. ފެނުނު މަންޒަރުން އައިޝާގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ. ބިރުން ފަހަތަށް ޖެހެވުނެވެ. ” ނޫން… ނޫން… އަހަންނަށް ދެރަ ގޮތެއް ނުހަދާތި…. ވާރިޝް…. އަހަރެން ސަލާމަތް ކުރޭ…” އައިޝާ ފަހަތް ބަލައިލި އިރު ވާރިޝްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. ކުރިމަތީ ގައި […]
ޝައިހާގެ ގެއިން ނުކުމެގެން ފަތީން އައިސް ގެޔަށް ވަތްއިރު ފައުޒާ ސިޓިންގްރޫމް ސޯފާމަތީގައި ފޯނެއްގައި އިނެވެ. ފަތީން ކޮޓަރިއަށް ދިޔައީ ފައުޒާއާއި ސަމާސާ ކޮށްލުމުގެ ގޮތުން އޭނާގެ އިސްތަށިގަނޑަށް ދަމާލާފައެވެ. “ދެން މަ ދާހިތްވީމަ ދާނަމޭ ސުކޫލަށް. އާނިސް ދެން ހުރިހާ ކަމަކާ ނުބެހި އޮވެބަލަ.” ފައުޒާ، އާނިސްއާއި ވާހަކަ ދެއްކީ ވަރަށް ރުންކުރު ގޮތަކަށެވެ. މިފަހަކަށް އައިސް އާނިސް ކޮންމެ އެއްޗެއް ބުންޔަސް ފައުޒާ ވަރަށް ފަސޭހައިން ރުޅިއަންނަކަން އާނިސްއަށް ފާހަގަ ކުރެވެއެވެ. “ބޭބީ ކީއްވެތަ […]
މާކާނޑުގެ މެދުގައި އުފެދިފައިވާ ކުޑަކުޑަ ފަޅުރަށަށް އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދެކިލުމުގެ ނިޔަތުގައެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ މޫދުއެރި ސަކަރާތްޖަހަމުން ދިޔަ ކުދިބައެކެވެ. އެއީ ދަތުރުގޮސްގެން އުޅޭ ބައެއްކަން އެނގުނީ ޖަހާފައިވާ ފޭލިގެ ތަކުގެ ސަބަބުންނެވެ. އަހަރެން އަވަސްވެގަތީ އެމީހުންނަށް ފެނުމުގެ ކުރިން އެކުވެރިޔާގެ ގާތަށް ދިޔުމަށްށެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. އަހަރެން ފެނުމުން އެތާ ވެލި ކުޅެން އިން ކުޑަ އަންހެން ކުއްޖާ އޭނާގެ ފައިވާނުން އަހަރެންގެ […]
އަހަރެންގެ ދެއަތް ވަނީ ރައިހާން ގެ ބާރުގަަދަ އަތުގެ ތެރޭގައި ބަންދު ކުރެވިފައެވެ. ރައިހާން ގެ އަނެއް އަތް އޮތީ އަހަރެންގެ ބަނޑު މަތީ ވަށާލެވިފައެވެ.. ރައިހާން އަހަރެން ދުރައް ލާކަށް ނޫޅެއެވެ..އެހެންވެ އަހަރެން ވެސް އިން ގޮތަށް އިނީއެވެ… އަހަރެމެން ދެމީހުން ކުއްލިއަކަށް ދުރުވީ…ކޮޓަރީގެ ދޮރުން ވަދެގެން އައި ޝާނިޔާއްތަ ފެނުމުންނެވެ… ޝާނިޔާއްތަ އަށް އެ މަންޒަރު ނުފެނޭ ކަން ޔަގީން ވުމުން އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ.. އަސްރު ނަމާދަށް ބަނގި ގޮވާ އަޑު […]
ފުޅާ ހިނިތުންވުމަކާއެކު ޔަލްވީ އެއަންހެން ކުއްޖާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. އެވަގުތު އެއަންހެން ކުއްޖާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ” ރާއްކޯ… ” އިވިގެންދިޔަ އަޑާއެކު ޔަލްވީ އާއި ރާޔާއަށް އެކުއެކީގައި އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ޔަލްވީއަށް އަވަސް އަވަހަށް ތެދުވެވުނެވެ. ” ރާޔާ… މަންމަ ކިތައް ފަހަރުތަ ބުނާނީ ރާޔާ ކައިރި ނުދުވާށޭ… ކިިރިޔާއެއްނު އަނިޔާއެއްނުވީ.. މަގުން ހިނގާ އެހެން މީހުނަށްވެސް ބަލަންވާނެއެއްނު… އެދައްތައަށް ދެންމެ ތަދުވިނަމަ ކިހިނެއް ހަދާނީ…” ބާރު ހިނގުމެއްގައި […]
ފައުޒާ ހުރީ އާނިސްއަށް ފުރަގަސްދީގެންނެވެ. ފައުޒާގެ ޖަވާބެއް ނުލިބުމުން އާނިސް ތެދުވެ ފައުޒާ އާއި ގާތް ވެލިއެވެ. “ފައޫ… ބުނެބަލަ.” އާނިސް ސުވާލުކޮށްލީ ފައުޒާގެ އެއްވެސް ޖަވާބެއް ނުލިބުމުން ކަންބޮޑުވެ ހުރެއެވެ. އެވަގުތު ފައުޒާ އެނބުރި އާނިސްއަށް ބަލައިލިއެވެ. އޭނާ ހުރީ ހާސް ވެފައެވެ. ހިތް ނުތަނަވަސް ވެފައިވާކަން މޫނުމަތިން ދޭހަވެއެވެ. “ނޭނގެ.” ފައުޒާ ބުނެލީ އެންމެ ޖުމްލަ އެކެވެ. އެޖަވާބުން އާނިސްގެ ހިތުގައި އުފެދުނީ ސުވާލު މާކެކެވެ. ފައުޒާއަށް ނޭނގޭކަމަށް އެބުނަނީ ކޮން އެއްޗެއް ބާއެވެ. […]